Skip to content
އެސްފިޔަ

ކުށަކީ ކޮބާ؟ (3)

“އައްސަލާމްޢަލައިކުމް!” އެންމެ ފަހަރަކު ގޮވާލުމާއެކު ސަލާމް ބަލައިގަތެވެ. “ވަޢަލައިކުމްސަލާމް!” ކުޑަ ކުޑަ ކުއްޖަކު އަތަށް ލައިގެން އަހަންނާ އެއް އުމުރެއްގެ އަންހެނަކު ނުކުތެވެ. އޭނާ ހުރީ އިސްޖަހައިގެން ކަމުން މޫނެއް ނުފެނުނެވެ. ކުއްލިއަކަށް އޭނާ އިސްއުފުލާލާ އަހަންނާ ދިމާއަށް ބަލައިލުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. ފަހަތަށް ފިޔަވަޅެއް އަޅަން ހިތަށް އެރި ނަމަވެސް މަޑު ކޮށްލީމެވެ. މަޑު މަޑުން ކުރިއަށް ހިނގައިގަތީމެވެ. އޭނާ ހުރި ފިޔަވަޅުމަތީ ހުރީއެވެ. ކުރިއަށް ޖެހެމުން ގޮސް ދެތިން ފޫޓު ދުރުގައި ހުއްޓިލާ އޭނާގެ އަތުގައި އޮތް ތުއްތު ކުއްޖާގެ މޫނަށް ބަލާލީމެވެ. ދަންނަ ވައްތަރު ޖަހާހެން ހީވިއެވެ. އެކުއްޖާގެ މޫނުގައި ފިރުމާލަން އަތްދިއްކޮށްލީމެވެ. ވަގުތުން އޭނާ އެކުއްޖާ ދުރަށް ލިއެވެ.

“ޚަބަރުދާރު! ކަލޭ ނުޖެހޭނެ އެ ކުއްޖާއާ ވައިވެސް އެޅިލާކަށް! ކަލެއްކަށް ހައްޤެއް ނޯންނާނެ!” ކޮންމެ ޖުމްލައެއް ހީވީ އަހަރެންގެ ހިތް ކަފާ ކުދި ކުރަމުން ދިޔަހެންނެވެ. ‘ކަލޭ’ ކިޔައިގެން ދުވަހަކުވެސް އަހަންނާ ވާހަކަ ދައްކާފައިވާ މީހެއް ނޫނެވެ. އާނއެކެވެ. އެއީ ޝީންއެވެ. “އަދިވެސް ބަލަހައްޓައިގެން ހުންނަނީތަ؟ ހަމަ މިހާރު ނުކުމޭ މިގެއިން! ކަލެއާ ކައިސަން އަހަންނަށް ހެދުނު ވަރު މަދީތަ އަދިވެސް؟ އަޑެއް ނީވޭތަ؟ ނުކުންނާށޭ!” އަހަންނަށް ހަމަ ހުރެވުނީއެވެ. ގަބުވެފައެވެ. އެއީ ހަމަ ޝީން ބާވައެވެ. އަހަރެން ޝީންއަށް ހެދީ ކޮން ގޮތެއްހެއްޔެވެ؟ ފެންދެމޭ ކޯރެއްފަދައިން ލޮލުން ކަރުނަތައް އޮހިގަތެވެ.

