Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުންނަމޭ ލޯބިން 35

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
August 27, 2018 6 Mins Read
60 Comments

ފޯނުގެ ސްކްރީނަށް އަރާފައިވި ޔޫހާންގެ ނަން ފެނުމާއެކު އައިލީންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އައިލީން އަވަސް އަވަހަށް ފޯނު ނަގައި ހަލޯ އޭ ބުނެލިއެވެ. ” ހަލޯ އައިލީ… ފާޚާނާއިގަ ފްރެޝްވެލަން އުޅުނީމަ އޭރު ފޯނު ނުނެގުނީ… ” އައިލީން ހަލޯ އޭ ބުނެލުމުން ޔޫހާން ވާހަކަ ދެއްކިއެވެ. ” އިޓްސް އޯކޭ… ޔޫހާން… ވާހަކައެއް ދައްކަން ބޭނުން… ”އައިލީން ޖެހިލުންވެފައި ހުރެވެސް ބުނެލިއެވެ. ” އައިލީ… ތިވާހަކަ ދައްކާނީ ފަހުން ދޯ… މިރޭ މާ ލަސްވެއްޖެ… ހަމަޖެހިލައިގެން އެ ވާހަކަ ދައްކާނީ… އޯކޭ… ” ޔޫހާން މަޑުމައިތިރިކަމާއެކު ބުނެލިއެވެ. އައިލީން ވެސް އެންމެ ރަނގަޅު ކަމުގައި ބުނެލިއެވެ. ޔޫހާން ވާހަކަ ދައްކަން ބޭނުންވުމުން ވާހާކަ ދައްކަން އޭނަ މަޑުކުރާނެއެވެ. ” އައިލީ… ނައުރީން އެބެއް ޕާޓީއަކަށް އިންވައިޓްކޮށްފަ… ދެ މީހުނަށް އިންވައިޓް ކުރީ… ޕާޓީގެ ތީމްއަކީ ރަތް ކުލަ… ނައު ބުނި ކޮންމެހެންވެސް އަންނައްޗޭ… މާދަމާ ރޭ އެއިޓް ތާޓީއަށް… ސޯ އައި ތިންކް ވީ ހޭވް ޓު ގޯ… ” ޔޫހާން ބުނެލިއެވެ. އައިލީންވެސް ޕާޓީއަށް ދިއުމަށް އެއްބަސްވިއެވެ. ” އައިލީ… އެވާހަކަ ދައްކާނީ މާދަމާ ރޭ ދިމާވެފަ ދޯ… ” ކުޑަ ވަގުތުކޮޅެއްގެ ހިމޭންކަމަށްފަހު ޔޫހާން ބުނެލިއެވެ. ” އޯކޭ… ޔޫހާން ބޭނުން ވަގުތަކުން އެ ވާހަކަ ދައްކާނީ… ” އައިލީން މިފަހަރުވެސް ޔޫހާން ބުނި ގޮތާއި އެއްބަސްވިއެވެ. ” އޯކޭ ގުޑް ނައިޓް… ” ޔޫހާން ފޯނު ކޯލު ކުރުކޮށްލަމުން ބުނެލިއެވެ. އެއާއެކު އައިލީންވެސް ރޭގަނޑުގެ ވަދާޢީ ސަލާމް ކުރުމަށްފަހު ފޯނު ބޭއްވިއެވެ. މާ ގިނަ ވާހަކަތަކެއްް ދެ މީހުންގެ ދެމެދުގައި ނުދެކެވުނު ނަމަވެސް ޔޫހާން މަޑުމައިތިރިކަމާއެކު ވާހަކަ ދެއްކުމުން އައިލީންގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. ޔޫހާން އާއި ވާހަކަ ދައްކައިގެން ހުރިހާ މައްސަލައެއްވެސް ހައްލުކުރަން ހިތުގައި އަޒުމް ކަނޑައަޅަމުން އައިލީން ކޮޓަރިއަށް ގޮސް ނިދަން އޮށޯތެވެ.

ކޮޓަރީގެ ސޯފާގައި އިށީންދެ އިން ޔޫހާން ފުން ނޭވައެއް ބޭރުކޮށްލިއެވެ. އައިލީން ގާތު މަޢާފަށް އެދެން ބޭނުންވިޔަސް އޭނަގެ ދޫ ހަރަކާތެެއް ނުކުރިއެވެ. މާދަމާ ރޭ އައިލީން އާއި އެ ވާހަކަ ދައްކާ މަޢާފަށް އެދުމުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމުގެ އުއްމީދުގައި ޔޫހާންވެސް ސޯފާއިން ތެދުވެގެން ގޮސް އެނދުގައި އޮށޯތެވެ.

