Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހާސިލް ވުމަށް އެދި ހިތް ރޮނީ 6

Anjal Level 210 Stories100 Comments100 Login
September 3, 2018 4 Mins Read
18 Comments

މައިރީން ދުރުކުރުވަން އުޅުނު އަލްޔާނަށް އެއްލި ކަޅިން ދުރުގައި ބަލަން ހުރި އީން ފެނުމާއެކު ހުއްޓުން އެރިއެވެ. “ހޯލީ ޝިޓް” އަލްޔާން އަށް އެހެން ބުނެވުނީ ބޭ އިޙްތިޔާރުގައެވެ. އީން އާއި ހަތަރު ކަޅި ހަމަވީ ވަގުތު އެދެލޮލުން   ފެނުނީ ބުނެދޭން ނޭނގޭ ފަދަ ހުސްކަމެކެވެ. ހުރި ގޮތަށް ހުރެ އަނެއް ފަރާތަށް އެނބުރި ހިނގައިގަތީ   ދެލޮލުން ހޯސް ލާފައި ފައިބައިގަތް ކަރުނަ އަލްޔާން އަށް ފޮރުވުމަށެވެ. އީން ދިޔަތަން ފެނުމުން އަލްޔާން އަވަހަށް     މައިރީން ގެ އަތް ފޮޅުވާލުމަށް ފަހު ދާން ހިނގައިގަތް ތަނާ މައިރީން އަލްޔާން ގެ ކުރިމައްޗައް އަރާ ހުއްޓުވިއެވެ. ” ވަޓްސް ރޯންގް ބޭބީ…މިހާ ދުވަސް ކޮށްލާފަ ފެނުނީމަ އުފަލެއްވެސް ނުވޭތަ؟”                     “މައި…އައި ނީޑް ޓު ގޯ..ޕްލީޒް” މައިރީން ދުރުކޮށްލާފައި އަލްޔާން އަވަހަށް ބޭރަށް ނިކުތެވެ.               އީން ފެންނަން ނެތުމުން އަލްޔާން އަށް ހަދާނެ ގޮތް ހުސްވިކަހަލައެވެ. ދާންވީ ކޮޅެއް ނޭނގި ބޮލުގައި ދެއަތުން     ހިފަހައްޓައި ލެވުނެވެ. އީތަން ސައިކަލުގައި އައިސް މަޑުކޮށްލީ އެވަގުތު އެވެ.

“ބްރޯ އަވަހަށް އަރާބަލަ..އީން ދިޔައީ މިއޮތް މަގުން”

އިތުރު ސުވާލެއް ނުކޮށް އަލްޔާން އަވަސް  އަވަހަށް ސައިކަލަށް އެރިއެވެ.  އީން ދިޔަ މަގަކީ އެއްކޮޅައް          ދުއްވާ މަގެއްކަމުން ސީދާ އެގޯޅިން ދެވޭ ގޮތެއް ނުވިއެވެ. އަލްޔާން މެން މުޅި އެހިސާބުގައި އެކި ގޯޅި ގޯޅިން ދުއްވިއެވެ. އެކަމަކު އީން އެއް ނުފެނުނެވެ. އެންމެ ފަހުން ގޮސް ޕާރކިން ޒޯން އެއް ކައިރީ މަޑުކުރިތަނާހެން          އަލްޔާން އަށް ފެނުނީ އަންހެން ކުއްޖަކު މާ ބާރަށް ހިނގާފައި ގޮސް ގޯޅިން އެޅި ތަނެވެ. އެކުއްޖާ ލައިގެން ހުރީވެސް ހަމަ  އީން ލައިގެން ހުރި ކަހަލަ ގަދަ ރަތް ކުލައިގެ ހެދުމެއް ކަމުން އެއީ ހަމަ އީން އޭ ހީކުރެވުނެވެ. އަލްޔާން ވީ އުފަލުން ދުވެފައި ކަހަލަގޮތަކަށް ގޮސް އެކުއްޖާގެ އަތުގައި ހިފައި ގަޔާ ދިމާލަށް އަނބުރާލަމުން އީން އޭ ގޮވާލިއެވެ.               ނުދަންނަ މީހަކު އައިސް ކުއްލިއަކަށް އަތުގައި ހިފުމުންް އެ އަންހެންކުއްޖާ ހައިރާން ކަމާއެކު ބަލައިލި އެވެ.        އެއީ އީން ނޫންކަން އެނގުމާއެކު އަލްޔާން ވަގުތުން އެކުއްޖާގެ އަތުން ދޫކޮއްލަމުން ސޮރީ އޭ ބުނެވުނު އިރު ހުރީ ފެންކަޅިވެފައެވެ.

ލޮލުން އޮހެން ތައްޔާރު ވަމުން ދިޔަ ކަރުނަތިކި އަތުގެ ނުފުށުން ފޮހެލަމުން ކައިރީގައި ހުރި ޕޭވްމެންޓް ގައި ފައިން  ބާރަށް ޖަހާލެވުނީ ގޮތް ހުސްވެގެންނެވެ. “ކަމޯން އީން ވޭ އާރ ޔޫ؟” މާޔޫސް ވެފައިވާ ހާލު އަލްޔާން އަށް ބުނެވުނެވެ.          އޭނާގެ އެކުވެރިޔާ އެފަދަ ހާލެއްގައި ވަނިކޮށް ދުވަހަކުވެސް ފެނިފައި ނުވާ އީތަން އަށް އެ މަންޒަރު ފެނި އުނދަގޫ ވިއެވެ.         “ބްރޯ ހިނގާބަލަ އެގެއަށް ދާން.. ވެދާނެ އީން ގެއަށް ދިޔައީ ކަމަށް” އީތަން ގޮސް އަލްޔާން ކައިރީގައި ސައިކަލް  މަޑުކޮށްލަމުން ބުންޏެވެ. އަލްޔާން ބޯ ޖަހާލަމުން ސައިކަލަށް އެރިއެވެ. އަލްޔާން ހާސް ވެފައި ހުރިވަރުން އީތަން އަށް    އެތަނައް އާދެވުނީ ކިހިނެތް ތޯ ވެސް އަހާނުލައެވެ. އެހެން ކަމުން ދިޔަ މަގުމަތީގައި  އީތަން އަމިއްލައަށް ކިޔާދިނެވެ.

