ޒިވާން އޭނާގެ ތުންފަތް އަޔާނީގެ ތުންފަތާއި ދިމާކޮށްލި ވަގުތު އަޔާނީ މޫނު އަނބުރާލިއެވެ. ވެފައި ހުރި ވަރުބައްޔެއްގެ ސަބަބުން ޒިވާން ރުޅިއަންނަ ގޮތްވިއެވެ. އަޔާނީގެ ކޯތާފަތް މަތީގައި ޖަހާލަމުން އޭނާއާ ވީ ދިމާލަށް އަނބުރާލިއެވެ. ޒިވާންގެ ތުންފަތް އަޔާނީގެ ތުންފަތުގައި ޖެހުނު ވަގުތު ދޮރުގައި ވަރަށް ބާރަށް ބަޔަކު ތަޅައިގަތެވެ. އަޔާނީގެ ގައި މަތީގައި އޮތް ޒިވާން ސިއްސައިގެން ދިޔަދިޔައީނުން އެނދުގެ ކަނާތް ފަރާތަށް ވެއްޓުނެވެ. ބެޑު ޝީޓެއް ނެތް އެނދުމަތީގައި އޮތް އަޔާނީވެސްމެއެވެ.
ހައިރާންވެ ދެލޯ ބޮޑު ވެފައިވާ ޒިވާން އަވަސް ވެގަތީ އައްނައުނުތަށް ލާށެވެ. ހިތާހިތުން ދެން ސަލާމަތް ނުވާނެ ބުނެވުނެވެ. އިރައިގެން ގޮސްފައިވާ ހެދުމުން ގައިނިވާކުރުމަށް އަޔާނީ އަވަސް ވެގަތެވެ. ކަކުލާ ހަމައަށް އަށް ކުރު ޓައިޓުކޮޅު އިރައިގެން ނުދިޔަކަން ނަސީބެކެވެ. ރަޖާގަނޑަކުން އަޔާނީ އެނާގެ އުނަގަނޑުން މަތި ނިވާކޮށްލިއެވެ.
ދޮރުގައި ޓަކި ޖެހުމުންވެސް ދޮރު ނުހުޅުވުމުން ތަޅު ހަލާކުކޮށްލާ އެއްޗަކުން ތަޅު ހަލާކުކުރުމަށް ފުލުހުން މަސަތްކަތް ކުރިއެވެ. ދެއަތް ދެއަތާއި މޮޑެލަ މޮޑެލާ މިކްޔާަލަށް ހުރެވުނީ އަޔާނީގެ ސަލާމަތަށްޓަކައި ނޭނގި ނަމަވެސް އޭނާއަށް ދުޢާކޮށްލެވެއެވެ. ފިލޭނެ ކަމުގެ އުންމީދާއެކު ޒިވާން މިސްރާބުޖެހީ ބެލްކަންޏާ ދިމާލަށެވެ. އެހެންނަމަވެސް އޭނާއަށް ދެވުމުގެ ކުރިން ތަޅުހަލާކު ކޮށްލާފައި ފުލުހުން ވަދެގަތެވެ. އަވަސް ހަރަކާތާއެކު ފިރިހެން ފުލުހުންގެ ދެ އޮފިސަރުން ޒިވާންގެ އަތުގައި ބިނޑި އެޅުވީ އޭނާ ރެކިގަންނަން އުޅެނިކޮށެވެ.
މިކްޔާލްގެ ލޮލުގައި އަޅައިގަތީ ރަޖާގަނޑުން ނިވާވާން މަސަތްކަތް ކުރި އަޔާނީއެވެ. އަޔާނީގެ ހާލުފެނުމުން މިކްޔާލްގެ ލޮލުން ކަރުނަ ހިލުނީ އޭނާއަށް ނޭނގި ހުރެއެވެ. “ސަރ އާރޔޫ ގޮއިން ޓު ޓޭކް ހާރ ހޯމް..” އަންހެން އޮފިސްރަކު އެއްސެވެ. މިކްޔާލް ބޯޖަހާލަމުން ރޮވިފައި އެނދު ކައިރީގައި އިން އަޔާނީއާ ދިމާލަށް މިސްރާބުޖެހީ އޭނާގެ ގަމީސް މަތިން ލައިގެން ހުރި ކޯޓުގެ ގޮށްތަށް ނައްޓަމުންނެވެ. އަޔާނީ ކައިރީ ދެފައި މައްޗަށް އިށީންނަމުން އަޔާނީގެ ހަށިގަނޑުން އެ ކޯޓުން ނިވާކޮށްދީނެވެ. ހިތާމަވެރިކަމުގެ ސާލެއް އޮޅިފައިވާ ވަގުތު މީހެެއްގެ އޯގާތެރިކަން ލިބުމުން އަޔާނީއަށް މިކްޔާލް ގައިގައި ބައްދައިގަނެވުނެވެ.
