“ދުވޭ! މެޑަމް، އަވަހަށް ދޭ!” ޖެނީ ގޮވައިލިއެވެ. އޭނާގެ އެ ހަރަކާތުން ގެއްލިގެންދާނެ ވަޒީފާއަކަށް ފަރުވާލެއްނެތެވެ. ޔަޝަލް ޖެނީ ދޫކޮށްލާފައި ދިއުމަށް ފަސްޖެހުނެވެ. ނަމަވެސް ޖެނީގެ އެ ހިތްވަރު ބޭކާރުވާން ނޭދޭތީ އަލުން އެނބުރި ދުއްވައިގަތެވެ. “ލިވް ދަ ވޭ ޔުއަރ ހާރޓް ވޯންޓްސް… މައި ލަވްލީ ޑޯޓާރ…” ޖެނީ އަމިއްލަ ނަފްސަށް ކިޔައިލިއެވެ. ************************** ހުޅުލޭ ފެރީ ޓާމިނަލްއިން ނުކުތް ހުދު ހަންގަނޑާއ،ި ކްރީމްކުލައިގެ އިސްތަށިގަނޑުގެ ވެރިއާއަށް، މީހުނަ ށް ހަމަ ވަށްކަޅިންވެސް ބެލެނީއެވެ. ޔަޝަލް ހުރީ މި މީހުން މާވަހަރެއް ފެނިގެން ބަލާހެން ބަލާތީ މަޖާވެފައެވެ. ސީސީޓީވީ ކެމެރާގެ ބޭނުމެއް މިތާކު ނޯންނާނެ އޭނާގެ ހިތަށްއެރިއެވެ. ޓެކްސީއެއްވެސް ހޯދުނީ އެހާ ހާލުންނެވެ. ޓެކްސީ ހުއްޓައިލީ އާދައިގެ ގޮތަކަށް ހަދާފައިހުރި ގެއެއްގެ ދޮރުމައްޗަށެވެ. ޓެކްސީ ޑްރައިވަރަށް ޔަޝަލް ދިއްކޮށްލީ ސަތޭކަ ޑޮލަރެވެ. ޑޮލަރު މާރުކުރަން ޑްރައިވަރު އުޅުނީ ވަރަށް ހާލުގައެވެ. ބަދަލުގައި ލިބުނު ނޫޓުތަކުގައި […]
“ނުހާ…އެމް ގޮއިން ޓޫ..” މަލާކް ވާހަކަ ދެއްކީ ރަށަށް ދިޔުމާއި ބެހޭ ގޮތުންނެވެ. “އަލޫކް ގާތު ބުނެފިން؟” “އަހަރެން މިދުވަސްކޮޅު އިހަށް ބޭނުމެއްނޫން ވާހަކަ ދައްކާކަށް، އައި ވޮނަ ޓޭކް އަ ލިލް ބްރޭކް…ދެން އައިސް އެކަމާ އުޅޭނީ…” މަލާކްގެ ވާހަކަ އެގޮތަށްހުރި ކަމުގައި ވިޔަސް އޭނާގެ ހިތުގެ އަޑީން ގޮވަމުން ދަނީ ނުދިޔުމަށެވެ. އަލޫކާ ވާހަކަ ދައްކަން ކިތަންމެ ބޭނުންނަމަވެސް މަލާކްގެ ދޫ އެކަމަށް ނުކުޅެދިނެވެ. މެސެޖުކުރަން އުޅޭ އިރަށް މުޅި އަތާއި އިނގިލިތައް ތުރުތުރުއަޅަން […]
އަޅުގަނޑުގެ ވާހަކައިގައި އުޅޭ ބައިވެރިންނަށް ނަން ހޯދަން ބޭނުންވާތީ މިރޭ 12 ޖެހުމުގެ ކުރިން އެމީހަކަށް ކަމުދާ ނަމެއް ކޮމެންޓްގެ ޒަރިއްޔާއިން އަޅުގަނޑަށް އަންގާލަ ދެއްވުން އެދެމެވެ… -ޑެންޑަލައިން-