“ބްރޯ އީން އާ ވާހަކަ ދެއްކި އަޑު މަށަށް އިވުނީ..ލެމަން ގްރާސް އަށް ދާ ވާހަކަ ބުނުމުން މަ މާ ކުރިން އައިސް އެތާހުރީ… ..އަސްލު އަލަށް މީޓް ކުރާ ހިސްޓޮރިކަލް މޯމެންޓް ތި ދެމީހުންނަށް ނޭނގި ވީޑިއޯ ކުރަން އުޅުނީ..ހުރިހާ އެއްޗެއް    ރިކޯޑް ކުރިން…މައިރީން ކުއްލި އަކައް ވައްޓާލާނެ ކަމެއް ނޭނގޭނު..” އީތަން ދެއްކި ވާހަކަ އަކަށް އަލްޔާން އިތުރު ޖަވާބެއް ނުދެއެވެ.

ވަކި މަންޒިލެއް ނެތި ބާރު ބާރަށް ހިނގާފައި ދިޔަ އީން ގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހެމުން ދިޔައެވެ.  ފެނުނު މަންޒަރުން އީން ގެ ހިތަށް އެތައް ހާސް ކަށި އެއްފަހަރާ ހެރޭހެން ހީވިއެވެ.            މަގުމަތީން ދިޔަ މީހުން ވެސް އީން ރޮވެމުން ދިޔަތަން ފެނި ބަލަމުން ދިޔައެވެ.  އެހެނަސް ވަށައިގެން ހިނގަމުން ދިޔަ އެއްވެސް ކަމެއްގެ ރޭކާނުލާ ހާލު ދެފަޔައް ލެވުނުހާ ބާރެއް ލާފައި ހިނގަމުން ދިޔަ އީން އަށް ގޮސް ނިކުމެވުނީ ރަސްފަންނާ ދިމާލަށެވެ.                                  ހަވީރުގެ  ހިތްގައިމު ވަގުތުކަމުން ފުދޭ ވަރަކަށް ގިނަ މީހުން އެތަނުގައި ތިއްބެވެ.                              އީން ގޮސް މީހުން ނާ ތަންކޮޅެއް ދުރުގައި އިށީނދެ ދެއަތުން މޫނު ފޮހެލިއެވެ.                              އަލްޔާން ގައިގައި އެ އަންހެން ކުއްޖާ ބައްދާލައިގެން ހުރި މަންޒަރު ލޯ މަތިން ސިފަވުމާއެކު އަނެއްކާވެސް ލޮލުން ކަރުނަ ހެލިލިއެވެ.   އީން ގެ ހިތުގައި ޝަކުވާތައް އުތުރި އަރައި ގަތެވެ. އަލްޔާން އެހާ ވަރުން ބައްދަލް ކުރަން ބުނީ އެ މަންޒަރު ދައްކަން ބާވައެވެ. އޭނާގެ ހުރިހާ ކަމެއް ހޯދާ އެހާ ގިނަ އިރު އެގޭ ދޮށުގައި އިންތިޒާރުގައި ހުރީ ހަމަ ކަން ދައްކަން ވެގެން ބާވައެވެ.          އަލްޔާން ގެ ދެލޮލުން އެ ފެނުނު ޖަޒުބާތު ތަކަކީ ހަމަ ދެއްކުން ތެރިކަން ހެއްޔެވެ…

އަލްޔާން އަކީ ކާކު ކަން އިނގެން ބޭނުންވިއެވެ. އެހެން ކަމުން ކުޑައިރުކޮޅަކު ވިސްނާލަން ހުރެފައި ފޯން ނަގާ  ފޭސްބުކްހާވަން ފެށިއެވެ. އަލްޔާން ގެ ނަން ޖަހާލުމާއެކު ވަރަށް ފަސޭހައިން ޕްރޮފައިލް ފެނުނެވެ.  އަލްޔާން ގެ ފުރިހަމަ ނަމަކީ އަލްޔާން ވަލީދު އެވެ. ކިޔަވާފައި ވަނީ އިނގިރޭސިވިލާތުން ނެވެ.  ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރު ކޮށް އެކި ތަންތަނުގައި ރައްޓެހިންނާ އެކު ނަގާފައިވާ ފޮޓޯ ތައް ފެނި މީ އަދި އާދައިގެ މީހެއް ނޫން ކަން އީން އަށް ޔަޤީންވިއެވެ.  ކުއްލިއަކަށް އީން ލޮލުގައި އަޅައިގަތީ އަލްޔާން އަށް ޓެގް ކޮށްފައި “މައި ދި ބަބްލިޝް” ގެ ނަމުން ފޭސްބުކް ގައި އިން އަންހެން ކުއްޖަކު ލާފައިވާ ފޮޓޯ ތަކެކެވެ.                އަލްޔާން އާއެކު ގައިގޯޅިކޮށް ނަގާފައިވާ ފޮޓޯތަކާއިސެލްފީތައް ފެނުމުން ހީވީ އީން ގެ ހިތުގައި މީހަކު ވިކާލި ހެންނެވެ.          އާއެކެވެ. އެއީހަމަ މިއަދު ފެނުނުއަންހެން ކުއްޖާއެވެ.

