Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފުން އިހުސާސެކޭ 19

Aishasha Level 310 Stories100 Login
August 25, 2018 6 Mins Read
23 Comments

ޔާނިއުއާ މިހާރު ދިމާވާނެ ކަމަށް އީވާ ބުނުމުން އަނާނީ ކުއްލިއަކަށް ލޫކަސްއާ ކައިވެނި ކުރުމުގެ ޚިޔާލު ބަދަލުވިއެވެ. ކައިވެންޏަށް ދެކޮޅު ހަދަން ހިތް ގޮވަން ފެށިއެވެ. މިހާރު ޔާނިއު އޭނާއަށް އެހީތެރިވެދޭނެ ނޫން ހެއްޔެވެ. އޭރުން މި ބޭކާރު ކައިވެނި ކުރުމުގެ ބޭނުމެއް ނެތެވެ.

އަނާނީއަށް މި ޚިޔާލުތަކުން ބޭރު ވެވުނީ މަލީހާ އޭނާއާ ވާހަކަ ދައްކަން ފެށުމުންނެވެ. މޭކަޕް ހަޑި ވެފައި ތިހުރީ ކީއްވެހޭ އަހައިލުމުން އަނާނީ ޖަވާބެއް ނުދީ ހުރުމުން އެތަން ފޫބެއްދީ ލޫކަސްއެވެ. ލޫކަސް ބުނީ އެއޮއް އަވިގަނޑުގައި މާ ގިނައިރު ހުންނަން ޖެހުމުން ހަޑިވީ ކަމުގައި ވެދާނެ ކަމުގައެވެ. އަނާނީ ގަދަކަމުން ހިނިތުންވެލާފައި ބޯ ޖަހައިލިއެވެ. އަދި އެވަގުތު ޢަލީއާއި މަލީހާގެ މޫނަށް ބަލާލެވުނު ހިނދު، އެދެމަފިރިންގެ މޫނުމަތިން ފެންނަން ހުރި ހިތްހަމަޖެހުން ފެނިފައި، ކައިވެނި ހުއްޓުވަން މާ ލަސްވެއްޖެކަން ސިކުނޑިއަށް ނަގައިގަނެވުނެވެ. ދޮންބެ އެހުރީ އަނާނީގެ ކައިވެންޏަށް ވަރަށް ރުހިގެންނެވެ. މިދިޔަ ދުވަސްކޮޅުގައި އެމީހުންނަށް ލޫކަސް ވަރަށް ކަމުގޮސްފިއެވެ. އަނާނީއަށް އެއަށްވުރެ ރަނގަޅު ބައިވެރިއެއް ނުލިބޭނެ ކަމަށް ވެސް ދޮންބެ އެތައް ފަހަރަކު ބުނެފިއެވެ. ނަމަވެސް އެމީހުންނަށް އަނާނީގެ ޙާލަތު އެންގޭނެ ނަމައެވެ. ލޫކަސް ދެކެ އަނާނީ ކުޑަ ވެސް ލޯތްބެއް ނުވެއެވެ. ކުރިން އެއަށްވުރެ ނަފްރަތު ކުރި މީހެއް ނުވާނެއެވެ. އެހެނަސް މިއަދު މިއޮތީ ޙާލަތު މާ ބޮޑަށްވެސް ބަދަލުވެފައެވެ. އަނާނީ ހިތު ތެރެއިން ޝަކުވާ ކޮށްލިއެވެ. ޔާނިއުގެ ހަބަރެއް ވާން އެނގުނީ ވެސް އެންމެ ފަހު ވަގުތު ހެއްޔެވެ. އަނާނީއަށް ހަމަ މި ނޫން ގޮތެއް ނެތީ ހެއްޔެވެ.

ކޯޓުގައި އަނާނީއާއި ލޫކަސްގެ ކައިވެނި ކުރެވިގެން ދިޔައެވެ. ކޯޓުން ނުކުމެގެން އައި އިރު ލޫކަސްގެ މޫނުމަތިން ފެންނަން ހުރީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އަނާނީގެ ކިތައްމެ ބޭނުން ނުވިޔަސް، އުފާވެރިކަން މޫނުމަތިން ދައްކަން މަޖުބޫރު ވިއެވެ. ނަމަވެސް އެތެރެއިން ހިތް ރޯ ވަރު ދެވަނަ މީހަކަށް ނޭނގޭނެއެވެ.

