Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ހަޔާތުގެ ސޮފުހާތަކުން -1-

[email protected] Level 1
August 27, 2018 2 Mins Read
14 Comments

​ލޯތްބަކީ ކޮބައިކަން އަހަރެންނައް ވަރައްރަގަޅައް އިނގެއެވެ. ލޯބީގެ ފޮނިމީރުކަން އަރުތެރޭ ނުލިއެއްކަމަކު ލޯބީގެ ފޮނިކަމާ ލޯބީގެ މުހިންމުކަން އަހަރެންނައް އިހުސާސް ކުރެވެއެވެ. އަހަރެންމީ ބަދުނަސީބު މީހެކޭ ބުނާކައް އަހަރެން ބޭނުމެއްނޫނެވެ. ނަމަވެސް އަހަރެންގެ ބާރު ބޮޑުވެފަވާ ސިކުނޑިޔާ ޒަހަމުވެފަވާ ހިތް ބުނަމުންދަނީ އަހަރެންގެ ބަދުނަސީބު ކަމުގެވާހަކައެވެ. ގަބޫލުކުރަން ބޭނުންނޫނަސް އަހަރެންމީ ބަދުނަސީބު މީހެއްކަމައް އަހަރެންގެ ނަފުސުގަބޫލު ކުރެވޭފަހަރު އާދެއެވެ. ސަބަބެއް ނެތިއެއްނޫނެވެ. ދަރިންނައް އެންމެ މުހިންމުވާނީ މައިންބަފައިންގެ ލޯތްބާ އަޅާލުމެވެ.ފިރިހެންދަރިޔެއްނަމަ ބައްޕަގެ އެހީޔާ މަދަދެވެ. އަންހެން ކުއްޖެއްނަމަ މަންމަގެއެހީޔާ މަދަދެވެ. ޖުމުލަކޮއް މަންމަޔާ ބައްޕަގެ ފުރިހަމަ ލޯތްބެވެ.

ފިރިހެންކުއްޖާ ފުރާވަރައް އެރުމުން މަންމަގެކައިރީ ބުނަންނުކެރޭ ލަދުވެތި ކަންތައްތަކެއް ހުންނާނެއެވެ. މިފަދަ ދަޑިވަޅުތަކުގަ އެންމެބޮޑައް ބޭނުންވާނީ ބައްޕަގެއެހީޔާ ހިޔާލެވެ. މިފަދަ ދަނޑިވަޅުތަކުގަ ބައްޕަހުރެ ބައްޕަގެ އެހީޔާމަދަދު ނުލިބޭކަމުގަ ވަނީނަމަ އެދަރިޔަކައް ކުރާނެ އަސަރާ ވާނެދެރަ އަހަރެންމިދަނީ އިހުސާސް ކުރަމުންނެވެ.

