Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

“ހިތް” ލޭ ކޮށެވިފައި……06

Noor💙 Level 710 Stories100 Comments100 Login500 Comments
July 11, 2018 5 Mins Read
46 Comments

ސަކީނާ ޖަޒްލީފަދަ ވާހަކަ ދެއްކުމުން މަޙްރޫމް ވެފައިވާ ކުއްޖެއް އޭނާގެ ދަރިފުޅުގެ ދިރިއުޅުމުގެ ބައިވެރިއަކަށް ހަމަހިލާ ވިޔަކަ ނުދޭނެއެވެ.
***************

އަނެއް ދުވަހުގެ ހެނދުނެވެ.ހެނދުނުގެ ނާޝްތާއަށްފަހު ރިސޯޓަށް ދިޔުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވަނީ ވެ ނިމިފައެވެ.މަންމަގެ އެދުމަށް ރުހާންވެސް މިއަދުހުރީ އޮފީހުން ޗުއްޓީއެއް ނަގައިގެން ގޭގައެވެ.ދެ ޢާއިލާ އެކައްޗަކަށް ވުމުގެ އުފަލުގައި މަޖާކޮށްލަންދާ ދަތުރުގައި ބައިވެރި ވުމަށެވެ.ހަތަރުދުވަސް ފަހުން ރިޝްފާއާއި ކައިލާންގެ ކައިވެނި ކުރެވުމުން ދެޢާއިލާގެ އުފާވެރިކަން ދެގުނައަށް އިތުރު ވެގެންދާނެއެވެ.

“ދަރިފުޅާ އަވަހަށް އާދޭ…ނުވައެއްޖަހާއިރު އެއީ މިކޮޅުން ފުރަން ނިންމާފަ އިން ގަޑި….”މަންމަގެ އަޑަށް ޖަޒްލީގެ އަތުގައި ހިފަހައްޓައިގެންހުރި ކައިލާން ސިހިފައި ޖަޒްލީގެ އަތް ދޫކޮށްލާފައި ބޭރަށް ނިކުންނަން ހިނގައިގަތެވެ.”ޖަޒްލީ ހަނދާންކޮށް ދޮރުތައް ތަޅުލާފަ ނިދަން އޮށޯންނާތި…އަހަރެމެން އަންނާނީ މިރޭ އެކޮޅުގަ ރޭ ކޮށްފަ…”ދޮރާށިން އެތެރެއަށް ވަދެގެން އައި ސަކީނާއަށް އެމަންޒަރު ފެނުނު ކަމަަށް ނުހަދާ ސިޓިންގ ރޫމަށް ބޯދިއްކޮށްލުމަށް ފަހު ބުނެލިއެވެ.ޖަޒްލީއަށް ލިބިފައިވާ މޮޅިވެރި ކަމުގައި އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލެވުނެވެ.މަންމައަށް ނޫންކަމަށް ހަދަމުން އެއް އަތް ޖީބަށް ޖަހާލައިގެން އަނެއް އަތުން ފޯނާއި ކުޅެމުން ނިކުތް ކައިލާންގެ ހިތްވެސް ވަނީ މާޔޫސް ވެފައެވެ.އޭނާއާއި ރިޝްފާގެ ގުޅުމުގައި ގޮށްޖެހުމުގެ ވަގުތު ކައިރި ވަމުން އަންނައިރު އެކަން ހުއްޓުވޭނެ ގޮތެއް ނޭނގޭތީއެވެ.ބައްޕަވެސް އުޅެނީ ކައިލާންއާއި ދުރުން ދުރުންނެވެ.ބައްޕަ އެ ކައިވެނި ހުއްޓުވައި ނުދިނަސް އޭނާއަށް ބައްޕައާއި ދެކޮޅަށް ކުރެވޭނެ މާބޮޑު ކަމެއްވެސް ނޯންނާނެއެވެ.ކޮންމެ ގޮތެއް ވިޔަސް ޖަޒްލީ ފިޔަވާ އިތުރު ފަރާތަކަަށް އޭނާގެ ހިތަކުން ޖާގައެއް ނުދެވޭނެއެވެ.އަދި އިތުރު ލޯތްބަކަށް އެހިތުން ނުވެސް އެދެވޭނެއެވެ.

