Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަކީ 9

Dhonthiii Level 210 Stories100 Comments
August 25, 2018 3 Mins Read
21 Comments

އާދުވަކަށް އިރުއެރީ އެކިމީހުންގެ ހަޔާތުގާ އެކިކުލަޖައްސަމުންނެވެ. ލޯތްބާއި އުފަލުގަ އުޅޭ މީހުންނާއި ހިތަމަޔާއި ވޭނުގައި އުޅޭމީހުންނެވެ. ޝައިރާއަށް ހިތާމަޔާއި ވޭނުގެ ދުވަސް މާޒީވެގޮސްފިއެވެ. ޝައިރާއަށް އެހިތާމަތައްދިން، ޝައިރާގެ ހިތުގައި ރަސްކަންކުރަމުންއައި ރާއިލްގެނަން ދުވަހެއް ދުވަހަކަށްދަނީ ފަނޑުވަމުންނެވެ. ޝައިރާއަށް އެކަން އެނގުމަކާއިވެސްނުލައެވެ. މީހުން ބުނަނީ ތެދެކެވެ. އިންސާނާގެ ހިތަކީ އެނބުރޭ ވަހުތާނެއްކަހަލަ އެއްޗެކެވެ. އެހެންއެކަން ވާކަންވެސް ނަސީބެއްތާއެވެ. އެނޫންނަމަ މިހާރު ޝައިރާގެ ހާލަކީ ކޮބާކަމެއް ހިތަށްވެސް ނުގެނެވޭނެއެވެ. އިންސާނާގެ ހިތްނޭނބުރޭނަމަ އަދިވެސް ޔަގީނުންވެސް ޝައިރާ ހުންނާނީ އެހިތާމަވެރި ދުނިޔޭގާ މޮޔަވާންކައިރިވެފައެވެ. ރާއިލް އެހާވެސް ބޮޑަށް ޝައިރާ ހިތުގާޖައްސާ ދެރަކޮއްލައެވެ. ރާއިލްގެ ކުރިމަތީ ޝައިރާއަކީ އެއްވެސް ގޮތަކަށް މުހިންމު މީހެއްހެނެއް މިހާރަކު ހިޔެއްނުވެއެވެ. ނަމަވެސް ތަޤްދީރުގެ ނިޔާ ނިކަންދެކިބަލާށެވެ. މިއަދު ރާއިލްނޫން މީހަކަށް ޝައިރާ މުހިންމުވެ ޝައިރާގެ ހިތާމަތަކަށް ލުޔެއް ހޯދަދޭން އެބައުޅެއެވެ. އެކަމަކު ޝައިރާ އަދިއެއް އެކަން ގަބޫލުކުރާކަށް ތައްޔާރެއްނޫންކަން ޝައިރާގެ އަމަލުން އެނގެއެވެ. އެއީ އަދިއަދަށް ދާންދެންވެސް ޝައިރާ، އަޔާންއާއި ރީތިކޮށް ވާހަކަ ދައްކާފާނެތީމައެވެ. އަދިވެސް ހާލަތަކީ މިއީއެވެ.