އަޔާނީ އޭނާގެ މޫނު މިކްޔާލްގެ ކޮނޑުގައި ޖައްސާލުމުން ބޮޑު ތިކި މުތީގެ ކަރުނަތަކުން މިކްޔާލްގެ ހުދު ގަމީސް ތެމިގެން ދިޔައެވެ. މިކްޔާލްގެ ނޭވާ ތާށިވިކަހަލައެވެ. ހިނދުކޮޅަކަށް ހިތުގެ ހިނގުންވެސް ހުއްޓުން ފަދައެވެ. އިލެކްޓްރިކް ޝޮކެއް ޖެހިފައިވާ މީހެއް ފަދައިން އެއްވެސް ހަރަކާތެއް ނުކޮށް ހިނދުކޮޅަކު އިނުމަށްފަހު އޭނާވެސް އަޔާނީ ގައިގައި ބައްދާލީ އަޔާނީގެ މަޑު ގިސްލުމުގެ އަޑު އިވުމުންނެވެ. އޭނާގެ ފަން އިސްތަށިގަނޑުގައި އިޙްތިޔާރުން ބޭރުންނަމަވެސް ފިރުމާލެވުނީ ކުޑަ ހަމަޖެހުމެއް އަޔާނީއަށް ދެވޭތޯއެވެ.
މި ކުރެވެނީ ކީއްކަން ރޭކާ ލުމުން ކޮޅަށް ތެދުވަމުން އަޔާނީ އޭނާގެ ކަރުނަތަށް ފޮހެލިއެވެ. މިކްޔާލްވެސް ކޮޅަށް ތެދުވުމަށްފަހު މަސަތްކަތް ކުރީ އަޔާނީގެ މޫނަށް ނުބަލާ ވެތޯއެވެ. ވާނީވެސް އެހެންނޫންހެއްޔެވެ. އޭނާގެ ޖަޒުބާތްތަށް އުތުރި އަރަނީއެވެ. މިކްޔާލްއާ އަޔާނީ ހަވާލުކުރުމަށްފަހު ބިނޑި އަޅުވާފައިވާ ޒިވާންއާއެކު ފުލުހުން އެ ބިލްޑިންގިން ނިކުންނަން މިސްރާބުޖެހިއެވެ. އަޔާނީ އަތުން ބަޔާންވެސް ނެގުމަށްފަހުގައެވެ.
އެއްއަތުން އިރައިގެން ގޮސްފައިވާ މެކްސީ ހިފައިގެން އަނެއް އަތުގެ ކޯޓުގެ ދެފަރާތް ޖައްސާަލައިގެން ބިލްޑިންގިން ނިކުމެވުމާއެކު އަޔާނީ އޭނާގެ ހަށިގަނޑަށް ނަޒަރު ހިނގާލިއެވެ. ކަކުލާ ހިސާބަށް އަރާ ޓައިޓާއެކު ކޯޓެއް ލައިހުރުމުން ކިތަންމެހާވެސް ޖޯކު ވައްތަރު ޖަހައެވެ. އަޔާނީއަށް ބަލާލި މިކްޔާލަށްވެސް ހެވުނީ ދެނެވެ. މިކްޔާލް އެ ހެނީ އޭނާއަށް މަލާމާތް ކުރަންކަން އެނގުމުން އަޔާނީ ރުޅިއައެވެ. ބާރު ހިނގުމެއްގައި ކާރާ ދިމާލަށް މިސްރާބު ޖެހީއެވެ. “ސަލާމަތް ކޮށްދިނީމަ ޝުކުރު އަދާކުރަން ހަމަ ތިއަށް ވުރެ ރަނގަޅު ގޮތެއް ނެތްތަ..” އަޔާނީ ފަހަތުން މިކްޔާލް ހިނގައިގަތީ ސުވާލެއް ކޮށްލަމުންނެވެ. “ސަލާމަތް ކޮށްދިނީ ކީއްކުރަން..މަ އެހާލަށް ދޫކޮށްލިނަމަ..ފްލާރޓީ ސޮރު ” އަޔާނީ އެއްސެވެ.
