ބޭނުންވަނީ ޔާރާ… 11
“ކޮންކަމެއްތަ.. އައިރާއަށް ކިހިނެއްތަވީ.. ބަލަ ޖައިލަމްއާއިއެކު ހަތަރުދަމުއުޅުނަސް ދޮންތަ ބުނަންތަ އެއްވެސް އެއްޗެއް.. ވީއިރު އައިރާވެސް ހުރިހާ ކަމަކާއި ނުބެހިހުރޭ.. އެހެން ނޫނަސް އައިރާ އާ ނުޖެހޭނެ ދޮންތަކުރާ ހުރިހާ ކަމަކާ ބަސްބުނަން.. އެހެންނަމަ އައިރާއަށް އަހަރެން ދޯ ދޮންތަ ކިޔާނީ..” ހިތުގައި އަޅަމުންދިޔަ ވޭނާއެކު އައިރާފެނުމުން އާޔާ އައީ އަމަށަކުރުޅިއެއް ނޫނެވެ. އާޔާ ހިކޮއްގެންހުރީ ރޭ އެހާދަންވަންދެން އައިރާ އުޅުނީ އެޒުވާނާ އާއެކީގައި ކަމަށެވެ. ވުމާއެކު އާޔާވެސް ބޭނުންވީ އޭނައަށްވެސް ވާނެކަން ދައްކާލާށެވެ. ނަމަވެސް އެހެންކަންތައްކުރުމުން ފަހުން ނިކުމެދާނެ ނަތީޖާއަކާއި މެދު އޭނާ ނުވިސްނައެވެ. އާޔާ އަށް ނޭންގުނުކަމަކީ ޖުނައިދު އޭނާގެފަހަތުން އައިސްހުރީ ބައެއްގެ ރޭވުމަކާއެކު ކަމެވެ.
ދުވަހަކުވެސް އެފަދަގޮތަކަށް އައިރާއާއި އާޔާ ވާހަކަދައްކާފައި ނުވުމުން އައިރާއިނީ ބުނާނެއެއްޗެއްވެސް ނޭންގިފައެވެ. “އެކަމަކު ދޮން.. ” އައިރާ ވާހަކަ ދައްކަން ހުޅުވާލި އަނގަލައްޕާލަން ޖެހުނީ އާޔާގެ އަތުން ހުއްޓާލާށޭ ކިޔާ އިޝާރާތް ކޮއްލުމުންނެވެ.
“އައިރާ ވިސްނާލަބަލަ.. މިހުރިހާދުވަހު އައިރާއަށް ބޭނުން ކޮންމެއެއްޗެއްލިބިގެން އެވެސް ކަމެއް އުނިނުވާނެހެން އުޅެމުން ކިޔަވާތިނިންމާލީ ވީއިރު އަހަރެން ބޭނުންކަމެއް ކޮއްލާއިރަށް ކޮންޖެއްސުމެއްތަ ތިކުރަނީ.. ބަލަ އަހަރެންގެވެސް އޮންނަނީ ހިތެކޭ.. ޖައިލަމް މިރަށުން ބޭރަށް ކިޔަވަންދިއުމާ ހަމަޔަށް އަބަދުހެން އައްޓަންމަހެއްހުރީ ތަތްވެފަ.. އެކަމާ މަންމަމެންނަށްވެސް އެއްޗެކޭ ނުބުނެވުން.. އެހެންވީމަ އަހަރެން މުޅިގޭގަގުލާނުކުރަމުން އުޅުންއިރު އަޅާނުލެވުމު ބަޔަކު މިއަދު ކޮންމެހެން އަހަރެންގެ ޒާތީ ކަންކަމާއި ނުބެހުނީޔާ ރަނގަޅުވާނީ.. ” އާޔާ ހިތްފުރޭވަރަށް އެއްޗެހިކިއުމަށްފަހު ޖުނައިދުކައިރީ ދަނީކަމަށްބުނެ އެތެރެއަށް ދިޔައިރު އައިރާ އަނގަަމަތީގައި އަތްއަޅާލައިގެން އިނީ ރޮވޭންކައިރިވެފައި ހުރުމުންނެވެ.
