Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ދުޢާ 6

hygge Level 510 Stories100 Comments100 Login500 Comments
September 4, 2018 6 Mins Read
22 Comments

“ހޫމް.. އަހަރެންގެ ހިތް ބާއްވާފަ އާދެވުނީ..” އާލާގެ ހިތުގެ ކަނަކުން ގޮވާލިއެވެ. އާލާ އަނެއްކާވެސް ލަދުވެތި ހިނިތުންވުމަކާއެކު ބޮލުގައި ޖަހާލީ ހިތަށް އަރަމުންދިޔަ އެއްޗެހިންނެވެ. އޭނާގެ ހިތުގައި ފިރިހެން ކުއްޖަކާމެދު ތަފާތު ނަޒަރަކުން ދެކެވުނު މިއީ ފުރަތަމަ ފަހަރު ކަމުން އާލާއަށް ހުރެވުނީ ވާނުވާ ނޭނގިފައެވެ.

އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ބާއްޖަވެރި ރޭގަނޑަކަށް އެދެމުން އަލްވަދާއު ކިޔާފިއެވެ. ދާނިޔަލްވެސް މަޣްރިބް ނަމާދުން އައިސް ގެޔަށް ވަނެވެ. އާލިމާގެ ޚަބަރެއް ނުވުމުން އޭނާވެސް ކޮޓަރިއަށް ވަނީ މިވަގުތު އާލިމާވެސް އުޅޭނި ކޮޓަރީގައިކަން އިނގޭތީ އެވެ. ކިޔަވާ މޭޒުދޮށުގައި އިށީނުމަށްފަހު މުސްޙަފް ނަގައި ޤުރުއާން ކިޔަވަންފެށީ އެކަމަށް އޭނާއަށް އާދަވެފައި ވާތީއެވެ. އާލިމާ އަބަދުވެސް އޭނާގާތު ދެނަމާދު ދޭތެރެ ގަޑީގައި ޤުރުއާން ކިޔެވުމަށް އިރުޝާދު ދެއެވެ.

ކިޔަވަން އިން ދާނިޔަލް ސޫރަތް ނިމުމުން މުސްޙަފުން ނަޒަރު ވަކިކޮށްލުމަށްފަހު ގަޑި ބަލައިލިއެވެ. އެއިރު އިޝާނަމާދަށް ބަންގި ގޮވަން ގާތްވަމުން ދަނީއެވެ. އެހެން ކަމުން މަޑުމަޑުން މުސްޙަފް ލައްޕާލުމަށްފަހު އޭނާ ގޮނޑިން ތެދުވެގެން ގޮސް ކޮޓަރިން ނިކުތީ މިސްކިތަށް ދިޔުމުގެ ބޭނުމުގައެވެ. އިޝާނަމާދަށް ދާނިޔަލް ކޮންމެ ރެއަކު ދާއިރުވެސް އާލިމާ ކޮޓަރިން ނުނިކުންނާތީ އޭނާ ކައިރީ ކޮންމެހެން ނުބުނެ ދިޔަޔަސް މައްސަލައެއް ނެތްކަމަށް އާލިމާ ވަނީ ދާނިޔަލް ގާތު ބުނެފައެވެ. އެހެން ކަމުން މަންމައަށް އުނދަގޫ ނުކޮށް ދާނިޔަލްވެސް ގެއިން ނިކުމެގެން ދިޔައެވެ.

ކޮޓަރީގެ ބެލްކަނީގައި ހުރި އާލާގެ ނަޒަރު ހުއްޓިފައިވަނި އޭނާގެ ކޮޓަރިން ތިރިން ފެންނަން އޮތް ބޮޑު ބަގީޗާއަށެވެ. ފަނޑު އަލިކަމުގެ ތެރޭގައިވެސް ގަސްތަކުގެ ރީތިކަން އެތަށް ގުނައަކަށް އިތުރު ކުރުވައިފައިވެއެވެ. އުޑުމަތިން ވިއްސާރަ ވިލާ ދައްކަން ފަށައިފައި ވުމާއެކު ފިނި ފިނި ވައިރޯޅިތަކަށް ކެތްނުކުރެވިގެން އާލާ ކޮޓަރިތެރެއަށް ވަދެ ބެލްކަންޏަށް ނިކުމެވެން ހުންނަ ބިއްލޫރި ދޮރު ލެއްޕޭ ގޮތަށް ކަހާލުމަށްފަހު ދޮރު ފޮތި ދަމާލިއެވެ.