އިރުގެ ރަން ދޯދިތަކުން ދުނިޔެ މައްޗަށް އަލިކުރަމުން ދިޔައިރު ބެލްކަނީގައި އެ މަންޒަރު ބަލަން ހުރި އައިލީންގެ ތުންފަތުގައި ވަނީ ރީތި ހިނިތުންވުމެކެވެ. އެ މަންޒަރަކީ ލިޔުންތެރިއެއްގެ ގަލަމަކުން ނުވަތަ ކުރެހުންތެރިއެއްގެ ކުރެހުމަކުން ސިފަކޮށްދެވޭ ވަރަށް ވުރެ މާ ފުރިހަމަ މަންޒަރެކެވެ. އަތުގައި އާވި އަރައަރާ ހުރި ހޫނު ކޮފީ މަގެއް ހުރި އިރު އޭގެން ދުވަމުން ދިޔަ މީރު ވަހުން އެތައި ހުރި މީހެއްގެ ހިތް ފުރޭހާވެއެވެ. އެހެން ހުރިއިރު އައިލީން އިރުއިރުކޮޅުން ޖެހެމުން ދިޔަ ވަޔާއެކު މޫނު މައްޗަށް ވެއްޓޭ އިސްތަށިކޮޅުތައް އަތުގެ އިނގިލިތަކުން އެއްފަރާތްކޮށްލައެވެ. ފައިފަލަ މަސްގަނޑާއި ހަމައަށް އަންނަ ކަނޑު ނޫ ކުލައިގެ އަތް ދިގު ހެދުމަކާއި ކަޅު ކުލައިގެ ޓައިޓް ހަރުވާޅުގައި ހުރި އިރު އައިލީންގެ ދޮން ހަންގަނޑާ ނުހަނު ގުޅެއެވެ. މޫނުގައި އެއްވެސް މޭކަޕެއް ކޮށްފައި ނުވާއިރުވެސް އެ ދޮން އޮމާން މޫނަށް ބަލާ ފޫހިނުވާނެއެވެ. އެ ހިތްގައިމު މާހައުލުގައި ހުރެ ކޮފީ ބޮއެ ނިންމާލުމަށްފަހު އައިލީން ބެލްކަނިން ނިކުމެ ބަދިގެއަށް މިސްރާބުޖެހިއެވެ.

ނިދާފައި އޮތް ޔޫހާންއަށް ހޭލެވުނީ ދޮރުގައި މީހަކު ބާރަށް ޓަކިޖަހަން ފެށުމުންނެވެ. ”ދަރިފުޅާ.. ދެން ތެދުވޭ… ދިހައެއް ޖަހަނީ މިހާރު… މިހާރު ދެން ނިދާ ވަރަކަށް ނިދިފަ ހުންނާނީ… ” ދޮރުގައި ޓަކި ޖަހަމުން ދިޔަ އަފީފާ ދިޔައީ ޔޫހާން އާއި ވާހަކަ ދައްކަމުންނެވެ. ” ހޭލައިފީމޭ މަންމާ… ” އަފީފާއަށް އަޑު އިވޭ ވަރަށް ޔޫހާން ބުނެލިއެވެ. ޔޫހާންްގެ އަޑު އިވުމުން އަވަހަށް ސައިބޯން އައުމަށް އެދި އަފީފާ ކާބަޔަށް ދިއުމަށް މިސްރާބު ޖެހިއެވެ. ޔޫހާން ކަންނެތްކަމާއެކު އެނދުން ތެދުވެ އެނދުގެ ހެޑް ބޯޑުގައި ލެނގިލިއެވެ. ސައިޑް ކަބަޑު މަތީގައި އޮތް އޭނަގެ ފޯނު ނަގައި ބަލާލިއިރު އަައިލީންގެ މެސެޖެއް އައިސްފައި އިންތަން ފެނުމުން ޔޫހާން އެ މެސެޖު ބަލާލިއެވެ. އައިލީންގެ ލޯބިވެތި ބަސްތަކުން ފޮނުވާފައިވި ގުޑް މޯނިން މެސެޖު ކިޔާލިއިރު ޔޫހާންގެ ތުންފަތުގައި ވަނީ ރީތި ހިނިތުންވުމެކެވެ. ޔޫހާން މެސެޖަށް ރިޕްލައި ކޮށްލުމަށްފަހު އެނދުން ތެދުވެ ފާޚާނާއަށް ވަނެވެ. ފެންވަރާ ތާޒާ ވެލައިގެން ނިކުމެ ތައްޔާރުވެގެން ސައިބޯން ތިރިއަށް ފޭބިއިރު އަފީފާ ކާ މޭޒު ކައިރީގައި ޔޫހާންގެ އިންތިޒާރުގައި އިނެވެ.

ބަދިގޭގައި މެންދުރުގެ ކެއުން ތައްޔާރުކުރަން އުޅެފައި ފިހާރައަކަށް ދާން ކުޑަކޮށް ތައްޔާރުވެލަން ކޮޓަރިއަށް ވަން އައިލީން ފުރަތަމަވެސް ގޮސް ފޯނު ނަގައި ބަލާލިއެވެ. އޭނަގެ މެސެޖަށް ޔޫހާން ރިޕްލައިކޮށްފައިވުމުން ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. ރިޕްލައި ކިޔާލުމަށްފަހު ފޯނު އެނދު މަތީގައި ބޭއްވިއެވެ. އަދި އަވަސް އަވަހަށް ކުޑަ ގޮތަކަށް ތައްޔާރުވެލައިގެން ފިހާރައަށް ދާން ނިކުތެވެ.