ގެއަށް އައި ގޮތަށް އަނާނީ މަޑުވެސް ނުކޮށް ވަނީ އޭނާގެ ކޮޓަރިއަށެވެ. ވަން ގޮތަށް ދޮރު ތަޅުލުމަށްފަހު ހުރި ތަނަށް ތިރި ވެވުނެވެ. މިއޮއް ހާ އިރު ހިފަހައްޓައިގެން ހުރި ކަރުނަތައް ފައިބައިގެން އައީ ކޯރެއް ފަދައިންނެވެ. އަޑު ނުލިޔަސް އަނާނީ ވަރަށް ރުޔެވެ. އަދި އެވަގުތު ހެއްދެވި ފަރާތް މަތިން ހަނދާންވިއެވެ. މީހުން ބުނެ އުޅޭ ފަދައިން، ހިތާމައިގެ ވަގުތުގައި ކަލާނގެ ހަނދުމަވާލެއް ފަސޭހައެވެ.

“ވަރުބަލި ވެފަ ހުރީމަ ޖައްސާލަން ކަންނޭނގެ އެ ދިޔައީ.” ޢަލީމެންނަށް އެއްޗެއް ޝައްކު ވުމުގެ ކުރިން ލޫކަސް އަވަހަށް ބުނެލިއެވެ. މަލީހާ ބަދިގެފަރާތަށް ގޮސް އެންމެންނަށް ކާއެއްޗެހި ތައްޔާރު ކުރަން އުޅެން ފެށިއެވެ. އާދައިގެ މަތިން ޢަލީ ވެސް ސޯފާގައި ޖައްސާލައިގެން އިނދެ ޓީވީ އެޅުވިއެވެ. ލޫކަސް ވަނީ އެއްޗެހި ބަދަލު ކުރަން ކޮޓަރިއަށެވެ.

ލޫކަސް ކޮޓަރިއަށް ވަދެފައި އަނާނީއަށް ގުޅިއެވެ. ރުއިމުގެ ތެރެއިން އަނާނީ ފޯނު ނެގީ ކޮންމެހެން ބުނަން ޖެހޭ އެއްޗެއް އޮތުމުންނެވެ. “ކޮން އިރަކުން އަހަރެން ވަރި ކޮށްދޭނީ؟”

ފޯނު ނެގި ގޮތަށް އަނާނީ ގިސްލަމުން ކޮށްލި ސުވާލަކުން ލޫކަސްގެ ނިތްކުރި މައްޗަށް ރޫ އެރިއެވެ. “ކީކޭ؟ އަދި މި ކައިވެންޏަށް ނުވާނެ ބައި ގަޑި އިރުވެސް. އެހާ އަވަހަށް ވަރިކުރަން ތި ބުނަނީ؟ ތިހެން އުޅުނީމަ އަނާނީގެ ދޮންބެމެން ހީކުރާނީ ކީކޭ؟” ލޫކަސް ހުރީ ހިތްހަމަނުޖެހިފައެވެ. އޭނާ އެއޮއް ރަނގަޅަށް ކަންތައް ކޮށްދޭ އިރުވެސް އަނާނީ އުޅޭ ވައްތަރަކުން ބައެއް ފަހަރު ފޫހިވެއެވެ.

“މި ކައިވެނީގެ މާނައެއް ވެސް ނެތް ދޯ..” އަނާނީ އިތުރުކޮށްލިއެވެ.

“މައްސަލައެއް ނެތް. އަނާނީއަށް ތިހެން ހީވަންޏާ ހިނގާ މިކައިވެނި ނިންމާލަން! އެކަމަކު އަނާނީ ޖެހޭނެ އަނާނީގެ ދޮންބެމެންގެ ސުވާލުތަކަށް ޖަވާބު ދޭން! އެމީހުންނަށް ހުރިހާ އެއްޗެއް ތެދު ތެދަށް ކިޔައިދޭން ކެރެންޏާ ހިނގާ!” ލޫކަސް ތަންކޮޅެއް ބާރަށް ބުނެލިއެވެ. އެއާއެކު އަނާނީގެ ގިސްލުމުގެ އަޑު ގަދަވެގެން ދިޔުމާއެކު ފޯނު ކަނޑައިލިއެވެ.

އީވާއަށް ލިބުނު ހަބަރު އޭނާ ޔާނިއުއަށް ފޯރުކޮށްދޭން މާ ވަގުތެއް ނުނެގިއެވެ. އެ ހަބަރު އިވުމާ އެއްކޮށް ޔާނިއުގެ ބޮލުގައި ރިއްސައިލިއެވެ. ވަގުތުން އަނާނީއަށް ގުޅިއެވެ. އަނާނީ ފޯނު ނަގާފައި ރޯން ފެށުމުން ޔާނިއު އިތުރަށް ގޮތް ހުސްވިއެވެ. “ހުއްޓާލަބަ! އަނާނީ! އަޑު އަހާބަ.”

