Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގެ ތެޅުން 1

Jinni Level 410 Stories100 Login100 Comments500 Login
July 10, 2018 2 Mins Read
27 Comments

ރޭގަނޑުގެ ފިނިކަން އިތުރުކޮށްދިނީ ގައިގައި ބީހިލާ މަޑުމަޑު ވައިރޯޅި  ތަކުންނެވެ. މިނެޓު ގުނާ ކަށި ބަރާބަރު ބާރައަށް އެރުމާއެކު ހަވޭލީގައި  ގުގުމައިލީ ފެންޑާގައި އިން ދިގުބަރުލީ ގަޑިގެ ރަނގަބީލުގެ އަޑެވެ. ގަޑިން މެންދަމުން އަނބުރާ ބާރަ ޖެހީއެވެ. ކޮޓަރީގެ މެދުގައި ހުރި އެނދުމަތީ އޮތް ޔަޝަލް ދިޔައީ ދެފަރާތަށް ބޯ ހަލުވަމުންނެވެ. އޭނާގެ ދަލުން ފޯވެފައިވާ މޫނުން ފެންނަމުންދިޔައީ ނުތަނަވަސްކަމާއި ބިރެވެ. “ދޫކޮށްލާ!… ދުރަށްދޭ!…” ޔަޝަލް މަޑުމަޑުން ކުކުރަމުންދިޔައެވެ.

ފުންމައިގެން ތެދުވިއިރު ޔަޝަލް އިނީ މާނޭވާ ލެވިފައެވެ. އަތަށް ލޭއަރާހާބާރަށް ބެޑުޝީޓުގައި ހިފަހައްޓައިލައިގެން އިންއިރު ވިސްނެމުންދިޔައީ  އިހާނެތިގޮތަކަށް ނިދިން ހޭލަށްވައިލި ހުވަފެނާއި ބެހޭގޮތުނެވެ. ކަޅު  ހިޔަންޏެކެވެ. އޭނާގެ އަތުގައި ހިފައި މޫނާއި ގާތް ވަމުން އައިސް  ކަންފަތްބުޑުގައި އެއްޗެއްބުންޏެވެ. ނަމަވެސް ބުނި އެއްޗެއް  ހަނދާނަކަށް ނައެވެ.

ތަންކޮޅެއް ހަމަޖެހިލެވުމުން ޔަޝަލް ކޮޓަރިން ނުކުތެވެ. މަރުވެފައިވީ ހަވޭލީގެ ދެވަނަ ފަންގިފިލާގެ ހޯލްވޭވަނީ ކުޑަދޮރުން ވަންނަ  ހަނދުވަރުގެ އަލިން އުޖާލާ ވެފައެވެ. ތިރީ ފަންގިފިލާއަށް ފައިބާން ހުރި ރަތް ދޫލަ އެޅި ސިޑީގެ މެދުގައި ހުއްޓިފައި ޔަޝަލް،  އެއްވެސް ދިރުމެއްނެތް ފެންޑާއަށް ނަޒަރުހިންގައިލިއެވެ. ފެންވަރުގެ ފަރުނީޗަރުތަކާއި ޝާހީ މާވަށިގަނޑުތަކުގައި ހުރި ރީތި މާމެލާމެއްލި ކިތަންމެހާވެސް ފުރިހަމައެވެ. ނަމަވެސް މީގެން އެއްވެސް ފައިސާވެރިކަމެއް ޔަޝަލްގެ ހިތަކަށް ހިތްހަމަޖެހުމެއް ނުގެނުވިއެވެ.