ހުކުރުން އައިސް ޔައިޝްގެ ކުޑަ އާއިލާ މެންދުރުގެ ކެއުމަށް އިންސާފުކުރަމުން ދިޔައެވެ. ”ދަރިފުޅާ… މިހާރު ދަރިފުޅު ބޭނުންވި ކުއްޖާގެ ފަރާތުން އެދެވޭ ޖަވާބެއް ލިބިއްޖެތަ… ” ޔައިޝްއަށް ބަލައިލަމުން ހަބީބް ސުވާލުކުރިއެވެ. ”ލައްބަ ބައްޕާާ… އަޅުގަނޑު ބޭނުންވި ކުއްޖާގެ ފަރާތުން އަޅުގަނޑު ބޭނުންވާފަދަ ޖަވާބެއް ލިބިއްޖެ… ” ލަދުން އިން ނަމަވެސް ޔައިޝް ހަމަޖެހިލަމުން ބުނެލިއެވެ. އޭރު ޔައިޝްގެ މޫނު މަތިން ފެންނަމުން ދަނީ އިންތިހާއަށް އުފާވެރިކަމެވެ. ” އެއީ ދަރިފުޅު ބޮލުގަ ރިއްސާތީ އޮފީހަށް ނުދިޔަ ދުވަހު ދަރިފުޅު ހޯދަން މިގެއަށް އައި ކުއްޖާ ދޯ… ” ފުޅާ ހިނިތުންވުމެއް ވެރިކުރުވައިގެން އިނދެ ހަފީޒާ އެހެން އަހާލިއެވެ. އެއާއެކު ޔައިޝް ބޯ ޖަހާލިއެވެ. ” މަންމައަށް އޭރުވެސް ހީވިޔޭ އެހެން… މީގެ ކުރިން ދަރިފުޅު ހޯދާކަށް އެއްވެސް އަންހެން ކުއްޖެއް ނާދޭ… އެކަމަކު އެދުވަހު އައިމަ މަންމަ ހިތަށް އެރި އެ އަންހެން ކުއްޖާއަކީ ދަރިފުޅަށް ޚާއްސަ ކުއްޖަކަށް ވާނީ… ކޮން ދުވަހަކުން މަންމަމެނާ ބައްދަލުކުރުވާނީ… ” އުފާވެރި މޫނަކާއެކު ހަފީޒާ ވާހަކަ ދައްކަމުން ދިޔައެވެ. ” ވަރަށް އަވަހަށް މަންމަމެނާ ބައްދަލުކުރުވާނަން… ” ޔައިޝްވެސް ހިނިތުންވެލަމުން ބުނެލިއެވެ. އެފަދަ ވާހަކަ ތަކުގައި ތިބެ ތިން މީހުންވެސް މެންދުރުގެ ކެއުމަށް އިންސާފުކުރަމުން ދިޔައެވެ.

ޕާޓީއަށް ދާން ތައްޔާރުވެގެން ޔޫހާން ކޮޓަރިން ނިކުތެވެ. ” ދަރިފުޅާ އާދޭ ކާން… ” އަވަސް ހިނގުމުގައި ސިޑިން ފައިބައިގެން އައި ޔޫހާން ފެނި ޔާސިރު ކާން އައުމަށް އެދުނެވެ. ” ބައްޕާ.. އަޅުގަނޑު ނުކާނަން މިރޭ… ނައުމެން ގެއަށް ޕާޓީއަކަށް މި ދަނީ… ” ޔޫހާން މިހެން ބުނުމުން ޔާސިރު އެންމެ ރަނގަޅުކަމުގައި ބުނެ ހިނިތުންވެލިއެވެ. ޔޫހާން ގެއިން ނިކުމެ ކާރުގައި އައިލީމެން އުޅޭ އެޕާޓްމެންޓަށް ދިއުމަށް މިސްރާބު ޖެހިއެވެ.

ތައްޔާރުވެގެން ނައުރީން ތިރިއަށް ފޭބިއިރު އެ ތަނަވަސް ސިޓިން ރޫމު ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައެވެ. ރަތް ކުލައިގެ މަލުންނާއި ފޮތިން ވަރަށް ފުރިހަމައަށް އެތަން ޒީނަތްތެރިކުރެވިފައި ވީއިރު އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ ހުދު ކުލައިގެ ބޮކި ފަތިތަކުންނެވެ. ސިޓިން ރޫމުގެ އެއްފަރާތުގައި ހުރި ދިގު މޭޒުގައި އެކި ވައްތަރުގެ ކާތަކެއްޗާއި ބުއިންތައް ހުއްޓެވެ. ”ދަރިފުޅާ… ކަމުދޭތަ ތައްޔާކުރެވުން ގޮތް… ” ނައުރީންގެ ގާތަށް އަންނަމުން ނަސީރު ބުނެލިއެވެ. ” ޔެސް ޑޭޑް… ވަރަށް ވަރަށް ރީތި… ތެންކްޔޫ ސޯ މަޗް… ” ފުޅާ ހިނިތުންވުމަކާއެކު ނައުރީން ބުނެލިއެވެ. ނަސީރު ހިނިތުންވެލަމުން ނައުރީންގެ ބޮލުގައި ފިރުމާލުމަށްފަހު ސިޓިން މައްޗަށް އަރައިގެން އޭނަގެ ކޮޓަރިއަށް ދިޔައެވެ.

