Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ހުޅުކޮޅު 37

hygge Level 510 Stories100 Comments100 Login500 Comments
July 10, 2018 9 Mins Read
63 Comments

“އެއްޗެހި ވެއްޓުނު ގަޑީގަ އެހުރީ ވެރިފަ.. ހެހެ.. ވަރަށް ބޮޑަށް ޝުކުރިއްޔާ..” އެމީހާ ނާއިޝްއަށް މުޚާތަބުކޮށް ބުނެލިއެވެ. އޭނާގެ އަޑުގައި ވަނީ އެކުވެރިކަމެވެ. ހިތްހެޔޮ ކަމެވެ. އަދި މަޑުމައިތިރިކަންވެސް މެއެވެ. ނާއިޝްވެސް ހިނިތުންވެލައިފައި އެއީ ކަމެއް ނޫނޭ ބުނެލިއެވެ. ނާއިޝް އެތަނުން ދިއުމަށްޓަކައި އެނބުރެން އުޅެނިކޮށް އެމީހާ ނާއިޝް އާއި ސުވާލު ކޮށްލިއެވެ. “ކޮއްކޮއަށް ކޮން ނަމެއްތަ ކިޔަނީ؟ ދައްތައަށް ވަރަށް ބޮޑު ހެޔޮކަމެއް ތި ކޮށްދިނީ…” އޭނާ ހިނިތުންވެލިއެވެ. ނާއިޝްވެސް ބަދަލުގައި ހިނިތުންވެލިއެވެ. “ނާއިޝް..” ނާއިޝް އޭނާގެ ނަން ބުނެލީ މަޑުމައިތިރި ކަން އެކުލެވިފައިވި އޭނާގެ ފިރިހެންވަންތަ އަޑުންނެވެ.

އެ އަންހެން މީހާ ހިނިތުން ވެލުމަށްފަހު ނާއިޝްގެ ނަންބަރު ހޯދައި އޭނާގެ ނަންބަރު ނާއިޝްއަށްވެސް ދިނެވެ. އަދި އެއީ ވަރަށް ގާތް މީހެއް ގޮތުގަ ބެލުމަށް އެދި އޭނާ އެތަނުން ދިޔައެވެ. ނާއިޝްއަށް ހުރެވުނީ ހިނި އައިއްސައެވެ. އެމީހާގެ ހިތްހެޔޮ ކަމުން އޭނާއަށް ހިތްހަމަ ޖެހުން ލިބިގެން ދިޔަ ފަދައެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި އެ ތުންފަތުގައި ވީ ހިނިތުންވުން ފިލައި ދިޔައީ އޭނާގެ އުފަން މަންމަ މަތިން ހަނދާން ވުމުންނެވެ. މަންމައާއިވެސް އޭނާ ބައްދަލުކުރަން ޖެހެއެވެ. އެކަހަލަ އެކި ޚިޔާލުތަކެއްގައި ހުރެ ނާއިޝް އޭނާގެ ސައިކަލާއި ދިމާލަށް މިސްރާބު ޖެހިއެވެ.

“ޕްރިޔާ.. ޕްރިޔާ..” ގެއަށް އައިސް ވަތް ރައިފާ ވަރުބަލިވެގެން ސޯފާގައި އިށީނުމަށްފަހު ތަންކޮޅެއް ބާރަށް ދެފަހަރަކު ޕްރިޔާއަށް ގޮވާލިއެވެ. އެހިނދު ލައިގެން ހުރި އިންޑިއާ ހެދުމާއެކު އަޅާފައިވާ ދޯޕައްޓާ ރީތިކުރަމުން އޭނާ ކޮޓަރިން ނިކުމެގެން އައެވެ. “ޕްރިޔާ.. ފެންތައްޓެއް ގެނެސްދީބަލަ.. ވަރަށް ވަރުބަލިވެއްޖެ..” ބާޒާރު ކޮތަޅުތައް ބިއްލޫރި ކުޑަ މޭޒުމަތީގައި ބަހައްޓަމުން ރައިފާ ބުނެލިއެވެ. އެ އަޑުގައި ކޮންމެވެސް ވަރެއްގެ ހަރުކަށި ކަމެއްވެސް ވެއެވެ.

“އަދިވެސް އެ ޒިވާ އަންނާކަށް ނޫޅޭތަ؟ ދެން ޗުއްޓީއަކަށް ދިޔަޔަސް އެއީ ބޮޑުވަރު.. އޭނާ އެތަނަށް އެއްކޮށް ބަދަލުވެއްޖިއްޔާ ދެން އިތުރަކަށް އަހަންނަކަށް ކެތެއް ނުވާނެ..” ފިނިފެންތަށި އެއްނޭވާއިން ދަމާލަމުން ރައިފާ ހިތާހިތުން ބުނެލިއެވެ. ފުން ނޭވާތަކެއް ލަމުން ދިޔަ ގޮތުން ހީވަނީ ބުއި ފިނި ފެންތަށްތާ އެއްކޮށް އައިސްފައި ހުރި ރުޅިވެސް މަތަކުރަން އުޅޭ ހެންނެވެ. ޒިވާ ދިޔަތާ އަދި ވީ އެންމެ ދުވަހެއް ނަމަވެސް ރައިފާއަށް އެ އެއްދުވަސް ވީ އެއް ޤަރުނަށެވެ. ޕްރިޔާ ރައިފާ ބޮއުނު ފެންތަށި ހިފއިގެން ބަދިގެއަށް މިސްރާބު ޖެހި ވަގުތު އޭނާ ގެނައި ބާޒާރު ކޮތަޅުތައް ހިފައިގެން ބާރަށް ހިނގާލައިފައި ގޮސް ކޮޓަރިއަށްވަދެ ބަންލައިފައި ދޮރު ޖެހިއެވެ.

އެވަގުތު ބަދިގޭގައި ތަށިދޮންނަން ހުރި ޕްރިޔާވެސް ދިޔައީ ސިއްސައިގެންނެވެ. ރައިފާ ކޮޓަރީގެ ދޮރާ ދިމާލަށް ބަލައިލި އިރު އޭނާގެ މޭގައި އެއް އަތް އަޅާލައިފައި އޮތެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ނުވެސް އިނގި ހުއްޓާ ރައިފާ އެހާ ބާރަށް ދޮރު ޖެހީމާ ސިއްސައިނުގަންނާނީ ކާކު ހެއްޔެވެ؟ ދެބުމަ ގޮށްޖަހާލަމުން ޕްރިޔާ ހިތާހިތުން ރައިފާއަށް ކުދި ކިޔާލިއެވެ. މިހާރަކަށް އައިސް ރައިފާގެ ޢަމަލުތައް ހުންނަ ގޮތަކުން ޕްރިޔާވެސް ހިތްހަމަ ނުޖެހޭ ފަހަރު އަންނަނީ މަދެއްކޮށެއް ނޫނެވެ. ނަމަވެސް ކެތްކޮށްލައިގެން އުޅެނީއެވެ.

***

“ހައްވައްތަ.. ހާދަ ވަރުބަލިވެފައޭ ތިހުރީ.. އަވަހަށް އާދޭ އިށީންނަން..” ގޭތެރެއަށް ވަދެގެން އައި ހައްވަ ފެނިފައި ރިފާ ސޯފާއިން ތެދުވެގެން ގޮސް އޭނާގެ އަތުގައި ހުރި ތަރުކާރީއާއި އަދިވެސް ގެއަށް ބޭނުންވާނެ ބައެއް ސާމާނުތައް ހުރި ކޮތަޅުތައް އަތުލުމަށްފަހު ބުނެލިއެވެ. ހައްވަގެ މޫނުމަތިން ދާތިކިތައް ވިދައެވެ. ލަމުން ދިޔަ ފުން ނޭވާތަކުގެ ސަބަބުންވެސް އޭނާ ވަރުބަލި ވެފައިވާ މިންވަރު ހާމަކޮށްދެއެވެ.