އައިރާ ކިތަންމެ ދެރަވެ ހިތުގައި ޖެހުނަސް އެވާހަކަ މަންމަކައިރީބުނާކަށް ބޭނުމެއްނުވިއެވެ. އޭރުން އަނެއްކާވެސް މަންމަގެ ވިހަބަސްތަށް ދޮންތަޔަށް އަމާޒުވާނެކަން އައިރާއަށް ޔަގީންވެއެވެ. އެކަމަކު އެވާހަކަ ނުދައްކާ ހުއްޓާ ދޮންތަ ގޯސްމަގަކުން ހިނގާފާނެތީ ބިރުވެސް ގަނެއެވެ. ވަރަށް ވިސްނުމަށްފަހު އައިރާ ނިންމީ އެންމެފަހުން އެވާހަކަ އޭނާގެ ދޮންތައާއި ދައްކާށެވެ. އަދި ނަސޭހަތްދޭށެވެ. އަދި ޖައިލަމްކައިރީގައި ބުނެގެން އަވަހަށް އޭނާގެ ދޮންބެކިބައިން ދޮންތަ މިންޖުކުރާށެވެ. ނަމަވެސް އައިރާއަށް ނޭންގުމުކަމަކީ މިކަމުގެ އަޑީގައިވާ މީހުން އެއަށްވުރެކުރިން އެކަމަށް ފިޔަވަޅުއަޅާ ހުރިހާ މަގުތަކެއް ކޮށާނިންމާނެކަމެވެ.
އައިރާއަށް ލިބުނުހިތްދަތިކަމާއެކު ގެއަށްވެސް ވަންނަން ނަހަދާ އަވަހަށް ޖައިލަމްހޯދުމަށް ދިޔައިރު ލިބުނީ އަނެއްކާވެސް އަނެއްހިތްދަތި ހަބަރެވެ. ޖައިލަމް އޭނާގެ ބައްޕައާއެކުގައި ހިތަދުއަށް ހަފްތާއަކަށް ދިޔައީއެވެ. ވިހަ ހިނިތުން ވުމަކާއެކު ޖުނައިދު އެހެން ބުނުމުން އައިރާއަށް ޝައްކުވިނަމަވެސް ގޭތެރޭގައިވާ ހިމޭންކަމާއެކު އަވަހަށް އެގެއިން ނިކުތީއެވެ. ދިރިއުޅުމުގެ ދަތިކަމާއެކު އައިރާއަށް އަދި ފޯނެއްނުލިބިވީނަމަވެސް ދޮންތައަތުގައި ނޮކިއާ ބައްތިފޯނެއް އޮންނަކަން ހަނދާންވުމުން އައިރާ އަވަހަށް ގެއާދިމާއަށް މިސްރާބުޖެހީ ޖައިލަމްއަށް ގުޅާލުމަށް ހިތާހިތުން ނިންމަމުންނެވެ. ނަމަވެސް އެވަގުތު ގޯޅިން ލަނބާލި މީހާފެނިފައި ހުއްޓުންއެރީ އެއީ ޖައިލަމްގެ ބައްޕަ ގާސިމްނޫން ދެވަނަ ދެމީހެއްނޫންކަން އެހިތްބުނުމުން ނެވެ. ފަޔަށްބާރުލާފައި ގޯޅިކަންމައްޗަށް ނިކުތް އައިރާ މަޑުޖެހިލީ ބަޔަކުވާހަކަ ދައްކާހެން ހީވުމުންނެވެ. އެހެންވެ ސިއްރުން އަޑުއަހާލަން މަޑުކޮއްލުމާއެކު އިވުނީ ރަށުގައި އެންމެގިނައިން މަސްތުވާތަކެތި ގެންގުޅޭ ހައިޝަމް އާއި ޒަފަރުގެ އަޑެވެ. ގަތްބިރާއެކު އައިރާގެ ދެފައިރޫރޫލައިގެން ދިޔައެވެ. އަވަސްފިޔަވަޅުތަކާއެކު އަވަހަށް އެތަނުން ދުރަށްދިޔައީ އަމިއްލަ ނަފުސުގެ ސަލާމަތްކަމަށް ބޭނުންވެފައި ހުރުމުންނެވެ. ނަމަވެސް އައިރާ އެތަނަށް ގާތްވެ ރަނގަޅަށް ބަލާލިނަމަ އެތާންގައި އިން އާޔާ ފެނުނީހެވެ. ތަޤްދީރު އެކަމަށް ތަން ނުދިނީއެވެ.