އެ ސުވާލަށް ދޭނެ ޖަވާބެއް މިކްޔާލަކަށް ނޭނގުނެވެ. އަޔާނީ ސަލާމަތް ކުރެވުނީ ކީއްވެ ކަމެއް ޙުދު އޭނާއަކަށްވެސް ނޭނގެއެވެ. “އެއީ އިފާ ދައްތަ އަޔާނީ މަށާ ހަވާލު ކުރީމަ..ހްމްްްމް..ފްލާރޓީ ސޮރު ސަޅި ނަމެއް ” ވިސްނާލަމުން މިކްޔާލް ބުނެލީ ސީޓު ބެލްޓު އަޅުވާލަމުންނެވެ. އަޔާނީގެ ފަރާތުން ޖަވާބެއް ނުލިބުމުން މިކްޔާލް އަޔާނީއަށް ބަލާލިއެވެ.
ސީޓު ބެލްޓު ނޭޅުވިގެން އަޔާނީ ކުރަމުން ދިޔަ މަސަތްކަތް ފެނުނީ އެވަގުތެވެ. ޖެއްސުމެއް ކޮށްލަނަމޭ ހިތަށް އެރިއެވެ. އަޔާނީގެ ކައިރިއަށް ޖެހިލަމުން އެ ސީޓު ބެލްޓު އަޅުވާލިއެވެ. ނޭވާ އަހްސާސް ވާހާ ކައިރީގައި މިކްޔާލް ހުރުމުން އަޔާނީ އޭނާގެ ނޭވާ ހިފާއްޓާލިއެވެ. ދެލޯ ކުޑަކޮށްލިއެވެ. “އަނގަކައިރީ ހުސް ލިޕްސްޓިކް ހުރީމަ ހީވަނީ ކުޑަކުއްޖަކު އަނގަމަތީގައި ކާއެއްޗެހި އުނގުޅައިގެން ކައިފަހެން ” މިކްޔާލް ބުނެލިއެވެ. ކުރާނެ ކަމެއް ހިޔާލަށް ނައުމުން ބުއްދި ފިލައި ގޮސްފައިވާ މީހެއް ފަދައިން މިކްޔާލްގެ ކޮލުގައި އަޔާނީގެ އޭނާގެ ތުންފަތް އުނގުޅާލިއެވެ.
“އޯއެމްޖީ..ބްލަޝް އުނގުޅާފަ ހުރި އަންހެނެއްހެން ހީވަނީ..ހައްހައް..” އަޔާނީ ކޮށްލި ސަމާސާއިން މިކްޔާލް ކުއްލި ހަރާކާތާއެކު އޭނާގެ ސީޓުގައި އިށީނދެލިއެވެ. މިފަދަ ގޮތަކަށް އަޔާނީ ބަދަލު ހިފާފާނެކަމަކަށް މިކްޔާލަށް ހީކުރެވިފައިކާ ނެތެވެ. ހިސާބަކަށް ކަޑަވެފައި ހުރެ އަޔާނީއަށް އޭނާ ބަލާލިއެވެ. މިކްޔާލާ ދިމާލަށް ބަލަހައްޓައިގެން ހުރެ އަޔާނީ އަދިވެސް ހެނީއެވެ. އެހިނިތުންވުން ފެނި މިކްޔާލްވެސް ހިނިތުންވެލީ އިޝްގީގޮތަކަށެވެ. އޭނާގެ ކޮލުގައި އަތް ކާއްތާލަމުންނެވެ.