“ހައްވައްތަ ނުފެނިގެން އަހަރެން ހާދަ ވަރަކަށް ހޯދައިފީމޭ.. ގުޅަންވެސް ގުޅިން.. އެކަމަކު ފޯނެއް ނުނަގާ ވިއްޔަ..” ރިފާ ޝަކުވާ ކޮށްލިއެވެ. ހައްވަ އިނީ ސޯފާގައި ބުރަކަށި ޖައްސާލައިގެން ހިނިތުންވެފައެވެ. އަމިއްލަ ދަރިފުޅު ގާތުގައި ނެތްނަމަވެސް މިހާރު އޭނާ ގާތު އެ ތިބި ތިންކުދިން އެކަމެއް އޭނާއަށް އިޙުސާސް ވިޔަކަ ނުދެއެވެ. “އެކަމަކުވާ.. ހައްވައްތަ އެކަނިން ފިހާރައަށް ގޮއްސަ ދޯ ތި އައީ؟ އަހަރެމެން ބުނީމެއްނު އަހަރެމެންނާއެކީ ނޫނީ ހައްވައްތަ ފިހާރައަށް ގޮސްގެން ނުވާނޭ.. މިހާރު ހައްވައްތަ ޖެހޭނީ ހަމައެކަނި ރެސްޓް ކުރާށޭ.. ދެން ނުވާނެ މިހެން ގޮސްގެނެއް.. މިއަދުވެސް އަސްލު އަހަރެމެންނަށް ނުފެނުނީމަ އިނގޭ ތިހެން ތި ދެވުނީ..” ރިފާ ރުޅި އަންނަ ކަމަށް ހެދެމުން އުނަގަނޑުގައި ދެއަތް ވިއްދާލައިފައި ބުނެލިއެވެ. އޭނާ ބުނެލި ގޮތުން ހައްވަ ގާތަށް ހިނި އައެވެ. އެހެން ކަމުން ހައްވަ ހޭތަން ފެނި ރިފާއަށްވެސް ހެވުނެވެ.

“އެއީ ދެން އެހާ ކަމެއް ނޫނޭ.. ދައްތަ އަބަދު ގޭގަ އޮންނަން ވެއްޖިއްޔާ މޮޔަވެދާނެއްނު.. ހެހެ.. ދެން ތިއެއް ނޫނޭ.. ކޮބާތަ ލަމާން އާ ލިމްޔާ؟ ދެމީހުން ދައްކާވެސް ނުލައި..” ގޭތެރެ ހޯދާލަމުން ހަމަޖެހިލައިފައި އިނދެ ހައްވަ ރިފާ އާއި ސުވާލުކޮށްލިއެވެ. “ލިމް ވީ ސްކޫލް ކަމަކު ސްލޫކަށް ގޮސް.. ލެސަން ޕްލޭން ހަދަންށޯ ކިޔައިފަ ދިޔައީ.. އޭނާއަށް މާ ފައްކަލީއޯ ސްކޫލް މާހައުލު.. ހެހެ..” ރިފާ ލުއި ހިނިތުންވެލުމަކާއެކު ލިމްޔާ ބުނި ވާހަކަ ބުނެލިއެވެ. “ލަމާން ވެއްޖެ ކޮޓަރީގަ.. އޮފީހުން އައިސް ވަރުބަލިވެގެންނޯ ކިޔައިފަ ޖައްސާލިތަނުން ނިދިފަ އޮތީ.. އަސުރު ނަމާދުވެސް ކޮށްގެން އޮތީމަ ދެން ނުގޮވީ.. އެކަމަކު ދެން ދާންވީ ކަންނޭނގެ ގޮވަން.. އިރު އޮއްސެން ގާތްވަނީނު..” ރިފާ އެހެން ބުނުމަށްފަހު ހައްވައަށް ރީތި ހިނިތުންވުމެއް ރައްދު ކޮށްލިއެވެ. އެއަށްފަހު ތެދުވެ ފަހަތަށް އެނބުރިލި  ގަޑީގައި އޭނާގެ އަނގައިން މަޑު ހަޅޭކެއް ބޭރުވިއެވެ.

“ލަމާނޫ.. ކިރިޔައެއްނު ބިރުން ހަލާކު ނުވީ..” ދެއަތް މޭގައި އަޅާލައިގެން ހުރެ ރުޅި އައިސްފައި ރިފާ ބުނެލިއެވެ. އޭނާ ކޮޓަރިއަށް ދާންވެގެން ތެދުވި އިރު ލައިގެން ހުރި ސޯޓުގެ ދެ ޖީބަށް އަތް ޖަހާލައިގެން ލަމާން ހުރީ ލާނެއް ހިންޏެއް އައިސްފައެވެ. އެހާ ގާތުން ކުއްލިއަކަށް ލަމާން ފެނުމުން ރިފާ ސިއްސައިގެން ދިޔައީއެވެ. ކުދިންގެ ޙަރަކާތްތައް ހުރި ގޮތުން ހައްވަ އިނީ ހޭށެވެ. “ހައްވައްތަ ހާދަ ވަރަކަށް ބާޒާރުކޮށްލައިފަ ހުރިހެން ހީވެޔޭ؟” ލަމާން ހައްވަ ގާތަށް އަންނަމުން ސުވާލު ކޮށްލިއެވެ. ސޯފާގައި އިށީންދެލި ވަގުތު ހައްވަ ބޯ ޖަހާލީ އެކަމަށް އެއްބަސް ވުމުގެ ގޮތުންނެވެ. “މިއަދު ވަރަށް ރަނގަޅު ކުއްޖަކާ ދިމާވި..” ހިނިތުން ވެލުމަށްފަހު ހައްވަ ބުނެލިއެވެ. ލަމާންގެ ޝައުޤުވެރިކަން ހައްވަގެ އެ ޖުމުލައަށް ހުއްޓުނު އިރު ދެބުމަ ގާތްކޮށްލައިގެން ދެއަތް އުރާލައިގެން ހުރި ޒިވާވެސް ޝައުޤުވެރިކަމާއެކު އައިސް ސޯފާއެއްގައި އިށީނދެލިއެވެ.

“ކާކު؟” ލަމާން ސުވާލު ކޮށްލީ ނީނދެވިގެންނެވެ. “ފިރިހެން ކުއްޖެއް.. މޫނުމަތިންވެސް ވަރަށް ހިތްހެޔޮ ވައްތަރު ޖަހާ.. ހައްވައްތަ އަވަހަށް ގެއަށް އަންނަންވެގެން ބާރުބާރަށް ހިނގާލައިފަ އަންނަނިކޮށް މީހެއް ގައިގަ ޖެހުނީ.. ދެން މި ކޮތަޅުތައް ބިންމައްޗަށް ވެރުނީ.. އެކުއްޖާ އެހީވި އެ އެއްޗެހި ނަގަންވެސް.. ދެން ޝުކުރު އަދާކޮށްފަ ދައްތަ އަންނަނިކޮށް އަނެއްކާ މީހަކު ގޮވި އަޑު އިވިއްޖެ.. ފަހަތް ބަލައިލި އިރު ހަމަ އެ ޒުވާނާ.. ހިނިތުންވެފަ އައިސް ދައްތަ އަށް ދިއްކޮށްލީ ފައްސަތޭކަ ރުފިޔާގެ ނޫޓުތަކެއް.. އޭނާ އެބުނި އެތި ދޭހަވެގެން ދައްތަ ވޮލެޓު ބަލައިލި އިރު އެއީ ހަމަ ދައްތަގެ ފައިސާ.. މިޒަމާނަށް ބަލައިފި ނަމަ ވަރަށް ނުފެންނާނެ މަންޒަރެއް އެއީ.. ވަރަށް މާތް ކުއްޖެއް ވައްތަރު ޖަހަނީ.. ވަރަށް ރައްޓެހިކޮށް ވާހަކަ ދެއްކީވެސް.. އޭނާގެ ނަންބަރުވެސް ދައްތަ ހޯދިން.. އެއްދުވަހަކުން މިގެއަށް ސަޔަކަށް އޭނާއަށް ކިޔަން ވާނެ.. ވަރަށް ރަނގަޅު ކުއްޖެއް އެއީ.. އޭނާ އަށް ކިޔަނީ ނާ..” ތައުރީފްގެ ބަސްތައް ފަށުވި ކަމާއެކު ހައްވަ އަމުނަމުން ދިޔައީ ނާއިޝް އަށެވެ.

ނަމަވެސް އޭނާގެ ނަން ބުނަން އުޅެނިކޮށް މެދު ކެނޑުނީ ގޭގެ ދޮރު ހުޅުވާލި އަޑަށެވެ. ސޯފާގައި ވާހަކައަށް ގެއްލިފައި ތިބި ތިން މީހުންވެސް އެއްފަހަރާ ދޮރާއިދިމާލަށް ބަލައިލިއިރު ލިމްޔާ ގޭތެރެއަށް ވަދެގެން އަންނަނީއެވެ. ކަޅު އަބާޔަ އާއެކު ކަޅުކުލައިގެ ބޮޑު ބުރުގަލުގެ ތެރެއިން އެ ދޮން މޫނު ފެންނައިރު ނުހަނު ފުރިހަމައެވެ. ހިނިތުންވެލައިގެން އޭނާ އެންމެން ތިބި ދިމާލަށް އައެވެ.