އާދުވަހެކެވެ.ހަޔާތުން އުކައިލެވޭ ގަނޑުތަކުން އާ ޞަފްހާއެކެވެ. އެނދުން ތެދުވެ ޔަޝަލް ބޯ ކަހަން އިނީ އެނދަށް ގެންނަ ސައި ތަބަކުގެ އިންތިޒާރުގައެވެ. ނަމަވެސް ކަލަންޑަރު ފެނުމުން ހީވީ މީހަކު އަތުގައި ލަތްކެއްޖަހައި އެނދުން ނެގިހެންނެވެ. ގޭގައި މަސައްކަތްކުރާ ޖާރިއާއިންގެ ތެރެއިން އެކަކު، ޖެނީ ޓަކިޖަހައިލުމަށްފަހު ދޮރު ހުޅުވައިލިއިރު ޔަޝަލް ހުރީ އަނގައަށް ބުރުސް ލައިގެންއަނެއް އަތުން ބޮލުގައި ފުނާ އަޅަންށެވެ. ޖެނީއަށް ކުޑަކޮށް ހެވުނެވެ.

“ޔަޝަލް މެޑަމް، ބޮސް އެންޑް މެޑަމް އާރ ކޯލިން ފޯ ޔޫ. ޕްލީޒް ހަރީ އަޕް.”ޖެނީ ޔަޝަލްއަށް އެހީވެދޭން އެތެރެއަށް ވަނެވެ. ސަރުކާރު ބަންދު އާދިއްތަ ދުވަހުގެ ކެއުމަކީ އާއިލާ އެކީގައި އިންސާފުކުރާ ކެއުމެކެވެ.

“ޔަޝަލް! އަނެއްކާ ގަޑިޖެހުނީ؟ ކިތަށް ފަހަރު ބުނާނީ ގަޑިއަށް ކާން ފައިބަން ހަނދާންކުރާށޭ!” ކާކޮޓަރިއަށް ވަންނަން އައި  ޔަޝަލް ފެނުމާއެކު ޔަސްރާ އަޑަށް ބާރުލާފައި ބުނެލިއެވެ. ޔަސްރާ މޭޒާއިވީ ފަޅިއަށް އެނބުރުމުން ޔަޝަލް އޭނާގެ މަންމައާއި ދިމާއަށް މަލާމާތުގެ ގޮތުން އަނގައަށް ވައްތަރެއް ޖައްސައިލިއެވެ. މިތަން ފެނުނީ މޭޒުދޮށުގައި އިން ޔާޝާއަށެވެ. ޔާޝާ ޔަޝަލް އަށް ބަލައިލީ ފަކުރު އެއްޗަކަށް ބަލައިލާހެންނެވެ.

“ޔަޝަލް. މިރޭ އޮންނާނެ މިސްޓަރ އެންޑް މިސިސް ވިލިއަމްސްގެ ފިރިހެންދަރި ކްރިސް ވިލިއަމްސްއާ ދަރިފުޅުގެ ކައިވެނި ހަމަޖައްސަން ބާއްވާ ބައްދަލުވުން.” ކުއްލިއަކަށް މި އިވުނު ހަބަރުން ކައިކައި އިން މަސްކޮޅުވެސް ޔަޝަލްގެ އުލުން ވެއްޓިއްޖޭއެވެ.

“މިރޭ ނުވައެއްޖަހާއިރަށް ތައްޔާރުވާތި!އެންމެ މިނެޓެއްވެސް ލަސްވެގެން ނުވާނެ!”ލުތުފީ އަމުރުކޮށްލިއެވެ.

“ކީއްވެތޯ ދައްތަ ކައިވެނި ނުކުރައްވަނީ؟ އަޅުގަނޑަށްވުރެ ދޮށީ ދައްތައެންނޫންތޯ؟ އެހެންވީމަ ދައްތައެންނޫންތޯ ފުރަތަމަ ކައިވެނިކުރަން ޖެހޭނީ؟” އިތުރު ސުވާލެއް ނުކުރެވެނީސް ޔަޝަލްގެ އަނގަ ބަންދުވި ޔަސްރާ  ކޯމައްޗަށް އަރުވައިލި ހޫނު އެތިފަހަރުންނެވެ.

