އަހަރެންނަށް ހުއްޓުމެއް އައީ މައި އަހަރެންގެ ކައިރިއަށް އައިސް އަހަރެންގެ ލޯމަތީ އަތް ހިންގާލުމަށްފަހު ތީޔޭ މި ހޯދާ ޖަވާބަކީ ދެން ނިދާލާށޭ ބުނެ އަހަރެންގެ ގައިގަ ވިކާ ގަތްފަ ދިއުމުންނެވެ. އަހަރެންނަށް ހުރެވުނީ ދެެންމެ ކުރެވުނު ކަންތަކުން ދެން ހަދަންވީ ގޮތް ނޭނގިފައެވެ. މައި އަހަރެންނާ ދިމާ ކުރާނެވަރު ހިތަށް އެރުމުން ބޮލުގެ ތެރެއަށް އަތް މަހާލެވުނެވެ. އަދި ކަންތަކާ ޖެހުނީއޭ ހިތާ ހިތުން ބުނެލެވުނެވެ. އަދި އެނދުގައި ޖައްސާލީ ނިދޭތޯއެވެ. އެހެންނަމަވެސް މިރޭ ކަންތައްވީ […]
ސަކީނާ ޖަޒްލީފަދަ ވާހަކަ ދެއްކުމުން މަޙްރޫމް ވެފައިވާ ކުއްޖެއް އޭނާގެ ދަރިފުޅުގެ ދިރިއުޅުމުގެ ބައިވެރިއަކަށް ހަމަހިލާ ވިޔަކަ ނުދޭނެއެވެ. *************** އަނެއް ދުވަހުގެ ހެނދުނެވެ.ހެނދުނުގެ ނާޝްތާއަށްފަހު ރިސޯޓަށް ދިޔުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވަނީ ވެ ނިމިފައެވެ.މަންމަގެ އެދުމަށް ރުހާންވެސް މިއަދުހުރީ އޮފީހުން ޗުއްޓީއެއް ނަގައިގެން ގޭގައެވެ.ދެ ޢާއިލާ އެކައްޗަކަށް ވުމުގެ އުފަލުގައި މަޖާކޮށްލަންދާ ދަތުރުގައި ބައިވެރި ވުމަށެވެ.ހަތަރުދުވަސް ފަހުން ރިޝްފާއާއި ކައިލާންގެ ކައިވެނި ކުރެވުމުން ދެޢާއިލާގެ އުފާވެރިކަން ދެގުނައަށް އިތުރު ވެގެންދާނެއެވެ. “ދަރިފުޅާ އަވަހަށް އާދޭ…ނުވައެއްޖަހާއިރު […]
ރޭގަނޑުގެ ފިނިކަން އިތުރުކޮށްދިނީ ގައިގައި ބީހިލާ މަޑުމަޑު ވައިރޯޅި ތަކުންނެވެ. މިނެޓު ގުނާ ކަށި ބަރާބަރު ބާރައަށް އެރުމާއެކު ހަވޭލީގައި ގުގުމައިލީ ފެންޑާގައި އިން ދިގުބަރުލީ ގަޑިގެ ރަނގަބީލުގެ އަޑެވެ. ގަޑިން މެންދަމުން އަނބުރާ ބާރަ ޖެހީއެވެ. ކޮޓަރީގެ މެދުގައި ހުރި އެނދުމަތީ އޮތް ޔަޝަލް ދިޔައީ ދެފަރާތަށް ބޯ ހަލުވަމުންނެވެ. އޭނާގެ ދަލުން ފޯވެފައިވާ މޫނުން ފެންނަމުންދިޔައީ ނުތަނަވަސްކަމާއި ބިރެވެ. “ދޫކޮށްލާ!… ދުރަށްދޭ!