އަހަރެންނަށް ހުއްޓުމެއް އައީ މައި އަހަރެންގެ ކައިރިއަށް އައިސް އަހަރެންގެ ލޯމަތީ އަތް ހިންގާލުމަށްފަހު ތީޔޭ މި ހޯދާ ޖަވާބަކީ ދެން ނިދާލާށޭ ބުނެ އަހަރެންގެ ގައިގަ ވިކާ ގަތްފަ ދިއުމުންނެވެ. އަހަރެންނަށް ހުރެވުނީ ދެެންމެ ކުރެވުނު ކަންތަކުން ދެން ހަދަންވީ ގޮތް ނޭނގިފައެވެ.

މައި އަހަރެންނާ ދިމާ ކުރާނެވަރު ހިތަށް އެރުމުން ބޮލުގެ ތެރެއަށް އަތް މަހާލެވުނެވެ. އަދި ކަންތަކާ ޖެހުނީއޭ ހިތާ ހިތުން ބުނެލެވުނެވެ. އަދި އެނދުގައި ޖައްސާލީ ނިދޭތޯއެވެ. އެހެންނަމަވެސް މިރޭ ކަންތައްވީ ގޮތުން އަދި އަމުދުން ނިދި ގެއްލުނެވެ. އިރުއެރި އިރުވެސް ނުނިދާ އޮވެވުނީ އާކިފްއާ ދޭތެރޭ ވިސްނާށެވެ. އެހެންކަމުން ކަންނެތްކަން ކޮންމެސް ވަރަކަށް ހުރި ނަމަވެސް ފަތިހު ތެދުވެ ފެންވަރާލައިގެން ނަމާދުކޮއްލީމެވެ. ނަމާދުކޮއްލުުމުން ހިތަށް ލިބުނު ހިތްހަމަ ޖެހުން ބުނެދޭންވެސް ނޭނގުނެވެ.

ކްލިނިކަށް ދާން ތައްޔާރުވެގެން ކޮޓަރިން ނުކުތީމެވެ. ތިރިއަށް ދިޔައިރު އެއްވެސް މީހަކު ނެތުމުން އަވަސް ހަރަކާތަކާއެކު ކޮފީއެއް ހަދާ ކޮފީއެއް ބޯލީމެވެ. އަދި ދަބަސް ހިފައިގެން ނިކުންނަނިކޮއް ކާރު ތަޅުދަނޑިމަތިން ހަނދާން ވެގެން އަނެއްކާވެސް ކޮޓަރިއަށް ވަނީމެވެ. ތަޅުދަނޑި ހިފައިގެން ކޮޓަރިން ނިކުތީ މައި ކުރިމައްޗަށް ނޭރެނީސް އަވަހަށް ގެއިން ނުކުމެގެންދާށެވެ. ރޭގަ ކަންތައްވީ ގޮތުން މައި ކުރިމައްޗަށް ދާން ޖެހިލުންވިއެވެ. އެހެންކަމުން ވަރަށް މަޑުމަޑުން ގޭގެ ދޮރު ހުޅުވަން ތަޅުގައި ހިފާލީމެވެ.
ކުއްލިއަކަށް އިވުނު މައިގެ ޖުމްލައިން ތަޅުން އަތް ދޫކޮއްލެވުނެވެ. އަދި ދެލޯ ބޮޑު ކޮއްލަމުން ފަހަތް ބަލާލިއިރު މައިގެ ކޮޓަރީގެ ދޮރުމަތީ ކޮފީ ތައްޓެއް ހިފައިގެން ހުއްޓެވެ. އަހަރެން އަޅާނުލާ އަނެއްކާވެސް އަޅާނުލާ ދާން ހިނގައި ގަތީމެވެ. މައި މިފަހަރުވެސް ކުރިން ގޮވާލި ގޮތަށް ގޮވާލިއެވެ.
” މަންމާ ގެއަށް ވަގަކު ވަދެއްޗެ، ވަރަަށް ދެކެފަރިތަ މޫނެއް” އަހަރެންނަށް ވަގުތުން މައި އާ ދިމާލަށް “ޔޫ” މިހެންބުނެ އިނގިލި ދިއްކޮއްލަމުން ހިނގައިގަތީމެވެ. އަނެއްކާވެސް މައި އަޑަށް ބާރުލާފައި ގޮވާލިއެވެ. ” މަންމާ, އަދި އެމީހަކު ކުރިން ރޭގެ ހަފްލާގަވެސް ހުރި އަދި އާކިފް އަށް…..” މިހެން ބުނުމާއެކު އަހަރެން ދުވެފަގޮސް މައި އަނގަމަތީ ބާރަށް އަތްއެޅީމެވެ. އައި ބާރު މިނުގެ ސަބަބުން މައި އަތުގަ ހުރި ކޮފީ ތަށިވެސް ނުވެރުނީ ކިރިޔާއެވެ.