“ހާދަ ގޮތްކުޑަވީ މިހާރު؟ ބައްޕަ އަންގަވާ ގޮތާއި ހިލާފަށް ޖަދަލު ކުރަންވެސް ފެށީތަ؟ ޔާޝާ މީހަކާ އިންނަންޖެހޭ ވާހަކަދައްކާއިރު ލަދެއް ނުގަނޭތަ؟ޔާޝާއަކީ މަޝްހޫރު އެކްޓަރެއް. އެންމެން ހިތްކިޔާ ހަށިގަނޑެއްގެ ވެރި މޮޑެލްއެއް. މިހާ ބޮޑު ޖަވާހިރެއް އެހެން  ބަޔަކަށް ހިބަކުރެވޭނެތަ؟ އޭގެ ބަދަލުގަ ބަލާ ކަލޭ، އަހަރުންގެ ބޮލަށް ޖެހިފައިވާ ބޮޑު މުސީބާތެއް.” ޔަސްރާގެ ރަހުމެއްނެތް  ބަސްތައް އެއްފަހަރާ އޮއްސައިލިއެވެ. ކާންއިން ތަށި ދުރަށް ޖައްސައިލައިފައި ޔަޝަލް ތެދުވެގެންގޮސް ކޮޓަރިއަށް ވަނެވެ.

ލުތުފީއާއި ޔަސްރާ ދެކޭ ގޮތުގައި ދަރިންނަކީ އެމީހުންނަށް މާލީ ފައިދާއާއި، މުޖުތަމައުގައި ރީތި ނަން ހޯދުމަށް ބޭނުންކުރާ ވަސީލަތެކެވެ. ޔާޝާއަށްވުރެ ހުރިހާ ގޮތަކުންވެސް ޔަޝަލް މޮޅެވެ. ނަމަވެސް އޭނާ ނަފްރަތުކުަރާ އާއިލާއަށްޓަކައި ކަމެއް ކުރުމުގެ، އަދި ނުވީތާކަށް އަމިއްލަ ނަފްސު އިސްތިހާރުމުގެ އެއްވެސް ނިޔަތެއް ޔަޝަލްގެ ނެތެވެ.

ކަޅުފޮއި ރޭގެ އުޑުމަތިވަނީ ކަޅު ވިލާތަކުން ބައްދައިލެވިފައެވެ. ހުދު ކުލައިގެ ދިގު ޑްރެސްގައި ކާރުން ފޭބި ޔަޝަލް ފެނިފައި ފިރިހެނުންގެ ހިތްތައް ކަތިލާވަރުވެއެވެ. އުޑުމަތީގައި ހަނދު ފެންނަން ނެތަސް، ބިމުން އެ ހަނދު ފެންނަފަދައެވެ. ވައިޓް ހައުސްއަށް ދޫނުކުރާ ވަރުގެ ވިލިއަމްސްގެ ހަވޭލިއަށް ވަދެގެން އައިއިރު އިސްތިޤުބާލުގައި ތިބި ޖާރިއާއިންގެ މޫނުތަށްވަނީ ހަސަދައިގެ އަލިފާނުން ދޮންކޮށްލައިފައެވެ.

“ޔަންގް މާސްޓަރ އެއުޅުއްވަނީ މި އަންހެނާއާ އިންނަންތަ؟” ޖާރިއާ އެމިލީ ޖެހިގެންހުރި އެހެން ޖާރިއާއެއް ގާތު ދަތްކުނޑިވިކައިގަތްފައި އިނގިރޭސި ބަހުން އެެއްސެވެ. އަނެއް ޖާރިއާ ބޯޖަހައިލިއެވެ. އެމިލީ ފާޑަކަށް ދެތުންފަތް ފިއްތައިލައިފައި ދެލޯ ކުޑަކޮށްލިއެވެ.

