Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އައިރީން.. (11)

Aufyy <3 Level 1100 Comments10 Stories
September 3, 2018 4 Mins Read
1 Comment

“އަހަރެނަށް ކިޔަނީ ފަރީދާ.” ފަރީދާ އަމިއްލައަށް ތަޢާރަފް ވެލިއެވެ.”ނަޢީމާ…އެހީވެދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ..” “އަހަރެން އައިރީން ގޮވައިން ހުރިއިރު އަހާލިން ބައްޕަ ކޮބާހޭ، ބުނީ ނިދާފަ އޭ، ބައްޕަ އަށް ނުގުޅައްޗޭ ، ބައްޕަ ވަރަށް ގޯހޭ، އަބަދު މަންމަ ރޮއްވަނީއޭ.. އިނގޭ މީ ނަޢީމާ ޒާތީ ކަމެއްކަން،އެކަމު އެހާ ވަރުގެ ކުއްޖެ ދޮގު ނުހަދާނެ ކަން އަހަރެން ހިތް ގަބޫލު ކުރޭ. އިނގޭ އަދި ދިމާވިތާ 24ގަޑި އިރު ހަމަ ނުވާކަން ވެސް. އިތުބާރު ކުރަން އުދަނގޫވާނެކަންވެސް.. އެކަމް އަންހެނެއްގެ އިހުސާސްތައް އެންމެ ފަސޭހައިން ދެނެގަނެވޭނީވެސް ހަމަ އަންހެނަކަށް ، ނޫންތަ؟” ވަރަށް ވިސްނާފައި އަހަރެން ފަރީދާއަށް ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ.

“ނަޢީމާ، ދެން އެނބުރި އެ ހައިވާނު ކައިރިއަށް ދާނެ ކަމެއް ނެތް..އަހަރެން ނަޢީމާއަށް އެހީ ވާނަން..ހިނގާ އަހަރެންނާއެކީ އަހަރެމްން ރަށަށް..” ފަރީދާގެ ވާހަކަތައް އަޑުއަހާ އަހަރެން ވަރަށް އުފާވިއެވެ.އެއާއެކު ހިތްނުތަނަވަސް ވެސް ވިއެވެ.ސަމީހު އަހަރެން ހޯދަން އުޅޭނެއެވެ. އޭނަ ކިބައިން ސަލާމަތްވުމަކީ މިހާ ފަސޭހައިން ވެދާނެ ކަމަކަށް އަހަންނަށް ގަބޫލެއް ނުކުރެވުނެވެ. އެހެނަސް މިވީހާ ދުވަހު ހެއްދެވި ފަރާތުގެ ހަޞްރަތަށް ދަންނަވަމުން އައި ދުޢާ އިޖާބަ ކުރެއްވީއެވެ. ސަމީހުގެ ވަކިތަކުން އަހަރެންނަށް ސަލާމަތް ވެވޭނެ މަގެއް ދައްކަވައިދެއްވީތީ ޝުކުރު ވެރި ވީމެވެ.

ހޮސްޕިޓަލުން ދޫކޮށްލުމުން އަހަރެން ދިއައީ ފަރީދާއާއި އެކު އެރަށަށެވެ. އަހަރެންނަށް ދެވަނައަށް ލިބުނު ދަރިފުޅަށް ކީ އުލްޔާއެވެ. އެއްވެސް ދަތި ކަމަކާ ނުލާ އަހަރެން އެރަށުގައި އުޅުނީ ހިތްހަމަޖެހިގެންނެވެ. ފުރަތަމަ ކޮޅު ސަމީހަށް ފެނިދާނެތީ ބިރުން އުޅުން ކަމުގައި ވިޔަސް ފަހުން ހަމަޖެހުނެވެ. ފޯނެއް ލިބުމުން އަހަރެން ބެލީ މަންމަ ނަންބަަރަށް ގުޅޭތޯއެވެ. އެހެނަސް ގުޅޭ ގޮތެއް ނުވިއެވެ.ދެން ގުޅީ ސަމީރާއަށެވެ. އެ ނަންބަރަށްވެސް ގުޅޭ ގޮތެއް ނުވިއެވެ. ހިތްވަރު އެލުނެވެ. އަހަރެންނަށް އުމުރަށް އަރީން ގެއްލުނު ކަމުގެ އިހުސާސް ފުރަތަމަ ފަހަރަށް ވިއެވެ. ހިތާމަ ކުރަމުން ގޮސް އަހަރެންގެ ހާލު ދަށްވިއެވެ. މާ ބޮޑަށް އެނބުރުން އަރާ ބޮލުގައި ރިއްސުން ޢާއްމު ވިއެވެ. ނަމަވެސް ދަރިންނަށްޓކައި ކެތްތެރި ވީމެވެ.

