Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

“ހިތް” ލޭ ކޮށެވިފައި……05

Noor💙 Level 710 Stories100 Comments100 Login500 Comments
July 10, 2018 6 Mins Read
95 Comments

ޖަޒްލީގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން ކައިލާންގެ ޔުނީފޯރމްގެ މޭމަތި ތެންމަމުން ދިޔައެވެ.މިވަގުތު ދެ މީހުންނަށްވެސް ކޮށްފައިވަނީ ފުން އަސަރެކެވެ.

**************

އެތައް އިރަކު އެގޮތުގައި ތިބުމަށްފަހު އެންމެ ފަހުން ކައިލާން ޖަޒްލީގެ ކޮނޑުގައި ހިފައި އޭނާގެ ގަޔާ ދުރުކޮށްލިއެވެ.އަދި ރޮއިރޮއި ރަތްވެފައިވާ ޖަޒްލީގެ ދެލޮލަށް ކަޅިއާއި ކަޅި ދިމާވާނެހެން ބަލައިލިއެވެ.ކައިލާން ނުހަނު އަސަރާއިއެކު އެހާމެ ލޯބިން ޖަޒްލީގެ ކަރުނަތައް ފޮހެލައި ދިނެވެ.ހަމަ އެ ވަގުތު ކައިލާންގެ ފޯނު ރިންގުވާން ފެށިއެވެ.

“އޭ ސުޖާ…މިއުޅެނީ ކުޑަ ކަމެއް ދިމާވެގެން…މަގޭ މޭޒު ޑްރޯވަރ ތެރޭގަ އޮންނާނެ އެ މައްސަލަ…ޕްލީޒް ހެލްޕް މީ ފިނިޝް އިޓް…މިރޭ ޑިއުޓީ ދެން ކޮންޓިނިއުއެއް ނުކުރެވޭނެ…މަ ބައިންދާނަން ސަރ އަށް މެސެޖެއް ކޮށްލާފަ…”ކައިލާން ފޯނަށް ޖަވާބު ދިނުމަށްފަހު ޖަޒްލީގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވަދެ އެނދުގައި ޖަޒްލީ ބޭންދުމަށްފަހު އެނދުމަތީގައި އޮތް ރަޖާގަނޑުން ޖަޒްލީގެ ހަށިގަނޑު ނިވައި ކޮށްލަ ދީފައި ވާހަކަ ދެއްކިއެވެ.

“ޖަޒްލީ…އަހަންނަކަށް ކެތެއް ނުވާނެ އެއްވެސް މީހަކު ޖަޒްލީގެ ނުކުޅެދުންތެރި ކަމުގެ ފައިދާ ނަގާތަން ބަލަން ހުންނާކަށް….ކުރިއަށް އޮތް ހަފްތާ ތެރޭގަ އަހަރެންގެ ކައިވެނި ރިޝްފާއާއި ކުރެވުނީމަ އަހަންނެއް ނުހުންނާނެ ކޮންމެ ފަހަރަކު ޖަޒްލީ އެހެން މީހުންގެ ވަކިތަކުން ސަލާމަތް ކުރާކަށް…އަސްލު ނުހުންނާނީ އެއް ނޫން..އޭރުން އަހަރެން ގެއަށް އަންނާނެ އިރެއްގެ އިންތިޒާރުގަ އަހަރެންގެ އަނބިމީހާ ހުންނާނީ ބަލަބަލާ…ޖަޒްލީ އަށް ކީއްވެތަ ނުވިސްނެނީ…އަހަރެން އަބަދަށްޓަކައި ޖަޒްލީއާ ތި ދުރުކުރަނީ މި ހީލަތުން ފުރިފައިވާ ދުނިޔޭގަ ޖަޒްލީއަށް އެކަނި ކެތްކޮށްލެވިދާނެ ކަމަށްތަ؟ކީއްވެތަ އަހަރެންގެ ދިރިއުޅުން ޒަހަރަށް ތި ހަދަނީ…ކިހިނެތްތަ އަހަންނަށް ކެތްވާނީ ޖަޒްލީ ތި ހިތާމަތައް ތަހައްމަލް ކުރާތަން ދެކެން..ޕްލީޒް ހަމަ އެންމެ ފަހަރަކު ގޮތް ދޫކޮށްފަ މިއަތުގަ ހިފާބަލަ…އަހަރެން އަބަދުވެސް ޖަޒްލީގެ ހިމާޔަތުގަ ވާނަން، މުޅި ދުނިޔެ ދެކޮޅުވިޔަސް…އެހާވެސް ލޯބިވޭ…”ކައިލާންގެ ވާހަކަ ތަކުން ޖަޒްލީގެ ފިސްފިސް ވެފައިވާ ހިތަށް ރާހަތެއް ލިބިގެން ދިޔައެވެ.އަދި އިތުރަށް އެންމެ ސިކުންތަކުވެސް ވިސްނަން ނުހަދާ ކައިލާންގެ އަތުގައި ހިފިއެވެ.އެވަގުތު ކައިލާންއަށް އުފަލުންގޮސް ޖަޒްލީގެ އަތްތިލައިގައި ބޮސް ދެވުނެވެ.އަދި މިރޭ މި ހިނދުން ފެށިގެން ޖަޒްލީއަކީ އޭނާގެ ޙައްޤެއް ކަމަށް ބުންޏެވެ.އަދި ލޮލުގެ ހިމަކޮޅުން ވިޔަސް ނުބައި ގޮތަކަށް ޖަޒްލީ އަށް ބަލާލައިފި މީހަކީ އޭނާގެ ދުޝްމިނެއް ކަމުގައި ބުންޏެވެ.

ކައިލާން ކޮޓަރިއަށް ދިޔައީ ތިންގަޑި ބައި ވީފަހުން ޖަޒްލީއަށް ނިދުނީމައެވެ.ނިދީގައިވެސް ޖަޒްލީ އިރުއިރުކޮޅާ ސިއްސައިގެން ދިޔައެވެ.ހަސަން މަނިކުގެ އެ ވިޔާނުދާ ޢަމަލުން ޖަޒްލީއަށްވަނީ ނަފްސާނީ ގޮތުން ވަރަށް އަސަރު ކޮށްފައެވެ.