“ކޯއްޗެއްތަ އަޑު.. އަހަންވީ.. ދެން؟” ހިތުގައި ޖެހި ޖެހިފައި އަނާނީ ވާހަކަ ދެއްކި އިރު އެ އަޑު އިވިފައި ކޮންމެ މީހަކު ވެސް ދެރަވާނެއެވެ.

“ކީއްވެ އެ ލޫކަސްއާ މެރީ ކުރީ؟ އެއީ ރަނގަޅު މީހެއްތަ؟” ޔާނިއު އަހައިލިއެވެ.

“ނޭނގެ! އިތުރު ޗޮއިސެއް ނެތިގެން.” އަނާނީ މޮޅިވެރި ރާގެއްގައި ޖަވާބު ދިނެވެ. “ވުޑް ޔޫ މެރީ މީ؟ އަހަރެން ލޫކަސްއާ ނީން ނަމަ ޔާން އަހަންނާ އިންނާނަންތަ؟” އަނާނީ އެނގެން ބޭނުންވިއެވެ.

“ވެލް.. އައި.. ޑޯންޓް ނޯ..” ޔާނިއުގެ ޖަވާބު އިވިފައި އަނާނީ ހިތުގައި ޖެހުނީ މާ ބޮޑަށެވެ. އިތުރަށް އެއްޗެއް ބުނާ ހިތެއް ވެސް ނުވިއެވެ. ވަގުތުން ފޯނު ކަނޑައިލިއެވެ. ވާނީ ވެސް އެހެންތާއެވެ. ޔާނިއުއާ ދޭތެރޭ ހިތުގައި އުފެދިފައި ވަނީ އާދަޔާ ޚިލާފު އިހުސާސްތަކެކެވެ. އެއީ ލޯބި ކަމަށް ޔަޤީން ކޮށްގެން ހުންނަތާ ވަރަށް ދުވަސް ވެއްޖެއެވެ. ކުރިން ނޫޅޭ އެތައް ގޮތަކަށް ޔާނިއުއާ އެކީ އުޅެވުނީ ވެސް އެހެންވެގެންނެވެ. އެހެންކަމުން، އެންމެ ލޯބިވާ މީހާ އެކަހަލަ ޖަވާބެއް ދިނުމުން ކޮންމެ މީހެއްގެ ހިތް ވެސް ހަލާކު ވާނެއެވެ. ނަމަވެސް އަނާނީގެ ކުށް ވެސް އޭގައި ވާކަމަށް އޭނާ ޤަބޫލު ކުރެއެވެ. ނޫނެކެވެ. ހުރިހާވެސް ކުށެއް ކުރީ އަނާނީއެވެ. ޔާނިއު އެންމެ ފަހަރަކު ވެސް އަނާނީ ދެކެ ލޯބިވާ ކަމަކަށް ބުނެފައެއް ނުވެއެވެ. ކުށްހީއެއްގައި ހުރެވުނީ އަނާނީއަށެވެ. އަދި އެ ކުށް ހީ އަށް ބިނާކޮށް އޭނާގެ ޢިއްފަތްވެސް ވެއްޔާ މޮޑެލެވިއްޖެއެވެ. މިއަދު ފެންނަމުން މިދަނީ އެކަމުގެ ހިތި ސަޒާއެވެ.

އަނާނީ ތެދުވި ގޮތަށް ދެލޮލުން ކަރުނަ ފޮހެލާފައި ފާހަނާއަށް ވަދެ ވުޟޫ ކޮށްލިއެވެ. ވީހާވެސް އަވަހަށް ތައުބާވާން އަނާނީ ބޭނުންވިއެވެ. މިއޮޮއްހާ ދުވަހު ދީނުގެ މަތިން ހަނދާން ނައްތާލެވުނީއެވެ. ހުރިހާ ކަމެއް ގޯސްކޮށް ހިނގީ ވެސް އެހެންވެގެން ކަން މިއަދު އަނާނީއަށް ޤަބޫލު ކުރެވެން ފަށައިފިއެވެ. އޭރު ތެދުމަގު ދައްކައިދޭން މީހަކު ނެތަސް، މިއަދު އަނާނީ ތެދުމަގަށް ރުޖޫޢަ ވާނީ އަމިއްލައަށެވެ. ތަޢުބާވާ މީހުން ދެކެ މާތްﷲ ލޯބިވެ ވޮޑިގެންވެއެވެ.