އައިރީން 10 ނިމުމުން އައިރީން ބޭނުންވީ އިތުރަށް ކިޔަވަން މާލެ ދާށެވެ. އެއްވެސް ޝަކުވާއަކާ ނުލާ ފަރީދާ އެކަންވެސް ކޮށްދިނެވެ. ފަރީދާ އަހަރެންނަށް ވެދިން އެހީ ދުވަހަކުވެސް އަހަރެން ހިތުން ފޮހެވިގެން ނުދާނެއެވެ. ”

******************************************************************

މަންމަގެ ވާހަކަ އަޑުއަހަން ހުރި އައިރީން ހުރީ ދެލޯ ފެންކަޅިވެފައެވެ. މަންމަ އުޅެން ޖެހުނު ދަތި ހާލު އައިރީން ހަދާންވިއެވެ. އޭރު އައިރީނަށް 4 އަހަރު ނަމަވެސް ދެލޯ ކުރިމަތީ ބައްޕަ މަންމައަށް ކުރި އަނިޔާ ދުވަހަކުވެސް ހިތަކުން ނުފިލާނެއެވެ. އައިރީން ފިރިހެނުންނަށް ކުރާ ނަފްރަތުގެ ހަޤީގަތަކީވެސް ސަމީހެވެ. އެހެނަސް އައިރީންގެ ބައްޕައަކީ އެހެން މީހެއް ކަމެއް އެހިތަށް އެންމެ ފަހަރަކުވެސް އަރައިފައި ނުވެއެވެ. އަދި ބޭބެއެއް ހުންނަ ކަމެއްވެސް އެނގިފައެއްނުވެއެވެ. “މަންމާ..ކޮބާ ބޭބެ؟” އަރީން އާއި ބައްދަލް ކުރަން އައިރީން ކިތެންމެހާވެސް ބޭނުންވެއެވެ. އެހެނަސް އޭނާ ވީ ތަނެއް ނަޢީމާއަކަށް ވެސް ނޭނގެއެވެ. ނަޢީމާގެ މޫނުމަތިން ފާޅުވި މޮޅިވެރިކަމުން އައރީނަށް އޭނާގެ ސުވާލުގެ ޖަވާބު ލިބުނެވެ. “މަންމާ…ހާސްނުވޭ، ﷲގެ އިރާދަފުޅުން އަދި ބޭބެ އަހަރެމެންނާ ދިމާ ވާނެ..” އައިރީން ނަޢީމާއަށް ހިތްވަރު ލައިދިނެވެ.
ދޮރުމަތީ ހުރި އުލްޔާ ހުރީ އިވުނު ވާހަކައަކުން ގަބު އަރާފައެވެ. އޭނައޭ ހަމަ އެހާ ރަހުމުކުޑަ މީހެއްގެ ދަރިއެއް ހެއްޔޭ ހިތަށް އެރިއެވެ. ދަރިއަކާއި މަޔަކު ވަކިކޮއްގެން ބައްޕައަށް ލިބުނު އުފަލަކީ ކޮބައިބާއޭ ހިތަށް އަރާ ހާލު ނަފްރަތުގެ ހުޅު އެހިތުގައި ރޯވެގެން ދިޔައެވެ. ދޮރުހުޅުވުން އަޑަށް އުލްޔާ ސިހުނެވެ. ކުރިމަތީގައި ހުރި އައިރީން ފެނުމުން ލޮލުން ކަރުނަ އޮހިގަތެވެ. އައިރީން އުލްޔާއަށް ހިތްވަރު ލައިދީ ހަމައަކަށް އެޅުވޭތޯ ބެލިއެވެ.