އެނދުމަތީގައި ނިތްކުރިއަށް އެއް އަތް ލައިގެން ވިސްނުމެއްގައި އޮތް ކައިލާން އިންތިޒާރު ކުރަމުން ދިޔައީ އިރުއަރާނެ ވަގުތަކަށެވެ.ހަމަ ގައިމުވެސް މިރެއަކު އޭނާއަކަށް ނުވެއް ނިދޭނެއެވެ.އޭނާގެ މުޅި ސިކުނޑީގައި ދައުރު ވަމުންދަނީ ޖަޒްލީގެ ކޮޓަރިން ނިކުންނަމުން ބައްޕަ ޖަޒްލީއަށް މުޚާތަބު ކޮށް ބޭރުކުރަމުން ދިޔަ ގޮތްކުޑަ, ވިޔާނުދާ ބަސްތަކެވެ.ކައިލާން ހީކުރީ އޭނާގެ ބައްޕައަކީ ވަރަށް ރަނގަޅު އުޅުންހުރި މީހެއް ކަމަށެވެ.ނަމަވެސް އެއްވެސް ފަރުދާއެއް ނެތި ހާމަވެގެން އެދިޔަ ބައްޕަގެ ގޮތް ކުޑަކަން ހިތަށް އަރާފައި ކައިލާންގެ މޭގައިވެސް ވަނީ ދިލަ ރިހުމެއް ހިފާލާފައެވެ.ހުރިހާ ކަމެއް ފަޅާ އެރީމަވެސް އަމިއްލަ ދިފާޢުގެ ވާހަކަ ދައްކަން ބައްޕަގެ ދޫ ހަރަކާތް ކުރީތީވެސް ކައިލާން އޮތީ ހައިރާންވެ އަންތަރީސް ވެފައެވެ.

**********

ޖަޒްލީއަށް ސިއްސައިގެން ގޮސް ހޭލެވުނީ ފަތިސް ނަމާދު ބަންގީގެ އަޑަށެވެ.އަވަހަށް ތެދުވެ ފާޚާނައަށް ވަދެ ފެން ވަރާލައިގެން ނިކުމެ ނަމާދު ކޮށްލައިގެން ހެނދުނުގެ ނާޝްތާ ތައްޔާރު ކުރުމަށް އަވަސްވެގަތެވެ.އޭރުވެސް ޖަޒްލީގެ ކަނާތު ކޯތާފަތްމަތީގައި ހަސަން މަނިކު ޖަހާފައި ހުރި ނިޝާންތައް ފައުޅުވޭވޭ ހުއްޓެވެ.

“އަނހާ….ދަރިފުޅު އެބަ އުޅެންތަ ގޭގަ……މަންމަ ހީކުރީ ދަރިފުޅު ވީ ޑިއުޓީގަ ކަމަށް….ރޭގަ ދަންވަރު ޑިއުޓީއެއް ނޫންތަ އިނީ؟” ހަސަން މަނިކާއި،ސަކީނާ އިނީ ކާމޭޒު ދަށުގައި ސައިބޯށެވެ.ކުއްލިއަކަށް ކައިލާން ތިރިއަށް ފައިބާތަން ފެނިގެން ސަކީނާ ސުވާލު ކޮށްލިއެވެ.

“ރޭގަ ޑިއުޓީގަ ހުރެފަ ކުޑަކޮށް ބޮލުގަ ރިއްސާތީ ގެއަށް އައީ…”ކައިލާން ބައްޕައާއި ދިމާއަށް ބަލާލާފައި ޖަވާބު ދިނެވެ.އޭރު ކައްކާ ބައިގައި ހުރި ޖަޒްލީ ހުރީ ކައިލާން ރޭގެ ވާހަކަ މަންމައަށް ކިތާދީފާނެތީ ބިރުންގޮސް މުޅި މީހާ ފިނިވެފައެވެ.ކައިލާން އައިސް މަންމަ ގާތުގައި އިން ގޮނޑި ދަމާލުމަށްފަހު އިށީނެވެ.އޭރު ހަސަން މަނިކު އިނީ ކައިލާން ރޭގެ ކަންތައް ފަޅާއަރުވާލަ ފާނެތީ ވަރަށް ކަންތައް ބޮޑުވެފައެވެ.

“ޖަޒްލީ …..ނިކަން އަވަހަށް ކައިލާންއަށް ސައިތައްޓެއް ތައްޔާރު ކޮށްދީބަލަ”ކައިލާންއަށް ކާން ތަށި ނަގައި ދިނުމަށްފަހު ކުޅިމަސްތަށި ކައިރި ކޮށްލަމުން ސަކީނާ ގޮވާލިއެވެ.އަދި ކައިލާންގެ ނިތްކުރީގައި އަތް ޖައްސާލާފައި ދަރިފުޅު ބަލިކަން ބަލާލީމައި މޫނު މަތިންވެސް އިނގެއޭ ބުނެލިއެވެ.ވާނީވެސް އެހެންތާއެވެ.އިރުއަރަންދެން ނުނިދާ ފިކުރު ކުރަން އޮތުމުން ޙަޤީގަތުގައިވެސް ކައިލާންގެ މޫނުމަތިން ބަލި ވައްތަރު ޖަހައެވެ.އޭނާ ރޭގަ ޑިއުޓީގައި ހުރެފައި ގެއަށް އައީ ކުޑަ ކަމަކު ލެޕްޓޮޕް ބޭނުންވެގެން އެ ބަލައެވެ.ނަމަވެސް ގެއަށް އައިސް ވަތްތަނާ ލިބިގެން ދިޔައީ މިހާތަނަށް ޙަޔާތުގައިވެސް ލިބުނު އެންމެ ބޮޑު ޝޮކެވެ.ޖަޒްލީ ސައިތަށި ތައްޔާރު ކޮށްގެން ގެނެސް މޭޒުމަތީގައި ބޭންދިއިރު އޭނާގެ އަތް ތުރުތުރު އަޅަމުން ދިޔައެވެ.ކައިލާން އިނީ އިސްދަށަށް ޖަހައިގެންނެވެ.ޖަޒްލީއަށް އެ ނިކަމެތި ޙާލު ޖެއްސި ކަމަށްޓަކައި ކައިލާން ދުވަހަކުވެސް ބައްޕައަށް މަޢާފެއް ނުކުރާނެއެވެ.ޖަޒްލީއަށް އޭނާގެ ބައްޕަގެ ފަރާތުން އެފަދަ ގޯނާއެއް ކުރިމަތި ވެދާނެ ކަމަކަށް ކައިލާން ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ. ހަސަންމަނިކު ހީކުރި ގޮތާއި ޚިލާފަށް ސައިބޮއިގެން ދިޔައިރުވެސް ކައިލާން އެވާހަކަ ނުދެއްކީތީ އޭނާއަށް ހިންހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