” ވާއު… ޔޫ ލުކް ގޯރްޖިއަސް… ” ފޯނަށް ގެއްލިފާއި ހުރި ނައުރީން ސިހުނީ ދާދި ގާތުން އިވުނު ދިނާޖުގެ އަޑަށެވެ. މިރޭ ނައުރީން ފެންނަ ކޮންމެ މީހަކުވެސް އާޝޯޚުވާހާވެއެވެ. އެހާވެސް ރީއްޗެވެ. ރަތް ކުލައިގެ ފައިތިލަ އާއި ހަމައަށް ގަޔަށް ފިޓްކޮށް ފަހާފައިިވި އެ ހެދުން ނައުރީންގެ ދޮން ހަންގަނޑާ ނުހަނު ގުޅެއެވެ. ތަނބި ކައްޓާއި ހަމައިން ފަޅާލާފައިވުމުން ނައުރީންގެ ދޮން ފައި ހާމައަށް ފެނެއެވެ. ކަޅުކަން ގަދަ ރާޅު ބާނި އިސްތަށިގަނޑު ވަނީ އެއްފަރާތުން ކަފިކޮށްލުމަށްފަހު ކަނާތް ފަރާތު ކޮނޑު މަތިން ކުރިމައްޗަށް ގެނެސްފައެވެ. ލައިފައި ވަނީ ޝޯލްޑާ ލެސް ހެދުމެއް ކަމުން އެ ދޮން ކަނދުރާވެސް އޮތީ ހާމައަށް ފެންނާށެވެ. މޫނު މަތީގައިވެސް ވަނީ ވަރަށް ފުރިހަމައަށް މޭކަޕްކޮށްފައެވެ. ކަޅު ކުލައިގެ އައިލައިނާއިން ދެ ލޯ ފަވާލާއިފައިވީ އިރު އެސްފިޔަތަކުގައި ވަނީ މަސްކަރާ އަޅާފައެވެ. ތުންފަތުގައި ގަދަ ރަތްކުލައިގެ ލިޕްސްޓިކް ޖައްސާފައިވުމުން އިތުރަށް ފުރިހަމަ ކޮށްދެއެވެ. ރަތް ކުލައިގެ ހައި ހީލްއަކަށް އަރާފައިވީއިރު ކަންފަތުގައި ވަނީ ހުދު ކުލައިގެ ދިގު އިއަރިންގެކެވެ. ދެއަތުގައި ވަނީ ހުދު ކުލައިގެ ވަރަށް ރީތި ބްރޭސްލެޓެއްވެސް އަޅާފައެވެ. ނައުރީން އިސްއުފުލާލަމުން ބަލާލިއިރު ހިނިތުންވެލައިގެން ދިނާޖު ހުއްޓެވެ. ” އޯހް… އައީތަ… ތޭންކްސް.. ޔޫ ލުކް ހޭންޑްސަމް ޓޫ… ” ނައުރީންވެސް ހިނިތުންވެލަމުން ދިނާޖުއަށް ތައުރީފު ކޮށްލިއެވެ. ” މިރޭގެ ޕްލޭންއަށް ތައްޔާރުތަ… ” ދިނާޖުއަށް ބަލައިލަމުން ނައުރީން އަހާލިއެވެ. ” އައިމް އޯލްވޭސް ރެޑީ… ” ވިހަ ގަދަ ހިނިތުންވުމެއް ވެރިކުރުވަމުން ދިނާޖު ބުނެލިއެވެ. އެއާއެކު ނައުރީންގެ ތުންފަތަށްވެސް އެފަދަ ހިނިތުންވުމެއް ވެރިވިއެވެ.

ޑްރެސިން ޓޭބަލް ކުރިމަތީގައި ރީތިވަމުން ދިޔަ އައިލީންގެ ހަރަކާތެއް ވަރަށްވެސް އަވަހެވެ. އޭނަގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ އެނދުމަތީގައި އޮތް އޭނަގެ ފޯނު ރިންގުވުމުންނެވެ. އަވަސް އަވަހަށް ގޮސް ފޯނަށް ބަލާލިއިރު ގުޅަމުން ދަނީ ޔޫހާންއެވެ. ” ރެޑީ ވެވިއްޖެތަ… މިހިރީ ކާރު ކައިރި މަޑުކޮށްގެން… ” އައިލީން ފޯނު ނެގުމާއެކު ޔޫހާން ބުނެލިއެވެ. ” މި ނިމުނީ ހަމަ… އެބަ ނިކުންނަން ވަރަށް އަވަހަށް… ” އައިލީން ޖަވާބުގައި ބުނެލިއެވެ. އަދި ގަޔަށް ސެންޓު ޖަހާލުމަށްފަހު އަލަމާރީގެ އެންމެ ތިރީ ވަތްގަނޑުން ރަތް ކުލައިގެ ބާޓާއެއް ނަގައި އެއަށް އެރުމަށްފަހު އަވަސް ހިނގުމުގައި ކޮޓަރިން ނިކުތެވެ. އާޝިޔާގެ ގާތު ދަނީ އޭ ބުނުމަށްފަހު ގެއިން ނިކުމެ ލިފްޓަށް އެރިއެވެ.

މަގުމައްޗަށް ނަޒަރު ހުއްޓާލައިގެން ހުރި ޔޫހާންއަށް ފަހަތުގައި މީހަކު ހުރިހެން ހީވުމުން ފަސް އެނބުރުނު އިރު އެހާ ގާތުން އައިލީން ފެނުމުން ޔޫހާންއަށް ކަޅި ޖަހާ ނުލާ ބަލަން ހުރެވުނެވެ. އެހާވެސް އައިލީން މިރޭ ފުރިހަމައެވެ. އަތް ކުރުކޮށް ފަހާފައިވި ރަތް ކުލައިގެ ފައިތިލަ އާއި ހަމައަށް އަންނަ އެ ހެދުމުގައި އައިލީން ހީވަނީ ފޮޅިފައިވި ރަތް ކުލައިގެ ފިނިފެން މަލެއް ހެންނެވެ. ހެދުމުގެ މޭ މަތި ހުދު ކުލައިގެ ކުދި އެސްތަކަކުން ޖަރީކުރެވިފައިވީއިރު މޭ މަތިން ތިރިއަށް ރަތް ކުލައިގެ ބޯ ފޮތީގެ މަތިން ހަމަ އެކުލައިގެ ލޭސްފޮތި ބޭނުންކޮށްފައި ވުމުން ވަރަށް ވެސް ރީއްޗެވެ. ވައަތުގައި ޔޫހާން ދިން ހުދު ކުލައިގެ ރިންގް ޗެއިން ބްރޭސްލެޓް އަޅާފައިވީއިރު ކަނާއަތުގައިވެސް ވަރަށް ރީތި އާދައިގެ ހުދު ކުލައިގެ ބްރޭސްލެޓެއް އަޅާފައިވެއެވެ. ކަންފަތުގައި ހުދު ކުލައިގެ ދިގު އިއަރިންގެއް ހަރުކުރެވިފައިވީއިރު ކަރުގައި ވަރަށް ރީތި ހުދުކުލައިގެ ފަށެއް އޮތެވެ. އައިލީންގެ ކަޅުކަން ގަދަ ފަން އިސްތަށިގަނޑު އެއްފަރާތުން ކަފިކޮށްލުމަށްފަހު އިސްތަށިގަނޑުން ބައެއް ކޮންމެ ފަރާތަކުންވެސް ކޮނޑު މަތިން ގެނެސްފައިވީއިރު ފަހަތަށް ވަނީ އިސްތަށިގަނޑުގެ ބޮޑު ބައެއް ދޫކޮށްލާފައެވެ. މޫނުގައި ފައުންޑޭޝަން ބޭނުންކޮށްފައި ނެތް ނަމަވެސް އައިލީންގެ ދޮން އޮމާން މޫނު ވަރަށް ވެސް ފުރިހަމައެވެ. އެ ފުރިހަމަކަން އިތުރުކޮށްދެނީ ރަތްކުލައިގެ ލިޕްސްޓިކްއިން ފަވާލެވިފައިވި ތުންފަތުގައިވި ރީތި ހިނިތުންވުމުންނެވެ. ދިގު އެސްފިޔަތަކުގައި މަސްކަރާ އަޅާލުމަށްފަހު އައިލައިނާއިން ފަވާލެވިފައިވި އެ ބޮޑު ދެލޮލަށް ބަލަހައްޓާއިގެން ޔޫހާންއަށް ހުރެވުނީ އޭނަގެ އިޚްތިޔާރުން ބޭރުގައެވެ.