އެއީ އަލްޔާން ގެ ލޯބިވެރިޔާ ބާވައެވެ. އެކަން އިތުރަށް ޔަގީންވީ އެ އަންހެން ކުއްޖާއާއި އެކު ރިސޯޓެއްގެ ބީޗް ގައި          ނަގާފައިއިން ފޮޓޯ އަކުންނެވެ. ދެމީހުން އެކަކު އަނެކަކަށް ބަލައިގެން ހެވިފައި ތިބި އިރު ހިތެއްގެ ބައްޓަމަށް ވާ ގޮތަށް އަތުގެ އިނގިލިތައް ވަނީ ގުޅުވާލާފައެވެ. ހުރިހާ ފޮޓޯ އަކަށް ހެން އެކި މީހުން “ނައިސް ކަޕްލް” އޭ ލިޔެ ކޮމެންޓް ކޮށް ފައިވީ އިރު އެ ފޮޓޯ އަށް އަލްޔާން ވެސް ރަތް ކުލައިގެ ހިތެއް ފޮނުވާފައި ހުއްޓެވެ.  އަލްޔާން ގެ ހުރިހާ ކަމެއް އީން އަށް އެނގި ބޭޒާރު ވެއްޖެއެވެ. އަލްޔާން އަކީ ދުވަހަކުވެސް އީން ނުދެކޭހާ ރީތި ފިރިހެނަކަށް  ވިޔަސް އެއީ ލޯބިވާން އެކަށީގެންވާ މީހެއް ނޫން ކަންވިސްނުނެވެ. ލޯބިވެރިޔަކު ހުރެމެ އޭނާ އުޅުނީ އީން ގެ  އިހްސާސް ތަކާއި ކުޅެލާށެވެ. ނޫނީ ތިމަންނަގެ ކާމިޔާބު ކަން ދައްކަންކަމަށް ވެސް ވެދާނެއެވެ.                ހަގީގަތް ބަލާވެސް ނުލާ އަލްޔާން އާ ގަޔާވެވުނު ކަމައްޓަކައި އަމިއްލަ ނަފްސު ދެކެ ވަރަށް ރުޅިއާދެވުނެވެ.        އެހެން ކަމުން މީހެއްގެ އެފަދަ މަޅިއެއްގައި ދުވަހަކުވެސް ނުޖެހުމައް އީން އަމިއްލަ  ނަފްސަށް ވައުދު ވިއެވެ. އީން ގެ ފަރސްޓް ޑޭޓް ގައި ވީ ކިހިނެތް ތޯ ބަލާ ހިތުން ހުރި އަލްކާ އަށް ސިހުން ލިބުނީ    އީން ފޯން ނަގާ ދެއްކި ވާހަކަ އިންނެވެ. ކަންވީ ގޮތް ކިޔައި ދިނުމުން ކޮންތާކުހޭ ތިހިރީ ހަމަ މިހާރު މި ދަނީ އޭ ބުނެ އަލްކާ ފޯނު  ބޭއްވިއެވެ.

*****

ރުޅި އައިސް ރަތް ވެފައި ހުރެ ބާރު ހިނގުމެއްގައި ގޮސް ގެއަށް ވަން މައިރީން  ފެނުމާއެކު އޭނާ ގެ ބައްޕަ ނިކަން ލޯބިން  ގޮވާލިއެވެ. އެއްވެސް ޖަވާބެއް ދިނުމެއް ނެތި ދުވެފައި ސިޑިން އަރައިގެން މައިރީން ދިޔައީ ކޮޓަރިއަށެވެ. އެނދު މައްޗައް ވެއްޓި  މައިރީން ފެށީ ރޯންށެވެ. ފަހަތުން އައި މައިރީން ގެ ބައްޕަ އަށް އޭނާ ރޯތަން ފެނުމުން އުނދަގޫ ވިއެވެ. “ކީއްވެ މިގޭ ޕްރިންސަސް މި ރޮނީ…ކާކު ދަރިފުޅު ރޮއްވާލީ..އަލްޔާން ތަ؟” މައިރީން ގެ ބައްޕަ އޭނާ ގެ ދަރިފުޅުގެ ފަން އިސްތަށިގަނޑުގައި ފިރުމާލިއެވެ. އަލްޔާން ގެ ނަން އަޑު އިވުމާއެކު   މައިރީންގެ ރުއިމުގެ އަޑު ގަދަ ވިއެވެ.” ހީޒް އިގްނޯރިން މީ ޑޭޑް.. އިޓް ހާރޓްސް” މައިރީން ކުޑަކުއްޖެއް ހެން ރޮއެ ރޮއެފާ އޭނާ ގެ ބައްޕަ ކައިރީ އަލްޔާން ގެ ޝަކުވާ ކުރިއެވެ. “ޑޯންޓް ވޮރީ ޕްރިންސަސް.. ބައްޕަ ވަލީދު އާ ތިވާހަކަ ދައްކާނަން.. ދެންނުރޮއްޗޭ”. މައިރީން ގެ ލޮލުން އެއްމެ ކަރުނަ ތިއްކެއް އޮހޭތަން ދެކެންވެސް އޭނާގެ ބައްޕަ އަށް ކުޅަދާނަ އެއް ނޫނެވެ.

މައިރީން އަހްމަދު އަކީ ރާއްޖޭގެ އެންމެ މުއްސަންދި، މަޝްހޫރު އަދި އެންމެ ނުފޫޒު ގަދަ އެއް ޕޮލިޓީޝަން    އަހްމަދު އަބްދުއްރައްޒާގުގެ ދެ ދަރީން ކުރެ ހުރި ހަމަ އެކަނި އަންހެން ދަރިފުޅެވެ.

ޕޮލިޓީޝަނެކޭ ބުނުމަށް ވުރެ ރަނގަޅީ ކޮރަޕްޓެޑް ޕޮލިޓީޝަނެކޭ ބުނީއްޔާއެވެ.  ރާއްޖެ އާއި އަދި ރާއްޖެއިން ބޭރުގައި ރިސޯޓް ތަކާއި އަދި އެހެން ވިޔަފާރިތައް ހިންގި ކަމުގައި ވިޔަސް އަޑި އަޑީން ސިޔާސީ އެކި ޖަރީމާ ހިންގުމާއި މާލޭގައި ގޭންގްސް ތައް ހިންގުމާއި އަދި މިނޫނަސް ގޭންގްސް ތައް ކޮންޓްރޯލް ކުރުމަށް ޓަކައި އެމީހުންނަށް މަސްތުވާތަކެއްޗާއި ހަތިޔާރު  ސަޕްލައި ކުރަނީ ސީދާ އޭނާގެ ބެލުމުގެ ދަށުންނެވެ. އޭނާ އާއި އެކު ވިޔަފާރީގައި އެންމެ އިސްކޮށް ހުންނަނީ  އޭނާގެ ފިރިހެން ދަރިފުޅު ނާޒިން އަހްމަދު އެވެ. މަޝްހޫރު ނަމުން ނަމަ “ޒިން” އެވެ.

********

އީން މެންގޭ ކައިރީގައި ސައިކަލް މަތީގައި މަޑުކޮށްލައިގެން އަލްޔާން އާއި އީތަން ތިއްބެވެ. އީން ގެ ފޯނު އޮތީ ނިއްވާލައިފާ ކަމުން ގުޅޭ ގޮތެއް ނުވެއެވެ. ގޭގައި އުޅޭ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ނޭގެއެވެ. އިރު އޮއްސި 7 ޖަހަން އުޅެނިކޮށް ގެއަށް އަންނަން ވެގެން އައި އީން އާ އަލްކާ ހުއްޓުނީ ގޭ ކުރިމަތީގައި ތިބި އަލްޔާން އާއި  އީތަން ފެނުމުންނެވެ.                                އަލްޔާން ފެނުމާއެކު އީން ގެ ހިތުގައި އާދަޔާ ހިލާފަށް ޖަހަން ފަށާ ވިންދަކީ ހަޤީޤަތުގައި ވެސް އިހްތިޔާރުން ބޭރުގަ             ވާ ކަމެއްކަން އީން އަށް އެނގުނީ އެ ނާޒުކު ވަގުތު ގައި ވެސް އަލްޔާން ފެނުމުން ހިތް ތެޅިފޮޅިގަތް ގޮތުންނެވެ. ހިތްހަމަ ނުޖެހިފައި ހުރި އަލްކާ ވަގުތުން އީން ގެ އަތުގައި ހިފައިގެންް ގެއައް ވަންނަން ހިގައިގަތެވެ.ހަމަ އެވަގުތު އަލްޔާން  ގޮސް އީން ކުރިމައްޗައް އަރާ ހުއްޓުވިއެވެ.

