ހިތް އެދުނަސް… (1)
ރޭގައި ވާރޭވެހިފައި ހުއްޓާލީ ފަތިސް ވީ ފަހުންނެވެ. އެހެންނަމަވެސް އުޑުމަތީގައި އެކަތި އަނެކެއްޗާ ސަކަރާތް ޖަހަމުން ދިޔަ ވިލާތަކަށް ބަދަލެއްނާދެއެވެ. އެ ވިއްލާގަނޑަށް ވުރެ އަނެއްވިލާގަނޑު ގަދަވުމަށް ކުރަމުން ދިޔަ މަސައްކަތުގެ ސަބަބުން އިރުގެ އަލި ދުނިޔެމައްޗަށް ފުރިހަމަ ގޮތުގައި ފެތުރުމަށް ހުރަސްއެޅިފައިވެއެވެ. ދޫނި ސޫފާ ސޫފީގެ އަޑުން ފަޒާ ގުގުމަމުން ދިޔައެވެ. ފަޒާގައި ހިފާފައިވި ފިނީގެ ސަބަބުން އުނދަގޫވެގެން އުޅޭހެން ހީވިއެވެ. ވިލާ ބޯކޮށްފައި އޮތަކަސް ވަޔެއްނުޖެހެއެވެ. އެހެންކަމުން ގަސްތަކުގެ ފަތްތަށްވެސް ފެންނަނީ އާދަޔާ ހިލާފަށް ހިމޭންވެފައި ވާތަނެވެ. ބައެއްމަގުތަކުގައި ހެދިފައިވާ ޗަކަފެންގަނޑުގެ ސަބަބުން ހިނގަން އުނދަގޫ ވިނަމަވެސް ހެދުނުގެ އެ ގަޑީގައިވެސް އެ ފެންގަޑުތަށް ދޮށުގައި ކަރުދާހުން ބޯޓު ހަދާ ދުއްވަމުން ދިޔަ ކުދިންތަށް ފެނި ހިންހަމަޖެހުން ލިބޭނެއެވެ. އެއިން ކޮންމެ ކުއްޖެއްގެ ތުންފަތުގައިވެސް ވަނީ ހިނިތުންވުމެކެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟. ރާއްޖެތެރޭގެ ރަށްރަށަކީ އާދަޔާހިލާފަށް އަމާން އޮމާން މާހައުލެކެވެ. ހިޔާލެއް ފިކުރެއްނެތި ކޮންމެ މީހަކަށްވެސް އަދި ކޮންމެ ކުއްޖަކަށްވެސް މިނިވަން ކަން މި ރަށްތަކުގައި ލިބެއެވެ. ކުޅެލާ ދުވެލާ މަޖާކޮށްލުމުގެ ފުރުސަތު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދެއެވެ. މަގުތަށް މަތިން ކުނިކަހާ މީހުން ފެންނަމުން ދިޔައެވެ. އާއެކެވެ. ދުވާލުގެ މަސައްކަތް ފެށުމުގެ ގޮތުން ދޮރުމަތި ކުނިކަހަނީއެވެ. ދިވެހިންގެ އާދަކާދައިގެ ފުރިހަމަކަން ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނަމުން ދިޔައެވެ.
އާދައިގެ މަތިން ގޭން ނުކުތް އީނާލް ގެ ތުންފަތް މަތީގައިވަނީ ހިނިތުންވުމެކެވެ. އުޑުމަށްޗަށް ބަލާލުމަށްފަހު ދަބަސްތެރެ ބަލާލީ އާއްމުކޮށް އޭނާ ގެންގުޅޭ ކުޑަ އޭގައި އޮތްތޯއެވެ.
އެ އޮތް ތަން ފެނި ހަމަޖެހުމުގެ ނޭވާއެއްލަމުން ދޮރާށި ދޮށަށް ގޮސް ހުޅުވާލާފައި ނުކުތެވެ. އެގެއަކީ އެ ރަށު ފެންވަރުގައި ރީތިކޮށް ހަދާފައިވާ ގެއެކެވެ. ގެސްޓް ހައުސް ގެ ވިޔަފާރި ފުޅާދާއިރާއެއްގައި އީނާލް ގެ ބައްޕަ ކުރަމުން ދިޔައިރު އޭނާ އަކީވެސް މީހުންގެ އިހްތިރާމާއި ލޯބި ލިބި ޒިންމާދާރު ވަޒީފާއެއްވެސް އަދާކުރަމުން ދާ މީހެކެވެ.
އީނާލް އަކީ އެ ރަށު ހޮސްޕިޓަލްގައި މަސައްކަތް ކުރާ ހީވާގި ޑޮކްޓަރެކެވެ. އެންމެ ތުއްތު އިރުން ފެށިގެން ކިޔެވުމުގައި ހޯދަމުން އައި ރަން ވަނަތަކުން ކިޔަވައިދެއްވާ ޓީޗަރުންގެ ލޯބި ލިބިފައިވާ ދިވެހި ދަރިއެކެވެ. އޯލެވެލް އަދި އޭލެވެލްގައި ނެޝަނަލް ޓޮޕްޓެންގެ އެއްވަނަ އި ގައި ހިމެނުމުގެ ސަބަބުން ލިބުނު ސްކޮލަޝިޕްގައި މަތީ ތައުލީމް ހާސިލް ކުރީ މެލޭޝިއާގެ ޔުނިވަރސިޓީންނެވެ. ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނަކަށް ވީ ޑޮކްޓަރަކަށް ވުމަށެވެ. މައިންބަފައިންގެ އުމްމީދުތަށް ފުރިހަމަ ކޮށްދިމުނަށްފަހު އީނާލް ގެ ކިޔެވުން ފުރިހަމަ ކުރުމަށްފަހު ރަށަށް އައިސް މަސައްކަތް ކުރަން ފެށިތާ އަދި ވާނީ ތިންމަހެވެ. އެހެންނަމަވެސް މި ތިން މަހު ގެ ތެރޭގައި އީނާލް ވެފައިވަނީ މަގުބޫލު ޑޮކްޓަރަކަށެވެ. ބަލިމީހުންނާ މެދުގައި ބަހައްޓާ އޯގާތެރިކަމާ ހިތްހެޔޮ ކަމުގެ ސަބަބުން އެންމެން ގެ ތައުރީފް އީނާލް އަށް ލިބުނު ކަމުގައި ވި ނަމަވެސް އެއްވެސް ކަހަލަ ބޮޑާކަމެއް އީނާލް ގެ ކިބައިގައި ނުވެއެވެ. އެއީ ހިތްތިރި މަޑުމައިތިރި ޒުވާނެކެވެ.
