
“ހިތް” ލޭ ކޮށެވިފައި……04
ސަކީނާ ދިޔުމުން ކައިލާން ޖަޒްލީގެ ކޮނޑުގައި ދެއަތުން ހިފާފައި ކޮޅަށް ނެގިއެވެ.އަދި ޖަޒްލީގެ އަތުގައި ހިފައިގެން ގެންގޮސް ޖަޒްލީގެ ކޮޓަރިއަށް ވަދެ ދޮރުލައްޕާ ތަޅުލިއެވެ.
*****************
ޖަޒްލީ ހުރީ ބިރުން ގޮސް ގުޑިލަންވެސް ނުކެރިފައެވެ.ކައިލާން ބޭނުންވެގެން އުޅޭ ކަމެއް ނޭނގޭ ޙާލު ބިރުންގޮސް ހަލާކުވާވަރުވެފައެވެ.ކައިލާން ޖަޒްލީގެ އަތް ދޫކޮށްލިއެވެ.އަދި އޭނާ ޖަޒްލީއަށް އެއްވެސް ދެރަގޮތެއް ނުހަދާނެ ކަމަށާއި އޭނާ ދެކެ ބިރު ނުގަތުމަށް އެދުނެވެ.އަދި އޭނާއަށް ޖަޒްލީ ވަރަށް ކަމުދާ ވާހަކަ ބުންޏެވެ.ޖަޒްލީއަށް ޓަކައި ކައިލާންގެ ހިތުގައި އުފެދިފައިވާ ލޯބި ހާމަކުރިއެވެ.ކައިލާންގެ ވާހަކަ އަޑުއަހަންހުރި ޖަޒްލީގެ ހިތް އުފަލުން ފުރުނެވެ.މަންމަ އާއި ބައްޕަ ނިޔާވިފަހުން އޭނާއާއި ލޯބިން މީހަކު ވާހަކަ ދައްކާފައެއް ނުވެއެވެ.އެހެންވެ އެހާ ދުވަސްފަހުން ކައިލާންގެ ދުލުން އޭނައަށްޓަކައި ބޭރުކުރަމުން ދިޔަ ލޯބިލޯބި ބަސްތަކުން ޖަޒްލީގެ ދެލޯ އުފާވެރިކަމުގެ ކަރުނުން ތެންމަމުން ދިޔައެވެ.ނަމަވެސް ކައިލާންގެ ކައިވެންޏަކީ މިހާރު ހަމަޖެހި ނިމިފައިވާ ކަމެއްކަން ޖަޒްލީއަށްވެސް އެނގެއެވެ.އަދި އޭނާއަށް ޓަކައި ކައިލާން އެ ކައިވެންޏަށް ދެކޮޅު ހަދައިފިނަމަ ސަކީނާ ކަންތައްތައް ގެންދާނެ ހިސާބެއްވެސް ނޭނގެއެވެ.އެހެންވެ ކައިލާންގެ ވާހަކަ ފުރިހަމަ ނުވަނީސް ޖަޒްލީ ގޮސް ފާޚާނައަށް ވަދެ ދޮރު ތަޅުލިއެވެ.އެއްގޮތަކަށްވެސް އެގޮތްބޭނުން ވެގެނެއް ނޫނެވެ.ސަކީނާ ދެކެ ބިރުންނެވެ.އޭނައާއި ކައިލާން އާއި އަރާ އަރަފޯދިގެން ނުވާތީއެވެ.ކައިލާންއަކީ އޭނާގެ ސާހިބުމީހާއެވެ.ވީއިރު ޚާދިމުންނަށް އެމީހުންގެ ފެންވަރު އޮޅިގެން ނުވާނެއެވެ.އޭނާ ކަހަލަ ނިކަމެއްޗަކަށް އެފަދަ ހުވަފެނެއް ދެކުމުގެ އެއްވެސް ޙައްޤެއް ނޯންނާނެއެވެ.
“ޖަޒްލީ……ޖަޒްލީ…….ޕްލީޒް ދޮރު ހުޅުވަބަލަ…ޕްލީޒް…އެހާ މަދުވަގުތު ކޮޅަކުން އަހަރެންގެ ހިތް ޖަޒްލީއަށް ލެނބެން ފެށީ އަހަރެންގެ އެއްވެސް އިޚްތިޔާރަކާއި ނުލާ….ޕްލީޒް ޑޯންޓް ޑޫ ދިސް ޓު މީ….ޖަޒްލީ ތިއުޅެނީ މަންމަ ދެކެ ބިރުންދޯ…އަހަރެން މަންމަ ހަމައަކަށް އަޅުވާނަން…..މައްސަލައެއް ނެތޭ ޖަޒްލީ އަހަރެން ދެކެ ލޯބި ނުވިޔަސް…ހަމަ އެންމެ ފުރުސަތެއް ދީ….އައި ވިލް މޭކް ޔޫ ފޯލް އިން ލަވް ވިތު މީ….ޕްލީޒްޒްޒްޒްޒް….”ކައިލާން ދޮރުގަ ތަޅައި އާދޭސް ކޮށްވެސް ޖަޒްލީ ދޮރެއް ނުހުޅުވިއެވެ.އެންމެ ފަހުން އިތުރު ގޮތެއް ނެތުމުން ޖަޒްލީ ނިކުމެ ނިދާލާށޭ ކިޔާފައި އެ ކޮޓަރިން ނިކުމެ ޔުނީފޯރމް ބެގީ ނައްޓުވާލާ ގޮށްތައް ނައްޓުވަމުން މައްޗަށް އަރައިގެންގޮސް ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ.އޭރު ހުރީ އެކެއްޖަހާ ބޮޑުވެފައެވެ.
