ދުޢާ
ހުދުކުލައިގެ ގަމީހަކާއި ކަނޑު ނޫކުލައިގެ ފަޓުލޫނާއެކު ބެގީކުރުމަށްފަހު ކަޅުކުލައިގެ ދަބަހެއް ކޮނޑުގައި އަޅުވާލައިގެން ފިރިހެންވަންތަ ހިނގުމެއްގައި ޒުވާން ފިރިހެން ކުއްޖަކު ޕޭވްމަންޓަ މަތިން ހިނގާލައިފައި ދިޔައެވެ. ގަމީހުގެ އަތުކުރީ ގޮށް އަޅުވާލައިފައި ވާއިރު އަޅާފައިވައި ޓައީއާއި އެކު ފަށްބޯ ކަޅު އިސްތަށިގަނޑު އެއްފަރާތަކަށް ފުނާ އަޅާލައިފައި ވުމުން ޒުވާނާ އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ. އިސްތަށިގަނޑުގެ ފަން ކަމުން ބައެއް އިސްތަށިތައް އޭނާގެ ނިތްމައްޗަށްވެސް ވެރިފައި ހުއްޓެވެ. ބަލައިލައިފި ކޮންމެ އަންހެން ކުއްޖެއްގެ ހިތް ކަތިލާފަދަ ރީތިކަމެއް ޒުވާނާއަށް ލިބިގެންވެއެވެ. ކަޅުކަންގަދަ ދެބުމައެވެ. ދޮން ހަންގަނޑަކާއި އެކު މަޑު ފިޔާތޮށި ކުލައިގެ ތުންފަތެކެވެ. ޒުވާނާގެ ރީތިކަމަށް ތައުރީފް ނުކޮށް ދޫކޮށްލައިފައި އެކެކަށްވެސް ނުދެވޭނެކަން ގައިމެވެ. އޭނާ ހިނގާލައިފައި އައި އިރުވެސް ބައެއް މީހުންގެ ލޯތައް އޭނާއާއި އަމާޒުވަމުން ދިޔުން އެކަމުގެ ހެތްކަކަށް ފުދޭނެއެވެ. ނަމަވެސް އޭނާގެ ސަމާލުކަމެއް އެއިން އެކަކަށްވެސް ނުލިބުނެވެ.
ފިރިހެންވަންތަ ހިނގުމެއްގައި ހިނގާލައިފައި ދިޔަ ފިރިހެން ކުއްޖާގެ ހިނގުން އާދައިގެ ވަރަށްވުރެ ބާރެވެ. އޭނާ ހީވަނީ ގެއަށް ނުދެވިގެން ލަސްވެގެން އުޅޭހެންނެވެ. އެންމެ ބާރަށް ނުދިޔަ ނަމަވެސް އޭނާ ދިޔައީ އާނމުކޮށް މަގުމަތިން ދާ މީހުންނަށްވުރެ ބާރަށެވެ. ޒުވާނާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވީ މަޑު ނޫކުލައިގެ ދޮރޯއްޓެއް ލައިފައިހުރި ގެއެއް ކުރިމައްޗަށް ހުއްޓިލެވުމުންނެވެ. ހިމަ ގޯޅިއެއް ތެރޭގައި ހުރި އެގޭ މާލޭގެ އެހެން ގޭގެއާއި ވަރަށްވެސް ތަފާތެވެ. އާދައިގެ ކުޑަ ގެއެކެވެ. ދޮރާށި ހުޅުވާލުމަށްފަހު ފިރިހެން ކުއްޖާ ފުޅާ ހިނިތުންވުމެއްގައި ހުރެ ގޭތެރެއަށް ވަނެވެ.
ގޭގެ ގޯތި ތެރެއަށް ވަނީ ކަށިވެލި ލައިފައެވެ. އާދައިގެ ހަނި ގޯޅި ތެރޭގައި ދެފަރާތުގައި ބަގީޗާ ގަސް ހައްދާފައި ހުއްޓެވެ. ކުރިމަތީގައި އުނދޯއްޔެއް ބަހައްޓައިފައި ހުރި އިރު އެއްފަރާތުގައި ހުރި ދޮރުން ވަދެވެން ގޭގެ އެތެރެއަށެވެ. މަޑު ފިޔަވަޅުތަކެއްގައި ގޮސް އެ ފިރިހެން ކުއްޖާ އޭނާގެ ބޫޓު ބޭލުމަށްފަހު ގޭތެރޭގައި ބަހައްޓާފައި ހުރި ފައިވާން ހަރުގަނޑަށް ލިއެވެ. އެޔަށްފަހު ހިންޏަކަށްވެސް ނޭނގޭނެހާ ސިއްރުން އެތެރެއަށް ވަދެގެން ގޮސް ގޭގެ އަނެއްފަރާތަށް ނިކުތެވެ. އެއިރު އެތާ ހުރި ބަދިގޭގައި ކޮންމެވެސް މީހަކު އުޅޭ އަޑު އިވެމުން ދެއެވެ.