ސޯފާގައި ތިބި ޑޭވިޑް ވިލިއަމްސްއާއި، ވިކްޓޮރިއާ ވިލިއަމްސް، އަދި ކްރިސް ވިލިއަމްސް ކުރިމަތީ ޔަޝަލް އޭނާގެ މަންމައާއި ބައްޕައާއެކު އާއެކު އިށީނެވެ. ޔަޝަލް ފެނުމާއެކު ކްރިސްގެ ހިތަށް ހީވީ ކަރަންޓު ޝޮކެއް އެރިހެންނެވެ. އެންމެ ހިނދުކޮޅަކުން އެ ސޫރަ ކްރިސްގެ ހިތް އަތުލައިފިއެވެ. މީހުން ކިޔާ ‘ލަވް އިން ފަސްޓް’އަކީ މިއީ ބާއޭ ކްރިސްގެ ހިތަށް އެރިއެވެ.

ޑޭވިޑްމެން އަހާނީ ކޮންކަހަލަ ސުވާލުތަކެއްކަން ޔަޝަލްއަށް އިނގެއެވެ. ޔަޝަލްއިން އިން ހޯދާނީ މަޝްހޫރު ތަރި ޔާޝާގެ ސިފަތަކެވެ. ދެބެން އަޅާކިޔުމަށްފަހު ޔާޝާއަށްވުރެ ދަށްކަމަށް ނިންމައި ކައިވެންޏަށް  ނުގަބޫލުވާނީއެވެ. މިކަމުގެ ނިމުން ޔަޝަލްއަށް އިނގެއެވެ.

“އަޅުގަނޑު މި ކައިވެންޏަށް ގަބޫލު!”ހުރިހާ އެންމެނަށް ހައިރާންކަމާއެކު ކްރިސްއަށް ބަލައިލެވުނެވެ. އެއްވެސް ވާހަކައެއް ނުދެއްކިގެން އުޅެނިކޮށް ކްރިސް ވަގުތުން ގަބޫލުވުމުންނެވެ. އެންމެ ހައިރާންވީ ޑޭވިޑްއާއި ވިކްޓޮރިއާއެވެ. މިއޮއްހާ ދުވަހު ކްރިސް  ކައިވެނީގެ ފުރުސަތުތަކަށް އިންކާރުކުރީ ލޯބިވާ ކުއްޖަކާ އިންނަން ބޭނުންވާކަމަށެވެ. ދަރިފުޅު ހޯދަމުން އައި ލޯބި އެހާ ފަސޭހައިން  ލިބުމުން އެދެމީހުން ތިބީ އުފާވާންވެސް ހަނދާންނެތިފައެވެ.

ޑްރައިވަރު ކާރު ދޮރު ހުޅުވައިދިނުމުން، ކާރަށް އެރުމުގެ ބަދަލުގައި ޔަޝަލް ދުއްވައިގަތީއެވެ. ލައިގެން ހުރި ދިގު ހެނދުން ދެއަތުން ހިފަހައްޓައިގެން ސިންދްރެއްލާއެއްހެން ދުވެފައިދިޔައީ ވަކި މިސްރާބެއް ކަނޑައަޅާފައެއްނޫނެވެ. ފުރާޅުތަކުގައި ލޯއަޑު  ގޮއްވައިލި ހިމަފޮދުވާރޭ ބޯކޮށްލައިފިއެވެ. ޕާކެއްގެ ތެރެއަށް ވަދެ ބެންޗުގައި އިށީން ޔަޝަލްގެ އިސްތަށިގަނޑު ވާރޭއިން  ތެމެމުންދިޔައެވެ. ކުރިމަތީ ހެދިފައިއޮތް ފެންގަނޑުގައި ޖެހިފައި ބުރައިގެންދާ ފެންތިކިތަކަށް ބަލަހަައްޓައިގެން އިންއިރު ސިކުނޑީގައި  އެނބުރެމުން ދިޔައީ ކޮން ހިޔާލުތަކެއްކަމެއް ނޭންގެއެވެ.