އާދައިގެ މަތިން މަންމަ ބޭރަށްދާ ގަޑި ބަލާފައި ކައިލާން ގޮސް ބައްޕަ ކޮޓަރިއަށް ވަނެެވެ.އަދި ރޭގެ ވާހަކަ އޭނާ ނުދައްކާ އެހުރީ އެކަންތައް ހިތުން ފިލައިގެން ނޫންކަމަށް ބުންޏެވެ.އަދި ހަސަން މަނިކު އެއްޗެކޭ ބުނަން އަނގަ ހުޅުވާލިތަނާ އަތުގެ އިޝާރާތުން ބައްޕަ ބުނަންއުޅޭ އެއްޗެއް ހުއްޓުވާ އަދި އޭނާގެ ވާހަކަ ނުނިމޭ ކަމަށް ބުންޏެވެ.

“އަހަރެން ބޭނުމިއްޔާ މަންމައަށް ހުރިހާ ވާހަކައެއް ކިޔައި ދެވިދާނެ….ޖަޒްލީގެ ވާހަކަ މަންމަ ޤަބޫލު ނުކުރިޔަސް އަހަރެން ދައްކާ ވާހަކަ ޤަބޫލު ކުރާނެއްނު….އެކަމަކު އަހަރެން ބޭނުމެއް ނޫން އެވާހަކަ ދައްކައިގެން މަންމަގެ ހިތް ހަލާކު ކޮށްލާކަށް…މިއަދާއި ހަމައަށް މަންމަ ބައްޕައަށް ކުރަމުން އައި އިތުބާރު ގެއްލި ދުނިޔެ މަތިން ފޫހި ވާކަށް….ދެން ހުރީ ޖަޒްލީ….ބައްޕަގެ ނަޒަރުގަ އެއީ މަންމަނަކަށް ވިޔަސް، އަހަރެންގެ ނަޒަރުގަ އެއީ އަހަރެންގެ ހިތުގެ ފިނިކަން…އަހަރެން ބޭނުމީ ޖަޒްލީއާއި ކައިވެނިކުރަން….މަންމަ ހަމަޔަކަށް އެޅުވުމަކީ ބައްޕަގެ ކަމެއް…..ހީކުރަން މި ބުނި އެއްޗެއް ބައްޕައަށް ވިސްނޭނެ ކަމަށް”

ކައިލާން ދައްކަން ބޭނުންވި ހުރިހާ ވާހަކައެއް ދައްކާ ނިމުމުން ހަސަން މަނިކު ބުނަން އުޅޭ އެއްޗެއް އަޑު އެހުމެއް ނެތި ނިކުމެގެން ހިނގައްޖެއެވެ.އެވަރުގަނޑުގައި ގޮސް ރޫމަށް ވަދެ ޕައް ކިޔާފައި ދޮރު ޖެހިއެވެ.ފައުޅުގައި އޭނާ އެ އައީ އަމިއްލަ ބައްޕައަށް އިންޒާރު ދީފައެވެ.ކައިލާންގެ ބޮލުގައި ހީވަނީ މީހަކު އެއްޗަކުން ތަޅާ ހެންނެވެ.ކޮންމެ ގޮތެއްވިޔަސް އެއީ އޭނާގެ ބައްޕައެވެ.މިއާދާއި ޖެހެންދެންވެސް އޭނާ ބައްޕައަށް ހާދަ ޤަދަރެއް ކުރިއެވެ.އެކަމަކުވެސް ހެވެ.އެއީ ބައްޕަގެ ފަރާތުން ޖަޒްލީއަށް ލިބުނު އަނިޔާގެ ބަދަލުހިފެން އޮތް ހަމައެކަނި ގޮތެވެ.

ކައިލާން ނިކުމެގެން ދިޔައިރުވެސް ހަަސަން މަނިކު ހުރީ ތަލިން ކުޅު ހިކިފައެވެ.އޭނާ އެ ކުއްޖެއްގެ ޢިއްފަތް ފޭރިގަންނަން އުޅުނު ކުއްޖާއަކީ އޭނާގެ ދަރިފުޅުގެ ލޯބި ހެއްޔެވެ؟ހަސަން މަނިކު މުޅި ޙަޔާތުގައިވެސް އެއްވެސް ކަމަކާ މިހާ ލަދުގަންނަން ޖެހިފައެއް ނުވެއެވެ.ރިޝްފާއާއި ކައިލާންގެ ކައިވެންޏަށް ފަސްދުވަހަށް ވެފައި ވާއިރު އެކަން ހުއްޓުވާނެ ގޮތެއް އޭނާއަކަށް ހަމަ އެއްގޮތަކަށްވެސް ނޭނގެއެވެ.ކައިވެނި ކެންސަލް ކުރާ ހިސާބުން ދެ ޢާއިލާގެ މެދުގައި އޮތް ޒަމާންވީ އެކުވެރިކަން ނަފްރަތަށް ބަދަލުވެގެން ދާނެކަން ގައިމެވެ.އަނެއް ކޮޅުން އެކަން ނުހުއްޓުވައިފިނަމަ މުސްކުޅިވި ދުވަހު މުޅި މީހާގެ އަގު ވެއްޓި އޭނާގެ މުޑުދާރު ސިފަ ކައިލާންއަށް އެނގުނުހެން ރުހާންއާއި ސަކީނާއަށް އެނގި އޭނާ ފަޟީހަތް ވެގެން ދާނެއެވެ.ކައިލާން އަށްވެސް މިއޮއްބޮޑު ދުނިޔެއިން ހިތް ދޭން އެނގުނީ އެ މަންމަނު ކުއްޖާއަށް ހެއްޔެވެ؟ކުރެވުނު ކަންތަކާއި ދެރަވުމުގެ ބަދަލުގައި ހަސަން މަނިކު ހިތާއި ހިތުން ކުއްވެރި ކުރަމުން ދިޔައީ ކުށެއްނެތް ޖަޒްލީއެވެ.