“އީން ޕްލީޒް.. ލިސެން ޓު މީ..ލެޓް މީ އެކްސްޕްލެއިން” އަލްޔާން އާދޭހުގެ ރާގެއްގައި އީން އަށް ބަލަން ހުރެ އަސަރާއެކު ބުނެލިއެވެ. އަލްޔާން ގެ އެ ޖުމްލައިން އަލްކާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.  ވަގުތުން ގޮސް އިސްދަށައް ޖަހައިގެން ހުރި އީން ގެ ކުރިމައްޗައް އަރާ އެދެމީހުންގެ ދޭތެރޭ ހުއްޓި ހުރެ އަލްޔާން އާ ދިމާލަށް ލޯ އަޅާލިއެވެ.

” ސީރިއަސްލީ…ޔޫ ސްޓިލް ހޭވް ދި ގަޓްސް ޓު އެކްސްޕްލެން ދިސް” ފޯނު އަލްޔާން އާއި ދިމާލަށް ދިއްކޮލަމުން   އަލްކާ އެހެން ބުނުމުން އަލްޔާން ފޯން ގެ ސްކްރީން އަށް ބަލާލިއެވެ.       އޭގައި ވަނީ އަލްޔާން މައިރީން އާ އެކު ނަގާފައިވާ ފޮޓޯ އެވެ.

އޭނާގެ ފޭސްބުކް ގައި ހުރި ފޮޓޯ ތައް އީން އަށް ފެނިއްޖެ ކަން އެނގުމުން އަލްޔާން ގެ ބޮލުގައި ރިއްސާލިއެވެ.  ދެ އަތުން މޫނު ގައި އަތް އަޅާލީ އޭނާގެ ހިތުގެ ހަޤީޤީ ހާލު  އީން އަށް ބުނެދޭނެ ގޮތެއް ނޭގުމުންނެވެ.

“އީން.. އައި ރިއަލީ ލަވް ޔޫ ..ޕްލީޒް ބިލީވް..ތީ މާކުރީގެ ފޮޓޯ ތަކެއް” އަލްޔާން  އެއްފަރާތަކަށް ޖެހެމުން އަނެއްކާވެސް   އީން ގެ މޫނަށް ބަލަން  ހުރެ ވާހަކަ ދައްކަން ފެށިއެވެ.                                          ” އޯހް ޕްލީޒް..ހޫމް އާރ ޔޫ ޓްރައިން ޓު ފޫލް…މާ ކުރީގެ ކަމެއް ނަމަ ކީއްވެ “މައި ދި ބަބްލިޝް” މިއަދު ގޮސް އަލްޔާން ގައިގަ ބައްދައިގެން ހުރީ” އަނެއްކާވެސް އީން ގެ ކުރި މައްޗައް އަރަމުން ވާހަކަ ދެއްކީ އަލްކާއެވެ.  މަންޒަރު ބަަލަން ހުރި އީތަން އައި ރުޅީގައި ގޮސް އަލްކާ ކުރިމައްޗައް އެރިއެވެ.                  ” ކަލޭ ތީ ފަހެ އީން ގެ ކާކުތަ؟ މީހާ ހީވަނީ ހިއްކާފަ އިން ބިލަމަގެއް ހެން..އެކަމަކު ވެސް އެހާ ފުއްޕާފަ               ވާހަކަ ތި ދައްކަނީ….ކީއްވެގެންތަ އަލްޔާން އަށް އީން އާ ވާހަކަ ދެއްކިޔަ ނުދީގެން ތި އުޅެނީ؟”         އީތަން ވާހަކަ ދެއްކި ގޮތުން އަލްކާ ހައްތަހާ ރުޅިގަދަ ވެ ދަތް ކުނޑި ވިކާލަމުން އީތަން އާ ދިމާލަށް       ދެވަރަކަށް ފިޔަވަޅު ކުރިއަށް އަޅައި ސީދާ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައި މަޑުކޮއްލިއެވެ.                         “މަށަކީ އީން ގެ ކޮންމެ މީހަކަސް ކަލޭ ތީ ކާކު ފާޑު ފާޑަށް މަށާ ވާހަކަ ދައްކަން..މާ މުއްސަނދި މީހެއްގެ ދަރިއަކަށް ވީމަ ގެނައި ބޮޑީ ގާޑެއްތަ؟  ..ހުނ..މީހާ ހީވަނީ ފީއިލޮއްޓެއް ހެން..މޭ ފުއްޕާފަ ތިހެން އަޔަކަސް އެއްކަމެއް ވެސް ނުކުރެވޭނެ”                      ކުޑަ ސިންގާ އެއްހެން ފުއްމައިގެން އަލްކާ ކުރިއަށް ޖެހިލުމުން ލިބުނު ކުއްލި ސިހުމާއެކު އީތަން އަށް ކުޑަކޮށް ފަހަތައް ޖެހެވުނެވެ.

އީތަން އާއި އަލްކާ ތޮޅެން ތިބި ދަނޑިވަޅު ބަލައި އަލްޔާން އަވަހަށް އީން ކައިރިއަށް ޖެހިލިއެވެ. “އީން.. އަހަރެން ދޮގެއް ނަހަދަން..އަސްލުވެސް މޮޔަވާވަރަށް ލޯބިވޭ އީން ދެކެ… އައި ހޭވަ ނޯ ފީލިންގްސް ފޯ ހާރ…ޕްލީޒް އީން ބިލީވް މީ  އޭނަ އެގޮތަށް އެތަނަށް އައިސް ދާނެ ކަމަކަށް ހީ އެއްވެސް ނުކުރަން..ވަރަށް ބައިވަރު ވާހަކަ  ކިޔައިދޭން ބޭނުން. ޕްލީޒް ގިވް މީ އެ ޗާންސް” އަވަސް އަވަހަށް ހުރިހާ ވާހަކަ އެއް ދައްކަމުން އާދޭސް ކުރާ ހާލު އަލްޔާން އަށް ބޭއިހްތިޔާރުގައި އީން ގެ އަތުގައި ހިފާލެވުނެވެ.  ރޮއެފާ ހުރި ކަމުގެ އަސަރު އީން ގެ މޫނު މަތިން ފެނި އަލްޔާން ގެ ހިތް ކުދި ކުދިވަމުން ދިޔަ ކަހަލައެވެ.  އެއްގޮތަކަށް ވެސް އީން އަށް އެއްވެސް ދެރައެއް ލިބޭކަށް އަލްޔާން ބޭނުމެއް ނުވެއެވެ.

