އަރުޝް ކޮންމެ އެއްޗަކުން އެތިކޮޅެއް އަނގައަށް ލުމަށްފަހު ހާދާ މީރޭ ބުނެލައެެވެ. ތިން މީހުން ކައި ނިންމާލީ އުފާވެރި މާހައުލެއްގައެވެ. ކައި ނިމިގެން ދުފަން ތިިބި އިރުވެސް އެކި މަޖާ ވާހަކަ ދައްކަމުންދިޔައެވެ. ކުއްލިއަކަށް އަރުޝް ފޯއް ކޮށި އަރައިގަތެވެ. އެއްއަތުން އަނގަ މަތީ އަތް އަޅާ ހުރެގެން ކެއްސަމުން ދިޔަ ވަރަކަށް އަރުޝްގެ ލޮލުން ފެން ފައިބަމުން ދިޔައެވެ.އަރުޝް ކެއްސަމުން ގޮސް ކައި ގެއިން ނިކުމެގެން ފުޅަަފި ތެރޭގައި ހުރި ގަހެއްގެ ދޮށުގައި ގުދަށް އޮވެ […]
ކީއްވެކަމެއް ނޭނގެއެވެ. ލާނާ އެގޮތަށް ރޯތަންފެނި އަލަންގެ ހިތަށް ބުނަން ނޭނގޭކަހަލަ އުނދަގުލެއްވަނީއެވެ. ނުރޮއި ހުއްޓާލާށޭ ބުނާހިތްވަނީއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަލަން އޭނާގެ މަގްސަދު ހަނދާންވެ މޫނު އަނބުރައިލުމަށްފަހު ދިއުމަށްޓަކައި ހިނގައިގަތެވެ. އަލަން ނުކުމެގެން ދިޔައިރުވެސް ލާނާ އެއިންގޮތަށް ރޯންއިނެވެ. ހިތާއި ދެކޮޅަށް މިޖެހެނީ އެންމެ ލޯބިވާ ފަރާތާއި ވަކިވާށެވެ. ލާނާ އެތައްއިރެއް ވަންދެން ރޯންއިންނަމަވެސް ހިތްފުރޭވަރެއް ނުވިއެވެ. ރޯންއިން ލާނާ ސިހިގެންދިޔައީ ފޯނު ރިންގުވާން ފެށުމުންނެވެ. ގުޅަނީ އަލަންއެވެ. ލާނާގެ ކެތްތެރިކަން ކޮޅުންލިކަހަލައެވެ. […]
ޔޫހާން އެއްޗެކޭ ބުނަން އުޅެފައިވެސް ހުއްޓުނީ މޭޒު މަތީގައި އޮތް އޭނަގެ ފޯނު ރިންގުވާ އަޑަށެވެ. ފޯނުގެ ސްކްރީނަށް ބަލައިލިއިރު ގުޅަމުން ދަނީ ނައުރީންއެވެ. ” ޔޫން… ވަރަށް އިންޕޯޓެންޓް ވާހަކައެއް ބުނަން މި ގުޅީ… މާދަމާ ރޭ އެއިޓް ތާޓީގަ އަހަރެން ގޭގައި އޮންނާނެ ކުޑަ ޕާޓީއެއް… ފްރެންޑްސް އާއެކު އެންޖޯއި ކޮށްލަން ހަމަ… އަސްލު މިފަހަރު އައިފަހުން ގިނަ ފްރެންޑްސް އާ ރަނގަޅަށް މީޓްވެސް ނުވޭ… ސޯ އައި ޖަސްޓް ވޯންޓް ޓު މީޓް […]
އެއަރޕޯޓުން ނިކުތް ގޮތަށް ފާލަން ކައިރީ މަޑުކޮއްލުމުން އެ ލޯންޗުގައި ހުރި މީހާ އައިސް ފޮށިތަށް އެރުވުމުން އަންހެންމީހާ ލޯންޗަށް އަރާ ހަމަޖެހިލިއެވެ. ބަލާބެލުމަށް ހީވަނީ އަމިއްލަ އެއްޗެއް ހެންނެވެ. ލޯންޗަށް އެރުމާއެކު ލޯންޗު ނައްޓާލިއެވެ. އަމާން އޮމާން ކަމާއެކު ކަނޑުގެ ލޮނު ގަނޑު ކަފަމުން އައި ލޯންޗް މާލޭގެ ބަނދަރަށް މަޑު ކުރި އިރު އިންތިޒާރުގައި ކާރެއް އައިސް އޮތެވެ. ލޯންޗު ކައިރި ކުރުމާއެކު ޑްރައިވަރު ފޮށިތަށް ނަގާ ޑިކީ އަށް އެރުވުމުން, އަންހެންމީހާ ގޮސް […]
ނިދާފައި އޮތް އީން އަށް ހޭލެވުނީ އެންމެ ގާތް އެކުވެރިޔާ އަލްކާ ގެ އަޑަށެވެ. “އޭތް.. އީން ހޭލަބަލަ.. އެއޮތް ކޮލެޖް އަށް ދާން ގަޑިޖެހެނީ..” ފުންމައިގެން ތެދުވެ އީން ގަޑިބަލާލިއެވެ. ގަޑިޖެހެން ފަނަރަ މިނެޓަށްވީއެވެ. އަވަހަށް ތެދުވެ ފާހާނާ ތެރެއަށް ދެމިގަންނަމުން ތަންކޮޅެއް ކުރިން ގޮވާލިނަމަ އޭ ކިޔާ އަލްކާ އަށް ލޯއަޅާލިއެވެ. ވާނީވެސް އެހެންތާ އެވެ. މިއަދަކީ އީން ގެ ފުރަތަމަ ޔުނިޓް ޓެސްޓް ނަގާ ދުވަސްކަމުން އެއްގޮތަކަށްވެސް ގަޑިޖެހޭކަށް ބޭނުމެއް ނުވެއެވެ. “މަ […]