…” ޔަޝަލް މަޑުމަޑުން ކުކުރަމުންދިޔައެވެ. ފުންމައިގެން ތެދުވިއިރު ޔަޝަލް އިނީ މާނޭވާ ލެވިފައެވެ. އަތަށް ލޭއަރާހާބާރަށް ބެޑުޝީޓުގައި ހިފަހައްޓައިލައިގެން އިންއިރު ވިސްނެމުންދިޔައީ އިހާނެތިގޮތަކަށް ނިދިން ހޭލަށްވައިލި ހުވަފެނާއި ބެހޭގޮތުނެވެ. ކަޅު ހިޔަންޏެކެވެ. އޭނާގެ އަތުގައި ހިފައި މޫނާއި ގާތް ވަމުން އައިސް ކަންފަތްބުޑުގައި އެއްޗެއްބުންޏެވެ. ނަމަވެސް ބުނި އެއްޗެއް ހަނދާނަކަށް ނައެވެ. ތަންކޮޅެއް ހަމަޖެހިލެވުމުން ޔަޝަލް ކޮޓަރިން ނުކުތެވެ. މަރުވެފައިވީ ހަވޭލީގެ ދެވަނަ ފަންގިފިލާގެ ހޯލްވޭވަނީ ކުޑަދޮރުން ވަންނަ ހަނދުވަރުގެ އަލިން އުޖާލާ ވެފައެވެ. ތިރީ ފަންގިފިލާއަށް ފައިބާން ހުރި ރަތް ދޫލަ އެޅި ސިޑީގެ މެދުގައި ހުއްޓިފައި ޔަޝަލް، އެއްވެސް ދިރުމެއްނެތް ފެންޑާއަށް ނަޒަރުހިންގައިލިއެވެ. ފެންވަރުގެ ފަރުނީޗަރުތަކާއި ޝާހީ މާވަށިގަނޑުތަކުގައި ހުރި ރީތި މާމެލާމެއްލި […]
ޖަޒްލީގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން ކައިލާންގެ ޔުނީފޯރމްގެ މޭމަތި ތެންމަމުން ދިޔައެވެ.މިވަގުތު ދެ މީހުންނަށްވެސް ކޮށްފައިވަނީ ފުން އަސަރެކެވެ. ************** އެތައް އިރަކު އެގޮތުގައި ތިބުމަށްފަހު އެންމެ ފަހުން ކައިލާން ޖަޒްލީގެ ކޮނޑުގައި ހިފައި އޭނާގެ ގަޔާ ދުރުކޮށްލިއެވެ.އަދި ރޮއިރޮއި ރަތްވެފައިވާ ޖަޒްލީގެ ދެލޮލަށް ކަޅިއާއި ކަޅި ދިމާވާނެހެން ބަލައިލިއެވެ.ކައިލާން ނުހަނު އަސަރާއިއެކު އެހާމެ ލޯބިން ޖަޒްލީގެ ކަރުނަތައް ފޮހެލައި ދިނެވެ.ހަމަ އެ ވަގުތު ކައިލާންގެ ފޯނު ރިންގުވާން ފެށިއެވެ. “އޭ ސުޖާ…މިއުޅެނީ ކުޑަ ކަމެއް […]
ސަކީނާ ދިޔުމުން ކައިލާން ޖަޒްލީގެ ކޮނޑުގައި ދެއަތުން ހިފާފައި ކޮޅަށް ނެގިއެވެ.އަދި ޖަޒްލީގެ އަތުގައި ހިފައިގެން ގެންގޮސް ޖަޒްލީގެ ކޮޓަރިއަށް ވަދެ ދޮރުލައްޕާ ތަޅުލިއެވެ. ***************** ޖަޒްލީ ހުރީ ބިރުން ގޮސް ގުޑިލަންވެސް ނުކެރިފައެވެ.ކައިލާން ބޭނުންވެގެން އުޅޭ ކަމެއް ނޭނގޭ ޙާލު ބިރުންގޮސް ހަލާކުވާވަރުވެފައެވެ.ކައިލާން ޖަޒްލީގެ އަތް ދޫކޮށްލިއެވެ.އަދި އޭނާ ޖަޒްލީއަށް އެއްވެސް ދެރަގޮތެއް ނުހަދާނެ ކަމަށާއި އޭނާ ދެކެ ބިރު ނުގަތުމަށް އެދުނެވެ.އަދި އޭނާއަށް ޖަޒްލީ ވަރަށް ކަމުދާ ވާހަކަ ބުންޏެވެ.ޖަޒްލީއަށް ޓަކައި ކައިލާންގެ ހިތުގައި […]