“ހައްވައްތާ..” މަޑުމަޑުން އައިސް އައިސް ހުރި ލިމްޔާ ހައްވަ ފެނުމާއެކު ކުޑަކުއްޖެއް ފަދައިން ކުޑަކޮށް ދުވެލައިފައި އައިސް ހައްވަ ގައިގައި އޮޅުލައި ގަތެވެ. އެއީ އަބަދުގެވެސް އޭނާގެ އާދައެވެ. ލަމާން އެހެންވެ އޭނާއާއި ދިމާލަށް މަލާމާތް ނުކުރާ ދުވަހެއް މަދުވާނެއެވެ. “އެއްކަލަ ބޭބީ ދޯ މިއައީ.. މީނާއަށް ތަންކޮޅެއް ތަފާތު އެއްޗެއް ކާންދޭން އަހަންނަށް ފެންނަނީ.. ނޫންތަ ހައްވައްތާ؟” ލާމަން އެހެން ބުނުމުން ލިމްޔާ ރުޅި އައިސްގެން ސޯފާގައި އޮތް ކުށަން ނަގައި ލަމާން އާއި ދިމާލަށް ހޫރާލިއެވެ. ހައްވަވެސް ހިނިގަނޑަކުން ފުއްދާލިއެވެ. ހައްވަ ދައްކަމުން ދިޔަ ވާހަކަ މަތިންވެސް އެންމެން ހަނދާން ނެތިގެން ދިޔައީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ.

***

“ދަރިފުޅާ.. ހިނގާ ކާން.. އެހާ ގިނައިރު ނުކައި ތިބޭކަށް ނުވާނެ.. ކައިގެން ދެން އަރާމުކޮށްލަން ދާނީ.. ވަރަށް ވަރުބަލިވެސް ވެފައެއްނު ދަރިފުޅުމެން ތި ތިބީ..” ކައްކާ ނިންމުމަށްފަހު ތާޒާވެލައިގެން އައި ނޫރީންމެން ޒިވާމެން ގާތުގައި ހުއްޓިލަމުން ނޫރީން ބުނެލިއެވެ. އެހެން ކަމުން ދެކޮޅު ހެދުމެއް ނެތި އެންމެން ސޯފާއިން ތެދުވެގެން ދިޔައީ ކާބަޔަށެވެ.

މުޅިއެކު ސޯޅަ މީހުންނަށް އިށީނދެވޭ ގޮތަށް ހަދާފައިވާ ދިގު ކާމޭޒުގެ ދެފަރާތުގައި ސާދަ ގޮނޑި ބަހައްޓާފައި ހުރި އިރު ބާކީ އިން ދެ ގޮނޑި އިނީ މޭޒުގެ ދެކޮޅުގައެވެ. މަޑު އަޅިކުލައެއްގެ މަހުމާ ފާޑުގެ ގޮނޑިތައް އެ ދިގު މޭޒު ކައިރީ ބަހައްޓާލައިފައިވާގޮތުންވެސް ތަނަވަސްކަން ފާހަގަވެގެން ދެއެވެ. އެ ދިގު މޭޒު ފަޅު ފިލުވާމަށްޓަކައި ތަފާތު ބާވަތް ބާވަތުގެ ކާތަކެތި އެއްކޮޅުން އަނެއްކޮޅަށް އަތުރާލައިފައިވެއެވެ. ގޭގައި ބައިވަރު މީހުން އުޅޭކަން ހަމައެކަނި އެ މޭޒުމައްޗަށް ބަލައިލައިފިނަމަވެސް އިނގޭނެއެވެ. މުޅި އެތާނގައިނ ހިފާލައިފައިވަނީ ކާތަކެތީގެ މީރުވަހެވެ. ކާބަޔަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ އެއްފަރާތުގައި ޖަހާފައި ހުރި ބޮޑު ބިއްލޫރި ދޮރެވެ. އެއް ބިތް ފުރޭވަރަށް އިން ބިއްލޫރި ދިރުގެ ސަބަބުން ގޭގެ ބޭރު ބަގީޗާ ވަރަށް ރީއްޗަށް ފެނެއެވެ. އެހެން ކަމުން ކާން ތިބޭއިރުވެސް ހުތަތަކަށް ހަމަޖެހުން ގެނުވާނެކަން ގައިމެވެ.

“ހާދަ މީރުވާނެހެން ހީވެޔޭ..” އެތެރެއަށް ވަދެގެން އައި ޔައީޝް އާއި ޔުއާން ދެލޯ ބޮޑުކޮށްލަމުން ކާއެއްޗިއްސަށް ބަލަން ހުރެ ބުނެލެވުނީ އިއްތިފާގަކުން އެއްފަހަރާއެވެ. އެހެން ކަމުން އެންމެންނަށްވެސް ހިނި އާދެވުނެވެ. ކާ އެއްޗިއްސަށް އިންސާފުކުރަމުން ދިޔައިރު އެނެމެންވެސް އެ ކެއުމަށް ތައުރީފް ކުރަމުން ދިޔައީ އެއީ ޙައްޤު ކަމަކަށް ވުމުންނެވެ. ކާއެއްޗެހި އެހާވެސް މީރެވެ.

“ޒިވް.. އިހަށް މަޑުކޮށްލަބަލަ.. މަންމަ އެއިރު ހަނދާން ނެތުނީއޭ..” ކައި ނިންމުމަށްފަހު އެންމެން ކޮޓަރިއަށް ދާން މިސްރާބު ޖަހައިފައި ވަނިކޮށް ނޫރީން ޒިވާއަށް ގޮވާލިއެވެ. އެހެން ކަމުން އެންމެންވެސް އޭނާއާއި ދިމާލަށް ބަލައިލއެވެ. އެހިނދު ޒިވާ އާއި ގާތަށް ނޫރީން ޖެހިލިއެވެ. އެއަށްފަހު މަޑުމަޑުން ޒިވާގެ އަތުގައި ހިފާލަމުން އެ އަތް އުފުއްލާލިއެވެ. އަދި އޭނާގެ މުށްކަވާލެވިފައިވާ ވާއަތް ހުޅުވާލިއެވެ. ހުޅުވާލި ނޫރީންގެ އަތުތެރޭގައި އޮތީ ވަރަށް ރީތި ރަން ފަށްކޮޅެކެވެ. އޭނާ ވަރަށް ލޯބިން އެ ފަށްކޮޅު ޒިވާގެ އަތުގައި އަޅުވާލަދިނެވެ.

“މިއީ ޒިވް ހޯދި ކާމިޔާބީގެ ސަބަބުން މަންމަ ދޭންވެގެން ތައްޔާރު ކުރި ހަދިޔާއަކީ..” ޒިވާއަށް ހުރެވުނީ ހުއްޓުން އަރައިފައި އެ ފަށްކޮޅަށް ބަލަހައްޓައިގެންނެވެ. އެއިރު އޭނާގެ ދެލޮލުން ކަރުނަތައް ފައިބައިގަތެވެ. އެ ފަށްކޮޅަކީ އޭނާ ވަރަށް ބޭނުންވެގެން އުޅުނު ފަށްކޮޅެކެވެ. ދުރު ދުރުން މަންމަ ގާތު އޭގެ ވާހަކަ ޒިވާ ދައްކަނީ ވެސް އޭތި ރީތިކަމުންނެވެ. އެންމެ ފަހުން އޭނާގެ މަންމަ އެތަށް ދުވަހަކަށްފަހު ދިމާވި ތަނާ އެދިނީ އެ ފަށްކޮޅެވެ. ޒިވާއަށް ކަރުނައިގެ ތެރެއިންވެސް ހިނިތުންވެލެވުނެވެ.

ޝުކުރިއްޔާއޭ ބުނަމުން ޒިވާ ނޫރީންގެ ގައިގައި ބައްދާލިއެވެ. އެއިރު އެތާ ތިބި އެންމެންގެ މޫނުމަތީގައިވެސް ކުޅެލައިފައިވަނީ އުފާވެރި ހިނިތުންވުމެކެވެ. ނޫރީން ގާތު ވަރަށް ލޯބިވެޔޭ ބުނެފަ ޒިވާ އޭނާގެ ކޮލަށް ދޮނެއް ވެސް ދިނެވެ. ކުޑައިރުވެސް ޒިވާ ކަންތައް ކުރާ ގޮތަކީ އެއީއެވެ. އެހެން އެންމެން ސޯފާތަކުގައި އިށީން އިރު މަންމަމެންގެ ވެސް އެދުމަށް ޒިވާ އާއި ޔައީޝް އަދި ޔުއާން އާއި އަލްޔާވެސް ފުޅާ ސިޑިން އަރައިގެން ކޮޓަރިތަކަށް ދިޔައީ ވެފައިވާ ވަރުބަލިކަން ފިލުވާލައި އަރާމުކޮށްލުމަށެވެ.