އައިލީންއަށްވެސް ޔޫހާންގެ އަޅި ކުލައިގެ އަސަރު ގަދަ ދެލޮލަށް ގެއްލިފައި ހުރެވުނީއެވެ. ހުދު ކުލަ އާއި ރަތް ކުލައިގެ ގޮޅި ޖެހި އަތް ދިގު ގަމީހަކާއި ހުދު ކުލައިގެ ސްކިނީގައި ޔޫހާން ފެންނަލެއް ވަރަށް ސްމާޓެވެ. އާދައިގެ މަތިން ގަމީހުގެ އަތް އޮޅަބޮއްޓާއި ހަމައަށް އޮޅާލާފައިވާއިރު ބޮލުގެ އިސްތަށިގަނޑު ވަނީ ރީތި ގޮތަކަށް ސްޓައިލްކޮށްލާފައެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެފައިވުމުން ދެ ހިތަށްވެސް ދިޔައީ ބުނެދޭން ނޭނގޭ އިހުސާސެއް ކުރެވެމުންނެވެ. އަނގައިން ބަހެއް ނުބުނި ނަމަވެސް ދެ މީހުންވެސް ދިޔައީ ލޮލުން އެތައް ވާހަކައެއް ދައްކަމުންމެވެ. ” ލެޓްސް ގޯ… ” ޔޫހާން އޭނަގެ ނަޒަރު އައިލީންގެ ލޮލުން ވަކިކޮށްލަމުން ކާރާއި ދިމާލަށް މިސްރާބު ޖަހަމުން ބުނެލިއެވެ. ޔޫހާން ކާރުގެ ދޮރު ހުޅުވާލަ ދިނުމުން އައިލީން ގޮސް ކާރަށް އެރިއެވެ. އައިލީން ކާރަށް އެރުމުން ޔޫހާން ޑްރައިވަރު ސީޓަށް އަރައި ކާރު ދުއްވާލިއެވެ. ކާރު ތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. އެ ހަމަހިމޭންކަމުން ދެހިތަށްވެސް ދިޔައީ އުނދަގޫވަމުންނެވެ. ” ޔޫހާން… އައިމް ސޮރީ… އައި ނޯ ޔޫހާން ގާތު ކުރިން ބުނަންޖެހޭނެކަން… އެކަމަކު… އެކަމަކު ޔޫހާންއަށް ރަނގަޅަކަށް ނުބުނީ… އަހަރެން ހުރީ ޔޫހާން މާލެ އައިމަ ބުނަން… އެކަމަކު އެދުވަހު ކަންތައްވީ އެހެން ގޮތަކަށް… ޔޫހާން ހަމަ އުނގޫފަހަރަށް ދިޔަ ދުވަހު ދިނާޖު އުނދަގޫކުރަން ފެށީ… އަހަރެން ބޭނުން ނުވީ ޔޫހާންގެ މަސައްކަތަށް ބުރުއަރާފަދަ އެއްވެސް ކަމެއް ކުރަން… ޔޫހާންގެ ބައްޕަ ވަރަށް އުއްމީދާއެކު އެއްނު މި މަސައްކަތް ހަވާލުކުރީވެސް… އެން މީ ޔޫހާންގެ ފުރަތަމަ ޕްރޮޖެކްޓް… ޔުއާ ވޯކް އީޒް ވެރީ އިމްޕޯޓެންޓް… އެހެންވެ ޔޫހާން އައިމަ އެވާހަކަތައް ދައްކަން ހުރީ… އައި ނޯ ޔޫހާންއަށް ވަރަށް ހާޓްވިކަން… އައިމް ސޮރީ… އައިމް ރިއަލީ ސޮރީ ޔޫހާން… ” ކާރު ތެރެއަށް ވެރިވެފައިވި ހަމަހިމޭންކަން ފޫއަޅުވާލީ އައިލީންގެ އަސަރު ގަދަ ވާހަކަތަކެވެ. ކާރު ދުއްވަން އިން ޔޫހާންއަށްވެސް އެވަގުތު އައިލީންއަށް ބަލާލެވުނެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ހަޔާތުގެ ސޮފުހާތަކުން -1-