ކައިލާން ދިޔުމުން ޖަޒްލީ ފާޚާނައިން ނިކުމެގެން ގޮސް އަވަސްވެގަތީ ކޮޓަރި ދޮރު ތަޅު ލުމަށެވެ.ނަމަވެސް ދޮރުހުރީ ތަޅުލާފައެވެ.ކައިލާންގެ ރަނގަޅުކަން ހިތަށް އަރާފައި ޖަޒްލީގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ.ކައިލާން އެވަރަށް އާދޭސްކުރީމަވެސް އެހެން ކަންތައް ކުރެވުނީމަ ޖަޒްލީ ހުރީ އިންތިހާއަށް ދެރަވެފައެވެ.އެފަދަ އޯގާތެރިއަކު، ލޯބިން ލޯބި ދޭނެ ބައިވެރިއަކު އޭނާވެސް ބޭނުމެވެ.ނަމަވެސް މިއީ މިއަދު ހުރި ގޮތެވެ.މަންމައާއި ބައްޕަގެ ކުއްލިމަރާއިއެކު ލިބުނު ޝޮކެއްގައި އޭނާ އެވަނީ އުމުރުން ބާރަ އަހަރުގައި ވާހަކަ ދެއްކުމުން މަޙްރޫމް ވެފައެވެ.އެ ދުވަހަށް ފަހު އޭނާގެ މުޅި ދިރިއުޅުން ބަދަލުވެފައި ވާއިރު ސަކަ މިޒާޖެއްގެ ޖަޒްލީ އެވަނީ މުޅިން މަޑުޖެހިފައެވެ.ވާހަކަ ދެއްކުމަށް ނުކުޅެދިފައިވާއިރު މުސްތަޤުބަލަށްޓަކައި ދެކުނުހާ ހުވަފެންތައް އޮޔާގޮސް ހިތްވެސް ތަޅުލެވިފައެވެ.
އާދުވަހެއްގެ ހެނދުނެވެ.ޖަޒްލީ އަތްމަތި ހަލުވި ކޮށްލައިގެން އުޅެނީ ހެނދުނުގެ ނާޝްތާއަށް އެންމެން ތިރިއަށް އަންނަން ވާއިރަށް ސުފުރާމަތި ތައްޔާރު ކުރުމަށެވެ.ހެނދުނުގެ ސަޔަށް ތައްޔާރު ކޮށްފައި ހުރީ ހަނާކުރިމަހާއި، މަސްހުންޏާއި، ރޮއްޓެވެ.
“ކޮބާ ސައި ތައްޔާރު ވެއްޖެތަ؟ރުހާން އާއި ކައިލާންވެސް އެބަ އާދޭ ސައިބޯން…”ސަކީނާ ހަސަން މަނިކާއި ދެމީހުން އައިސް ކާމޭޒު ދަށުގައި އިން ގޮނޑި ދަމާލަމުން ވާހަކަ ދެއްކިއެވެ.ކައިލާންގެ ނަން އިވިފައި ޖަޒްލީގެ އަތުން ރޮށި ކަހަނބު ދޫނުވީ ހަމަ ކިރިޔާއެވެ.އަވަސް އަވަހަށް ކަހަނބު މޭޒުމަތީގައި ބަހައްޓާފައި އަވަސްކޮށްލާފައި ގޮސް ކައްކާ ބަޔަށް ވަނީ ރޭގަ އެފަދަ ގޮތަކަށް ކައިލާންގެ ހިތުގައި ޖައްސާފައި އެ ސޫރަވެސް ދެކެން އޭނާގެ ހިތަށް ކެތް ނުވާނެތީއެވެ.