އަލްޔާން ގެ ބީހުމާއެކު އީން ގެ ހަށިގަނޑުގައި ކަރަންޓް ގެ އޮއިވަރެއް ދަތުރު ކޮއްލި ފަދަ އިހްސާސެއްވިއެވެ.             ސީދާ  އަލްޔާން ގެ ދެ ލޮލަށް ބަލަން ހުރި އީން އަށް  އެދެލޮލުން ފެންނަނީ ހަމަ ލޯތްބެވެ. އޯގާތެރިކަމެވެ. ބޭގަރާރު ކަމެވެ.   އެހެނަސް އެ އަންހެން ކުއްޖާ އަލްޔާން ގެ މޫނު ގައި ބޮސް ދެމުން ދިޔަ މަންޒަރު ހިތައް ސިފަ ވުމާއެކު އައި ރުޅީގައި އަލްޔާން ގެ އަތް ފޮޅުވާލިއެވެ.

“ހައު ޑެއާރ ޔޫ ޓު ޓާޗް މީ އަލްޔާން ވަލީދު؟ ބުނީމެއްނު އަހަރެން މިއަދު ޖަވާބެއް ދޭނަމޭ… ޖަވާބަކީ ނޯ..     .އަޑު އިވިއްޖެ..ނ.ޯ..އެންޑް އައި ވިލް ނެވާ ގިވް ޔޫ އަނެދާރ ޗާންސް” ރުޅިވެރިކަމާއެކު އީން އެހެން ބުނުމުން އަލްޔާން ގެ ހިތް ހަލާކު ވިއެވެ. ” ކިތަންމެ ވަރަކަށް ލޯބިވެޔޭ ބުންޏަސް ދުވަހަކުވެސް ގަބޫލެއް ނުކުރެވޭނެ..ޖަސްޓް ގޯ އަވޭ ފްރޮމް މައި ލައިފް ޕްލީޒް.” ހިތަށް ކޮށްފައި ހުރި އަސަރުން ތަންކޮޅެއް މަޑު މަޑުން އެހެން ބުނަމުން އަލްޔާން އަށް ބަލާ ވެސް ނުލާ އީން އެތެރެއަށް ވަންނަން ހިނގައިގަތެވެ. އެއްވެސް އެއްޗެކޭ ނުބުނެވި އަލްޔާން އަށް ހުރެވުނީ ހުއްޓުން އަރާފައެވެ.  އޭނާބިނާ ކުރަން އުޅުނު ލޯބީގެ ގަނޑުވަރު ފަނާ ވެގެން މި ދިޔައީ ހީވެސް ނުކުރާހާ  އަވަހަށެވެ.                      އޭނާ ލޯބިވާވަރު އީން އަށް ވިސްނާ ދޭނީ ކިހިނެތްހެއްޔެވެ؟…ތިހެން ނަހަދާ އީން ޕްލީޒް…ކަމް ބެކް…  އަލްޔާންގެ ދުލުން އެއްޗެކޭ ނުބުނި ނަމަވެސް ހިތުގައި ވަރުގަދަ  ތޫފާނެއް ހިނގަމުން ދިޔައެވެ. އެ ހިތް ހުއްޓުމެއް ނެތި އީން އަށް އެދި ގޮވަމުން ދިޔައެވެ.

“އަޑު އިވިއްޖެ ދޯ އީން ގެ ޖަވާބު..ނައު ގޯ… އެންޑް ލީވް ހާރ އެލޯން…އާން އަދި ބުނަން..      މިތާ ހަތް ރޭ ހަތްދުވާ ވަންދެންހުއްޓަސް ދެން އީން އެއް ނާންނާނެ..”

“ބުނަން ބޮޑީގާޑް…މީގެ ފަހުން މީނަ އާއި އެކު މިގޭ ދޮށަށް އީން ހޯދަން ނާންނާތި…ހަމަ މިހާރު މިތަނުން ދޭ” އަލްކާ ގޮސް ސީދާ  އީތަން ގެ ލޮލާއި ދިމާލަށް  އިނގިލި ދިއްކޮށްފައި އެހެން ބުނުމަށް ފަހު ދިޔައެވެ.

“ހޫނ..ގައްޑާ ވިޔަސް ފުކެއް ބޮޑުވަރު” އަލްކާ އިންޒާރު ދިން ގޮތުން ހިތަށް އެހެން އެރި ކަމުގައި ވިޔަސް އަލްޔާން އަށް ވެފައި ހުރި ވަރު ފެނުމުން އީތަން އިތުރު އެއްޗެކޭ ނުބުނެ ގޮސް އަލްޔާން ކައިރީ ދާން ހިނގާށޭ ބުންޏެވެ. “ނޯ މަ ނުދާނަން..އައި ވޯންޓު މީޓް ހާ..ޝީ ކާންޓް ލީވް ލައިކް ދެޓް” ހުވަފެނަކުން ހޭލެވުނު މީހެއް ފަދައިން  ތެޅިގަނެފައި އަލްޔާން ބުނެވުނެވެެ. “ބްރޯ ޕްލީޒް…ހިނގާބަލަ..އެހެން ނޫނަސް އެ ކުޑަ ހިޓްލަރު ސިންގާ މިރޭ އީން އަޔަކަ ނުދޭނެ. ފަހުން މީޓް ކުރާނީ ހިނގާބަލަ” އީތަން އަލްޔާން ގެ އަތުގައި ހިފައިގެން ދަމަމުން ކަހަލަ ގޮތަކަށް އެތަނުން ގެން ދިޔައެވެ.

