Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 11

almaa2004 Level 210 Stories100 Login
September 3, 2018 4 Mins Read
8 Comments

މެންދުރުގެ ކެއުމަށް އިންސާފު ކުރަމުން ދިޔަ ޒިވާއާއި ޒާއިފްގެ ދެމެދުގައިވީ މަރުފަދަ ހިމޭންކަމެކެވެ. އެ ހަމަހިމޭންކަން ފޫ އަޅުވާލާފައި ރިންގުވާން ފެށީ ޒާއިފްގެ ފޯނެވެ. ގުޅަނީ ޝާއިމްއެވެ. “ހަލޯ؟ މަ މަތިން މިސްވީތަ؟” ޒާއިފް ސަމާސަ ކޮށްލިއެވެ.

“ޕިސް ތިއެއް ނޫނޭ…… މަ ބުނީ ވިޝާލް ގުޅިހޭ މިއަދު…. މަ ގެއަށް ދިޔައިރު އާލާ އޮތް ސިޓިންރޫމުގައި ހޭ ނެތިފަ….. ވިޝާލްއެއް ގެއަކު ނެތް….. ގުޅީމަ ފޯނެއް ނުނަގާ…..” އެއްނޭވާއިން އެ ހުރިހާ އެއްޗެއް ކިޔުމަށްފަހު ޒާއިފް ކައިރި ހޮސްޕިޓަލަށް އައުމަށްބުނެ ޝާއިމް ފޯނު ކަނޑާލިއެވެ. ޒާއިފްގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުން ސުވާލު ނުކޮށް ޒިވާއަކަށް ނީންދެވުނެވެ. ވީގޮތް ކިޔައިދިނުމުން ޒިވާ އެދުނީ ޒާއިފް ކައިރި އޭނާވެސް ގޮވައިގެން ދިޔުމަށެވެ. ފުރަތަމަ ފަހަރަށް ޒިވާ އިސްވެ ޒާއިފްއާއި އެކު ދާން ބުނުމުން ޒާއިފްގެ ހިތް އުފަލުން ނަށާލިއެވެ. އަވަސް އަރުވާލާފައި ޒާއިފް ގެއިން ނިކުތީ ވިޝާލްއަށް ގުޅަމުންނެވެ. ނަމަވެސް ހައެއްކަ ފަހަރު ގުޅުމުންވެސް ވިޝާލް ފޯނަކަށް ޖަވާބެއް ނުދިނެވެ.

************************

ޖީބުގައި އޮތް ފޯނު ހުއްޓުމެއްނެތި ވައިބްރޭޓް ވަމުން ދިޔައިރުވެސް ވިޝާލްއަށް އެކަން އިނގޭހެނެއް ހިޔެއް ނުވެއެވެ. އާޓިފިޝަލް ބީޗާއި ދިމާލުން ނަގަމުން ދިޔަ ބިޔަ ރާޅުތަކަށް ބަލަހައްޓައިގެން އިންއިރު އޭނާގެ މޫނުމަތީގައި ވަނީ ހިތާމާއިގެ އަސަރުތަކެވެ. މިއިން ދުވަހަކު އުފަލެއް ލިބުން މީހެއް ހެނެއް ހިޔެއް ނުވެއެވެ. އާލާ އެވަރުގެ ބޮޑު އޮޅުވާލުމެއް އޮޅުވާލަފާނެ ކަމަކަށް ވިޝާލް ފަހަރުގައިވެސް ހީނުކުރެއެވެ. އޭނާގެ ހިތުގައިވި ހިތްދަތި އިހުސާސްތައް ކަރުނައިގެ ސިފާގައި ބޭރުވަމުން ދިޔައީ އޭނާގެ އެއްވެސް އިހުތިޔާރެެއް ނެތިއެވެ. ވިޝާލްއަށް ސިހިފައި ބަލައިލެވުނީ މީހަކު އޭނާގެ ކޮނޑުމަތީގައި އަތް ބާއްވާލުމުންނެވެ. ހިނިތުންވެލައިގެން ހުރި ޒާރާ ފެނިފައި ވިޝާލް އޭނާގެ މޫނު އަނބުރައިލީ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮރުވުމަށެވެ.