ތަޅުން އަޅާފައި ހުރި ބަދިގެތެރެއަށް ފިރިހެން ކުއްޖާ ވަތް އިރު އޭނާއަށް ފުރަގަސް ދީގެން ތަށި ތެލިތައް ދޮންނަން ސިންކު ކައިރީ އަންހެނަކު ހުއްޓެވެ. އާދައިގެ ކަޅުކުލައިގެ ކަން ބުގަލެއް އަޅައިފައި ވާއިރު ލައިގެން ހުރީ ދެމޭފޮތީގެ ޕާކިސްތާނު ހެދުމެކެވެ. ތިރިން ލައިގެން ހުރި ހަރުވާޅު ހުރީ ކޮންމެވެސް ވަރަކަށް ފައިކުރި މައްޗަށް ކަހާލައިފައެވެ. އެހެން ކަމުން އޭނާގެ ދޮން ކަށީމަތިން ބައެއް އޮތީ ހާމައަށެވެ. ގޭގައި އަރާކަހަލަ ފެންފައިވާނަކަށް އަރައިގެން ހުރި އިރު އޭނާގެ އަނގައިން ރާގެއް ލައްވަމުން ދިޔައެވެ.
ފިރިހެން ކުއްޖާ ނިކަން ސަމާލުވެ ހުރެ މަޑުމަޑުން ފިޔަވަޅު އަޅަމުން ގޮސް އަންހެން މިހާ ފުރަގަހުގައި ހުއްޓިލިއެވެ. “ޕޮއް..” ފިރިހެން ކުއްޖާ އަންހެން މީހާ ފަހަތުގައި ހުރެ ބާރަށް ބުނެލި ތަނުން އޭނާ ސިއްސައިގެން ދިޔަ ގޮތަށް ގޮސް ކުއްލިޔަކަށް ފަހަތަށް އެބުރުނު ގަޑީގައި އަތުގައި އޮތް ތެލިވެސް ވިއްސައިގެން ގޮސް ޖެހުނީ ތަޅުންގަނޑުމަތީ ތަންކޮޅެއް ދުރުގައެވެ. “ޕިސް ޕިސް.. ދަރިފުޅާ ދާނިޔަލް ކީއްތަ ތިކުރީ؟ މަންމަ ކިރިޔައޭ ބިރުން ހަލާކު ނުވީ..” މޭގައި އަތް އަޅާލައިގެން ހުރެ ދާނިޔަލްގެ މަންމަ އާލިމާ ބުނެލިއެވެ. ދާނިޔަލް އަކީ އާލިމާ އާއި އޭނަގެ ފިރިމީހާ އަދީލްގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެގޭގައި ދިރިއުޅެނީވެސް ހަމައެކަނި އެ ދެމައިންނެވެ.
“މަންމައަށް ސަޕްރައިޒް އެއް ދިނީނު..” ދާނިޔަލް ހެމުން ހެމުން ބުނެލިއެވެ. އެވަގުތު އާލިމާ ދާނިޔަލްގެ ކަންފަތުގައި ހިފާލިއެވެ. ނަމަވެސް ރުޅިއައިސްގެންނެނެއް ނޫނެވެ. ލޯބިންނެވެ. “އައުޗް މަންމީ.. އައްދޯ ވޭ..” ދާނިޔަލް ކުޑައިރު ބުނާގޮތަށް ނިކަން ޅަވެލައިފައި ބުނެލިއެވެ. އޭނާގެ އެ ޢަމަލުން އާލިމާ ގާތަށް ހިނި އައެވެ. ދާނިޔަލްގެ އަތުގައި ޖަހާލީ އަބަދުވެސް ދާނިޔަލް އެފަދަ ސަމާސާ ކުރާތިއެވެ. “ދަރިފުޅު ޓެސްޓް ކިހިނެއް ވަނީ؟ ފަސޭހަތަ؟ ރަނގަޅަށް ވިސްނައިގެންތަ ހެދީ؟” އިރުކޮޅެއް ވާންދެން ހިނިއައިސް ހުރުމަށްފަހު ކުއްލިޔަކަށް ކަމެއް ހަނދާންވީ ފަދައިން އާލިމާ ދާނިޔަލްއާއި ސުވާލު ކުރަން ފެށިއެވެ.
“ޕިސް ޕިސް.. ހާސްނުވެބަލަ މަންމާ.. އަލްޙަމްދުލިއްލާހް! ވަރަށް ފަސޭހަ ޓެސްޓް.. ހުރިހާ ސުވާލަކަށް ޖަވާބުދިނިން.. ޕޭޕަރ ނިންމާލިން ބައި ގަޑިއިރު ކުރިން.. ފޫހިވެގެން ގޮސް ކިރިޔާ ހަލާކުނުވީ.. ހަމަ ކިރިޔާ ނިދިގެންގޮސް ނުވެއްޓުނީވެސް..” އާލިމާގެ ކޮނޑަށް އަތްވައްޓާލަމުން ދާނިޔަލް ބުނެލިއެވެ. އެހިނދު އާލިމާގެ މޫނުމައްޗަށް އުފާވެރިކަން ވެރިވީ އޭނާގެ އުމުރުން ސަތާރަ އަހަރުގެ ދަރިފުޅުގެ މޫނުމަތީގައިވީ ހިނިތުންވުމުންނެވެ. އެދަރިފުޅު އުފަލުގަ ހުރިއްޔާ އޭނާވެސް ހުންނާނީ އުފަލުގައެވެ.