“ޝީން! އުފާވެރި ޚަބަރެއް! އަހަރެމެން ދެމީހުން ކައިވެނި ކުރަންވީ! ޔެސް!!!” ދޮރުން ވަދެގެން އައި ފިރިހެން މީހާ ބާރު ހިނގުމެއްގައި އައިސް ޝީންގެ އަތުގައި އޮތް ކުއްޖާ ނަގައިގެން އުރާލިއެވެ. “ބައްޕިގެ ޒާން! ދޫނި ހީލަބަލާ! ބައްޕިގެ ދޫނިޔާ!” އެފިރިހެންމީހާއަށް އަހަރެން ފާހަގައެއް ނުކުރެވުނެވެ. “ހިނގާ އަހަރެމެން އަވަހަށް ކައިވެނި ކުރަމާ! ކައިސަންވެސް އެހުރީ ޖަލުގައެއްނު! ދެން ޝީން ނުޖެހޭނެ އެކަމާ ހާސް ވާކަށް! ކައިނާއާއި ކައިސަން ވަކިވީއެއްނު! ހެޕީތަ ޑިއާ؟” އެހެން ބުނުމަށްފަހު އޭނާ ޝީންއާއި ދިމާއަށް ބަލާލިއެވެ. ޝީން ހާސްކަމާއެކު ދެލޯ ބޮޑުކޮށްލައިގެން ހުރީ އަހަރެންނާ ދިމާއަށް ބަލާށެވެ. އެ ފިރިހެން މީހާއަށް އެކަން އެނގުމުން ޝީން ބަލަންހުރި ދިމާއަށް ބަލާލިއެވެ. “ކަކަ..ކައިނާ!!؟؟” ކައިލާން ހައިރާންވެފައި ގޮވާލިއެވެ. އަހަރެންގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތެވެ. އަހަރެން ޝީންއާ ގާތަށް ޖެހިލީމެވެ. އަދި ކައިލާންގެ އަތުގައި އޮތް ޒާންއާ ދިމާއަށް އިނގިލި ދިއްކޮށްލީމެވެ. “އެއީ ކާގެ ދަރިއެއް؟” އަހަރެން ސުވާލު ކޮށްލީމެވެ. ޝީން ޖަވާބެއް ނުދިނެވެ. ޝީން ބަލާލީ ކައިލާންއާ ދިމާއަށެވެ. އޭގެން އަހަންނަށް ޖަވާބު އެނގުނެވެ. މަޑުމަޑުން ކައިލާންއާ ދިމާއަށް ހިނގައިގަތުމަށްފަހު ޒާންއާ ދިމާއަށް ބަލާލީމެވެ. މިހާރު އަހަންނަށް ޔަގީން ވެއްޖެއެވެ. އެވަގުތު އަހަންނަށް ޒާން ވައްތަރުވީ ކައިލާންއާއެވެ. އެއީ ކައިލާންއާ ޝީންގެ ދަރިއެކެވެ.