*****

ނުނިދިފައި އޮތް އަލްޔާން އަށް ފިކުރު ކުރެވެމުން ދިޔައީ އީން އާމެދުގައެވެ. އީން އޭނާ ދެކެ ނަފްރަތު  ކުރުމަކީ ކެތްވާނޭ ވަރުގެ ކަމެއް ނޫނެވެ. ހަގީގަތަކީ އީން ފެނުމުގެ ކުރީން އަލްޔާން ގެ ހަޔާތައް  ކިތަންމެ އަންހެން ކުދީން އައި ކަމުގައި ވިޔަސް އެއިން އެއްވެސް ކުއްޖަކާ މެދު މިފަދަ ޖަޒުބާތުތަކެއް ނުއުފެދެއެވެ.  އަދި އަމުދުން އަލްޔާން މައިރީން ދެކެނީ ގާތް ރައްޓިއްސެއްގެ ގޮތުގައެވެ.  ދެމީހުން އެކުގައި ކިޔަވަން އުޅުމުގެ ސަބަބުންނާ އަދި އެ ފެމެލީ އާއި އޮންނަ ގާތް ގުޅުމެއްގެ ސަބަބުން ވެސް މެއެވެ.  އެކަމަކު މައިރީން އަލްޔާން އާހެދި އުޅޭވަރުން އަބަދު ލޯބިވެއޭ …މެރީ ކުރާނީ އަލްޔާން އާއި އޭ ކިޔާފައި އުޅުނަސް އަލްޔާން ދުވަހަކުވެސް އެގުޅުމައް ނަމެއް ދޭކަށް އެއްބަސް ނުވެއެވެ. މައިރީން އަކީ ބަލާލަން   ރީތި ޒަމާނީ ކުއްޖަކު ކަމުގައި ވިޔަސް އީން ފެނުމުން ހިތުގައި އުފެދުނު ފަދަ ޖަޒްބާތެއް މައިރީން އައްޓަކައި ދުވަހަކުވެސް އެ ހިތުގައި ނުވެއެވެ.

*******

އޭގެ ފަހުން ވޭތުވެ ދިޔަ ދެތިން ދުވަހުގައި އެއްގޮތަކަށްވެސް އީން ގެއިން ބޭރަށް ނުނިކުމެއެވެ. ފޯނުން އަލްޔާން ގެ  ނަންބަރ ބްލޮކް ވެސް ކުރިއެވެ. މީގެ ފަހުން އަލްޔާން ގެ ސޫރަ ދުވަހަކުވެސް ދެކެން އީން ބޭނުމެއް ނުވިކަމުގައި    ވިޔަސް  އޭނާގެ އެކި ހަނދާނތައް އާވުމުން ގެއްލިފައި ހުރެވެއެވެ.

“ހިނގާ ބްރޭކް އަޕް ސެލެބްރޭޓް ކުރަން” އަލްކާ ގޮސް އީން ގެ އެނދު މައްޗައް ވެއްޓިގަންނަމުން ބުނެލިއެވެ.

“އަހަރެން އަލްޔާން އަކާ ރައްޓިއްސެއް ނުވަމެއްނު ބްރޭކް އަޕް ވާކަށް”  އީން އަނެއް ފަރާތަށް އެނބުރިލިއެވެ.              މިހާރު އެއްވެސް މީހަކާ މާ ވާހަކަ ދައްކާ ހިތެއް ނުވެއެވެ.                      ” އެގްޒެކްޓްލީ!…އެހެންނޭ ބުނަން މި އުޅެނީ. ރައްޓިސް ވެސް ނުވަން ނޫންހޭ އޭނަޔާ.. ދެން ކީއްވެ ތިހާ ވަރުވަނީ..އީން ހިވަނީ ދުވަސް ވީ ލޯބިވެރިޔާ އާއި ވަކި ވެގެން އުޅެނީހެން ވިއްޔަ..”އަލްކާ ގެ ޖުމްލައިން     އީން ގެ ހިތަށް އުނދަގޫވިއެވެ. އެވާހަކަ އަށް ދޭނެ ޖަވާބެއް ނޭގެއެވެ. އިނގޭހާ ވެސް އެއްޗަކީ އަލްޔާން އަށް ޓކައި އެ ހިތުގައި އިހްސާސް ތަކެއް އަދިވެސް ވާ ކަމެވެ.  އަލްޔާން ގެ ބޭވަފާތެރިކަން ފެނުމުން އެ ހިތައް އަނިޔާ ލިބުނު ކަމެވެ.

“އިނަފް އޮފް ދިސް …ހިނގާ މިރޭ ބޭރަށް ދާން…ޕްލީޒް” އަލްކާ ކުރު ނުކޮށް ކިޔަން ފެށުމުން އެންމެ ފަހުން އީން އެއްބަސް ވިއެވެ.     ސާދާ ގޮތަކަށް ތައްޔާރު ވެލައިގެން ނިކުތް އީން ފެނުމުން އަލްކާ އުފަލުން ގޮސް އީން ގެ އަތުގައި ހިފައިގެން ލެޓްސްގޯ އޭ ބުނެ  ހިނގައިގަތެވެ. އެކި ފިހާރަތަކަށް ވަދެ ފޯރިއާއެކު ގަދަޔައް ޝޮޕިން ކުރަމުން ދިޔައިރު އަލްކާ އަށް އީން ގެ މޫނުމަތީން         ހިނިތުން ވުން ފެނުމުން އުފާވިއެވެ. މި ގޮތައް ބޭރަށް އައުމުގެ މަގްސަދަކީ ވެސް އީން ގެ މޫޑް ބަދަލް ކުރުވުމެވެ.

“ހިނގާ ކާން ދާން މިހާރު ވަރަށް ބަނޑުހައި ވެއްޖެ …ކޮންތަނަކަށް ދާންވީ؟” ޝޮޕިން ކޮތަޅުތައް ހިފައިގެން ޓެކްސީ އަށް އަރަމުން އަލްކާ އީން ކުރެން އަހާލިއެވެ.

