Skip to content
އެސްފިޔަ

ހިތުގެ އެދުމޭ ތީ…2

” އައިޝާ. އައިޝާ. ” ގޭތެރެއަށް ވަދެގެން އައި އަޝްފާގު އަޑުގެ ނެތްތަނަށް އޭނާގެ އަންހެނުންނަށް ގޮވަމުން ދިޔައެވެ. ހީވަނީ އައިޝާ ގެއްލިގެން އުޅޭ ހެންނެވެ. ބަދިގެ ތެރޭގައި އުޅުނު އައިޝާވެސް ދުވެފައި ނިކުމެގެން އައެވެ. ޔޫއާންވެސް ފޯނާ ކުޅެމުން ގެއަށް ވަތް ވަގުތަކީ އެއީއެވެ. ބައްޕަގެ އަޑު ހުރިގޮތުން ކަމެއް ގޯސްވެއްޖެކަން ދެނެގަނެވުނެވެ. ފަތުގައި މީހަކު ހުރިހެން ހީވެގެން އަޝްފާގު ފަހަތް ބަލާލިއެވެ. ޔޫއާން ފެނުމުން އޭނާގެ މޫނުމަތިން ފާޅުވީ ރުޅިވެރިކަމެވެ. ޖެހި ބުދެއްހެން ހުރި ޔޫއާންގެ ކޯތާފަތް މައްޗަށް އަރައިގެން ދިޔައީ އަޝްފާގު އަތުގެ ހޫނު ހަމަލާއެކެވެ.

ފޯނަށް ބަލަހައްޓައިގެން މަލްޝާއަށް އިނދެވުނީއެވެ. ކުރާނެ އިތުރު ކަމެއް ނެތި ގޮތް ހުސްވެފައިވާ މީހެއް ފަދައިންނެވެ. ފޯނުން ސްކްރީނުން ފެންނަމުން ދިޔަ ވީޑިއޯއަށް އޭނާ ފިތްތާލީ ފަސްވަނަ ފަހަރަށެވެ. އެ ވީޑިއޯއިން ފެންނަމުން ދިޔައީ މަލްޝާއާއި ޔޫއާންއެވެ. އެދެމެދުގައި މިއަދު ކުޅެވިގެން ދިޔަ ސީންއެވެ. އެހެންނަމަވެސް އެ ސީން އެއްކޮށެއް ނޫނެވެ. މަލްޝާގެ ތުންފަތުގައި އަރޫން ބޮސްދޭ މަންޒަރަށްފަހު އެ ވީޑިއޯ ނިމެނީއެވެ.

ފުންނޭވާއެއްލަމުން ރަނާ ފޮނުވާފައި އިން ދެވަނަ ލިންކަށް އޭނާ ފިއްތާލިއެވެ. ހިތް ބިރުގަންފާވާ ހާލުއެވެ. އެއީ ނޫސް ރިޕޯޓެކެވެ. އަރޫންގެ މޫނަށް ކުޅުޖަހާފައި މަލްޝާ ދުއްވައިގަންނަ މަންޒަރަށް ފަހު ފަލަ ސުރުޙީގައި ޖަހަާފައިވަނީ ” މަޝްހޫރު ވިޔަފާރިވެރިޔާ ޔޫއާންގެ ލޯބިވެރިޔާ އޭނާގެ މޫނަށް ކުޅުޖަހައިފި “. ސުރުޙީ ފެނުމުން މަލްޝާގެ ދެ ބުމަ ގޮށްޖެހުނެވެ. އޭނާ ހިތަށްއެރިއެވެ. ޔޫއާންގެ ލޯބިވެރިޔާއަށް އޭނާ ވީ ކޮންއިރަކު ހެއްޔެވެ. އޭނާއަކީ ގައިމު އަރޫންގެ އަންހެނުންނެވެ. ތެދާ ދޮގު ނުބަލާ ލިޔެފައި އޮތް އާރޓިކަލް އެއްކަން އޭނާއަށް ވިސްނުނެވެ.

