ބޭނުންވަނީ ޔާރާ… 12
ފަހަތަށް އެނބުރި ބަލާލި އާޔާ ސިހުނީ ކުރިމަތީގައިތިބި ޖުނައިދުއާއި ހިޝާމްގެ އިތުރުން ޒަފަރު ފެނުމުން ނެވެ. “ޖު.. ޖުނައިދު މިތާ.. ” އާޔާ އަށް ވާހަކަދެއްކުނީ އުނދަގުލުންނެވެ.
ހަޤީގަތަކީ އާޔާ މިހާރު މަސައްކަތްކުރަނީ ޖުނައިދުމެންނަށް ނޫންކަމެވެ. މަސްތުގެ ހާލަތުގައިވަނިކޮށް އާޔާގެ އިއްފަތްތެރިކަން ޖުނައިދުމެން ގްރޫޕް އެެެންމެންހެން ފޭރިގަނތުމާއެކު އާޔާގެ ހިތުގައި އެމީހުންގެ މައްޗަށްވަނީ ނަފުރަތާއި ރުޅިވެރިކަމުގެ އިތުރުން ބިރުވެސް އެކުވެފައި ވާކަމެވެ. އެރޭ އާޔާއަށް ހަމަހޭވެކަން ވީއިރު ހަށިގަނޑުގަ އަޅަމުންދިޔަވޭނާއެކު ބޭހަށްއެދުމުންވެސް އެމީހުން އެކަމަށް ދިނީ ބީރުކަންފަތެކެވެ.
ވިދާލިވިދުވަރާއެކު ޖުނައިދު އާޔާގެ ކޮނޑުގައި އަތްއަޅާ ކޮއްޕާލުމާއެކު ވެއްޓުނީ އެދިމާ ބިންމަތީގައިއޮތް ގާގަނޑެއްމައްޗަށް ކަމުން އުނނަގަނޑުގައި އުފެދިގެންދިޔަ ރިހުމާއެކު އާޔާގެ އަނގައިން ވޭނީއާހްއެއް ބޭރުވިއިރު ލޮލުން ކަރުނަވެސް ހިލުނެވެ. އޭރު ވިދުވަރާގުޅިގެން ގުގުރިއެއްޖަހާލައިފިއެވެ. “ބަލަ ކަލޭ ހީކުރީ އަބަދަށް އަހަރެމެންނަށް ފިލައިގެން އުޅެވޭނެކަމަށްތަ.. އޭން.. މީ ކަލެއަށް އަހަރެމެން ހިތްއުފާ ކޮއްދޭން ޖެހޭރޭ.. ތައްޔާރުތަ.. ” މަލާމަތުގެ ހިނިގަނޑެއް ޖަހާލަމުން އެވަގުތު އާޔާ ކުރިމައްޗަށް އައިސް ހުއްޓުނީ ގާސިމްއެވެ. ފަހަތުގައި ޖުނައިދުއާއި ހާޝިމް, ޒަފަރުއާއި ވިޝާމްގެއިތުރުން ނިލާމްވެސް ހުއްޓެވެ. އެއީ މީގެކުރިންވެސް މަސްތުގެ ހާލަތުގައި އާޔާގެ ހަށިގަނޑުން އުފާހޯދި މީހުންކަން ހަނދާންވުމާއެކު އާޔާގެ ހިތް ބާރަށް ތެޅެންފެށިއެވެ. ކުރިން ކިތަންމެ އެކީގައި އުޅުންނަމަވެޒް އެމީހުންގެ އަނދިރިފަރާތް އާޔާއަށްވަނީ ފެނިފައި ކަމުން މިރޭ އެމީހުންގެ ކިބައިން ސަލާމަތެެއް ނެތްކަން އާޔާގެ ހިތްބުނުމާއެކު މީހާ އަތްފައިފިނިވެ ރޫރޫ ލާގޮތްވިއެވެ. ދެވަނަފަހަރަށް އެހާ ވޭން އުފުލާހާ ހިތްވަރެއް އާޔާގެ ހަށިގަނޑަކުނެތެވެ.