މުސައްލަ ނެގުމުގެ ކުރިން އަނާނީ ކޮޓަރި ދޮރު ހުޅުވައި، ސިއްރުން ބޭރު ބަލައިލީ ދޮންބެމެން ފެންނަން ތިބިތޯއެވެ. ގެއަށް އައި ގޮތަށް އަނާނީ ކޮޓަރިއަށް ވަދެ ހަބަރެއް ނުވުމުން އެމީހުން ކަންބޮޑުވެފައި ތިބެދާނެތީއެވެ. ނަމަވެސް ސިޓިންގ ރޫމް އޮތީ ފަޅުކޮށެވެ.

އަނާނީގެ ހަބަރެއް ނުވެ މާ ގިނަ އިރު ވުމުން ލޫކަސް އަނާނީގެ ކޮޓަރި ދޮރު ހުޅުވައިލީ އަނާނީ ނިދާފައި އޮންނާނެ ކަމަށް ހީކޮށެވެ. ގުޅާ ގުޅާ ފޯނު ނުނަގާނީ އެހެންވެގެން ނޫން ހެއްޔެވެ. ނަމަވެސް ފެނުނީ މުޅިން އެހެން މަންޒަރެކެވެ. އަނާނީ ދޮޅި އަޅައިގެން ސަޖިދައިގައި އޮތް ތަން ފެނިފައި ލޫކަސްވެސް ކުޑަކޮށް ހައިރާންވިއެވެ. ކުޑަ އިރުކޮޅަކު ބަލަން ހުރެފައި މަޑުމަޑުން ދޮރު ލައްޕާލާފައި ލޫކަސް ދިޔައީއެވެ.

ނަމާދު ކޮށް ނިމިގެން ދުޢާ ކުރަން އިން އިރު އަނާނީއަށް ރޮވުނެވެ. އޭނާއަށް ކުރެވިފައި ހުރި އެންމެހައި ފާފަތަކެއް ފުއްސަވައި ދެއްވުމަށް އެދި ދުޢާ ކުރީ ހިތުގެ އަޑިންނެވެ. އަދި އޭނާގެ ތަޢުބާ ޤަބޫލު ކުރެއްވުމަށް އެތައް ފަހަރަކު ދުޢާ ކުރިއެވެ. ނަމާދުން ފައިބައިގެން އަނާނީ މުސައްލަ އޮޅާލާފައި، ކޮޓަރިން ނުކުތް އިރު ސޯފާގައި ލޫކަސް އިނެވެ.

“އަނާނީގެ ދޮންބެމެން އަނާނީގެ އިންތިޒާރުގަ ވަރަށް ގިނަ އިރު ތިބެފަ އެ ވަނީ ކޮޓަރިއަށް.” ލޫކަސް ބުންޏެވެ. “އަނާނީ ތިހެން އުޅެންޏާ ލޯތަކަށް އެ މަންޒަރު އެހާ ރީއްޗެއް ނޫން ދޯ. އެޓްލީސްޓް ޕްރިޓެންޑް ވައިލް ދޭ އާ ހިއަރ. އެމީހުން ރަށަށް ދިޔައިމަ އަނާނީ ބޭނުން ގޮތަކަށް އުޅެވިދާނެ އެއްނު.” ލޫކަސް ހުރީ ކުޑަކޮށް ހިތްހަމަނުޖެހިފައެވެ.

“ހްމްމް. ދޮންބެ ބުނިތަ ފުރާ ދުވަހެއް؟” އަނާނީ ސުވާލުކުރިއެވެ. އޭނާގެ އަޑުގައި ވަނީ މަޑުމައިތިރި ކަމެވެ. ލޫކަސްއާ އަރާރުން ވާ ހިތެއް އޭނާގެ ނެތެވެ.

“އަދި މަހެއް ވަންދެން މަޑުކުރާ ވާހަކަ ބުނީ. މަލް ޑޮކްޓަރަށް ދައްކަންށޯ.” ލޫކަސް ޖަވާބު ދިނެވެ.