އަހަރެންނަކީ ރާއްޖޭގެ ފާހަގަކޮއްލެވޭ ރަށަކައްއުފަން ކުއްޖެކެވެ. އާއިލާޔަކީ މުޅިއަތޮޅުންވެސް ފާހަގަކޮއްލެވޭ އާއިލާއެކެވެ. ތަނަވަސްކަމުގެ ގޮތުންނާ ބާރުވެރި ކަމުންނެވެ. ނަމަވެސް މުޅިއާއިލާއިންވެސް އަހަރެން ބަލައިގަންނަނީ ލޯބިވާ މަންމައެވެ. ހަގީގަތައް ބުނާނަމަ އާއިލީލޯބިން އަހަރެންގެ ލޮބުވެތި މަންމަވެސްވަނީ ބާކީކޮއްލާފެއެވެ. އަހަރެން ހަދާވާން ފެށިފަހުން މަންމަ އުޅެމުންދަނީ ވަކިންނެވެ. ރަށުން މަންމަޔައްލިބުނު ގޯތީގަ ގެދޮރުއަޅައިގެންނެވެ. އަހަރެންގެ އާއިލާއަކީ ތަނަވަސް ފޯރުންތެރި އާއިލާއެއްކަމަކު އެތަނަވަސްކަމާ ފޯރުންތެރި ކަމުގެ އެއްވެސް އަރާމަކާ އުފަލެއް އަހަރުމެނަކައް ނުލިބެއެވެ. އެއްފަހަރު ކައިފިނަމަ ދެވަނަފަހަރު ކާނޭއެއްޗެއް ހޯދާނެހާ ތަނަވަސްކަމެއް އޭރު އަހަރުމެނައް ލިބިފަކާނުވެއެވެ. ނަމެއްގަ ތަނަވަސް އާއިލާޔަކައް އުފަންވެފަވާ ބަޔަކުފަދައެވެ. އަހަރެންގެ މަންމަޔާ ބައްޕަ ދިމާވީ ރަށުގެ ބަނދަރުހަދަން ބައްޕަ ރަށައްކުރި ދަތުރެއްގައެވެ. ބައްޕަޔަކީ މިފަދަ މަސައްކަތް ކުރުމުގެ އިތުރުން ކުރިން ބޯޓުދަތުރުކުރި މީހެކެވެ. ބައްޕަ މިރަށައްއައިރު ވަރައްގިނަ ލާރި ގެންގުޅުނުކަން މީހުންގެ ވާހަކަތަކުން އިނގެއެވެ. އެދުވަސްކޮޅަކީ މަންމަ އެންމެހާލުގަ އުޅުނުދުވަސްކޮޅެވެ. ގޭތެރޭގަޖެހުނު ކުޑަކުޑަ މައްސަލަޔަކާ މަންމަ މަގުމަތި ކޮއްލި ދުވަސްކޮޅެވެ. އެއްގެއިން އަނެއްގެއިން ބޯހިޔާވަހިކަން ހޯދަމުންއައި ދުވަސްކޮޅެވެ.

ހަބަރުތައް އަހަރެންނައް ލިބިފަވާގޮތުން މިދުވަސްކޮޅު ބައްޕަ މަންމަޔައް ވަރައް އެހީތެރިވެދީ ހެދިއެވެ. މަންމަ ގޯތީގަ ކުޑަވަރެއްގެ ގެޔެއްވެސް އަޅާދިނެވެ. ބައްޕަގެ މިއޯގާތެރިކަންފެނި ބައްޕަދެކެ މަންމަޔައް ހަގީގީލޯބި ވެވިއްޖެއެވެ. އެހެންނަމަވެސް މަންމަ ބައްޕަދެކެ ލޯބިވާކަން ހާމައެއްނުކުރެއެވެ. ހިތުގަ ސިއްރެއްގެގޮތުގަ މިކަން ސިއްރުކޮއްގެން އުޅެނިކޮއް ބައްޕަ އިސްވެ މަންމަކައިރީ ބައްޕަޔާ ކައިވެނިކުރަން އެދުނެވެ. މަންމަވެސް މިކަމައް ބޭނުންވެފާލެއް ބޮޑުކަމުން މިކަމައް ރުހިގަބޫލުވިއެވެ. އާއިލާގެލޯބިން މަހުރޫމުވެފަވާ މަންމަޔައް ބައްޕަވިއެހީ އަބަދައް ބޭނުންވާތީއެވެ. މާގިނަދުވަސް ތަކެއްނުވެ މަންމަޔާ ބައްޕަ ކައިވެނީގެ މާތް ގުޅުމުން ގުޅިގެންދިޔައެވެ. ދުވަސްތައް ފާއިތުވަމުންގޮސް ރަށުގެ ބަނދަރުހަދާ ނިމިއްޖެއެވެ. އޭރު އަހަރެންގެ މަންމަ އަހަރެންނައް ބަނޑުބޮޑުވެ ވިހަންވަނީ ކައިރިވެފައެވެ. ދެންކަންތައްވީގޮތް އިނގޭހެއްޔެވެ. ރަށުގެބަނދަރު ހަދާނިމި ބައްޕަ ފުރަންޖެހުނީއެވެ. ބައްޕަގެ ބަސް މަންމަޔައް އިއްވީއެވެ. މީއަހަރެން ލޯތްބަކުން އުމުރައް އުޅެންކުރި ކައިވެންޏެއްނޫން މިރަށުގަ އުޅެންފަސޭހަޔައް މަޖަލަކައްކުރި ކަމެއްމީ ވަރިކޮއްފަތިހުރީ! މަންމަގެ ހިތް ހިތާމައިން ކުދިކުދި ކޮއްލުމައްފަހު ބައްޕަ ފުރައިގެން ދިޔައީއެވެ.