ލޯންޗުމަތީގައި ތެޅިތެޅިއޮތް ހިތަކާއިގެން ކަނޑުން ނަގަމުން ދިޔަ ކުދިކުދި ރާޅުތަކަށް ނަޒަރު ހުއްޓާލައިގެން މަޑުޖެހިފައި އިން ކައިލާން ފެނިފައި ރުހާން ކުޑަކޮށް ކައިލާންގެ އަތުގައި ހިފާލުމަށްފަހު ވަޓްސް އަޕް ބަޑީ އޭ ބުނެލިއެވެ.ކައިލާން ހަމަ ލައިފްއާއި ދޭތެރޭ ވިސްނާލީ އޭ ބުނެލިއެވެ.ހިތަށް ވަމުންދާ އުނދަގޫތަކަށް ލުޔެއް ހޯދުމަށް ދޮންބެގާތު ޖަޒްލީގެ ވާހަކަ ހިއްސާކުރުމަށް އެވަގުތު އޭނާ ހިތަށް އެރިއެވެ.ނަމަވެސް ދަތުރު މަތީގައި ދެޢާއިލާގެ ހާޒިރުގައި އެއީ އެހާ ފަސޭހަކަމަކަށް ނުވާނެތީ ދޮންބެއާއި އެކު އެކަނިވެވޭނެ ވަގުތަކަށް އޭނާއަށް ޖެހޭނީ ކެތްކޮށްލާށެވެ.އެކުވެރިޔާއާއި އެކު ފަހަތު ސީޓުގައި އިން ރިޝްފާގެ މޫނުމަތީގައިވަނީ އުޖާލާ ކަމެވެ.ކައިލާންއާއި އެކު އެކަނިވެލުމަށްޓަކައި ކުރެވޭ ފޮނި އިންތިޒާރަށް ނިމުން އަންނަން އުޅޭތީ އެހިތް އުފަލުން ނަށަނީއެވެ.ރިޝްފާ ކައިލާންއަށް އިރުއިރުކޮޅާ ބަލަމުންދާ ލަދުވެތި ބެލުންތަކުން ސަކީނާގެ މޫނުމަތީގައިވެސް ވަނީ އުފާވެރި ކަމެވެ.އޭނާގެ ދަރިފުޅުގެ ޙަޔާތަށްޓަކައި އޭނާ ނަގާފައިވާ ފިޔަވަޅާއި މެދު ފަޚުރުވެރިވާ ޙާލުގައެވެ.ރިޝްފާގެ ބައްޕަ އަލީ ވަހީދު ދައްކަމުން ދިޔަ އެމީހުންގެ ވިޔަފާރި ފުޅާކުރުމުގެ ވާހަކައަށް ސަމާލުކަންދީގެން އިން ހަސަންމަނިކު ވެސްވަނީ ބިރުވެރި ކަމެއްގެ ތެރޭގައެވެ.އެރޭގެ ހާދިސާއަށްފަހު ކައިލާންގެ ކުރިމަތީގައި އޭނާގެ އަގުވެއްޓިފައި ވާއިރު، ކައިލާންގެ ބަސްތައް އޭނާގެ ހިތާއި، ސިކުނޑީގައި ވަނީ ބިންވަޅު ނެގިފައެވެ.ރިޝްފާއާއި ކައިލާންގެ ކައިވެނި ހުއްޓުވުން ނޫންގޮތެއް ނޯންނާނެއެވެ.އަދި އޭނާގެ ދަރިފުޅުގެ ލޯބި އަނބުރާ ދުވަހެއްގައިވެސް ލިބޭނީ ޖަޒްލީއާއި ކައިލާން ގުޅުވައިދީގެންކަން އޭނާއަށް ހަމަ ރަނގަޅަށް އިނގެއެވެ.ކުރެވުނު ވިޔާނުދާ ޢަމަލުގެ ސަބަބުން ލޯބިވާ ދަރިފުޅުގެ ހިތުގައި އޭނާއަށްޓަކައި އެވަނީ ފޫހިކަމާއި، ރުޅިވެރިކަމެވެ.

ގޮނޑިސެޓުގައި އިށީނދެ ލައިގެން އިން ޖަޒްލީގެ ހިތަށް ވެރިވެފައިވަނީ ނުތަނަވަސް ކަމެވެ.ކުރެވެމުންދަނީ ކޮންމެވެސް ދެރަކަމެއް ވާން އުޅޭކަހަލަ އިޙްސާސެކެވެ.ކުއްލިއަކަށް ސިއްސައިގެން ގޮސް ރިންގުވަމުން ދިޔަ ފޯނަށް ބަލައިލެވުނެވެ.ޖަޒްލީ ގޮނޑިން ތެދުވެގެންގޮސް ފޯނުނަގައި ކަންފަތުގައި ޖައްސާލީ އެއީ ކައިލާންގެ ކޯލެއްކަން ކަށަވަރުވާތީއެވެ.އޭނާ ނިދަން ނުގޮސް އެއިންނަނީވެސް ކައިލާން ގުޅާނެ ވާހަކަ ބުނުމުން އެއަޑު އަހާލާ ހިތުންނެވެ.މުޅި ދުވަސް ހޭދަވެގެން ދިޔައީ ކައިލާންގެ ހަނދާނުގައެވެ.

“ހަލޯ…..ޖަޒްލީ….މިސް ޔޫ އަލޮޓް…ސޮރީ މާލަހުން ގުޅުނީމަ…ހަމަ ރޫމަށް އާދެވުނުހާ އަވަހަކަށް މިގުޅީ….ޖަޒްލީ…ވަރަށް ލޯބިވޭ….މިދަތުރު ނިމުނުހާ އަވަހަކަށް އަހަރެންގެ މީހަކަށް ޖަޒްލީ ހަދާނަން…މީ ކެތްކުރަން ދަތި އިޙްސާސެއް…ޖަޒްލީއާއި ވަކިން ހޭދަވާ ކޮންމެ ވަގުތަކީ މިހާރު އަހަރެންގެ ޙަޔާތުގަވެސް ބަރުދާސްތު ކުރަމުންދާ އެންމެ އުނދަގޫ ހިތްދަތި ވަގުތުތައް..”