އޮފީސް ނިންމާލާފައި ގެއަށްދާން ނިކުތް ލީވާނަށް މަގުމަތިން ދިޔަ މީހުންގެ ކަޅި އަމާޒުވިއެވެ. ލީވާނަށް ބަލައިލި ކޮންމެ އަންހެން ކުއްޖެ އޭނާއަށް ފިދާވާނެކަން ގައިމެވެ. ލީވާންގެ ރީތި ކަމުގެ ސިހުރުގައި އެތައް އަންހެން ކުދިން ޖެހިފައިވެއެވެ. އެހެނަސް ލީވާންގެ ހިތާއި ކުޅެލުމުގެ ކުޅަދާނަކަން ހުރި ކުއްޖެއް އަދި ދިމާވެފައެއް ނުވެއެވެ. ލީވާން އަވަސް ފިޔަވަޅުތަކެއްގައި ގޮއްސަ ކާރަށް އެރިއެވެ.
ގެއަށް ވަދެ ލީވާން ފުރަތަމަވެސް ގޮސްވަނީ ކޮޓަރިއަށެވެ. ފެންވަރާ ތާޒާވެލައިން ނިކުތީ ބައްޕަގެ ރަޙުމަތްތެރި ބައެއް އަންނަ ވާހަކަ ބުނެފައި އޮތުމުންނެވެ. “އަނހަ ދަރިފުޅު ކޮންއިރަކު އައީ؟ ބައްޕަ މިއުޅުނީ އަދި ދަރިފުޅު ކޮބާތޯ ބަލަން ގުޅަން ކަމަށް.” ސަމާހު ލީވާނާއި މުޙާތަބުކޮށް ބުނެލިއެވެ. “އިރުކޮޅެއް ވެއްޖެ މިހާރު..” ލީވާން ހިނިތުން ވުމަކާއެކު ބުނެލިއެވެ. “އެ އައީ ކަންނޭނގެ..” މައިދޮރު ބެލް ޖެހި އަޑަށް ސަމާހުގެ އަންހެނުން ޒީނިޔާ އެހެން ބުނެލާފައި ދޮރާއި ދިމާލަަށް ހިނގައިގަތެވެ.
ހިސާނުއާއި އޭނަގެ ހުރިހަމައެކަނި ދަރި ވަރްޝާ އަދި އޭނާގެ އަންހެނުން އާތިކާ ހިނިތުންވުމަކާ އެކީ ސަލާމް ކޮށްލިއެވެ. “އަވަހަށް ވަދޭ އެތެރެއަށް.. ހިސާނުމެން އަންނަން ވާއިރަށް ޒިޔާނާ އެބަ ހުރި ވަރަށް މީރުކޮށް ކެއުން ތައްޔާރު ކޮށްފަ…” ކާގެއާ ދިމާލަށް ދަމުން ސަމާހު ބުނެލިއެވެ.

މަޖާ އެކި އެކި ވާހަކައިގައި ތިބެގެން އެންމެން ކެއުން ނިންމާލިއެވެ. “ލީވާން..ދޭބަަލަ ވަރްޝާއަށް ގެ ކުޑަކޮށް ދައްކާލާފަ އަންނަން..” ވަރްޝާ ގޭގެ އެކި ދިމާލަށް ކަޅި ހިންގާކަން ފާހަނގަ ވެގެން ޒިޔާނާ ބުނެލިއެވެ. ވަރްޝާ ލަދުގަތެވެ. އެހެނަސް އެއްޗެކޭ ބުނަން ނުކެރުނީ ލީވާން ހިނގާށޭ ބުނުމުންނެވެ. ގޭގެ ތަންތަން ދައްކަމުން ގޮސް ލީވާން އެންމެ ފަހުން އެރީ ޓެރަހަށެވެ. ޓެރަސް ފެނި ވަރްޝާ ދެލޯ ބޮޑުވިއެވެ. އެކި އެކި މާގަސްތައް ހުރި އިރު ހީވަނީ ބަގީޗާއެއް ހެންނެވެ. ” މަންމަ ވަރަށް ފޯރި ހުންނާނެ މާގަސްތަކަށް.. މީ މަންމަގެ ބުރަ މަސައްކަތް ހަމަ..” އެދޭތެރޭގައި އޮތް ހިމޭންކަން ނައްތާލަމުން ލީވާން ބުނެލިއެވެ. ވަރްޝާ ހަމައެކަނި ހިނިތުން ވުމަކުން ފުއްދާލިއެވެ. ހަމުގެ ކުލަ އަލި ލޯބިވަރަކަށް ފަލަކޮށް ހުންނަ ވަރްޝާއަކީ ލަދުވެތި މަޑުމައިތިރި މިޒާޖެއްގެ ކުއްޖެ ކަމުން ވާހަކަ ދައްކާ ހަަދަނީ ވަރަށް މަދުންނެވެ. އޭނާގެ އެންމެ އަޅައިގަންނަނީ ހައިލައިޓް ކޮށްފައިވާ ރާލުބާނީ އިސްތަށިގަނޑެވެ. ވަރްޝާގެ މިރީތިކަން ފެނި ލީވާން ހިތުންވެސް ތަޢުރީފު ކޮށްލެވުނެވެ. ހިމޭންކަން ފޫދުއްވާލުމަށް އެކި އެކި ސަމާސާކޮށް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ލީވާން ވަރްޝާގެ ހިތް އަތުލުމުގައި ކާމިޔާބުވިއެވެ.