“މާ މާތްވެފަ މަޑުން އިންނާނެ ކަމެއް ނެތް އާދޭ.. ” އެހެން ބުނުމާއެކު އާޔާ ލައިގެން އިން ޓޮޕްކޮޅުގެ ކަރުގައިފަހަތުން ހިފުމާއެކު ގާމަތިން ދަމާފައި އެދިމާ ގަސްގަނޑުތެރެއަށް ގާސިމް ހޫރާލިއެވެ. އާޔާގޮސްޖެހުނީ މަގޫގަސްތަކެއްގެ ބުޑުގައި ކަމުން ވީތަދާއެކު ގުޑިވެސް ނުލެވިގެން އުޅެނިކޮށް ގާސިމް އައިސް އާޔާގެ އިސްތަށިގަނޑުގައި ހިފާ ދަމައިގަތެވެ. ވީތަދާއެކު “ތަދުވޭ” ބުނެ އާޔާ އަނގަހުޅުވާލުމާއެކު ވަގުތުގެ ބޭނުންހިފާ ޖުނައިދުއާއި ހިޝާމް އާޔާގެ އަނގައިގެތެރެއަށް ފޮތިގަނޑެއް ކޮއްޕާލުމާއެކު ދެމީހުން ދެފަރާތުން ދެއަތުގައި ހިފިއެވެ. އަދި ހަމަ އެވަގުތު ޒަފަރުއާއި ވިޝާމް ދެފައިގައި ހިފާލުމާއެކު އާޔާއަށް ގުޑާނުލެވުންތާންގަ އަނގައިވެސް ނުބުނެވެ. އޭރުވެސް ވިދާލާ ވިދުުވަރާއެކު މުޅިތަން އަލިވގެންދާއިރު އެއިން މީހެެއްގެ ހިތަށް ބިރުވެރިކަމުގެ ކަންފުޅެއްވެސް ނުވަންނަ ކަހަލައެވެ.
“އެރޭ ކަލޭގެ ހޭބުއްދިފިލާ ގޮސްފައިވަނިކޮށް.. މިރޭ ކަލޭގެ ހަމަހޭގަ.. ހަހަ.. ތަޖުރިބާ ކޮއްލަން ތައްޔާރުވޭ.. މީ ކަލޭ އަހަރެމެންނާ ވަކިވުމުގެ އަދަބު.. ” އާޔާގެ އިސްތަށިގަނޑުގައި ހިފައިގެން އިން ގާސިމް އެހެން ބުނުމާއެކު އިސްތަށިގަނޑުން ދޫކޮށްލާ ލައިގެން ހުރި ޓޮޕްކޮޅުގެ ކުރިމަތީން ކަރުވަޅުގައި ހިފާޖަހާލި ލުތްކަކާއެކު ޓޮޕްކޮޅު އެއްކޮށްހެން ވީދައިގެންދިޔައެވެ. އެވަގުތު ވިދާލި ވިދުވަރާއެކު މުޅިތަން އަލިވެގެންދިޔައިރު އާޔާގެ އައުރަ އެހުރިހާ މީހުންގެ ކުރިމަތީގައި ކަޝްފުވެފައި ވުމުން އޭނާ އަށް ދެލޯމަރާ ބާރުކޮށްލެވުނީ ދެލޮލުން ކަރުނަ އޮހޮރޭހާލުގައެވެ.
ތެޅިތެޅިއޮއްވާ ނިލާމްގެ އަތުގެ ހޫނުހަމަލާތަށް އާޔާގެ ހަށިގަނޑަށް އަރަމުންދިޔައިރު ގާސިމްދިޔައީ އާޔާގެ ފަރާތުން އުފާ ހޯދަމުންނެވެ. ހަތަރެސްފައިގައި ހިފަހައްޓައިގެން ތިބިމީހުން ހެވިފައި އެމަންޒަރު ބަލަންތިބިއިރު ހަށިގަނޑުގައި އަޅަމުންދިޔަ ވޭނާއެކު އާޔާއަށް ރޮވުންނޫންކަމެއް ނުކުރެވުނެވެ. އޭރުވެސް ހުއްޓުމެއްނެތި ގަދަ ވިދުވަރާއެކު ޖަހަމުންދިޔަ ގުގުރީގެ އަޑު މުޅިފަޒާގައިވަނީ ގުގުމާފައެވެ.