“ވިޝާލް….. ކިހިނެތް ވެފަ ތި ހުރީ؟….. ވައި އާޔޫ ކްރައިން؟….” ނޭނގޭ ކަމަށް ހަދާފައި ޒާރާ ސުވާލު ކޮށްލިއެވެ. މީހެއްގެ އެހީތެރިކަމަށް އިންތިހާއަށް ބޭނުންވެފައި ވެފައި ހުރި ވިޝާލްއަށް ޒާރާ ގައިގައި ބައްދާލެވުނީ އޭނާގެ އިހުތިޔާރުން ބޭރުންނެވެ. ޒާރާގެ ތުންފަތައް ވެރިވީ ކާމިޔާބުގެ ހިނިތުންވުމެކެވެ. ނުވާ ކަމަށް ހަދާފައި ވިޝާލް އޭނާގެ ގައިން ދުރުކޮށްލުމަށްފަހު އަނެއްކާވެސް ކިހިނެތްވީތޯ އަހާލިއެވެ. ވިޝާލް ކަން ހިނގައި ދިޔަ ގޮތް ޒާރާއަށް ކިޔައިދިނީ އެކަމުން އޭނާގެ ހިތައް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބޭތޯއެވެ.

“ވަޓްޓްޓް…؟ ސީޒް ޕްރެގްނެންޓް….؟ އޯ މައި ގޯޑް….. މަ ހީކުރީ އޭނަ ޑްރެސް ކުރާގޮތުން އެއަކީ ވަރަށް ރަނގަޅަށް އުޅޭ ކުއްޖެއް ކަމަށް……. ކާންޓް ބިލީވް އިޓް…… ހަޑި ދޯ ދެން އޭތި….” ޒާރާ ވާހަކަ ދެއްކީ ވީހާވެސް އާލާދެކެ ވިޝާލް ފޫހިވާނެ ގޮތަށެވެ. އެކަން އޭނާ ކާމިޔާބު ވެސް ކުރިއެވެ. ވިޝާލް ކައިރި ދެން ދަނީ ކަމަށް ބުނެ ޒާރާ ފަސް އެނބުރި ހިނގައިގަތީ މޫނުމައްޗަށް ފުޅާ ހިނިތުންވުމެއް ވެރިކުރުވަމުންނެވެ. “ޕުއާ އާލާ…… އައި ފީލް ސޮރީ ފޯ ހާ” ޒާރާ ހިތާހިތުން ކިޔައިލިއެވެ.

************************

“އަޅެ ތި ވެގެން އުޅޭ ގޮތެއް ކިޔާދިނީމަ އެއްނު އިނގޭނީ….. ތިހެން އެއްޗެއް ނުބުނެ އިނަސް ހެލްޕްއެއް ނުވެވޭނެ އެއްނު…. ވިޝާލް އެއްޗެކޭ ބުނީތަ؟ ނޫނީ ދެމީހުން މައްސަލައެއް ޖެހުނީތަ؟” ޝާއިމް ކިތަންމެ ވަރަށް ވާހަކަދެއްކިޔަސް އާލާ އެކަމަކަށް ސަމާލުކަމެއް ނުދިނެވެ. އެންމެ ފަހުން އާރާ އާއި ޒިވާއަށް އާލާ ހަމައަކަށް އަޅުވަން ހަވާލު ކުރުމަށްފަހު ޒާއިފްއާއި ޝާއިމް އެތަނުން ނުކުތެވެ. “ދެން ކިޔައިދީބަ ތި ވެގެން އުޅޭ ގޮތެއް…؟” ޒިވާ އެހެން އަހާލަމުން އާލާއަށް ރޮވެން ފެށިއެވެ. ގިސްލަމުން އާލާއަށް އެ ވާހަކަތައް ކިޔައިދިނީ ވަރަށް ހާލުންނެވެ.

“ވަޓް،؟؟؟” ޒިވާއާއި އާރާއާއި ދެ މީހުންނަށް އެކުއެކީ އެހެން ބުނެވުނީ ގަބޫލުކުރަން ދަތި ވުމުންނެވެ. “އަހަންނަކަށް ނޭނގެ ކާކު ކޮށްގެން އުޅޭ ކަމެއް ކަމެއްވެސް…… އަހަންނަށް ޔަގީން އަހަރެން ދުވަހަކުވެސް އެކަހަލަ ކަމެއް ނުކުރަންކަން…… ވިޝާލްވެސް އަހަންނަށް އިތުބާރު ނުކުރާކަން މިއަދު އަހަންނަށް ޔަގީންވެއްޖެ…… އަހަރެންނަށް ވާހަކަ ދައްކަން ފުރުސަތެއްވެސް ނުދީ އޭނަ ކިޔަންހުރި އެއްޗެއް ކިޔާފަ ދިޔައީ….. އަހަރެން ހިތައް އަރާ އޭނަ އަހަންނަށް އެވަރަށް އިތުބާރު ނުކުރާއިރު ކީއްވެބާއޭ އަހަންނާ ރައްޓެހިވީ…… އެންޑް ޔޫ ބޯތް ޕްރޮމިސް މީ މި ވާހަކަ ޒާއިފްމެން ކައިރި ނުބުނާނަން ކަމަށް….” އާލާ އެ ވާހަކަތައް ކިޔައިދިންއިރު ޒިވާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.