Next

އިތުރަށް ހަމަ ލޯތްބޭ ވެވެނީ 5

Next
August 27, 2018

އިތުރަށް ހަމަ ލޯތްބޭ ވެވެނީ 5

Previews
August 27, 2018

ހަޔާތުގެ ސޮފުހާތަކުން -1-

60 Comments!

  1. Ifoo ifoo says:
    August 27, 2018 at 6:46 pm

    Salaam dear readers ❤️❤️❤️???… I’m really sorry dear readers mi part ehaa lahun genesdhevunyma ???… Hope all will forgive me ???… Here is the 35th part ???… Hope all will like this part too ❤️❤️❤️… Thankyou so much dear readers ifoo ah thidhey support ah ❤️❤️❤️????????????…

  2. Maii? says:
    August 27, 2018 at 7:05 pm

    Baeh faharu ehen ves vaane kankamuga buxy vima… n this part is alsoooo amaxinggg…. obiness to the max… keep up the hard work dearr❤❤❤

    1. Maii? says:
      August 27, 2018 at 7:06 pm

      N meee 1st tha

    2. Ifoo ifoo says:
      August 28, 2018 at 11:24 am

      Maii ❤️❤️❤️… Thankyou so much dear ❤️❤️❤️????????????… V ufaavehje ehaa understanding v ma ???… Yahh… Ur first ???… Congrats dear ❤️❤️❤️??????…

  3. Shyma says:
    August 27, 2018 at 7:29 pm

    Reethi ekam thankolheh kuru kanneyge.???

    1. Ifoo ifoo says:
      August 28, 2018 at 11:48 am

      Shyma❤️❤️❤️… Thankyou so much dear ❤️❤️❤️????????????… I’m glad that u like it ???…

  4. curiose says:
    August 27, 2018 at 7:30 pm

    Im 2nd dhw Ifoo salhi mi part ves hama ???
    Its just wow???

    1. Ifoo ifoo says:
      August 28, 2018 at 11:50 am

      Curiose ❤️❤️❤️… Dear u are 3rd this time ???… Thankyou so much dear ❤️❤️❤️????????????… V v v ufaavehje mi part vx reethi v ma ???❤️❤️?…

  5. Reet says:
    August 27, 2018 at 7:32 pm

    Please dhinaje menge reyvun dhen part akun flhaaarvaaba

    1. Ifoo ifoo says:
      August 28, 2018 at 11:53 am

      Let’s see dear ???…

  6. Airah says:
    August 27, 2018 at 7:44 pm

    ifoo dear Next Part thankolhea avaha upkolha deythi plx plx dear.vvv Reethi story

    1. Ifoo ifoo says:
      August 28, 2018 at 12:00 pm

      Airah ❤️❤️❤️… Thankyou so much ❤️❤️❤️????????????… I will try my best to upload the next part on Thursday ???…

  7. maya says:
    August 27, 2018 at 7:46 pm

    mind blowing and im first dhww…haadha inthixaareh kohfymey mi story ah…vvv habeys alhe egeyah dhiumuge kurin aili beey yoon kairi huri haa vaahaka eh..mi faharu naureen menge plan fail kohlaba…knme faharaku emyhun win vanya kada ehnu dhw,,,,,,waiting eagerly for the next part….avahah up kohdhehchey ifoo…

    1. maya says:
      August 27, 2018 at 7:47 pm

      ooops 4th dhw..hehehe

    2. Ifoo ifoo says:
      August 28, 2018 at 12:05 pm

      maya ❤️❤️❤️.. After a long time dhw commenteh mi fenuny ???… So happy to see ur comment ???❤️❤️❤️… Thankyou so much dear ❤️❤️❤️????????????… V v v ufaavehje mi part dear ah reethi v ma ???… Let’s see dhw vaagotheh ???… This time ur 6th dear… Ehen faharakun first hodhaanee dhw ???… Thanks dear ❤️❤️❤️???…

  8. ❤️❤️ says:
    August 27, 2018 at 8:27 pm

    Wow ….it’s amazing ??I love it….bt ??haadha curious v hisaabakunney thi ninmaaly….ahvah up kohdhehchey dear….dhn knirakun up vaany….I need to read it first…bt every time I’m late….

    1. Ifoo ifoo says:
      August 28, 2018 at 12:07 pm

      Hehhe… Thankyou so much dear ❤️❤️❤️????????????… I will try my best to upload the next part on Thursday ???… V v v ufaavehje dear ah mi part kamudhiyaima ??????❤️❤️❤️…

  9. NAJU says:
    August 27, 2018 at 8:50 pm

    Wowwwwww hama speechless ??? keep up the hard work dear ??? Masha Allah vvvvvvvvvv furihama ??? n As usual mi partvx vvvvvvvvv rythi ??? Ur so so so talented ??? and insha Allah u have a bright future in writing stories ??? n this story is super awesome dear ??? n Ur also such a nice person ??? lots n lots of love dear ??? I just love ur story really ??? bye tc ???

    1. Ifoo ifoo says:
      August 28, 2018 at 12:11 pm

      Naju ❤️❤️❤️… U made me speechless ???… V v v ufaavehje comment kiyaalaafa ???… Thankyou so much dear ❤️❤️❤️????????????… I’m glad that u liked my story ???❤️❤️❤️… Btw comment v reethi ingey ❤️❤️❤️… It’s so colourful ???… Thankyou so much dear for the support ❤️❤️❤️?????????… Much loves from me dear and take care ❤️❤️❤️????????????…

  10. Afaa says:
    August 27, 2018 at 10:24 pm

    ❤️????? party therey vaagoiiy kiyan libeyne kamah heekury.❤️?????ifoo Hama afaa mn readers ge heart din din kuruvaey eba?????❤️?????masha Allah ❤️????