ގާސިމްއަށް ފަހު ނިލާމްވެސް އާޔާކައިރިއަށް ގުދުވެލުމާއެކު އޭނާވެސް ގާސިމެކޭ އެއްގޮތަށް އަމަލުކުރަމުން ގެންދިޔައެވެ. ނަމަވެސް އެދެމީހުންގެ ފަހުން ދެންތިބި ހަތަރުމީހުން ފަހަރަކު ދެމީހުން އެކީގައިހެން އާޔާގެ އެނިކަމެތި ހަށިގަނޑު ޝިކާރަކޮއްލީ އެތަށް ވޭނެއް އާޔާއަށް ދެމުން އެއްފަހަރާ ދެފާފަކުރާ ހާލުގައެވެ. ވަކި ހިސާބަކުން އާޔާގެ ހޭވެރިކަންވެސް ފިލާދިޔައީ މިއިންދުވަހަކުވެސް ތަޖުރިބާ ކުރެވިފައިނުވާފަދަ ވޭނެއް ހަށިގަނޑުގައި އަޅަމުންދިއުމުންނެވެ. ނަމަވެސް ޝަތާނުންތަކެއްހެން ތިއެމީހުން އެކަމަކަށް ފަރުވާލެއްނުދީ އެމީހުންގެ އެދުން ފުއްދަމުންދިޔައީ ނިކަމެތި ފުއްލާއެއް ޝިކާރަކޮށް މިނިކާވަގަކު ކާލާ އުސޫލުންނެވެ.
އާޔާއަށް ހޭވެރިކަންވީ މޫނުގައި ފެންފަދަ ދިޔާއެއްޗެއް ޖެހުމާއެކުގައެވެ. ހޭވެރިކަން ވުމާއެކު ހަށިގަނޑުގައި އަޅަމުންދިޔަވޭން އިހްސާސްކުރެވެން ފެށިއާޔާގެ ފޫޅާއި ކަކުލާއި ދެމެދު އައްސިވެފައިވާކަހަލަ އިހުސާސެއްވެސް ކުރެވިއްޖެއެވެ. އަނެއްކާވެސް މޫނުގައި ދިޔާއެއްޗެއްޖެހުމާއެކު ދެލޯމަރާލި އާޔާއަށް މޫނުމަތިން ދިލަނަގައިގަތްހެން ހީވެ އަތްޖަހާލެވުމާއެކު ދުވި ޕެޓްރޯލްވަހާއެކު އާޔާގެ މޭގަނޑު އަތަށްނައީ ކިރިޔާއެވެ. ދުރުގައި ހަމެއްހިފައިގެން ހުރި ގާސިމްގެ އައުވާނުން ހަޑިހުތުބަހުން އާޔާއާއި ދިމާއަށް އެވަގުތު އެއްޗެހިކިޔަން ފެށުމާއެކު ގާސިމް އަތަށް ނެގި އަލިފާންފޮށި އާޔާގެ ލޮލުގައި އަޅައިގަތެވެ. “ނޫން.. ނޫން.. ހެޔޮނުވާނެ އަހަންނަށް ތިހެންނުހަދާ… އަހަ.. އަހަރެން.. އަހަރެން މަރާނުލާ.. ” އާޔާއަށް އުނދަގުލާއެކު އެވަރަށް ބުނެވުމާއެކު ގާސިމް އަތުގެ އިޝާރާތުން ވާހަކަނުދެއްކުމަށް އަމުރުކޮއްލިއެވެ.