އަހަރެން އާދޭސްކުރަންފެށީމެވެ. “ޕްލީޒް މަންމަ ކައިރީ ނުބުނޭ, ކޯއްޗެއް ބޭނުންވަނީ، ބޭނުން އެއްޗެއް ބުނޭ ޕްލީޒް ޕްލީޒް….. އަހަރެންނަށް އެހެން ކިޔަން ފެށުމުން މައި, އަހަރެން ގެ އަތް އަނެއް އަތުން ނައްޓުވަން އުޅެ އުޅެ ނުވެގެން އަހަރެން އޭނަ އަނގަމަތީ އަތް އަޅާފައިއޮތް އަތާ ދިމާލަށް އިނގިލި ދިއްކޮއްލިއެވެ. އަހަރެންނަށް ވަގުތުން އޭނަ އަނގަމަތިން އަތް ދޫކޮއްލެވުނެވެ. މައި ހަމަޔަކަށް އެޅިލަމުން ގޮސް ސޯފާގައި ޖައްސާލިއެވެ. އަދި ކޮފީ ތަށި ކުޑަ މޭޒުމަތީ ބަހައްޓަމުން ބުންޏެވެ.
“ޖަން ކިތަންމެ ބުންޏަސް އަނގަމަތީ އަތް އެޅީމަ އަހަރެން ކިހިނެއް ޖަވާބުދޭނީ, އަހަރެން ނުދެނަހުރިން އަނގަމަތީން އަތް އެޅީމެ ވާހަކަ ދެއްކޭކަމެއް” މިހެންބުނެ ހޭންފެށިއެވެ. އަނެއްކާވެސް ބުންޏެވެ. “ރޭގަ ނިދުނުތަ, ނުނިދުނު ދޯ, އަޅާނުލާ އެހެންވެސް ވާނެ” މައި އެެހެން ބުުނުމުން އަހަރެން މައި އާ ދިމާލަށް ލޯ އަޅާލީމެވެ. އެހެން ނަމަވެސް މައި އެކަމަށް ސަމާލުކަން ނުދީ ވާހަކަ ދެއްކިއެވެ.

“އަސްލު މައި މިއުޅެނީ ބޭނުންވަނީ ކޯއްޗެއްކަން ބުނަން ހަނދާން ނެތިގެން, ކުއްލިއަކަށް ބުނީމަ ހަނދާން ނުވާނެއެއްނު ދޯ, ގިނަގިނައިން ތިކަހަލަ އޮފާތައް ލިބޭނެ ކަމަށް މި ބަލަނީ”, އެހެން ބުނެ ތެދުވެގެން ދަމުން އަނެއްކާވެސް މަށާ ދިމާލަށް ބަލާލިއެވެ. އަދި އެއްލޯމަރާލަމުން މަންމަ ގެއަކުވެސް ނެތް ކަމަށް ބުނެ ހެމުން ގޮސް ކޮޓަރިއަށް ވަނެވެ. މައިގެ ލާނެއްކަމުން އަހަރެން ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ކޮންމެ އެއްޗެއްކިޔައިގެން ވިޔަސް މައި ތުންފަތުގައިވި ހިނިތުންވުންފެނި އަހަރެންނަށްވެސް ހިނިތުންވެވުނެވެ. އަދި ދެފަރާތަށް ބޯ ހޫރުވާލަމުން ގެއިން ނުކުމެގެން ދެވުނީ ތަޅުދަނޑި ބާއްވާފައެވެ. އެކަންވެސް އެނގުނީ ބޭރަށް ނުކުމެ ތަޅުދަނޑި ހޯދުމުންނެވެ. އެހެންނަމަވެސް ދެން އަޅާނުލާނީއޭ ހިތާ ޓެކްސީއެއްގައި ކްލިނިކަށް ދިޔައީމެެވެ.