ރުހާންގެ ފަހަތުން ކައިލާންވެސް އައިސް ގޮނޑީގައި އިށީނދެ ސައިބޯން ފެށިއެވެ.އަނގައިން އެންމެ ބަހެއްވެސް ބޭރެއް ނުކުރެއެވެ.ރޭގަ އެހާ އުއްމީދާއިއެކު ނެގި ފުރަތަމަ ފިޔަވަޅުން ވެސް ޖަޒްލީ އޭނާ ނާއުއްމީދު ކޮށްލައިފިއެވެ.އޭނައަށް ހީވީ ޖަޒްލީގެ ހިތުގައި އޭނައަށްޓަކައި އެއްވެސް އިޙްސާސެއް ނެތީ ހެންނެވެ.އަދި ޖަޒްލީ ފުރުސަތެއްވެސް ދޭން ބޭނުން ނުވަނީކަމަށެވެ.
“ދަރިފުޅުމެން މިއަދު ހާދަ މަޑުމަޑުން ތިތިބީ…އަނެއްކާ ކަމެއް ވީތަ؟”.ދެދަރިން ކުރެ އެކަކުވެސް ސައިބޯން އައީއްސުރެ އަނގައިންވެސް ނުބުނެ ތިބީމަ ސަކީނާ ބުނެލިއެވެ.ނަމަވެސް ރުޙާން ފެންތަށި ބޯލުމަށްފަހު މިދަނީ މިއަދު ކުޑަކަމެއް އޮތީމައި އަވަހަށް ދާން ޖެހޭތީއޭ ކިޔައި ތެދުވެގެން ހިނގައްޖެއެވެ.ކައިލާން މަޑު ހިނިތުން ވުމަކުން ނިންމާލިއެވެ.
އެންމެން ސައިބޮއިގެން ދިޔުމުން ޖަޒްލީވެސް ކުޑަ މަސްހުނި ކޮޅަކާއި ޖައްސައިގެން ރޮއްޓެއްގެ އެއްފަޅި ކާލިއެވެ.އޭރުވެސް ޖަޒްލީ ނިކުންނާނެ އިރެއްގެ އިންތިޒާރުގަ ކައިލާން ސިޓިިންގ ރޫމް ސޯފާގައި ޓީވީ ބަލަން ކަމަށް ހެދި އޮށޯވެލައިގެން އޮތެވެ.ސަކީނާއަކީ އާއްމު ގޮތެއްގައި ގޭގައި އުޅޭ މީހެއް ނޫނެވެ.މިހާރުވެސްވީ ސައި ބޯލައިގެން ޖަމީލާމެން ގެއަށް ފޮނި އަނގަ ތަޅަން ގޮސްފައެވެ.
“ދަރިފުޅާ މަންމަ އައިސް އަހައިފިއްޔާ ބުނޭ ބައްޕަވީ ގަރާޖަށް ގޮސްފައޭ….”ހަސަން މަނިކު ނިކުމެގެން ދަމުން ސިނގިރޭޓެއް ރޯކޮށްލަމުން ބުނެލިއެވެ.ބައްޕަ ހަމަ ދިޔުމާއިއެކު ކައިލާން ސޯފާއިން ތެދުވެ ޖަޒްލީ ކޮބައިތޯ ބަލައިލިއެވެ.އޭރު ޖަޒްލީ ހުރީ އުނދުން ކައިރި ސާފުކޮށްލަ ކޮށްލައެވެ.
“ޖަޒްލީގެ ހިތުގަ އަހަންނަށްޓަކައި އިޙްސާސެއް ނުވާނަމަ ކީއްވެ އަހަންނާ ކުރިމަތިލާން ބިރުން ތިއުޅެނީ.ޖަޒްލީ އެއްބަސް ނުވިޔަސް އަހަރެން ހިތް ބުނޭ ޖަޒްލީގެ ބެލުމުގައި ތަފާތު ކަމެއް ވެޔޭ…އަސްލު އެއްވެސް ކަމެއްގަ އާދޭސް ކުރުމަކީ އަހަރެންގެ ސިފައެއް ނޫން….އެކަމަކު ޖަޒްލީއާ ދިމާވި ފަހުން ކަންތައްތައް ބަދަލުވާން ފަށައިފި…މިކަމުގައި އަހަރެންގެ އެއްވެސް އިޚްތިޔާރެއް ނެތް….އަހަރެންގެ ކައިވެންޏަކީ އަހަރެންގެ ރުހުމުގަ ހަމަޖެހުނު ކައިވެންޏެއް ނޫން…ޖަޒްލީ އަހަންނާ ކިތަންމެ ދުރަށް ދިޔަޔަސް އަޅާ ކޮންމެ ގޯޅިއެއް ކޮޅުން ލާނީ އަހަންނާ ބައްދަލް ވެގެން….މިއީ އަހަރެން ވާ ވަޢުދެއް….”ލޯބީގައި ދީވާނާ ވެފައިވާ މީހަކު ފަދައިން ކައިލާން ވާހަކަ ދައްކަމުން ދިޔައެވެ.ޖަޒްލީ ހަމަ ހުރި ފިޔަވަޅުމަތީ ފުރަގަސް ދީގެން ގަނޑުވެފައި ހުރީއެވެ.އެންމެ ދެތިން ދުވަހުން ކައިލާން އޭނާދެކެ އެއްވެސް ހައްދެއް ނެތި ލޯބިވާކަން ފައުޅު ކުރުމަކުން އޭނާ ހައިރާނެއް ނުވެއެވެ.އެއީ ޚުދު އޭނާވެސް އެދަނީ ލޯބީގެ އެ އިޙްސާސްތައް ތަޖުރިބާ ކުރަމުންނެވެ.ލޯބިވުމަށް ފަޅި ސިކުންތުވެސް ފުދޭނެއެވެ.ޖަޒްލީ ހުރިތަނުން ގުޑާވެސްލީ ކައިލާންގޮސް ކޮޓަރިއަށް ވަނުމުންނެވެ.