ފާއިޒްގެ ޝެޑިއުލްއަކީ ހެނދުނު ދިހައެއް ޖަހާއިރު ހިއްލާލައިގެން ގޭމް ކުޅެލާ، ފޭސްބުކަށް ވަދެލާ، ފޮޓޯ އާއި ވީޑިއޯ ހޯދާ އެއްކުރުމެވެ. އޭނާގެ މައިންބަފައިންނަކީ މުއްސަނދިންނަށް ނުވިޔަސް ގޭގެ ތިރީ ބައި ކުއްޔަށް ދީގެން ލިބޭ ލާރިން ފާއިޒަށް މަހަކު ދެހާސް ފަސްސަތޭކަ ރުފިޔާ ދެއެވެ. ކޮންމެ މަހަކުވެސް އެކައުންޓަށް އެފައިސާ ޖަމާވާނެއެވެ. އޭގެން މާރަނގަޅަށްވެސް ފާއިޒައަށް ފުއްދާލެވެއެވެ. ގޯސް ގޮތަކަށް ނޫޅޭ މީހަކަށް އެއީ ‘ރަން’ އެހެންނޫންތޯއެވެ؟ ހެނދުނު ތެދުވެ މަންމަ ސައި ހެދީމަ ސައިބޮއެގެން އިރު […]
‘ރުކުބުޑަށް ވެއްޓިފައި ހުރި ކާށިތައް ހޮވަމުން، ފަހަރަކު ކާއްޓެއް ކާލިޖަހަމުން، ކޮޑުމަތީގައި އޮތް ދަނޑިގަޑަށް ކާލި ޖަހާފައި ހުރި ކާށިތައް އަމުނަމުން އަހުމަދު އޭނާގެ އާދަކާދަވެ ކުރާ މަސައްކަތާއިގެން މަޝްޢޫލު ވެ އުޅުނެވެ. ހިޔާލެއް ފިކުރެއްނެތި ބޯޖަންގަލީގެ ތެރޭގައި އަހުމަދު އުޅުނީ އެކަންޏެވެ. މިއަދު އޭނާއާއި އެކީ އާދަވެ އަންނަ އެކިވެރިންގެ ހިލަމެއްނެތެވެ. ފަހަރަކު ރުކެއްގެ ބުޑުން ކާށިހޮވަމުން ދިޔަ އަހުމަދު އެކަނިވެރިކަން ފިލުވުމަށް ދޭތެރެއަކުން ރައިވަރެއް ކިޔައިލައެވެ. މާބޮޑަށް ތަންދޮރު އޮޅުންފިލައި ތައުލީމެއް ނެތެއްކަމަކު އަހުމަދަކީ […]
ފުރުސަތުގެ ބޭނުން ހިފައި ޖަޒްލީވެސް އަވަހަށް ތެދުވެ ކަރުނަތައް ފޮހެލައި ދުވެފައި ގޮސް ކޮޓަރިން ނިކުމެވޭތޯ ދޮރުގެ ތަޅުގައި ހިފައިލިއެވެ. ************* ސައިކަލުން ފޭބި ގޮތަށް ހަލުވި ހިނގުމުގައި ކައިލާން އައިސް ގޭގެ ދޮރާށިން އެތެރެއަށް ވަތްއިރު ގޭގެ ލައްޕާފައިހުރި މައިދޮރު ފެނިފައި އޭނާގެ ފިޔަވަޅުތައް މަޑު ޖެހުނެވެ. ގަޑިން ހެނދުނު ދިހައެއް ޖަހަން ކައިރި ވެފައި ވާއިރުވެސް ގޭގެ ދޮރު ނުހުޅުވާ ހުރީމާ ކައިލާންގެ ފަހަތުން ސައިކަލް ޕާކު ކޮށްލުމަށްފަހު އެތެރެއަށް ވަދެގެން އައި ރުހާންގެ […]