އޭގެފަހުން ހަފްތާއެއް ވޭތުވެދިޔައިރު މުޅިރަށުގައި އެއްއަޑަކަށް އިވެމުންދިޔައީ އާޔާގެ ވާހަކައެވެ. އަބަދު ބޭރުތެރޭގައި އުޅުމާއި މަސްތުވާތަކެތި ވިއްކުމުގެ ތުހުމަތުގައި ދެފަހަރަށް ހައްޔަރުވެސް ކުރެވު ވާހަކައެވެ. އަދި ޓިއުޝަން އަށް ދިޔަކުދިންވެސް އާޔާ ކައިރިއަށް ދާން ޖެހިލުންވާ ވާހަކައެވެ. ހުރިހާދުވަހު އަދާކުރަމުން އައި ވަޒީފާވެސް ވައްކަމުގެ ތުހުމަތުގައި ގެއްލިދިޔަގޮތެވެ.
އެހުރިހާ ދުވަހު އައިރާ އޭނާގެ ދޮންތައާއި ވާހަކަދައްކަން ކުރިމަސައްކަތް ބޭކާރުވަމުންދިޔައީ ގިނަވަގުތު އާޔާ ބޭރުގައުޅުމާއެކު ދިމާވާފަހަރަކުވެސް ހަޑިހުތުރުބަހުން އެއްޗެހިގޮވާހަދާތީއެވެ. ސިމާއަށް މިކަން ބޮޑުވިނަމަވެސް މާބޮޑަކަށް އަޅައެއްނުލިއެވެ. މަހުން މަހަށް ދޭންޖެހޭލާރި އާޔާދޭތީއެވެ. އެގެންނަނީ ކިހިނެއްކަމެއް ކުރަނީ ކޮން މަސައްކަތެއް ކަމެއް ބަލާލުމެއް ނެތެވެ.
ދެވަނަފަހަރަށް އައިރާ ޖައިލަމް ހޯދުމަށް ދިއުމުން ދިމާވީ ޖައިލަމްގެ މަންމަ ނައީމާއާއެވެ. “އަހަ ކިހިނެއް ވީ އެކޮއެ.. ކަމަކުތަ.. ” އައިރާ ފެނުމާއެކު ހިނިތުންވެލާފައި ނައީމާ އަަހާލިއެވެ. ” ދައްތާ..ޖަ..ޖައިލަމް އެބައުޅޭތޯ.. ” އުނދަގުލުން އައިރާ އެހެން އަހާލީ ޖުނައިދު ނޫނީ ގާސިމްގެ ހިލަމެއްވެދާނެތީ ކަންބޮޑުވެފައި ހުރެގެންނެވެ. “ޖައިލަމް ނުބުނޭތަ ފުރުން އަވަސްވެގެން މާލެދިޔަވާހަކަ.. މިހާރު ދެދުވަހެއްވެދާނެ.. ދަތުރުގޮސްލާފަ އައިސް ހަމަ ކުއްލިއަކަށް އެފުރީ .. ” ނައީމާ އެހެން ބުނުމާއެކު އައިރާއަށް އިސްޖަހާލެވުނެވެ.