ހަސަން މަނިކު ކޮޓަރި ތެރޭގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓައި ސަކީނާ އައިސް ކޮޓަރިއަށް ވަނެވެ.އަދި މާ ފިކުރު ބޮޑުވެފައި އެ ވިސްނަނީ ކޮންކަމަކާއިތޯ ސުވާލު ކޮށްލިއެވެ.ނަމަވެސް ހަސަންމަނިކު ކަމެއް ނުވެޔޭ ކިޔާފައި ކޮޓަރިން ނިކުމެގެން ގޮސް ސައިކަލަށް އަރައި ދުއްވާލީ ސިކުނޑީގައި އުފެދިފައިވާ ހައިޖާނު ގަނޑަށް ހައްލެއް ގެންނާނެ ގޮތަކާއި ދޭތެރޭ ވިސްނުމަށް އެކަނި ވެލުމަށެވެ.

ހަވީރު ޑިއުޓީއަށް ދާން ފެންވަރައިގެން ނިކުތްތަނާ، ކައިލާންގެ ފޯނަށް ރިޝްފާ ގުޅަން ފެށިއެވެ.މާދަމާއަކީ ކައިލާންގެ އޮފް ދުވަސް ކަމަށްވާތީ ކައިވެނީގެ ކުރިން އެންމެން ޕެރަޑައިސްއަށް މަޖާކޮށްލަން ދާން ދެ ޢާއިލާއިން ރާވާފައިވާ ޚަބަރު ލިބިގެން އެކަމާ އެކްސައިޓެޑް ވީ ވަރުން ގުޅާލީއެވެ.ކައިލާންއަށް އެކަން އެނގުނީ ރިޝްފާ އެހެން ބުނުމުންނެވެ.މަންމަ އެވާހަކަ ކުރިން އެ ނުބުނީ އެންމެ ފަހުވަގުތު ކައިލާންއަށް ދެކޮޅު ހަދަން ނުކެރޭނެތީކަން ޔަޤީނެވެ.ކައިލާން ހިތާއި ހިތުން ކިޔާލިއެވެ.

ކައިލާން ތައްޔާރު ވެލައިގެން ތިރިއަށް ގޮސް އެތަން މިތަން ހޯދަމުން ދިޔައީ ޖަޒްލީ ދެކިލާހިތުންނެވެ.ނަމަވެސް ކޮޓަރީގަވެސް ކައްކާ ބައިގަވެސް ޖަޒްލީ ނެތުމުން، ސިޑިމަތިން ދުވެލާފައި ގޮސް މައްޗަށް އެރިއެވެ.

“ހަމަ ތި ރީތި މޫނު ދެކިލާފަނޫނީ ޑިއުޓީއަށް ނުދެވިގެން މިއައީ…..”ޓެރަހުގައި ހުރި ރެއިލިންގައި ހިފަހައްޓައިގެން ހުރެ ޖެހެމުން ދިޔަ ފިނިފިނި ވައި ރޯޅިތަކުން އުފާ ހޯދަމުންދިޔަ ޖަޒްލީއަށް ސިއްސައިގެން ގޮސް ފަހަތް ބަލައިލެވުނީ އޭނާގެ ކަންފަތުގައި ކައިލާންގެ ލޯބި އަޑު ޖެހެމުންނެވެ.

އޭނާގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައި ދެ ޖީބަށް އަތް ޖަހާލައިގެން ހުރި ކައިލާންގެ ރީތި ކަމަށް ޖަޒްލީއަށް ހިތާއި ހިތުން ތައުރީފް ކޮށްލެވުނެވެ.ރީތިކަމާއި އެއްވަރަށް ހިތްތިރި ވެފައި ކިހާ އޯގާތެރި ހެއްޔެވެ؟އޭނާފަދަ ކުއްޖަކަށްޓަކައި އެ މޭގައިވާ ހިތް އެވަނީ ހުޅުވާލާފައެވެ.ހުވަފެނަކުންވެސް މީހަކަށް ލިބޭނީ މިވަރުގެ އުފަލެއް ނޫން ހެއްޔެވެ؟މިފަދަ ނިޢުމަތަކަށް އޭނާ ކުޑަކޮށްވެސް އުއްމީދު ކޮށްފައެއް ނުވެއެވެ.އޮފިޝަލް ޔުނީފޯރމްގައި ހުންނައިރު ކައިލާންގެ ފިރިހެން ވަންތަކަން އުތުރި އަރައެވެ.އެހާވެސް ފުރިހަމައެވެ.ހިތަށް އަރަމުން ދިޔަ އެއްޗިހިން ޖަޒްލީގެ ތުންފަތުގައި މަޑު ހިނިތުން ވުމެއް ދުވެލިއެވެ.އެ ހިނިތުން ވުމާއި އެކު ޖަޒްލީގެ ކޮލަށް އެޅުނު އަޑިކޮޅު ފެނިފައި ކައިލާންއަށް ބޭއިޚްތިޔާރުގައި ޖަޒްލީގެ ކޮލުގައި އަތް ޖައްސާލެވުނެވެ.އޭނާއަށް މީގެ ކުރިން އެ އަޑިކޮޅު ފާހަގަ ކުރެވިފައެއް ނުވެއެވެ ޖަޒްލީ ހިނތުންވެފައި ހުއްޓައިވެސް އެފެނުނީ އަދިކިރިޔާ ވިއްޔާއެވެ.ކައިލާން ޖަޒްލީގެ ކޮލުގައި އަތް ލުމާއިއެކު އޭނާއަށް ލަދުންގޮސް އިސްޖަހާލެވުނެވެ.އެވަގުތު ކައިލާންގެ މޫނުމައްޗަށްވެސް ހިނިތުން ވުމެއް ވެރިވެގެން ދިޔައެވެ.ޙަމަ އެއާއިއެކު ކަމެއް ހަނދާންވާހެން އަތުކުރީގައި އަޅާފައި އޮތް ގަޑިއަށް ބަލައިލުމަށްފަހު ސީޔޫ ޓުނައިޓް އޭ ކިޔާފައި އަތުގައި އޮތް ކެޕް ބޮލުގައި އަޅައިގެން ނިކުމެގެން ހިނގައްޖެއެވެ.