“އެހާ ކުރިން ނިންމި ގޮތަށް އަނެއްކާ ޕޭޕަފ ރަނގަޅަށް ޗެކު ކުރިންތަ؟ ދަރިފުޅު ކުޑައިރުވެސް ވަރަށް ފަސޭހައޭ ހުރިހާ ތަނެއް ހަމަ ރަނގަޅަށް ހެދީމޭ މިވެނި ވަރަކަށް މިނެޓު ކުރިން ނިންމީމޭ ބުނެފަ ގެއަށް އަންނާނީ… އެކަމަކު ޕޭޕަރު އަތަށް ލިބޭއިރު އޮންނާނީ ބައެއް ފަހަރަށް އެންމެ ފަސޭހަ ސުވާލު ނުބައި ކޮށްލާފަ..” އާލިމާ ހިނި އަންނަމުން ބުނެލިއެވެ. ދާނިޔަލް އާލިމާގެ ކޮލުގައި ހިފާލައިފައި މިފަހަރު އިރާދަކުރެއްވިއްޔާ އެހެންނެއް ނުޥާނޭ ބުނެލިއެވެ. އޭނާ އޭނާގެ މަންމަދެކެ ލޯބި ވަނީ އިންތިހާއަށެވެ. އާލިމާ އާއި މިނެޓެއް ވަންދެންވެސް ދުރުގައި ހުންނަން ދާނިޔަލް އަށް ވަނީ ބޮޑު ވޭނަކަށެވެ.
ދާނިޔަލް އަކީ ކުޑައިރުއްސުރެވެސް ކޮންމެ ފަހަރަކު ކުލާހުން އެއްވަނަ ގެންނަ ކުއްޖެއް ކަމުން އޭނާ އައީ ލޯބިވާ މަންމަ ދެކެމުން އައި ހުވަފެންތައް ޙަޤީގަތަކަށް ހެދުމަށް ގަދައަޅާ މަސައްކަތް ކުރަމުންނެވެ. މިއަދު އޭނާ އެއައީ ވަޒީފާގެ މާހައުލަށް ނިކުތުމުގެ ކުރިން އޭނާ ސްކޫލު ދައިރުގައި ކިޔަވާނެ އެންމެ ފަހު އަހަރުގެ އެންމެ ފަހު ޓެސްޓު ނިންމާފައެވެ. މަތީ ސާނަވީ ޓެސްޓުތައް ނިންމައިފައެވެ. ދާނިޔަލްގެ ހިތުގައި ޓެސްޓު ހެދި އިރުވެސް އެއްވެސް ހާސްކަމެއް ނުވީ އޭނާ ދިޔައީ ބަރާބަރަށް ފޮތްކިޔާ ދަސްކޮށްގެން ކަމުންނެވެ.
“ދެން ދޭ އަވަހަށް ތާޒާވެލައިގެން މިސްކިތަށް.. މެންދުރު ނަމާދަށް ބަންގި ގޮވައިފި.. މަންމަވެސް މިދަނީ ނަމާދުކުރަން.. ދާން ނަމާދުން އައިސް ދޯ ކާނީ..” ދާނިޔަލް ގާތު ދެތިން ބަހެއް ބުނެލުމަށްފަހު އާލިމާ ގޭތެރެއަށް ވަދެގެން ދިޔައެވެ. ފަހަތުން ދާނިޔަލްވެސް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ކުޑަ ކޮޓަރިއެކެވެ. އާދައިގެ ސިންގަލް އެނދެއް ބަހައްޓާފައި ވީ އިރު އެއްފަރާތުގައި އާދައިގެ ކުޑަ އަލަމާރިއެއް ބަހައްޓަފައި ހުއްޓެވެ.
އަލަމާރިއާއި އިންވެގެން ކިޔަވާ މޭޒެއް ބަހައްޓަފައި ހުއްތެވެ. އެ މޭޒުމަތީގައި ދާނިޔަލް ކިޔަވަން ބޭނުންކުރާ ބައެއް ސާމާނުތައް ބަހައްޓައިފައި ހުއްތެވެ. އަގުބޮޑު ފަރުނީޗަރުތައް ނެތް ނަމަވެސް ދާނިޔަލްއަށް އެކޮޓަރި ވަރަށްވެސް ހިތްގައިމެވެ. ފާރުގައި ސިމެންތި ޖެހުމަށްފަހު އޮމާންކުރި ގޮތަށް ބަހައްޓާފައި ހުރީއެވެ. ހުދުކުލައިގެ ކުދި މުށިތަކެއް އެކޮޓަރީގެ ބިންމަތީގައި ޖަހައިފައި ހުރި އިރު ދެ ކުޑަދޮރު އެއް ބިތުގައި ހުއްތެވެ. އެ ދެދޮރު ފޮރުވާލުމަށްޓަކައި ލައިފައި ހުރީ ތުނި ދޮރުފޮއްޗެކެވެ.
ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު މުށިތައް މަތިން ހިނގާލައިފައި ގޮސް ދާމިޔަލް އޭނާގެ ކޮނޑުގައި އޮތް ދަބަސް ކިޔަވާ މޭޒުކައިރީގައި ބަހައްޓާފައި އިން ގޮނޑީގައި ބައިންދާލިއެވެ. އެއަށްފަހު އައިސް އެނދުގައި އިށީނދެލުމަށްފަހު އަރައިގެން ހުރި އިސްޓާކީނު ބާލައިފައި އެ ބާއްވަން ހަމަޖެހިފައި އޮތް ޖާގައިގައި ބާއްވާލިއެވެ. ދެން އެންމެ ސިކުންތެއްވެސް ލަސްނުކޮށް އޭނާ މިސްރާބު ޖެހީ ފެންވަރަން ދިޔުމަށެވެ.