“ޖައިލަމްވެސް އަހަންނަށް އަންގާވެސްނުލި .. ހިތަދުއަށް އެެހެންވީމަ ދިޔައީތާ.. ނޫނީ އެހެންތާކަށް ދިޔަވާހަކަބާ އެބުނީ.. އަޅޭ ދެން ކިހިނެއް ހަދާނީ.. ދޮންތަ އެއުޅޭގޮތުން އަހަރެން ވަރަށްދެރަވޭ.. އެކަމަކު ނެތް އެހެންގޮތެއްވެސް.. ” ގެއަށްދިޔަމަގުމަތީ އައިރާއަށް ދެވުނީ އަމިއްލަނަފުސާ އެތަކެއް ބަހުސެއްކުރަމުންނެވެ.
“އޭ.. ކަލޭ ކޮންފާޑަކަށް ތިއޮތީ.. އޭން. ނިކަން އާދެބެޔަ މީގެން ޕުލްއެއްޖަހާލަން.. ” ހިޔާލީކަނޑަކަށް ޣަރަޤްވެފައި އޮތް އައިރާ ސިހުނީ ކޮޓަރިއަށް ވަތް އާޔާގެ އަޑަށެވެ. ލާފައިވާ ނިވާކަންކުޑަ ހެދުމުގެ ސަބަބުން އައިރާވެސް ލަދުގަތެވެ. އެއްލެމުން އެއްލެމުން ކަހަލަގޮތަކަށް އައިސް ތުނބުގައި ޖަހާފައިއިން ސިނގިރޭޓް ނައްޓާލަމުން އައިރާގެ މޫނަށް ދުންތަށް ބުރުވާލުމުން ހިތްހަމަނުޖެހުން ނަމަވެސް މިފަހަރުވެސް އައިރާ ހިޔާރުކުރީ މަޑުމައިތިރިކަމެވެ. ނަމަވެސް އާޔާ އަށް އައިރާދެއްކި އެއްވެސް ވާހަކައެއް އަޑުނީވެނީ އެހުރިގޮތަށް އާޔާ ޓައިލްސްތަށް މައްޗަށް ދެމުނީއެވެ. ދުވާ ރާ ވަހުން ކައިރިވާންވެސް އައިރާއަަކަށް ނުކެރުނެވެ. މިއީ މިހާރު މިގޮތަށް ދިމާވި ހަތަރުވަނަ ފަހަރެވެ. ބައްޕަ ކައިރީ އެވާހަކަ ބުނުމުން އެއީ މަންމަކަމެކޭބުނެ ބައްޕަވެސް އައިރާއަށް އެކަމުގައި އެހީތެރިވެ ނުދިނުމުން ދޮންތައާއި އެކަނި ކުރިމަތިލުން އައިރާއަށް މިހާރުވަނީ ކެތްކުރަން އުނދަގޫކަމަކަށެވެ. ނަމަވެސް ހިތުގައި އޮތްކުޑަކުޑަ އުންމީދަކާއެކު އެކަންވޭތޯ މަސައްކަތް ކުރެވެނީއެވެ.
ލިބުނުވަގުތުގައި އައރާ އިތުރުވިސްނުމަކަށް ނުގޮސް އައިކާއަށް ގޮވާފައި ގެނެސް ދޮންތަ އެނދުގައި ނަގާބޭއްވީ އެވަގުތަކީ އައިކާ ފިލާވަޅުދަސްކުރަން ހޭލާއިންނަވަގުތުކަން އެނގުމުންނެވެ. “ކުޑާ އަޅޭ މިރޭވެސްދޯ ކީއްވެތަ މަންމަ މިކަމާ އަޅާނުލަނީ.. ” ވޭތުވެދިޔަ ދެރެއެއްމަތީންވެސް އައިރާ އައިކާގެ ކިބައިން އެހީއަށް އެދުމުން އެހީތެރިކަން ފޯރުކޮށްދިނުމަށްފަހު ކުރަނީ އެއްސުވާލެކެވެ. ނަމަވެސް އެއަށްދޭނެ ޖަވާބެއް އައިރާގެ އަތަކުނެތެވެ.