*********
ދުވަސްތައް އެ ގޮތުގައި ފާއިތުވަމުން ދިޔައެވެ.ޖަޒްލީގެ ފަރާތުން ކައިލާންއާއި ދޭތެރޭ އެއްވެސް ޝައުގުވެރިކަމެއް ފައުޅު ނުކުރުމުން ކައިލާންއަށް މަޖުބޫރުވީ ޖަޒްލީ އަމިއްލަ ޙާލަށް ދޫކޮށްލުމަށެވެ.ލޯބީގައި ލިބުނު ނާކާމިޔާބީން ކައިލާންގެ މިޒާޖަށްވެސް ވަނީ ބޮޑެތި ބަދަލު ތަކެއް އައިސްފައެވެ.ގޭގައި ހޭދަކުރާ ވަގުތުތައް މަދުވެފައި މީހާ ހުންނަނީ ފާޑަކަށް ރުންކުރު ވެފައެވެ.ކުރިއާއި ޚިލާފަށް ރިޝްފާއާއި އެކު ތަންތަނަށް ކާން ގޮސް، ދެމީހުން އެކުގައި ހޭދަކުރާ ވަގުތުތައް ގިނަ ކުރިއެވެ.އޭނާގެ ހިތުން ޖަޒްލީ ފޮހެލުމަށްޓަކައެވެ.ކައިވެންޏަށް ދެހަފްތާވަރު ބާކީ އޮތްއިރު އަދިވެސް އެ ހިތުގައި ރަސްކަން ކުރަމުން ދަނީ އެނުލިބުނު ލޯތްބެވެ.ނަމަވެސް ކައިލާންގެ ބަދަލުވެފައިވާ މިޒާޖާއި ރިޝްފާ ނުލާހިކު ގަޔާވެއެވެ.އޭނާއަށް ހީކުރެވިފައި ވަނީ އޭނާގެ ލޯބިން ކައިލާންއަށް އައިސްފައިވާ ބަދަލެއް ކަމަށެވެ.އަނެއްކޮޅުން ކައިލާންގެ ފަރާތުން ލޯތްބަށްޓަކައި ކުރަމުން ދިޔަ އާދޭހަށް ދުވަސް ކޮޅަކަށް ނަމަވެސް އާދަވެފައިވާ ޖަޒްލީގެ ހިތަށް ލިބެމުން ދަނީ ވޭނީ އާހެކެވެ.އަބަދުވެސް އެ ސޫރަ ދުށުމަށް ކެތްމަދު ވެފައި ވެއެވެ.
“ޖަޒްލީ ބަލީތަ؟”.ކާމޭޒު ދަށުގައި ޚިޔާލަކަށް ގެއްލިފައި އިން ޖަޒްލީ ފެނުމުން ރުހާން ސުވާލު ކޮށްލިއެވެ.ޖަޒްލީގެ މޫނުމަތި މިލާލާފައި ވާއިރު ހީވަނީ ދުވަސްގަނޑަކު ބަލިވެ އުޅެފައިވާ މީހެއް ހެންނެވެ.ޖަޒްލީ ގަދަކަމުން ހިނިތުން ވެލާފައި ނޫނެކޭ ބުނާފަަދަ ގޮތަކަށް ބޯ ޖަހާލިއެވެ.އޭނާ ކަމަކާ ވިސްނާ ހިިތާމަ ކުރާކަން އެ ރީތި ދެލޮލުން ހާމަ ވެެއެވެ.ރުހާން ބޭނުންވީ އެކަމެއް އޮޅުން ފިލުވާށެވެ.އެހެންވެ އިތުރަށް ސުވާލުކުރަން ފެށުމުން ޖަޒްލީއަށް ރޮވުނެވެ.އޭނާގެ ބަދު ނަސީބުކަން ހިތަށް އަރާފައެވެ.ކިތަންމެ ބޭނުން ވިޔަސް ކައިލާން ވާހަކަ ރުހާންގާތު ބުނާކަށް ނުކެރޭނެއެވެ.