***
“ދަރިފުޅާ.. ނިދަން އޮންނަންޏާ އެއްޗެހި ބަދަލުކޮށްގެން އޮވޭ..” ބޮޑު ތަނަވަސްކޮޓަރިއެކެވެ. ހަތަރު ފާރުގައި މަޑު ވައިލެޓު ކުލައެއް ލާފައި ވާއިރު ފަރުނީޗަރު ތައްވެސް ހުރީ އެޔާއި ގުޅޭ ގޮތުން ހުދުކުލައިގައެވެ. ބޮޑު އަލަމާރިއެއް އެއް ބިތުގައި ބަހައްޓާފައި ހުރި އިރު އެ އަލާމާރި ކައިރީގައި ދެ ސޯފާ ބަހައްޓާފައި ހުއްޓެވެ. އެ ދެ ސޯފާގެ ކުރިމަތީގައި ބިއްލޫރި ވަށް މޭޒެއް ބަހައްޓާލައިފައި ވުމުން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.
ކޮޓަރީގެ ދިގު ކުޑަދޮތުތައް ކަހާލެވޭ ގޮތަށް ހަދާފައި ހުރި އިރު އެތަނުން ބެލްކަންޏަށް ނިކުމެވެއެވެ. ހުދުކުލައިގެ ދޮރުފޮތިތައް ލައިފައިވުމުން އިތުރަށް ނަލަ ކަމަށް ދައްކައެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނީ އަންހެނެކެވެ. ކަށިމައްޗާ ހަމައަށް އަރާ ހެދުމުގައި ހުރި އިރު ތިރިން ލައިފައި ހުރީ ގޭގައި ލާކަހަލަ ދޫ ހަރުވާޅެކެވެ. ކަޅުކުލައގެ ވަށް ބުރުގަލެއް އަޅައިފައި ހުރި އިރު އެ މޫނުގެ ދޮންކަން އޭގެ ސަބަބުން ހާމަ ވެއެވެ.
އޭނާ އެތެރެއަށް ވަދެގެން އަންނަމުން ގޮވީ ކުއީން ސައިޒްގެ އެނދުގައި ހުރަހަށް ބަނޑުން އޮވެ ނިދާފައި އޮތް އަންހެން ކުއްޖާއަށެވެ. ހުދުކުލައިގެ ގަމީސްކޮޅަކާއެކު ތިރިން ކަނޑު ނޫކުލައިގެ ސްކާޓެއް ލައިފައި ހުރި އިރު އޭނާ ނިދާގައި އޮތީ އަޅައިގެން ހުރި ހުދުކުލައިގެ ބުރުގަލާއިވެސް އެކުގައެވެ. ނިދީގެ ފުންކަނޑުތެރޭގައި އޭނާ ފީނަމުން ދިޔައިރު މީހަކު ގޮވާ އަޑު އޭނާއަށް އިވޭހެނެއް ހިއެއް ނުވެއެވެ.
އަންހެން މީހާ އައިސް އެކުއްޖާ ގައިގައި ހިފާ ތަޅުވާލުމުން އުނދަގުލުން ކަހަލަ ގޮތަކަށް އޭނާ ދެލޯ ހުޅުވާލިއެވެ. “އާލާ… ތެދުވޭ.. ޔުނީފޯމު ބަދަލު ކޮށްގެން އޮވޭ.. އުނދަގޫވެސް ވާނެއްނު ތިއާ އެއްކޮށް އޮންނަން..” މަޑުމައިތިރި ކަމާއެކު އަންހެން މީހާ އާލާ ގާތު ބުނެލިއެވެ. އާލާއަކީ ގުރޭޑް އެގާރައިގައި ކިޔަވަމުން އަންނަ ސޯޅަ އަހަރުގެ ކުއްޖެކެވެ. ހިމަތޮޅި ހަށިގަނޑަކާއެކު ހަމުގެ ކުލަ އަލި ރީތި ސިފަތަކެއް ލިބިގެންވާ ކުއްޖެކެވެ.
ހިތާއި ދެކޮޅަށް ނަމަވެސް އާލާ އޮތް ތަނުން ހަށިގަނޑު ހިއްލާލީ މަންމަ ކިޔަން ފަށައިފި ކަމެއް ކުރުނުކުރާނެ ކަން އިނގޭތީއެވެ. އާލާ އެއްޗެހި ބަދަލުކުރުމަށްޓަކައި ފާޚާނާއަށް ވަނުމުން އަންހެން މީހާ އެ ކޮޓަރިން ނިކުމެގެން ދިޔައެވެ. އެއީ އާލާގެ މަންމަ ޝަޒިއްޔާއެވެ.
މަޑު ފިޔާތޮށި ކުލައިގެ އަތްކުރު ދޫ ޓީޝާޓަކާއި ކަޅު ކުލައިގެ ޓައިޓަކާއެކު ހުރި އާލާ ފާޚާނާއިން ނިކުތް އިރު އެއް އަތުގައި ޔުނީފޯމު އަދި އަނެއް އަތުގައި ގަދަ ފިޔާތޮށިކުލައިގެ ތުވާއްޔެއް އޮތެވެ. ތުވާލި ހަރުގައި ތުވާލި އެޅުވުމަށްފަހު ޔުނީފޯމު ދާވަށިގަނޑަށް ލައިފައި އައިސް އޭނާ އެނދަށް އަރާ އޮށޯވެލިއެވެ. އެއިރު އެގެއާއި ނުހަނު ގާތުގައި ހުރި މިސްކިތުން މެންދުރު ނަމާދަށް ބަންގި ގޮވާ އަޑު އިވެއެވެ. ނަމަވެސް އާލާ އެޔަކަށް މާބޮޑު ފަރުވާލެއް ނުބެހެއްޓިއެވެ. އޭނާ އެ ބަންގިއަށް ބީރު ކަންފަތެއް ދިނުމަށްފަހު އިސްކުރީ އަރާމު ނިންޖެވެ. ޝައިޠާނީ ވަސްވާހުން ފުރިފައިވި އާލާއަށް އެހެން އޮށްވާ ނިދީގެ ފުންކަނޑަށް ގެންބިގެން ދިޔައެވެ.