” ހަލޯ. ” އަނެއްކާވެސް ގުޅީ ރަނާއެވެ. ” މަށަށް އިނގޭ އެ ނޫސް ރިޕޯޓު ލިޔުނީ ކާކުކަން. އެއީ މަގޭ ރައްޓެއްސެެއް . އެއްކަލަ ނިޝާ. އަހަރުމެންނާ އެއްކޮލެއްޖެއްގައި އުޅުނެއްނު . އެންޑް ޝާން ބުނީ ކޮންގްރާޔޯ ގުޑް ނިއުސްއަށް. ” އެއްނޭވާއިން ރަނާ ކިޔާލިއެވެ. ” އެހެންތަ. އޭނާ ކައިރީ ބުނޭ ހަމަ މިހާރު އެ އާޓިކަލް ޑިލީޓު ކުރާށޭ. އިތުރު ބަޔަކަށް ފެނުމުގެ ކުރިން . ޝާން ކައިރީ ބުނޭ ތެންކްސޭ ” މަލްޝާ ގެ އަޑުގައިވީ ރުޅިވެރިކަމެވެ. މީހަކަު ރުޅި ނައިއްސިއްޔާ ދެރައެއް ނޫންހެއްޔެެވެ. އެންމެ ރަނގަޅޭ ބުނުމަށްފަހު ރަނާ ފޯނު ކަނޑާލީ އެކުވެރިޔާގެ އެދުން ފުއްދައިދޭން އަވަސް ވެގަންނަމުންނެވެ.

ކޯތާފަތް މައްޗަށް އެރި ހޫނު ހަމަލާއަށްފަހު ކޯތާފަތްމަތީގައި އަތް އަޅައިގެން ޔޫއާންއަށް ހުރެވުނީއެވެ. ގުޑިލާން ނޭނގިފައެވެ. ” ހަޔާތް ކުޑަ..” އަޝްފާުގުގެ ޖުމުލަ ނުނިންމާ އޭނާ އަނެއްކާވެސް އަތްމަޅާލީ ޖެހުމަށެވެ. އެހެނަމަވެސް ފަހަތުގައި ހުރި އައިޝާ އޭނާ ހިފެއެއްޓިއެވެ. ވަރަށް އުނދަގުލުންނެވެ.

” މަ ހިޔެއް ނުކުރަން މަގޭ ދަރިއެއް މިހާ ލަދުކުޑަ ކަމެއް ކޮށްފާނެ ކަމަކަށް. ޔޫއާންއަކަށް ނޭނގޭތަ މަގުމަތީގައި ކަމެއް ތިބެވުނީ . ސިއްރު ތަނެއްގަ މިކަހަލަ ހަޑި ހާވަން ތަންކޮޅެއް ތާހިރުވީހެއްނު. އެންމެގެ ކުރިމަތީގަ އަހަރުމެން މުޅިން ފަޝީހަތް ވީނު. މަގޭ ހަމައެކަނި ފިރިހެން ދަރި މަގޭ އަގޭ ވައްޓާލީ. ” އަޝްފާގުގެ އަޑު މުޅި ގޭގައި ގުގުމާލިއެވެ. މަސަތްކަތް ކުރަން ގޭތެރޭގައި އުޅުނު ނޯކަރުންވެސް ބަސްހުއްޓިފައި އެމީހުންގެ މަސަތްކަތްތަށް ހުއްޓާލައިގެން ބަލަން ތިއްބެވެ. އަޝްފާގުގެ ފަރާތުން އަލަށް ފެންނަ މަންޒަރަކަށް ވާތީއެވެ.