އިތުރު އެއްޗެއް ނުބުނެ މިކްޔާލް ކާރު ދުއްވާލިއެވެ. ހުުނުން ހުއްޓާލަމުން ކުރެވުނު ކަންތަކާ މެދު އަޔާނީ ވިސްނާލިއެވެ. “އަޅެ މަ މިހިރީ ބޯގޯސްވެފަތަ..ކީއްތަ މިކުރެވުނީ..ދެން އޭނާ ހީކުރާނީ ކީކޭ..” ނިއްކުރީގައި ފިރުމާލަމުން އޭނާ އަމިއްލަ ނަފްސަށް ބުނެލިއެެވެ. ކާރު ދުއްވުމުގައި މަސްއޫލުވެފައި އިން މިކްޔާލަށް ބަލާލިއެވެ. ގަދަ ފިޔާތޮށި ކުލައިގެ ލިޕްސްޓިކް އުނގުޅިފައިވާ މިކްޔާލްގެ ކޯ ފެނުމުން އަނެއްކާވެސް އަޔާނީއަށް ކުޑާ ހިނިގަނޑެއް ޖަހާލެވުނެވެ.
ކާރު ތެރެ އެކީހެން ހިމޭންވެފައި އޮއްވާ ދެން އިވިގެން ދިޔައީ މިކްޔާލްގެ ފޯނު ރިންގުވާން ފެށި އަޑެވެ. އިފާގެ ނަން ފެނުމުން އެ ފޯނަށް ޖަވާބުދޭން އަޔާނީ އަވަސްވެގަތެވެ. “ހަލޯ..” އަޔާނީ ފޯނު ނެގި އަޑަށް މިކްޔާލް ކާރު ހުއްޓާލިއެވެ. “މީ ކޮންކަހަލަ އަންހެނެއް އަހާވެސް ނުލާ މަގޭ ފޯނު ނަގައިފިއޭ..” އަމިއްލަ ނަފްސަށް އިވޭވަރަށް އޭނާ ބުނެލިއެވެ. އެހެންނަމަވެސް އަޔާނީއަށް އަޑުއިވުނެވެ. މިކްޔާލައަށް ބަލާލަމުން އަޔާނީ އެއްލޯ މަރާލިއެވެ. “ގޯޝް އައި ޑިންޓް ނޯ ޝީވޯޒް ސަޗް އަ ފްލާރޓް” އަނެއްކާވެސް މިކްޔާލް ބުނެލިއެވެ. އޭނާ ހިސާބަކަށް ލަދުގަންނަ ގޮތްވިއެވެ. “މިހާރު އިނގިއްޖެ އެއްނު..” ފޯނު ކަންފަތާ ދުރުކޮށްލަމުން އަޔާނީ ބުނެލިއެވެ. ފޯނުގެ ސްކްރީނަށް އަރާފައިވާ އިފާގެ ނަން ފެނުނީ ދެނެވެ. އަޔާނީ ފޯނު ނެގި ސަބަބުވެސް އިނގުނެވެ. މިކްޔާލް ކާރު ދުއްވާލިއެވެ.
“އާން މަންމާ މިދަނީ އިނގޭ ބުރެއް ޖަހާލަން ނިކުމެލީމަ އިނގޭ..އައި ހޭވް ދަ ކީސް..މަންމަމެން ނިދަން އަރާ ދެން އޯކޭ..ޔާރ މިކްޔާލްއާއެއްކޮށް..” އަޔާނީ އޭނާ މަންމަގެ ހުރިހާ ސުވާލަކަށް ޖަވާބުދިނެވެ. ތެދަކަށް ނޫނެވެ. ދުލަށް އައިހާ މޮޅެތި ދޮގުތަށް ފަށްފަށަށް އަނމުނާލިއެވެ.