***
އާލިމާ އާއި ދާނިޔަލް ހިމޭންކަންމަތީ ކާ މޭޒުދޮށުގައި ތިބެގެން ކެއުމަށް އިންސާފުކުރަމުން ދިޔައެވެ. މާ ގިނަ ބާވަތްތަކެއް ނެތް ނަމަވެސް ހުރި އެތިކޮޅުން ފުއްދާލައިގެން ދެމީހުންވެސް ކަމުން ދިޔައީ ހިތްހަމަޖެހުމާއި އެކުއެވެ. “ދާނިޔަލް ކޯންޗެއްތަ އަސްލު ކިޔަވަން ބޭނުންވަނީ؟” ކާކޮޓަރިތެރޭގައިވި ހިމޭންކަން ފޫއަޅުވާލުމަށްފަހު އާލިމާ އެސުވާލު ދާނިޔަލްއާއި ކުރިމަތިކުރުވީ ޖަވާބު އެނގުނު ނަމަވެސް އެ ހިމޭންކަމުން އޭނާއަށް އުދަނގޫ ކުރުވަމުން ދިޔައީތީއެވެ. “މަންމަ ކައިރީ ދާން ބުނަމެއްނު އަބަދުވެސް ދާން ބޭނުމީ ޑޮކްޓަރ އަކަށްވެގެން މަންމަ ބަލި ވީމަ ރަނގަޅުކޮށްދޭށޭ.. އެއީ އަދިވެސް ދާންގެ ޚިޔާލަކީ..” ދާނިޔަލް ހެވިލައިފައި ބުނެލިއެވެ. އެހިނދު އާލިމާވެސް ހިނިތުންވެލުމަށްފަހު ކެއުމައިގެން ކުރިޔަށް ދިޔައެވެ.
ކައި ނިމުމުން ދާނިޔަލް ކާކޮޓަރިން ނިކުމެގެން ގޮސް ގޭތެރެއަށް ވަދެގެން ދިޔައެވެ. އެއިރު އާލިމާ ހިތި ހިނިތުންވުމަކާއެކު ދާނިޔަލް ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުއްތެވެ. މިއަދު އަދީލް އޭނާ ގާތު ހުރިނަމައެވެ. އެ ދަރިފުޅަށްޓަކައި އޭނާ މިއަދު އެހާ އުފާވާއިރު އަދީލްވެސް އެހާ އުފާވީހެވެ. ނަމަވެސް ތަޤުދީރުގެ ނިންމެވުމެއް އެކަކަށްވެސް ބަދަލެއް ނުކުރެވޭނެއެވެ. އާލިމާ އެވަގުތުން ވަގުތަށް ހިތުގައި ވަރުގަދަ ޢަޒުމެއް ކަނޑައެޅިއެވެ. އެ ދަރިފުޅުގެ ހުވަފެންތައް ޙަޤީގަތަކަށް ހެދުމަށްޓަކައި އޭނާ ކޮންމެފަދަ ޤުރުބާނީއެއްވެސް ވެދާނެއެވެ.
“މަންމާ.. ޢަޞުރު ނަމާދަށް ދާން މިދަނީ… ތަންކޮޅެއް ލަސްވެދާނެ އިނގޭ.. ބުރެއް ޖަހާލާށާއި އެއްކޮށް މިދަނީ.. މައްސަލައެއް ނެތްތަ؟” ސިޓިން ރޫމުގައި ހުރި ސަރަންފީ ދެގޮނޑި ތެރެއިން ގޮނޑިއެއްގައި ޚިޔާލަކަށް ގެއްލިފައި އިން އާލިމާ ގާތު ދާނިޔަލް އައިސް ބުނެލިއެވެ. އެވަގުތު ސިހިފައި އޭނާ ދާނިޔަލް އަށް ބަލައިލުމަށްފަހު ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ.
“ހޫމް.. މާ ލަސްނުކުރައްޗޭ.. އެހާ ގިނަ އިރު ބޭރުގަ އުޅޭކަށް ނުވާނެ..” އާލިމާ އޯގާތެރި ކަމާއެކު ދާނިޔަލްގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. އެހިނދު އޭނާވެސް ހިނިތުންވެލައިފައި މަންމަގެ އަތަށް ބޮސް ދިނުމަށްފަހު ގެއިން ނިކުމެގެން ދިޔައެވެ. ދާނިޔަލް ނިކުމެގެން ދިޔަ ތަން ބަލަން ހުރި އާލިމާ ހިނިތުންވެލުމަށްފަހު އޭނާއަށް ޚާއްސަކުރެވިފައިވާ ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ.