ޔޫއާން އަދިވެސް ހުރީ ވާނުވާގައެވެ. އެހެންނަމަވެސް ބައްޕަގެ ވާހަކަތަކަށް ރަނގަަޅަށް ވިސްނާލުމުން އޭނާގެ ހަނދާނަށް އަންނަން ފެށިއެވެ. މިއަދު މަގުމަތީގައި ހިނގައި ދިޔަ ކަންތަކެވެ. ” އެކަމު ބައްޕައަށް އެނގުނީ ކިހިނެތް . ” އަމިއްލަ ނަފްސާ އޭނާ ސުވާލުކޮށްލިއެވެ. ” އަޝްފާގު ކީއްތަ ވެގެން މިއުޅެނީ. އެސޮރު ކީތްތަ ކުރީ . އެންމެންގެ ކުރިމަތީގަ އަހަރެމެން ފަޝީހަތް ވާވަރު ކޮންކަމެއްތަ ޔޫއާން ކުރީ. ” އައިޝާއަށް ހުރީ ރަނގަަޅަށްވެސް ރޮވިފައެވެ. އަޝްފާގުގެ އަތުގައި ހިފައި ތަޅުވައިގަންނަމުންނެވެ. ” ކީއްހޭ އޭނާ ކުރީ؟ މަގޭ ކައިރީގަތަ ތިއަހަނީ .” ފަޓުލޫނު ޖީބުން ފޯނު ނަގަމުން އަޝްފާގު ބުނެލިއެވެ. އަޝްފާގު އަޅުވާލި ވީޑިއޯގެ ސަބަބަން އައިޝާ އޭނާގެ އަނގަތަންމިނަށް ހުޅުވާލިއެވެ. އޭނާއަކަށް ގަބޫލެއް ނުކުރެވުނެވެ.

ބުނާނެ އިތުރު އެއްޗެއް ޔޫއާންގެ ދުލަކަށް ނައެވެ. ކުރެވުނު ހާވެސް ކަމަކީ އިސްޖަހާލުމެވެ. ” ބައްޕާ އަޅުަގަނޑު. ” ޔޫއާން ގެ ވާހަކަ މެދުކަނޑާލިއެވެ. ވާހަކަ ނުދެއްކުމަށް އެދި އަޝްފާުގް އަތުން އިޝާރާތް ކުރުމުންނެވެ. އިސްޖަހާލި ގޮތަށް އޭނާ ދިޔައީ ކޮޓަރިއަށެވެ. މިގަޑީގައި ބައްޕައާއި ވާހަކަ ދެއްކުމަކީ ބޭކާރުކަމެއްކަން ޔަގީންވުމުންނެވެ.

މޭމަތީގައި ފޯނު ބާއްވައިލައިގެން މަލްޝާ އޮތީ ފުން ވިސްނުމެއްގައެވެ. އޭނާ ސިއްސައިގެން ދިޔައީ ފޯނުއަށް މެސެޖެއް އައުމުންނެވެ. ” އޭނަ އެ ރިޕޯޓު ޑިލީޓު ކޮށްޕި. ނަސީބަކުން އެންމެ ދުއިިސައްތަ ވިއުސް އިނީވެސް . ” ރަނާގެ މެސެޖު ކިޔާލުމުން މަލްޝާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. އެހެންނަމަވެސް އެ ވީޑިއޯއަށް ހަދާނީ ކިހިނެތްތޯ ވިސްނާލިއެވެ. އަރޫންއަށް މިކަންތަށް އެނގިއްޖެއްޔާ ވާނީ ކިހިނެއްބާއޭ ހިތަށް އެރިއެވެ. ހިޔާލުތަކުން ދުރުވެ ހިތަށް ކުޑަވަރެއްގެ ތަސައްލީއެއް ލިބޭތޯ އޭނާ ވަނީ ފެންވަރާށެވެ.