“ބާއި..ސީ ޔާރ..” އަޔާނީ މެންގޭ ކުރިމަތީގައި މިކްޔާލް ކާރު ޕާކްކޮށްލީމައި އަޔާނީ ފޭބިއެވެ. ފޮނި ގޮތަކަށް ސަލާން ކޮށްލަމުންނެވެ. “ޔޯ ކޯޓު..” ކޯޓު ބާލަން އެއް އަތް ނައްޓާލެވުނު ވަގުތު މިހުރެވުނީ އެއްޗެއް ނުލާކަން އަޔާނީއަށް ރޭކާލިއެވެ. ނޭނގޭ ކަމަށް ހަދަން އުޅުނަސް މާ ރީއްޗަށްވެސް މިކްޔާލަށް އަޔާނީގެ ހަށިގަނޑު ފެނިއްޖެއެވެ. ދުރު ބަލާލަމުން މިކްޔާލަށް އަޔާނީ ބަލާލިއެވެ. އަނގަ ހުޅުވިފައި މިކްޔާލް ބަލަހައްޓައިގެން އިނެވެ. “އަނގަޔަށް މެއްސެއް ވަދެދާނެ..އެން ކޯޓު ދޭނަން ފަހުން..” ބާރަކަށް ކާރުގެ ދޮރު ޖަހަމުން އަޔާނީ ގޭތެރެއަށް ދުވެފައި ވަނެވެ. ނިންވާލާފައިވާ ބޮކި ތަކުގެ ސަބަބުން މަންމަމެން ނިދީކަން ރޭކާލިއެވެ. ދުވެފައި ކޮޓަރިއަށް ގޮސް ދޮރުޖެހިއެވެ. ދޮރު ބުޑުގައި އިށީނދެލިއެވެ. ކޯޓު ބޮނޑިކޮށްލަމުން މޫނުގައި އޭތި ޖައްސާލިއެވެ. މިކްޔާލް ސިފަވުމުން މޮޔައެއްހެން ހެވުނެވެ.
ކާރުގެ ހުނގާނުގައި ހިފާއްޓާލައިގެން އޭނާއަށް އިނދެވުނެވެ. ލޯގަނޑުން ފަހަތު ސީޓު މިކްޔާލަށް ފެނުނެވެ. އަޔާނީގެ އިރައިގެން ގޮސްފައިވާ ހެދުން ލޮލުގައި އަޅައިގަތުމުން އޭތި ނެގިއެވެ. އެހެދުން ހަނދާން ނައްތާލާފައި އަޔާނީ އެ ދިޔައީއެވެ. މިކްޔާވެސް އެ ހެދުން މޫނުގައި ޖައްސާލަމުން ހިނިތުންވެލިއެވެ. އަމިއްލަ ކޮލުގައި ފިރުމާލީ އަޔާނީ ހަނދާން ވުމުންނެވެ.
އަޔާނީއާއި މިކްޔާލްވެސް އަމިއްލަ ހިތާ ސުވާލުކުރަމުން ދާ ފަދައެވެ. މިކުރެވެނީ ކޮންކަހަލަ އިހްސާސެއްހެއްޔެވެ؟ މި ޖަޒުބާތު ތަކުގެ މައްޗައް ބާރު ފޯރުވަން ކިތަންމެ މަސަތްކަތް ކުރިޔަސް ނާކާމިޔާބު ވާ ގޮތް ވަނީ ކީއްވެހެއްޔެވެ؟ ފެންނަ ކޮންމެ ފަހަރަކު ހިތުގައި ފޮނި ރާގެއް ކުޅެެވެނީ ކީއްވެހެއްޔެވެ؟ އަޔާނީގެ ހިތް ދިޔައީ ބިގް ފްލާރޓަށް އެދެވެމުންނެވެ. މިކްޔާލްގެ ހިތް ގައްޑާ ގޮލާ މަތިން ހަނދާންކުރަމުން ދިޔައެވެ. އެކުގައި ހޭދަކުރެވުނު ސިކުންތު ތަކާ މެދު ވިސްނުމުގައި އެ ދެ ޒުވާނުން އެ ކަޅޮފޮއެ ރޭގަނޑު ހޭދަކުރިއެވެ. ތަރިތަކާ ހަނދުވެސް އެ މަންޒަރު ބަލަމުން ދާނެކަން ޔަގީނެވެ. ކާރުގެ ސީޓުގައި ލެނގިލައިގެން މެކްސީގައި ނޭފަތް ޖައްސާލަމުން ސެންޓު ވަސް ބަލަމުން ދީވާނާވެ ހެމުން މިކްޔާލް ދިޔައެވެ. ކޮޓަރީ ދޮރު ބުޑުގައި އިން އަޔާނީގެ ހާލުވެސް ހަމަ މިފަދައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
69 Comments!
Comments are closed.