“ޔައީޝް އަށް އިނގޭތަ؟ މި ފަށްކޮޅު މީ ޒިވް އިލެވެން ގަ އުޅުނު އިރު އެއްދުވަހު ފިހާރައަކުން ފެނުނު ފަށްކޮޅެއް.. ވަރަށް ރީތި މި ޑިޒައިން ޒިވް އަށް.. ވަރަށް ސިމްޕަލް.. އެހެންވެ މަންމަ މިއޮތީ އެގޮތަށް ރަން ފަށްކޮޅެއް ހަދާދީފަ.. އަޅޭ މަންމަ ހާދަ ރަނގަޅޭ..” ކޮޓަރިއަށް ވަނުމަށްފަހު ދޮރު ލައްޕާލައިފައި އެނދުގައި އިށީނދެލައިގެން އިން ޒިވާ ކައިރިއަށް އަންނަމުން ދިޔަ ޔައީޝް ގާތު ޒިވާ ބުނެލިއެވެ. އެހިނދު ޔައީޝް ޒިވާ އާއި ޖެހިގެން އިށީންނަމުން ހިނިތުންވެލިއެވެ. “ވަރަށް ގުޅޭ ޒިވް އާއި ތީތި..” ޒިވާގެ އަތުގައި ހިފާލަމުން ޔައިޝް ބުނެލިއެވެ. “ހޫމް ދެން ބުނެބަލަ.. މިހާރު ހެޕީތަ؟” ޔައީޝް ޒިވާގެ މޫނުމަތީގައިވާ ހިނިތުންވުން ފެނި އުފާވެފައި އިނދެ ސުވާލު ކޮށްލިއެވެ.

“ވަރަށް ވަރަށް ވަރަށް ބޮޑަށް..” ޔައީޝްގެ ކޮނޑުގައި ބޯ އަޅާލަމުން ޒިވާ ބުނެލި އިރު އެ މޫނުމަތީގައިވަނީ ނުފިލާ ހިނިތުންވުމެކެވެ. ޔައީޝް އޭނާގެ އަތުން ޒިވާގެ ކޮނޑުގައި އަތް ވަށާލިއެވެ. ދެމީހުން އެގޮތުގައި ވާހަކަ ދައްކާލަން އިރުކޮޅަކު ތިއްބެވެ. “ދެން އޮށޯވެލަން ވީނު ޒިވް.. ނޫނީ ޑެޑީގެ ދަރިފުޅު ބުނެފާނެ ޑެޑީ މަންމި އަށް ރެސްޓްވެސް ނުދެއޭ..” ޒިވާގެ ބަނޑުގައި އަތް ޖައްސާލަމުން ޔައީޝް ބުނެލިއެވެ. އެހިނދު ޒިވާ ހިނިގަނޑެއް ޖަހާލަމުން ޔައީޝްގެ އަތުގައި ބޮނޑިއެއް އަޅާލިއެވެ.

އަޅައިގެން ހުރި ކުޑަ ބުރުގާ ބޭލުމަށްފަހު ހެދުން އަޅުވާ ހަރުގައި އެ ބުރުގާ އަޅުވާލިއެވެ. އެއަށްފަހު އައިސް ލައިގެން ހުރި ކަޅުކުލައިގެ ބަޓަފްލައި ހެދުމާއި އެއްކޮށް ޒިވާ އޮށޯވެލީ އެގޮތަށް މާ ފަސޭހައޭ ބުނެއެވެ. އަތްދިގުވެފައި އެއްކޮށް ދިގު ހެދުމަކަށްވުމުން ފިނިވެސް ކުޑަކޮށް މަޑުވެދާނެޔޭ ކިޔައިފައެވެ. ޒިވާ އަށް ފަސޭހަ ގޮތަކީ އެއީ ކަމަށްވާތީ ޔައީޝްވެސް އިތުރު އެއްޗެކޭ ބުނާކަށް ނޫޅުނެވެ. ފުޅާ ބިއްލޫރި ދޮރުފަތް ފޮރުވާލައިފައިވާ ދިގު ދޮރުފޮތިތައް ޔައީޝް ކަހާލީ ބޭރު ފެންނާނެހެންނެވެ. ދޮރުފަތް ކަހާނުލިޔަސް ދޮރުފޮތިތައް ކަހާލުމުން ފެންނަން އެ ހުރި ގުދުރަތީ ރީތި މަންޒަރުގެ ސަބަބުންވެސް ހިތަށް ހަމަޖެހުން ލިބޭތީއެވެ. އެއިރުވެސް ކޮންމެވެސް ވަރަކަށް ސްނޯ ވެހެމުން ދިޔައެވެ. އެއީ ބުނެލާ ބަހަކުން ކިޔައިދެވޭނެ ވަރަށްވުރެ މާ ބޮޑަށްވެސް ފުރިހަމަ މަންޒަރެކެވެ.

އެނދުގެ އެއްފަރާތުގައި ޒިވާ އޮށޯވެލުމަށްފަހު ބަނޑު މަތީގައި އަތް ބާއްވާލިއެވެ. އެހެން އޮށްވާ އޭނާއަށް ނިދެން ނެގީ މަދު ސިކުންތުކޮޅެކެވެ. ބޭރަށް ނަޒަރު ހުއްޓާލައިގެން ހުރުމަށްފަހު ޔައީޝްވެސް ވަރުބަލި ވެފައި ހުރުމުން އަރާމުކޮށްލުމަށްޓަކައި އޮށޯންނަންވެގެން އެނދާއި ދިމާލަށް ދާން އެނބުރިލި ވަގުތު ފެނުނީ އަރާމުކޮށް ނިދާލައިފައި އޮތް ޒިވާއެވެ. ނަމަވެސް ގައިމަތީގައި ބެޑުޝީޓު ނާޅާ އޮތުމުން ޒިވާއަށް އިރުކޮޅެއް ވާއިރަށް ފިނިވާނެކަން އިނގޭތީވެ ޔައީޝް މަޑުމަޑުން ހިނގާލައިފައި ގޮސް ޒިވާ އޮތް ފަރާތުގައި މަޑުކޮށްލިއެވެ. އެއަށްފަހު ނޭވީ ބްލޫ ކުލައިގެ އެ ބޯ ބެޑުޝީޓު ޒިވާގެ ގައިމަތީގައި އަޅާލަދިނެވެ. ޒިވާގެ މޫނުމަތިން ފެންނަން ހުރި މައުސޫމް ކަމުގެ ސަބަބުން ޔައީޝްގެ ހިތް ލޯބިން ފުރުނެވެ. އޭނާގެ ނިތަށް ބޮސްދިނުމަށްފަހު އަނެއްފަރާތުން ހިނގާލައިފައި ގޮސް އޭނާވެސް އެނދަށް އަރާ އޮށޯވެލިއެވެ.

ފުން ނިދީގެ ތެރޭގައި އަރާމުކޮށް ނިދާލައިފައި އޮތް ޒިވާއަށް ހޭލެވުނީ ފޯނު އެލާމް ވީ އަޑަށެވެ. އެއިރު ޔައީޝްގެ ބޮލާއި ދިމާލުގައި އޮތް އޭނާގެ ފޯނުން އެލާމް ވަނީއެވެ. ނަމަވެސް ޔައީޝްއަކަށް އެ އަޑު އިވޭހެނެއްވެސް ހިއެއް ނުވެއެވެ. ޒިވާ ގާތަށް ހިނި އައީ ޔައީޝްގެ ނިދި ގަދަކަން ހިތަށް އަރައިފައެވެ. ފޯނު ނެގުމަށްފަހު އެލާމް އޮފް ކޮށްލިއެވެ. ނަމާދު ވަގުތު ޖެހުނީކަން އެނގި ޒިވާ ޔައީޝްއަށް ގޮވާލަން ތައްޔާރު ވެލިއެވެ.