އައިރީން އަތުގައި ވާހަކަ ފޮތެއް އޮތް ނަމަވެސް އޭނާގެ ހިޔާލު ހުރީ އެހެން ދިމާލަކަށެވެ. ލީވާން ފެނުމުން އޭނައަށް ވާގޮތްތަކަކީ މީގެ ކުރިން ދުވަހަކުވެސް އޭނާއަށް ވީ ގޮތެއް ނޫނެވެ. ލީވާން ފެނުމުން އޭނާގެ ހިތްއަވަސްވަނީ ކީއްވެ ހެއްޔެވެ؟ ނުފެނި އިރު ވީމަ ދެކިލާ ހިތްވަނީ ކީއްވެ ހެއްޔެވެ؟ މި ސުވާލުތައް އައިރީންގެ ސިކުނޑީގައި ހަރުލާފައި ވާކަހަލައެވެ. އެހެނަސް އެއިހުސާސްތަކުގެ މައްޗަށް އައިރީން އިސް ކުރީ ރުޅިވެރިކަމެވެ. ފިރިހެނަކަށް އިތުބާރު ކުރުމަކީ ހެދޭ ބޮޑު ގޯހެއްކަން އެހިތައް ކިތެއްމެ ފަހަރަކު ވިސްނައިދިނެވެ. އެހެނަސް ލީވާންގެ ހިޔާލު ތަކުން ދުރުވުންވީ އައިރީނަށް އުނދަގޫ ކަމަކަށެވެ. އައިރީން ހަނދާންވީ އެންމެ ފަހުން ލީވާން އާއި ދެއްކުނު ވާހަކައެވެ. ވަޒީފާގެ ފުރުސަތު ގެއްލުވާލާކަށް އައިރީން ބޭނުމެއް ނުވިއެވެ. އެހެން ކަމުން މާދަމައިން ފެށިގެން ނުކުންނަން އޭނާ ވިސްނިއެވެ.

އާދުވަހަކަށް އެރިއިރާއެކު އައިރީން ތެދުވެ ވުޞޫ ކޮށްލައިން ނަމާދު ކޮށްލިއެވެ. ދުޢާއަށް އަތް އުފުލާ އޭނާގެ މަންމައަށް އަވަސް ޝިފާއަކަށް އަދި ބޭބެއާ ބައްދަލު ކޮށްދެވުމަށް އެދި ދުޢާ ކޮށްލިއެވެ. ނަމާދުން އަވަދިވެގެން އައިރީން ބަދިގެއަށް ވަދެ ދެ ކޮފީތަށި ހަދާލިއެވެ. އަދި އެ ހިފައިން އުލްޔާ ކޮޓަރިއަށް ވަނެވެ. އުލްޔާ އޭރު މުސައްލަ ނަގަނީއެވެ. މިއީ ކޮންމެ ހެދުނަކުވެސް ދެމީހުންގެ އާދައެވެ. “އުލީ އިނގޭތަ..ދޮންތައަށް ޖޮބް ހަމަ ޖެހިއްޖެ…މިއަދުން ފަށައިން ސްޓާޓް ކުރަން މިއުޅެނީ..” އައިރީން ހިތްހަމަޖެހިގެން ހުރެ އުލްޔާއާއި އެވާހަކަ ހިއްސާ ކުރިއެވެ. “އެހެންތަ؟ އައިމް ސޯ ހެޕީ ފޯ ޔޫ ދޮންތާ…ކޮންތާކުން ހަމަ ޖެހުނީ…ހޫމްމް…އެއްކަލަ ޓޫތްޕޭސްޓް މީހާގެ ތަނުން ދޯ؟؟” އުލްޔާ އައިރީން އާއި ދިމާ ކޮށްލިއެވެ. “އެއްކަލަ އުލީ…މީނަ ހުންނަނީ ހަމަ ކަމެއް ނުފެނިފަ ދޯ ދިމާ ކުރަން..” އައިރީން އުލްޔާ ކޮލުގައި ވިކާލިއެވެ.”އައްދޯއި….ސޮރީ ސޮރީ” އުލްޔާއަށް ތަދުވެގެން އަވަހަށް ހަތިޔާރު ބެހެއްޓިއެވެ.