Me first dhww
Yes congra eekko ❤❤❤
Maasha Allah varah reethi story eh.. Keep it up.. Waiting to read the next part. Um curious to know whats going to happen next. Luv yur story❤❤❤❤
Ayee thank you very much ❤❤ guessed kohlaa ingey you’ll get to read the next part vrh avahah ??
Ga’daa gola.. Buvahahaha.. v funny.. I just luv this story
Hahha dhw….thank youuuuu R ❤❤❤??
Hey guys I’m a little late dhw haha ❤❤ anyways testu thah boamathivefa otheema I’ve decided to take a two days break so I’ll meet you all Thursday ga with the 6th prt insha allah ?☺☺ Thank you so much for the love and support I’ll miss you guys so much ????❤❤❤ Love yall ???? ( I’ll still reply to all comments though im taking a break )?? so keep commenting friends ??
Mashallah mipart ves v.reethi,by the how many years old are u , my luving cookieee… ???
Boy: adhan, idhaan, ayaan
Girl:eenaal,laara , mifha, zeeshaan, zeesh..ok tha seeu soon luv ya?❤? all the v best 4 ur exams???
Awwwww thank yuh ma gurl ❤❤❤ I’m 16 how bout u ??? ur more my loving dear ??? and the names r beautiful ?? thanks same u ah ves ?
N I know mi part ge ending ehaa curiose noon kan so i have a hint for you guys. 6 vana baiga new character eh annatheeve two gender inves vrh reethi nameh hurihaa readers ves comment kohlachey ???❤❤???
Girl; Rishma
Boy; maavin
Girl: Yaashaa
Boy: Shinaan
Ma sha allah mibaives v reethi… kaamiyaabu test akah edhan … ???
Aye thank u ainth dear ❤❤❤ shukuru ??
boy: Ahaan
girl: Aina
dhn inah part kudakoh dhigu kohlahcheyy plxx
copy koh fa koba hana .
vrh rythi mi part vx ❤..kaamiyaabu testakah edhn ..?
Thank youuuuu azhadh ❤❤❤❤ same to u ah ves ???
Haadha gaboolu kuran dhahchey real life meehaku anhen kuhjaku rape kohlima dhen ethanun nikumegendhaa iru mihaa cool vedhaane kamah..ekamaa hama hairaan vejje..ruimeh haas vumeh ladhu gathumeh neiy..piss pisss atleast aee kihineh v kameh thoa ves mikyaal ahaa nulaaa..amilla joking ga..
Ehntha dhen gaboulu kohlaa. ..cux I wrote it……. thee ur imagination dhw..mine is totally different hehe n assu u ah vaanuvaa neygenyy kanne..being raped by zyvan is not new to ayaany ehnve ekahea reaction eh eaee…n adhi nethehnu mikyaalah suvaalu nukurevifaeh you’ll see ingey kuriah huri baithakuga..?☺
❤Wow varah reethi ?????❤
Thank you ibsha sis ???❤
B..Ahnaf
G.Ibsha
B :Ahaan.
G:Ailee
copy kurun noon kameh novey
Aayan:Airah
habeys….wen next….dhariyaa ma kiriyaa maru nuvee mi part gr inthixaaru ga….ehehehehe
Wow just awesome cookie dear??????mikyal and ayaany va majaa dhw???????and you are so talented❤❤❤❤❤❤❤keep up the good work dear… ???lots of love ❤ ? ? ? ? ? ? ? ?
maasha allah cookie mi part vx habeys hama ehaa reethi. whn next part. luv ya
GIRL: Hudha
BOY: Isham
gud luck for your test cookie lwbs
hoe hoe hudhaaa sisiii varugadha ishaam eh ngey… adhi vx ebe ulhey eyna…. anyway stry vvv obi… vv habeys maasha allah…??? boy: aiman , yuaan ..