(ނުނިމޭ)

Share Article

Follow Me Written By

[email protected]

Level 1

Other Articles

Previous

ދުޢާ

Next

އިންތިޒާރުގައި ހުންނަމޭ ލޯބިން 35

Next
August 27, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 35

Previews
August 26, 2018

ދުޢާ

14 Comments!

  1. hash says:
    August 27, 2018 at 5:14 pm

    yeyy me first..v reethi ingey..waiting waithing dear..

    1. aaidh says:
      August 28, 2018 at 11:37 am

      hash yes your is first
      Varah avahah 2 vana bai genes dheynan
      (Mivaahaka mee hagee gee haadhisaa akah binaakohgen liyamun anna vaahakaeh) thibey fulhunge hiyaalaky alhugamduge hihvaru. Shukurihyaa

    2. aaidh says:
      August 28, 2018 at 12:55 pm

      Yes hash first thank you for lovely comments

  2. aish noor says:
    August 27, 2018 at 6:09 pm

    maa sha allah.. vrh vrh vrh furihama.. ibaaraiyy kurunthah varah reethi.. baeh imlaa kuhthah ekani massala akah faahaga v.. 🙂 ekam improve kureveyne adhi, in sha allah.. 🙂 vrh reethi mi part.. ummeedhu kuran dhevana bai ves hama mihaa furihama vaane kamah.. 🙂 good job.. keep up the good work writer.. 🙂

    1. aaidh says:
      August 28, 2018 at 11:43 am

      Faahaga kohli kanthah rangalhu kurumah V masahkai kiraanan.
      hiyaalu faalhu kurehvi kamahtakaa shukuru dhannavan.

  3. goldie says:
    August 27, 2018 at 6:13 pm

    v reethi mi story. waiting for the next part

    1. aaidh says:
      August 28, 2018 at 11:45 am

      Shukurihyaa

  4. Reet says:
    August 27, 2018 at 7:19 pm

    V reethi v dhera vehje

    1. aaidh says:
      August 28, 2018 at 11:44 am

      Shukurihyaa dhehvevi hiyaalah

  5. Someone's says:
    August 27, 2018 at 8:38 pm

    V nice

    1. aaidh says:
      August 28, 2018 at 11:47 am

      Shukurihyaa
      V nice koh vaahaka genes dheveythoa balaanan

  6. rai says:
    August 28, 2018 at 11:29 am

    wow.. varah reethi…obiness tooo the maxxx

    1. aaidh says:
      August 28, 2018 at 11:49 am

      rai thee anihkaa
      Kidy(unooshaa) thaa
      Lobi hiyaaleh

  7. Layerl says:
    September 18, 2018 at 8:00 pm

    aaidh… haadha lahey mioh reethi vaahaka up vaaleh dhw….ekamaku thi kuraa hiy varah hama saabas…. adhi bunantha readers thibeyny aaidh ge thi vaahaka ah inthizaaru kohla kohlaa…..ehenveemaa aaidh vaahaka thankolheh avahah up kohlla dheefaanan tha….BTW i’m also waiting for tha nxt part of your story…

Comments are closed.



All Right Reserved!