ދުވަސްތަށް ވޭތުވަމުންދިޔައީ އައިރާ އާއި އައިކާއެކުއެކީހެން އާޔާއަށް ރަނގަޅުމަގުދެއްކެވުމަށް އެދި ދުއާކުރާހާލުގައެވެ. ދެކުދިންގެ ދޮންތަ އެގޮތަށް އުޅޭތީ ގަންނަލަދަށްވުރެ ކުރާ ހިތާމަ ބޮޑެވެ. ނަމަވެސް ކެތްތެރިކަމާއެކު ތިބުން ނޫންގޮތެއްނެތުމުން ދުއާކުރުމުގައި ތިބެވެނީއެވެ. ދެރަވެ މަންމަ ކައިރީގައި އެވާހަކަ ދެއްކުމުން އެދެވޭ އެއްބާރުލުމެއް ނުލިބޭތާންގަ ރުޅިވެރިކަން ނޫނީ ނުލިބެއެވެ.
އައިރާމެން އެހާވަރަށް އާޔާ އަށް ނަސޭހަތްދީ ހަދަމުން ދަނިކޮށް ދެންއިވެންފެށުނީ މުޅިންތަފާތު ހަބަރެކެވެ. ދުނިޔެމަތީގައި ކުރާނެ އެންމެ ވިޔާނުދާ މުޑުދާރު ވިޔަފާރި އާޔާވެސް ފެށީއެވެ. ނަމަވެސް ގިނަމަީހުން ބުނާގޮތުން އޭނާ ލައްވާ އެކަން ކުރުވަނީ މަސްތުގެ ހާލަތުގައި ބަހައްޓައިގެންނެވެ. އެކަން އެނގުމުން އައިރާ އާއި އައިކާ ރޮވެފައި އެވާހަކަ ސީމާކައިރީގައި ދެއްކިއެވެ. އެހާ ހިސާބުން ސީމާއަށް ވެސްހޭވެރިކަންވީފަދައެވެ. ނަމަވެސް އޭރުވަނީ ވަގުތުފާއިތުވެފައެވެ. އާޔާއަށްވަނީ މަގުގެއްލި މުޅިން އެހެންދުނިއެއް އިހްތިޔާރުކުރެވިފައެވެ.
މުޅިދުނިޔެއަށް ސިރުން ގާސިމް އޭނާގެ ގުރޫޕް ލައްވާ އާޔާގެ ދިރިއުޅުން އެފުއްމިފުށަށް ޖަހާލައިފިއެވެ. އެންމެންވެސް ހީކޮއްގެންތިބީ އެއީ ޖުނައިދުއާއި ގުޅިގެން އުޅޭތީ ވީގޮތެއްކަމަށެވެ. ހުދުނައީމާވެސް ގެއިން ނިކުތަ ނުދީ މުޅިން އޮޅުންގަނޑެއްގެ ތެރޭގައި ބަހައްޓައިގެން ގާސިމް ކުޅެމުން އައި ކުޅިގަނޑުގެ ހިލަމެއް ނައީމާއަށް ވެސް ވިޔަނުދެއެވެ.