“ބަލަ އަހަރެމެންނަށް ހެޔޮގޮތުގަ ކަންކަން ކޮއްދޭން ހުރިނަމަ ތިޔަހެން ވީސްތަ.. ” ގާސިމް ގެ އަނގައިގައި އެބަސް އޮއްވައި “އެހެން ނޫނަސް މިރޭ ދޫކޮއްލާއިރަށް މާދަމާ އަހަރެމެންގެ ވާހަކަ ހިފައިގެން ފުލުސްއޮފީހަަށް ނުދާނެކަމެއްވެސް އިނގެނީކީ ނޫން.. ” ޒަފަރު އެއަށް އިތުރުކޮށްލިއެވެ. އާޔާއަށް ނޭންގުނުކަމަކީ އެމީހުން މިރޭ ރާވައިގެން އައިސް އެތިބީ އާޔާގެ ފުރާނައިން އަތްދޮވެލަންކަމެވެ. ކަންވީވެސް އެހެނެވެ. އާޔާގެ އާދޭސްތަކަށް ބީރުކަންފަތެއް ދިނުމާއެކު އެމީހުން އާޔާގެ ހަށިގަނޑުގެ ވަށައިގެން ރޯކޮއްލީ އެއްވެސް ރަހުމެއް ހަމްދަރުދީއެއް ނެތްފަދައަކުންނެވެ. އިސާހިތަކު އާޔާގެ ހަށިގަނޑުގައި ހުޅުހިފީ ޕެޓްރޯލް ހަށިގަނޑު މައްޗަށް ވެސް އަޅާފައިވުމުންނެވެ.
އޭރުވެސް އޮތްތާއޮވެ އާޔާ ރޮމުން މަދަދަށްއެދި އާދޭސްކުރަމުން ދިޔައީ އޭނާއަށް ރަހުމުކުރާނޭ މީހަކުވޭތޯއެވެ. ނަމަވެސް އެތާންގައި ތިބިއެކަކަށްވެސް އެއިން އަޑެއްނުއިވޭފަދައެވެ. ނުނީ އަޑުއަހަންބޭނުން ނުވީއެވެ. ދިރިހުރި ފުރާނައެއް އެފަދަގޮތަކަށް މަރާއި ހަނގުރާމަކުރަމުން ދިޔައިރު އެއިން މީހެއްގެ ހިތަށް ރަހުމުގެ ކަންފުޅެއް ނުވަތްތާންގަ ހެެއްދެވިފަރާތަށް ބިރުވެސް ނުގަތެވެ.
ދުރުން އިވެމުން އައި އެންބިއުލޭންސްގެ އަޑާއެކު ގާސިމްމެން އަނދާ އަޅިއަށްވެފައިވާ އާޔާގެ ހަށިގަނޑުއޮތް ދިމާއަށް ދިޔައީ އަވަަހަށް އަލިފާނުގެ އަސަރު އެތަނުން ކަނޑުވާލުމަށެވެ. އެވަގުތު ޖަހާލި ބާރުގުގުރިއާއެކު ބޯކޮށް ވެހެންފެށިވާރޭގެ ސަބަބުން އެކަންކުރަން އެމީހުނަށް މާބޮޑުކަމަކަށް ނުވިއެވެ. ނަމަވެސް ހެކިނައްތާލުމަށް އެތާންގައި އަނދާފައިހުރި ފަތްތަކާއި ކަށިތަށް ނަގާ ގޯންޏަށް އެޅުންވީ އުނދަގޫކަމަކަށެވެ. ވެހެމުންދިޔަ ވާރޭތެރޭ އައިސް މަޑުކޮށްލި އެންބިއުލޭންސް އައިސް މަޑުކޮށްލީ އެމީހުން ތިބިދިމާ ކައިރީގައި ކަމުން ހުރިހާމީހުންވެސް ގަސްގަހާއި ރުއްތަކުގެ ހިމާޔަތުގައި ފިލީ ދާދިއަވަހަށެވެ.
އެންބިއުލާސް އެނބުރިދިއުމާއެކު ގާސިމްގެ ލަފާޔާއި އިރުޝާދުގެމަތީން ގޯނިހިފައިގެން އެތާންގައި އޮތް ހަތަކެއްބަނދެގެން ހަދާފައިވާ ކަނދުމަތީގައި އެމީހުން ކަނބާފައިގޮސް އޭތި ހުސްކޮށްލީ ކުޅީގެ މެދަށެވެ. އެކުޅިއަކީ މީހުންއެރިނޫޅޭ ކުޅިއަކަށްވުމުން އެއަށްވުރެމޮޅަށް ހެކިނައްތާލެވޭނެ އުކުޅެއް ގާސިމްއަށް ނުވިސްނުނެެވެ. ހުރިހާ ކަމެއް ނިމުމާއެކު ކޮންމެމީހަކުވެސް ކާމިޔާބީގެ ހިނިތުންވުމަކާއެކު ދިޔައިރު އެއިން އެއްވެސް މީހަކަށް ނޭންގުނުކަމަކީ އާޔާގެ މައިބަދައިގެ ކަށިކޮޅުއޮތީ އެމީހުން އަވަސް އަރުވާލާފައި އުޅުމުގެ ތެރޭގައި އެތާންގައި ވަޅުޖެހިފައި ކަމެވެ.