ކައިލާންގެ ވާހަކަތައް އަޑު އަހަމުން ދިޔަ ޖަޒްލީގެ ދެލޮލަށް ޖަމާވެފައިހުރި ކަރުނަތައް އެއްވެސް ހިފެހެއްޓުމެއްނެތި ފާބައިގަތެވެ.އަދި އެހިތުގެ ރިހުން އިތުރުވެ ރުއިން މަޑު ގިސްލުމަކަށް ބަދަލުވިއެވެ.އެއަޑު ކައިލާންގެ ކަންފަތުގައި ޖެހުމުން އޭނާގެ ހިތަށް ކުރި އަސަރު ބުނެދޭންވެސް ދައްޗެވެ.އެހިތުގައި ޖަޒްލީ އެންމެ ފުރަތަމަ ޓަކިދިން ދުވަހުން ފެށިގެން އެއަޑު އަހާލާ ހިތުން ކައިލާންވަނީ ކެތްމަދުވެފައެވެ.ނަމަވެސް އެއީ ދުވަހަކުވެސް ނުވާނެ ކަމެއްކަން އިނގޭއިރުވެސް އެލޯތްބަށް އެދެވޭލެއް ބޮޑުކަމުން ޖަޒްލީ އޭނާގެ ޙަޔާތުގެ ބައިވެރިއަކަށް ހަދަން ނިންމީއެވެ.އޭނާގެ ހިތުގެ ރާނީގެ އަޑު ގިސްލުމުގެ ތެރެއިން އިވުމަށްވުރެ އެއަޑު ދުވަހަކުވެސް ނުއިވުން އޭނާއަށް މާ ހިތަށްފަސޭހަވާނެއެވެ.

“ޖަޒްލީ…ޕްލީޒް…ނުރޮއި ހުއްޓާލަބަލަ…އަހަރެންގެ ހިތަކަށް ކެތެއް ނުވޭ ފަޅި ސިކުންތަކަށްވެސް ޖަޒްލީ ރޯއަޑު އަހާކަށް…އަހަރެން ބޭނުމީ ޖަޒްލީ އަބަދުވެސް އުފަލުގަ ބަހައްޓަން..”.

**********

“ރީޝް…ކައީ ހަމަ ކައިވެންޏަށް ޤަބޫލުތަ؟…މިހެން މިބުނީ އޭނަ ތަންކޮޅެއް މަޑުޖެހިފަ ހުންނަހެން ހީވާތީ….”ކޮފީތަށިން ކޯވަރެއް ބޯލުމަށްފަހު ހަނާ ބުނެލިއެވެ.ރިޝްފާގެ ހިތަށް އެވަގުތު އުނދަގޫ އިޙްސާސެއް ކުރެވިގެން ދިޔައެވެ.އެކުވެރިޔާ އެބުނި ވާހަކައަށް ވިސްނާލަން އެވަގުތު އޭނާއަށް މަޖުބޫރު ވިއެވެ.އެއީ ކައިލާން އޭނާއާއި ދުރުން ދުރުން އުޅޭހެން އޭނާއަށްވެސް ހީވެފައިވާތީއެވެ.އެންމެން މޫދަށް އެރިގެން މަޖާ ކުރިއިރުވެސް ކަައިލާންގެ މޫނުމަތިން ފައުޅުވަމުންދިޔައީ ނުތަނަވަސް ކަމެވެ.އިރުއިރު ކޮޅުން އަތުގައި އަޅާފައި އޮތް ގަޑިއަށް ބަލަމުން ދިޔަ ގޮތުން ހީވީ ތަނަކަށްދާން ލަސްވެގެން އުޅޭހެންނެވެ.އެހެންވެ އޭނާ ދެތިންފަހަރަކު އެކަމާއި ސުވާލުވެސް ކުރިއެވެ.ނަމަވެސް ކައިލާންގެ ފަރާތުން މާ އެދެވޭ ޖަވާބެއް ނުލިބުމުން އޭނާ އަޅާނުލީއެވެ.އަނެއްކާ ކައިލާން އޭނާއާއި ކައިވެނިކުރަން ބޭނުން ނުވަނީބާވައެވެ.ރިޝްފާއަށް އޭނާގެ ޚިޔާލުތަކުން ނިކުމެވުނީ ހަނާ އޭނާގެ ކޮނޑުގައި ހިފާ ތަޅުވާލުމުންނެވެ.ރިޝްފާގެ މޫނުމައްޗަށް ވެރިވެފަައިވަނީ ހިތާމަވެރިކަމެވެ.ކޮންމެ ހާލެއްގައިވިޔަސް އޭނާ ކައިލާން ބޭނުމެވެ.އޭނާގެ ހިތުގެ ފިނިކަން އެހިތާއި ވަކިވެދާނެ ކަމުގެ ބިރު ހީވާންފެށީއެވެ.