I love this story ❤
Wow vrh Salk and name aka
Boy.haisham
Girl.Alfa or azfa or azfa
Hope u like the names and Gus luck ????❤❤❤❤❤❤❤❤???????????
eyy naash lwbs isham aa nubehehchey isham aa behenyaa alhugandah vx beheveyne aiman and yuaan aa vx. lol eyy beynun 4n in vaahaka dhakkaalan v private koh
Boy;iyaan
Girl:Airaa or mairaa
And good luck for ur test cookie dear?????❤❤❤❤❤❤❤and btw don’t mind ingey mi question ehiyas,….how old are you????❤❤❤❤if you want you can answer it…????lysm❤❤❤❤❤❤❤❤
She’s 16
kaaku bunee…she doesnt want to share those things…so ehves varakah ekahala kamakaa rulhinaan nathii….for ur kind information….ahaha
Kyve ehaa cool koh ekan e negy ehaa bodu kameh v ma ves majaa koh jesun kurevey tho?
cookie kn nameh tha kiyanee? rasha dhathah buny cookie kairy ahaabalaashw kn nameh tho kiyanee
Konirakun next part i can’t wait
maadhama…writer bunee
And who are you ?
@hamtii ???
im her friend..n she said she will take 2days break…egijje tha
Lol I’ve this weird feeling that hamtii is Cookie’s bestfriend or sth ?
boy; riyaan
girl; risha
Brontho kobaa.. It’s Friday mihaaru…. At least reply kobba :)).. Dhen hamtii ehenviyyaa bunrba kobaa cookie? ??
Where is cookie???now its friday…..hamtii@
I agree with reader… At least reply kohba….hamtii ah ingeynehnu…hamtii@ kobaa cookie???
Boy ah kiyaaba Xavi
Girl ah najaa
yesterday she said up kuraanamey…ill ask her afternoon ga….n will say to reply for ur comments…wait for the reply
Okay hurihaa comments reply nukurias story up nukurevunu sababu bunefiyya that’s what we readers want :)) vaki dhuvahakah up kuraanamey kiyaafa up nukurevun aslu varah kada at least sababeh bunaa nama Hope mikahala kanthah rangalhu kuraane kamah KEEP IT UP COOKIE :))
Varah reethe vaahaka?…. n when next part??
Alhey cookie kobaatha story????mihaaru friday ves nimeny….bt u told Thursday ga up kuraanemo…..ingey knmes kameh vegen kan…bt vykameh buneladhinun edhen….eyrun dhw wait nukuraanves ingeyny readers ah…..and kobaa thr cookie ge bestie????he can answer…
Cookie nubune vaki Thursday ekey… So vedhaane next Thursday kamah ??
Alheyyyyy cookie kobaatha next part……. stry reethikamun nuhureveyneyeyyy….plxxx
cookie where r u buddy…???
Vrh reethi vaahaka…. can’t wait to read next part ……??? ❤❤❤
BOY: ZEEK
GIRL: MAISHA
cookie is busy these days…she said sorry for that
Prove that you are her friend
no it’s k dear.☺☺☺.. naash ah ngey mikamah vure dear ge exam maa important kan.. so free v ma up kohladhy ngey dear.???. luv yah ????❤??????
vrah reethi mi baives……next bai avahah up kohdhehchey love ya
I too know, but this is too damn good, I’m also having exams ???.. But still i check like 2 times a day story up veythoa, still make time to study :))
writers need time to write the story…so respect to the writer
Cookie, if ur busy tell readers that you cant up the story…so they will understand…
Vrh reethi story…. u also gr 10 tha exam hadhaa vaahaka buneema… Good luck dear ?
Hey readers….she is sooo sorry that she cant give time to write stories…writer kiyavamun story liyan vy ma udhagoo vaane…im sure readers ah egeyne ekan….n maybe she will up the next part on this week…insha allah…mi week ga we are not that much busy…ehehehe….btw wait until u get a comment from cookie…see yuh
so romantic…..
So Romantic
This story is surely gonna be damn good??…. Keep up da gud work girl ❤️❤️❤️❤️