“ހަލޯ.. އެހެންތަ.. ކިހާވަރެއްލިބޭނެ.. އަސްލު ކޮންތާކަށްދާންވީ.. އާނ އޯކޭ.. ” ފޯނު ބޭއްވުމާއެކު ގަޔަށް ހިފިފައިވާ ޓޮޕްކޮޅު ކަނަކަށް ދަމާލުމާއެކު ކުލަޖައްސާލާފައިވާ އިސްތަށިގަނޑު އެއްފަރާތްކޮއްލަމުން އާޔާ ތެދުވީ މިރެއަށް އޭނާގެ ވަޒީފާ އަށް ދިއުމަށެވެ. މިހާރު އެއީ އާދައެވެ. ކޮންމެ މީހަކުގުޅިޔަސް ވަރިހަމައެވެ. ހިތުންރުހުމުން އަމިއްލަހަށިގަނޑު ނުދަންނައެތަށް ބަޔަކަށް ހަދިޔާކުރަނީ އޮހެމުންދާ ފައިސާއަށް ދެލޯދިލުވާލުމާއެކުގައެވެ. ރަށަށް އަރާ ފައިބާ މީހުންގެ ތުންފުސަކަށް އާޔާ ވެފައިވީއިރު އައިރާގެ އެދުމަށް ސީމާވެސް މިހާރު އެތަށްފަހަރަކު އެހެން ނޫޅުމަށްއެދި އާދޭސްކޮށްފިއެވެ. ބަދަލުގައި އާޔާގެފަރާތުން ލިބެނީ އަނިޔާއެވެ. މަންމައަށްވެސް މިހާރު އަތް އިސްކުރެވުން އަދަދެއް އާޔާ އަށް ނޭންގޭނެއެވެ. މިރޭވެސް ލޯގަނޑު ކުރިމައްޗަށް ހުއްޓިއެހުރީ ދެންމެ އައިކޯލާއެކު ބޭރަށްދާން ތައްޔާރުވާށެވެ.
ވިދާލާ ވިދުވަރާއެކު ޖަހާލާގުގުރިން ހީވަނީ ދެންމެދެންމެ ހޮނުއަޅާފާނެހެންނެވެ. ވިއްސާރަ ހަދާ މުޅިއުޑުމަތި ކަޅުބޯވިލާތަކުން ބައްދާލާފައިވާއިރު ދެންމެ ދެންމެ ވާރޭވެހިގަންފާނޭ ކަމުގެ އިންޒާރު ދެމުން ދިޔައެވެ. ލޯގަނޑުކުރިމަތީގައި ހުރެ އެންމެފަހުފަހަރަށް މޭކަޕް ރަނގަޅުކޮއްލުމާއެކު ކޮޓަރިން ނިކުންނަން ހިގައިގަތް އާޔާގެ އަތުގައިހިފާ އައިރާ ރޯންފެށިއެވެ. އަދި ދެފައިދޮށަށް ގުދުވެލާ ދޮންތާ ހެޔޮނުވާނެ ތިހެންއުޅެން.. މިއޮއްވިއްސާރަ ރޭ ބޭރަށް ނުދޭ.. މިހާރު މަންމަވެސް ދޮންތަ ގެންނަ ރުފިޔާއަކުވެސް ނުހިފާތާ ދެމަސްދުވަސްވެގެން މިދަނީ އެކަމަކުވެސް ދޮންތަ ތިކަމެއްނުހުއްޓި.. ” އައިރާއަށް ބުނެވުނީ އެހިސާބަށެވެ. އާޔާގެ އަތުގެ ހޫނު ހަމާލާއެއް އައިރާގެ ކޯތާ ފަތްމައްޗަށް އެރިއެވެ. ” އޭރު އަހަރެން މީގެކުރިން މަސައްކަތްކުރީ ކަލޭމެންގެ ނޯކަރެއްހެން.. އަބަދުވެސް ކަލޭމެންނަށް ހަރަދުކުރަން ފައިސާހޯދީ.. މިހާރު އަހަރެން މިހޯދާ ފައިސާ އަހަރެންބޭނުން ކަންކަންކުރަން ހުރޭ.. ވީއިރު އަހަރެންގެ ހުރިހާ އުފާތަށް ފޭރިގަނެގެން ތިބެ އަހަންނަށް މާ ހެޔޮއެދޭކަމަށް އެބަހެދެއެއްނު.. ބުނަން އަހަންނަށް ވިސްނަދޭން ހަދާނެކަމެއްނެތް..ކަލޭގެ މަންމައަށް ވިސްނާދީ ދަރިންގެ މެދުގަ ތަފާތުނުކުރަން..” އަޑަށް ބާރުލާފައި ފަހުންބުނެލި ވާހަކަކޮޅު ބުނެލުމާއެކު އާޔާ ނިކުމެގެންދިޔައިރު އައިރާއިނީ ބުނާނެ އެއްޗެއް ނޭންގި ގަބުވެފައެވެ. އެހެން އިންނަތާ ފަސްވަރަކަށް މިނެޓްވީފަހުން އައިރާއަށް ހަމަބިމަށް އާދެވުމާއެކު ދުއްވައިގަތީ އޭނާގެ މަންމަ ކައިރިއަށް ދިއުމަށެވެ. އޭރު އާޔާގެ ނިޝާނެއްވެސް ގެއަކުނެތެވެ.