“ހަނާ……ކައީ ދުވަހަކުވެސް އަހަރެންދެކެ ލޯބިވާވާހަކަ ބުނެފައި ނުވާއިރު އޭނާގެ އަމަލަކުންވެސް އެކަން ފައުޅުކޮށްފައެއް ނުވޭ…އަނެއްކާ މިކައިވެންޏަކީ ކައީގެ ރުޙުމާ ދެކޮޅަށް ކުރެވޭ ކައިވެންޏެއްބާ….”

ރިޝްފާ ފޯނު ނަގައި ކައިލާންއަށް ގުޅަން އުޅެނިކޮށް ހަނާ އޭނާގެ ފޯނު އަތުލަައި ވާހަކަ ދެއްކިއެވެ.

“ރީޝް ތިހުރީ ހަމަހޭގަތަ؟…އަމިއްލަ އަތުން އަމިއްލަ އުފާތައް ކަތިލާނީ މޮޔައެއް…..ކައީގެ ހިތުގަ ކޮންމެ އެއްޗެއް އޮތަސް ރީޝް ކައީދެކެ ލޯބި ވެއެއްނު…އިން ކޭސް ކައީގެ ހިތުގައި ރީޝްއަށް ލޯތްބެއް ނެތަސް ކައިވެނި ކުރެވުނީމަ ހުރިހާ ކަމެއް ބަދަލުވާނޭ….އޭރުން އެހިތް ޖެހޭނީ ރީޝްއަށްޓަކައި ހުޅުވާލަން…”

އެކުވެރިޔާގެ ވާހަކަ އަޑު އަހާފައި ރިޝްފާގެ ހިތަށްވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެން ދިޔައެވެ.ހަނާ އެބުނީ މުޅިޔަކުން ދޮގު ވާހަކައެއް ނޫނެވެ.އަސްލު ޙަޤީގީ ލޯތްބަކީ ކައިވެނީގެ މަތިވެރި ގުޅުމުން ދެހިތް ގުޅުމަށްފަހު އެކަކު އަނެކަކަަށް އަޅާލާ، އުފެދޭ އިތުބާރާއި ޔަޤީންކަމެއްގެ ސަބަބުން ކުރިފަޅާ ސާފު ލޯބި ނޫން ހެއްޔެވެ.

“ހަސަން މަނިކު ކީކޭ ކިޔަންތަ ތިއުޅެނީ…..މަގޭ ދަރިފުޅަށް ރިޝްފާއަށް ވުރެ ވަކިން ރަނގަޅު ބައިވެރިޔަކު ނުލިބޭނެ…”

ނިދަން އެނދުގައި އޮށޯވެ އޮތް ސަކީނާ އޭނާގެ ފިރިމީހާ ދައްކަމުންދިޔަ ވާހަކައާއި ނުރުހިފައި ބުނެލިއެވެ.

“މަށެއް ނުބުނަމޭ ރިޝްފާއަކީ ގޯސް ކުއްޖެކޭ….އެކަމަކު ކައިލާންގެ ހަރަކާތްތަކުން ރިޝްފާއާ ގުޅެން ބޭނުން ނުވާހެން ހީވާތީ އަހަރެން މިހެން މިބުނީ…އެސޮރުގެ ދިރިއުޅުމަށް އަހަރެމެން ކީއްކުރަން އަތްގަދަ ކުރަންވީ….”

ސަކީނާ ކިތަންމެ ނުރުހިފައި އޮތަސް ހަސަން މަނިކު ބެލީ ދަރިފުޅުގެ ކައިވެނި ހުއްޓުވޭނެ މަގެއް ފެނޭތޯއެވެ.ނަމަވެސް އެކަމުން ސަކީނާގެ ރުޅިގަނޑު ގަދަވެ ހަސަން މަނިކާއި ދިމާއަށް ހަޅޭއް ލަވައި ގަތެވެ.

“ކައިވެންޏަށް ދެދުވަހަށް ވެފައި ވާއިރު ކޮންހާ މޮޅު ވާހަކައެއް ދައްކާކަށް..މަގޭ ކައިލާންއަށް ރަނގަޅުގޮތް މަށަށްވުރެ ބޮޑަށް އެނގޭނެ މީހެއް ނުހުންނާނެ….މަގޭ އަތުން ފައިން ގޯހެއް ހަދަން ބޭނުން ނުވަންޏާ ދެވަނަ ފަހަރަަށް ތިކަހަލަ ވާހަކައެއް ނުދައްކާ މަޑުން އޮވެގެން ނިދޭތޯ ބަލާ”.