“އަޔާން: ހައި ލަވްލީ.                 ޝައިރާ: ހައި އަގްލީ.              އަޔާން: ހެހެހެހެ ހާދަހާވާ ރުޅިއެކޭ ދޯ ތިއަންނަނީ. ތިހާ ރުޅިއަންނަން އަސްލުގަ އަޔާންގެ ކުށަކީ ކޮބާ؟ ޝައިރާ: ތި ފްލާރޓީ ގޮތްގަނޑުދެކެ ވަރަށްފޫހިވޭ. އަޔާން: އެކަމަކު ހާދަހީނުވޭ. ތިބުނާހާ ފޫހިވާނަމަ ނުދައްކާނެ ދޯ ވާހަކައެއްވެސް. އަދި ކޮންމެފަހަރަކު މިކަހަލަ އެއްޗެއް ބުނާއިރަށް އޮފްވާނެ. އަދި ޝައި އޮންލައިންގާ އިންދާ އަޔާން ހަމަ މެސެޖް ކޮއްލާފަ ސިކުންތެއް ނުވަނިސް ބަލާކަންވެސް އެނގޭ. އެއިންވެސް އެނގެނީ ޝައި އިންނަނީ އިންތިޒާރުގަކަން. ޝައި ހީކުރަނީ އަޔާންއަށް ނޭނގޭ ކަމަށް ތަ؟ އަޔާންއަށް ފާހަގަ ނުވާތީއެއްނޫނޭ އެއްޗެއް ނުބުނެ މިހުރިހާދުވަހު ހުރީކީއެއް. ޝައި އަމިއްލަޔަށް ބުނޭތޯ ދެޓް ޔޫ ލައިކް މީ.        ޝައިރާ: ހައްހައްހާ ވަޓް އަ ޖޯކް. މަ ތިމީހާޔާ ވާހަކަ ދައްކަނީ ފޫހިފިލުވަން. މަ ލައިކްވާނަމަ މިހެން އަޅެ ވާހަކަ ދައްކާނެތަ. ކީޕް ދެޓް އިން ޔޯ މައިންޑް.                       އަޔާން: ފައިން ތިހެންވީއިރު އަޔާން ދެން ނުދައްކާނަންވާހަކައެއް. ޝައި އަމިއްލައަށް އަޔާންގެ ކައިރިއަށް އައިމަނޫނީ. ބައި ބައި.”

ޝައިރާގެ ހިތްއެދިގޮވީ އަޔާންގާތު އެހެންނުހަދާށޭ ބުނުމަށެވެ. ނަމަވެސް ސިކުނޑީގެ ކަނަކުން ހަނދާން ކޮއްދެމުން ދިޔައީ ޝައިރާއަކީ ރާއިލްގެ މީހެއްކަމެވެ. އަދި ދުވަހަކު ފެނިފާނުވާ ނުދަންނަމީހަކަށް ހިތްކިޔުމަކީ ވާނެކަމެއްނޫންކަމަށް ޝައިރާދެކުނެވެ. ޝައިރާ އަޔާންއާއި ވާހަކަދައްކަން ބޭނުންވަނީ ހަމައެކަނި ފޫހިފިލުވާއްކަމަށް އަމިއްލަ ހިތަށް ވިސްނައިދިނެވެ. އެހެންނޫނަސް ރާއިލް ހަމަ ރަނގަޅުވެދާނެއެވެ. ކުއްކުރެވޭނީ އިންސާނުންނަށެވެ. ރާއިލްއަކީ ވެސް އިންސާނެކެވެ. އަދި ރާއިލްގެ ކައިރި ވަކިނުވާންކުރި ވައުދުތަކަކީ ހިތުގެއެންމެ ފުންމިނުން ކުރިވައުދުތަކެކެވެ. މިހުރިހާކަމަކާ އެއްފަހަރާ ވިސްނަންހަދާގެން ޝައިރާގެ ބޯހާސްވާވަރުވެއްޖެއެވެ. ހަދާނެގޮތް ހުސްވެއްޖެއެވެ.

* * * * * *

އަޔާންގެ އިންތިޒާރުގައި ދުވަސްތައް ގުނަމުންދިޔަ ލިވްޔާގެ އިންތިޒާރު ނިމުމުގެ ކޮޅުމަތި ފެންނަންފަށާފިއެވެ. ރައްޓެއްސެއްގެ އެހީއާއިއެކު އަޔާންގެ ނަންބަރ ލިބިއްޖެއެވެ. އެދުވަހު އޮފީސްނިންމާފާ އަވަހަށް ގެޔަށްގޮސް އެންމެ ފުރަތަމަވެސް ގުޅީ އަޔާންއަށެވެ.