“މަންމާ ދޮންތަ މިރޭވެސް.. ” އައިރާއަށް ބުނެވުނީ އެހިސާބަށެވެ. ކުރިމަތީ ރޮވިފައި އިން އައިކާފެނި ބުނަން އުޅުނު ޖުމްލަވެސް ދިރުވާލެވުނުފަަދައެވެ. “ކޮއްކޮ ނުނިދަންތަ މާދަމާ ޓެސްޓް އޮވޭނު.. ކިހިނެއްވެފަތަ ތިހުރީ.. ” އައިކާގެ ކަރުނުން ފުރިފައިވާ ދެލޯ ފެނުމާއެކު އައިރާއަވަހަށް އައިކާގެނެސް މޭގައި ލައްކޮއްލިއެވެ. “ކު.. ކުޑަ..ޑާ.. ދޮންތައަކީ ބައްޕަނެތް ކުއްޖެއް.. ” ގިސްލާ ރޮމުން އައިކާ ބުނެލިވާހަކައާއެކު އައިރާއަށްހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. “ކި.. ކިހިނެއް ކޮއްކޮއަށް އެނގުނީ.. ” ލިބުނު ސިހުމާއެކު އައިރާއަށް ވާހަކަދެއްކުނީވެސް އުނދަގުލުންނެވެ. “ކު.. ކުޑާ ބައްޕަ އަތުވެއްޖެ.. ގެއަށް އައިސް ވަންތަނާހެން މަންމަ ދޮންތަގެ ވާހަކަ ބުނީ.. ބައްޕަ ރުޅިއައިސްގެން މަންމައާދިމާލަށް އެއްޗެހިކީ.. ބައްޕަބުނީ ބައްޕަގެ ދަރިއަކަށް އެހެން އުޅުނަނުދޭނަމޭ.. މަންމަ އަމިއްލަޔަށޯ މަންމަގެ ދަރި ހަލާކުކޮއްލީ.. ކުޑާ ލިބުން ހިސާބުން ދޮންތަ ބާކީކޮއްލީ ނޫންހޯ..” ރޮވޭވަރުން އައިކާއަށް ވާހަކަދައްކަން އުނދަގޫވުމުން ހުއްޓާލިއެވެ. ” ކޮންކަހަލަ ވާހަކަތަކެއްތަ ކޮއްކޮތިދައްކަނީ.. ބައްޕަ އެހެންބުންޏަސް ދޮންތަގެ ބައްޕަ ނެތެކޭ ނުބުނެއެއްނު.. ” އައިރާ ހައިރާންކަމާއެކު އެހެން ބުނުމާއެކު އަނެއްކާވެސް އައިކާ ވާހަކަދައްކަން ފެށިއެވެ.