“އޯކޭ…އޯކޭ…ޕްލީސް ނުރޮއި ހުއްޓާލަބަލަ…..ޖަޒްލީ ބުނަން ބޭނުން ނުވަންޏާ އަޅާ ނުލާ…އެކަމަކު ޖަޒްލީ ތިހެން ރޯތަން ބަލަން އަހަންނަށް ވަރަށް އުނދަގޫ…”ޖަޒްލީ ރޯން ފެށުމުން ރުހާން ހާސްވެގެން ޖަޒްލީގެ ބުރަކަށީގައި ފިރުމާލާފައި ބުންޏެވެ.ޖަޒްލީ ރުއިން ހުއްޓާލާ ހަމަޔަކަށް އެޅުމުން ރުހާންގޮސް ކޮޓަރިއަށް ވަނީ ނިދާލުމަށެވެ.ކޮންމެ ދުވަހަކުވެސް އޮފީހުން އަންނަ ގޮތަށް ނިދާލުމަކީ އޭނާގެ އާދައެކެވެ.އެއްޗިިހި ބަދަލު ކޮށްލައިގެން ސޯޓުބުރިއެއް ލައިގެން އެނދަށް އެރިއިރުވެސް އޭނާއަށް ވިސްނެމުން ދިޔައީ ޖަޒްލީ އާއި ދޭތެރޭގައެވެ.އެ މޫނުމަތީގައިވާ އުދާސްކަން އޭނާގެ ހިތުން ފިލައިގެން ދާގޮތެއް ނުވިއެވެ.ޖަޒްލީއަކީ ގޭ ކައިރީގައި ހުރި ތަރުކާރީ ފިހާރައަށް ފިޔަވާ އިތުރު ތަނަކަށް ދާ ކުއްޖެއް ނޫނެވެ.ވީއިރު ކަމެއް ވިއްޔާ ވެފައިވާނީ ގޭ ތެރެއިންނެވެ.އެންމެ ފަހުން ރުހާންގެ ހިތް އޭނައަށް ވިސްނައިދިނީ މަންމަ ޖަޒްލީ ހިތުގައި ޖެހޭ ކަހަލަ އެއްޗެއް ބުނީ ކަމަށެވެ.
ދަންވަރުގެ ވަގުތެވެ.ޖަޒްލީ އޮތީ ލޮލަށް ނިދި ނައިސްފައެވެ.މިއަދު ރިޝްފާ ރަން ކީ ފަހުން ޖަޒްލީގެ ލޮލުން އެއްގޮތަކަށް ކަރުނަ ނުހިކެއެވެ.ކައިލާން އާއި އެއް ގެއެއްގައި އުޅުނަސް މިހާރު ކައިލާން އެވަނީ އޭނާއާއި ހާސް މޭލު ދުރުގައެވެ.މިހާރު އެ ލޯތްބަށް އެދެވުމަކީވެސް ކުރެވޭ ފާފައަކަށް ނޫނީ ނުވާނެއެވެ.ރިޝްފާ ކައިލާންގެ އަތުގައި ހިފައިލައިގެން ސޯފާގައި ކައިލާންގެ ގައިގައި ޖެހި ފިތިގެން އިން މަންޒަރު މިހާރުވެސް ޖަޒްލީގެ ލޮލަށް ފެންނަމުން ދާ ކަހަލައެވެ.ރަން ކިޔުމުން ޖަޒްލީގެ ހިތަށް އެހާ އަސަރު ކުރާއިރު އަދި ރިޝްފާ ފުރިހަމަ ޝަރަފާއި އެކު އަންބެއްގެ ދަރަޖަ ލިބިގެން އެގެއަށް އަންނަ ދުވަހު އޭނާއަށް ކެތްވާނެ ބާވައެވެ.
