ލޯތްބަކީ ކޮބައިކަން އަހަރެންނައް ވަރައްރަގަޅައް އިނގެއެވެ. ލޯބީގެ ފޮނިމީރުކަން އަރުތެރޭ ނުލިއެއްކަމަކު ލޯބީގެ ފޮނިކަމާ ލޯބީގެ މުހިންމުކަން އަހަރެންނައް އިހުސާސް ކުރެވެއެވެ. އަހަރެންމީ ބަދުނަސީބު މީހެކޭ ބުނާކައް އަހަރެން ބޭނުމެއްނޫނެވެ. ނަމަވެސް އަހަރެންގެ ބާރު ބޮޑުވެފަވާ ސިކުނޑިޔާ ޒަހަމުވެފަވާ ހިތް ބުނަމުންދަނީ އަހަރެންގެ ބަދުނަސީބު ކަމުގެވާހަކައެވެ. ގަބޫލުކުރަން ބޭނުންނޫނަސް އަހަރެންމީ ބަދުނަސީބު މީހެއްކަމައް އަހަރެންގެ ނަފުސުގަބޫލު ކުރެވޭފަހަރު އާދެއެވެ. ސަބަބެއް ނެތިއެއްނޫނެވެ. ދަރިންނައް އެންމެ މުހިންމުވާނީ މައިންބަފައިންގެ ލޯތްބާ އަޅާލުމެވެ.ފިރިހެންދަރިޔެއްނަމަ ބައްޕަގެ އެހީޔާ މަދަދެވެ. އަންހެން ކުއްޖެއްނަމަ […]