“މަލް ދައްތައަށް ކިހިނެއްވީ؟” އަނާނީ އަށް އަހައިލެވުނެވެ. ނަމަވެސް ކުއްލިއަކަށް އެއްޗެއް ހަނދާންވެފައި “އޯހް..” އޭ ބުނެލިއެވެ. ދޮންބެއާއި ދޮންބެ ދައްތައަށް ކުއްޖަކު ނުލިބިގެން އުޅޭކަން އަނާނީ ވަނީ  ކުރިން މަންމަ ކައިރިން އަޑުއަހާފައެވެ. އެމީހުންގެ ކައިވެންޏަށް 5 އަހަރު ވެފައި ވީ އިރުވެސް، އަދި އެކަހަލަ ނިޢުމަތެއް ނުލައްވައެވެ. ތަންކޮޅެއް ކުރިން ޢަލީ އެކަނި މާލެ އައިސް ޓެސްްޓު ތަކެއް ހެދުމުން، އޭނާގެ މައްސަލައެއް ނޫޅޭކަން އެނގުނެވެ. މައްސަލަ ހުރީ މަލީހާގެއެވެ. އެމީހުންގެ ހާލާ މެދު އަނާނީ ފުަރަތަމަ ފަހަރަށް ވިސްނައި، ދެރަވިއެވެ. ކުރިން އެކަހަލަ ކަންތައް ވިސްނޭ ވަރަށް ވުރެ އަނާނީ މާ ކުޑައެވެ.

ޢަލީމެން ރަށަށް ދާންދެން އަނާނީ ލޫކަސްގެ ކޮޓަރިއަށް ބަދަލުވާން ލޫކަސް އެދުނެވެ. އަނާނީ ފުރަތަމަ ވަޤުތުން ދެކޮޅު ހެދިއެވެ. ނަމަވެސް ފަހުން ވިސްނިގެން، އޭނާގެ ހުރިހާ ސާމާނެއް ލޫކަސްގެ ކޮޓަރިއަށް ބަދަލު ކުރަން ފެށިއެވެ. އެކަން ކުރީ ލޫކަސް އޮފީހުގައި ވީ ވަގުތެއް ބަލާފައެވެ. ލޫކަސްގެ ކުރިމަތީގައި “އުނބަށް ޖަހަން” އަނާނީއަށް ނުކެރޭނެއެވެ. ލޫކަސް ދިމާކޮށް، އޭނާ ރަކި ކޮށްލާނެ ކަން އެނގޭތީއެވެ.

އަނާނީ މާ އަވަދިނެތި އޭނާގެ އެއްޗެހި ލޫކަސްގެ ކޮޓަރިއަށް ބަދަލު ކުރާތަން ބަލަން މަލީހާ ހުއްޓެވެ. މަލީހާ ހުރީ ހެވިފައެވެ. މަލީހާ ހީކުރީ ލޫކަސް އޮފީހުން އަންނަން ވާއިރަށް އަނާނީ ސަޕްރައިޒެއް ދޭން އުޅެނީ ކަމަށެވެ. ޢަލީ ބޭރުގައި އުޅެފައި ގެއަށް އައުމުން ޢަލީ ކައިރީ ވެސް އެހެން ބުންޏެވެ. އެ ދެމަފިރިން ތިބީ އަނާނީއަށްޓަކައި އުފަލުން ފޮޅިފައެވެ. އެމީހުން ދެކޭ ގޮތުގައި އަނާނީއަށް އެންމެ ފުރިހަމަ ދިރިއުޅުން ލިބުނީއެވެ.

ލޫކަސް ގެއަށް އައިސް އޭނާގެ ކޮޓަރިއަށް ވަން ގޮތަށް މޫނުމައްޗަށް ހައިރާންކަން ވެރިވިއެވެ. ވަގުތުން އަނާނީއަށް ގޮވައިލިއެވެ. އަނާނީ ބަދިގޭގައި މަލީހާއަށް އެހީވާން ހުރެފައި ލޫކަސްގެ އަޑަށް އައެވެ.

“މިޔޯ؟” ލޫކަސް ހުރީ ގަދަކަމުން ހިނިގަނޑު ފިއްތާލައިގެނެވެ. އަނާނީ ބުނާނެ އެއްޗެއް ނޭނގިފައި ހުރެ ބޯ ކަހައިލިއެވެ. ކުށްވެރި ވެފައިވާ ކުޑަކުއްޖެކޭ ތަފާތެއް ނެތެވެ. ވަގުތުން ލޫކަސްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. “އަހަރެން ބުނި އިރު ރަނގަޅު އައިޑިއާ އަކަށް ނުވި ދޯ!” އަނާނީ ބަހެއް ވެސް ނުބުނެ ނުކުމެގެން ގޮސް ވަނީ ބަދިގެއަށެވެ.

ލޫކަސް ފެންވަރާލައިގެން އެއްޗެހި ބަދަލުކޮށް ނިމިގެން ބޭރަށް ނުކުތް އިރު އަނާނީ ހުރީ އިންތިޒާރުގައެވެ. ކޮލެޖަށް ދާން ގަޑި ޖެހޭތީ އަވަސްއަވަހަށް ކޮޓަރިއަށް ވަދެ ތަޅުލައިގެން ތައްޔާރުވާން ފެށިއެވެ. ލޫކަސް ދެފަރާތަށް ބޯ ހޫރުވަމުން ސޯފާގައި ޖައްސައިލިއެވެ.