ނިދޭތޯ އެތަށް އިރަކު އެނދުގައި ފުރޮޅި ފުރޮޅި އޮތް ޖަޒްލީގެ ލޮލަށް ނިދި ސަވާރުވެ ނިދުނުއިރު ހުރީ އެކެއްޖަހާފައެވެ.ހުވަފެނީ ޢާލަމެއްގައި ކައިލާންއާއިއެކު އުފާވެރި ވަގުތުތަކެއް ހޭދަ ކުރަމުންދިޔަ ޖަޒްލީއަށް ނިދިން ހޭލެވި ދެލޯ ބޮޑުކޮށްލެވުނެވެ.ހަމަ އެވަގުތު ބާރުގަދަ ދެއަތުން އޭނާގެ މޫނުގައި އެޅި ބާލީހާއިއެކު މުޅި މީހާގެ ޚަބަރު ހުސްވިއެވެ.

**************

“ކީކޭ… ލޯބިވަނީ ޖަޒްލީ ދެކެއޭ… ކައީއަށް އިނގޭތަ ތިކިޔޭ އެއްޗެއް..އަނެއްކޮޅުން ކައިވެނި ކުރަން ބޭނުން ނުވަންޏާ ކީއްވެ ރިޝްފާ ލައްވާ ރަން ކިޔުއްވީ. . އިނގޭތަ ތިކަން މަންމައަށް އެނގިއްޖިއްޔާ މަންމަ ޖަޒްލީއަށް ކޮށްލާނެވަރު…”

ކައިލާންގެ ވާހަކަ އަޑުއަހާފައި ރުހާންގެ ހިތަށް ހީވީ ހޫނު ފެންއެއްޗެއް އޮއްސާލިހެންނެވެ.ހިތަށް ލިބުނު ނުތަނަވަސް ކަމުގައި އޭނާގެ މޫނުމަތިންވެސް ކަންބޮޑުވުން ފައުޅުވެގެން ދިޔައެވެ. އެއްކޮޅުން ލޯބިވާ ކޮއްކޮއެވެ. އަނެއް ކޮޅުން އޭނާގެ ހިތުގެ މިލްކުވެރިޔާއެވެ. އާނއެކެވެ. ކައިލާންއަށް ޖަޒްލީ ފެނުމުގެ މާކުރިން އޭނާގެ ހިތުން ޖަޒްލީވަނީ ޖާގަ ހޯދާފައެވެ. ނަމަވެސް އެ ލޯބި ޙާސިލް ކުރުމުގެ ދަހިވެތި ކަމުގައި މުޅި އުމުރަށް މަންމަގެ ރުޅިވެރިކަމުގެ ޝިކާރަވެރިއަކަށް ޖަޒްލީ ވުމަށް ފަހަރެއްގައިވެސް އޭނާއަކަށް ނުރުހެވޭނެއެވެ. އެހެންވެ މިއަދާއި ހަމައަށްވެސް އޭނާ އެ އަންނަނީ އެ ލޯބި ރަނގަޅަށް އުފަން ނުވަނީސް ފަސްލާ ވަޅުލެވޭތޯ މަސައްކަތް ކުރަމުންނެވެ. އޭނާގެ އަތުތެރެއިން ހިމާޔަތް ދެވެން ނެތް ތަނުގައި މަންމަގެ ވަކިތަކުން އެ ކުށެއްނެތް މައުސޫމް ކުއްޖާ ސަލާމަތް ކުރެވޭތޯއެވެ. ނަމަވެސް މިވީ ކީއް ހެއްޔެވެ؟

“ދޮންބޭ ޕްލީޒް.. އަޅެ ދެން ކިހިނެތް ހަދާނީ… އަހަރެންވެސް ހިޔެއް ނުކުރަން ކަންތައްތައް މިހާ އަވަހަށް ނިމިގެންދާނެ ކަމަކަށް”

ރުހާންއަށް ހަމަ ބިމަށް އާދެވުނީ ކައިލާންގެ އަޑު އިވުމުންނެވެ. ކައިލާންގެ އަޑުގައިވާ ރިހުމުން އެކަނިވެސް އޭނާ ޖަޒްލީދެކެ ލޯބިވާވަރު ރުހާންއަށް އިޙްސާސް ކުރެވުނެވެ. ނަމަވެސް މައްސަލައަކީ މަންމަ ދުވަހެއްގައިވެސް ޖަޒްލީއާއި ކައިލާން ގުޅުމަށް ހިތްހަލާލު ނުދޭނެކަން އެނގޭތީއެވެ. އަދި މަންމަގެ ނުރުހުމުގައި ކައިވެނި ކުރިއަސްވެސް ދެމީހުން އުފަލުގައި އުޅުނަ ނުދޭނެކަން ޚުދު ކައިލާންއަށްވެސް އެނގޭނެއެވެ. ވީއިރު ކައިލާން ޖަޒްލީގެ ހިތުގައި އުއްމީދު އާލާކުރުވީތީވެސް ރުހާން ވަނީ ގޮތްހުސްވެ މާޔޫސްވެފައެވެ. ކޮއްކޮގެ ހިތަށް ލުޔެއް ގެނެސްދޭނެ ލަފުޒެއްވެސް ބޭރުކުރުމަށް އޭނާގެ ދޫ ވަނީ ނުކުޅެދިފައެވެ. ކައިލާން އާއި ޖަޒްލީގެ ގުޅުން ފަޅާއަރައިފިނަމަ މަންމަ ޖަޒްލީގެ ދިރިއުޅުން ޒަހަރަށް ހަދާނެކަންގައިމެވެ. ޖަޒްލީއަށްލިބޭ ކޮންމެ ހިތްދަތިކަމެއްގައި އޭނާގެ ދެލޮލުންވެސް ލޭކަރުނަ އޮހޮރޭނެއެވެ. އެހާވެސް ރުހާން ޖަޒްލީދެކެ ލޯބިވެއެވެ.