***********
އެހުރިހާ ވާހަކައެއް ކިޔާދީ ނިމުންިއރު ލަޔަކްއަށް ހުރީ ގިސްލެވޭގޮތްވެފައެވެ. އަދި ޒޯހާއާއި ލޫޔާގެ އިތުރުން އަލޫކްވެސް އަނގަހުޅުވިފައި ވީއިރު އެމީހުންގެ ލޯތަކުންވެސް ވިދާ ބަބުޅަމުންދިޔަ ކަރުތަށް ކޯތާފަތުގައި ބޮސްދެމުންދިޔައެވެ.
އާޔާ އެހުރިހާ ވާހަކައެއް ކިޔާދިނުމަށްފަހު ޒޯހާ އަށް އެކަން އިނގުންގޮތް ވެސް އޮޅުންފިލުވާދިނެވެ.
****
ރަށުތެރޭގައި ފަތުއަޑުކިޔާފައި އެއްއަޑަކަށް އިވެމުންދިޔައީ އާޔާ ގެއްލިގެން ހޯދަމުން ދާވަހަކައެވެ. އެއްބަޔަކު އޭނާ ރަށުންބޭރަށް ފިލައިގެންދިޔައީއޭ ބުނާއިރު އަނެއްބަޔަކު ބުނަމުންދިޔައީ ގެސްޓްހައުސްތަށް ބަލާ ފާސްކުރަނިކޮށް ފެނިދާނޭ ކަމެވެ. ނަމަވެސް ހުރިހާ ގެސްޓް ހައުސްތަކާއި މީހުންއުޅޭ ގެތަކާއި މީހުން ނޫޅޭ ގެތަށް ބަލާފާސްކުރުމުންވެސް އާޔާގެ އެއްވެސް ހަބަރެއްނުވިއެވެ.
“އޭ ކަލޭ ނުދަންތަ އެމަންޖެ ހޯދަން..” ވިހަ ހިނިތުންވުމަކާއެކު ގާސިމް ޒަފަރުކުރެން އެހެން އަހާލުމާއެކު ޒަފަރުވެސް ހޭންފެށިއެވެ. އަދި އެމީހުނަށް ކުރެވުނު މޮޅުކަންތަކުގެ ވާހަކަ ދެމީހުން ދެމީހުނަށް ދައްކަމުން ދިޔައިރު ކަޅުހަމު ބިއްދޮށުގައި އެވާހަކަތަށް އަޑުއަހަންހުރި ޒޯހާއިނީ ނޭވާލަންވެސް އުނދަގޫވެފައެވެ. މަންމައަކާއި ބައްޕައަކާއި ނުލައި އޭނާ ބަލާބޮޑުކުރި ބޭބެއަކީ އެހާ ރަހުމުކުޑަ ލާއިންސާނީ އަމަލުކުރާ މީހެއްކަން އެނގުމުން ޒޯހާގެ ހިތްވެސް ހުއްޓުނުފަދައެވެ.
,*********
ޒޯހާ އާޔާގެ އެވާހަކަތަށް އަޑުއަހަން އިނދެފައި އަދިވެސް އެމީހުންގެ ވަރަށްބޮޑު ސިއަރެއް އެނގެޔޭބުނެލީ މަޑު ތުރުތުރަކާއެކުގައެވެ. “އެއީ ކޮންކަމެއް.. ” ހޭ އަލޫކް އަހާލީ އޭނައަކީ އެކަހަލަ ގިނަކޭސްތަކެއްގައި މަސައްކަތް ކޮށްފައިވާ މީހަކަށްވުމާއެކު ހަމަޖެހިލަމުންނެވެ. “އެ.. އެއީ.. ލަ.. ލަޔަކްގެ.. ބަ. ބަ.. ބައްޕަގެ ވާހަކަ.. ” ޒޯހާ އެހެން ބުނުމާއެކު ލަޔަކްއާއި ލޫޔާގެ އިތުރުން އަލޫކްވެސް ޒޯހާދިމާއަށް ބަލާލިއެވެ. ނަމަވެސް ޒޯހަ ބަލާލީ އާޔާ އާއި ދިމާއަށެވެ.