ލީވާން އޮފީހަށް ދާން ތައްޔާރު ވެގެން ސައި ބޯން ނުކުތެވެ. އޭނާގެ އިންތިޒާރުގައި ހުރި ޒިޔާނާ ލީވާން ފެނުމުން ހިނިތުންވެ ދުވަހަށް މަރުހަބާ ކިއެވެ. “ދަރިފުޅު ކައިރި މަންމަ ވަރަށް ބޮޑު ކަމަކު ކިޔަން ވެފަ އެބައޮތް…” ޒިޔާނާ ލީވާން ގާތު ބުނެލިއެވެ. އެއާއެކު ދެބަފައިންގެ ސަމާލުކަން ޒިޔާނާ އަށް ދިނެވެ. “ވަރްޝާ އަކީ އަދި މާލެއަށް އާ ކުއްޖެ.. އެހާ ރައްޓެހިން ހުންނާނެ ހެންވެސް މަންމަ އަކަށް ހިއެއް ނުވޭ.. ދަރިފުޅަށް ވަގުތު ލިބޭ ވަރަކުން އޭނަ އާ އެއްކޮށް ބޭރަށް ގޮސްލާ ހަދާލައްޗެ…އޭނަ ވެސް އަބަދު ގޭގަ އޮންނަން ކިހާ ފޫހި ވާނެ..” ޒިޔާނާ އެހެން ބުނުމުން މައްސަލައެއް ނެތޭ ކިޔައި ލީވާން ސައި ބޮއެ ނިންމާލައިން ދާން ނިކުތެވެ.

ޓެކްސީއެއް ނުލިބުމުން ކުދި ކިޔަމުން އައިރީން ހިނގައިފައި ދާން ނިންމީ ގަޑި ޖެހިދާނެތީއެވެ. އަތުކުރީގައި އަޅުވާފައި އޮތް ގަޑީއަށް ބަލަމުން ހަލުވި ހިނގުމެއްގައި އައިރީން މިސްރާބުޖެހީ ބްލެކް ޕާލް އޮފީހާއި ދިމާލަށެވެ. މަގު ހުރަސް ކުރަން އުޅުން ވަގުތު ކުރިމައްޗަށް ކާރެއް ހުއްޓުމުން އައިރީން މަޑުޖެހެލިއެވެ. ކާރު ދުއްވަން ހުރި ލީވާން ފެނުމުން އައިރީން އަޖައިބުވިއެވެ. ލީވާންގެ ފިރިހެންވަންތަ މޫނު ފެނުމުން އައިރީން ހިތަށް ބުނެދޭން ނޭނގޭ ގޮތްތަކެއް ވިއެވެ. “އަރާ ކާރަށް…އެހެން ނޫނީ ގަޑި ޖެހޭނެ..” ލީވާން ހިނިތުން ވުމަކާއެކު ބުނެލިއެވެ.

(ނުނިމޭ)

Share Article

Follow Me Written By

Aufyy <3

Level 1100 Comments10 Stories

reading and writing stories is my hobby......<3

Other Articles

Previous

އިންތިޒާރު 11

Next

ވާނަން އެކީ

Next
September 3, 2018

ވާނަން އެކީ

Previews
September 3, 2018

އިންތިޒާރު 11

One Comment

  1. Hudher says:
    September 4, 2018 at 3:50 pm

    Nyc stry dear…..?? keep it up…. luv yah???

Comments are closed.



All Right Reserved!