“ކައީ ދޮންބެ މިދައްކާ ވާހަކަ އަޑުއަހާ…. ދޮންބެއަށް އިނގޭ ކައީ ޖަޒްލީދެކެ ވަރަށް ލޯބިވާކަން… އެހެންވީމަ ޖަޒްލީއަށް ދެރަގޮތެއްވާން ނޭދޭނަމަ ތިވާހަކަ އިތުރު އެހެން މީހަކަށް ނާންގާ އިހަށް ދޮންބެއަށް ތިކަމާ ވިސްނާލަން ވަގުތުދީ…”

************

ޖަޒްލީއަށް މަޑުމަޑުން ލޯހުޅުވާލެވުނުއިރު އެއް އަތުން ބޮލުގައި އަތް އަޅައިލެވުނީ ފާޑަކަށް ބޮލަށް ބަރުވެފައިހުރި ކަމުގެ އިޙްސާސް ކުރެވުމުންނެވެ.އޭނާއަށް ތެޅިގަނެފައި ވަށައިގެންވާ މާޙައުލަށް ނަޒަރު ހިންގާލެވުނެވެ. ރީތި މާބޮޑުނޫން ކޮޓަރިއެކެވެ. އޮވެވުނީ ކުއީން ސައިޒުގެ އެނދެއްގައެވެ.

ހަމަ އެވަގުތު ކޮޓަރީގެ ކަނަކަށް ވާގޮތަށް ބަހައްޓާފައި ހުރި ޑްރެސިން ޓޭބަލްގެ ކުރިމަތީގައި އިން ގޮނޑީގައި ހަމަ ޖެހިލައިގެން އިން މީހާ ޖަޒްލީގެ ލޮލުގައި އަޅައިގަތީ އެމީހާ ކޮންމެވެސް މީހަކާއި ފޯނުން ވާހަކަ ދައްކާ އަޑު އިވުންނެވެ.

“އޯކޭ… ކައިލާން ބޭނުން ވާގޮތަށް މިކަން ނިންމާލަދޭނަން.. ދެން އެ މަންމަނު ކައިރިން ސަލާމަތް ނުވެގެން އުޅޭކަށް ނުޖެހޭނެ… “އެ ތޫނު ބަސްތަކާއިއެކު އެ ފޯނުކޯލް ނިންމާލުމަށްފަހު އެމީހާ އަނެއްކާވެސް އެހެން މީހަކަށް ގުޅުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.

“އޭ ބަޑީ… ކޮބާތަ ކަލޭ.. ހާދަ އިރެކޭ ތިވަނީ… އަވަހަށް އާދޭ މިކަން ނިންމާލަން… ކައިލާން ބުނީ އަހަރެމެން ބޭނުން ގޮތެއް ހަދާފަ އެއްލާލާށޯ… އެ މަންމަނަށް އެވަރުން ރަނގަޅު ފިލާވަޅަކަށް ފުދޭނެޔޯ… ”

ހޭނާރާ ކަމަށް ހެދިގެން އޮތް ޖަޒްލީގެ ހިތްވަނީ އިވިގެންދިޔަ ބަސްތަކާއިއެކު ކުދިކުދި ވެފައެވެ. ލޯމަރާ އެސްފިޔަތަކަށް ބާރުކުރެވެމުން ދިޔައީ ހިތުގައި ނަގަމުންދިޔަ ދިލަޔަށް ކެތް ނުކުރެވިގެންނެވެ. ޖަޒްލީގެލޮލުގެ އެސްފިޔަތަކާއި ހަނގުރާމަ ކުރަމުންދިޔަ ކަރުނަތައް އިސާހިތަކު ގަދަކަން ހޯދައިފިއެވެ. ކަރުނަ ތިއްކަކަށްފަހު ތިއްކެއް އެނިކަމެތި އަންހެން ކުއްޖާގެ ކޯތާފަތް ތެންމަމުން ދިޔައެވެ. އެމަންޒަރުފެނި ކޮޓަރިތެރޭގައި ހުރި މީހާގެ މޫނުމައްޗަށް ނުލަފާ ހިނިތުން ވުމެއް ވެރިވެގެން ދިޔައެވެ. އަދި މީހަކަށް ގުޅައިގެން ކަމަށް ހަދައި ދެތިން ފަހަރަކު ހަލޯއޭ ބުނެލުމަށްފަހު މިތަނަށް ރޭންޖު ދައްކަމުން ރަނގަޅަށް އަޑެއް ނީވެޔޭ ނެޓްވޯކް ލިބޭ ތަނަކަށް ގޮސް އެބަ ގުޅަމޭ ކިޔާފައި ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ. ފުރުސަތުގެ ބޭނުން ހިފައި ޖަޒްލީވެސް އަވަހަށް ތެދުވެ ކަރުނަތައް ފޮހެލުމަށްފަހު ދުވެފައިގޮސް ކޮޓަރިން ނިކުމެވޭތޯ ދޮރުގެ ތަޅުގައި ހިފާލިއެވެ.