ޕާކުގައި އޮވެ ނިދުނުގޮތަށް ޔަޝަލްއަށް ހޭލެވުނީ އަނެއްދުވަހުއެވެ. ޓެކްސީއަކަށް އަރައިގެން ގެއަށް ގޮސް ވަތްއިރު އެކަކުވެސް ފެނާކަށް ނެތެވެ.  ކޮޓަރިއަށް ވަތްގޮތަށް އޭނާ ފެށީ ފޮއްޓަށް އެއްޗެހި އަޅަންށެވެ. ކުރީރޭ  ޕާކުގައި އޮއްވާ ފެނުނު ހުވަފެން އޭނާ ހަނދާން ހުއްޓެވެ. އަނެއްކާވެސް އެއްކަލަ ހިޔަންޏެވެ. މިފަހަރު އޭތި ބުނި ބަސް ސާފުވިއެވެ.

ކާކޮޓަރިން ނުކުތް ޖެނީއަށް، ވަގުވަގަށް އުޅުނު ޔަޝަލް ފާހަގަވިއެވެ.  ހިފާފައި ހުރި ފޮށި ފެނިފައި، ވާނުވާ ކިޔައިދޭނެ މީހަކު ބޭނުމެއްނުވިއެވެ. ޖެނީ ފަހުރާއެކު ހިނިތުންވެލިއެވެ. އޭނާގެ ހަނދާނަށް އައީ ޔަޝަލް ތުއްއު އިރުންސުރެ ޕާރސަނަލް މެއިޑެއްގެ ގޮތުގައި އޭނާ ޔަޝަލް ބެލެހެއްޓި ހަނދާންތަކެވެ. ޖެނީ ޔަޝަލްދެކެ  ލޯބިވަނީ އަމިއްލަ ދަރިއެއްދެކެވެސް ލޯބި ނުވާނެ ވަރަށެވެ.

“ކޮންތާކަށް ތިދަނީ؟”ގެއަށް ވަދެގެން އައި ޔާޝާއަށް ޔަޝަލް ފެނުނެވެ. ޔަޝަލް އަތުގައިވީ ފޮށި ފެނުމާއެކު މީ ގޯހެއްކަން ޔާޝާގެ ހިތް ގޮވައިފިއެވެ.ޔަޝަލް ވަރަށް ކުޅަދާނަކަމާއެކު ޔާޝާ ގައިން ނެއްޓިގެން މަގާއި ދިމާލަށް ދުއްވައިގަތެވެ. ޔާޝާވެސް ޔަޝަލް  ފަހަތުން ދުއްވައިގަތެވެ. ނަމަވެސް ޔާޝާ ހުއްޓުނީ ފަހަތުން އައި ޖެނީ  އޭނާ ގައިގައި ހިފެހެއްޓުމުންނެވެ. ޔަޝަލް ފަހަތަށް  އެނބުރުނެވެ.

“ދުވޭ! މެޑަމް، އަވަހަށް ދޭ!” ޖެނީ ގޮވައިލިއެވެ. އޭނާގެ އެ ހަރަކާތުން ގެއްލިގެންދާނެ ވަޒީފާއަކަށް ފަރުވާލެއްނެތެވެ. ޔަޝަލް ޖެނީ ދޫކޮށްލާފައި  ދިއުމަށް ފަސްޖެހުނެވެ. ނަމަވެސް ޖެނީގެ އެ ހިތްވަރު ބޭކާރުވާން ނޭދޭތީއަލުން އެނބުރި ދުއްވައިގަތެވެ.

“ލިވް ދަ ވޭ ޔުއަރ ހާރޓް ވޯންޓްސް… މައި ލަވްލީ ޑޯޓާރ…” ޖެނީ އަމިއްލަ ނަފްސަށް ކިޔައިލިއެވެ.