“ޔައިޝް.. ޔައި.. ތެދުވެބަލަ.. ނަމާދަށް ބަންގި ގޮވައިފި..” ޒިވާ ޔައީޝްއަށް ވަރަށް ލޯބިން ގޮވާލިއެވެ. ނަމަވެސް އެވަގުތު އަދި އަނެއް ފަރާތަށް އެނބުރިލުމަށްފަހު އިހުނަށްވުރެ އަރާމުކޮށް ނިދަން ޔައީޝް މަސައްކަތް ކުރިއެވެ. ޔައީޝް ކަންތައް ކުރިގޮތުން ޒިވާ ގާތަށް ހިނިވެސް އައެވެ. ނަމަވެސް ޒިވާ ޔައީޝް އެހެން އޮތަކަ ނުދޭނެއެވެ. “މުޙައްމަދު ޔައީޝް ޔާސީން.. އަވަސް.. ތެދުވޭ.. އެހެންނޫނީ ފެންފުޅި ގެންނަނީ މީ..” އެހެން ބުނުމަށްފަހު ޒިވާ އެނދުން ތެދުވެލިއެވެ. ނަމަވެސް ޔައީޝްއަށް ކަހައިރު ވަކު ދަނބެކޭވެސް ހީނުވެއެވެ. ފާޚާނާއަށް ވަނުމަށްފަހު އަތްދޮވެލައިގެން އައިސް ޒިވާ ޔައީޝްގެ މޫނުގައި އަތް ޖައްސާލިއެވެ.

ފިނިފިނި އަތަކުން މޫނުގައި ފިރުމާލުމުން ޔައީޝްގެ މޫނަށް ފިނިވިއެވެ. މަޑުމަޑުން އެސްފިޔަތަށް ތަޅުވާލުމަށްފަހު ދެލޯ ހުޅުވާލިއިރު އޭނާއާއި ދިމާލަށް ގުދުވެގެން ޒިވާ އޮތެވެ. އެވަގުތު ޔައީޝް ޒިވާގެ އަތުގައި ހިފާލިއެވެ. “ކޮން އިރެއް މިހާރު ގޮވާތާ.. ހަމަ ރަނގަޅަށްވެސް އިބިލީސް ހުރީ ޔައިގެ ދެކަންފަތުގަ އަތް އަޅާފަ.. ކަންފަތް ބުޑުގަ އިވެގެން ފޯނު އެވަރަށް ހަޅޭތް ލެވި އިރުވެސް މީނާއަށް އިވޭކަމަށްވެސް ނެހެދި.. އެންމެފަހުން ޒިވް ގޮވީމަވެސް އަޑެއް ނީވުނު.. ފެން ހޭކީމަ ކިރިޔާވެސް ވަރެއް ތިވީ..” ޒިވާ ދެއަތް އުރާލަމުން ބުނެލިއެވެ. އެއިރު މޯޅިއަކަށް ދެމިލުމަށްފަހު ޔައީޝް އެނދުން ތެދުވަނީއެވެ. ޒިވާ ފާޚާނާއަށް ދާން ހިނގައިގަތް ތަނުން ޔައީޝް އައިސް ޒިވާގެ ފަހަތުން ކޮނޑާއި އެއްކޮށް ކަރުގައި ބައްދާލިއެވެ. އެއަށްފަހު އެ ގޮނޑުގައި ބޯ އަޅާލިއެވެ.

“ސާބަހޭ.. އަދިވެސް ނިދި ހަމަނުވަނީތަ؟ ނަމާދަށް ދާން ޖެހޭނެއްނު.. އަވަސް ކުރަންވީ.. ޒިވް ފެންވަރާލައިގެން އަންނާނަން..” ޒިވާ ހިނިތުންވެފައި ހުރެ ބުނެލިއެވެ. ޔައީޝް މަރާލައިގެން އޮތް ދެލޯ ހުޅުވާލުމަށްފަހު ޒިވާ އާއި ދުރަށް ޖެހިލިއެވެ. އެއަށްފަހު ގާތުގައި އޮތް ސޯފާއަށް ވެއްޓިގަތީ އަދިވެސް އެ ދެލޮލުގައި ނިދީގެ އަސަރު ވުމުންނެވެ.

“ކުވޭ.. ހިނގާބަލަ ނަވޫމެން ގޮވައިގެން ދުއްވާލަން..” ޒިވާ އާއި އެއްކޮށް ބިއްލޫރިގަނޑުން ބޭރުން ގޭގެ ގޯތި ތެރެއަށް ބަލަހައްޓައިގެން ހުރި ޔައީޝްއަށް ގޮވާލަމުން ނަވާރް ބުނެލިއެވެ. އޭނާ ބޭރަށް ދާހިތްވެފަ ހުރި ވަރު އެ މޫނުމަތިން ވަރަށް ރަނގަޅަށް ދޭހަވެއެވެ. ޒިވާވެސް ޔައީޝްއަށް ބަލައިލުމަށްފަހު އެކަމަށް އެދުނެވެ. އެހެން ކަމުން ޔައީޝްވެސް ދެކޮޅު ހެދުމެއް ނެތި އެއްބަސް ވީއެވެ. ނަވަރް އުފަލުން ހުރެ މައްޗަށް އަރައިގެން ދިޔައީ ރެޑީ ވާށޭ ކިޔައިފައެވެ. އެއިރު ޒިވާ އާއި ޔައީޝްވެސް ތިބީ ފެންވަރައިގެން ރީތި ހެދުމުގައި ކަމުން އެމީހުން ތިބި ގޮތަށް ތިބީއެވެ. ޒިވާ  އޭނާގެ މޫނު ފޮތިކޮޅު ރަނގަޅު ކޮށްލިއެވެ.

“ދަރިފުޅުމެން ތާކަށް ދާންތަ؟” ގަމީހުގެ އަތް ރީތިކޮށްލަމުން ޔައީޝް ޒިވާ ގޮވައިގެން ސިޓިންގް ރޫމަށް ނިކުތް ތަނުން ސޯފާގައި އިން ހައިފާ ސުވާލު ކޮށްލިއެވެ. މުޅި އެތާވެސް ދެން އިތުރު މީހަކު ނެތެވެ. “ޒިވް އާއި ނަވޫ ގޮވައިގެން ދުއްވާލަން ދާންވީޔޯ.. އެހެންވެގެން މިއުޅެނީ.. އޯކޭދޯ މަންމާ..” ޔައީޝް އޭނާގެ މަންމަ ގާތު ސުވާލު ކޮށްލީ ހުއްދައަކަށް އެދޭ ފަދައަކުންނެވެ. އެހެން ކަމުން ހައިފާ ބޯ ޖަހާލިއެވެ. “އެބަ އަންނަން އިނގޭ..” ޒިވާ ޔައީޝް ގާތު ބުނެލުމަށްފަހު މައްޗަށް އަރައިގެން ދިޔައެވެ.

“ކޮއްކޮވެސް ދާނަން.. މަންމީ.. ދެން ކޮއްކޮވެސް ދާނަން..” ޒިވާ ކުރިމަތީގައި ހުރި ދޮރު ހުޅުވާލިތަނުން އިވުނީ ކުޑަކުޑަ އަޑަކުން ބޮޑާހާކާ އަޑެވެ. އެއީ ނަވާފް އެވެ. ނަވާރް ޒިވާމެންނާއި އެކީ ދާވާހަކަ ބުނުމުން އޭނާވެސް އެމީހުންނާއެކު ދާން ވަރުދައްކާލީއެވެ. “ދަރިފުޅޫ.. ބާލާބަ.. އެހެން ދުވަހަކުން ދޯ ދާނީ ނަވައްކޮ.. ބައްޕި އައީމަ ދާނީ.. މިއަދު ދޮންތި ދާނީ.. ފަހަރަކު ކުއްޖަކު ދޯ ދާނީ؟” ޔަންހާ ނަވާފް އާއި އެއްހަމައަކަށް ތިރިވެލުމަށްފަހު އޯގާތެރިކަމާއެކު އެ ކުޑަ ސިކުނޑިއަށް ވިސްނޭނެ ފަދައިން ބުނެލިއެވެ.

“ދޮންތާ.. އަޅާ ނުލާބަލަ.. ނަވައްކޮވެސް ގޮވައިގެން ދާނީ.. އުނދަގުލެއް ނުވާނެއްނު..” ޒިވާ އައިސް ނަވާފްގެ އިސްތަށިގަނޑުގައި އަތް ކާއްތާލަމުން ބުނެލިއެވެ. އެވަގުތު ނަވާފް ތިއްތޫއޭ ކިޔައި ޒިވާގެ ދެފައިގައި އޮޅުލައިގަތެވެ. “ތިއްތުގެ ބޭބީ ގޮވައިގެންނޭ ދާނީ.. އޯކޭ އެއްނު ދޯ؟” ކުޑަކޮށް ގުދުވެލުމަށްފަހު ވަރަށް ލޯބިން ޒިވާ ބުނެލިއެވެ. އެވަގުތު ނަވާފް އުފަލުން ފޮޅުނެވެ. ޔަނާހާ އެވަގުތު ދިޔައީ ނަވާރް ރީތި ކުރާށެވެ. ޒިވާ ނަވާފް ގޮވައިގެން އައިސް ސޯފާގައި އިށީނދެލީ ނަވާރް ނިމެންދެނެވެ.