މިއަދުވެސް އީނާލް ލާފައި ހުރީ އޭނާ އާއްމުގޮތެއްގައި ލާ އުޅޭފަދަ ދޫ ކަޅު ހެދުމެކެވެ. މަޑުނޫކުލައިގެ ޝޯލް އަކުން އެ ބޯ ނިވާކޮށްލާފައިވާއިރު މޫނުމަތިން މޭކަޕުގެ އެއްވެސް އަސަރެއްނުފެނެއެވެ. އީނާލް އަކީ އަބަދުވެސް މީހުންނަށް އިހްތިރާމް ކުރާ ހިތްހެޔޮ ކުއްޖެކެވެ. އެ ދިޔަ މަގުމަތީގައި މުސްކުޅިއަކު ދަނޑިގަނޑެއްގެ އެހީގައި މަގު ހުރަސްކުރަނިކޮށް ފެނުމުން އެދިމާލަށް ގޮސް ހިނިތުންވުމަކާއެކު އޭނާ މަގު ހުރަސްކޮށްދިނުމަށް އެހީވެދިނެވެ. އަދި ބަލައިގެން އުޅުމަށް ނަސޭހަތް ތެރިވުމަށްފަހު އީނާލް ވެސް ހިނގައިގަތެވެ.
ޖެހިގެން އޮތް މަގަށް އަޅަން އުޅުނު ވަވުތު އޭނާގެ ހިތުގެ ތެޅުން ބާރުވިއެވެ. ހިތަށް އެރި ހިޔާލުން ލޯ މަރާލެވުނެވެ. އެ ތުންފަތުގައި ވި ހިނިތުންވުން ފުޅާވެގެން ދިޔައެވެ.
އާދަޔާ ހިލާފަށް އެ ހިތް ތެޅިލި އެވެ.
އީނާލް ފުންނޭވާއެއްލަމުން އެ ގޯޅިން ލަނބާލިއެވެ. އެވަގުތު އާދައިގެ މަތިން އެތަނުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން ދިޔައެވެ.
ގެއެއް އެޅުމަށްޓަކާ އެތަނުގެ ފައުންޑޭޝަން މަސައްކަތް ކުރަމުންދިޔަ ޒައިން އަށް އިރުއިރު ކޮޅަކާ މަގަށް ބަލާލެވެނީ އެ ހިތް ދުށުމަށް އެދޭ ސޫރަ މިހާރު އެ މަގުން އަންނާނެތީއެވެ. އިންތިޒާރުގެ ނިމުން އައީ އޭނާ އެއްލި ކަޅިއަކުން އީނާލް ފެނުމުންނެވެ. އަތުގައި ކޮންމެވެސް ވަރަކަށް ސިމެންތި ހޭކިފައި ހުރިކަމުގައި ވިނަމަވެސް ލައިގެން ހުރި ޓީޝާޓް ގައި އަތް ފޮހެލާ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލާ ހޭވިފައި އޮތް އިސްތަށިގަނޑު ރީތިކޮށްލިއެވެ. އަދި އީނާލް އާ ދިމާލަށް ބަލާލިއެވެ.
އީނާލް ވެސް ލަދުވެތި ހިނިތުންވުމަކާ އެކު ޒައިން އާ ދިމާލަށް ބަލާލިއެވެ. އެވަގުތު ޒައިން އާދައިގެ މަތިން އޭނާ ކޮށްލާ ސަމާސާ އީނާލް އާ ކޮށްލިއެވެ. އެއްލޯ މަރާލަމުން އެ ފުރިހަމަ ހިނިތުންވުން އީނާލް އަށް ދައްކާލިއެވެ. އީނާލް ގެ މޫނުމަތި ލަދުން ރަތްވެ އިސްޖެހިގެން ދިޔައެވެ. ތުންފަތުގައި ދަތް އަޅައިލަމުން ފިޔަވަޅު ތަކަށް ބާރުލަމުން ހިނގައިގަތް އިރުވެސް އެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ.
އެ ގޯޅިން ޖެހިގެން އޮތް ގޯޅިއަށް ލަނބާލެވުނު އިރުވެސް އެ ތުންފަތުގައި ވި ހިނިތުންވުމަށް ބަދަލެއް ނާދެއެވެ. އަދިވެސް އެމޫނުމަތިން ލަދުވެތިކަން ފާޅުވަމުން ދިޔައެވެ.
އީނާލް ގެއްލެންދެން ބަލަހައްޓައިގެން ހުރި ޒައިން ގެ މޫނުމަތިންވެސް ފެންނަނީ ހިނިތުންވުމެކެވެ. ސިހުނީ އެތަނުން އެކަކު ޒައިން އަށް ގޮވާލި އަޑަށެވެ. “އޭތް ޒައިން އާދެބަލަ މަށަށް ކުޑަ ހެލްޕެއް ވާން” ޒައިން ބޯ ކަހާލަމުން އެދިމާލަށް ދިޔައެވެ.
އީނާލް ހޮސްޕިޓަލަށް ވަތް އިރު ހޮސްޕިޓަލްގައި މަސައްކަތް ކުރާ އެތެރެހަށީގެ ޑޮކްޓަރު މިކްޔަން ނުކުންނަނީއެވެ. އޭނާ މިކްޔަން އަށް ހިނިތުންމުވެއް ހަދިޔާ ކޮށްލުމަށްފަހު އެތެރެއަށް ވަދެގެން ދިޔައެވެ.
ސޮއި ކޮށްލުމަށްފަހު އީނާލް އޭނާގެ ހާއްސަ ކޮޓަރިއަށް ވަނެވެ.
ޑޮކްޓަރަށް ދައްކަންޖެހޭ މާ ގިނަ މީހުންނެއްވެސް ނެތެވެ. އީނާލް އަކީ އެމްބީބީއެސް ފުރިހަމަ ކޮށްފައިވާ ޑޮކްޓަރަކަށް ވުމާއެކު އޭނާ ބަލަން ޖެހެނީވެސް އާއްމު ބަލިތަކުގެ މީހުންނެވެ. އެ ހޮސްޕިޓަލްގައި މަސައްކަތް ކުރަނީ ޖުމްލަ ހަތަރު ޑޮންޓަރުންނެވެ. މިކްޔަން އަކީ އެތެރެހަށީގެ ބަލިތަކަށް ފަރުވާ ކުރާ ޑޮކްޓަރަކަށް ވާއިރު އީނާލް ފަރުވާދެނީ އާއްމު ބަލިތަކަށެވެ. ދެން މަސައްކަތް ކުރާ ދެ ޑޮންޓަރުންގެ ތެރެއިން އެކަކީ އަންހެނުންގެ ޙާއްސަ ޑޮކްޓަރަކަށް ވާއިރު އަނެކަކީ އާއްމު ބަލިތަކުގައި އީނާލް އެކޭ އެއްގޮތަށް މަސައްކަތް ކުރާ ކުއްޖެކެވެ. އެންބީބީއެސް ފުރިހަމަކޮށްފައި އީނާލް ބޭނުންވީ ދެ އަހަރު ނޫނީ އަހަރެއްވަރު ވަންދެން ރަށުގައި ޚިދުމަތް ދޭށެވެ. އެއަށްފަހު އޭނާ ދާނީ އަނެއްކާވެސް ސްޕެޝަލައިޒް ވާށެވެ.