” އައިޝާ. އައިޝާ. ” ގޭތެރެއަށް ވަދެގެން އައި އަޝްފާގު އަޑުގެ ނެތްތަނަށް އޭނާގެ އަންހެނުންނަށް ގޮވަމުން ދިޔައެވެ. ހީވަނީ އައިޝާ ގެއްލިގެން އުޅޭ ހެންނެވެ. ބަދިގެ ތެރޭގައި އުޅުނު އައިޝާވެސް ދުވެފައި ނިކުމެގެން އައެވެ. ޔޫއާންވެސް ފޯނާ ކުޅެމުން ގެއަށް ވަތް ވަގުތަކީ އެއީއެވެ. ބައްޕަގެ އަޑު ހުރިގޮތުން ކަމެއް ގޯސްވެއްޖެކަން ދެނެގަނެވުނެވެ. ފަތުގައި މީހަކު ހުރިހެން ހީވެގެން އަޝްފާގު ފަހަތް ބަލާލިއެވެ. ޔޫއާން ފެނުމުން އޭނާގެ މޫނުމަތިން ފާޅުވީ ރުޅިވެރިކަމެވެ. ޖެހި ބުދެއްހެން ހުރި […]
“އައްސަލާމްޢަލައިކުމް!” އެންމެ ފަހަރަކު ގޮވާލުމާއެކު ސަލާމް ބަލައިގަތެވެ. “ވަޢަލައިކުމްސަލާމް!” ކުޑަ ކުޑަ ކުއްޖަކު އަތަށް ލައިގެން އަހަންނާ އެއް އުމުރެއްގެ އަންހެނަކު ނުކުތެވެ. އޭނާ ހުރީ އިސްޖަހައިގެން ކަމުން މޫނެއް ނުފެނުނެވެ. ކުއްލިއަކަށް އޭނާ އިސްއުފުލާލާ އަހަންނާ ދިމާއަށް ބަލައިލުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. ފަހަތަށް ފިޔަވަޅެއް އަޅަން ހިތަށް އެރި ނަމަވެސް މަޑު ކޮށްލީމެވެ. މަޑު މަޑުން ކުރިއަށް ހިނގައިގަތީމެވެ. އޭނާ ހުރި ފިޔަވަޅުމަތީ ހުރީއެވެ. ކުރިއަށް ޖެހެމުން ގޮސް ދެތިން ފޫޓު ދުރުގައި ހުއްޓިލާ އޭނާގެ އަތުގައި އޮތް ތުއްތު ކުއްޖާގެ މޫނަށް ބަލާލީމެވެ. ދަންނަ ވައްތަރު ޖަހާހެން ހީވިއެވެ. އެކުއްޖާގެ މޫނުގައި ފިރުމާލަން އަތްދިއްކޮށްލީމެވެ. ވަގުތުން އޭނާ އެކުއްޖާ ދުރަށް ލިއެވެ. “ޚަބަރުދާރު! ކަލޭ ނުޖެހޭނެ އެ ކުއްޖާއާ ވައިވެސް އެޅިލާކަށް! ކަލެއްކަށް ހައްޤެއް ނޯންނާނެ!” ކޮންމެ ޖުމްލައެއް ހީވީ އަހަރެންގެ ހިތް ކަފާ ކުދި ކުރަމުން ދިޔަހެންނެވެ. ‘ކަލޭ’ ކިޔައިގެން ދުވަހަކުވެސް އަހަންނާ ވާހަކަ ދައްކާފައިވާ މީހެއް ނޫނެވެ. އާނއެކެވެ. އެއީ ޝީންއެވެ. “އަދިވެސް ބަލަހައްޓައިގެން ހުންނަނީތަ؟ ހަމަ މިހާރު ނުކުމޭ މިގެއިން! ކަލެއާ ކައިސަން އަހަންނަށް ހެދުނު ވަރު މަދީތަ އަދިވެސް؟ އަޑެއް ނީވޭތަ؟ ނުކުންނާށޭ!” އަހަންނަށް ހަމަ ހުރެވުނީއެވެ. ގަބުވެފައެވެ. އެއީ ހަމަ ޝީން ބާވައެވެ. އަހަރެން ޝީންއަށް ހެދީ ކޮން ގޮތެއްހެއްޔެވެ؟ ފެންދެމޭ ކޯރެއްފަދައިން ލޮލުން ކަރުނަތައް އޮހިގަތެވެ. “ޝީން! އުފާވެރި ޚަބަރެއް! އަހަރެމެން ދެމީހުން ކައިވެނި ކުރަންވީ! ޔެސް!!!” ދޮރުން ވަދެގެން އައި ފިރިހެން މީހާ ބާރު ހިނގުމެއްގައި އައިސް ޝީންގެ އަތުގައި އޮތް ކުއްޖާ ނަގައިގެން އުރާލިއެވެ. “ބައްޕިގެ ޒާން! ދޫނި ހީލަބަލާ! ބައްޕިގެ ދޫނިޔާ!” އެފިރިހެންމީހާއަށް އަހަރެން ފާހަގައެއް ނުކުރެވުނެވެ. “ހިނގާ އަހަރެމެން އަވަހަށް ކައިވެނި ކުރަމާ! ކައިސަންވެސް އެހުރީ ޖަލުގައެއްނު! ދެން ޝީން ނުޖެހޭނެ އެކަމާ ހާސް ވާކަށް! ކައިނާއާއި ކައިސަން ވަކިވީއެއްނު! ހެޕީތަ ޑިއާ؟” އެހެން ބުނުމަށްފަހު އޭނާ ޝީންއާއި ދިމާއަށް ބަލާލިއެވެ. ޝީން ހާސްކަމާއެކު ދެލޯ ބޮޑުކޮށްލައިގެން ހުރީ އަހަރެންނާ ދިމާއަށް ބަލާށެވެ. އެ ފިރިހެން މީހާއަށް އެކަން އެނގުމުން ޝީން ބަލަންހުރި ދިމާއަށް ބަލާލިއެވެ. “ކަކަ..ކައިނާ!!؟؟” ކައިލާން ހައިރާންވެފައި ގޮވާލިއެވެ. އަހަރެންގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތެވެ. އަހަރެން ޝީންއާ ގާތަށް ޖެހިލީމެވެ. އަދި ކައިލާންގެ އަތުގައި އޮތް ޒާންއާ ދިމާއަށް އިނގިލި ދިއްކޮށްލީމެވެ. “އެއީ ކާގެ ދަރިއެއް؟” އަހަރެން ސުވާލު ކޮށްލީމެވެ. ޝީން ޖަވާބެއް ނުދިނެވެ. ޝީން ބަލާލީ ކައިލާންއާ ދިމާއަށެވެ. އޭގެން އަހަންނަށް ޖަވާބު އެނގުނެވެ. މަޑުމަޑުން ކައިލާންއާ ދިމާއަށް ހިނގައިގަތުމަށްފަހު ޒާންއާ ދިމާއަށް ބަލާލީމެވެ. މިހާރު އަހަންނަށް ޔަގީން ވެއްޖެއެވެ. އެވަގުތު އަހަންނަށް ޒާން ވައްތަރުވީ ކައިލާންއާއެވެ. އެއީ ކައިލާންއާ ޝީންގެ ދަރިއެކެވެ. “ދޮންބޭ! ކީއްވެ އަހަންނަށް އޮޅުވާލީ؟ އަހަރެންގެ ކޮން ކުށެއް އޮތީ؟ ކީއްވެ އަހަންނާ ކައިސަންއާ ދުރުކުރީ؟” އަހަންނަށް ކޮޅަށް ނުހުރެވުމުން އިށީންނީމެވެ. “ކައި.. ދޮންބެއަށް މާފުކުރޭ! ދޮންބެ ޝީންދެކެ ވަރަށް ލޯބިވޭ.. އެހެންވެ ޝީން ބުނާހާ ކަމެއް ކޮށްދެމުން މި ދަނީ… ޝީން އެދުނީ ކައި އާ ކައިސަން ދުރުކުރުވަންވެސް.. އެހެންވެ އެކަމަށް އެއްބަސް ވެވުނީ.. ސޮރީ ކޮއްކޯ.. ދޮންބެއަށް މާފު ކުރޭ! ޕްލީޒް!” ކައިލާން ބުނި ވާހަކަ ގަބޫލުކުރަންވެސް ދަތިވިއެވެ. “އެހެންވީމާ އާއިލާ މީހަކަށްވުރެ ލޯބިވާ މީހާ މުހިއްމުތާ ދޮންބެއަށް!” ކަރުނަ މަތަކުރަމުން ބުނެލީމެވެ. “ނޫން! އެއްގޮތަކަށްވެސް ތިހެނެއް…” އަތުގެ އިޝާރާތުން އަހަރެން ކައިލާން ހުއްޓުވީމެވެ. ޝީން ކައިރިއަށް ޖެހިލީމެވެ. “ކީއްވެ ޝީން އަހަރެންނާ ކައިސަންއާ ދުރުކުރުވަން މަސައްކަތް ކުރީ؟ ޝީންއަށް އުނދަގުލެއް ވަނީތަ؟ ކީއްވެ މިކަމުގެ ތެރެއަށް ދޮންބެ ވެެއްދީ؟ ކީއްވެ؟ ކީއްވެތަ ޝީން އަހަންނާ ކައިސަން އާ ވަކިކުރީ؟” ޝީންގެ ކޮނޑުގައި ހިފާ ތަޅުވާލަމުން ހަޅޭއްލަވައިގަތީމެވެ. “އެއީ އަހަރެން ކައިސަންދެކެ ލޯބި ވާތީ!” ހީވީ އަހަރެންގެ ކަންފަތްދޮށުގައި މީހަކު އެތިފަހަރިކުން ވީއްލާލިހެންނެވެ. “ތީގެ މާނައަކީ… ތިބުނީ ޝީން އަހަރެންދެކެ ލޯތްބެއް ނުވެއޭދޯ!” ކައިލާންވެސް ހީވީ މޮޔަވިހެންނެވެ. “އާނ! އަހަރެން ލޯބިވީ ކައިސަން ދެކެ! އަހަރެން ލޯބި ވަނީވެސް ކައިސަން ދެކެ. އަހަރެން ކައިލާން ބޭނުންކުރީ އަހަންނަށް ކައިސަން ލިބޭތޯ.. އެކަމަކު އަދިވެސް އެ ކައިސަން ވިސްނަނީ ކައިނާއާ ދޭތެރޭ… އަހަރެން ކޮންމެ ދުވަހަކު ކައިސަން އާ ބައްދަލު ކުރަން ދަން… ދާއިރަށް އަހާނެ ކައިނާ ކޮބާހޭ ކައިނާ ރަނގަޅުހޭ ކައިނާގެ ބޮލޭ އޭއްޗެކޭ މީއްޗެކޭ… އެހެންވެ އަނެއްކާވެސް އަހަރެން އަނބުރާ ގެއަށް އަންނަނީ… އަހަރެން ލޯބިވަނީ ކައިސަންދެކެ… ކައިލާން ދެކެއެއް ނޫން!”މިހެން ބުނެ ޝީން ދިޔަ ބާރު މިނުގައި ގެއަށް ވަނެވެ. އަހަންނަށް ހުރެވުނީއެވެ. ބުނާނެ ހަމަ އެކައްޗެއްވެސް ނޭނގުނެވެ. އެއްފަހަރު ކައިލާންއަށް، އަނެއްފަހަރު ޝީން ވަދެގެން ދިޔަ ދޮރާ ދިމާއަށް ބަލާލެވުނެވެ.