ކައިލާން ގޮސް ސައިކަލަށް އަރައި ސްޓާޓް ކޮށްލިއިރުވެސް ޖަޒްލީހުރީ ރެއިލިން ދަގަނޑުގައި ހިފަހައްޓައިގެން ތިރިއަށް ބަލަހައްޓައިގެންނެވެ.އެ ލޯތްބަށްޓަކައި ކިތަންމެ ހަނގުރާމައެއް ކުރަން ޖެހުނަސް ކައިލާންގެ ދުލުން ދެން ނުވާނޭ ބުނަންދެން އޭނާ އެހުރީ ހިތްވަރު ކުރަން އަޒުމު ކަނޑައަޅައިގެންނެވެ.އޭނާގެ ހިތް ބުނާ ކަހަލައެވެ.ކައިލާންގެ ކޮންމެ ހަރަކާތެއް ވަނީ ޖަޒްލީއަށްޓަކައި ލޯބިން ފުރިފައެވެ.

ކައިލާން ދިޔުމުން ޖަޒްލީވެސް އޭނާގެ ކޮޓަރިއަށް ވަދެ އަސުރު ނަމާދު ކޮށްލައިގެން ޚަތިމު ހިފައިގެން އިރުކޮޅަކު ކިޔަވާލަން އިނުމަށްފަހު މީހަކު ސަލާމް ގޮވާ އަޑަށް ނިކުތްއިރު ދޮރުމަތީގައި ތިބީ ރިޝްފާއާއި އޭނާގެ މަންމަ ޖަމީލާއެވެ.އެމީހުންނަށް އިށީނުމަށް ސޯފާއަށް އިޝާރާތް ކޮށްފައި ގޮސް ސަކީނާގެ ކޮޓަރި ދޮރުގައި ޓަކި ޖެހިއެވެ.ދެ ތިން ފަހަރަކު ޓަކި ޖަހާލިތަނާ ސަކީނާ ދޮރުހުޅުވާލާފައި ޖަމީލާމެން ފެނިގެން ނިކުމެ އެމީހުންގާތު އިށީންނަމުން ޖަޒްލީ ގާތު ފިިނި ބުއިމެއް ތައްޔާރު ކުރުމަށް ބުންޏެވެ.

ރުހާން އޮފީސް ދަތުރު ނިންމާލާފައި އައިސް ގެއަށް ވަތްއިރު ހުރީ އިރުއޮއްސި ހަތެއް ޖަހަން ކައިރި ވެފައެވެ.އޭރުވެސް ރިޝްފާމެން ދެމައިންނާއި، ސަކީނާ ވާހަކައިގައި ތިއްބެވެ.ރުހާން ރިޝްފާއަށް ނިއް އެއްލާފައި ގޮސް މައްޗަށް އެރީ ދަތުރު ވަރުބަލި ވެފައި ހުރީތީ ފެން ވަރާލައިގެން ރެސްޓް ކޮށްލާށެވެ.އޭނާއަށްވެސް މިހާރު ހީވެފައި ވަނީ ކައިލާންވެސް އެ ކަވެންޏާއި ރުހުނީ ކަމަށެވެ.ކައިލާން ފަހުން އެކަމާ މާ ބޮޑަށް އަޅާލާހެން ހީނުވާތީއެވެ.އަނެއްކޮޅުން ރުހާންވެސް މިދިޔަ ދުވަސްތަކުގައި އުޅެން ޖެހުނީ ވަރަށް ބުރަކޮށެވެ.އެހެންވެ ދެބެންނަށް އެކަކު އަނެކެއްގެ ޕްރޮބްލަމްސް ހިއްސާކޮށްލާނެ ވަގުތުވެސް ނުވިއެވެ.އެހެން ނޫނަސް އޭނާ އެހާވަރަކުން ފަހުން ކައިލާންއާއި ވާހަކަ ދައްކަން ނޫޅުނީ ނުލާހިކު އޮމާންކަމާއިއެކު ރަންކިޔުމުގެ ކަންތައްތައްވެސް ނިމިގެން ދިޔައީމައެވެ.

ކޮޓަރި ތެރޭގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަހުރި ޖަޒްލީ އިންތިޒާރު ކުރަމުން ދިޔައީ ކައިލާން ގެއަށް އަންނާނެ އިރަކަށެވެ.އަދިވެސް ކައިލާންގެ ޑިއުޓީ ނިމެން ވަގުތު ހުރުމާއި އެކު އޭނާގެ އަތުގައި އޮތް ވާހަކަ ފޮތެއް ހިފައިގެން ގޮސް އެނދުގައި އޮށޯތެވެ.އިރުއިރުކޮޅާ އާފުރެމުން ދިޔައިރުވެސް ނުނިދާ އޮވެވޭތޯ މަަސައްކަތް ކުރަމުން ދިޔައެވެ.ނަމަވެސް ދުވާލު ހަތަރުދަމު މަސައްކަތުގައި އުޅެއުޅެ އޭނާ ހުންނަނީ ވަރުބަލި ވެފައެވެ.އެހެންވެ ރޭގަނޑު ތަނެއްގައި އޮށޯވެ ހަށިގަނޑު ދަމާލާއިރަށް ދެލޯ މެރެއެވެ.