**ނުނިމޭ***

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Noor💙

Level 710 Stories100 Comments100 Login500 Comments

Other Articles

Previous

ހިތުގެ ތެޅުން 1

Next

ނުހައްގުލޯބި 9

Next
July 11, 2018

ނުހައްގުލޯބި 9

Previews
July 10, 2018

ހިތުގެ ތެޅުން 1

46 Comments!

  1. Noor✓ says:
    July 11, 2018 at 2:41 pm

    Mivaahaka ah hurihaa kiyuntheringe faraathun thi dhevvaa supportah varah bodah THANKS. ❤

  2. Lyy says:
    July 11, 2018 at 2:45 pm

    Yeyyy…me first dhw….vvvv reethi…mi part vx…

    1. Noor✓ says:
      July 11, 2018 at 7:38 pm

      Ya.. ThanQ dear

  3. Its me says:
    July 11, 2018 at 2:59 pm

    Noooooooooorrrrrr?????? curiously waitinnng.. im sure noor vaahaka hadi vaagotheh nahadhaanekan.. ?❤❤ In Sha Allah.. story is ssuuperrb..? aslu vs i relly love it.. ?? ur my favourite writer..?my good wishes r always with u..❤ the way u talk to ur readers i just love it…? gudluk dearr

    1. Noor✓ says:
      July 11, 2018 at 7:38 pm

      What a lovely comment. ThanQ dear.

  4. Hau says:
    July 11, 2018 at 3:38 pm

    Thankyu noor?

    1. Noor✓ says:
      July 11, 2018 at 7:39 pm

      Welcome. N ThanQ dear

  5. Reen says:
    July 11, 2018 at 4:06 pm

    Masha allah mi part ves vvvvv salhi…curiously waiting for the next part..v bodah thanks mihaa avah part up kohdhineema..❤

    1. Noor✓ says:
      July 11, 2018 at 7:40 pm

      Always welcome dear.. ThanX 4 the lovely comment

  6. Maii says:
    July 11, 2018 at 4:48 pm

    Wowww… stry hama habeyss…?????

    1. Noor✓ says:
      July 11, 2018 at 7:40 pm

      ThanX Maii

  7. Queen ? says:
    July 11, 2018 at 4:57 pm

    Love it… Waiting for next part… Avaha up kurahchy…

    1. Noor✓ says:
      July 11, 2018 at 7:41 pm

      ThanQ dear. Will try

  8. Nunnu says:
    July 11, 2018 at 5:31 pm

    V reethi
    Mee sakeenaa ge reyvumeh dho
    I hate her
    When next part

    1. Noor✓ says:
      July 11, 2018 at 7:42 pm

      ThanQ dear.. Let’s c that from the up coming parts.

  9. saaraa says:
    July 11, 2018 at 6:00 pm

    mee part 5 gaves oih ehchakee

    1. Noor✓ says:
      July 11, 2018 at 7:44 pm

      It happens dear, as I’m not a professional writer & still learning. ThanQ.

  10. Rish says:
    July 11, 2018 at 7:01 pm

    Alhey avahah next parr up kohdheeba plxx. Cant wait. Its really varah varah salhi hadi gothakah dhen kuri ah nugendhaatho❤

    1. Noor✓ says:
      July 11, 2018 at 7:47 pm

      I’m still not able to decide what to make with Jazly’s life.. Mihaaru mee vaahaka liyan enme undhagu hisaabu.. In sha Allah weekend ge kurin 7th part genesdheynan. ThanQ 4 the comment dear

  11. Kaileee says:
    July 11, 2018 at 7:45 pm

    Alhey kihine mi v????
    Vvv nyc story ? kon irakun aneh part

    1. Noor✓ says:
      July 11, 2018 at 7:52 pm

      In sha Allah b4 weekend.. Now I’m working on 7th part. ThanQ dear

  12. Maahy?✨ says:
    July 11, 2018 at 8:16 pm

    Yeyyyys????? Up kolleee dhw☺️☺️☺️☺️? Thank you Noor dear????? Mi part ves varah varah reethi..????? Maasha Allah ????? Jazlee ah dhera gotheh nu hadhahche…??????? I think Sakeenaa ge reyvumakun kanneynge e meehaa Ehn e kiyany dhw..?????? Or aee jazlee ah fenna huvafeneh tha????????? Aaaaah…. Just too curious to know what will happen next..?????♥️♥️♥️♥️♥️ Abadhu ves thi gothah regular koh up kohdhehche ingey…..?????? Varah ufaavey readers ge feelings understand vefa ehaa avahah up kolla dheythee ☺️☺️☺️☺️☺️ Thank you very much for that..????? And yes..I really love the cover pics of this story??????? Waiting for the next episode????? All the very best dear?????