އެރޭ ނިދަން ވުމުން އަނާނީ ދިޔައީ އޭނާގެ ކޮޓަރިއަށެވެ. އެއީ ޢަލީމެން ވެސް ނިދަން ދިޔަކަން ޔަޤީންކޮށްފައެވެ. އެއް ކޮޓަރިއެއްގައި އުޅޭކަން އެމީހުންނަށް ދައްކަން ޖެހުނަސް، ލޫކަސްއާ އެއްތާކު ނިދާކަށް އަނާނީ އަކަށް އެއްބަހެއް ނުވެވޭނެއެވެ. އަމިއްލަ ފިރިމީހާ ކަމުގައި ވިޔަސް، އަނާނީއަށް އެގޮތަށް އިހުސާސެއް ނުވެއެވެ. ދެކެވެނީ ހިލޭ މީހެއްގެ ގޮތުގައެވެ. އަނެއްކޮޅުން، އެއް ޒަމާނެއްގައި ދުޝްމިނެއް ކަމަށް ދެކުން މީހާއާ އެއް ތަންމައްޗެއް ހިއްސާ ކުރާނީ ކިހިނެއް ހެއްޔެވެ.

އަނާނީއާ ލޫކަސްގެ ކައިވެނި އެނގެނީ ދެމީހުންގެ އާއިލާގެ އިތުރުން ސާރާއަށް އެކަންޏެވެ. އެއީ އެދުވަހު ކައިވެނި ކުރަން ކޯޓަށް ވަންނަމުން ލޫކަސް ސާރާއަށް މެސެޖަކުން އެކަން އެންގުމުންނެވެ. ސާރާއަށް ހުރީ ޤަބޫލު ނުކުރެވިފައެވެ. ވެގެން އުޅޭގޮތް ކިޔައިދޭނެ ކަމަށް ލޫކަސް ބުނެފައި އޮތަސް، ސާރާ ހުރީ ފަހުން ވެސް ލޫކަސްއާ ވާހަކަ ނުދައްކަން ނިންމައިގެންނެވެ. ލޫކަސް ދެން އިތުރަށް ކިޔައިދޭން އޮތީ ކޯއްޗެއް ހެއްޔެވެ. އަނާނީއާ އެދެމެދުގައި އޮތް ގުޅުން ސާރާއަށް ވަނީ މާ ރީއްޗަށް ވެސް ފެނިފައެވެ. ހަމައެކަނި އަނާނީދެކެ ކުރިން ނަފްރަތު ކުރެވުނަސް، މިއަދު ހަމަ އެވަރަށް ލޫކަސްދެކެ ވެސް ނަފްރަތު ކުރެވެން ފަށައިފިއެވެ. މަގުމަތިން ފެނުނަސް ދަންނަ ކަމަށް ވެސް ހަދައި ނުލުމަށް ހިތުގައި ޢަޒުމް ކަނޑައަޅައިގެން ހުއްޓައި، ރައްޓެއްސެއްގެ ފަރާތުން ލިބުނު ހަބަރަކުން ޚިޔާލު ބަދަލުވިއެވެ. ލޫކަސް އަމިއްލަ ވިޔަފާރިއެއް ފައްޓަން އުޅޭކަމަށް ބުނީ ލޫކަސްގެ ވެސް ރައްޓެއްސެކެވެ. ލޫކަސްގެ ބޭބެ ފައިސަލްގެ ވިޔަފާރިތައް ކުރިއަރާފައި ވީ ވަރު ސާރާއަށް އެނގެއެވެ. ހަމަ އެގޮތަށް ލޫކަސް ފައްޓާ ވިޔަފާރިއެއް ވެސް ކަންކޮޅުތަކަށް ފުޅާކުރާނެ ކަން ޔަޤީނެވެ. ބޮޑު ވިޔަފާރިވެރިއެއްގެ އަތްބަކަށް ވުމަކީ ސާރާގެ އެއް ހުވަފެނެވެ. އަނެއްކޮޅުން ލޫކަސް އަކީ ބަލާބެލުމަށް ވެސް ހިތްތައް ކަތިލާ ފަދަ ރީތި ކަމެއް ލިބިފައިވާ ޒުވާނެކެވެ. އޭނާއާ ހެދި އުޅޭ އަންހެން ކުދިން ބައިވަރެވެ. އަދި މާލޭގެ މަޝްހޫރު ވިޔަފާރިވެރި އަކަށް ވެއްޖެ ނަމަ އެ އަދަދު ދެގުނަ ވާނޭކަން ޝައްކެއް ނެތެވެ. އޭރުން ސާރާއާ ހަސަދަވެރިވާނެ އަންހެން ކުދިން ހާދަ ގިނަވާނެއެވެ. މި ޚިޔާލުތަކުގައި ހުރެފައި ސާރާގެ މޫޑު ބަދަލުވީ އަނާނީ މަތިން ހަނދާން ވުމުންނެވެ. އެ އަނާނީއަކާ ހުރެ ސާރާއަށް އޭނާގެ ހުވަފެން ހަޤީޤަތަކަށް ހެދޭނީ ކިހިނެއް ހެއްޔެވެ. އަނާނީ އެހުރީ އޭނާގެ ހުވަފެން ފޭރިގަނެގެންނެވެ. މިހެން ހިތަށް އެރުމުން ވަގުތުން ލޭ ކެކިގެން ދިޔައެވެ. ގައިމުވެސް ލޫކަސްއާ ދެ އަތްބަށް އިންނާކަށް ސާރާ އެއްބަހެއް ނުވާނެއެވެ. އެއާއެކު، ލޫކަސް އަނާނީއާ ކައިވެނި ކުރި އަސްލު މަގްސަދު ހޯދަން ބޭނުންވިއެވެ.