    1. Ifoo ifoo says:
      August 28, 2018 at 12:16 pm

      Afaa ❤️❤️❤️… Heheh ???… Baeh faharu vaane ehnu readers ge heart vx din din kohlan ???… Hehe… Thankyou so much dear for the colourful Comment ❤️❤️❤️????????????… Let’s see dhw vaagotheh ???…

  11. Eekko says:
    August 27, 2018 at 10:49 pm

    Maasha Allah salhi.. Luv yur story.. waiting for the next part??

    1. Ifoo ifoo says:
      August 28, 2018 at 12:18 pm

      Eekko ❤️❤️❤️… Thankyou so much dear ❤️❤️❤️????????????… V v v ufaavehje comment kohleema ???…

  12. nathaa says:
    August 28, 2018 at 7:42 am

    Wow… Waittin for da nxt part… Keep it up dear?

    1. Ifoo ifoo says:
      August 28, 2018 at 12:19 pm

      nathaa ❤️❤️❤️… Thankyou so much dear ❤️❤️❤️????????????… V v v ufaavehje comment kohleema ???…

  13. Mal says:
    August 28, 2018 at 1:21 pm

    Salaam ifoo..????v nice ingey mi part ves????and srry lahun reply kurevunyma❤❤❤❤❤next part thankolheh avahah up kohdhehchey????????????????naureen dhn bust kohla…???????lysm ❤❤❤❤❤❤❤❤❤❤❤❤❤❤

    1. Ifoo ifoo says:
      August 28, 2018 at 2:44 pm

      Mal ❤️❤️❤️… I was waiting for your comment ❤️❤️❤️❤️❤️?????… V v v ufaavehje comment kohleema ???… Thankyou so much dear for the colourful Comment ❤️❤️❤️???????????????… Ur comment is so beautiful ❤️❤️❤️?????????… It’s ok ???… Fahunvx comment kohlaifihyaa ok ???… In Sha Allah next part avahah genesdheveythr try kuraanan ???… Let’s see dhw naureen ah vaagotheh ???… Much more loves from me dear ❤️❤️❤️????????????❤️❤️❤️…

  14. Afaa says:
    August 28, 2018 at 6:03 pm

    ❤️?????masha Allah ?????❤️ifooo next part vv kiyaahiyyvey eba???? can’t wait???? emme kiyan beynunvi hisaabun enimuni????afa mn ge heart din din nukohba ifoo????❤️????? keep it up?????❤️lots of love❤️?????

    1. Ifoo ifoo says:
      August 28, 2018 at 9:18 pm

      Heheh ???… Again dear ge colourful loabi comment eh dhw ???❤️❤️❤️???… Thankyou so much dear ❤️❤️❤️???????????????… Let’s see dhw vaagotheh ?????????… Next part ah inthizaaru kohlaa ingey ??????… Lots and lots of love dear ❤️❤️❤️????????????…

  15. Mal says:
    August 28, 2018 at 7:23 pm

    Ifooo next part dhigukohlahchey…????and how are you feeling now???????❤❤❤❤kurin comment kuri iru handhaan nethuny ifoo ge haalu ahaalan…❤❤❤❤???i hope ur okay…insha allah ❤❤❤❤❤❤❤❤

    1. Ifoo ifoo says:
      August 28, 2018 at 9:24 pm

      Mal ❤️❤️❤️???… Alhamdhulillah ifoo mihaaru kuriah vure ragalhu ❤️❤️❤️???… Thankyou so much dear ❤️❤️❤️????????????… Mifaharu vx comment v v v loabi ❤️❤️❤️???… It’s so colourful ??????… I will try my best next part dhigukoh gennan ???… Lots of love dear ❤️❤️❤️????????????❤️❤️❤️…

  16. Shaa says:
    August 28, 2018 at 8:09 pm

    Iss okay ifoo??Story hama vrh loabi…??? hope naureen men ge plan fail vaane kamah.. sorry for the late reply ifoo..????

    1. Ifoo ifoo says:
      August 28, 2018 at 9:30 pm

      Shaa ❤️❤️❤️… It’s ok dear ???… V v v ufaavehje comment kohleema n dear ah story reethi v ma ???❤️❤️❤️… Let’s see dhw naureen menn ge plan ah vaagotheh vx ???… Thankyou so much dear for the colourful Comment n for understanding ❤️❤️❤️????????????… Much loves from me ❤️❤️❤️????????????…

  17. Ainth says:
    August 28, 2018 at 11:35 pm

    Ma sha allah … vaahaka v reeethi …. next part v v kiyaalaahivey … unmeedhu kiran v avaha up kohdheynekamah… baajaveri kaamiyaabee akah edhen ❤❤❤????

    1. Ifoo ifoo says:
      August 29, 2018 at 3:52 pm

      Ainth ❤️❤️❤️… Thankyou so much dear ❤️❤️❤️????????????… V v v ufaavehje story reethi v ma dear ah ???❤️❤️❤️… Next part maadhama up kureveythr mi try kurany ???… Once again thankyou so much dear ❤️❤️❤️??????… Hope to see ur comment more often ???…

  18. Xaaan says:
    August 29, 2018 at 10:10 am

    Ifoo abadhu aileemennah dheravaagothah nahadhaber plx story Masha Allah v reethi

    1. Ifoo ifoo says:
      August 29, 2018 at 3:55 pm

      Heheh ???… Let’s see dhw Xaaan vaagotheh ???… Thankyou so much dear ❤️❤️❤️????????????… So happy to see ur comment n hope to see ur comment more often ❤️❤️❤️????????????…

  19. Mal says:
    August 29, 2018 at 6:21 pm

    Dear knirakun next part up kohlaany???????curiously waiting for the next part….❤❤❤❤❤and ifoo thy male’ kujjeh tha???just asking ingey…?????