“ދޮންބޭ! ކީއްވެ އަހަންނަށް އޮޅުވާލީ؟ އަހަރެންގެ ކޮން ކުށެއް އޮތީ؟ ކީއްވެ އަހަންނާ ކައިސަންއާ ދުރުކުރީ؟” އަހަންނަށް ކޮޅަށް ނުހުރެވުމުން އިށީންނީމެވެ. “ކައި.. ދޮންބެއަށް މާފުކުރޭ! ދޮންބެ ޝީންދެކެ ވަރަށް ލޯބިވޭ.. އެހެންވެ ޝީން ބުނާހާ ކަމެއް ކޮށްދެމުން މި ދަނީ… ޝީން އެދުނީ ކައި އާ ކައިސަން ދުރުކުރުވަންވެސް.. އެހެންވެ އެކަމަށް އެއްބަސް ވެވުނީ.. ސޮރީ ކޮއްކޯ.. ދޮންބެއަށް މާފު ކުރޭ! ޕްލީޒް!” ކައިލާން ބުނި ވާހަކަ ގަބޫލުކުރަންވެސް ދަތިވިއެވެ. “އެހެންވީމާ އާއިލާ މީހަކަށްވުރެ ލޯބިވާ މީހާ މުހިއްމުތާ ދޮންބެއަށް!” ކަރުނަ މަތަކުރަމުން ބުނެލީމެވެ. “ނޫން! އެއްގޮތަކަށްވެސް ތިހެނެއް…” އަތުގެ އިޝާރާތުން އަހަރެން ކައިލާން ހުއްޓުވީމެވެ. ޝީން ކައިރިއަށް ޖެހިލީމެވެ. “ކީއްވެ ޝީން އަހަރެންނާ ކައިސަންއާ ދުރުކުރުވަން މަސައްކަތް ކުރީ؟ ޝީންއަށް އުނދަގުލެއް ވަނީތަ؟ ކީއްވެ މިކަމުގެ ތެރެއަށް ދޮންބެ ވެެއްދީ؟ ކީއްވެ؟ ކީއްވެތަ ޝީން އަހަންނާ ކައިސަން އާ ވަކިކުރީ؟” ޝީންގެ ކޮނޑުގައި ހިފާ ތަޅުވާލަމުން ހަޅޭއްލަވައިގަތީމެވެ. “އެއީ އަހަރެން ކައިސަންދެކެ ލޯބި ވާތީ!” ހީވީ އަހަރެންގެ ކަންފަތްދޮށުގައި މީހަކު އެތިފަހަރިކުން ވީއްލާލިހެންނެވެ. “ތީގެ މާނައަކީ… ތިބުނީ ޝީން އަހަރެންދެކެ ލޯތްބެއް ނުވެއޭދޯ!” ކައިލާންވެސް ހީވީ މޮޔަވިހެންނެވެ. “އާނ! އަހަރެން ލޯބިވީ ކައިސަން ދެކެ! އަހަރެން ލޯބި ވަނީވެސް ކައިސަން ދެކެ. އަހަރެން ކައިލާން ބޭނުންކުރީ އަހަންނަށް ކައިސަން ލިބޭތޯ.. އެކަމަކު އަދިވެސް އެ ކައިސަން ވިސްނަނީ ކައިނާއާ ދޭތެރޭ… އަހަރެން ކޮންމެ ދުވަހަކު ކައިސަން އާ ބައްދަލު ކުރަން ދަން… ދާއިރަށް އަހާނެ ކައިނާ ކޮބާހޭ ކައިނާ ރަނގަޅުހޭ ކައިނާގެ ބޮލޭ އޭއްޗެކޭ މީއްޗެކޭ… އެހެންވެ އަނެއްކާވެސް އަހަރެން އަނބުރާ ގެއަށް އަންނަނީ… އަހަރެން ލޯބިވަނީ ކައިސަންދެކެ… ކައިލާން ދެކެއެއް ނޫން!”މިހެން ބުނެ ޝީން ދިޔަ ބާރު މިނުގައި ގެއަށް ވަނެވެ.

އަހަންނަށް ހުރެވުނީއެވެ. ބުނާނެ ހަމަ އެކައްޗެއްވެސް ނޭނގުނެވެ. އެއްފަހަރު ކައިލާންއަށް، އަނެއްފަހަރު ޝީން ވަދެގެން ދިޔަ ދޮރާ ދިމާއަށް ބަލާލެވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (16)

  1. Baby girl ❤

    What the hell…how could sheen break some one heart like that…. btw story vrh vrh reethi…..keep it up….when next part…..

    1. Kyleen
      Baby girl ❤

      insha allah tomorrow

  2. Ruuuu

    Kuda kon dhigu kohlinam@……kyleen!

  3. Flwr

    Ehaa gina dhuvas kohfa up kuraa iruves haadha kurey

    1. Kyleen
      Flwr

      Insha Allah next part dhigu kohdheveytho balaanan

    2. Kyleen
      Flwr

      by the way konme wednesday ehga nerey vaahaka bunelaafa innaanee.. ekam kudakoh avas kollee mifaharu

  4. zila

    salhi.. next part dhigu kolladheythi plz.. waitng for the next part.. kon irakun next part nukunnaanee??

    1. Kyleen
      zila

      insha allah next friday ga

  5. Rifuu

    i can’t wait for next part…
    plz plz… up the next part very soon…

    1. Kyleen
      Rifuu

      i will try vee emme avahakah up kollan.. ?

  6. Roxy

    Mi prt kurh noon dw ehr eh ? vvvvv reethi nge curiously waitinn buddy ??

    1. Kyleen
      Roxy

      thanx Roxy…

  7. unique

    Maasha Allah vvv reethi

    1. Kyleen
      unique

      Thnx Unique

  8. Kyleen

    Thanks all for your support and guidance.. thiya dhevvaa irushaadhu thah alhugandah varah muhimmu and beynuntheri.. once again thanks all

  9. Ayesher.9

    Story vrh reethi?

Comments are closed.