ކައިލާންގެ ޚިޔާލުގައި އޮތް ޖަޒްލީއަށް ކުއްލިއަކަށް ސިހިފައި ދޮރާއި ދިމާއަށް ބަލައިލެވުނީ ދޮރުގެ ތަޅު ހުޅުވުނު އަޑަށެވެ.ކުޑަކޮށް ދޮރު ހުޅުވާލާފައި ކޮޓަރި ތެރެއަށް ދެމިގަތް ހަސަން މަނިމު ފެނިފައި ޖަޒްލީގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގަތެވެ.ފުންމައިގެން ތެދުވެ ފާޚާނައަށް ވަނުމަށް ދުއްވައި ގަތެވެ.ނަމަވެސް ހަސަން މަނިކު ހުށިޔާރު ކަމާއިއެކު ޖަޒްލީގެ އަތުގައި ހިފައި ދަމައި ގަތެވެ.ޖަޒްލީއަށް ހަދާނެ ގޮތް ހުސްވެ ރޮވެން ފެށިއެވެ.ހަސަން މަނިކު ވަގު ގޮތަކަށް ޖަޒްލީއަށް ކަޅިއަޅާތާ ކިތަންމެ ދުވަހެކެވެ.އޭނާ އެހުރީ ރަނގަޅު ވަގުތެއްގެ އިންތިޒާރުގައެވެ.ރުޙާންވީ އޮފީސް ދަތުރެއްގައި ޅ.އަތޮޅަށް ގޮސްފައެވެ.އެހެންވެ އޭނާ އެހުރީ ކައިލާން މިރޭ ދަންވަރު ޑިއުޓީއަށް ދިޔައީމަ ފުރުސަތުގެ ބޭނުން ހިފާށެވެ.ސަކީނާއަށް ނޭނގި ޖަޒްލީ ކޮޓަރީގެ ޑަބަލް ތަޅުދަނޑިވެސް އޭނާވަނީ މީގެ ހަފްތާއެއް ކުރިން ހައްދާފައެވެ.ޖަޒްލީ ހަސަން މަނިކުގެ އަތްދަށުން ސަލާމަތް ވުމަށް ގަދަ ހަދަމުން ދިޔައިރު ހަސަންމަނިކުގެ އަތުގެ ހޫނުގަދަ ހަމަލާތަކުން އޭނާގެ މަޑުމަޑު ކޯތާފަތް ރަތްވަމުން ދިޔައެވެ.ދުލުން ބަހެއް ބޭރުކުރުމަށް ނުކުޅެދިފައިވާ އެނިކަމެތި ކުއްޖާގެ ދެލޮލުން ރޮއިރޮއި ކަރުނަވެސް ހުސްވެފައިވާ ކަހަލައެވެ.ހަސަން މަނިކު ނުލަފާ ފާޑަކަށް ހީފައި ހުރެގެން ޖަޒްލީގެ އިސްތަށިގަނޑުގައި ހިފައި އެނދުމައްޗަށް ވައްޓާލިއެވެ.އަދި ވަލު ޖަނަވާރަކު ޝިކާރަކުރާ ފަދައަކުން ޖަޒްލީގެ ގައިމައްޗަށް ޖެހިގަތެވެ.ޖަޒްލީގެ ހަށިގަނޑަށް ވީތަދުން ހިންދިރުވާލެވުނެވެ.ޖަޒްލީއަށް ހިތާއި ހިތުން އެ ނުލަފާ މީހާގެ އަތްދަށުން ސަލާމަތްވުމަށް އެދި ﷲ އަށް ދުޢާ ކުރެވުނެވެ.ހަސަން މަނިކު ބަލާކަށް ނޯވެ ޖަޒްލީގެ ހެދުމުގެ ކަރުގައި ހިފައި ވީދާލިއެވެ.އެވަގުތު ޖަޒްލީ ހަަސަން މަނިކު މޭގައި އަޅައި ކޮއްުޕާލުމަށްފަހު އެނދުން ފައިބައިގެން ދުވެފައި ގޮސް ދޮރު ހުޅުވާފައި އެނބުރިލެވުނީ ކައިލާންގެ ކުރިމައްޗަށެވެ.ޖަޒްލީގެ ހޭވިފައިވާ އިސްތަށިގަނޑާއި، ރަތްވެފައިވާ ކޯތާފަތާއި،ވީދާލާފައިވާ ހެދުން ފެނުމުން ކައިލާންގެ ހިތުގައި ސުވާލުތައް ފުނި ޖެހިގެން ދިޔައެވެ.ޖަޒްލީ ރޮމުން ރޮމުން ކައިލާންގެ ގައިގައި ބައްދައިގަތެވެ.
“ކޮންތާކަށް ފިލަންދެވޭނީ …ޖަޒްލީއަށް އިނގޭނެ ސަކީނާއެއް ކަލޭ ދައްކާވާހަކައެއް ޤަބޫލެއް ނުކުރާނެކަން….އަނެއްކޮޅުން ތީ މަންމަނެއް….ކާކު ކަލެއާ އިންނަން ބޭނުންވާނީވެސް…އެހެންވެ އަހަރެން މިއުޅެނީ ކަލޭ އުފާކޮށްދޭން”.ހަމަ އެވަގުތު ހަަސަން މަނިކު އުނަގަނޑުގައި އަތް ވިއްދާލައިގެން ހުރެ ޖަޒްލީގެ ކޮޓަރި ތެރެއިން ނިކުންނަމުން ބުނެލި ބަސްތަކުން ކައިލާންގެ ލޭ ކެކިގެން ދިޔައެވެ.އަދި އެނާގެ ބާރުގަދަ އަތުތެރޭގެ ހިމާޔަތުގައި ޖަޒްލީ ފޮރުވާލިއެވެ.އޭރުވެސް ޖަޒްލީ ބިރުންގޮސް ރޯމަހެއް ތެޅޭހެން ތެޅެއެވެ.ކައިލާންއަށް ޖަޒްލީ އެހާލުގައި ވާތަން ބަލަން ކެތްވެސް ވަނީކީއެއް ނޫނެވެ.ހަސަން މަނިކަށް ކައިލާން ފެނުމުން ގަތް ލަދުން ދެ ފިޔަވަޅު ފަހަތަށް އަޅައި ލެވުނެވެ.