“ހޮޓެލް ޖެން އަށް ޑްރޮޕް ކޮއްލަ ދެންތޯ..މިރޭ އެތަނުގަ ލައިވް މިއުޒިކް އާއެކު ސްޕެޝަލް ޑިނާ ނައިޓެއް އެބައޮތް..         މިހާރުވެސް ދެތިން ދަތުރު ކޮއްފިން އެތަނައް” މިކުދީން ދާނެ ވަކި ތަނެއް ކަނޑަނޭޅޭތީ ޑްރައިވަރު އަވަހަށް ބުނެލިއެވެ. މިއުޒިކް އޮންނަ ވާހަކަ ބުނުމުން އަލްކާ  އަވަހަށް އޯކޭ އޭ ބުނެ ދާން އެއްބަސް ވިއެވެ

*******

އެތަނުގައި މީހުން ގިނަ ކަމުން އީން ހުރީ އުނދަގޫވެފައެވެ. އެހެން ނޫނަސް މީހުން އެހާ ގިނަ ތަންތަނަށް ދާން އީން  ވަރަށް ލަދުގަނެއެވެ. އެކަމަކު އަލްކާ އެއާ ދިމާ އިދިކޮޅެވެ. އީން ގޮވައިގެން ގޮސް އިށީނީ ވެސް ހޯލް ގެ މެދަކާ  ދިމާލަށް އިން މޭޒެއްގައެވެ. ތަންކޮޅެއް ޑިމް ލައިޓް ހުރިކަމީ ނަސީބެކޭ އީން ގެ ހިތަށް އެރިއެވެ. މިއުޒިކް ބޭންޑް މީހުން ހިތްގައިމު މިއުޒިކެއް ކުޅެމުން ދިޔައިރު ލަވަ ކިޔާ މީހާ ފެންނާކަށް ނެތެވެ.                     ތަނަށް ވެރި ވެފައި އޮތް ފަނޑު އަލި ކަމުގެ ތެރެއިން ކުއްލިއަކަށް ފަހަތުން  މީހަކު އީން ގެ ކަންފަތް ކައިރީ ގުދުވެ މަޑުމަޑުން “ދިސް ވަން އިޒް ފޯޔޫ މައި ލަވް” އޭ ބުނެލިއެވެ. ސިއްސައިގެން ގޮސް ފަހަތް ބަލާލެވުނު އީން ގެ ހިތް ތެޅިގަތީ އޮބިނޯންނަ ވަރަށެވެ. އަތްފައި ފިނިވެ މަޑު ތުރު ތުރެއް ހަށިގަނޑުގައި ލިއެވެ.   އާ އެކެވެ. އެއީ ދެވަނަ މީހެއް ނޫނެވެ. ހަމަ އަލްޔާން އެވެ.                                         އެހާ ކައިރިން އަލްޔާން ގެ މޫނު ފެނުމުން އީން ލޯ ބޮޑު ކޮއްލާފައި ބަލަން ފެށިއެވެ.                             އީން ގެ ދޮން މޫނު ހުދު ކަފަ ކޮޅެއްހެންވިއެވެ.                                               އިޝްގީ ގޮތަކަށް އީން ގެ މޫނައް ބަލާލައިފައި އަލްޔާން ހިނގައިގަތީ ސްޓޭޖާ ދިމާލަށެވެ.

ހުދު ކުލައިގެ ގަމީހަކާ ކަލު ކުލައިގެ ޖީންސެއް ލާފައި ހުރި އިރު އުޅަބޮއްޓާހަމައަށް އަތުކުރިވަނީ އޮޅާލާފައެވެ.  ގަމީސް ގަޔައް ހިފާފައި ވާ އިރު ހަށިގަނޑުގެ މަސްތައް ވަރުގަދަކަން ފާޅުވެއެވެ.  އިސްތަށިގަނޑުގައި ގަދަ މުށިކުލަ ޖައްސާފައިވުމުން ރީތިކަން މާ ބޮޑަށް ވެސް އިތުރު ކޮށްދެއެވެ.                       ހިތް ކަތިލާފަދަ ފިރިހެން ހިނގުމެއްގައި ގޮސް އަލްޔާން ސްޓޭޖައް އެރުމުން އަންހެން ކުދީންތައް އަލްޔާން ގެ ނަމުން ގޮވާ ހަޅޭއްލެވިއެވެ.

ގިޓާ ހިފައިގެން  މައިކް ކައިރީ ހުއްޓެމުން  އަލްޔާން ބަލާލީ ސީދާ  އީން އާ ދިމާލަށެވެ. މަޑު މިއުޒިކެއް ކުޅެމުން

އަލްޔާން ކިޔަންފެށި ލަވައިން އީން ގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ…

ނޭނގި ވެވޭ އިހްސާސެއް މިއީ…..

ލޭގާ ހިގާ އާ ޖަޒުބާތެއް މިއީ….

ހާސިލް ވުމަށް އެދި ހިތް ރޮނީ…

ޔާރާ ވިސްނާށޭ އިންސާނެއްމިއީ…ހްމްމް….

އީން އެކޭ އެއްފަދައިން އަލްޔާން ގެ ހިތްގައިމު އަޑުގެ ޖާދޫގައި ޖެހި އެންމެން ހެން ތިބީ ނޭވާ ހިފަހައްޓާލައިގެން ކަހަލައެވެ.

ހައިރާން ވެގެން ގޮސް އަނގަ ހުޅުވިފައި އަލްކާ ބަލާލި އީން އާ ދިމާލަށެވެ. އީން ހުރީ އާޝޯހު ވެފައި އަލްޔާން އާދިމާލަށް ބަލަހައްޓައިގެންނެވެ.

ނޯ…ނޮޓް އެގެއިން އީން..ޑޯންޓް ފޯލް ޓު ދަ ސޭމް ޓްރެޕް..”

ކުއްލިއަކަށް އީން ގެ ސިނކުނޑީގެ ކަނަކުން އޭނާ އަށް ވިސްނަދޭން ފެށިކަހަލައެވެ. އާއެކެވެ. މީހަމަ އަލްޔާންގެ މަޅިއެކެވެ.     މިމަޅީގައި  ޖެހޭކަށް ބޭނުމެއް ނޫނެވެ. އެތަނުން ދާން ވެގެން ކޮޅަށް ތެދުވި އީން ގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ އަލްޔާން  އީން އާ ދިމާލަށް އަންނާތީ އެވެ. އަވަސް ފިޔަވަޅު ތަކެއްގައި އައިސް އަލްޔާން އެއް ކަކޫ ޖައްސާލުމަށް ފަހު ތިރިވީ  އީން ގެ ކުރިމައްޗަށެވެ.

އެއަށް ފަހު އަނެއްކާވެސް ގިޓާ ކުޅެމުން ކިޔަން ހުރި ލަވަ ކުރިއަށް ގެންދިޔައެވެ.

