ދޮންކަމަނަ 1 ‘ޒަރާ ތަސްވީރުހޭ ތޫ، ނިކަލްކޭ ސާމްނޭއާ’ ގެ އަޑުން ގުގުމަމުންދާ ކޮޓަރިތެރޭގައި ދާނިޔާ އޮތީ ސޯޝަލްމީޑިޔާގެ ތެރެއަށްގޮސް ހުސްވެފައެވެ. ޕްރޮފައިލް އަކަށްފަހު ޕްރޮފައިލެއް ހާވާލަ ހާވަލައެވެ. ފޭސްބުކާއި، އިންސްޓަގުރާމާއި، ޓިންޑަރ އާއި، މިއުސިކަލީގެ ދުނިޔެއަށް ގެއްލިފައެވެ. އެއީ ދާނިޔާގެ އާދައެވެ. ދުނިޔެމަތީގައި ދާނިޔާ ކުރަނީ އެންމެ ތިންކަންތަކޭ ބުންނަސް ދޮގަކަށް ނުވާނެއެވެ. އެއީ، ނިދުމާއި، ވަޒިފާއަށް ދިއުމާއި، ސޯޝަލްޑިޔާ ހޭވުމެވެ. ވަޒީފާއިން އައިސް ކޮޓަރިއަށް ވަދެވުމާއެކު ކަމަކަށް އޮންނާނީ އެނދުމަށްޗަށް ވެއްޓިގަނެ އޮވެ ފޯނުން […]
ހަނދު އޭގެ ނޫރު އެއްވެސް ޝަރުތަކާއި ނުލައި ބިމަށް ފޮނުވާލައިފައިވެއެވެ. ހަނދުވަރުގެ އަލިކަމުގައި އެއްވެސް އައިބެއް ނެތެވެ. ހަނދު ވަށައިގެން ވިދާބަބުޅަމުން ދިއަ ތަރިތައް ހަނދުވަރުގެ އަލިކަަމަށް އިތުރު ފަރިކަމެއް ގެނެސްދެމުންދިއެވެ. ކަނޑުގެ ރާޅުތައް މަޑުމަޑުން ތޮޅިލަ ތޮޅިލާ ތިއްބެވެެ. ޖެހެމުން އައި ތެތްފިނި ވައިރޯޅިން ގަސްތައް ނަށަމުންގެންދިއެވެ. އެ ފުރިހަމަ މަންޒަރު އިޙްސާސް ކުރެވޭ ހިސާބުގައި އަޒީލްއާއި އޭނާގެ ލޯބިވެރިޔާ ޝިފްނާ އެމީހުންގެ ލޯބީގެ ދާސްތާއަށް އިތުރު ޞަފްޙާއެއް އިތުރުކޮށްލަަން ތިއްބެވެ. މަޑުމަޑުން އައިސް އެ […]
ކައިލާންއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ.އޭނާއަށް ދުލުން ބަހެއްވެސް ބޭރުކުރަން ނޭނގިފައި ޖަޒްލީއަށް ބަލަހައްޓައިގެން އިނދެވުނީއެވެ.ޖަޒްލީ އަނެއްކާވެސް އަތުގެ އިޝާރާތުން ސައިބޯންއައުމަށް ބުންޏެވެ. ****************** “ދަރިފުޅު ތި ތެދުވީ ދޯ…..ހިނގާ އަވަހަށް ސައިބޯން”.ސަކީނާގެ އަޑަށް ޖަޒްލީއަށް ބިރުން ދެ ފިޔަވަޅު ފަހަތަށް އަޅައިލެވުނެވެ.އަދި އަވަސް އަވަހަށް ކައިލާންއަށް ބަލާލާފައި ކޮޓަރިން ނިކުމެގެން ދިޔައެވެ. “ދަރިފުޅާ…ޖަމިއްތަމެންވެސް ވަރަށް ގަބޫލު ދަރިފުޅާ ރިޝްފާގެ ގުޅުމަށް…މަންމަ މިއައީ އެގޭންނޭ…”.ސަކީނާ ގޮސް ކައިލާންގެ ގާތުގައި އެނދުގައި އިށީންނަމުން ވާހަކަ ދެއްކިއެވެ. […]