އެދުވަހު ބަލިމީހުން ބަލާ ނިންމާލާފައި ގެއަށް ދާން އީނާލް ނުކުތީ ހަތަރެއްޖަހާ ބޮޑުވި ފަހުންނެވެ. އޭރު ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. ހޮސްޕިޓަލް ދޮރުމަށްޗަށް ނުކުމެފައި ދަބަސްތެރޭގައި އޮތް ކުޑަ އީނާލް ނެގިއެވެ. އަދި އެ ހުޅުވާލިއެވެ. މަގުގެ ދެފަރާތަށް ބަލާލިއެވެ. އެހެންނަމަވެސް އެކޮޅުކޮޅަށް ދާންދެންވެސް މީހެއްގެ ހިލަމެއް ނުވެއެވެ.
ފަޒާގައިވެސް ވަނީ އާދަޔާ ހިލާފު ތެތްކަމެކެވެ. ޖެހެމުން ދިޔަ ވައިރޯޅިތަކުގައި ހިފާފައިވި ފިނިން އީނާލް ގެ ގައިން ހީބިހި ނެގިއެވެ. ހޮސްޕިޓަލް ހުންނަނީ ރަށުގެ ބޮޑުމަގެއްގައި ކަމުން އެ މަގުގެ ދެފަރާތުގަޔާއި މެދުގައި ވެސް ވަނީ ގަސްޖަހާ ރީތިކޮށްލާފައެވެ. އެހެންކަމުން އެހެން ހިސާބުތަކަށް ވުރެ އެ ހިސާބު އަނދިރިކަމަށް ވެސް ދައްކައެވެ. އީނާލް ކުޑަ ނަގައިގެން ގެއާ ދިމާލަށް މިސްރާބުޖެހިއެވެ.
ވަކި ހިސާބަކުން އޭނާގެ ލޮލުގައި ޒައިން އަޅައިގަތެވެ. ވާރެޔާ ތެމިފޯވެގެން ހުރެ އެދިމާލަށް ހިނގަމުން އައި އިރު އެއީ ބަލާ ފޫހިވާނޭ މަންޒަރެއްނޫނެވެ. ހިނދު ކޮޅަކަށްވެސް އީނާލް އަށް އެ ދިމާލަށް ބަލަން ހުރެވުނެވެ. ބައެއްފަހަރު ދެ ފަރާތަށް ބޯ ހޫރާލަމުން އިސްތަށިގަނޑުގައި ހުރި ފެންތަށް ފޮޅާލާ މަންޒަރަކީވެސް އޭނާ ނުހަނު ގަޔާވާ މަންޒަރަކަށް ވިއެވެ. އިޚްތިޔާރަކާ ނުލާ އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
އެދިމާލަށް އަންނަމުން ދިޔަ ޒައިން އަށް ވެސް ކުޑަ ހިފައްޓާލައިގެން ހުރި އީނާލް ލޮލުގައި އަޅައިގަތެވެ. އެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ. ވާރޭގެ ތެރޭގައި ބޮލުގެ އިސްތަށިގަނޑުތެރެއަށް އަތް މަހާލަމުން އީނާލް އާ ދިމާލަށް އޭނާ މިސްރާބުޖެހިއެވެ. ޒައިން އަދިވެސް ހުރީ އޭނާ މަސައްކަތް ކުރާ ހެދުމުގައެވެ. ސިމެންތީގެ އަސަރު ޓީޝާޓް ގައި ހުރިނަމަވެސް ތެމިފައި ވުމުގެ ސަބަބުން އެ ތަންތަންކޮޅު އެހާ ބޮޑަށް ފާޅެއް ނުވެއެވެ. އީނާލް އިސްޖަހާލީ ޒައިން އާއި ނުހަނު ގާތަށް ދެވުނު ފަހުންނެވެ.
“ހާދަ ރީއްޗޭ” އީނާލް އާއި ކައިރިވެލާފައި ކަންފަތް ބުޑުގައި ސަމާސާ ގޮތަކަށް ބުނެލުމަށްފަހު ޒައިން އޭނާގެ ގެއާ ދިމާލަށް މިސްރާބުޖެހިއެވެ. އެ ގެ ހުންނަނީވެސް ފުދޭވަރަކަށް ގަސްތަށް ގިނަ ހިސާބަކުއެވެ. އެއީ އަދި އަލަށް މީހުން އާބާދުވާން ފެށި ހިސާބެކެވެ. އީނާލް އަށް ދެފަރާތަށް ބަލާލެވުނީ އެ މަންޒަރު އެއްވެސް މީހަކަށް ފެނުނުތޯ ޔަގީން ކުރާށެވެ. އެއްވެސް މީހެއްގެ ހިލަމެއްނުވުމާއެކު ހިނގައިގަތުމުގެ ބަދަލް ގައި އޭނާ މަޑުކޮށްލީ ޒައިން ގޮސް ގޯޅިން ލަނބާލަންދެނެވެ.
ޒައިން ލޯ މަތިން ގެއްލުމާއެކު އޭނާ ވެސް ހިނގައިގަތެވެ. ގެއާ ހިސާބަށް ދެވުނު އިރު ކުޑަ ނަގައިގެން ހުރި ކަމުގައި ވިނަމަވެސް މީހާ ހުރީ ކޮންމެވެސް ވަރަކަށް ތެމިފައެވެ. ދޮރޯށި ދޮށުގައި މަޑުކޮށްލާ ދޮރޯށި ހުޅުވާލާފައި ވަނެވެ. އެވަގުތު އޭނާގެ ކަންފަތުގައި ދެމީހެއްގެ ސަކަރާތުގެ އަޑު ޖެހުނެވެ. ލުއި ހިނިތުންވުމެއް އެ ތުންފަތުގައި ދުވެލިއެވެ. އަދި އަވަސް އަވަހަށް ގޭތެރެއަށް ވަނެވެ. ގޭގެ ދޮރާ ހިސާބުން އޭނާ ކުޑަ ލައްޕާލިއެވެ. އެވަގުތު ސިޓިންރޫމްގައި ޕީއެސް އަޅުވައިގެން ގޭމް ކުޅެން ތިބި އޭނާގެ ކުޑަބެ އަދި ދޮންބެ ލޮލުގައި އަޅައިގަތެވެ.
“ދޮންބެއާ ކުޑަބޭ… އަދިވެސް ބޭބީސް ގޮތަށް ތަ އުޅެނީ” އީނާލް ގޭތެރެއަށް ވަދެ އަހާލިއެވެ.