“ރުކާ.. އިހަށް މަޑުކޮށްލަބަލަ ދެން.. މި ނިމެނީއޭ މިހާރު..” ރީތިވާ މޭޒުދޮށުގައި ޝޯލް އަޅަން އިން އާލާ ވާހަކަ ދައްކަމުން ދިޔައީ އެ ކޮޓަރީގެ ސޯފާގައި އޭނާގެ އެންމެ ގާތް އެކުވެރިޔާ ރުކާ އާއިއެވެ. ރުކާ ކުދި ކިޔަމުން ދިޔައީ އާލާ ތައްޔާރުވާން ލަސް ކަމުންނެވެ. އާލާ އެއިރު އުޅެނީ ފަރި ގޮތަކަށް ބޮލުގައި ޝޯލް އޮޅާށެވެ. ރުކާގެ ދިގު އިންތިޒާރަށް ނިމުމެއް އައީ އޭގެ ފަސް ވަރަކަށް މިނެޓު ފަހުންނެވެ.
“ދެވޭ ވަރު ވެއްޖެދޯ.. ދެންވެސް ހިނގާބަލަ.. މަ މިހާރު މިތާ އިނދެ އިނދެ ގައިގަ ރިއްސާ އެބަ.. އާލާވެސް ދެން ތިއަށްވުރެ އަވަހަށް ތައްޔާރުވާން ދަސްކުރަންވީ.. އެހެންޏަ ފަހެ.. މިހާރު އަހަރެން މިގެއަށް އައިތާ ބައި ގަޑި އިރު ވީ ވިއްޔަ..” ރުކާ ޝަކުވާ ބޮނޑި ބަނދެލިއެވެ. އެހިނދު އާލާ ތުން އަނބުރާލައިފައި މޭޒުމަތީގައި އިން ވާގަނޑު ދިގު އަތް ދަބަސް ކޮނޑުގައި ކައްޗަށް ވާގޮތަށް އަޅުވާލިއެވެ. އަދި ރުކާގެ އަތުގެ މުލައްދަނޑީގައި ހިފައިގެން ދަމައިފައި ކަހަލަ ގޮތަކަށް އެކޮޓަރިން ނިކުތެވެ.
ތޮއްޖެހިފައިވާ މާލޭގެ ހަނި ޕޭވްމަންޓް މަތިން ހިނގާލައިފައި ދިޔަ ދެ އަންހެން ކުދިންނަށް މަގުމަތިން ހިނގާފައި ދިޔަ ގިނަ ބައެއްގެ ނަޒަރު ހުއްޓެމުން ދިޔައެވެ. ކަޅުކުލައިގެ ޝޯލް އަކުން ބޯ ފޮރުވާލައިފައި ވާއިރު އެ އަޅައިފައި ހުރިލެއް ކުޑަކަމުން މޭމަތި ނުފޮރުވެއެވެ. ކަޅު ކުލައިގެ ގަޔަށް ހިފިފައި ހުރި ޓޮޕްކޮޅެއް ލައިފައި ވާއިރު ތިރިން ލައިފައި ހުރި ނޫކުލައިގެ ބާރު ސްކިނީ އާއެކު ހުރީ ބެގީ ކޮށްފައެވެ. މަތިން ޓޮޕް ކޮޅުގެ ބޭރުން އަތް ފުޅާ ފައިގެ ފަލަމަސްގަނޑާއި ހަމައަށް އަންނަ ވަރުގެ ކޮޓޮން ފޮތީގެ ރަތްކުލައިގެ ދޫ ޖެކެޓެއް ލައިފައިވެއެވެ. އެ ހެދުމާއެކު އާލާގެ ދޮން މޫނުމަތީގައިވާ ރީތި ތުންފަތުގައި ލޭކުލައިގެ ލިޕްސްޓިކް ޖައްސާފައިވެއެވެ. އާދައިގެ ވަރަކަށް މޭކަޕް ކޮށްފައި ހުރި އިރު އެ މޫނުމަތީގައި ރީތި ހިނިތުންވުމެއް ވެއެވެ.
އަޅިކުލައިގެ އާދައިގެ ގަމީސް ޓޮޕްކޮޅަކާއި ކަޅު ސްކިނީގައި ހުރި ރުކާވެސް އަޅިކުލައިގެ ޝޯލްއެއް އަޅައިފައި ހުރީ އާލާއެކޭ އެއްފަދައިން ކުޑަކޮށެވެ. އެއީ އެމީހުން ކޮންމެހެން ނިވާވާން އަޅައިފައި ހުރި އެއްޗެއް ހެނެއްވެސް ހިއެއް ނުވެއެވެ.
“އާހް.. މި މާލޭގަ ހިނގަން ވެއްޖިއްޔާ އެއް ގަޑިއިރުން ނޫނީ ތާކަށް ނުދެވޭނެ.. އެހެންވެ އެއިރުވެސް ބައްޕަ ކައިރީ އާލް ބުނީ އެގާރަ ބާރަ ނުކިޔަވާ ކޯސް ހަދަން މެލޭ އަށް ދާން.. މަންމަވެސް ބައްޕަ ކައިރީ އެވާހަކަ ބުނި.. އެކަމަކު ބައްޕަ ބޭނުންވީ އާލް މާލެއިން އެގާރަ ބާރަވެސް ހަދައިގެން ދާން.. ބައްޕަގެ އެދުމަކަށް އާލްއަކަށްވެސް ކޮޅުފައިން ނުޖެހޭނެ.. އެޔަށްވުރެ ބައްޕަދެކެ މާ ބޮޑަށް ލޯބިވޭ..” ދެބުމަ ގޮށްޖަހާލައިގެން ހުރެ އާލާ ކުދި ކިޔަމުން ދިޔައެވެ. އެ އަޑުގައިވެސް ބޮޑާ ކަން އެކުލެވިގެންވެއެވެ. ރުކާ ހީލަމުން ދެފަރާތަށް ބޯ ހޫރުވާލިއެވެ.