ލިވްޔާ: ހަލޯ އަޔާންތަ؟               އަޔާން: ހުމްމްމްމް އެކަމަކު ތީ ކާކުކަމެއް ނޭނގުން. ލިވްޔާ: ހަނދާންވެސް ނެތް ދޯ. މަ ހާދަ އިންތިޒާރެއް ކުރީމޭ އަޔާންއަށް. ތިގޭ ދޮރުމަތިން ފަސް ހަފަހަރު ނުހިނގާ ދުވަހެއް ނުދާނެ ހަމަ އަޔާންފެނޭތޯ. ކޮންތާކަށް ދިޔައީ؟ ކީއްވެ ނަންބަރު ބަދަލުކުރީ؟ ކީއްވެ މަށަށް ތިހެން ތި ހަދަނީ؟ ކޮބާ މަގޭ ކުށަކީ؟                  އަޔާން: ލިވް ދޯ. ސޮރީ ލިވް. ލިވްގެ އެއްވެސް ކުށެއްނެތް. ހުރިހާވެސް މައްސަލައަކީ އަޔާން. އަޔާންއަށް ނުކެރުނީ ލިވް އަށް ނޯ ޖަހަން. އަޔާން ކުޑަކޮއްވެސް ލޯތްބެއްނުވޭ ލިވްދެކެ. އައިމް ސޯސޮރީ. އަޔާންގެ ފިނޑިކަން މީ ހައްތަހާވެސް. އެކަމަކު އަޔާންއަށް ވަރަށް އުނދަގޫ ލޯބިނުވާއިރު އެކުގާއުޅެން. އެހެންވެ ލިވްކައިރި ނުބުނެއައިސް ނަންބަރ ޗޭންޖްކުރީ. އެއީވެސް ލިވް، އަޔާން މަތިން ހަނދާން ނައްތާލާފަ އަލުން ދިރިއުޅުވެއް ފަށާތޯ.”

ލިވްޔާ ފޯނުބޭއްވީ އަޔާންއާއި ދިމާއަށް ހިތަށްއައިހާ ނުބައިއެއްޗެއްކިޔާފައެވެ. އަޔާންއަކީ ހިތްހެޔޮ ކުއްޖެއްކަމުން އަޔާންގެ ހިތަކު ލިވްޔާއަށް އެއްވެސް ބުރަކަމެއްނެތެވެ. އަޔާން އެދެނީ ލިވްޔާދެކެ އަބަދުވެސް ލޯބިވާނެ މީހެއް ލިވްޔާގެ ހަޔާތައްއައުމެވެ.

* * * * * *

ދުވަސްގަނޑަކަށްފަހު އަޔާން އެނބުރި ރަށަށް އައީ ލިވްޔާދެން އަޔާން ނުހޯދާނެކަން ޔަޤީންވުމުންނެވެ. މިހުރިހާ ދުވަހު އަޔާންއުޅުނީ ރިސޯޓެއްގާ ވަޒީފާއަދާކުރާށެވެ. ލިބޭ ޗުއްޓީހޭދަކުރީ މާލޭގައެވެ. އެއީ ރަށަށްއައިސް ލިވްޔާއާއި ދިމާވެދާނެ ބިރަށެވެ. މިފަހަރު ލިބުނު އެއްމަސްދުވަހުގެ ޗުއްޓީގާ އަޔާން ރަށަށްއައި މަޤްސަދަކީ ޝައިރާ ހޯދުމެވެ. ރައްޓެއްސެއްގެ އެހީއާއިއެކު އެނގުނު ގޮތުގައި ރަށުގެ ޖެޓީއާދިމާ ފިހާރަޔަށް ޝައިރާ މިދިޔަ ހަފްތާ އިންފެށިގެން ވަޒީފާއަށްދެއެވެ. މީހުން ފިހާރާގާ ނެތް ވުގުތެއްބަލާ އެފިހާރައަށް އަޔާންދިޔައީ ހަމަލޮލަށް ޝައިރާ ދުށުމަށެވެ. އަދި ޝައިރާއަށް އެއީ އަޔާންކަންވެސް ނޭނގޭނެ ކަން ޔަޤީންވާތީވެ އެއްވެސް ޖެހިލުމެއްވެސްނެތެވެ. މިލޯބި ކުއްޖާ ފޮޓޯގަނޑަކަށްވުރެ ހަމަލޮލައް ބަލާލަން މާހިތްގައިމެވެ. ހީވަނީ ހަމަ ކުޑަކުދިން ކުޅެން ގެންގުޅޭކަހަލަ ބާރބީޑޯލްއެއް ހެނެވެ. އެހާ ސާދާކޮއްއިނަސް މިކުއްޖަހާ ފުރިހަމަ ކުއްޖެއް ނުދެކެމޭ އަޔާންގެ ހިތަށްއެރިއެވެ. ދުވަހަކުވެސް މަގުމަތިން ނޫނީ ފިހާރަޔަކުންވެސް އަންހެންކުއްޖަކާއި ފޮށެފަނުވާ އަޔާން މިއަދު ޝައިރާއާއި އަނގައިން ނުބުނެ އެތަނުންދާކަށް ހިތެއް އެއްބަހެއްނުވިއެވެ.