    1. Noor✓ says:
      July 11, 2018 at 8:46 pm

      Alheyyy… Thank u for the long long cute comment. So happy to c so much love from dear readers.. ThanX Mashy dear. ?

    2. Noor✓ says:
      July 11, 2018 at 8:47 pm

      *Maahy

  13. Kayaan says:
    July 11, 2018 at 8:18 pm

    V salhi mi prat ves .. 7 ves salhi vaane kama heekuran … waiting for 7 part

    1. Noor✓ says:
      July 12, 2018 at 3:49 pm

      ThanQ dear

  14. Xaaaan says:
    July 11, 2018 at 9:26 pm

    Masha Allah mi baives vvvvv reethi hama rovijje????????????????plx jazleeah thihen nahadhaa????????waiting next part❤

    1. Noor✓ says:
      July 11, 2018 at 9:36 pm

      Oh.. ThanQ dear..

  15. Aaan says:
    July 11, 2018 at 10:21 pm

    Masa Allah v reethi.thanks avaha apkolla dheythee.V ufaavey avaha vaahaka kiyaalan libeythee.

    1. Noor✓ says:
      July 12, 2018 at 4:55 am

      Welcome. N thanX dear

  16. Rish says:
    July 11, 2018 at 10:40 pm

    Jazleeyah dheragotheh nuhadhahchey hama rovijje kailaan avahah genes bala. Rish meeni neyvaa hifahataalaagenney dhenvaane gotheneyngeytheeve dheragothe nahadhahchey pls pls pls my dear. Maasha allah my dear thikuraa hivarah assaribahaa saabas dhen.

    1. Noor✓ says:
      July 12, 2018 at 3:50 pm

      ThanQ dear.. So happy to read ur comment..

  17. Stry Kiyaa Man says:
    July 11, 2018 at 10:40 pm

    Masha allah.vvvvv salhi.
    mihen hadhan dhw sakeena evarakun e dhathuru rey veyy.inshana kan vex nuvi ehnu .akekaku ge life barubaadhu kohlaa iru adhi ehme hadi gothah.keekey dhw bunaany.maadhama next part up kohla dhee bala dear.igey mihen bunyass liyan gina iru vaane kan vex.dhen vaane goih balaalan beyynun vegen aslu.
    waiting 4 next part.
    -salaam- ?????

    1. Noor✓ says:
      July 12, 2018 at 4:56 am

      Its ok dear. Hama liyevunuhaa avahakah up koh dheynan. ThanQ dear.

  18. Reet says:
    July 12, 2018 at 1:07 am

    Alhe kihineh avee jazly ah dheragotheh nuhadha thi

    1. Noor✓ says:
      July 12, 2018 at 4:57 am

      Let’s c dhw. ThanQ 4 the comment dear

  19. Dandelion says:
    July 12, 2018 at 8:15 am

    Alhey kaakutha Jazlee ah ehen e hadhany
    Btw stry is so perfect
    Thus mi stry ge miadhu ge kon irakun???
    Can’t wait to see nxt prt
    ????❤
    This prt is wndrfl nd touching…

    1. Noor✓ says:
      July 12, 2018 at 3:51 pm

      ThanQ dear… Next Part In Sha Allah Tonight.

  20. Mixuhan says:
    July 12, 2018 at 8:58 am

    Alhe avahah upkh dheeba next part. . Kiyaa hithun keii kureveny eii nooon mihaaru …plx avahah upkh dheeba

    1. Noor✓ says:
      July 12, 2018 at 9:22 am

      Happy to know that. Will up as soon as possible. ThanQ

  21. މަރީ says:
    July 12, 2018 at 9:21 am

    alhe mee haadha reethi story ekey alhu gadu mivaahaka knme dhuvahakuves kiyan ekam miadhu kmenteh nukoh nuhure vunu…jazlee ah dhera gotheh nahadhah chey kailaan and jazlee gulhuvahchey…

    1. Noor✓ says:
      July 12, 2018 at 9:23 am

      Alheyyy.. So happy to c ur comment dear.. Lets what happens to her from the upcoming parts. ThanQ

  22. shuhoo says:
    July 12, 2018 at 9:46 am

    vrh reethi mi part vex…next part ga jazlee ah dhera gothei nuhadhachechey….waiting for next part…

    1. Noor✓ says:
      July 12, 2018 at 10:07 am

      ThanQ dear.. Let’s c dhw

  23. ... says:
    July 12, 2018 at 11:08 am

    Wen is nxt prt?

    1. Noor✓ says:
      July 12, 2018 at 12:07 pm

      In sha Allah tonight.

Comments are closed.

Next Episode“ހިތް” ލޭ ކޮށެވިފައި……07←


All Right Reserved!