“އީނޫ އެހަށް މަޑުކޮށްބަލަ… މި ދޮންބެ އެބަޖެހޭ ދަށްކޮށްލަން… މާގިނައިން ޕޮއިންޓްސް ލިބިފަ އެހުރީ…” އަޔާން ބުނެލިއެވެ. އީނާލް ޕިސް ޕިސް ތަޅަމުން އެތެރެއަށް ވަންނަން ހިނގައިގަތެވެ.
“އޯނޯ… އައި ލޮސްޓް…” އީނާލް ފަހަތަށް ބަލާލީ އަޔާން ގެ އަޑު އަނެއްކާވެސް އިވުމުންނެވެ. އޭރު އައިމަން ގެ ހުނުމުގެ އަޑު އެއް އަޑަކަށް ސިޓިން ރޫމްގައި ހިފާލާފައި ހުއްޓެވެ. “އީނޫ އަދިވެސް އެބަ ވާރޭ ވެހޭތަ… ދާންވެއްޖޭ އިޝާންޓޭ މޭން ގެއަށް އަދި… އޭނަ ވެސް ނޫޅުނޭ މިއަދު މޫދަށް ދާކަށް” އަޔާން ތެދުވަމުން އީނާލް އާ ވާހަކަދެއްކިއެވެ.
“މިހާރަކު ނުވެހޭ” އީނާލް ހިނގައިގަނެފައިވެސް ފަހަތަށް އެނބުރި އަޔާން ވާހަކަ ދެއްކުމުން ޖަވާބުދިނެވެ. “ނައްޓާލީ ދޮންބޭ” އަޔާން އަނގަޔަށް ގޮތެއް ހަދާލުމާއެކު އަތުން ވެސް ވައްތަރެއް ޖައްސާލަމުން އައިމަން އަށް ބަލާލިއެވެ.
“ދަރިފުޅާ މިއޮތް ފަދަ ދުވަހުވެސް މޫދަށް ތަ ތި ދަނީ” ސާމިރާ ބަދިގޭގައި އުޅެމުން ބޯ ދިއްކޮށްލާ އަޔާން އާ ސުވާލުކޮށްލިއެވެ. “ނޫނޭ މަންމާ… އަޅުގަނޑު މޫދަކަށް ނުނޭ މިދަނީ” އަޔާން ބުނެލިއެވެ.
“ސާބަހޭ ދަރިފުޅާ… ޔަގީނޭ މިއަދުވެސް އަންނާނީ މޫދަށް ގޮސްފަކަން… އަހަރެންގެ އައިމަން ގޮތަށް އަވަހަށް މީހަކާ އިންނަން އުޅޭ… އޭރުން ދެން ގޭގަ މަޑުކުރުވޭނޭ މީހަކުވެސް ހުންނާނެއެއްނު” ސާމިރާ ދެންވެސް ވާހަކަ ދެއްކިއެވެ. އަޔާން އެ ސުވާލަށް މާބޮޑު ޖަވާބެއް ދިނުމެއްނެތި ނުކުތެވެ. އޭނާގެ މިސްރާބުހުރީ އަތިރިމައްޗާ ދިމާލަށެވެ. ޖެހިގެން އޮތް މަގަށް ލަނބާލިއިރު އެ މަގުގެ އަނެއްކޮޅުން އަންނަމުން ދިޔަ އަންހެން ކުއްޖާ އޭނާގެ ލޮލުގައި އަޅައިގަތެވެ. އެއާއެކު އޭނާ އަށް ލޯ މަރާލެވުނެވެ. އެ އަންހެން ކުއްޖާ ގާތުން ދިޔައިރު އޭނާ ގެ ހިތަށް ތަފާތު ގޮތެއް ވެގެން ދިޔައެވެ. ފަސްދީ ގޮސް އަޔާން އަށް އޭނާގެ މެޔާ ދިމާލުގައި އަތް އަޅާލެވުނީ އާދަޔާ ހިލާފު ބާރުމިނުގައި އޭނާ ގެ ހިތް ތެޅެމުން ދިޔައީތީއެވެ.
“ވައި ވައި ވައި؟” އަޔާން އަށް ބުނެވުނެވެ. އޭރު އޭނާގެ ދެއަތް އޮތީ ލައިގެން ހުރި ޖީންސް ގެ ޖީބަށް ކޮށްޕާލެވިފައެވެ. ކުޑަކޮށް ދެކޮނޑު މައްޗަށް ހިއްލާލައިގެން ހިނގާފައި ދިޔަގޮތުން އޭނާ އަށް ވެސް ފަޒާގައި ހިފާފައިވާ ފިނީގެ އަސަރު ކުރަނީކަން އެނގެއެވެ.
މަގުން ލަނބާލައިގެން ގޮސް މަލަކް ގެއަށް ވަތް އިރުވެސް އޭނާގެ މޫނުމަތިން މާޔޫސްކަން ފާޅުވަމުން ދިޔައެވެ. ވަޒީފާއިން ނުހޮވުނު ކަމުގެ ލިޔުން އަތުގައި އޮތް އިރު އޭނާގެ ލޮލުގެ އެތެރެއަށް ކަރުނަތަށް ވެސް ޖަމާވެފައި ވެއެވެ. “މަންމާ” މަލަކް އެނދުމަތީގައި އޮތް އާނިސާ ގާތަށް ގޮސް އިށީނދެލިއެވެ. އާނިސާ ބަލި ގޮތަކަށް ކެއްސާލާފައި މަލަކް ގެ އަތުގައި ހިފާލިއެވެ. “މަލަކް ދަރިފުޅާ… އަދި އުންމީދު ކަނޑާލާކަށް ނުވެއެއްނު. އަދި ފަހުން ރަނގަޅުވާނެ އިންޝާ ﷲ” އާނިސާ ބުނެލިއެވެ. މަލަކް އާނިސާ އަށް ބަލާލާ ހިނިތުންވެލިއެވެ. އެވަގުތު ގޭތެރެއަށް މަލަކް ގެ ކޮއްކޮ ޝާމިން ވަދެގެން އައެވެ. ” ދޮންތާ… އަޅުގަނޑު މާދަން ސްކޫލަށް ގެންދަން އެބެޖެހޭ އެއްޗެއް ހޯދަން…” ޝާމިން ހާސްވެފައި ހުރެ ބުނެލިއެވެ. މަލަކް ގެ މޫނުމަށްޗަށް އެރި ކުލަވަރުން ޝާމިން އަށް ވެސް ކަންތަށް ތަށް އެހާ ރަނގަޅު ނޫން ކަން ދެނެގަނެވުނެވެ. އެހެންކަމުން އޭނާ ވާހަކައެއް ހަދާލިއެވެ.