“ކޮންކަމެއްތަ.. އަވަހަށްބުނޭ.. ” އާޔާ އަށް ހުރިހާ ހަގީގަތެއް ގާސިމްމެންގެ އަނގައިން އެނގިފައި ވީނަމަވެސް ޒޯހާލައްވާ ބުނުވުމަށް ނޭންގޭކަމަށް ހަދާލިއެވެ.
******
“ޖައި މިއީ އަހަންނަށް އެނގޭ މިންވަރަކީ.. އެރޭ އަހަންނާދިމާލަށް ދޮންތަ އެހެން ބުނީމަ އަހަންނަށްވެސް އަމިލްނަފްސުދެކެ ފޫހިވި.. އެކަަަކު ދޮންތައެދަނީ ދުވަހަކުވެސް ނާންނަންކަން އެނގުނުނަމަ އަހަރެންގެ ފުރާނައަތަށް ލައިގެންވެސް ގޭގަމުޑުކުރުވީސް.. އެކަމަކު..” އައިރާއަށް ރޮވޭވަރުން އަރުބެދި އަޑު ކުރެހިގެންދިއުމާއެކު ހުއްޓާލިއެވެ. އޭރު އަޑުން އަޑުނަގާފައު ނުރުއިނަމަވެސް ޖައިލަމްގެ ދެލޮލުން ހޯސްލާފައި ކަރުނަފައިބަމުންދިޔައީ ހުރިހާދުވަހު ހިތުގައި ފޮރުވައިގެންއުޅުނު ލޯބިވެރިޔާގެ އުޅުން ބަދަލުވެދިޔަގޮތް އެނގުމުން ހިތަށް އުނދަގޫވެގެންނެވެ. އަދި ހަމަ އެހެންމެ ދޮންބެއާއި ބައްޕަގެ ސަބަބުން ހިތުގެ ލަމަކާއަށް އެހެންވުމުން އެމީހުނާމެދު ހިތުގައި އެތަކެއް ޝަކުވާއެއްވިއެވެ.
*******
“ލަޔަކް އަސްލު .. އަސްލު.. ލަޔަކްގެ ބައްޕަ މާލެދަތުރުކުރި ލާންޗްގައި ކަރަންޓްސޯޓެއްޖެހި ރޯވީކީނޫން.. ބަޔަކުހަމަ ރަނގަޅަށްވެސް ލާންޗްގައި ހުޅުޖެހީ.. ” ޒޯހާއަށް އެެެންބުނެވުމާއެކު ކޮޓަރީ ދޮރުކައިރިން ބާރުއަޑެއް އިވިގެން ދިޔައެވެ. އެންމެން އެކުއެކީހެން ތެދުވެ ދޮރާދިމާއަށް ދިއުމާއެކު އަަަހަށް ދޮރުހުޅުވާލިއެވެ. ފެނުނު މަންޒަރާއެކު ލަޔަކްގެ ދެފައި ގަނޑުވިކަހަލައެވެ.
ނުނިމޭ..
ނޯޓް: ހުރިހާ ކިއުންތެރިންނަށް ވާހަކައިގެ މިހާހިސާބަށް މިކުރުކޮށްލީ ދެންއޮތްބައިގަވެސް ތަފާތު ސީންތަކެއް ހުރުމާއެކުގަ އިނގޭ.. އަސްލުކުރުކަން އިނގޭ .. އަދި މިހާލަސްވިކަމަށްޓަކައި މައާފަށް އެދެން.. އުނމީދުކުރަން މިބައިވެސް ކަމުދާނެ ކަމަށް… ދެންއޮތްބައި ހޮނިރުދުވަހުގަ އިންޝާﷲ..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
29 Comments!
Comments are closed.