ލޯތްބައް އަދާ ޖަހަމޭ ސަލާން…

ބޭނުން ޖަވާބެއް ދީ ކަލާ…

މި ހިތް ވަނީ ބޭގަރާރޭ….މީ ނިމުން ނެތް އިންތިޒާރޭ….ހްމްމް……

އަލްޔާން ލަވަ ނިންމާލަމުން އޭނާ ގެ އަތް އީން އާ ދިމާލަށް ދިއްކޮށްލީ ނުހަނު ލޯބިން އަސަރާ އެކު މިއަތުގައި  ހިފާށޭ ބުނާ ފަދަ ނަޒަރަކުންނެވެ. އެތަނުގައި ތިބި އެންމެންގެ ލޯތަށް އަމާޒުވެފައިވަނީ އަލްޔާން މެންނާ ދިމާލަށެވެ.    އަލްޔާން ގެ ދެލޮލަށް ބަލަން އީން އަށް ހުރެވުނީ ގުޑިލަނން ވެސް ނޭގިފައެވެ. ލަދުން ގޮސް މޫނު ރަތްވިއެވެ. މީ ހުވަފެނެއް ބާއޭ ހިތައް އަރަމުން ދިޔައެވެ. އެފަދަ މަންޒަރުތައް އީން އަށް ފެނިފައިވަނީ ހަމަ އެކަނި ފިލްމު ތަކުގައެވެ.          ހަގީގީ ދިރިއުޅުމުގައި އަލޔާން ފަދަ ރީތި ފުރިހަމަ ފިރިހެނެއްގެ ފަރާތަކުން މި ފަދަ ހަރަކާތަކަށް އެދި އެދި ތިބި އެތައް  އަންހެން ކުދީންނެއް ތިބޭނެ ކަން ގައިމެވެ.

ލޯބިވާ އަލްޔާން ގެ ޝޯ ބަލަން ނުލާހިކު ރީތިވެގެން އައި މައިރީން އަައް ފެނުނު މަންޒަރުން ހިތް ފަޅައިގެން ދިޔަކަހަލައެވެ.  ރުޅި އައިސްފައި ހުރި މައިރީންގެ ލޮލުން އަލިފާން ކަނި ބުރަމުން ދިޔަފަދައެވެ.                              ހިތުގައި އަނދައިގަތް އަލިފާންގަނޑާއެކު މައިރީން ބާރު ބާރަށް ހިނގާފައި ގޮސް އަލްޔާން އަތުގައި ހިފީ އަނެއް އަތުން ކައިރީގައި ހުރި އީން ކޮއްޕާލަމުންނެވެ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anjal

Level 210 Stories100 Comments100 Login

Other Articles

Previous

ވާނަން އެކީ

Next

ކުށަކާނުލައި- 12ވަނަބައި

Next
September 3, 2018

ކުށަކާނުލައި- 12ވަނަބައި

Previews
September 3, 2018

ވާނަން އެކީ

18 Comments!

  1. Reader says:
    September 3, 2018 at 9:57 am

    How dare you, MAIREEENGANDAAA

    1. Anjal says:
      September 3, 2018 at 2:31 pm

      ?

  2. Stry Kiyaa Man says:
    September 3, 2018 at 10:21 am

    Dear mi adhi vakin undhagu.sorry mihen bunan jehey thiyyy. Ekam stry genass inn goih v salhi.masha allah.
    Ummeedh kuran next part ga ekahala kan thah ragalhu kohlan.anehen typing mistake eh vex faahaga eh nuvey hama ekani kurin vex buni hen jumula thah vaki hishabakun e dhebai vefa huruma fahu mass bai vefa hurun faahaga viyy..when nw part upload…….
    Waiting 4 nw part……
    -salaam-?????

    1. Stry Kiyaa Man says:
      September 3, 2018 at 10:26 am

      *part ***
      *kiyan***
      *ragalhu kohlaane kamah****
      *bass dhebai***
      Hehe v mistake ebahuri dhw sorry igey ..avas kohlaafa eii.haha

    2. Anjal says:
      September 3, 2018 at 2:27 pm

      Oooh… Sorry.. Edit kohfa preview bala nula up kure vuny? next episode insha allah rangalhu vaane..
      Varah bodah maafah eden hurihaa kiyun theringe faraathun?

    3. Anjal says:
      September 3, 2018 at 2:30 pm

      Thanx man?. M really Sorry for the inconvenience.. Insha allah next part ll b good?

  3. Hudher says:
    September 3, 2018 at 2:51 pm

    Maasha allah mi partvx v v v v v nyc ?????? whn next……… Waiting????? luv yah ❤❤❤❤??

    1. Anjal says:
      September 4, 2018 at 11:52 am

      Thank you Hudher. next episode insha allah thursday ga.. ok tha

  4. naash says:
    September 3, 2018 at 5:51 pm

    hudhaa my lovely sisii um srry….any way stry vvvv nice.. maasha allah… nd u maireen vgn vaanama mihaaru maralaifeemusluv yah dear????? ngey…

    1. Hudher says:
      September 3, 2018 at 9:32 pm

      Hey…..Kn kamakaa srry ? nd v miss vey ingey?

    2. Anjal says:
      September 4, 2018 at 11:53 am

      thank you naash

  5. Maya says:
    September 3, 2018 at 7:08 pm

    What the,***. Haadha janthah fala anhenekeyy dhw.. Dhen eyna ge dad maa rich vyma hykurani loaihbaky ves ganeveyne ehcheh kamah thr…. Maureen aa nugulhuvaathi…. And een yes buneba please…. Alyaan really loves u… Vvvv habeys MashaAllah….. Waiting for Next part thankolheh avahah up kohdhehchey Darling… ???????dhen vaany kihineh baa? Vv curious…. ??????

    1. Reader says:
      September 3, 2018 at 7:58 pm

      She did the best thing ey… I mean writer… You have to suffer to et your true love

    2. Anjal says:
      September 4, 2018 at 11:55 am

      thank you Maya.. im trying to upload on thursday insha allah.

    3. Anjal says:
      September 4, 2018 at 11:57 am

      Exactly reader… there is no gain without pain dhw..hope u guys wil love the next part too.

  6. aruu says:
    September 3, 2018 at 7:55 pm

    V salhi?. Waiting for the next part

  7. ??? says:
    September 3, 2018 at 11:30 pm

    Vvvv rythi ????konn kahala manjje eh efakeeru dhurahliii??

  8. Reader says:
    September 4, 2018 at 9:29 pm

    Eagerly waiting for the next part… Pls up soon.. ??

Comments are closed.

Next Episodeހާސިލް ވުމަށް އެދި ހިތް ރޮނީ 7←


All Right Reserved!