ޢަޞުރު ނަމާދު ކޮށް ނިންމުމަށްފަހު މިސްކިތުން ފައިބައިގެން އައި ދާނިޔަލްގެ މިސްރާބު ހުރީ ރަސްފަންނާއި ދިމާލަށެވެ. ނަމާދު ކޮށްލެވުމުން އޭނާގެ ހިތަށް ހަމަޖެހުން ލިބިފައިވެއެވެ. އެ ދޮން މޫނުމަތިވެސް އިހުނަށްވުރެ އުޖާލާހެން ހީވެއެވެ. މޫނުމަތިން ފާޅުވާން ހުރީ ތާޒާކަމެވެ. ކަޅު ކުލައިގެ ފޮތީގައި ގަދަ ފެހިކުލައިގެ ގޮޅިތަކެއް ޖަހައިފައިހުރި ގަމީހާއި ކަޅުކުލައިގެ ހިމަ ފަޓުލުނުގައި ދާނިޔަލް ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. ގަމީހުގެ އަތުކުރި އުޅަނބޮށިން ތަންކޮޅެއް ތިރިއާއި ހަމައަށް އޮޅާލައިފައި ވާއިރު ކަނާތު އަތް ޖީބަށް ޖަހާލައިގެން ހިނގާލައިފައި ދިޔަ ގޮތުން އޭނާގެ ފިރިހެން ވަންތަކަށް އިތުރު ކޮށްދެއެވެ.
ރަސްފަންނާއި ދިމާލަށް ދާނިޔަލް ހިނގައިފައި ދިޔަ އިރު އެ ވަގުތަކީ ހަވީރުގެ ވަގުތުކަމުން އިރު އޮއްސޭ އަތަށް އެއިރު ހުރީ އަޅައިފައެވެ. އެވަގުތު އިރުގެ އަލި ފަށްބޯ ފަން އިސްތަށިގަނޑު އެއްފަރާތަކަށް ފުނާ އަލައިފައިވާ ދާނިޔަލްގެ ގަދަ މުށިކުލައިގެ ދެލޮލަށް އެޅިފައިވުމުން އިތުރަށް ހިތްގައިމު ގޮތެއް ހުއްޓެވެ. ލޮލަށް އުނދަގޫ ވާން ފެށުމުން ދާނިޔަލް އައީ އޭނާގެ ވާއަތުން ކުޑަކޮށް ލޯފޮރުވާލައިގެންނެވެ.
ފިރިހެންވަންތަ ހިނގުމެއްގައި ދިޔަ ދާނިޔަލްއަށް ސިހުން ގެނުވީ މީހެއްގެ ގައިގައި ފުދޭވަރަކަށް ބާރަށް ޖެހުމުންނެވެ. ޖެހުނު ގޮތުން އޭނާގެ ކޮނޑަށްވެސް ކޮންމެވެސް ވަރަކަށް ތަދުވިއެވެ. ދާނިޔަލްގެ ދެތުންފަތް ދޭތެރެއިން މަޑު އާހެއް ނިކުތީވެސް އެހެންވެގެންނެވެ. އިސް އުފުލާ ބަލައިލި ތަނުން ކުރިމަތީގައި ހުރި ސޫރަ ފެނި ދާނިޔަލްގެ ނޭވާވެސް އަރުތެރޭގައި ތާށިވިހެން ހީވިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.





I story finally upload kuran feshy. Wow.
Mi*
Masha Allah v reethi mi vaahakaige feshun. hope mivaahaka ahkyves v gina iburaythakeh libigen dhaane vaahaka ahkah vaane kamah
al’hamdhulillaah, yess dear.. 🙂 vrh ufaavehje dear ah mi part kamudhiyaeema.. 🙂 jazakillah khairan dear.. noor ves masahakaiyy kuraanan dear thi edhunu kanthah furihama kohdheveytho.. in sha allah.. 🙂
Wow v salhi.. hulhukolhu fadhain mi story vx v salhi vaane kama ummeedhukuran.. keep up the good work dear ??? wen is the nxt part..pls upload soon
jazakillah khairan dear.. 🙂 dear mn noor ah trust kureethee vrh vrh vrrrh bodah shukuriyyaa.. jazakillah khairan dear.. 🙂 in sha allah maadhan nxt part.. 🙂 yess, in sha allah, dear mn lavvaa ehaa dhigu inthizaareh nukuruveytho balaanan… haha.. 🙂
Assalaamu a’laikum my dear readers.. 🙂 hurihaa kudhinge haalu kihineiyy? 🙂 finally, story up kuran feshy mii.. aslu olhigen mi part up kuri iru ‘1’ nujahaa einy.. dhuvaskolheh vehje ehnu noor story eh up nukuraathaa.. ehn v ma ekahala kudhi kudhi kan kan handhaan nethi dhaane ehnu dhw? heheh.. 🙂 mi story aky kurin ves buni hen hama ‘hulhukolhu’ fadhain noor ge amilla idea ah liyaa vaahaka eh.. kurin hingaifa nuvatha kuriyah oiyythaanga hingaane kamah balaigen liyaa vaahaka eh noon.. 🙂 mi vaahaka ehves kuhjehge life aa noony ehves kuhjaku dhanna kujehge life aa gulhey nama aee ihthifaageh.. mauloomaathahtakaa mi dhannavaaly.. 🙂 adhi, mi vaahakaiga noor try kuraanan konme part ehga noonas e part akaa gulhey gothun dear mennah naseyhatheh dheven oiyy nama e naseyhatheh dheveytho.. in sha allah.. 🙂 eirah noor ge faraathun thikudhinnahves faidhaa eh kuraany dhw? noor vrh ufaa vaane noor ge faraathun ehves kujakah ithuru mauloomaatheh libihjeyyaa.. 🙂