“ހައި. ހާދަ ރީތި މަންޖެއެކޭމީ. މިރަށު ކުއްޖެއްތަ؟ ކޮންނަމެއް ކިޔަނީ؟ ބިޓެއްހުރޭތަ؟ އަޅެ މަށަށް ސެޓުވާނެނަމަ ދޯ.” ޝައިރާ ފޫހިކަމާއިއެކު ބަލާލަމުން މީއަޅެ ކޮން މޮޔައެއްގޮވާ މީހެކޭ ހިތަށްއެރިއެވެ. އެކަމަކު މިނުދަންނަ މީހާއަށް ބަލާލާފަ މިހެންއުޅެފާނެއޭ މީހަކު ހިތަށްވެސް ނާރާނެއެވެ. އެހާވެސް ސާދާ، މަޑުމައިތިރި ވައްތަރުޖަހައެވެ. އެކަމަކުވެސް މިޒަމާނު މީހުން ބޭރުފުށުން ފެންނަފެނުމާއި އެތެރެއާއި ހާސްތަފާތޭ ޝައިރާގެ ހިތަށްއެރިއެވެ. ޝައިރާގެ ހުންނަ މަޑުމައިތިރި މިޒާޖުން މިނޫނީ އަދި ދުވަހަކުވެސް މަގުމަތިންވިޔަސް އެހެންތާކުންވިޔަސް އެއްވެސް މީހަކު ޝައިރާއާއި ބެހެފަކާނެތެވެ. އެކަމަކުވެސް ޝައިރާއަކީ މަޑުމައިތިރިވިޔަސް ދިމާވާ ކަންތައްތަކާ ކުރިމަތިލާ ކެރޭކުއްޖެއްކަމުން މީހަކު ޝައިރާއާއި ފޮށޭއިރު މަޑުމަޑުން ބަލާކަށް ނީނދެވުނެވެ. “ސަޅި ދޯ. އެކަމް ހަމަތިހެން ބަލަން ހުންނަން ޖެހޭނީ. ނެތް ޝައުގެއް. މަގޭ ތިބޭ ހައެއްކަ ބިޓުން. އެވަރު މަދު ތަ؟” ޝައިރާގެ ޖަވާބުން އަޔާންކައިރިއަށް ހިނިއައި މެސެޖުކުރާއިރުވެސަ ހަމަ އެގޮތަށް ޖަދަލުކުރާތީއެވެ. އެކަމަކު މިނުދަންނަ މީހާގެ އެހުނުން ޝައިރާއަށް މާނަވީ ޝައިރާއަށް ކޮށްލި މަލާމަތެއްގެ ގޮތުގައެވެ. އެކަމުން ޝައިރާ ރަކިވިނަމަވެސް އެކަން ފޮރުވަމުން ޝައިރާވެސް ބޭނުންވީ ބަދަލުގާ މިމީހާވެސް ރަކިކޮއްލާށެވެ. ކައުންޓަރ އިން ނިކުމެގެން ގޮސް ފިހާރާގެ އަލަމާރިން ކޯކުފުޅިއެއް ނަގައިގެން އައިސް އެހުރިގޮތަށް އޮއްސާލީ އަޔާންގެބޮލަށެވެ.