ކައިލާން ޑިއުޓީ ނިންމާލާފައި އައި ގޮތަށް އައިސް އެންމެ ފުރަތަމަވެސް ވަނީ ޖަޒްލީގެ ކޮޓަރިއަށެވެ.ޖަޒްލީ އޮތީ އަރާމު ނިންޖަކުން ނިދާލާފައެވެ.ކައިލާން ޖަޒްލީގެ ބޮލުގައި ފިރުމާލުމަށްފަހު މޫނުމައްޗަށް ވެއްޓިފައި އޮތް ވާހަކަ ފޮތް ނަގައި އެނދުގެ ބިއްދަށުގައި ބޭއްވިއެވެ.އަދި ޖަޒްލީގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިތައް އެއްފަރާތް ކޮށްލުމަށްފަހު ގައިމަތިން ރަޖާ އަޅާލަ ދިނުމަށްފަހު އިރުކޮޅަކު ޖަޒްލީއަށް ބަލަން ހުރެފައި ކޮޓަރިން ނިކުތުމަށް ހިނގައިގަތެވެ.އެވަގުތު ދޮރުން ބޯދިއްކޮށްގެން އެތަން ބަލަން އޮތް ސަކީނާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ސިޓީން ރޫމް ކުޑަ ދޮރުތަކުގައި ދަމާފައި ހުރި ދޮރުފޮތިގަނޑު ބިއްދަށަށް ވަނެވެ.ޖަޒްލީ ކޮޓަރިން ނިކުމެ ތަޅަށް ފިތާލުމަށްފަހު ދޮރު ލައްޕާފައި ނިކުމެގެން ދިޔަ ކައިލާންއަށް އެކަން ހަމަ ކުޑަކޮށްވެސް ރެއަކާވެސް ނުލައެވެ.

ފަތިސް ނަމާދު ބަންގި ގޮވިއިރުވެސް ސަކީނާއޮތީ ލޮލަަށް ނިދި ނައިސްފައެވެ.އޭނާއަަށް ނޭނގި އެވަރުބޮޑު ކަންތައް ގަނޑެއް ހިނގަމުން ދިޔައިރު ކުޑަކޮށްވެސް ޝައްކުވެސް ވެފައި ނުވާތީއެވެ. އޭނާ ޖަޒްލީފަދަ މަންމަނެއް އޭނާގެ ދަރިފުޅުގެ ޙަޔާތުގެ ބައިވެރިއަކަަށް ފަހަރެއްގައިވެސް ވިޔަކަ ނުދޭނެއެވެ.

*****ނުނިމޭ*****

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Noor💙

Level 710 Stories100 Comments100 Login500 Comments

Other Articles

Previous

“ހިތް” ލޭ ކޮށެވިފައި……04

Next

ހިތުގެ ތެޅުން 1

Next
July 10, 2018

ހިތުގެ ތެޅުން 1

Previews
July 10, 2018

“ހިތް” ލޭ ކޮށެވިފައި……04

95 Comments!

  1. Noor✓ says:
    July 10, 2018 at 6:54 pm

    This part is dedicated to those who gave their comment in the 4th part. As a writer I feel so overwhelmed by dear readers comment. ThanQ 4 the support.

  2. Anonymous says:
    July 10, 2018 at 7:06 pm

    me first dhw v reethi mi part ves.

    1. Noor✓ says:
      July 10, 2018 at 7:47 pm

      Yap.. ThanQ dear

  3. eekko says:
    July 10, 2018 at 7:15 pm

    am I frst

    1. eekko says:
      July 10, 2018 at 7:16 pm

      oh second dhww

    2. Noor✓ says:
      July 10, 2018 at 7:48 pm

      Yap. And ThanQ dear

  4. lam says:
    July 10, 2018 at 7:29 pm

    yayyyy me third dhw….vvv reethi mi part vx ????

    1. Noor✓ says:
      July 10, 2018 at 7:49 pm

      Ya. ThanQ dear

  5. Dandelion says:
    July 10, 2018 at 7:30 pm

    Heheh
    Thnkx derr mi prt kohdhinyma
    Thikahala meehunnah wndrfl wrytr ey kiyeyny

    1. Noor✓ says:
      July 10, 2018 at 7:50 pm

      ThanQ dear.. Its bcs of the readers support.

  6. Its me says:
    July 10, 2018 at 7:37 pm

    Alheyyyyy.. ur the best ??? story is awesome.. jaxakallaah khairan.. i relly donno how to thank u n appreciate u.. i relly relly love this.. waitingg for next part..? salaam,gudnyt

    1. Noor✓ says:
      July 10, 2018 at 7:51 pm

      Awwwh.. ThanQ dear 4 the lovely comment

  7. ☺☺ says:
    July 10, 2018 at 7:39 pm

    Thank u thank u ehaa avaha genesdhinyma

    1. Noor✓ says:
      July 10, 2018 at 7:51 pm

      ThanQ ThanQ 4 waiting dear

  8. Queen ? says:
    July 10, 2018 at 7:40 pm

    Wow wow woww… Love it❤❤❤?
    Can’t wait next part… Plx.. Vaahaka nimandhan up kohdhehchy…. Waiting for next part… Avaha up kohla dhehchy☺

    1. Noor✓ says:
      July 10, 2018 at 7:53 pm

      Alhey.. ThanQ dear.. So happy that u like my story.

  9. Queen ? says:
    July 10, 2018 at 7:43 pm

    Nd thank u dear.. ❤

    1. Noor✓ says:
      July 10, 2018 at 7:53 pm

      ❤❤

  10. ? says:
    July 10, 2018 at 7:48 pm

    ❤❤❤❤❤❤❤❤

    1. Noor✓ says:
      July 10, 2018 at 7:54 pm

      ThanQ dear
      ❤❤❤❤❤❤❤❤

  11. Reen says:
    July 10, 2018 at 7:55 pm

    Masha allah….adhi nerunu hurihaa part eh ves haadha salhieyy….curiously waiting for the next part..