ޝިފާޒަކީ ނޫސް ރިޕޯޓުކުރުމުގެ ތަޖުރިބާއާއެކު އަމިއްލަ ނޫހަކާއި މަޖައްލާއެއްގެ އެޑިޓަރެކެވެ. މިއީ އޭނާ ހިތްވަރު އެލުވައިނުލައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. ހަޔާތުގައި ކުރިމަތިވި ހިތްދަތި ދުވަސްތަކަށްވެސް ކެތްކޮށްގެންނެވެ. އާދައިގެމަތިން މިއަދުވެސް ޝިފާޒު އިނީ އޭނާގެ މަސައްކަތް ނިންމާލުމަށްފަހު އެރަށު ބަނދަރުގައި ހުންނަ ހޮޅުއަށީގައި އެވެ. ވައި ޖައްސާލުމުގެ އިތުރުން އޭނާގެ ދިރިއުޅުމާމެދު ވިސްނާލާށެވެ. އޭނާގެ ވީރާނާވެ ޒަޚަމްވެފައިވާ ހިތަށް ކުޑަނަމަވެސް ފިނިކަމެއް ލިބޭތޯއެވެ. އެވަޤުތު އޭނާ ހަނދާނަށް އަންނަނީ އޭނާގެ މާޒީއެވެ. ވިސްނާނުލައި ދިރިއުޅުމުގައި […]
އޭ.ޑީ.ކޭ ހޮސްޕިޓަލުން ނިކުމެގެން އައި މަލްޝާގެ ތުންފަތް މަތީގައިވީ ނުފިލާ ހިނިތުންވުމެކެވެ. އަތުގައި އޮތް ރިޕޯޓަށް އިރުއިރުކޮޅާ ބަލާލައެވެ. އެކަނި ހުރެ ހެމުން ދާތީ މަގުމަތިން ދިޔަ ގިނަ ބަޔަކު ދިޔައީ އޭނާއަށް ބަލަމުންނެވެ. އެއިން އެއްކަމެއްވެސް މަލްޝާ ނުދެނެހުއްޓެވެ. ” ހަލޯ. ގޭގަ އެބައުޅެންތަ. ” ފޯނު ނަގާލަމުން އޭނާ ގުޅާލީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ރަނާއަށެވެ. ” އާން. ކީތްވީ.” ރަނާ ބުނެލިއެވެ. ދާދި ދެންމެ އަކު ނިދާހޭލިކަން އަޑުންވެސް އިނގެއެވެ. ” އެބަދަން […]
ޝައުނާ ޔައިޝްގެ ފަހަތުން ގޮސް ކޮޓަރިއަށް ވަނެވެ. އޭނައަށް އެންމެެ ފުރަތަމަ ވަށާއިގެން ކޮޓަރިއަށް ނަޒަރު ހިންގާލެވުނެވެ. ތަނަވަސް ބޮޑު ކޮޓަރިއެކެވެ. ކޮޓަރީގެ ހަތަރު ފާރުގައި ވަނީ އަޅި ކުލަ ލައިފައެވެ. ކޮޓަރިއަށް ވަންނަ ދޮރާއި ކައިރިން އެއްފަރާތުގައި އަޅި ކުލައިގެ ބޮޑު ސޯފާއެއް ހުރި އިރު ސޯފާގެ ކުރިމަތީގައި ހަތަރެސްކަން ބިއްލޫރި މޭޒެއް ހުއްޓެވެ. ޖެހިގެން ހުރި ބިތުގައި ފަސް ދޮރުފަތް ލީ އަޅި ކުލައިގެ އަލަމާރިއަކާއި ޑްރެސިން ޓޭބަލެއް ވެއެވެ. ކޮޓަރިއަށް ވަންނަ ދޮރުގެ […]