އާފުރެމުން ދެލޯ އުނގުޅަމުން އަރޫން ކޮޓަރިއަށް ވަނީ ކަންނެތް ހިނގުމެއްގައެެވެ. އެއްތަުގައި އަޅުވައިފައި އޮތް ކޯޓު އެނދުމައްޗަށް ވައްޓާލަމުން ފާހާނާއަށް ވަންނަން އުޅެފައިވެސް ބެލްކަންޏަށް ނިކުމެލީ ފާހާނާ ތެރޭގައި މަލްޝާ އުޅޭކަން އިނގުމުންނެވެ. ބެލްކަނި ކައިރީގައި ހުއްޓިލަމުން މަގުމައްޗަށް އޭނާ ނަޒަރު ހުއްޓާލިއެވެ. ރާއްޖެ ގަޑިން ރޭގަނޑު އެގާރަ ގަޑި ބައި ވެފައިވާއިރު މަގުމަތީގައި ފުދޭވަރަކަށް މީހުން މަދެވެ. ވިއްސާރަވެހޭތީ ކަމަށްވެސް ވެދާނެއެވެ.

ޖީބުގައި އޮތް އަރޫންގެ އައިފޯން އެކްސް ރިންގްވާން ފެށިއެވެ. ގުޅަނީ އިޝާންއެވެ. ‘ ހޭ ބްރޯ. ކޮންގްރާ.” ފޯނު ނެގިގޮތަށް އިޝާން ބުނެލިއެވެ. ” ކޮންކަމަކަށް.” އަރޫން ހުރީ ވާނުވާގައެވެ. ” އޭ ޝާން ނުބުނައްޗޭ. މަލްއޭ ބުނާނީ. މަލް ބުނުމުގެ ކުރިން. އަހަރުމެން ބުނީމަ ސަކަރާތްވާނެ. ” ފޯނު ކެނޑިގެން ދިޔަ ވަގުތު އެކޮޅުން އިވިގެން ދިޔައީ ރަނާގެ އަޑެވެ. ކެނޑިިފައި ފޯނަށް ބަލާލަމުން އަރޫން ދެކޮނޑު އަރުވާލިއެވެ.

ބޯހިއްކަމުން ފާހަނައިން ނިކުތް މަލްޝާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ބެލްކަނީގައި ހުރި އަރޫންގެ ސަބަބުންނެވެ. ތުވާލި އެނދު މައްޗަށް ވައްޓާލަމުން ބެލްކަންޏާ ދިމާލަށް އޭނާ ދުއްވައިގަތީ ބާލިސް ދަށުގައި އޮތް ރިޕޯޓު ހިފައިގެންނެވެ.

” އަރޫން. ގެސް ވަޓް.” ދުވެފައި އައިސް ބެލްކަނި ކައިރީގައި ހުރި އަރޫންގެ ހަށިގަނޑުގައި ބައްދާލަމުން މަލްޝާ ބުނެލިއެވެ. އޭނާގެ އަޑުގައި ބުނެދޭން ނޭނގޭފަދަ އުފާވެރިކަމެއް ވިއެވެ. އަރޫން އެއްބުމަ އަރުވާލީ ނޭނގެއޭ ބުނަމުންނެވެ. މަލްޝާ ދައްކާލީ އޭނާގެ އަތުގައި އޮތް ރިޕޯޓެވެ. ” ފޮސިޓިވް. ” ރިޕޯޓް ކިޔާލި އަރޫން އުފާވެރިކަމުގެ ކަރުނައިގެ ތެރެއިންވެސް ހިނިތުންވެލިއެވެ. މަލްޝާގެ ހަށިގަނޑުގައި އޭނާ ބައްދާލީ އެނާގެ ހަށިގަނޑު ތެރޭގައި މަލްޝާ ފޮރުވާލަން އުޅޭ ފަދައިންނެވެ. ” ތެންކްޔޫ ސޯ މަޗް ބޭބީ. އައި ލަވް ޔޫ. ވަރަށް ލޯބިވޭ. އަދިވެސް މަށަށް ގަބޫލު ނުކުރެވޭ. އާވީ ރިއަލީ ގޮނަ ބީ ޕޭރަންޓްސް. ” މަލްޝާ އުރާލައިގެން ބެލްކަނީގައި އެނބުރުނު އިރު ކިޔޭ ނުކިޔޭ އެއްވެސް އަރޫންއަކަށް ނޭނގެއެވެ. އޭނާގެ އަޑުވެސް ރަނގަޅަށް ނުނިކުމެއެވެ.