“ކޮންމެހެން މަޖުބޫރެއްނޫން އެ ގެންދާކަށް ހަމަ ބޭނުން ކުދިން ގެންދަން ޖެހެނީ…” ޝާމިން ބުނެލިއެވެ. މަލަކް ހިނިތުންވެލި ނަމަވެސް އެއީ ކީއްވެގެން ޝާމިން ބުނި އެއްޗެއް ކަން އޭނާ އަށް އެނގެއެވެ. ޝާމިން އަކީ އެ ރަށު ސްކޫލުގައި ގްރޭޑް ނުވައެއްގައި ތައުލީމް ހާސިލް ކުރަމުން ދާ ކުއްޖެކެވެ. ވީ ވަރަކުން ކިޔެވުމަށް މަސައްކަތް ކުރަމުން ދަނީ މަންމައާއި ދޮންތަގެ ވެސް މުސްތަގްބަލް އުޖާލާ ކުރުމުގެ ބޭނުމުގައެވެ.
ރޭގަނޑުގެ ވަގުތެވެ. އިރުއޮއްސުނު ފަހުން ވާރޭ ވެހެން ފެށި ގޮތަށް ނުވައެއް ޖެހިއިރުވެސް ހުއްޓާނުލިއެވެ. އީނާލް ކުޑަ ދޮރު ކައިރީގައި ހުރިއިރު އޭނާގެ ލޮލުން ނޭނގޭ ވިދުމެއް ފާޅުވަމުން ދިޔައެވެ. ވެހެމުން ދިޔަ ބޯ ވާރޭގެ ތެރެއަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު އޭނާގެ ތުންފަތް މަތިން ހިނިތުންވުމެއް ފާޅުވަމުން ދިޔައެވެ. އީނާލް ގެ ހިތާ ސިކުނޑީގައި ވަނީ ޒައިންގެ ސޫރައެވެ. ޒައިން ގެ ލޯބިވެތި ކޮންމެ އަމަލަކަށް އޭނާ ގެ ހިތް ލެނބެމުން ދެއެވެ. ޒައިން އަކީ އޭނާ އަށް ފެނުނު ޒުވާނުންތަކުގެ ތެރެއިން ކަމުދިޔަ ހަމައެކަނި ޒުވާނާ އޭ ވެސް ބުނެވިދާނެއެވެ. ޒައިންގެ އާދަތަކުން އޭނާ އާއި ޒައިން ވެސް ގަޔާވާކަމުގައި ގަބޫލް ކުރެވެއެވެ. ނޭނގި ނަމަވެސް ޒައިން އަށް އޭނާ އަށް އުންމީދުކުރެވެއެވެ. ޒައިން ގެ ހިތުގައި ސީދާ ވަނީ ކީކޭކަން އީނާލް އަކަށް ނޭނގެއެވެ. އެހެންނަމަވެސް ޒައިން އެ ގޮތަށް އޭނާ އާމެދު އަމަލް ތައް ބަހައްޓާނީ ހަމަގައިމުވެސް އެ ހިތުގައި ވެސް އީނާލް އާ މެދު ހާއްސަކަމެއް އޮތީމާ ކަމަށް އީނާލް އަށް ޤަބޫލް ކުރެވެއެވެ.
ޒައިން ތެމި ފޯވެގެން ގެއަށް އައިސް ވަނުމާއެކު މަންމަ ރާނިޔާ ޒައިން އަށް ގޮވާލިއެވެ. “ދަރިފުޅާ ހާދަ ލަހުން ގެއަށް އައީ” ގަޑިއަށް ބަލާލަމުން ރާނިޔާ އެހެން ބުނެލީ ޒައިން އިޝާނަމާދަށް ގޮސް އަދި ކިރިޔާ ގެއަށް އައީތީއެވެ. “ކިހިނެތް މަންމާ އަންނަނީ… ހާދަ ބޯ ކޮށޭ ވާރޭ ވެހެނީ… ރައްޓެއްސެއްގެ ގޭގަ ހުރެފަ ލަސްވާތީ މިއައީވެސް….ކިރިޔާ ތުނި ކޮށްލީ އިރަށް މިއައީ” ސިޓިންރޫމް ގައި ހުރި ރޯނުން ތުވާލި ނަގާ ބޯ ހިއްކާލަމުން ޒައިން ބުނެލިއެވެ.
އަދި ރާނިޔާ އާ ދިމާލަށް ބަލާލަމުން ހިނިތުންވެލިއެވެ. ރާނިޔާވެސް ބަދަލް ގައި ހިނިތުންވެލިއެވެ. ގެއަކީ އާދައިގެ ގޮތަކަށް ހަދާފައިވާ ގެއެކެވެ. ސިމެންތި ޖަހާ ކުލަލާފައި ވިޔަސް ގެ ބަޔާއި ކާބައި އިންނަނީ ވަކިންނެވެ. ސިޓިން ރޫމް ތެރެއިން ވެސް މާ ގިނަ އެއްޗިއްސެތް ނުފެނެއެވެ. ސަރަންފީ ގޮނޑިއެއް ބައިންދާފައި ވާއިރު ދެން ފެންނަން ހުރީ ކުޑަވަރެއްގެ މޭޒެކެވެ. އޭގެ މަތީގައި ހެދުން ތަކެއް ބަހައްޓާފައި ހުރުމުން އެއީ އިސްތިރި ކުރާ މޭޒުކަން އެނގެއެވެ. ކުޑަވަރެއްގެ ކަބަޑެއް މަތީގައި ފޮށި ޓީވީއެއް ބަހައްޓާފައިވެއެވެ. އެވަގުތު އަވަސް ހަބަރުގެ ގޮތުގައި ޓީވީން ހަބަރެއް އަންނަމުން ދިޔަ ނަމަވެސް ނުސާފު ކަމުންނާއި އަޑު އަންނަ ގޮތުން ކިޔާ އެއްޗެއް ދެނެގަންނަން އުނދަގުލެވެ.
“ޒައިން ކޮން އިރަކުންތަ ޓީ ވީ ހަދަން ގެންދާނީ” ރާނިޔާ އަހާލިއެވެ. އޭނާގެ ސަމާލް ކަން އޭރު ހުރީ ޓީވީއަށް ހުއްޓިފައެވެ. “ސޮރީ މަންމާ އަދި ނޫޅެ ވިގެން މިއުޅެނީ… މާދަން ދޯ… ރަނގަޅުވާނެތަ؟ ކޮބާ ތަ އަޝްކޮ؟” ރާނިޔާ އަށް ބަލާލަމުން ޒައިން ސުވާލުކޮށްލިއެވެ.
“ކީކޭ ބުނާނީ ޒައިން… އާޝާ ރުޅިއައިސް ގެން ކޮޓަރީގަ…” ރާނިޔާގެ މޫނުމަތިން ހިސާބެއްގެ ނުތަނަވަސްކަމެއް ފެނިގެން ދިޔައެވެ.