މަލާކް އެނދުގައި އޮށޯވެލައިގެން އޮތެވެ. ފަންކާގެ ބުރުނޭނގޭ ފިޔަތަކަށް ބަލަން އޭނާ އޮތީ ޚިޔާލަކަށް ގެއްލިފައެވެ. އަލޫކްގެ ޚަބަރެއް ނުވާތާ ދުވަސްކޮޅެއްވެއްޖެއެވެ. ގުޅާފަހަރަކުވެސް ކޮންމެވެސް ކަމެއްގައި ބިޒީވެގެން އަވަހަށް ފޯނު ކަނޑާލައެވެ. ރޭގަނޑުވެސް “ގުޑްނައިޓް” ކިޔަންނޫނީ މެސެޖެއްވެސް ނުކޮށްލާނެއެވެ. އަނެއްކާ އެއީ އަލޫކް ކިހިނެއްވެގެން އުޅޭ ގޮތެއްބާއެވެ؟ އޭނާ މަތިން އަލޫކް ފޫހިވީބާއެވެ. ނުނިދިފައި އެތައް އިރަކު އޮތުމަށްފަހު މަލާކްބެލްކަންޏަށް ނުކުތެވެ. ހާސްވެފައިވާ އޭނާގެ ސިކުނޑިއަށް ލުއިކަމެއްލިބޭތޯއެވެ. ތާޒާ ފިނިރޯޅިތަކިން ހިތްހަމަޖެހުން ހޯދަމުން ދިޔަ މަލާކަށް ސިހުން ލިބުނީ މަގުގެ އެއްފަރާތެއްގައި ޕާރކުކޮށްފައި އޮތް މެޓްބްލެކް ކުލައިގެ ކާރު ފެނުމުންނެވެ. އެއްވެސް […]
“އެއްޗެހި ވެއްޓުނު ގަޑީގަ އެހުރީ ވެރިފަ.. ހެހެ.. ވަރަށް ބޮޑަށް ޝުކުރިއްޔާ..” އެމީހާ ނާއިޝްއަށް މުޚާތަބުކޮށް ބުނެލިއެވެ. އޭނާގެ އަޑުގައި ވަނީ އެކުވެރިކަމެވެ. ހިތްހެޔޮ ކަމެވެ. އަދި މަޑުމައިތިރިކަންވެސް މެއެވެ. ނާއިޝްވެސް ހިނިތުންވެލައިފައި އެއީ ކަމެއް ނޫނޭ ބުނެލިއެވެ. ނާއިޝް އެތަނުން ދިއުމަށްޓަކައި އެނބުރެން އުޅެނިކޮށް އެމީހާ ނާއިޝް އާއި ސުވާލު ކޮށްލިއެވެ. “ކޮއްކޮއަށް ކޮން ނަމެއްތަ ކިޔަނީ؟ ދައްތައަށް ވަރަށް ބޮޑު ހެޔޮކަމެއް ތި ކޮށްދިނީ…” އޭނާ ހިނިތުންވެލިއެވެ. ނާއިޝްވެސް ބަދަލުގައި ހިނިތުންވެލިއެވެ. “ނާއިޝް..” ނާއިޝް […]