ބަލަން ހަމަޖެހިފައިވާ ޕޭޝަންޓުން ބަލާނިމުން އިރު ހަވީރު 4 ގަޑި ބައިވަން ހުރީ ފަސްވަރަކަށް މިނިޓެވެ. ބަނޑުހައިވެފަ ހުރިލެއް ބޮޑުކަމުން އަވަހަށް ގެއަށްދާން ނިކުތީމެވެ. އެހެންނަމަވެސް އަހަރެންނަށް މަޖުބޫރުވީ މަޑުކުރާށެވެ. މުޅި އުޑުމަތި ވިއްސާރައިން ވަނީ ބަނަ ކޮއްލާފައެވެ. ހީވަނީ ދެެންމެ ދެންމެ ވިއްސާރަ އޮއްސާލަ ފާނެހެންނެވެ. ޓެކްސީއެއްގަ ގެއަށް ދިއުމުގެ ހިޔާލް ދޫކޮއްލީ ވިއްސާރަ އިރު ބާރު ބޮޑުވާނެ ކަން އެނގޭތީއެވެ. ހިނގާފަ ނުދެވޭނޭ ހިތަށް އެރުމުން އަހަރެން ބައްޕައަށް ގުޅީ ބަލައިއައިސްދިނުމަށް އެދިއެވެ.އެހެންނަމަވެސް ބައްޕައަށް ދެވޭނީ އިރުކޮޅަކުންކަމާއި ކައިރިވުމުން ގުޅާނެ ކަމަށް ބުނުމުން އަހަރެން އަނެއްކާވެސް އަހަރެންގެ ކެބިންއަށް ވަނީމެވެ.

ގޮނޑީގައި ހަމަޖެހިލަމުން އަހަރެން ޑާޓާ އޮންކޮއްލީމެވެ. އަދި ފުރަތަމަ ވެސް އިންސްޓާރ ގްރާމަށް ވަނީ އަހަރެން ހަޔާތުގަވެސް އަލަށް ސޯސިއަލް މީޑިއާ އަކަށް ލީ ފުރަތަމަ ފޮޓޯއަށް ލިބިފައި ހުރި ލައިކްސްތައް ބަލާލުމުގެ ނިޔަތުގައެވެ. އަހަރެންގެ ތުންފަތަށް ހިނިތުންވުން ގެނެވުނީ ބޭ އިހްތިޔާރުގައެވެ. އާކިފް އަހަރެންގެ ފޮޓޯއަށް ލައިކް ދީފަ އިނުމުން އުފަލުން އަހަރެންނަށް ކުރެވޭ ނުކުރެވޭ ކަމެއްވެސް ނޭނގުނެވެ. ހަމަ އެސިކުންތުގައި އާކިފްގެ އިންސްޓަރ ފޮޓޯތައް ބަލަންފެށީމެވެ. އަހަރެންގެ އަތުގެ ހަރަކާތްތަކަށް މަޑު ޖެހުމެއް އައިސް އިސާހިތަކު ލޮލުން ކަރުނަ އަންނަންފެށިއެވެ. އެ ފޮޓޯގައިވަނީ އާކިފް ނޫން ދެވަނަ މީހެއްނޫނެވެ. އޭނަ ކައިރީގަ ހުރި އަންހެން ކުއްޖާހުރީ އާކިފްގެ ކޮޑަށް އަތް ވައްޓާލައިގެންނެވެ. ދެމީހުން ހިނިތުންވެފަ ހުރިގޮތުން އަހަރެންގެ ހިތަށް ތަދު އިހުސާސްވުމުން ހިތާ ދިމާލުގަ އަތް އަޅާލެވުނެވެ. މިއޮއް ވިއްސާރަ ދުވަހުގެ ފިނިކަމާއި އޭސީގެ ފިނިކަމުންވެސް އަހަރެންގެ ގައިން ހޫނުކަން އިހުސާސް ވަމުންދިޔައެވެ. އަދި ލިޔެފައިން ލިޔުންކޮޅަށް އެތައްފަހަރަކު ބެލުނެވެ. ” ޓުބީ މައި ލަވިންގް……. ” ހިތާ ހިތުން އެތަން ކޮޅު ކިޔާލެވުނެވެ.
އަދި ގިސްލަ ގިސްލާފައި ރޯންފެށުނެވެ. އެހެންކަމުން މޭޒުގައި ބޯ އަޅައިގެން އޮތީމެވެ. އަދި އަމިއްލަ ނަފްސާ ޝަކުވާ ކުރެވުނެވެ.