“ދަ …ދަރިފުޅު ތި ހީކުރަނީ…….”
“އަހަރެން ބޭނުމެއް ނޫން މިވަގުތު ބައްޕައާ އެއްވެސް ވާހަކައެއް ދައްކާކަށް…….އަހަރެންގެ އަތުން ފައިން ގޯހެއް ނުހެދެނީސް އަހަރެންގެ ކުރިމަތިން ދުރަށްދޭ”ހަަސަން މަނިކުގެ ވާހަކަ ފުރިހަމަ ނުވަނީސް ކައިލާން ރުޅިވެރި ކަމާއިއެކު ބުނެލިއެވެ.ފާޑަކަށް އިސްޖަހައިގެން ހުރެ ހަސަންމަނިކު ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ.އޭރުވެސް ޖަޒްލީގެ ރުއިމަކަށް ބަދަލެއް ނާދެއެވެ.އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން ކައިލާންގެ ޔުނީފޯރމް މޭމަތި ތެންމަމުން ދިޔައެވެ.ދެމީހުންނަށްވެސް މިވަގުތު ކޮށްފައިވަނީ ފުން އަސަރެކެވެ.
******ނުނިމޭ*******
ނޯޓް:ހުރިހާ ކިޔުންތެރިންގެ ފަރާތުން މިވާހަކައާއި ދޭތެރޭ ދެކޭގޮތް ކޮމެންޓް ކޮށްލަ ދިނުމަކީ އަޅުގަނޑަށް ވާހަކަ ކުރިއަށް ގެންދިޔުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށް ވާނެ…..
90 Comments!
Comments are closed.
Mi vaahaka vvv reethi?
ThanX dear
vrh reethi mi vaahaka..vrk kiyaa hiy vey..plx avahah up kohdhechey..
ThanX dear. Will try
Vr vr reethi mi partvx
ThanX dear
Vrh nice story eh.
Kiyaahithun indha enimuny.
Kn dhuvas dhuvahu up vany…
ThanX dear.. Can’t promise the date.. Hama liyvey varun kuriah huri baithah genesdheynan in sha Allah.
V reethi mi vaahaka…thi gothuga kuriah dhaathi writer…I love this story
ThanX dear
Story v nice.. keep it up dear
ThanX dear
V salhi mi vaahaka ❤️
ThanX dear
V v reethi
ThanX dear
vr vr salhi. komme dhuvahaku inthizaaru kurevey mi stry ah. plx komme dhuvahaku upp kohdhdhechchey. plxxxxxxxxxxx??
ThanX dear. Happy to know that. In sha Allah hama liyevey varun kuriah huri parts genesdheynan
Story V. reethi
V.v. Interesting ?
ThanX for the support dear.
Vvvvv reethi hassan manik ah kaamiyaab nuvun
ThanX dear
Miadu adhi 1 part fonuvaabala please please please
Happy to know that u like my story that much. ThanX dear. Will try.
V reethi story avahah kiyaalan lebayne kamah heekuran
ThanX dear.. Will try
Wow
ThanQ
vv Reethi.kiyaala hithun indha ea nimunee.Rishfa ah tha kailaan libeynee?alhea jazlee dearanukurachey
Let’s c who will get.. Anyways thanx dear.
varah salhi varah loabi. ehaame reethi.. avahah next part up kolla dheeba.
ThanX dear.. Supporting comments makes my day.. ThanQ
This is One of the best story mihaaru mi site ga liyaa…♥️♥️?????? So in love with this story…????? Thus is my very first comment for your story❣️❣️❣️❣️❣️ Hama reethi kamun Comment eh kollaa hiyy vee..????? Jazlee and Kailaan gulhuvahche…????? Btw Cover pic ga e iny Jazlee dhw..?????? She look really pretty???????? Please unload next episode ASAP…????? Keep shining ✨✨✨✨✨ All the very best ??♥️♥️♥️♥️
Awwwh. Such a lovely comment.. ThanQ dear.. Hama liyevunuhaa avahakah up kohdheynan In sha Allah.
Alheyyyy Plx next part v avahah up Koh dhyba…. Story v nice? this made me cry
Alheyyy. ThanQ dear.. Nw 6th part is there
Alheyyy..this is my favourite??? hayat and murat? love it.. i donno wat to say… im speechless.. beynun vany hama emme avahakah dhn oii bai kiyaalan..???? <3
Awwh.. ThanX 4 the lovely comment dear.