އާލާއަށްވެސް ވީ ހަމަ އެވަރެވެ. ސީދާ ވިޝާލްގެ ލޮލަށް ބަލަހައްޓައިގެން އޮވެވުނީއެވެ. އިރުކޮޅަކު ބަލަހައްޓައިގެން އޮވެފައި އާލާއަށް ފުންމައިގެން ތެދުވެވުނީ ވިޝާލް ކަރުކެހިލި އަޑަށެވެ. ކުރެވުނު ކަންތަކާމެދު ވިސްނާލެވުނީ ދެނެވެ. ގަތް ލަދާއެކު ފަޔަށް ލެވުނުހާ ބާރެއްލާފައި އާލާ ހިނގައިގަތީ ވިޝާލް ބުނާނެ އެއްޗަކަށްވެސް ބެލުމެއް ނެތިއެވެ. މަންޒަރު ބަލަން ހުރި ވިޝާލްގެ ތުންފަތުގައިވީ ލާނެތް ހިނިތުންވުމެެވެ. އާލާ ލައިގެންހުރި ގަޔަށް ދޫ ހައުސްކޯޓާއި ފަރުވާކުޑަ ކުޑަ ގޮތުގައި ބޮލުގައި އޮޅާފައި އޮތް ޝޯލް އޭނާއާއި ކިތަންމެހާވެސް […]
“ރާއިލް، އިސްދެޓް ޔޫ.” އެމެސެޖްއަށް ރިޕްލައި ކުރުމަށްފަހު ތެޅިތެޅި އޮތް ހިތަކާއިއެކީ ޝައިރާ އިންތިޒާރުކުރަމުން ދިޔައީ ޖަވާބު އަންނާނެ އިރަކަށެވެ. “އައިމް އަޔާން. އަހްމަދު އަޔާން. އެނގޭ މިހެން އަދި ބުންޏަސް ނޭނގޭނެކަން. އަދި ފެނިފަ ހުރިހެނެއްވެސް ހިޔެއްނުވޭ. އަޔާންވެސް މިއީ ހަމަ ތިރަށު ކުއްޖެއް. އެކަމަކު މިވަގުތު ރަށުންބޭރުގަ މިއުޅެނީ.” އަޔާންގެ މެސެޖް ކިޔާލާފާ ޝައިރާ ވަގުތުން މާޔޫސްވީ ރާއިލްގެ މެސެޖްއަކަށް ނުވީމައެވެ. ޝައިރާ ދަންނަވެސް މީހެއްނޫންކަމުން ރިޕްލައި ކުރުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތެވެ. ނަމަވެސް […]
ނިދަންއޮތް ނީމް އަށް ހޭލެވުނީ މީހަކު ހުއްޓަނުލާ ދޮރުގައި ޓަކިޖަހާ އަޑަށެވެ. ކަންނެތް ކަމާއެކު އާ ފުރިލުމައްފަހު ފޯނު ނަގާ ގަޑި ބަލާލި އިރު ކަމަކުދާކަށް ނެތެވެ. ގަޑި ޖެހެން ހުރީ 15 މިނެޓަށް ވެފައެވެ. އޭރުވެސް ހުއްޓާނުލާ ޓަކިޖަހާ އަޑު އިވެއެވެ. “ދަރިފުޅާ ނީމް މިހާރު އެއޮއް އޮފީހައްދާ ގަޑި ޖެހެނީ” ނީމް ގެ މަންމަ ނޫރީން ގޮވާލި އަޑު އިވުނެވެ. “ލައްބަ މަންމާ އަޅުގަނޑު ހޭލާފިން” މިހެން ބުނެލުމައްފަހު އަތުގައި އޮތް ފޯނު އެނދުމައްޗައް އެއްލާލުމައްފަހު […]
ނިދަންއޮތް ނީމްއަށް ހޭލެވުނީ މީހަކު ހުއްޓާނުލާ ދޮރުގައި ޓަކިދޭ އަޑަށެވެ. ކަންނެތްކަމާއެކު އާފުރިލުމަށްފަހު ފޯނު ނަގާ ގަޑި ބަލާލި އިރު ކަމަކުދާކައްނެތެވެ. އޮފީހައްދާ ގަޑި ޖެހެން ހުރީ 15 މިނެޓަށް ވެފައެވެ. އޭރުވެސް ދޮރުގައި ހުއްޓާނުލާ ޓަކިދެމުން ދިޔައެވެ. “ދަރިފުޅާ ނީމް މިހާރު އެއޮއްގެން އޮފީހައްދާ ގަޑިޖެހެނީ” ނީމްގެ މަންމަ ނޫރީން ގޮވާލި އަޑު އިވުނެވެ. “ލައްބަ މަންމާ އަޅުގަނޑު ހޭލައިފިން” މިހެން ބުނެލުމައް ފަހު އަތުގައި އޮތް ފޯނު އެނދު މައްޗައް އެެއްލާލުމައްފަހު އަވަހައް ތައްޔާރުވާން […]