މިވަގުތު މި ދުނިޔޭގައި ހުރި އެންމެ އުފާވެރި މީހާއަކީ އޭނާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ރޭގަނޑުގެ އެވަގުތު މުޅި މާލެ އެކީގައިހެން ނިންވާލައިފައި ވާއިރު ދިއްލާފައިވަނީ މަލްޝާ މެންގެ އެޕާރޓްމަންޓް އެކަންޏެވެ. ގިނަ ބަޔަކު ނިދީގައި ތިބެ އެމީހުންގެ މުސްތަގުބަލާ މެދު ފޮނި ހުވަފެންތަށް ދެކެމުން ދިޔައިރު މަލްޝާއާއި އަރޫން ހުވަފެން ދެކެމުން ދިޔައީ ހޭލާ ތިބެއެވެ. އެކަކު އަނެކަކުގެ އަތުތެރޭގައެވެ.

ފެނުން ތޮޅިލުމަށްފަހު އާ ދުވަހަަކަށް އިރު އަރައިގެން ދިޔައެވެ. މޫސުން ރީތި ދުވަހަކަށް މަރުހަބާ ކިޔަމުންނެވެ. މަޑު ނޫކުލައިގެ އުޑުގައި އެންމެ ހުދު ވިލާ ރޮއްޖެއްވެސް ނެތެވެ. އިރު އޭގެ ޑިއުޓީ އަދާކުރަމުން ގެންދިޔައީ އެންމެ ފުރިހަމައަށެވެ. ވިއްސާރަ ވިލާގަނޑެއްގެ އުނދަގުލެއް ނުފޯރައެވެ.

ހެދުނު ހަތެއް ޖެހިއިރު ރާއްޖޭގެ ވެރިރަށް މާލޭގެ މަގުތަށް ތޮއްޖެހެން ފެށިއެވެ. ދުއްވާ އެއްޗެހީގެ އަޑު މަގުތަކުގައި ގުގުމާލިއެވެ. އަންގާރަ ދުވަހެއް ކަމުން ކިޔަވަން ދާ ކުދިންގެ އިތުރު އޮފީސް އޮފީހަށް ދާ މީހުން ދިޔައީ ގަޑިޖެހުމުގެ ކުރިން އެމީހެއްގެ މަންޒިލަށް ވާސިލްވެވޭތޯ ދައަޅާ މަސަތްކަތްކުރަމުންނެވެ. ޙާއްސަކޮށް ފައި މަގުގައި އުޅޭ މީހުންގެ ހިގުން ވަރަށް އަވަހެވެ.

މުހިންމު މީޓިންއެއް ނިންމާލުމަށްފަހު މީޓިންގް ރޫމުން ނިކުމެގެން އަރޫން މިސްރާބުޖެހީ އޭނާގެ ކެބިންއާއި ދިމާލަށެވެ. ކެބިންގެ ދޮރު ހުޅުވާފައި ވަތްގޮތަށް އޭނާގެ ލެޕްޓޮޕް އަންލޮކް ކޮށްލިއެވެ. މޭޒުމަތީގައި ހުރި ކޮފީތަށިން އެތި ފޮދެއް ބޯލަމުން މިއަދުގެ މަސަތްކަތް ފެއްޓިއެވެ. ނަމަވެސް މަސަތްކަތް މަޑުޖައްސާލަން ޖެހުނީ އޭނާގެ ކެބިންގައި ޓަކިޖަހާލައިފައި ވަތް އިޝާންގެ ސަބަބުންނެވެ.