“ބަޓް……” އާރާ ބުނަން އުޅުން އެތި އާލާ ހުއްޓުވިއެވެ. “ޕްލީޒް….. އަހަނަންނަށް ދުވަހަކު ކަމެއް ކޮށްދެންޏާ މިކަން ކޮށްދީ…..” އާލާ އެވަރަަށް އާދޭސް ކުރުމުން އެ ދެމީހުންނަށް މަޖުބޫރުވީ ޒާއިފްމެންނަށް އެކަން ސިއްރު ކުރުމަށެވެ. އާލާ ހޮސްޕިޓަލުން ދޫކޮށްލިއިރު އިރުއޮއްސި 6 ޖަހައިފިއެވެ. އާލާ ގެއަށް ގެންގޮސްދިނުމަށްފަހު ޒާއިފްއާއި ޒިވާ މިސްރާބު ޖެހީ އެމީހުންގެ ގެއަށް ދިޔުމަށެވެ. ގެއާ ހިސާބަށް ދެވުނުއިރުވެސް ޒާއިފް އެއްވެސް ސުވާލެއް ނުކުރިކަން އެއީ ޒިވާގެ ނަސީބު ކަންނޭނގެއެވެ.

************************

ސިޓިންރޫމުގައި ވިޝާލްގެ އިންތިޒާރުގައި އިން ޝާއިމްއަށް ހައިރާންކަން ގެނުވީ ގެއަށް ވަތް ވިޝާލް ހުރި ގޮތް ފެނިފައެވެ. ގަމީހުގެ ބެގީ ރޫޅިފައިވާއިރު ޓައި އޮތީ އަތަށް އޮޅާލާފައެވެ. އިސްތަށިގަނޑު ހޭވިފައިވާއިރު ދެލޯ ހުރީ ރަތްވެ ދުޅަވެފައެވެ.

“މި ވެގެން އުޅޭ ގޮތެއް ކިޔައިދޭން ވެއްޖެއްނު…. އާލާގެ ފަރާތުން އެއްޗެއް އިނގުނީކީ ނޫން….. ކައެ ދެން ކިޔައިދޭން ވެއްޖެއްނު ދޯ މިހާރު…. އާލާ މިއަދު……..” ޝާއިމް ބުނަން އުޅުނު އެތި  ހުއްޓުވީ ވިޝާލްގެ ރުޅިވެރި ބަސްތަކެވެ.

” އޭނަގެ ނަންވެސް މަ ކައިރި ނުކިޔާތި……. އާލާ ކިޔާ މީހެއް މަށެއް ނުދަންނަން…… ޝާއިމްވެސް ދެން ރަނގަޅުވާނީ އިތުރަށް އެވާހަކަ ނުދެއްކިއްޔާ…..” އެހެން ބުނުމަށްފަހު ވިޝާލް ކޮޓަރިއަށްވަދެ އަތުގައި ހުރި ބާރެއް ލާފައި ދޮރު ލެއްޕިއެވެ.

*********************

ދުވަސްތައް ފާއިތުވަމުން ދިޔައީ ވަރަށް ހަލުވިކަމާ އެކުއެވެ. އޮފީހަށް ނުދަން ހުރެފައިވެސް އާލާ އޮފީހަށް ދިޔައީ މަސައްކަތުގައި ބުރަކޮށް އުޅުމުން  އެކަމުގެ މަތިން ހަނދާން ނެތިދާނެ ކަމަށް ހީކޮށެވެ. ނަމަވެސް ކަންތައްވީ އޭނާ ހީކުރިގޮތާ މުޅިން ހިލާފަށެވެ. ވިޝާލްއާއި ޒާރާ އެކީގައި ފެންނަ ކޮންމެ ފަހަރަކު ވިޝާލް ހުންނަނީ ޒާރާގެ އަތުގައި ހިފައިގެންނެވެ. ހީވަނީ އާލާއަށް ދައްކަން އުޅޭހެންނެވެ. އަދި އެހެން މުވައްޒަފެއްގެ ފަރާތުން އިނގުނު ގޮތުގައި ވިޝާލް މިހާރު އުޅެނީ ޒާރާއާއި ރައްޓެހި ވެގެންނެވެ. އާލާ އަވަހަށް އޮފީހުން ނިކުތީ އެ މަންޒަރުތައް ބަލަން އޭނައަށް ދެން ކުޅަދާނަ ނުވާނެކަން އިނގޭތީއެވެ. ވިޝާލް މިހާ އަވަހަށް އޭނާގެ މަތިން ހަނދާން ނެތުނީ ހެއްޔެވެ؟ ވިޝާލް އެހެންވިއްޔާ އޭނަދެކެ އެވީ ކޮންކަހަކަ ލޯތްބެއް ހެއްޔެވެ؟ އާލާގެ ބަދުނަސީބުކަން ހިތައް އެރުމުން އޭނާއަށް އަމިއްލަ ނަފްސަށް ޝަކުވާ ކުރެވުނެވެ. އެންމެ ފަހުން އާލާ ނިންމީ އޭނާގެ ރަށަށް ދިޔުމަށެވެ. ވިޝާލް ނުފެންނަ ހިސާބަކަށް ދިޔުމުން ނޫނީ އޭނައަށް ވިޝާލް މަތިން ހަނދާން ނައްތައެއް ނުލެވޭނެއެވެ. ޖެހިގެން އޮތް ދުވަހު ފުރާ އެއްޗަކުން އޭނާއަށް ޓިކެޓް ލިބުނެވެ. އޮފީހުން ކެނޑުމަށްފަހު އާލާ ޒިވާއަށް މެސެޖަކުން އޭނާ ރަށަށް ދާކަން އެންގިއެވެ. އެކަން އެއްވެސް މީހަކަށް ނޭނގުމަށްވެސް އާލާ ޒިވާ ގާތުން އެދުނެވެ. ޖެހިގެން އައި ދުވަހު އާލާ އޭނާގެ ރަށަށް ދިޔުމަށް ފުރީ ވިޝާލް މަތިން ހަނދާން ނައްތާލުމަށް ހިތުގައި އަޒުމް ކަނޑައަޅައިގެންނެވެ.