އިރުކޮޅަކުން ނަވާރް އައިސް ޒިވާމެން  ގާތު ހުއްޓެލި އިރު އެ މޫނުމަތީގައި ވަނީ ފުޅާ ހިނިތުންވުމެކެވެ. ކަކުލާ ހަމަޔަށް އަރާ މެރޫންކުލައިގެ ލޭސްފޮތި ބޭނުންކޮށްފައިވާ ހެދުމުގައި ނަވާރް ވަރަށްވެސް ފުރިހަމައެވެ. އެ ހެދުމުގައި ވައްތިރިއެއް ލައިފައި ވާއިރު ތިރިން އޭނާ އެ ހެދުމާއި ގުޅުވާލައިފައި ކަޅުކުލައިގެ ސްކިނީއެއް ލައިފައިވާއިރު އަޅާއިގެން ހުރީވެސް ކަޅުކުލައިގެ ޝޯލް އެކެވެ. ކަޅުކުލައިގެ ޝޯލްގެ ތެރެއިން އެ ކުޑަކުޑަ ވަށް ދޮން މޫނު ފެންނަނީ ކަޅު ރެއެއްގެ ތެރެއިން ހަނދު ފާޅުވާ ފަދައިންނެވެ.

“މާ ޝާ ﷲ… ހާދަ ލޯބި ކުއްޖެކޭ..” ޒިވާ ނަވާރްގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ. އެހިނދު ޔަންހާވެސް ނަވާފް ގޮވައިގެން އައިސް އެތާ ހުއްޓިލަނީއެވެ. އެހެން ކަމުން ޔައީޝް ނަވާފް އުރާލިއެވެ. އޭނާ ހިނގައިގަތުމުން ޒިވާވެސް ނަވާރްގެ އަތުގައި ހިފާލައިގެން ޔައީޝްގެ ފަހަތުން ގެއިން ނިކުންނަން ދިޔައެވެ.

ކާރުގައި ދިޔައިރު އެންމެ ފަހަރަކުވެސް ނަވާފް އާއި ނަވާރް އަނގަ ހުއްޓާނުލުމުން ކާރުތެރޭގައި ފަޅުފިލާފައިވެއެވެ. އެމީހުން ބުނެލާ އެއްޗެހިން ޒިވާ އާއި ޔައީޝް އިރުކޮޅަކާއި ހޭން ފަށައެވެ. “ކުވޭ.. ކޮއްކޮ އައިސްކްރީމް ކާހިތްވަނީ..” ނަވާފް ސްނޯތަކަށް ބަލަން އިނދެ ބުނެލިއެވެ. “ކޮއްކޯ… މިހާ ފިނި އިރު ނުވާނެ ފިނި އެއްޗެހި ބޯކަށް.. އެހެން ދުވަހަކުން ދޯ އައިސްކްރީމް ބޯނީ.. މިއަދު ދާނީ ދުއްވާލަން… ގޮސް އެޔޮށް އެޔޮށް ކޮޅުގަ ހުރި މޯލްއިން ކޮއްކޮއަށް ގިފްޓެއް ގަންނާނީ..” ޔައީޝް ޒިވާއަށް ބަލައިލުމަށްފަހު އަނެއްކާ ނަވާފްއަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. ފުރަތަމަ އެކަމާއި ދެބަސްވި ނަމަވެސް ޒިވާމެން އެކި ގޮތްގޮތުން ވިސްނައިދިނުމުން އޭނާ އެކަން ޤަބޫލު ކުރިއެވެ. އުފާވެރި ވަގުތުތައް ގުނަމުން ދިޔައިރު އެންމެންގެ ހިތްތަކަށްވެސް ވަނީ ހަމަޖެހުން ގެނުވާފައެވެ.

ޝޮޕިންގް މޯލް އެއް ކައިރިއަށް ކާރު ހުއްޓާލުމަށްފަހު ޔައިޝް ކާރު ޕާކު ކޮށްލިއެވެ. އަދި ނަވާފް ކާރުން ބާލުވައިފައި އޭނާ ނަވާފް އުރާލިއެވެ. އެވަގުތު ޒިވާވެސް ނަވާރްގެ އަތުގައި ހިފާލައިގެން އައިސް ޔައީޝް ގާތު ހުއްޓިލިއެވެ. ނަވާފް ހުރީ ހަދިޔާ ލިބެން އުޅޭތީ ވަރަށް އުފާވެފައެވެ. އެތާ އެތެރެއަށް ދާންވެގެން ފިޔަވަޅު އަޅަ އަޅާ ހުއްޓާ ޒިޥާގެ ފޯނަށް ކޯލެއް އައެވެ. އޭނާ ފޯނަށް ބަލައިލުމަށްފަހު ދެބުމަ ގާތްކޮށްލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

ފައިވާނެއްގެ ދުލުން

Next

އެހެނަސް…(10)

Next
July 10, 2018

އެހެނަސް…(10)

Previews
July 9, 2018

ފައިވާނެއްގެ ދުލުން

63 Comments!

  1. kitty says:
    July 10, 2018 at 12:53 am

    m first dhw.. story is fab.. looking forward for the nxt part:)

    1. aish noor says:
      July 10, 2018 at 1:53 pm

      yess dear.. 🙂 congrats kitty.. 🙂 vrh ufaavhje dear ah mi part kamudhiyaeema.. 🙂 jazakillah khairan dear.. 🙂

  2. Panda?❤ says:
    July 10, 2018 at 6:55 am

    Alheyyy. Vvvvv reethi mi part wes Masha Allah. When next part noor dear? Eagarly waiting ingey❤❤❤❤?

    1. aish noor says:
      July 10, 2018 at 1:54 pm

      jazakillah khairan dear.. 🙂 veehaa ves avahakah up kolladheveytho mi try kurany.. 🙂

  3. saaraa says:
    July 10, 2018 at 7:55 am

    Vaahaka reethi. Ekamu mihaaru mi vaahaka maa lahun up vany…. Las vaa sababu ves bunela nudhey. Please Ehn nuhadhabala.. Update las vanyaa las vany keevve kan readers ah anngaalaa nama…. Ummeedhukuran next parts avahah up kolladheyne kamah….

    1. aish noor says:
      July 10, 2018 at 1:57 pm

      jazakillah khairan dear.. 🙂 vrh vrh vrh bodah sorry egothah kanthah kurevunyma.. 🙁 in sha allah, kuriyah oiyy thaa egothah kanthah kureveytho balaanan.. 🙂

  4. snow says:
    July 10, 2018 at 8:20 am

    adhi naisham ah ziva nufene ehnu. den vaahaka reethi.. ekam dhen faharakun lasvanyaa vaahaka up vaane ire angaa lache.. eyrun konme dhuvahakun vahaka up v tho bala ka nujehene.. las nuvanyaa rangalhy.. hehe.. ekam i believe u try ur best 🙂 den kudako vaahaka excite kollabala mibuny avaha konmes bodu kantha gande vaa gotha hedhu..thnxfor such a lovely story 🙂

    1. aish noor says:
      July 10, 2018 at 1:56 pm

      yess dear.. 🙂 jazakillah khairan dear.. 🙂 in sha allah.. 🙂 vrh bodah sorry egothah kanthah v ma.. yess dear.. 🙂 vrh ufaavehje dear ah understand v ma.. 🙂 hehe.. balamaa dhw dhn vaagotheh.. hama hurelaifa ves konmes kameh hingafaanehnu dhw.. kuriyah huri part thah kiyaalyma ingeyne dhn vaagoiyy.. hehe.. 🙂 marhabaa dear.. 🙂

  5. Reen says:
    July 10, 2018 at 9:57 am

    Masha allah mi part ves v v v salhi…unmeedhu kuran next part avahah up kohdheyne kamah…curiously waiting for the next part….