“ނޫން ކުޑާ.. މަންމަ އެޔަށް ޖަވާބުދިނޭ.. މަންމަބުނީ ދޮންތަގެ ބައްޕައަކީ ވަރަށް ގޯސްމީހެކޭ.. ލޯބީގެނަމުގަ މަންމައަށް ދަޅަދައްކާފަ މަންމަގެ ފަރާތުން ބޭނުންވިކަންތަށް ފުދުނީމަ ފިލީޔޯ.. އެހެންވީމާއޯ ދޮންތަގެ ބައްޕަ ދަތުރުކުރި ބޯޓުގެނބިގެން ނިޔާވީވެސް.. އެހެންވީމާ ލޯބިނުދިން މީހެއްގެ ދަރިއަކަށް މަންމައަށް ނުހައްގު އަދަބެއްދެވުނީކަމަށް.. އެކަމަކުމިހާރު އެކަމާ ދެރަވެ ހިތާމަކުރިނަމަވެސް ވަގުތުފާއިތު ވެފައިވާކަމަށް.. ”
އައިކާ އާއި އައިރާ ވާހަކައިގައި ތިއްބާ ސިީމާއާއި އައްމާރުއައިސް އެދެކުދިންކައިރީގައި ހުއްޓިލިއެވެ. އަދި އާޔާ ކޮބާތޯ ސުވާލުކުރިއެވެ. އެވަގުތު ދެކުދިންނަށް އެކުއެކީގައިހެން އިސްޖަހާލެވުނީ އާޔާ ވީތަން އެއިންއެއްވެސް ކުއްޖަކަށް ނޭންގޭތީއެވެ.
******
އާޔާ ރަށުގެ ކުޅިސަރަހައްދަށް ދެވުމާއެކު ކުރިން ގުޅި ނަންބަރަށް ޑައިލްކޮއްލީ އެތާންގައި ގިނައިރު ހުންނަށް ޖެހިލުންވާތީއެވެ. އެހިސާބަކީ އަދިމީހުން އާބާދުވަމުން އަންނަ ސަރަހައްދަކަށްވުމުން ދެގެއެއް ފިޔަވާ ހުރިހާ ގޯތިތަކެއް ހުރީ ފަޅަށެވެ. ބައެއް ގޯތިތަކުގައި އިމާރާތް ކުރަން ފަށާފައިވީނަމަވެސް އަނެއްބައި ގޯތިތަށް އަދި ހަމަ ހުސްބިންގޮތުގައި ވެއެވެ. މީގެކުރިން އާޔާ މުޅީންވެސް ގޮސްހަދަނީ ގެސްޓްހައުސްތަކާއި ކުއްޔައްދޭ ކޮޓަރިތަކަށް ނަމަވެސް މިރޭ އެމީހާ ބުނިއަގާއެކު އެތަނަށް އައީ އެހާވަރަށް ފައިސާ ލިބުމުނަ ކުރާނޭ ކަންކަން މޮޅަށް ޕްލޭންކުރަމުންނެވެ.
ދެފަހަރަކަށް ރިންގްވުމާއެކު އެކޮޅުން ފޯނު ބިޒީކޮއްލިއެވެ. އެއާއެކު ފަހަތުން މީހެއްގެ ހިލަންވީހެން ހީވުމާއެކު އާޔާ އެނބުރިލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.






Yeyyy me first
Yes dear shiman ur first ?
Salaam .. enme furathamavess kiuntheringe kibain maafah edhen iyyega up kuranbunefa nukurevuneema.. Layaa kafathakaavegen ulhen hadhaigen nuliyevunee .. insha next part maadhamaarey up kohladheynan ehbai liyevifaineen nw .. faharehga maadhamaaves vedhaane.. unmeedhukuran mi part vs kamudhaanekamah ..
Jazakah allah khaira
Nxt prt avahah up khdhehchey
In sha allah ??
Alheyyy.???.. layaa… amazingg..??. curiously waitin 4 the nxt prt… nxt prt avas khkahcheyy…??? lysm…❤❤❤
Thank you mishy dhooni ?? lysm
Nice… next part avas
Thank you dear hajja??
Mirey pleeeeeees next part
Ohh dear
Alhey.. Hawwi kober rbr next part.. Can’t wait… Avahah up kohdhybaa darling..!!!!! ??
Dhoonyaa lassvee busy kamun sorry ?