” ސޮރީ ބިޒީ ގަޑިއެއް ދޯ. އެކަމުވެސް މަމިއައީ ވަރަށް މުހިންމު އެއްޗެއް ދައްކަން. ޑޯންޓް ޓޭކްމީ ރޯންގް ބަޓް ޔޫ ހޭވް ޓު ސީ ދިސް. ” އުނދަގޫ ކުރެވުނު ކަމަށްޓަކައި އޭނާ އެންމެ ފުރަތަމަވެސް މާފަށް އެދުނީއެވެ. އިޝާން އޭނާ އަތުގައި އޮތް ފޯނުން ވީޑިއޯ ޕްލޭކޮށްލަމުން އަރޫންއަތަށް ދިނެވެ.

ވާން މިއުޅެނީ ކިހިނެތްކަން ނޭނގޭ ހާލު އަރޫން އޭނާގެ ނަޒަރު އިޝާންގެ ފޯނު ސްކްރީންއާ ސީދާ ކޮށްލިއެވެ. އޭނާގެ ދެބުމަ ގޮށްޖެހުނެެވެ.

( ނުނިމޭ )

 

 

 

Comments (33)

  1. Ibrahim Zahir

    kada dw comment nannaathy hahahahahahahahahahahahahahahahahahahahahahahahahahahahahahahaahhahahaahahahhaahahahahahahahahhahahahaahah mii first dw

  2. Ibrahim Zahir

    7997991

  3. Lotus

    Nice story.. who are the people in the cover pic?

    1. Nauura
      Lotus

      Oh thanks dear ❤❤❤ cover pic ga ethiby aroon and malsha and the upcoming new charecter ☺☺

  4. xeybooo

    alhey…….kihineh waany dhen alhe….u can improve igey kudhi kudhi than kolhu kolhu ebahuri ekam ragalhu kohllan jehey.. next part when?

    1. Nauura
      xeybooo

      Oh no kihineh baa dhen vaanee dhw..?? Let’s see ?n I will improve the mistakes next time insha allah ❤❤❤❤ Thank you ?

  5. Suty?

    Story varah kamudhey..ekamu madhun eba huri mistakes..ethan than rangalhu kolleema hama habeys vaane…varah vrah salhi vhk..dhn vaane gotheh visnenee haha…when next part? Waiting…???❤???

  6. Dandelion

    Kudhi mistakx eba huri. Nd kuriah oiyy thaa mistakx rangalhu kohlahchey .nd sis vx inthizaaru kurahchey me ge stry ah. Mihaaru liyany. Nd resgistr kohfa vhk p kuran mi gasthu kurany.ISA vrh masahkaiy kuraanan ekan veythw.every wrytrx nd
    Readrx vx wait kuraane kamah ummeedhu kuran…
    Nd vrh bodah shukuriyya unique sis nd Nuxu sis. Thnkx vrh vrh vrh vrh vrh vrh vrh vrh vrh bodah edhemeehunnah. Nd Nauura sis nxt prt avahah p kohdhehche ngey. Luv u sis ??❤??

    1. Kokee
      Dandelion

      jazlee sis dhw me…omg avahah up koh dhee jazlee sis… Can’t wait….hehe

    2. Kyleen
      Dandelion

      will be waiting.. ?

    3. Dandelion
      Dandelion

      Yeah wait kohlaa
      Insha allah miadhu p kuraanan

    4. Dandelion
      Dandelion

      Wait guys
      Vrh avahah p kuraanan

  7. Kokee

    maasha Allah naura…. When next part…. Waiting waiting

    1. Dandelion
      Kokee

      Heheh kokee sis
      Faharuga prtx thah kuruvedhaane.
      Yeah I’m Jazlee
      Mi hafthaaga hmewrkx nd English
      Week vyma vrh bura
      Sis viber nmbr genhulhengya nmbr
      Dhinyma fonuvaanan.
      Aslu mihen mi buny hamdha sis ge
      Nmbr hoadhaakah noon ngey.
      If u want plxx giv ngey .
      Thn I’ll send u the stry ??❤??