މޯޅިއަކަށް ދެމިލުމަށްފަހު އިރު އޭގެ ރަން ދޯދިތަށް ދުނިޔެމައްޗަށް އަލިކުރަން ފެށިއެވެ. އަރާމު ކޮށްލުމަށްފަހު އޭގެ ތަޙުތުަގައި އަލުން ރަސްކަން ކުރަންފެށިއެވެ. މުލުހާލުގެ އަޑު މުޅި ރަށުތެރޭގައި ގުގުމާލިއެވެ. ފަތިސް ނަމާދު ކޮށް ނިންމާލުމަށްފަހު މިސްކިތުން ފިރިހެންވެރިން ނިކުތީވެސް އެވަގުތެވެ. ސަލާން ދިނުމަށްފަހު އަންހެންވެރިންވެސް އެބައިމީހުންގެ ނަމާދު ދޮޅިތަށް ބާލާލިއެވެ. މުސައްލަ ފަތްޖަހާލަމުން މަގުމައްޗަށް ނިކުތީ ކުނިހާ އިލޮށިފަތި ހިފައިގެންނެވެ. ކުޑަކުދިންވެސް ގެ ތަކުން ނުކުމެގެން މަގުމަތީގެ އެކި ހިސާބުތަކަށް ދުއްވައިގަތެވެ. “ޕޮއް.” ގޭދޮރުމަތި ކުނިކަހަން ގުދުވެއޮތް ހިބާގެ ކޮނޑުގައި […]
މާޔާއަކީ ހަމުގެ ކުލައަލި ރީތި ކުއްޖެކެވެ.އޭނާ އަށް ލިބިފައިވަނީ ނުހަނު ރީތި ފަންް އަދި އެހާމެ ދިގު އިސްތަށިގަނޑެކެވެ.އިސްކޮޅުުންް ކުރު އަދި ބައްޓަން ރީތި އަންހެން ކުއްޖެކެވެ.ހިތިފަތު ބުމައެކެވެ.ބޮޑު ދެ ލޮލެވެ.ކަޅު ކުލައިގެ ކަޅިއެކެވެ.މާޔާ ހީލާއިރު ކޮލަށް އެޅިފަ އިންނަ އަޑި ކޮޅުން އޭނާގެ ރީތި ކަމަށް އިތުރު ފުރިހަމަ ކަމެއް ގެނަސްދެއެވެ.އިރު އޭގެ ވާޖިބު އެންމެ ފުރިހަމަ ގޮތެއްގައި އަދާކުރަމުން އައިސް މެންދަމުން އަލި ވިއްޖެއެވެ.މާޔާ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އޮތެވެ.ހަފްތާއެއް ކުރިން މިދުނިޔެއަށް […]
އިރު ހަނދު އެއް ޤަވާއިދެއްގެ މަތިން ދައުރުވަމުން ދިއެވެ. ޤުދުރަތުގެ އެ ޤާނޫނަކަށް ބަދަލެއް ނާދެއެވެ. އާދައިގެ މަތިން އިރުވެސް ނާރެހުގައި ބުރު ޖަހަމުން އައިސް ކޮންމެ ދުވަހެއްގެ ހެނދުނަަކަށް އޭގެ އަލި ވިލުވާލައެވެ. ހަމަ އެގޮތަށް އޭގެ ވަގުތު ހަމަވުމުން ކާއިނާތު އަލިކޮޮށްދިނުމަށް ހަނދުގެ ބޮލުގައި އެ ޒިންމާ އަޅުވައެވެ. އިރު ހަނދު ދައުރުވާއިރު ބަދަލުވެގެންދާ ދުވަހާއިއެކު އިންސާނުންގެ ހަޔާތަށް އެކިކަހަލަ ބަދަލުުތައް އަންނަކަމީ ޝައްކެއްވެސް އޮތްކަމެއް ނޫންތާއެވެ. ކުޑަކުޑަ ހަނާޝްއަށް ވެސް އަހަރެއް ފުރެން […]