ރޭގަނޑުގެ ކެއުމަށް އިންސާފުކުރަން ޖެހޭތީވެ އާލާ ހެދުން ބަދަލުނުކޮށް ހުއްޓެވެ. އޭނާ އައިގޮތަށް އައިސް އެނދުގައި އޮށޯވެލުމަށްފަހު ކަނާތް ފަރާތުގައި އޮތް ބޮޑު ޓެޑީބެއާ ގެނެސް މެއާލައި ބޮނޑި ކޮށްލިއެވެ. އެޔަށްފަހު ދެލޯ މަރާލިއެވެ. އާލާގެ ތުންފަތަށް ރީތި ހިނިތުންވުމެއް ވެރިވީ ބޭއިޚްތިޔާރުގައެވެ. ދެލޯ މަރާލިތަނުން އޭނާއަށް ސިފަވީ މިއަދު ހަވީރު އޭނާއަށް ފަހަތުން ފެނުނު ޒުވާނާއެވެ. އެ ރީތި އަޑެއްގެ ޖާދޫގައި އާލާ ޖެއްސި ޒުވާނާއެވެ. އަވަސް އަވަހަށް ދެލޯ ބޮޑުކޮށްލުމަށްފަހު އާލާ ދެލޯ ހުޅުވާލިއެވެ. “ކިހިނެއް މިވަނީ؟” މޭގައި އަތް އަޅާލައިގެން ހުރެ އާލާ އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ.

އޭނާ ފިރިހެން ކުއްޖަކާއި ދޭތެރޭ ވިސްނާ މިއީ ފުރަތަމަ ފަހަރެވެ. ނޫނެކެވެ. ވިސްނަނީ ކީއެއް ނޫނެވެ. އަމިއްލަ އިޚްތިޔާރުން ބޭރުގައި ވިސްނެނީއެވެ. އަދި އެއީވެސް އޭނާ ނުވެސް ދަންނަ ކޮންތާކުން އައި ކާކުކަމެއްވެސް އިނގޭ މީހެއް ނޫނެވެ. “އެ ވެދާނެ ކޮންމެ ފަދަ މީހަކަށްވެސް.. ނިކަމެތި ފަޤީރަކަށް ވެއްޖިއްޔާޔޯ؟ ނޫން ނޫން… އާލާ.. ތި ވިސްނުން ދޫކޮށްލާ..” އެކަނި އިނދެގެން އާލާ އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުން ދިޔައެވެ. އޭނާއަށް ނޭނގުނު ކަމަކީ ތިމާ ހިތްނޭދޭ ކަންތައްވެސް ބައެއް ފަހަރަށް ތަޤުދީރު ތިމާގެ ޙަޔާތުގައި ކުރިމަތި ކުރުވާ ކަމެވެ.

އިރުގެ ރަންދޯދިތަށް ދުނިޔެމައްޗަށް އަލި ކުރުވަމުން ދިޔައެވެ. ދުނިޔެ މަތި އަލިވުމާއެކު މަދުމަދުން ނަމަވެސް ދުއްވާ އެއްޗެހީގެ އަޑު އިވެމުން ދިޔައެވެ. ދާނިޔަލްވެސް ތާޒާވެލައިގެން ކޮޓަރިން ނިކުމެ ބޭރު ޖޯލިފަތީގައި އޮށޯވެލިއެވެ. އެވަގުތު އޭނާގެ ނަޒަރު ދަތުރުކޮށްލީ ވިލާރޮއްޖެއްހާ ހިސާބުވެސް ނެތް ސާފު އުޑުމައްޗަށެވެ. އެހެން އޮތް އިރު އޭނާގެ ސިކުނޑީގައި އެތަކެއް ކަމެއް ދައުރުވަމުން ދިޔައެވެ. ކުއްލިޔަކަށް ހާމައަށް އޮތް އުޑުމަތީގެ ސާފުކަން ނަގާލީ އައި ނައި ދިމާކެއް ނޭނގި މެދަށް ވާގޮތަށް ހުއްޓުނު ކަޅު ވިލާގަނޑެވެ.

ވިސްނުމަށް ގެއްލިފައި އޮތުމުން ކަލުވިލާ ނަގަމުން ދިޔަކަށް ދާނިޔަލްއަށް ރޭކާ ނުލީއެވެ. އިންސާނާގެ ޙަޔާތަކީވެސް އެކަހަލަ އެއްޗެކެވެ. ތުއްތު ކުއްޖެއް ގޮތުގައި ވާއިރު އޭނަގެ ހިތް ހަމަ އެ އުޑުމަތިގޮތަށް އެހާވެސް ސާފުވާނެއެވެ. ނަމަވެސް ބޮޑުވަމުން އަންނައިރު ތިމާ ކުރާ ފާފަތަކުގެ ސަބަބުން އެ ހިތްވެސް ނުސާފުވެ ހަޑިވަމުން ދާނެއެވެ. ތިމާގެ ހިތް ސާފުކޮށް ބާއްވާ ﷲގެ މަގުގައި ހިނގަން ޖެހެނީވެސް ޖަންނަތަށް ދެވެން އޮތް މަގަކީ އެއީ ކަމުގައި ވާތީއެވެ.