“އާކިފް ކީއްވެ ތިހެން ތިހަދަނީ, އާކިފް ބުނީމެއްނު އަހަރެންދެކެ ލޯބިވޭ, އަހަރެންދެކެވީ ލޯބި ކޮބާ, އަހަރެން ބުނީމެއްނު އަހަރެންނަށް އިންތިޒާރުކުރާށޭ, ދެން ކީއްވެ, އަހަރެންދެކެ ވީ ވަގުތީ ލޯބިތަ, ކީއްވެ އަހަރެންނަށް މިހެންވަނީ, އަޝްފާންވެސް އާކިފްވެސް އެއީ މީހެއްގެ ހައްގެއް. ކޮންމެ ފަހަރަކު އަހަރެންގެ ހިތުން ލޯބިވާ މީހަކާ މިކަހަލަ ގޮތަކަށް ވަކި ވާން ޖެހެނީ ކީއްވެ, އަހަރެން އަތުގަ ފައިސާ އެބަހުރި, އެކަމް އެފައިސާ އިން އެއްވެސް އުފަލެއް ނުލިބެ, އަހަރެންނަކަށް ނުވާނެ ކެތެއް، އާކިފް, އެންމެފަހަރަކުވެސް އަހަރެން އައިމަ އަހާލިނަމަ, އައި ރިއަލީ ލަވްޔޫ އާކިފް” އޭރުވެސް އަހަރެންގެ އަޑު ތުރުތުރު އަޅައެވެ.
އަހަރެންނަށް އިތުރަށް ކެތްނުވާނެކަން އެނގުމުން ކެބިން ނުކުމެ ދުއްވައިގަތީމެވެ. އެވަގުތު އަހަރެން ހުރިހާ ކަމެއް ކުރީ ސިކުނޑި ބޭނުން ނުކޮއް ހިތް ދައްކައިދިން މަގުންނެވެ. އަހަރެން ކްލިނިކުން ދުއްވާގަތް ގަޑީގައި މީހަކު ގައިގަ ޖެހުނުހެން ހީވިއެވެ.

އެހެންނަމަވެސް އެކަމަށް ނުވިސްނާ އަހަރެން ބޭނުންވީ އަހަރެންގެ ހިތް ދައްކައިދިން މަގުން ދާށެވެ. ބޭރަށް ނުކުތް އިރު ބޯކޮއް ވާރޭ ވެހެމުން ދިއުމަކީ ކާކުގެ ނަސީބެއް ކަމެއް ނޭނގެއެވެ. ހަމަގައިމުވެސް އަހަރެންގެ ލޮލުން ފައިބަމުން މިދާ ކަރުނަތައް އެހެންމީހުންނަށް ސިއްރުކޮއްދޭނެ ބައިވެރިއަކަށް މި ވާރޭ ތިކިތައް ވާނެކަން ކަށަވަރެވެ. އަހަރެން އެއޮއް ބޯ ވާރޭ ތެރޭގައި މަޑު ހިނގުމެއްގައި ގޮސް ރަސްފަންނު ތޮށިގަނޑުމަތީ އިށީނީމެވެ. އޭރުވެސް ބޯކޮއް ވާރޭ ވެހެމުންދެއެވެ. އަހަރެންގެ ލޮލުން އެތައްކަރުނައެއް ފައިބަމުން ދިޔައެވެ. އެހެންނަމަވެސް އަހަރެންގެ ހާލްގެ ދެކެން އެކަކުވެސް މިއަދު ނެތް ކަން އަހަރެންނަށް އިހުސާސްވިއެވެ. އަހަރެންގެ ލޮލުން ވެއްޓޭ ކަރުނަ ފުހެދޭން އާކިފްވެސް ނެތްކަން އެނގުމުން އަހަރެންނަށް އިތުރަށް ރޮވޭގޮތްވިއެވެ. ގާތް ގަޑަކަށް ރަސްފަންނުގައި އިންނަތާ އެތައް އިރެއްވީ ފަހުން އަހަރެން އަނބުރާ ކްލިނިކަށް ދިޔައީމެވެ. އޭރުވެސް ކޮންމެސް ވަރަކަށް ވާރޭ ވެހެމުންދިޔައެވެ.