ޒޭންގެ ލޮލުން ވެއްޓުނު ކަރުނަތިކި ލިޔަމުން ދިޔަ ޖުމުލައިގެ މުހިއްމު ބައެއް މަދުކޮށްލި ކަހަލައެވެ. އެރި އައްސީގައި ކަރުދާސްގަނޑު ބޮނޑިކޮށް އެއްލާލީ ކުޑަދޮރުން ބޭރަށެވެ. ދެން އިވެންފެށީ އަޑުން އަޑުނަގައި ރޯންފެށި އަޑެވެ. އަދި “ޝޫރާ” އޭ ކިޔާ ހަޅޭއްލަވައި ގަތެވެ. “އަހަރެން އެކަނި ވެެއްޖެ… ލޯބި އެއީ އަހަރެންގެ ހަތުރަކަށް ވެއްޖެ…” ޒޭން ކިޔަމުން ދިޔައެވެ. “އަހަރެން ދޫކޮށްލީ ކީއްވެ…؟ ކީއްވެ ހިތުގައި ޖެއްސީ…؟ މިވަރުގެ ބޮޑު އަނިޔާއެއް ތިދިނީ ކީއްވެ…؟” ޝަކުވާތަށް އެހެރަ ބަންޑުން […]
” އަފްރާއަށް އަދި އެންމެ ސާދައަހަރުތަ؟” ގަބޫލު ނުކުރެވިގެން އަރްޝާދް އަހާލިއެވެ. އައްޒާމް އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އަރްޝާދްގެ ހިތް މާޔޫސްވިއެވެ. އޭނާއަށް ލޯބިވެވުނީ ކުޑަކުއްޖެއް ދެކެއެވެ. އައްޒާމް އަފްރާއާާ ބެހޭ ގޮތުން ހުރިހާ އެއްޗެށް އަރްޝާދަށް ކިޔާދިނެވެ. ގޮނޑުދޮށުގައި ތިބެ ދެ އެކުވެރިން އެތަކެއް ވާހަކަ ދައްކަމުން ދިޔައެވެ. ދޭތެރެއަކުން އަރްޝާދް މޫދަށް ގާކޮޅެއް އެއްލައެވެ.ފަހެއް ޖެހުމުން ދެއެކުވެރިންވެސް ރަށުގެ އެހެން ތަންތަން ބަލަންދިއުމަށްޓަކައި ވެލިގަނޑު މަތިންތެދުވިއެވެ. ގައިންވެލި ފޮޅާލުމަށްފަހު އެއްގަމާވީ ފަޅިއަށް އެނބުރިލި […]
ސިންކު ކައިރީގައި ރެއަށް ކައްކަން ހަނޑޫ ދޮންނަންހުރި ޖަޒްލީއަށް ސިހިފައި ތެޅިގަނެވުނީ ފަހަތުން އޭނާގެ ބަނޑުގައި ބާރުގަދަ ދެ އަތުން ވަށާލުމުންނެވެ. ************************ ފަހަތަށް އެނބުރި ބަލައިލިއިރު ކުރިމަތީގައި ނުލަފާ ފާޑަކަށް ހިނިއައިސްފައި ހުރި ހަސަންމަނިކު ފެނުމުން ޖަޒްލީގެ އަތްފައި ފިނިވެގެން ދިޔައެވެ.އޭނާ އެގެއަށް އައިސް މިވީ ދޮޅުމަސްދުވަހުގެ ތެރޭގައި ހަސަންމަނިކު ވަގުވަގަށް ޖަޒްލީއަށް ކިތަންމެ ބެލިޔަސް ގައިގައި އަތްލީ މިއީ ފުރަތަމަ ފަހަރެވެ. ގަމީހުގެ ޓައީ ދޫކުރަމުން އެތެރެއަށް ވަދެގެން އައި ރުހާންއަަށް ބައްޕަ ފެނުމުން […]