“އައްދޭ.. ހާދަ ފުންވިސްނުމެއްގަ..” ގޭގެ ދޮރުމަތިގައި ހުރެ ދޮރު ކަނީގައި އަތް އަޅުވާލަމުން އާލިމާ ދާނިޔަލްއަށް ބުނެލިއެވެ. އެހިނދު ދާނިޔަލްވެސް އޭނާގެ ޚިޔާލީ ދުނިޔެއިން ބޭރުވިއެވެ. “ނޫނޭ.. އަނެއްހެން މާބޮޑު ކަމަކާ ނުވިސްނަން.. ހަމަ އޮތީ މީ މިތާނގަ..” ދާނިޔަލް ހެވިލައިފައި ބުނެލިއެވެ. ޙަޤީގަތުގައި އޭނައަށް ވިސްނުނު ކަންތަކުގެ ގިނަކަމުން އޭނާއަށް ވިސްނުނީވެސް ވަކި ސީދާ ކޮން ދާއިރާއަކުން ކަން އޭނާއަށް ބުނެދޭންވެސް ނޭނގުނީއެވެ.

“ހުމް.. މައްސަލައެއް ނެތޭ.. އާދޭ ސައިބޮން.. ދާނިޔަލް ތިތާ އޮތީމަ އެހެންވެ ގޮވާލަން އުޅެފަވެސް މަންމަ އަލާނުލައި ދިޔައީ ސައި ތައްޔާރު ކުރަން.. އައި އިރުވެސް ހަމަ އެގޮތަށް ވިއްޔަ ތިއޮތީ.. ހެހެހެ..” އާލިމާ ހީލިއެވެ. ދާނިޔަލްވެސް އިތުރު އެއްޗެކޭ ނުބުނެ އާލިމާގެ ފަހަތުން އެތެރެއަށް ވަދެގެން ދިޔައެވެ.

އާދައިގެ ހަތަރު ތެޔޮ ރޮށްޓާއި ކުޑަ ބޯތައްޓެއްގެ ރިހަ މޭޒުމަތީގައި ހުރި އިރު ބާވަތްތައް ކިތަންމެ މަދު ނަމަވެސް އެ ދެމައިންނަށް އެއީވެސް ވަރަށް ބޮޑުވަރެވެ. ލިބޭ މިންވަރު މަދީއޭ ކިޔައިފައި ދާނިޔަލްވެސް ދުވަހަކުވެސް ޝަކުވާއެއް ނުކުރެއެވެ. ލިބުނު މިންވަރަކުން ދެމީހުންވެސް ފުއްދާލައިގެން ކަނީއެވެ. އެމީހުންނަށް މެދުވެރި ކުރައްވާފައިވާ ގޮތަކީ އެއީ ކަމުގައި ބަލައިގެން ޝަކުވާއަކާއި ނުލައި ކުރިޔަށް ދަނިއެވެ.

“ކާކުބާ މިގަޑީގަ އެ ގުޅަނީ؟” ކާން އިންދާ އާލިމާގެ ފޯނު ރިންގުވާން ފެށުމުން ގޮނޑިން ތެދުވުމަށްފަހު އަތް ދޮވުމަށްޓަކައި ސިންކާއި ދިމާލަށް ދަމުން އާލިމާ ބުނެލިއެވެ. އޭނާ ގޮސް އައިސްއަލަމާރި ކައިރީ މަޑުކޮށްލީ ފޯނު އޮތީ އެތާ ކަމުގައި ވާތިއެވެ. އެޔަށްފަހު ދާނިޔަލް އަތަށް ފޯނު ދިއްކޮށްލީ ގުޅަނީ އަރީފް އަށް ވުމުންނެވެ.

“ލައްބަ.. އޯކޭ..” ދާނިޔަލް ފޯނު ކަންފަތުގައި ޖައްސައިގެން ހުރެ ޖަވާބު ދިނުމަށްފަހު ފޯނު ކަންފަތާއި ދުރުކޮށްލަމުން މޭޒުމަތިގައި ބާއްވާލިއެވެ. އަދި އެވަގުތު އާލިމާ ސުވާލު ކޮށްލުމުން އޭނާ ޖަވާބުދޭން އަނގަ ހުޅުވާލިއެވެ.