    1. Noor✓ says:
      July 10, 2018 at 8:00 pm

      Awwwh. So happy that u liked it. ThanQ dear.. Actually its a big challenge.. When ever start writing a story, I get tensed thinking what if my readers didn’t like my ideas. ThanQ 4 been a part of this..

  12. Anonymous says:
    July 10, 2018 at 8:06 pm

    ooo. thanx dearling emmen ehaa varun buneema ehery upp kohdhdheefa dhw. u r great. stry is superb. ????????????????????????

    1. Noor✓ says:
      July 10, 2018 at 8:10 pm

      ThanQ 4 the lovely comment dear. Ya.. Bcs of my dear readers request, I had to give a try. ❤

  13. Maahy?✨ says:
    July 10, 2018 at 8:08 pm

    Alheyyy?????? Haadha rangalhey..??????? Thank you sooooo much♥️♥️♥️♥️♥️ Heeves nu koh hutta surprise eh thi dhiny☺️☺️☺️☺️☺️ And mi part ves Hama awesome ?????????? Maasha Allah ?????? waiting for the next part?????? All the best???♥️????

    1. Noor✓ says:
      July 10, 2018 at 8:12 pm

      Alhamdhulillaahi.. So happy to c such an encouraging comment.. ThanQ dear

  14. Stry Kiyaa Man says:
    July 10, 2018 at 8:20 pm

    Thanks dear vvv bodah.
    mi part vex vvvv furihama.jazlee n kailan igey gulhuvaany.v salhi igey idea .n stry genass dhiyyfa huri goih vex.
    waiting 4 nw part.
    salaam-??????

    1. Noor✓ says:
      July 10, 2018 at 8:31 pm

      So happy to know that u liked my story.. N ThanQ 4 the idea.. Let’s c dhw.

  15. Jenna says:
    July 10, 2018 at 8:25 pm

    Habeys hama noor???

    1. Noor✓ says:
      July 10, 2018 at 8:29 pm

      Oh.. ThanQ dear

  16. Anonymous says:
    July 10, 2018 at 8:52 pm

    V reethi v furihama

    1. Noor✓ says:
      July 10, 2018 at 8:54 pm

      ThanQ dear

  17. Shafaq says:
    July 10, 2018 at 8:54 pm

    Thankyou storyga vamundhaagoiy vvv salhi. Sakeenaa kihinehbaa hadhaanee? Jaxly ah dheragotheh nuhadhahche. Adhives buneveynee thi hama best writer ey.thanx a lot. Goodnyt

    1. Noor✓ says:
      July 10, 2018 at 8:59 pm

      ThanX 4 the lovely comment dear.. Gdnight.

  18. Ram says:
    July 10, 2018 at 9:00 pm

    VVVV reeti noor ge hurihaa vaahakah vess

    1. Noor✓ says:
      July 10, 2018 at 9:21 pm

      Oh.. So happy to know that. ThanQ dear

  19. Ham says:
    July 10, 2018 at 9:17 pm

    Adhi alah noor ge vaahaka eh kian mi feshy..nd its awesome..dhen kihineh baa vaani dho..avahah up kohdhehchey dear..keep it up?????????

    1. Noor✓ says:
      July 10, 2018 at 9:24 pm

      ThanX dear. Happy to have a NEW reader.

  20. Saadhu says:
    July 10, 2018 at 9:24 pm

    Noor???????Haadha furihamaye..hama bunaane eche ne.bune vayni kiyaahivanee ye?.kiyuntherin ge request vahaka genes dheneema v v boda thankx.?

    1. Noor✓ says:
      July 10, 2018 at 9:28 pm

      Always welcome dear. & ThanQ 4 the support. Its possible bcs of my readers support. I never thought I will b able to write a story. But Alhamdhulillaahi.

  21. Anonymous says:
    July 10, 2018 at 9:27 pm

    WOW noor haadha ragalhey❤❤❤❤❤?beautiful stry ???ur amazing??thanq 4 the quick update LY?????❤

    1. Noor✓ says:
      July 10, 2018 at 9:30 pm

      Welcome dear. And ThanQ 4 been with me.

  22. Zer says:
    July 10, 2018 at 9:28 pm

    Aley sakeena dhn sakeena jazlee ah majboor kuraanee kahneyge kailaan aa duruga huhnan ehn nahadhaa e dhe kudhin guluvaa

    1. Noor✓ says:
      July 10, 2018 at 9:32 pm

      Asluves dhw.. Let’s c what the upcoming parts bring on Jazly’s life.. ThanQ 4 the comment dear

  23. Hshaa says:
    July 10, 2018 at 9:31 pm

    Alhe jazulee dherah goui nahadaa thi

    1. Noor✓ says:
      July 10, 2018 at 9:35 pm

      Let’s c what happens to her.. Anyways ThanQ dear

  24. Noory says:
    July 10, 2018 at 9:42 pm

    V salhi.. kyp it up

    1. Noor✓ says:
      July 10, 2018 at 9:53 pm

      ThanQ dear

  25. Reet says:
    July 10, 2018 at 9:53 pm

    Haadha reethi yaa adhi huri haa part eh.dhen Konirakun aneh part? Alhugandu aky v gina vaahaka kiyaa meehakeen ekamaku v comment nukuran mivaahaka hama kiyaa hithun hama comment eh mikohlany vvv reethi egy thi gothuga kuriyah dhy

    1. Noor✓ says:
      July 10, 2018 at 9:57 pm

      ThanQ dear. Happy to c ur comment.

  26. Rish says:
    July 10, 2018 at 10:03 pm

    Haadha reethi story yekey mee hama rovijje ahaaves reethi beynunvaneeves mikahala story kiyaalanves. Maasha allah mivaahakayakee ammereethi ah vaahaka hama v v v salhi hama habeys mi story. Hitha arani dhen vaanee kihineh ahaaves kiyaahihvey mi story.