*************************

ގަޑިން މެންދަމު 2 ޖަހައިފިއެވެ. ނުނިދިފައި އޮތް ޒާއިފް ސިއްސައިގެން ދިޔައީ ޒިވާގެ ފޯނު ރިންގުވާ އަޑަށެވެ. 2 ފަހަރަކު ރިންގުވުމުން ޒިވާ ބޯހިއްލާލައި އޭނާގެ ފޯނާއި ދިމާލަށް ބަލާލިއެވެ. ޒިވާ ފުންމައިގެން ތެދުވެފައި އެންމެ ފުރަތަމަވެސް ބަލާލީ ސޯފާގައި ނިދާ ކަމަށް ހަދައިގެން އޮތް ޒާއިފްްއަށެވެ. ފޯނުގެ ރިންގް އޮފް ކޮށްލުމަށްފަހު ވަރަށް ސިއްރު ސިއްރުން ޒިވާ ކޮޓަރިން ނިކުތްތަން ވަރަށް ރީއްޗަށް ޒާއިފްއަށް ފެނުނެވެ. ޒިވާ މޫނުމަތީގައި ވި ހާސްކަމާއި ބިރުވެރިކަންފެނި ޒާއިފްގެ ހިތުގައި ސުވާލު އުފެދުނެވެ. އެއީ  ޒިވާ އެ ގޮތަށް ކަންތައްކުރި 3 ވަނަ ރެއެވެ. ޒާއިފްވެސް ތެދުވެ ވަރަށްް އަވަސް ފިޔަވަޅު ތަކެއްގައި ކޮޓަރި ދޮރާއި ދިމާލަށް ހިނގައިގަތެވެ.

****ނުނިމޭ****

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

almaa2004

Level 210 Stories100 Login

Other Articles

Previous

އިތުރަށް ހަމަ ލޯތްބޭ ވެވެނީ 6

Next

އައިރީން.. (11)

Next
September 3, 2018

އައިރީން.. (11)

Previews
September 3, 2018

އިތުރަށް ހަމަ ލޯތްބޭ ވެވެނީ 6

8 Comments!

  1. Nunnu says:
    September 3, 2018 at 12:36 pm

    Aalaa hedhee hama ragalhah.. adhi wishaal dhaane fahathunn.. mavess v foohi vejje wishaal and zaara dheke

  2. almaa2004 says:
    September 3, 2018 at 1:46 pm

    Hehehe
    Thihenvx vedhaane hama

  3. Ige Ehnnu ? says:
    September 3, 2018 at 2:23 pm

    Wait kuran nujjasaba?

  4. Huvey says:
    September 3, 2018 at 2:54 pm

    Nice?

  5. almaa2004 says:
    September 3, 2018 at 3:29 pm

    Thanks all??

  6. Maya says:
    September 3, 2018 at 6:38 pm

    Adhi wishaal dhaane aalaa hoadhan fahathun… I’m sure…. Varah reethi… Waiting for Next part thankolheh avahah up kohdhehchey Darling.. ?????

  7. Unknown girlll.. says:
    September 3, 2018 at 10:03 pm

    V reethi???

  8. almaa2004 says:
    September 3, 2018 at 10:30 pm

    Thanks all❤❤

Comments are closed.

Next Episodeއިންތިޒާރު 12←


All Right Reserved!