“އަޅުގަނޑު ވާހަކަ ދައްކާލާނަން އިނގޭ” ޒައިން ވެސް ހިސާބަކަށް ދެރަވެފައި ބުނެލިއެވެ. އަދި އާޝާގެ ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ. އާޝާގެ ކޮޓަރީގެ ދޮރުގައި ޖަހާލާ ޒައިން އާޝާ އަށް ގޮވާލިއެވެ. އެހެންނަމަވެސް އެތެރޭން ހަބަރެއް ނުވިއެވެ. އަޝްކޯ… ދޮރު ހުޅުވަބަލަ. ދޮންބެޔޭ މީ” ޒައިން ގޮވާލިއެވެ.
ޒައިން ދެތިން ފަހަރު ގޮވާލި ކަމުގައި ވިނަމަވެސް އެތެރޭން އާޝާގެ ހަބަރެއް ނުވިއެވެ. އެހެންވެ ޒައިން ދޮރުގައި ހިފާލާ ދޮރު ހުޅުވާލަން އުޅުނެވެ. ނަސީބަކުން އާޝާ ހުރީ ދޮރު ތަޅު ނުލައެވެ. އެހެންކަމުން ފަސޭހަ ކަމާއެކު ދޮރު ހުޅުވުނެވެ. ޒައިން އަށް ފުން ނޭވާއެއް ދޫކޮށްލެވުނީ ރަޖާ ގަނޑު އަޅައިގެން އޮތް އާޝާ ފެނިފައެވެ. އޭނާ މަޑު ފިޔަވަޅުތަކެއްގައި ގޮސް އާޝާ ގެ ގާތު ގައި ހުއްޓިލިއެވެ. އެއަށްފަހު އެނދުގެ އެއްފަރާތުގައި އިން ގޮނޑި ދަމާލާ އިށީނދެލިއެވެ.
“އަޝްކޮ ކޯންޗެއް ބޭނުންވަނީ. ދޮންބެ ގާތު ބުނީމަ އެއްނު އެނގޭނީވެސް… ދޮންބެ އަށް މާދަން މުސާރަ ލިބޭނީވެސް…” ޒައިން ބެލީ ރީތިކޮށް އާޝާ އަށް ވިސްނައިދެވޭތޯއެވެ.
“އަޝްކޮ ދެން ދޮންބެ ގާތު ބުނެބަލަ” ދެވަނަ ފަހަރު ޒައިން އަހާލުމާއެކު އާޝާ ޒައިން އާއި ފުރަގަސްދިނެވެ. ޒައިން ފުން ނޭވާއެއް ދޫކޮށްލަމުން ކޮޓަރިން ނުކުންނަން މިސްރާބުޖެހީ މިވަގުތު އާޝާ އެކަނިވެލަން ފުރުސަތު ދޭން ވެގެންނެވެ.
މިވަގުތު ކިތަންމެ ވަރަކަށް ވެސް އާޝާ އަށް ވިސްނައިދޭން ވާހަކަ ދެއްކި ކަމުގައި ވިނަމަވެސް ޤަބޫލް ނުކުރާނެކަން ޔަގީން ވުމުންނެވެ. އާޝާ ތައުލީމު ހާސިލް ކުރަމުން ދަނީ ގްރޭޑް ހަތެއްގައެވެ. ޒައިން އާއި އާޝާ ގެ މިޒާޖު ހާސްބައި ތަފާތެވެ. އާޝާ އަބަދުވެސް ލޯބި ކުރާނީ މުއްސަނދި ކަމަށެވެ. ޒައިން ކުޑަ އިރު ބޭނުންވާ އެއްޗެއް ނުލިބުމުން ރާނިޔާ މިވަގުތު ގަތް ދެވެން ނެތޭ ބުނުމުން ގަބޫލް ކުރާ އުސޫލު އާޝާގެ ގައިގައި ހަރެއްނުލިއެވެ. ބޭނުންވާ އެއްޗެއް އެ ބުނާ ވަގުތަކު އާޝާ އަށް އޮންނަނީ ހޯދައިދޭން ޖެހިފައެވެ.
ކޮޓަރިން ނުކުމެ ދޮރު ލައްޕާލަމުން ޒައިން ރާނިޔާ އަށް ބަލާލިއެވެ. “މަންމާ އަޅާ ނުލާ… އަދި އިރުކޮޅަކުން އޯކޭ ވާނެ” ޒައިން ބުނެލިއެވެ.
“ދަރިފުޅާ ކާން ދާން ވީނު. އަދިވެސް ވާރޭ ވެހެނީ… މިރޭ ބޭނުން ތަންކޮޅެއް އަވަހަށް ނިދާލަން ވެސް… ” ރާނިޔާ ބުނެލިއެވެ.
“ހިނގާ ދާން…”ޒައިން ރާނިޔާގެ ކޮނޑަށް އަތް ވައްޓާލަމުން ބުނެލިއެވެ. ރާނިޔާވެސް ހިނިތުންވެލިއެވެ.
ކައިގެން ގޭތެރެއަށް ވަދެ ޒައިން ވެސް ލަސްނުކޮށް މިސްރާބުޖެހީ ކޮޓަރިއާ ދިމާލަށެވެ. ވަދެ ފެންވަރައިގެން ޖައްސާލުމާއެކު އޭނާ އަށް އީނާލް ގެ ސޫރަ ސިފަވެގެން ދިޔައެވެ.
އީނާލް ގެ މޫނުމައްޗަށް ކޮންމެ ފަހަރަކު އަރާ ކުލަވަރު އޭނާ ނުހަނު ކައިރިން ދިރާސާކުރެއެވެ. އީނާލް ގެ ތުންފަތަށް ވެރިވާ ހިނިތުންވުމާ އެ ކޯތާފަތް ރަތް ވެގެން ދާގޮތް އޭނާ އަށް ކަމުދެއެވެ.
ހިޔާލް ތަކަށް ގެއްލިފައި އެތަށް އިރަކު ނުނިދިފައި ޒައިން އޮތެވެ. އޭނާ އީނާލް އާއި އެ ސަމާސާ ކުރަނީ ކޮންމެ ފަހަރަކުވެސް އޭނާ އެއްލޯ މަރާލުމާއެކު ލަދުން މޯޅިވާ މަލެއްހެން އީނާލް އިސްޖެހިގެން ދާތީއެވެ. އީނާލް ގެ އެ އާދަ އޭނާ އަށް ކަމުދަނީއެވެ. ކޯތާފަތަށް އަރާ ކުލަވަރު ގެ ސަބަބުން އެ ރީތިކަން ދެ ގުނަ ވާހެން އޭނާއަށް ހީވަނީއެވެ. އީނާލް ލަދުން އިސްޖަހާލާ ގޮތާ އޭނާގެ މޫނުމައްޗަށް އަރާ ކުލަވަރު ބެލުމަށް އެ ހިތް އެދޭވަރުންނެވެ.