Saabas hama hiy thelhi thelhi huttaa thi nimaaly dhn kaaka tha e adu ivuny
Shukuran .. ? thibunee dhoonya layak hLayak kiyaadhin meehaage vaahakatha
Aneh bai avas pleeees
Dhoonyaa Friday isi busy day.. ehenveema v undhagukamehvaahaka up kurunaee ehvess varakah nuliyevi ineeyaa .. adhi amudhun i hukuru v busy .. sorry to sat this ekamakuvess thiyadhey ehbaarulumah fahfashun shukuruverivan ??
Ey kudhinna igeytha mihaar wanhanaa story ah v goiy dhevana season eh nufenun ehnve hama mi ulheny v mis vaathy evaahaka mathin..evaahaka liyany kn beyfulhehtha
Nisham. Thigothah baivaru stories ebahuri…. SJK liyunu story, Kakuni, andhirifaraaiy ves uo nuvaathaa 12 days
SJK liun vaahaka up kureythw eba kiyan Layaa vess .. and kakuni vaahaka nimunehnuntha .. layaa ah heevanee nimunuhen .. reader alhe check kohlaba
Nishan kiyaa beyfulheh liuhvee .. ebeyfulhaage Fb page ga thivaahaka dhahkanikoh avass vedhaane hen heevanee
Woww… layaa… this strii is amazingg… alhe kaakh baa e adu ivunii??? Anekkaa qasim ah baa?…. vrh vrh vrh vrh vrh reethi…. curiouslii waitin 4 sat…lysm ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥ ♥♥♥♥♥♥♥♥♥♥♥♥♥♥
Alhey mishy ? thank you drling hindhaadhw balamaa aduivunee kaakah kameh ? ??
Dhelo fulhaa heyo vex nuvaane dhw thiya hen hadhaafa ninmaalaakah.
Haha.masha allah .stry hama v salhi ey bune veyyny..dhen oih bai avahah up kohlahchey.
Waiting 4 nw part.
Ey hawwi kon site eh ga sjk ge stry up vany..
-salaam-???
Ohh my man .. ? in sha allah up kohladheynan bunefa dhuvahu .. ingey? and SJK kairee ebakiyan kobaahey story.. ehen site akah liyaakameh hawwiakah engifakaanai dhoonyaa btw thank you so much ingey man??
Dhelo fulhaa heyo nuvaane ehnu thi varah goss huhttalan .dhen vaany kihineh baa dhw.
Masha allah stry hama v salhi ey buneveyny. Avahah next part up koh dheybala igey.waiting 4 nw part…hawwi sjk ge stry up vany kon site eh ga dear..-salaam.???
??
Oooops.. eyraku nehfen naakah neh…haha
Mi stry ah comment nukureveny kihinehve tha…………
Nukureveytha .. ekamaku dhoonyaa thikurevuneenu
Sisy. Vvvv reethi ey story… dhen vaani kihinehbaa?. Tomorw ah kei therikameh nethi inthixaar ga. Hiyy eba thelhey ingey. Haadha rahum kuda beyekey. ??? v dheravi ingey e part kiyaalaafa. Anyways story hama superb. Waitings… ❤❤❤
Alhey dhoonyaa thank you .. in sha allah mirey upkohleveythw midhanee type kuramun. In sha allah kuraanan .. ??
Hawwi haadha Lahey. Layak mamma yah adu ivunee
Hinga balamaa dhw in sha allah next part ga ingeyne
alhey layaa dhooni kober thr next part?????????cant wait …avahah up kohdhybaa!!!!!!!!!!!!!!!!
Sry loibaa ? dhigukoh upkohlan vegen ulhununee.. bt maa bodah busyvee planga nai ginakanthah thathakeh kulliyakah kuranjehuneema plus finishuvaheh veema v avahah tired v .. v bodah sry
Mireyoo dhoguvess hadhaennu
Sory dear all I’ll try y best Bt had a busy day .. ehenve beynunvi varah type kohnulevun .. maa avahah nidhunee ? sry v bodah liyevunhaa avahah up kohladheynan
Its OK v haa avaheh kollaaa igey
E ok dear .ehen vedhaane dhw . aharemen inshaanun. Kon irakun next part up vaany….
Mivaahakaves nimunytha now
neinge hama ehgothakah vx mihaarakah aissa baeh vaahaka thah nunime stop vanee….ummedhu kuran mivaahaka avaha nimmaane kamah….