    1. aish noor says:
      July 10, 2018 at 2:00 pm

      jazakillah khairan dear.. 🙂 in sha allah, noor try kuraanan vrh avahah up kolladheveytho.. 🙂

  6. Mixuhan says:
    July 10, 2018 at 10:31 am

    Haadha lahey upvaaleh …thankolheii kury …avahah upkh dhehchey ..story is awesome…

    1. aish noor says:
      July 10, 2018 at 2:01 pm

      vrh bodah sorry hurihaa kamahakah ces.. 🙁 in sha allah noor try kuraanan ingey.. 🙂 jazakallah khair dear.. 🙂

    2. aish noor says:
      July 10, 2018 at 2:01 pm

      ves*

  7. Nunnu says:
    July 10, 2018 at 1:20 pm

    Masha Allah Hama vv reethi
    Keehve yo Mihaaru up kuraaleh lasvanee noor
    Comment ves nukuramennu
    Adhives laptop rangalhu nuvaneetha

    1. aish noor says:
      July 10, 2018 at 2:03 pm

      jazakillah khairan dear.. 🙂 midhuvaskolhu noor kudakn bxy v.. mi nimidhiya week plus mi week… yess dear… comment thakah reply ves nukurevunu.. aee noor ves kanthah kuran beynun v gotheh noon.. ekam ithuru gotheh nethyma.. 🙁 ehnve innaane mihaaru hurihaa comment akah ehkoh noor comment eh kollaafa.. evves kuhjeh ge suvaalakah noor ah ans nukurevifa in nama mi part ge comment section ga e suvaalu kolla dhinun edhen.. 🙂 al’hamdhulillaah, mihaaru k vehje.. 🙂 hehe..

  8. Noor✓ says:
    July 10, 2018 at 4:20 pm

    Masha Allah.. Varah furihama. Keep it up dear.

    1. aish noor says:
      July 22, 2018 at 1:06 pm

      jazakillah khairan dear.. 🙂 vrh ufaavehje Noor ge comment eh fenunyma.. actually, i’m one of the biggest fans of you.. hehe.. 🙂

  9. Mal says:
    July 10, 2018 at 5:06 pm

    Vv reethi. Awesome LYSM

    1. aish noor says:
      July 22, 2018 at 1:07 pm

      jazakillah khairan dear.. 🙂 <3<3<3<3<3

  10. Kokee says:
    July 10, 2018 at 5:09 pm

    maasha allah….vrh furihama mi part vx…. Keep it up dear…ly

    1. aish noor says:
      July 10, 2018 at 10:51 pm

      Jazakillah khairan dear.. 🙂 vrh ufaavehje dear ah mi part ves kamudhiyaeema.. 🙂 aww.. 🙂 <3<3<3<3<3

  11. sumone says:
    July 10, 2018 at 8:46 pm

    Vaahaka fashaa dhuvas kolhu vrh avas avahah up vey. Kiuntherin ginave comment thr ginave tharuheeb bodu vaan feshyma liuntherin foni vany.mi site ge rythi gina vaahaka thakah mi hen vany.

    1. aish noor says:
      July 10, 2018 at 11:07 pm

      dear ah thihurihaa kameh noor ah ingunu min varakun olhun filuveytho try kuraanan, in sha allah.. 🙂 vaahaka feshey kolhu ehaa avas avahah up vaa sababaky, eiru vaahakaige fudheyvaregge bodu bai liyevifa othun.. ehn v ma v haaves avahakah up kohdheveytho writer ves try kuraane.. ehnnu? 🙂 noor ves beynun vegeneh noon eh gothakah ves lahun story up kurany ky.. ekam haalath egothah than nudheny.. 🙂 noor ge hithuga neiyy evves varakah mi story ah gina comments liben feshunyma fakhuruverikamaa bodaa kameh.. 🙂 fakhuruverive bodaa vaa meehun dheke allah loabive vodigen nuvey.. e sifa aky allah loabive vodigen vaa sifa eh noon ves me.. 🙂 noor ufaavi dear mn mi masahakiyy qabool kuryma.. allah ah ekamahttakaa shukuru verivumun noor ah fudhey.. 🙂 al’hamdhulillaah! noor ge supporters noor ah dhin hiyyvarah abadhuves shukuru verivan.. 🙂 hageegathuga writers ah ves eki goiyy gothah kan kan dhimaa vaane.. baeh kudhin seedhaa mikamah hus vegen thibi kamugai viyas aneh bai writers aky vazeefaaga, noony school ga ulhemun stories up kuraa kudhin.. 🙂 school ga ehaa bura koh ulhefa ais eh bai kudhin story up kohdhey iru office ga burakoh ulhefa e hunna varubali kan matheega story up kohdhey writers ves mi site ga ulheyne kanneynge.. 🙂 ekam e in evves kuhjeh beynumeh nuvaane kanneynge readers hiyy hama nujehey gothah kanthah kuraakah.. ekam egothah vaan nethumun ekudhin keeh kuraany? try kuraane ehnu dhw? evves shakuvaa eh nethi hama dear mennah takaa ekudhin ehaa burakoh ulhemun ves story e up kolladheny.. noor mibunany dear mn mi masakkaiyy qabool nukurany ky eh noon ingey.. evves haalegga ehenneh noon noor mibuny.. hama gina writers kanthah kuraa goiyy v ma mi bunely… 🙂 noor noor ge readers ah vrh bodah respect kuran.. vrh ufaavey dear mn ge khiyaal noor aa hissaa kuraathyves.. 🙂 dhn, hurihaa liyuntherinneh ehgotheh nuvaanehnu dhw dear? hurihaa emmennaky ves thafaathu meehun.. 🙂 ehn v ma emyhun kanthah kuraa goiyy ves thafaathu vaane, ehennu? 🙂 aharemen ge maaiyy vegenvaa islam dheenuga ves ehaa rangalhu kameh noon aee hageegaiyy neyngi hure ehn meehunnah judge kurumaky.. dhw dear? 🙂 hama dear ah ves adhi ehn kudhinnah ves rangalhakah noor mi handhaan kolladhiny.. noor vrh ufaavehje dear ge thi khiyaal noor aa hissaa kollyma.. noor ah furusathu libihje anehkkaaves noor ah ingunu ehcheh ehn kudhinnah hissaa kollan.. 🙂 jazakillah khairan dear.. 🙂

    2. aish noor says:
      July 10, 2018 at 11:09 pm

      thikudhinnaa mi vaahaka thah hissaa kollan furusathu libunu kamahttakaa allah ah hamdhu kuran.. al’hamdhulillaah! 🙂 jazakumullah khairan and LY all.. 🙂 <3<3<3<3<3

  12. unique says:
    July 10, 2018 at 10:04 pm

    vv reethi………. Maasha Allah

    1. aish noor says:
      July 10, 2018 at 11:08 pm

      jazakillah khairan dear.. 🙂

  13. maya says:
    July 10, 2018 at 10:30 pm

    masha allah..vvvvvv reethi as always adhi kiriya mi comment kohlan time eh libuny bt kurin kiyaifin.dhan raifa bust kohlabaa avahah…….vvv curiuos ingey…with lots of love noor dear,,,,

    1. aish noor says:
      July 10, 2018 at 11:11 pm

      jazakillah khairan dear.. 🙂 hehe.. alhey it’s ok dear.. 🙂 noor ah ves midhiya episode ga time nethigen vaki vaki reply nukurevunu.. ehn ve innaany hurihaa comment akah ehkoh 1 reply liyelaafa.. hehe.. 🙂 hehe.. balamaa dhw dhn raifa bust veytho nuvatha noontho, dhn raifa bust vany kon irakuthoa.. hehe.. 🙂 alhey.. 🙂 <3<3<3<3<3

  14. aish noor says:
    July 10, 2018 at 11:19 pm

    assalaamu a’laikum my dear readers.. 🙂 dhigu dhigu inthizaarakah fahu miadhu miothy mi vaahakaige 37 vana part up vefa.. 🙂 baeh kudhin mihaaru noor dheke vrh hiyy hama nujehifa thibeyne kan ves ingey las v ma.. ekam keeh dho kuraany.. abadhuves balan veehaa ves avahakah up kolladheveytho.. noor ah hama v emme avahakah mi up kolladheny.. 🙂 konme faharaku ekan rangalhu kuraanamey buni namaves noor ah ekameh nudhekkunu dhw? hehe.. ekam ves noor hama try kuran v haaves avahakah dear mennaa hamayah jehigen onnaa part genesdheveytho.. 🙂 noor aky ves insaaneh.. ehn v ma noor ah ves kureveyne kamaky v varakun masahkaiyy kurun.. ekan allah ge iraadhafulhun noor eba kuran.. 🙂 vrh vrh vrh vrh vrh bodah shukuriyyaa noor ah dear mn miadhaa jehendhen ves thi dhin support ah.. noor akah neynge kihineh kameh ves dear mennah shukuru adhaa kuraany.. ingeyhaa ves ehchaky abadhuves hithuge adin dear mn dhin support gabool kuraa kan.. adhi kuriyah oiyy thaa kuraane kan.. in sha allah.. 🙂 kaan dhey athuga dhaigannaakah nuvaanehnu dhw? dear men ge vrh bodu ehytheri kamaaeku noor ah mihaa hisaabah mi aadhevuny.. ekan noor handhaan nahthaalan ves nuvaane.. dhw? 🙂 jazakumullah khairan my dear readers, bodu bodu koh.. 🙂 LY all.. 🙂 <3<3<3<3<3

  15. nisa says:
    July 10, 2018 at 11:49 pm

    Salaam
    comment mikohlanee fenun mistake eh rangalhu kohladheynvege. Uarn akee yaeesh ge beybe tha? If ehenviyya ziv ah uarn kurimathy niqab nunegeyne dw. Ekam kurin part ga in ziv ge face uarn ah fenun kamah. So kuriyah huri part thakuga mikamah balaalahchey.. anyways story is awesome… ,?