ފުރާޅުގައި ގާބުރިތަކަކުން ތަޅަމުން ދިޔަ ފަދަ ގޮތަކަށް ވާރޭގެ އަޑު ކެނޑި ނޭޅި އިވެމުން ދިޔަ ނަމަވެސް އެނދުގައި އޮށޯވެގެން އޮތް މަލަކް ގެ ސަމާލް ކަން އެއިން އެއްވެސް ކަމަކަށް ހުއްޓޭ ގޮތެއް ނުވިއެވެ. އެއަށް ވުރެ އެ ހިތާ ސިކުނޑީގައި ހިނގަމުން ދިޔަ ހައިޖާނުގަނޑު ބޮޑު ވެފައި ވަރުގަދައެވެ.
ލޯ މަރާލެވުނީ މިއަދު ހަވީރު އޭނާގެ ގާތުން ލާފައި އަޔާން ދިޔަ މަންޒަރު ހިތާ ސިކުނޑީގައި ކުރެހުމުންނެވެ. އެ ފިރިހެން ވަންތަ ހިނގުމަށް އޭނާ ގެ ހިތް ލެނބެވެއެވެ. އެ ތުންފަތަށް ހިނިތުންވުމެއް ވެރިވާ ކޮންމެ ފަހަރަކު އޭނާ އަށް ވެސް ބޭއިޚްތިޔާރުގައި ހިނިތުންވެވެއެވެ.
އެހެންނަމަވެސް ތަޤްދީރު އޭނާ އާ މިކުރަނީ ކޮންފަދަ ސަމާސާއެއްހެއްޔެވެ؟ އަޔާން އާ މެދު އެ ހިތުގައި ވާ އިހްސާސް ތައް އޮއްބާލަން ވަނީ މަޖުބޫރުވެފައެވެ.
މި މަޖުބޫރީއާހެދި އޭނާ ގެ ހިތް ވަނީ ހަލާކުވެފައެވެ. ލޯ ވަނީ ކަރުނުން ފޯވެފައެވެ.
ސިހުނީ ޖެހި ބާރު ގުގުރީގެ އަޑާއެކުގައެވެ. އެއާއެކު މޫނުމަތީގައި ތެތް ކަމެއް ހުރި އިހްސާސް ވިއެވެ. ދެއަތުން ލޮލުގައި އަތް ޖައްސާލުމާއެކު ކަރުނަތަށް އަންނަމުން ދިޔަކަން އޭނާ އަށް އެނގުނެވެ. ބާލީސް ދަށަށް މޫނު ކޮށްޕާލުމާއެކު ރުއިން މަޑު ގިސްލުމަކަށް ބަދަލް ވެގެން ދިޔައެވެ.
“އަހަރެންނަން މިހެން ވީ ކީއްވެ؟” ޝަކުވާ ގެ ބަސްތައް އަނގައިން ނުކުންނަމުން ދިޔަ ނަމަވެސް އެ އަޑު އަހާނެ އެއްވެސް މީހަކު ނެތެވެ. ހިއްސާ ކޮށްލާނޭ މީހަކުނެތެވެ. ހުރިހާ ކަމެއް އަމިއްލަ ހިތު ތެރޭގައި އޮއްބާލައިގެން ހުރެ ހުރެ އޭނާ ވަރުބަލިވެއްޖެއެވެ.
(ނުނިމޭ)
57 Comments
Comments are closed.
Himi dhooni
Shaai dhooni
Aawwwwnn. Shaai dear. Thankyou. ❤❤❤
Assalaam Alaikum. after a long time dear frnds…. finally my new storys here. first of all i would like to say something about this story. mi vaahaka aki varah gina characters thakeh himeney gothah himi liyan gasthukuraa vaahaka eh. meega maigandu gotheh gai bathal akah ulheyni eenaal and zain… eenal aki doctor akah vaairu zain aki construction worker eh. meege ithurun ves vaahakaige main role kulheyne aneh meehunnaki malak adhi ayaan ge role ves onnaane adhi meege ithurun aiman ge baithah ves fudheyvarakah gina vaane. konme meeheh ge life ge baithah ves vaahakaigai varah gina vaane.
Anehkaaves himi ge thafaathu reethi story akaai eku bahdhalu kurevunu kamuge unmmedhugawi ufaakuran. hope u all will like this story. kuri ekey eh gothah vaahakaigai rangalhu kuran jehey kanthah thah bunedhy hiyaalaa mashvaraa dhinumaki himi ah libeyney kuri erumeh kamugawi dheken. In Sha Allah. masah kai kuraanan ekanthah rangalhu kyreveytho.
himi ge story ah thiya dhevva support ah hithuge wnem fun minun shukuru dhannavan.
MUCH LOVES>
JAZAKALLAH KHAIRAN
Ma Sha Allah❤ varah reethii. Waiting for the next part.❤☺
Thankyou saaraa. Hiyaal faalhu kohlothy shukuriyya. ❤❤❤
Wow nice story eh….
Thankyou shaai. V ufaavehjje. ❤❤❤
Wow❤
Thanks dear. ❤❤❤
Maasha Allah varah reethi. ❤❤❤❤???
Thankyou dear. Missed yh too. Much loves. ❤❤❤
Yey finally.. I waited so long for this story.. v nice as always..
Keep it up himi dear ???
Awwn. Lotus. V ufaavehjje. Thankyou so much. Comment fenifa hama v happy vehjje. Much loves. ❤❤❤
Oh wow shann ge hi mi ge story kiyaalan libuny dhw… v happy vehje… kureege story haa rythi vaanekamah umeedhu kuran… mihen bunan iruves egey reethi vaanekan
Yayyy shann dear. Finally dw. Missed yh too ingey. Mi faharuves shann ge loabo comments thakah hama waiting ingey. In Sha Allah. Himi ah thihaa ithubaaru kuraathy fah fashub shukuriyya. Much loves. ❤❤❤
Ma sha Allah vaahaka fashaafa in goih v reethi. Kuriyah huri baithah ves reethi vaanekama ummedhu kurann❤?
thankyou shaa. vvv happy vehjjje. himi ah thidhey support ah fafashu shukuriyya. 🙂
yeay himi is back. varah reethi feshumeh. reethi vaane hen heevey as usual. i love it. so curious about malak. hehe lets see wat happens. so happy to see u back himi. its been so long. i wont b able to comment daily but will try though. cant wait for the nex part
Awwn. How i missed u. Hehe. Vvv ufaavehjje dear annoying reader ge comment eh fenifa. Thikudhinge comments thakah hama waiting himi. Hehe. Vvv ufaavehjje ingey kamu dhiyaima. Dhen hingaa balamaa vaa gotheh. Kuree faharekey ehgothah mi faharuves story kuri ah dhaa varakah guess thah libemun dhaane kamah unmeedh kuran. Much loves. ❤❤❤
vvv nice stry.. nd aiman ge bayah girl eh ge gothuge naashia kiyaa kuhjaku laiba… hope u will like that name… hama enan reethi kamn bunelii. echekey hii nukuraane kamah umeedhu kuran
Hiyaalaj shukuriyya thuhtha. Hingaabalamaa vaa gotheh. Story ge ba eh himi liyelaaafa inaani ves. Thanks dear.of ciurse ehchekey heenukuraanan. Hiyaal thah balaigannan. Eyi libey kuri erumeh kamugai dheken. Thankyou. ❤❤❤
Mi story up vaany kan dhuvas thakaku tha..