  8. nim

    following this story cox this has an interesting opening. loved the suspense. best of luck 🙂

  9. annoying reader

    alhey then aroon ah heevani mal cheat kuri hen dhw. may b he wont trust her and accuse her being preg for another mans baby. plz atleast let him trust her or else he will b divorcing her and abandoning his own child bcz of that video. waiting for the next part love it

  10. Dandelion

    Viber nmbr in kudhin mi vhk beynumiyya
    Viber bunedhinyma fonuvaanan ngey
    ???
    Heekuran vrh gina kudhin vhk kiyan
    Dandelion kaireega vhk fonuvan bunaane kmh.
    ❤????

  11. maya

    wow dhen kihineih baa vaanyy…vvreethi masha allah ..waiting waiting..

  12. Nauura

    Salaam everyone!…first of all vrh vrh bodah sorry comment kohleveyleh lasveema…miadhu buzy kamun time nuveee?..but I hope you all like this part…☺ I was trying to publish a new part today but I couldn’t do it…anyways insha allah tommorow new part eh genesdheynan ❤❤❤❤❤❤❤❤
    Thank you for the love n support ?

  13. Nauura

    Thank you so much everyone for the lovely comments ❤❤❤ I never expected this much support ?? I know you all are curious to know what happens next ? but let’s wait for tommorow insha allah ?I’m sorry I can’t reply to each n every comment this time but I’m still rlly thankful..I’ll do it in the next part ❤????

  14. Kokee

    jazlee ge number fonuva dhinyma faseyha vaane…ehen mi buny knme reader ehge number fonuvan vy ma….so jazlee sis ge number beynu miyyamu dhy…

    1. Dandelion
      Kokee

      Heyy. Nauu sis. Plxxx dhyba hamadha sis ge nmbr …eyna bunany Nauu sis ah ngey neyo eynage num.
      Plxx giv they nmbr soon
      Nd thnkx kokee derr nmbr dheynamey bunyma.

      ❤????

  15. Kokee

    alhey sis….srry…but i want to read so jazlee ge num dhevidhaane tha….
    Or nauu ah message kohlaa sis ge num ah…n nauu kairee buney hamdha sis ge num dheyshe

  16. Kokee

    sis ah nauu kairy bune veyni sunday ga…cuz maadhama school bandhu…pls jazlee sis ge number dhevidhaane tha…pls sis

  17. Kokee

    jazlee…this is a public chat…so mithaa num share eh nukurevey ne….srry dear

    1. Dandelion
      Kokee

      Ok ey num nudhinas vrh avahah p
      Kuraanamey stry.

  18. Kokee

    sis ge num jazlee beynu miyya admin kairy ahaagen nauu ge number hodha gen nauu kairy buney sis ge num dheyshe

    1. Dandelion
      Kokee

      Ok derr. Now jazlee registr kohfin
      So,noneed of that. Tomorrow ah wait kohlahchey.ISA, tomorrow alhugandu mi sitah liyaa first stry fennaane ngey….
      Kyp waitin
      ??❤?????❤

  19. Kokee

    yeyy….jazlee…..sis ufalun neyngunu

  20. kitty

    story is fab.. whn is nxt part??

  21. shaaa

    Alhey nau vaahaka avahah up kohdeeba kehvanee eh nuney.. btw nau kiyas ok tha?

  22. shauuuuuuuuuu

    kobaaatha aneh baiiii??????buna dhuwahah up eh nuwe dhw!!!

  23. Kokee

    nauu….pls avas kohdhee ba….pls ey nauu gadaa….srry hehe…mihaaru egijje dhww me kaaku kan…lol

Comments are closed.