އަނާނީއަށް ޔާނިއު ފެނުނީ އެއްދުވަހަކު ކޮލެޖު ނިންމާފައި ލޫކަސް އޭނާ ބަލައި އަންނަންދެން ބޭރުގައި މަޑުކޮށްލައިގެން ހުއްޓައެވެ. ޔާނިއު އައީ ޒުހާ ބަލައެވެ. އަނާނީއަށް ޔާނިއު ފެނުމާއެއްކޮށް ހިތަށް ވީ ގޮތް ބުނަން ނޭނގޭނެއެވެ. އެހާ ދުވަސް ކޮށްފައި ފެނުން އިރު ޔާނިއުއަށް ބަދަލު ތަކެއް އައިސްފައި އެބަހުއްޓެވެ. ބޯ ކުރު ކޮށް ކޮށާލާފައި ހުރި އިރު، ހަށިގަނޑު ކުރިއަށްވުރެ ހިކި ކަމަށް ދައްކައެވެ. ނަމަވެސް އަދިވެސް ހާދަ ރީއްޗެވެ. ހާދަ ސްމާޓެވެ.

އަނާނީއަށް ބޭއިޙްތިޔާރުގައި ބަލަން ހުރެވުނީ ހިތަށް ލިބުނު ހަމަޖެހުމަކުންނެވެ. ނަމަވެސް ޖެހިގެން އައި ސިކުންތުގައި ހުރިހާ ކަމެއް ސިކުނޑިއަށް އިޔާދަ ވުމުން، އަވަސްއަވަހަށް މޫނު އަނެއް ފަރާތެއް އަނބުރާލިއެވެ. ޔާނިއު އޭރުވެސް ހުރީ އަނާނީއަށް ބަލަހައްޓައިގެނެވެ. އަނާނީ އައިސް އެއްޗެކޭ ބުނެފާނެ ކަމުގެ އިންތިޒާރުގައެވެ. ނަމަވެސް އަނާނީ އޭނާ ނުދަންނަ މީހަކަށް ހަދާލިތަން ފެނިފައި ޔާނިއުއަށް އިސްޖަހައިލެވުނެވެ. ފުރަތަމަ ފަހަރަށް އަންހެން ކުއްޖެއްގެ ސަބަބުން ހިތް މާޔޫސްވީ މިއަދެވެ. އަނާނީ އޮތީ އޭނާގެ ނަންބަރު ވެސް ބްލޮކް ކޮށްފައެވެ. ޔާނިއު އިސްއުފުލައިލާނެ ހިތްވަރެއް ނެތިފައި އިންދާ ޒުހާ އައިސް ސައިކަލު ފަހަތަށް އެރުމުން އަވަސްއަވަހަށް ނައްޓައިލިއެވެ.

(ނުނިމޭ)

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aishasha

Level 310 Stories100 Login

Other Articles

Previous

ލޯތްބަކީ 9

Next

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 10

Next
August 25, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 10

Previews
August 25, 2018

ލޯތްބަކީ 9

23 Comments!

  1. Mal says:
    August 25, 2018 at 2:58 pm

    Mi story varah reethi

  2. yoon says:
    August 25, 2018 at 6:38 pm

    Varah reethi………….

