ދުވަސްތަށް އޭގެ ހަލުވިމިނުގައި ފާތުވަމުން ދިޔައެވެ. ކޮންމެ ދުވަހެއްގެ ސައްވީސް ގަޑިއިރުގެ ތެރޭގައި އެތަށް ބަޔަކު މި ދުނިޔެއާ ޢަލްވަދާޢުކިޔަމުން ދާއިރު މި ދުނިޔެއަށް މަރުހަބާ ކިޔަމުން ދާ ތުއްތު ކުދިންގެ އަދަދުވެސް މަދެއް ނޫނެވެ. ފާއިތުވެގެން ދާ ކޮންމެ ދުވަހަކުންވެސް ޢިބުރަތް ހާސިލްކުރުން ނޫންކަމެއް އަހަރުމެން އިންސާނުންނަކަށް ނުކުރެވޭނެއެވެ. އެއްބަޔެއްގެ ހަޔާތަށް ޙަރީފު މޫސުން އައިސްފައެެވެ. އަނެއް ބަޔެއްގެ ހަޔާތަށް އައިސްފައިވާ ބަހާރު މޫސުމުގެ ފިނި ރޯޅި ތަކުގެ ތެރޭގައި އެބައިމީހުންގެ އުދުހެމުން ދިޔައެވެ. އުފަލުން […]
ޒިވާން އޭނާގެ ތުންފަތް އަޔާނީގެ ތުންފަތާއި ދިމާކޮށްލި ވަގުތު އަޔާނީ މޫނު އަނބުރާލިއެވެ. ވެފައި ހުރި ވަރުބައްޔެއްގެ ސަބަބުން ޒިވާން ރުޅިއަންނަ ގޮތްވިއެވެ. އަޔާނީގެ ކޯތާފަތް މަތީގައި ޖަހާލަމުން އޭނާއާ ވީ ދިމާލަށް އަނބުރާލިއެވެ. ޒިވާންގެ ތުންފަތް އަޔާނީގެ ތުންފަތުގައި ޖެހުނު ވަގުތު ދޮރުގައި ވަރަށް ބާރަށް ބަޔަކު ތަޅައިގަތެވެ. އަޔާނީގެ ގައި މަތީގައި އޮތް ޒިވާން ސިއްސައިގެން ދިޔަދިޔައީނުން އެނދުގެ ކަނާތް ފަރާތަށް ވެއްޓުނެވެ. ބެޑު ޝީޓެއް ނެތް އެނދުމަތީގައި އޮތް އަޔާނީވެސްމެއެވެ. ހައިރާންވެ ދެލޯ […]
ކާރުގެ ތަޅުދަނޑު ފަތި ތަޅުގައި ޖައްސާލި މިކްޔާލަށް އަޔާނީގެ ހަޅޭކުގެ އަޑު އިވުނެވެ. އެ އަޑުއައިހެން ހީވާ ދިމާލަށް އޭނާ ދުއްވައިގަތެވެ. ފެނުނު މަންޒަރުން އޭނާގެ ދެލޯ ބޮޑުވިއެވެ. އަޔާނީ އަރުވައިގެން ކާރު ދުއްވާލަން ފެށުމުން މިކްޔާލަށް ހޭވެރިކަން ވިއެވެ. އެ ކާރު ފަހަތުން ދިއުމަކީ ކުރެވޭނެ ކަމެއް ނޫންކަން އޭނާގެ ޒަމީރު ބުނުމުން ޖީބުގައި އޮތް ފޯނު ނެގިއެވެ. ކެމެރާ ހުޅުވާލަމުން ފްލޭޝް ލައިޓް އަލިކޮށްލުމަށްފަހު މިކްޔާލް ނަގާލީ ފޮޓޯއެކެވެ. ކަޅު ކުަލައިގެ އެ ޕްރައިވެޓު […]
މިކްޔާލް ހުއްޓިލީ ރިސާރވް ޖަހާފައިވާ މޭޒު ނަންބަރު ތިނެއް ކައިރީގައެވެ. އެ މޭޒުގައި މިކްޔާލަށް ފުރަގަސް ދީގެން އިން އަންހެން ކުއްޖާ މިކްޔާލްގެ ލޮލުގައި އަޅައިގަތެވެ. އެ އަންހެން ކުއްޖާގެ މޫނު ބަލާލުމަށްޓަކައި އެ އަންހެން ކުއްޖާއާ ވީ ފަރާތަށް ދިޔައެވެ. މޫނު ފެނުމާއެކު މިކްޔާލްގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ދެބުމަ ގޮށްޖެހުނެވެ. “އެކްސްކިޒުމީ..މީ ރިސާރވްޑް ޓޭބަލް އެއް..އިޓްސް ރިސާރވްޑް ފޯރ މީ..” މޭޒުގައި ޓަކި ޖަހާލަމުން މިކްޔާލް ބުންޏެވެ. އެއާއެކު އަޔާނީ […]
ކީބޯރޑުގައި އިން އެންޓާރ ބަޓަނަށް ފިއްތާލަމުން މިކްޔާލް އޭނާގެ ގޮނޑިއަށް ވެއްޓިގަތެވެ. އޮފީހުގައި މިއަދު ކުރަން އޮތް މައިގަނޑު މަސަތްކަތް ނިމުމުން ހިންދެމިލިއެވެ. ދެލޯ މަރާލިއެވެ. އެއާއެކު އޭނާއަށް ތަސްވީރު ކުރެވުނީ އަޔާނީގެ ރީތި ސޫރައެވެ. އަދި އަލަށްވެސް އެ ހިނިތުންވުން ނުފެނުނު ކަމުގައިވިޔަސް ރުޅިއައިއްސާ ހުންނަ އިރުވެސް ހާދަ ލޯތްބޭ މިކްޔާްލް ހިތަށް އެރިއެވެ. ކިތަންމެ ބޭނުންނުވިޔަސް އަޔާނީ މެދު އޭނާއަށް ހަމަ ވިސްނެނީއެވެ. “ލުކް މިކްޔާލް..ޔޫ އާރ ނޮޓު ގޮއިން ޓު ތިންކް އަބައުޓް […]
މާމެލާމެލީގައި ހުރި ކުދި ކުދި ޝަބްނަމް ތިކި ތަކުގެ ސަބަބުން އެއެއްޗިއްސަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ރެއިން ސުރެއް ވެހެމުން ދިޔަ ވާރޭއަށް ނިމުމެއް އައީ އަދި ކިރިޔާއެވެ. ގަޑިން ހެނދުނު ހަތެއް ޖެހިއިރު ކަޅު ބޯ ވިލާތަކުން އިރުވަނީ ފަރުދާވެފައެވެ. ފަޒާގައި ހިފާފައިވާ ތެތްފިނިކަމަކަށް ބަދަލެއް ނާދެއެވެ. ޖެހިލާ ފިނި ރޯޅި ތަކުގެ ސަބަބުން ގަސްތަށް އެއް ރާގަކަށް ނަށަނީއެވެ. މިނިވަންކަމާއެކު ދިވެހި ދިދަވެސް ދިޔައީ ވިހުރެމުންނެވެ. މުޅި މާލޭ ވަށާ ބުރެއް ޖެހުމަށްފަހު […]