=ނުނިމޭ=

 

Share Article

Follow Me Written By

Dhonthiii

Level 210 Stories100 Comments

Love to read and write. Need everyone's help to improve. Sarangheyoa ???

Other Articles

Previous

ހާސިލް ވުމަށް އެދި ހިތް ރޮޮނީ 3

Next

ފުން އިހުސާސެކޭ 19

Next
August 25, 2018

ފުން އިހުސާސެކޭ 19

Previews
August 25, 2018

ހާސިލް ވުމަށް އެދި ހިތް ރޮޮނީ 3

21 Comments!

  1. naash says:
    August 25, 2018 at 3:59 pm

    vvvv nice… hahahah…. majaa vaaane dhw coke fulhi alhaalaa gady

    1. Dhonthiii says:
      August 25, 2018 at 11:07 pm

      Yeah dhw hehehhe

  2. naash says:
    August 25, 2018 at 4:01 pm

    hahahahahah… haadha majaa vane ey dhw coke fulhi alhaalaa gady….. vvv nice stry maasha allah…

    1. Dhonthiii says:
      August 25, 2018 at 11:20 pm

      Naash ge comment haadha varakah eba huhtey aisa hehehe

    2. Dhonthiii says:
      August 25, 2018 at 11:21 pm

      Ehen neynge bunaakah adi dear. Liyevunhaa avahah kohladheynan ?

  3. Maya says:
    August 25, 2018 at 5:36 pm

    Yey i’m first… Vv habeys mi part.. Keep it up.. Love this story.. ?????

    1. Anonymous says:
      August 25, 2018 at 5:49 pm

      Yey ur first. Thankyou sooo much ????

    2. Dhonthiii says:
      August 25, 2018 at 5:52 pm

      Ooops thats me ingey. Handhaan nethigen log in nuvevi eynee comment kurevifa..

  4. naash says:
    August 25, 2018 at 6:24 pm

    vvv salhi maasha allah… hahahah haadha majaley…. v fakkaavaane dhw dhn 2 myhn ge debate kurn Ayaan ge bolah coke fulhi ossaaliima…

    1. Dhonthiii says:
      August 25, 2018 at 6:48 pm

      Thankyou.. hehehehe

  5. shaaa says:
    August 25, 2018 at 9:22 pm

    Vvvvvvv nice mi story…

    1. Dhonthiii says:
      August 25, 2018 at 11:05 pm

      Thanxs

  6. kam says:
    August 25, 2018 at 11:00 pm

    Wooooow wooooow wooooow very nice

    1. Dhonthiii says:
      August 25, 2018 at 11:07 pm

      Thanxs kam dear

  7. kam says:
    August 25, 2018 at 11:02 pm

    Den konirakun vaahaka upkohladheyny

  8. kookie says:
    August 26, 2018 at 1:44 pm

    o my, haadha majaa kamekey dhw mi v. coke fulhi viyya e alhaaly gayah. kn irakun next part..?? mi bai varah varah varah varah reeeeeeeeeeethiii.:-D

    1. Dhonthiii says:
      August 28, 2018 at 12:08 pm

      Thankyou. Dhen in prat nuliyevuny varah buxy koh ulhunyma. Mihaaru fashaafin liyan. Maadhan or aneh dhuvahun up kohladheynan ??

  9. ??? says:
    August 26, 2018 at 7:56 pm

    Vvvv reethi??Mivaahaka nerenii konn dhuvass thakehga tha?

    1. Dhonthiii says:
      August 28, 2018 at 12:10 pm

      Thankyou ?? Ehen vaki dhuvahehga eh nun. Hama liyeveyhaa avahah up kohladheny ???

  10. ??? says:
    August 28, 2018 at 8:40 pm

    Dhuvass kanda alhann feney erunn nehnunn igeyniiii edhuvahakah innthizaar kurannn ….hiyaaleh ?????vaahaka vv reethi

  11. Dhonthiii says:
    August 30, 2018 at 10:23 am

    Hi readers dhonthiii vaahaka submit kohlaafin hama 28 gah. Ehdhuvahu iru ohseyiru. Adhives hama pending ga ihnany.

Comments are closed.


All Right Reserved!