  3. pop ? says:
    August 25, 2018 at 7:14 pm

    haadha reechey.. ??ekamaku miah vure kuda thankolheh avas avahah upeh nukureveunetha? ?dhen anaany libeyny kaakahba… yaan aa anaany aa gulhunyma salhi vany … but writer ge choice eh eii.. writer beynun gotheh hadhaa

    1. ? says:
      August 25, 2018 at 9:04 pm

      i agree with you yaan aa anaany ma gulhey

  4. Hudher says:
    August 25, 2018 at 7:45 pm

    Wow nice stry maasha allah……

  5. ...... says:
    August 26, 2018 at 3:48 pm

    Ayaany nuvaane ennu aslu lookas ge anbimeeha akah..

    1. jim says:
      August 26, 2018 at 7:40 pm

      yup nuvane..

  6. Abc says:
    August 26, 2018 at 10:51 pm

    Hadha lahun up vany. Avas avaha genesdheebala. V salho

  7. Whoever says:
    August 27, 2018 at 1:46 pm

    At first story up kohfa ehaaa dhuwas fahun again up kuran feshy
    Mihaaru vx episode eh genesdheny ehaaaa lahun. Esfiya site ga mihaaru ragalhah genesdhey vaahaka eh neii dhe thin episode genessa huttaalaane or ehaa dhuwas nagaa up kuran vx. Writers need to improve these things .

  8. pop says:
    August 28, 2018 at 9:17 pm

    avas kohlabala ?kiyaa hih vany ey.. and writer kyve tha reply nukurany .. dhen kon irakun tho upkohdheyny vx binelanama

  9. Aishasha says:
    September 1, 2018 at 8:19 pm

    Note to all readers: kuda break akah fahu mi vaahaka daily koh up kohdheyn fashaanan. Mi month nimumuge kurin up vaane In Shaa Allah. Sorry to keep you guys waiting 🙁

  10. .... says:
    September 1, 2018 at 10:53 pm

    Thanks for responding.. 🙂 take ur time but u should keep the promise after break daily updates!!!! Okay.!! 😉 waiting impatiently..

  11. Shaz says:
    September 4, 2018 at 12:46 am

    Alhey next part plxxx ??
    I cant waiting ??

  12. eddu says:
    September 9, 2018 at 4:55 pm

    dhen upkurey.. cant wait anymore.. heyo daily koh unukiriyas.. dheythere dheytherein upkuranna.. hoody vx thihen kiyaafa gellun fahun habareh nuvey. . Eoh bodu break nagafa adhives break nagan jeheytha..

  13. me says:
    September 14, 2018 at 9:02 pm

    vvvv reethi mi part ves

  14. ❤ says:
    September 26, 2018 at 7:42 pm

    Kobaa tha aneh part??

  15. Hdh says:
    September 27, 2018 at 8:52 am

    :'( :'( :'( koba hai aneh part

  16. Anonymous says:
    September 30, 2018 at 1:35 pm

    to day is the last day of this month

  17. Aishu says:
    October 2, 2018 at 4:53 pm

    Kobaa tha ??? Story up kohdheynamey kiyaafa filyy dhw.. ☹️ Mihaaaru trust eh nukuran aishasha akahves ??

  18. Hdh says:
    October 2, 2018 at 7:17 pm

    September mas nimijje..

  19. Can’t wait says:
    October 24, 2018 at 1:12 pm

    Kobaaa Adhives September nunimenytha ??

  20. Please says:
    November 16, 2018 at 1:35 am

    Plx plx plxxxxxxxxxxxx update plx update plx plx plx plx plx plx plx plx update .. Where are u ? Atleast reply.. If u won’t continue plx tell that. Plx pleeeease

  21. Anon says:
    October 11, 2019 at 10:52 pm

    Huh 1 year has passed still no news of u.. i have been waiting for this story since then without complains.. had a lottle hope that u might surprise is with a part but no!! once a month i check ur profile and see if u have uploaded a new part but alas it is not ? liyuntheriyaa kairy bunelan beynun vany ninmeyne kamuge yageenn kan nethiyyaa kiyuntherin kiyaa hih kuruvan vaahaka nuliyaashey.. kiyuntheringe hiyaalee dhuniyeygai amilla ah characters sifa koh kuriah vaane gothakaa medhu visnaa hadhaafa emyhun ves beynun vaane kiyaalan dhw vaa gotheh ?

Comments are closed.

Next Episodeފުން އިހުސާސެކޭ 20←


All Right Reserved!