Dhuvas thah kanda alhaafa himi angaalaanan. In Sha Allah. ❤❤❤
Wowww ???… My favourite writer Hi Mi is back ❤️❤️❤️??????… I’m surprised ???❤️❤️❤️… V v v v ufaavehje Hi Mi ge new story eh fenunyma ???❤️❤️❤️???… Haadha inthizaareh kohfeemey Hi Mi ge mi story ah ??????… Story vvv reethi ❤️❤️❤️??????… Hama heevany manzaruthah fennahenn vaahaka kiyamun dhaairu ?????????❤️❤️❤️… Hi Mi ge kuryge vaahaka thakekey ehfadhain mi vaahaka vx v v v reethi vaane kamah ummeedhukuran ❤️❤️❤️???… U are the best hama ❤️❤️❤️????????????????????????… The story seems interesting ??????❤️❤️❤️… I missed your stories Hi Mi n the lovely replies too ❤️❤️❤️?????????… Waiting for next part ???… Lots of love from pinky ❤️❤️❤️?????????????????????…
awwwnnn. such a colourful comment after so many days dw pinky… vvv miss v ingey dear. looking forward to ur colourful comment. In Sha Allah. soon fenigenhaane kamah unmeedh kuran pinky ge ithuru hiyaal tha h ves. much more loves from me ingey. v ufaavehjje. 🙂
V kamudhey himi ge hurihaa story ves..but too bad i missed many episodes of hithaa furaanain?????
Thanks arshyn. V ufaavehjje. Himi ge name ah click kohlaigen kiyaaleveyne ingey dear. Much loves from me. ,❤❤❤
Btw himi any instagram account
Nope dear. I dnt use insta. Himi aa talk kohleveyni himi ge mail medhuveri koh. Thanks dear. ❤❤❤
Masha Allah vvvvvvvvvvv nice mi story ge feshun.. ???
Thanks naju. Masai kai kuraanan kuri ah huri bai thah ves reethi kureveythoa ingey. ,❤❤❤
hey love , you are here. dhemme groupga msg libunyma mi balaaly…yayyyyy! v reethi ngey story … this is worth the wait. ma sha Allah
awwwnnnn. maroon dear. miss yh too hehe. vvv ufaavehjje ingey comment eh kohlima. thankyou so much for ur support. much more loves fro me. 🙂
himi aa gulhene gotheh buneba fb page eh idheytha
Himi ah gulheyne hama ekani gothakah innaani himi ge email through koh. [email protected] ah msg kohlima msg fenunu haa avahah himi reply kuramun gendhaanan. Thankyou for ur support dear. ❤❤❤
Woooow v v v v rythi mi stry maasha allah…..luv your strys????
Thankyou dear hudher. Himi masahkai kuraanan kuri ah huri baithah ves reethi kureveythoa. In Sha Allah. Much loves. ❤❤❤
Wowo. Keehveh ehaa lahun up kuhran fehsheeh
Sorry dear. Himi bunelaafa innaani august nimunima ey. Hehe. Mijaar mi spetember. Balive ulheythy aa eki las v. Sorry. Much loves. ❤❤❤
Hi mi salhi ye dhooni gadaa … story akee hi mi ge kan ingunee avahah be lee kiyaa levey thoa … ithuru kamakah visnan ves noolhen .. gerenty vihyaa reethi vaane kan. ….. love you dhooni ❤❤❤❤❤?
Hehe. Mishaa dear. Vvv ufaavehjje. Thankyou so much ingey. Himi ah thihaa ithubaaru kuraathy fafashun shukuriyya. Neyge bunaane ehchei hehe. Much loves dear. ❤❤❤
Himi ge vaahaka eh upvey thw inthixaaru khkh huhta thi upkhladhiny…?you are my favorite writer Himi.❤..love your stories…Himi is the best …?best of luck..ummeedhu kuran mifaharuvx story nimn dhn week aku one faahru viyas upkh dheyne kamah…ehn writers hadhaahn story vaki hamayakah dhiyaama huhtaa nulaane kamah heekuran..feshun varah varah nice…hama habeys…story nice vaane hn varah heevey…waiting for the next part dear…
Awwwn. Ehentha mixuhan. Vvv ufaavehjje. Ingey. Vvv. Fav ah v thy v ufaaouran. Bunaanr 3hchei neyge. Himi masai kai kuraanan. V haavea reechah story kuri ah gendheveythoa. In Sha Allah. Thanks again. ❤❤❤
Yeyy himi is back ? Himi ge story eh kiyaalan nulibeythy mihaaru mi site ah varah nuves vadhevey. Al’hamdhulillah finally you are back & we gotta read your story.
hehe. alheyh reader. v happy vehjje thidhey support ah. himi ah libey v bodu hiyy vareh thy thi readers ge thi fadha comments thakaky. 🙂
yey himi dhooni is back….i missed u so much himi,,,,unmeedhu kuran mi story ves hame himi ge ehen stories thah hen vvv reethi vaanekamah..mihen bunyas maya shahkeh nukuran ,,bcoz ingey viya reethi vaanekan,……reyga kiyaifin bt maya last test iyadhu ehenve foih kiyan vegen hadhaigen reyga comment eh nukurevunii…by the way feshun vvvvvvvvv reethi …love u himi….knme dhuvahaku ves up vaane thr?????
awwwn maya dear. so happy at a lose for words dear. thankyou so much. its okay. vaguthu v irakun kiyaa liyas himi ge massla eh nei. vvv ufaavehjje. thankyou. 🙂
Himi dhoony haadha mis viyey vvvvvvvvv bodu bodukoh happy vejje story up veema thnx dear
xaaan. dw mi hehe. v ufaavehjje. thankyou so much. 🙂 supoort ah asari bahaa saabas.
Himi dear…..i’ve waited so long …..v v reethi mi prt……when nxt prt ???curiosly waiting…..???
awwn happy to knw that u liked it and waited. vvv ufaavehjje. thankyou. 🙂
MashaAllah v furihama v ufaavehjje new story eh kiyaalan libunymaa hi Nige ???
Awwwn. Thanks dear. V ufaavehjjw. ???
Maa sha Allah.. Vrh Vrh Vrh Vrh Vrh furihama.. ☺️☺️☺️☺️???????? neynge Bunaane ehcheh ves…. Just wow!!!!!! ??????????????
Awwwn. Thanks dear. V ufaavehjjw. ???
Sifa kurun thah genesfa hunna goi v reethi… Ehchei ehchakaa Eh goi kurun ves varah furi hama… I like this story