” އައިޝާ. އައިޝާ. ” ގޭތެރެއަށް ވަދެގެން އައި އަޝްފާގު އަޑުގެ ނެތްތަނަށް އޭނާގެ އަންހެނުންނަށް ގޮވަމުން ދިޔައެވެ. ހީވަނީ އައިޝާ ގެއްލިގެން އުޅޭ ހެންނެވެ. ބަދިގެ ތެރޭގައި އުޅުނު އައިޝާވެސް ދުވެފައި ނިކުމެގެން އައެވެ. ޔޫއާންވެސް ފޯނާ ކުޅެމުން ގެއަށް ވަތް ވަގުތަކީ އެއީއެވެ. ބައްޕަގެ އަޑު ހުރިގޮތުން ކަމެއް ގޯސްވެއްޖެކަން ދެނެގަނެވުނެވެ. ފަތުގައި މީހަކު ހުރިހެން ހީވެގެން އަޝްފާގު ފަހަތް ބަލާލިއެވެ. ޔޫއާން ފެނުމުން އޭނާގެ މޫނުމަތިން ފާޅުވީ ރުޅިވެރިކަމެވެ. ޖެހި ބުދެއްހެން ހުރި […]
އޭ.ޑީ.ކޭ ހޮސްޕިޓަލުން ނިކުމެގެން އައި މަލްޝާގެ ތުންފަތް މަތީގައިވީ ނުފިލާ ހިނިތުންވުމެކެވެ. އަތުގައި އޮތް ރިޕޯޓަށް އިރުއިރުކޮޅާ ބަލާލައެވެ. އެކަނި ހުރެ ހެމުން ދާތީ މަގުމަތިން ދިޔަ ގިނަ ބަޔަކު ދިޔައީ އޭނާއަށް ބަލަމުންނެވެ. އެއިން އެއްކަމެއްވެސް މަލްޝާ ނުދެނެހުއްޓެވެ. ” ހަލޯ. ގޭގަ އެބައުޅެންތަ. ” ފޯނު ނަގާލަމުން އޭނާ ގުޅާލީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ރަނާއަށެވެ. ” އާން. ކީތްވީ.” ރަނާ ބުނެލިއެވެ. ދާދި ދެންމެ އަކު ނިދާހޭލިކަން އަޑުންވެސް އިނގެއެވެ. ” އެބަދަން […]
” އަނބި ގަބޫލުކޮށްފިން…” ގާޒީގެ ސުވާލަށް އަރޫން ފިރިހެންވަންތަ އަޑުން ޖަވާބުދިނުމާއެކު މުޅި މާހައުލުގައި ގުގުމާލީ މެހެމާނުންގެ އަތްތިލަ ބަޑީގެ އަޑެވެ. އަލަތު އަނބިމީހާ މަލްޝާގެ އަތުގައި އޭނާ ހިފާލިއެވެ. މަލްޝާގެ ދޮން ނިއްކުރީގައި އަރޫން ބޮސްދިނީ ލޯތްބާއެކުގައެވެ. މުޅި އުމުރުގައިވެސް އޭނާއަށް ވެވުނު ފުރަތަމަ ލޯތްބަކީއެއީއެވެ. މީގެ ދެމިނެޓު ކުރިން މާލްޝާ އިނީ ލޯބިވެރިޔާގެ މަގާމުގައެވެ. ނަމަވެސް މިހާރު ރަނިކަން ކުރަމުން އެދަނީ ހަލާލު އަނބިމީހާގެ މަގާމުގައެވެ. މުޅި އުމުރަށްވެސް އޭނާގެ މިލްކެކެވެެ. ހަމައެކަނި އަރޫންގެ […]