ummeedhu kuran dear mn mi vaahaka ves kuree vaahaka ekey ehfadhain shauquveri kamaaeku kiyaane kamah.. adhi noor try kuraanan iburaiyythakeh mi vaahakaige zareeaain foarukohdheveytho.. in sha allah.. 🙂 noor ves masahakaiyy kuraanan v varakun avahah part thah up kohdheveytho.. in sha allah.. 🙂 and btw, hurihaa kudhin gaathun vrh bodah maafah edhen mi story ga ‘aalaa’ eh gengulheveythee.. mi dhuvaskolhu huri dhethin vaahaka ehga eba ulhey kanneynge e nan kiyaa kudhin.. ekam ekan neyngi hure noor vaahaka liyan feshy.. 🙁 kurin ekan ingunu nama name change kohlevunys.. ekam mihaaru noor liyefa innaane more than 14 chapter.. sorry for that.. 🙁 ummeedhu kuran dear mn maaf kuraane kamah.. mi part thikudhinnah kamudhiya kamah ummeedhu kuran.. masslaa eh faahaga vehje nama buneladhehchey ingey.. eirah dhn faharakun noor ah e thankolhu rangalhu kohlan ingeynee.. mi vaahaka aa gulhey gothun thikudhinge khiyaal hama faalhu kuran v.. 🙂 hurihaa khiyaal akahves hama marhabaa.. 🙂 jazakumullah khairan and LY all.. 🙂 <3<3<3
Vrh reethi….maasha allah….. When next part?
jazakillah khairan dear.. 🙂 hehe, maadhan, in sha allah.. 🙂 vrh ufaavehje dear ah mi part kamudhiyaeema.. 🙂
and, maadhan in sha allah mi vaahakaige 2 vana bai genesdheveytho noor mi balany.. in sha allah.. 🙂 ummeedhu kuran dear mn keiyytheri kamaaeku 2 vana bayah inthizaaru kuraane kamah.. jazakumullah khairan and LY all.. 🙂 <3<3<3
Woooou heski salhi … Varah inthaazaaru kohfin ingey ?
jazakillah khairan dear.. hahaha.. 🙂 asluvestha? vrh ufaavehje dear ah mi part kamudhiyaeema.. 🙂
Very nice waiting 4 next part
jazakillah khairan dear.. 🙂 vrh ufaavehje dear ah mi part kamudhiyaeema.. 🙂 on the way ga 2nd part.. hehe.. 🙂
maasha allah…..woah….keep it up sis….ly
jazakillah khairan dear.. 🙂 hehe.. vrh ufaavehje ingey noor hama aslugaves.. 🙂 awww.. <3<3<3
wow noor is back with a new story…im damn sure hulhukolhu haa mi storyves reethi vaane kan ..i missed u so much noor sis…..vvvvvv reeethi masha allah .waiting eagerly for the next part…love uuu beeeg koh….jazaikallah khairan
al’hamdhilillaah, yess dear.. 🙂 hehe.. in sha allah, noor ves mi ummeedhu kuranee dear ves thi ummeedhu kuraa fadhain mi story kuriyah gendheveyne kamah.. 🙂 alhey.. missed you more dear.. 🙂 jazakillah khairan vvvvvv bodah ingey.. hehe.. 🙂 in sha allah, mirey namaves dear mennah 2nd part kiyaalan libeytho noor mi ummeedhu kurane.. in sha allah heevey mirey up vaanehen.. 🙂 aww.. <3<3<3 marhabaa dear.. 🙂
Wow v nice mi stry fashaafa in goiiy????and ummeedhu kuran mi stry ge hurihaa parts eh mi part gothah dhiguvaane kamah???❤❤❤❤❤❤and boy ge name ves girl ge name ves v nyc….v gulhey…????keep up the good work…
jazakillah khairan dear.. 🙂 in sha allah, aee noor ge target aky.. vaki page thakakah hama count kohgen mi liyanee mihaaru, aee egothah gendheveytho.. 🙂 kuree story in kan kan dhaskohfa e kan kan rangalhu kureveytho mi try kuranee.. in sha allah.. 🙂 hehe.. vrh ufaavehje name thah dear ah kamudhiyaeema.. 🙂 hahaha.. jazakillah khairan dear.. 🙂
Dear today up vaane dhw.. waiting waiting.. emme prt akun vx mi story ge avaiga jehijje?
noor ves mi inthizaaru kuranee up vaane irakah.. hehe.. submit kohfa v mihaaru 2nd part.. 🙂 asluvestha? hahaha.. vrh ufaavehje dear ah mi story kamudhiyakan ingunyma.. 🙂
Vv.nice… Waiting waiting waiting for next part
jazakillah khairan dear.. 🙂 and, jazakillah mi part shauquveri kamaaeku kiyaalythy.. 🙂
OMG our Noor sis is back!!! Hulhukolhu hn mi stry vs vvvv kaamiyaabu vaane kamah lafaa kurevey… ??? Stry hama habeys Masha Allah… Curious for the nxt part…