އަހަރެން ކްލިނިކަށް ވަތް އިރު ބޭރުގައި ޕޭޝަންޓުން ނެތުމުން ހިތްހަމަ ޖެހިގެން ހުރެ އަހަރެންގެ ކެބިންނަށް ވަނީމެވެ. އެ ފިނި ތަނަށް ވަދެވުމުން އަހަރެންގެ ގައިން ހީބިހި ނަގާގަތެވެ. އެކަމްވެސް ވަދެ ތަތްހެދުމާއެކު ގޮނޑީގައި އިށީނީމެވެ. އޭރުވެސް އަހަރެންގެ ސިކުނޑި ދަތުރު ކުރަމުން ދިޔައީ މީގެ އިރުކޮޅެއް ކުރިން ފެނުނު ފޮޓޯއަށެވެ.
އޭސީ ނިވާލަން އުޅެފަވެސް ހަނދާން ނުވީ ބައްޕަ އެތައް ފަހަރަކު ގުޅާފައި އިންތަން ފެނުމުން ބައްޕައަށް ގުޅަންވެގެންނެވެ ބައްޕަ ބުނިގޮތުން ބައްޕަ އަށް އާދެވެން ނެތުމުން އަހަރެން ބަލާ އާކިފް ފޮނުވިއެވެ. އަހަރެންނަށް ހިތާ ހިތުން ޝުކުރު ކުރެވުނީ އާކިފް ކުރިމައްޗަށް ނާރައި އެގަނޑީގައި ކޮންމެ ގޮތަކުން ވިޔަސް އަހަރެންނަށް ބޭރަށް ދެވުނީތީއެވެ.

އަހަރެން ރައްޓެއްސެއްގެ ގެއަށް ދިޔައީ ކަމަށް ބުނެ ބައްޕަ ހަމަޖައްސާލީ ބައްޕަ ހާސްވާނެކަން އެނގޭތީއެވެ. ކުއްލިއަކަށް ދޮރުގައި ޓަކި ދިނުމުން އެތެރެއަށް ވަންނާށޭ ބުނެ މޫނުގައި ހުރި ފެންތައް ފުހެލަން މޫނުގައި ޓިޝޫ ކާތާލީމެވެ. އޭރު އެމީހަކު އަހަރެންގެ ކުރިމައްޗަށް އެރިކަން އެނގުނެވެ އެހެންކަމުން އިށީނުމަށް އިޝާރާތް ކުރަމުން ބަލާލީމެވެ. އަހަރެންނަށް ހީވީ އަހަރެން ލާން އުޅުން ނޭވާވެސް ހުއްޓުނުހެންނެވެ. އަހަރެންނަށް ކުއްލިއަކަށް ކޮޅަށް ތެދުވެ އާކިފް އޭ ބުނެލެވުނެވެ.

ނުނިމޭ

43

5 Comments

  1. Lyy

    July 11, 2018 at 3:02 pm

    Nice

  2. Nunnu

    July 11, 2018 at 5:41 pm

    Vv vvv reethi
    Alhey mifaharu nuvaane Janna ah ehen hadhaagenneh
    Hehe
    When next part
    Emme reethi his aa bun thi nimmaalee

  3. Baby girl ❤

    July 11, 2018 at 6:22 pm

    Vrh vrh reethi…when nect part

  4. unique

    July 11, 2018 at 6:39 pm

    Maasha Allah

  5. [email protected]@

    July 11, 2018 at 7:33 pm

    Hii hurihaa kudhin. Kihineh haalu. Uhmeedhu kuran ragalhu vaanekamah. And hope u mi part vess kamudhaane kamah. Let’s see dhw Janna ah vaagoii. Luv u all❤❤❤❤❤

Comments are closed.