(ނުނިމޭ)

 

Share Article

Follow Me Written By

Jinni

Level 410 Stories100 Login100 Comments500 Login

Other Articles

Previous

“ހިތް” ލޭ ކޮށެވިފައި……05

Next

“ހިތް” ލޭ ކޮށެވިފައި……06

Next
July 11, 2018

“ހިތް” ލޭ ކޮށެވިފައި……06

Previews
July 10, 2018

“ހިތް” ލޭ ކޮށެވިފައި……05

27 Comments!

  1. Raayaa says:
    July 10, 2018 at 9:23 pm

    Masha allah Varah reethi ….

    1. Jinni says:
      July 22, 2018 at 3:39 pm

      thnk u raayaa

  2. Shimko says:
    July 10, 2018 at 9:29 pm

    Masha Allah vvv reethi mi part.. Waiting for next part

    1. Jinni says:
      July 22, 2018 at 3:39 pm

      thnx shimko

  3. shi says:
    July 10, 2018 at 9:39 pm

    Masha Allah vrh rythi…

    1. Jinni says:
      July 22, 2018 at 3:40 pm

      thnk u

  4. Anonymous says:
    July 10, 2018 at 10:09 pm

    Vvvvv.nice???beautiful??wen next ……?? curiously waitin???????❤❤????????

    1. Jinni says:
      July 22, 2018 at 3:40 pm

      thnx

  5. Dandelion says:
    July 10, 2018 at 10:26 pm

    Me vx mi foto negin Internet in
    ????❤

    1. Jinni says:
      July 22, 2018 at 3:41 pm

      coincidence dhw

  6. Maii says:
    July 10, 2018 at 10:28 pm

    Vrh nice stry eh

    1. Jinni says:
      July 22, 2018 at 3:41 pm

      thank u

  7. Baby girl❤ says:
    July 11, 2018 at 8:45 am

    Vrh reethi…interesting….nd umeedhu kuran nimendhen genes dheyne kamah….

    1. Jinni says:
      July 22, 2018 at 3:41 pm

      i will insha allah

  8. Lotus says:
    July 11, 2018 at 9:21 am

    Seems interesting.. and the story seems to have a unique side too.. waiting for the next part ?

    1. Jinni says:
      July 22, 2018 at 3:42 pm

      yeah i like reading and writing unique stories

  9. naash says:
    July 11, 2018 at 12:11 pm

    maasha allah vvvvvv nice… hama neii bunaane echeh vx..

    1. Jinni says:
      July 22, 2018 at 3:42 pm

      thank u naash

  10. Jinni says:
    July 11, 2018 at 1:05 pm

    thank you for the likes and comments. iraadha kurevviyya friday ga dhevana bai up kuraanan ?

  11. manhahjeyd says:
    July 11, 2018 at 3:11 pm

    omg sissy.sooo proud of you.vrh salhi nge cover pic n story ves..cant wait for the next part..stry nimendhen genesdheychey….

    1. Jinni says:
      July 22, 2018 at 3:43 pm

      thnk u

  12. shrny says:
    July 11, 2018 at 4:17 pm

    v salhi nge.. v unique.. waitin 4 nxt prt ..

    1. Jinni says:
      July 22, 2018 at 3:43 pm

      thnx 4 reading

  13. ޗ×ޗ×ޗ× says:
    July 15, 2018 at 12:08 pm

    ފފވޗވޗ×ވ

    1. Jinni says:
      July 22, 2018 at 3:45 pm

      u like trolling bro? but thanks 4 commenting?

  14. Shithoth says:
    July 15, 2018 at 4:22 pm

    Maa lahunney dhw mi aadhevunee…nice story sisssssssssssy

    1. Jinni says:
      July 22, 2018 at 3:46 pm

      dhen faharakun avahah annachey time vejjiyya

Comments are closed.


All Right Reserved!