    1. Supporter says:
      July 11, 2018 at 3:14 pm

      Plx answer noor

    2. saraahu says:
      July 21, 2018 at 8:48 am

      mahurameh kurimatheega moonu negun eii mahsala eh kamakah nwve. hiley firihenun kurimatee moonu nunegeykamah onanee.. am i right. uaarn akee yaeeshge beybe nama ziv yaeesh aa kaiveni kura vaguthun feshigen uaarn eii zivge vx beybe akahnnu vaanee. ehnma moonu fenun eii mahsala eh noon. ehn noonas ithifaagakun moonu nagaafa hutaa uaarn ah fenuneenu.

  16. Mal says:
    July 11, 2018 at 1:09 am

    Varah varah reethi… Masha Allah… Haadha dhigu inthizaarehge nimumey mii… Maa busy eii tha noor….

  17. nannu says:
    July 11, 2018 at 4:34 pm

    haadha las vanee mihaaru noor story up kuraa leh
    baeh readers foohi ves vaane dhw maa las vaa irun
    i knoww u also will be busy but baeh readers ulheyne kehtherivaan nengey readers dhw
    next part thankolheh avahah up kohdhehchey noor 🙂

  18. kitty says:
    July 11, 2018 at 7:12 pm

    whn is nxt part????.

  19. Barbie says:
    July 11, 2018 at 8:11 pm

    When next part akhey avas kohdhehchey v curious to read the story

  20. Anonymous says:
    July 12, 2018 at 4:06 pm

    I have a good sugestion noor. Story ehkoh liye nimmaafa hurihaa writer’s story up kuran fashan kihineh vaane? Eyrah writer inna ves easy vaane hen heevany & vaahaka avahah up kohffa inhma readers ves hiyhama jeheyne. Ehn nooniya week aku kon dhuvasthakejga story up vaany bunelaafa baindhaa kamah vanna readers ah ves engigen dhaane up vaane dhuvasthah. Hama hiyaaleh mi faalhu kolly

  21. Baby girl ❤ says:
    July 12, 2018 at 6:33 pm

    Noor vrh miss vey noor ge story mathinn v haavess avahah up kohdhechey dear….nd take ur time nd give ur best nd surprise all readers……..??

  22. eekko says:
    July 13, 2018 at 8:49 am

    when next part?????

  23. hany says:
    July 13, 2018 at 7:18 pm

    noor thankolheh avahah up kohbala dho mihaaru hulhukolhu vaahaka kiyaa hithun meenee keh madhuvefa avas kohdhehchey 🙂

  24. Saaii says:
    July 13, 2018 at 10:18 pm

    Wen next part?? Can’t wait too long dear nooor ??

  25. Enaal says:
    July 14, 2018 at 8:26 am

    Kobaa next part haadhalaheyy ????? avahan ap kndhybala plz

  26. Reet says:
    July 14, 2018 at 8:25 pm

    Noor kondhuvahakun tha aneh part kiyaa hithun ahaaly

  27. Anonymous says:
    July 15, 2018 at 8:29 am

    Kn dhuvahakun tha mi vaahakaige aneh part genesdheny. Haaadhr lahey up kuraaleh. Mihn vaathee mivaahaka kiyan foohivany mihaaru. Eh part genedheefr, handhaan netheyhaa dhuvas kohfr aneh part. ?

  28. Khaleesi says:
    July 15, 2018 at 1:55 pm

    When is the story dear ??? Haadha dhuwahekey

  29. Flwr says:
    July 15, 2018 at 3:12 pm

    Mee hafthaa aku ehfaharu up vaa stry eh thr….

  30. Aishath says:
    July 15, 2018 at 10:03 pm

    Next part ge intizaaruga mi vaahaka v reeti. But up vaaleh las vanyaa v avahah foohivaane. Plz next part v enme avahakah genes deyne kamuge unmeed kuran

  31. Nun says:
    July 16, 2018 at 7:00 am

    Mivarun thikameh nuvaane. Vaahaka liyun huttaalan fennany. Mi vaahaka ves dhen mi hisaabun mi ninmaaly kanneyge.. gina writers ah vany ehn viyyaaa.

    1. naa says:
      July 16, 2018 at 6:58 pm

      true

  32. Kobaaa says:
    July 16, 2018 at 9:44 pm

    Vaanuvaaeh comment akun angaalaba… eyrun dho engeyny…

  33. Snow says:
    July 17, 2018 at 1:55 am

    Yep. Kobaaa ge cmmnt ah thaaeedhu

  34. Kitty says:
    July 17, 2018 at 7:22 am

    Noor dear whn is next part????

  35. ram says:
    July 18, 2018 at 6:30 am

    up vaaleh maa lasvaathy v foohi

  36. Baby girl ❤ says:
    July 18, 2018 at 12:35 pm

    Noor when next part plx plx make it fast up ur story….?????

  37. Maya says:
    July 18, 2018 at 6:53 pm

    Noor dear when is the next part????????????????.. I know varah busy vs vedhaanekan. Bt varah ginadhuvas vejji . So at least comment akun viys gotheh bunedhiniyaa …..

  38. Kitty says:
    July 19, 2018 at 11:45 am

    That was rude dear. Dear menmaves ingen vaane dhw Noor ah ves busy dhuvasthah annanekan right? ??? No hard feelings ngey

  39. ehen meehe says:
    July 20, 2018 at 8:04 pm

    Haadha lahey

  40. Sweety says:
    July 21, 2018 at 8:27 am

    Noor kobaa next part ? story upkuràaleh lasvany keehve ? noor thihen thihadhany Gina readers noor kolhah comment kuraathy tha ! noor fonivany dhow mihaar . dhen thihenyaamun vaahaka liyun huhtaala . adhi bunan thy hama Gina writers ge goi . adi eba buneyehnu busy ey hamadhogu hadhaigen kiyunthering samaalukan hoadhan vegen kuraakamehkan yageen.dhen ehenyaa kon kameh..

  41. Khaleesi says:
    July 21, 2018 at 11:48 am

    At least up vaane dhuwaheh bunelabah noor

  42. Kokee says:
    July 21, 2018 at 2:08 pm

    noor dear…i miss u alot…pls story up vaane duvaheh bunedhy ba

  43. kweeny says:
    July 21, 2018 at 3:31 pm

    noor what happens to u haadha gina dhuvas vejey habareh nuvaathaa plx aleast comment eh kohbala i want read next episode

  44. nisa says:
    July 23, 2018 at 11:04 am

    Moonu nagaafa huhtaa kuhliakah fenumun niqab thirikohlun. Its ok. I agreed.. ekam yaeesh ge beybe nuvaane ziv ge mahramakah. E vaanee vaguthy gothun kaiveni haraam meehakah. Ziv ah niqa negeynee yaeesh n yaeesh dad kurimathy. If ithurah shahku vanyaa dheenee ilm verieh gaathu ahaalaba. Me alhugandah ingey goi. N m niqabi. Alhamdhulillah. Ehnve aslu mikahala vaahakathah liyanvaanee v information hoardhaafa. Ehnoonee v fithna ufedheyne. Me alhuganduge idea. Dnt take it negative… plx… n aslu this story is awesome. Jana ah fahun enme rythy noor ge story thah. ☺☺

  45. mai says:
    August 3, 2018 at 10:28 pm

    Subuhaanalah mihaaru vaahaka nunereetha month ea vanee.Noor thee insaaanae viyas thankolhe bodu varu thee v emme avahakka up kuraanamee kiyaafa bahabaru

Comments are closed.

Next Episodeހުޅުކޮޅު 38←


All Right Reserved!