    1. Ifoo ifoo says:
      August 29, 2018 at 10:15 pm

      Mal ❤️❤️❤️… Maadhama up kureveythr try kuran eba ???… Thankyou so much dear ❤️❤️❤️????????????❤️❤️❤️… No dear… I’m not from male’ ???… Tomorrow ifoo rashun beyrah dhaan jehey eba so I think reygandu kanneynge story up kurevunas kureveyny… Bt I will try my best to upload the next part as soon as possible ???… Thankyou so much dear for the colourful Comment n for the support ❤️❤️❤️????????????…

  20. Raashy says:
    August 29, 2018 at 10:22 pm

    Dhn v foohi mi vaahaka. Vaahaka liyun huhtaalan feney. I hate this story.

    1. Anonymous says:
      August 30, 2018 at 1:53 pm

      Dhen nukiyabala kiyaahih nuvanyyaa kon mehen vaahaka huttaakah nujehey dho.?

    2. Raashy says:
      August 30, 2018 at 1:57 pm

      Hah. Ma hairaanvey mi story ehaa gina kudhin kiyaathy. I totally don’t like this Story. Writer akah neynge vaahaka liyaakah. Anonymous ah saabas ingey. Miahvure maa reethi vaahaka eba huri mi site ga.

    3. Ifoo ifoo says:
      August 31, 2018 at 1:10 pm

      Raashy… As I told before everyone may not like my story ???… I believe that ???… If you don’t like my story then just don’t read it… Those who like my story they will read it ??? n vaahaka liyun huhtaeh nulaanan In Sha Allah ???…

    4. Ifoo ifoo says:
      August 31, 2018 at 1:11 pm

      Anonymous ❤️❤️❤️… Thankyou dear ❤️❤️❤️????????????…

  21. Zen says:
    August 30, 2018 at 11:34 am

    Aslu thee kiyaahithun bunaa ehcheh

    1. Ifoo ifoo says:
      August 31, 2018 at 1:12 pm

      Heheh… Thankyou Zen ❤️❤️❤️????????????…

  22. Navya says:
    August 30, 2018 at 12:08 pm

    Ifoo dear????i need an advice… Plx help.???aslu miadhu school in dhiny dhathuru dhaa vaahaka eh liyan….so eyge ah feshumeh bunedhyba?????plx

    1. Ifoo ifoo says:
      August 30, 2018 at 12:39 pm

      Dear ❤️❤️❤️… Story feshidhaane dhathuru ai rah sifakohdhemunvx… Or dhathureh dhaan thayaaru vaaa hisaabun vx… Or hama planning fashanikoh… V reethi vaane story ga dhathuru ai rah sifakohdhinyma… Dhn haadhisaa eh create kuran vaane ingey dear… Veehaavx bodah intresting haadhisaaeh create kuraathi ingey… Eyrun salhi vaane… Best of luck dear ???… Dear ah helpful advice eh libun kamah ummeedhukuran ??????❤️❤️❤️???…

  23. Lammi says:
    August 30, 2018 at 1:11 pm

    kbr story ..v unmeedhukuran miadhu kiyaalan libeyne kmh ..

    1. Ifoo ifoo says:
      August 31, 2018 at 1:15 pm

      Lammi ❤️❤️❤️… Now u can read the story dear ???… Reyga up kohfin ???…

  24. ❤️❤️ says:
    August 30, 2018 at 2:32 pm

    Dear…kbr tha stry…vrh inthixaaru kureveyba a kiyaalan…miyadhu up vaane tha….??

    1. Ifoo ifoo says:
      August 31, 2018 at 1:16 pm

      Dear ❤️❤️❤️… Now u can read the story ???❤️❤️❤️???… Reyga up kohfin ❤️❤️❤️??????…

  25. Axeenalily says:
    August 30, 2018 at 2:47 pm

    Thursday naadhey dhowww adhiyeh

    1. Ifoo ifoo says:
      August 31, 2018 at 1:20 pm

      Nooney dear ???… Yesterday was Thursday ???… N reyga 11 haairu story up kurin ???… I uploaded the story before 12 so Thursday ga up kurevunu thaa story ???…

  26. Navya says:
    August 30, 2018 at 6:03 pm

    Thanks for the advice ifoo dear??????lysm??❤❤❤❤❤

    1. Ifoo ifoo says:
      August 31, 2018 at 1:21 pm

      Navya ❤️❤️❤️… Most welcome dear ❤️❤️❤️????????????…

  27. ❤️❤️ says:
    August 30, 2018 at 7:07 pm

    Nuuney axeenalily…miyadhu miyakee Thursday mi weekga…bt Hama ifoo dear Vex bxy vedhaanehnu…stry liyun nuunas kuran jehey kanthah hunnaane ehnu life ga dhw….so Hama bxy v ma nuliyevuny kamah vex vedhaanehnu ehnu dhw…???

    1. Ifoo ifoo says:
      August 31, 2018 at 1:23 pm

      Thankyou so much dear for the support n for understanding ???❤️❤️❤️?????????… I’m so happy to have a reader like you ???❤️❤️❤️?????????…

  28. Azun says:
    August 30, 2018 at 11:00 pm

    Nulibeyne mireyves kiyaaka dhn bunaanee kudhiney im sick sorry kohmes bahanaa eh dhah kaane varah foohi dhn bunaa duvahah up nuvaathee?

    1. Ifoo ifoo says:
      August 31, 2018 at 1:28 pm

      Azun… I uploaded the story before 12 last night… So buni dhuvahu up kurevihje thaa dhw ???… Baeh faharu bunaa dhuvahah up nukureveykan gaboolu kuran… Bali vyma hama bahyey bunaanee n bxy v ma hama bxy ey bunaanee…

Comments are closed.

Next Episodeއިންތިޒާރުގައި ހުންނަމޭ ލޯބިން 36←


All Right Reserved!