Alhe haadha reethi vaahakayekey hama heevani vaahaka kiyamun dhaairu loamathin manzaru fennahen ahaaves reethi vaahakayehmee. Maasha allah vaahaka liuntheriyaa haadhamolhey. Mifadha vaahakayeh fonuvadheytheeve v v v bodah ufaavey adhi v v v bodah shukuriyyaa. Rish dhekey gothuga mi mujuthamauah v v v v gulhey vaahakayeh meee. Mivaahaka kiyaahithun nuves nidhey dhenvaanee kihineh hithah arani. Ahaaves mivaahaka reethi hama roveyvaruvey ahaaves reethi story yeh mee ammekiyaa hithun indhaa komme faharakuves nimeni. Ahaaves salhi mi story hama habeys ahaaves furihama dhen bunelaani thaks eyyy mifadh story ah genes dhey theeve.
Alheyyy Rish.I’m speechless. What do I say.. Ur comment made me so overwhelmed. I’m feeling so happy that u liked my story that much. I’m writing with the support of my encouraging sweet readers. & no doubt that u r one of them. A big ThanX 4 ur support.. ThanQ dear. ?
Alhe kailaan AA jazlee AA gulhuva dhehcheyyy..plxxxxx
Let’s c dhw. Thanx 4 the comment dear
Wow..I love this story curious to know what happens next..BTW the story rlly matches my life so it’s vry emotional..miadhu adhi 1part genesdhechey pls❤❤❤❤❤
ThanQ dear.. Nw there is up to 6th part
wow can’t waite next part well done noor??? mipart vess v furihama hevany stry theray ulhevayhen ???????v molhu sifa kohdhyfa hurileh out standing??dhekudhin gulhuvahchey like gayn filaagen dhaagothahviyass?????next partah v inthizaaru eba kurevay ly gl tgc??
Awwwwwh.. Thanx 4 liking my stories that much. If I’m not wrong, I remember ur lovely encouraging comments through out my last story “milku kollee hithey “. ThanQ dear.
V reethi mivaahaka n anehvaahakaves
ThanQ dear
Varah reethi mi vaahaka
ThanX dear
A nice story keep going
ThanX dear
Hi noor mivaahaka haadha reechey. Adhi eh part up kohdheeba plsplsplspls.vvvvv kiyaahiyvey
Hello. Happy to know that.. In sha Allah will up one more part tonight. ThanQ dear.
Wat a good news.. alhamdulillaah.. eagerly waitingggg
ThanQ
V reethi vahakaeh.. 5 part kon dhuvahakun up vaani..
ThanQ dear. Mihaaru innaane up to 6th part
Vvv reethi
ThanX dear.
Varah varah reethi ekm maa kuru than kolheh dhigukohliyya varah rangalhu vaane??
Thanx dear. I’m typing from my phone.. So its very difficult to type long… Sorry dear.
Great work…masha allah Vvvvv salhi.stry hama vv prefect.if u can adhi eh part up kohla dhiyy bala tonyt.haha.hassan manik vex dhw.keep it up noor.
waiting 4 nw part.
salaam-?????
Haha.. Asluves dhw.. In sha Allah tonight will up next part. ThanQ dear.
Varah reethi. Hama thigothah kuriah gendhiun edhen jazly ah dheragotheh nuhadhaa.
ThanX for the comment dear.. Let’s c what happens from the upcoming parts
Stry hama habeys… curiously waiting for the nxt part… thnklheh avahah v haa vs dhigu kh nereveythw balahchey…❤❤❤???
ThanX dear.. Will try..
twinkyy ,….vv reeethi ingey mi part ..
☺
Vrh reethi❤❤❤…..hama habeys .. ….. when next part……dhen gennah part dhigu kureveythw balaathi ingey ………
ThanX dear.. Will try.. In sha Allah tonight
Wow?.. Love it❤… Avaha next part up kurahchy…
ThanQ dear.. Nw 5th part is there.
Vrh rythi mi prt
U r n awsme wryr
??❤??
ThanQ dear.. I’m learning with the support of my dearest readers
Vaahaka v v v reethi
ThanQ dear
Story hama v habeys.. alhe NOOR…..mirey mi hingi haadhisaa in jaxleege adu genai nama..dhn she ves baynun vaane dhw
kailaan aa baivaru vaahaka thah dhahkann ves huhnaane kahneynge..ekamakuves stry v salhi..keep goig NOOR
ThanQ dear.. Let’s c what happens next dhw.. ThanX 4 the idea
Gud luck noor
ThanQ
Varah Reethi. ❤❤❤
ThanQ
Masha Allah… Vvv reethi…
ThanQ dear
Noooooooor
aslu vx v reathi ?
ThanQ dear
I love your stories.. sifakurun varah salhi.. and varah faseyha understand vaan.. kiyaalan ves varah faseyha.. WOW.. Maasha Allah!
ThanQ for the lovely comment dear