    1. Noor✓ says:
      July 11, 2018 at 6:50 pm

      ThanQ 4 the lovely comment dear..

  27. Aaan says:
    July 10, 2018 at 10:05 pm

    It’s Amazing wow….

    1. Noor✓ says:
      July 10, 2018 at 10:15 pm

      ThanQ dear.

  28. Lyy says:
    July 10, 2018 at 10:25 pm

    Noor he stories than hama reethi ey dhw…vv inthizaar kuryn mi part ah vx….waiting for next part……mi part vx vvv habeyssss

    1. Noor✓ says:
      July 10, 2018 at 10:49 pm

      ThanQ dear.. Happy to know that u like my stories

  29. Ba See says:
    July 10, 2018 at 10:39 pm

    Masha Allah v v reethi

    1. Noor✓ says:
      July 10, 2018 at 10:51 pm

      ThanQ ?

  30. Nunnu says:
    July 10, 2018 at 11:01 pm

    Oh shit
    Sakeenaa ah fenunee e
    Alhey ameehunnah visneyne nama dho
    Nunnu meege kurin part thakakah comment eh nukurann
    E part thah ves hama vv reethi
    When next parr

    1. Noor✓ says:
      July 10, 2018 at 11:17 pm

      ThanQ 4 the comment dear. In sha Allah liyevunuhaa avahakah.

  31. Yoon says:
    July 10, 2018 at 11:23 pm

    ????

    1. Noor✓ says:
      July 10, 2018 at 11:36 pm

      ThanQ

  32. shanha says:
    July 11, 2018 at 12:27 am

    varah reethi☺☺thiyothi kanthakaa jygifa jazleeyah??

    1. Noor✓ says:
      July 11, 2018 at 4:52 am

      Dhw. Anyways.. ThanQ dear

  33. Aphro grl says:
    July 11, 2018 at 12:52 am

    Wow! V rythi. Vaahakaige nan rythivegen aphro mikiyaalyves

    1. Noor✓ says:
      July 11, 2018 at 4:53 am

      Ohhh.. ThanQ dear

  34. Saeedha Mohamed says:
    July 11, 2018 at 5:33 am

    Mivaaha vvv reei adhi kuyah gendhavaa!! Inthizaaruga hurin ???

    1. Noor✓ says:
      July 11, 2018 at 6:50 am

      ThanQ dear

  35. Maii says:
    July 11, 2018 at 5:53 am

    Vrh vrh nice stry eh ????

    1. Noor✓ says:
      July 11, 2018 at 6:51 am

      Thanx

  36. Baby girl ❤ says:
    July 11, 2018 at 7:08 am

    Vrh vrh reethi story eh…….. when next part curiously waiting waiting

    1. Noor✓ says:
      July 11, 2018 at 7:49 am

      ThanQ dear..
      In sha Allah tonight.

  37. Hau says:
    July 11, 2018 at 8:02 am

    Masha Allah v reethi…waiting for the next part?

    1. Noor✓ says:
      July 11, 2018 at 8:06 am

      ThanQ dear

  38. Mal says:
    July 11, 2018 at 8:10 am

    That was awesome…. Vvvv reethi… Masha Allah.. Waiting for next part….

    1. Noor✓ says:
      July 11, 2018 at 8:18 am

      ThanQ 4 the comment dear.

  39. Xaaan says:
    July 11, 2018 at 8:19 am

    Masha Allah partves vvvvvvv reethi waiting next part

    1. Noor✓ says:
      July 11, 2018 at 8:49 am

      ThanQ dear

  40. shuhoo says:
    July 11, 2018 at 9:15 am

    wow…vrh reethi…when next part up kuranee..kiyaa hithun kei nuvey..

    1. Noor✓ says:
      July 11, 2018 at 9:32 am

      Alheyyy. ThanQ dear. In sha Allah liyevunuhaa avahakah.

  41. Airah says:
    July 11, 2018 at 10:25 am

    vv reethi. Waiting Waiting

    1. Noor✓ says:
      July 11, 2018 at 11:13 am

      ThanQ

  42. Mishkaa says:
    July 11, 2018 at 10:33 am

    Mi part ves varah salhi waiting 4 next part

    1. Noor✓ says:
      July 11, 2018 at 11:13 am

      Oh. ThanQ

  43. Sasha says:
    July 11, 2018 at 11:06 am

    wow
    waiting for the next part

    1. Noor✓ says:
      July 11, 2018 at 11:14 am

      ThanQ dear

  44. Mic Scofild says:
    July 11, 2018 at 12:10 pm

    https://web.facebook.com/Vaahaka-18-201788287330315/?ref=admin_hovercard

  45. Aish says:
    July 11, 2018 at 1:00 pm

    Vvvv nice story.. adhi kiun enme rythi eh vrhka..Ehn vaahka thakuga vaahn nahadhahche.. majubuuru kohgn jazly n kailaan dhuru nukurahche.. o want something different

    1. Noor✓ says:
      July 11, 2018 at 6:51 pm

      ThanX 4 the idea dear. I’m still thinking what to do to make the story interesting.. ThanQ dear

  46. Akky says:
    July 11, 2018 at 1:14 pm

    V rythi storyeh. When next part.

    1. Noor✓ says:
      July 11, 2018 at 1:19 pm

      ThanQ.. In sha Allah soon

  47. Suty? says:
    July 11, 2018 at 1:39 pm

    Story varah interesting kon salhi kon midhanee..when next part? Waiting..????❤❤

    1. Noor✓ says:
      July 11, 2018 at 1:50 pm

      ThanQ dear. In sha Allah tonight

  48. Kayaan says:
    July 11, 2018 at 2:21 pm

    V salhi vaahaka e … i will wait 6

    1. Noor✓ says:
      July 11, 2018 at 6:53 pm

      ThanQ dear.. Nw 6th part is there.

Comments are closed.

Next Episode“ހިތް” ލޭ ކޮށެވިފައި……06←


All Right Reserved!