“އަށެއް ޖަހަންވާއިރަށް ދާންވީ އެގެއަށް.. އަރީފް ސަރ އޮފީހަށް ދާން ޖެހެޔޯ އަށެއް ޖަހާއިރަށް.. އެހެންވެ އެ ގުޅީ..” އަރީފް އަމިއްލައަށް ދާނިޔަލް އާއި ވާހަކަ ދައްކާއިރަށް ބޭބެ ކީ ނަމަވެސް ދާނިޔަލް އޭނާއާއި މުޚާތަބު ކުރަނީ “ސަރ” ކިޔައިފައެވެ. އެއީ އޭނާއަށް ބޭބެ ކިޔަން މާ ފަސޭހަ ނުވުމުންނެވެ.

“ދަރިފުޅު ދާއިރަށް މި ފޯނު ހިފައިގެން ދޭ އިނގޭ.. މަންމައަށް މާ މުހިއްމެއް ނުވާނެއްނު.. އަނެއްކާ ދަރިފުޅަށް ގުޅާ ކޮންމެ ފަހަރަކު ގޭގަ ފޯނު އޮތީމަ އެކޮޅުން ގުޅާ މީހަކާ ދަރިފުޅު ދިމަލެއްވެސް ނުވާނެއްނު..” އާލިމާ ދާނިޔަލްއަށް ބުނެލިއެވެ. އެވަގުތު އޭނާވެސް އެކަމާއި އެއްބަސް ވަމުން ބޯ ޖަހާލިއެވެ. އަދި މުސާރަ ލިބުމުން ފޯނެއް ގަންނާނިއޭ ހިތާހިތުން ކިޔާލިއެވެ.

ދާނިޔަލްގެ ޖަވާބު އަޑު އިވުމުން ކައި ނިންމުމަށްފަހު އަވަސް އަވަހަށް އާލިމާ ތަށި ދޮވެލައިފައި ގޭތެރެއަށް ވަންނަން މިސްރާބު ޖެހީ ދާނިޔަލްގެ އެއްޗެހި އިސްތިރި ކުރުމަށެވެ. ދާނިޔަލްވެސް ކައި ނިންމުމަށްފަހު އަތް ދޮވެލައިގެން ގޮސް ކޮޓަރިއަށް ވަނީ އަރީފްމެން ގެއަށް ދިޔުމުގެ ކުރިން ފެންވަރާލުމުގެ ނިޔަތުގައެވެ.

ރަތްކުލައިގެ ގޮޅިޖެހި ގަމިހާއި ކަޅުކުލައިގެ ފަޓުލޫނުގައި ދާނިޔަލް ވަރަށްވެސް ފުރިހަމައެވެ. އިސްތަށިގަނޑު އެއްފަރާތަކަށް ސްޓައިލް ކޮށްފައި ވާގޮތުން އޭނާގެ ފިރިހެންވަންތަ ކަން އިތުރު ކުރުވައެވެ. ދާނިޔަލް ގޮސް ހުއްޓުނީ އަރީފްމެން ގޭގެ ފުޅާ ގޭޓު ކުރިމަތީގައެވެ. އެވަގުތު ދޮރުވާނަކަށް އިން މީހާ ހިނިތުންވެލުމަށްފަހު ދާނިޔަލް އަށް ދޮރު ހުޅުވައިދިނެވެ.

އެ ގޭގެ މައި ދޮރު ކުރިމަތީ ދާނިޔަލް އަށް ހުއްޓެވުނު އިރު ސިޑިން ފައިބައިގެން އަރީފް އަންނަނީއެވެ. “އަނހަ.. ތި އައީދޯ.. ހިނގާ އަވަހަށް ދަމާ..” އަރީފްއަށް ދާނިޔަލް ފެނުމުން ފުޅާ ހިނިތުންވުމަކާއެކު ބުނެލިއެވެ. އެވަގުތު ދާނިޔަލްވެސް ހިނިތުންވެލުމަށްފަހު ދިޔައީ އަރީފް އަންނަން ވާއިރަށް ކާރު ނެރޭށެވެ.

ކާރު ދުއްވަން ފަރިތަވެފައި ވުމާއެކު ދާނިޔަލް އަރީފް ގޮވައިގެން އޭނާގެ އޮފީސް ހުރި ބޮޑު އިމާރާތަށް ދިޔައީ ވަރަށްވެސް ހަމަޖެހިލައިފައެވެ. “ދާނިޔަލް ކޯންޗެއްތަ ކިޔަވަން ބޭނުން ވަނީ؟” ކާރުތެރެއަށް ވެރިވެފައި ވީ ހަމަ ހިމޭންކަން ނަގާލުމަށްފަހު އަރީފް ދާނިޔަލް އާއި ސުވާލު ކޮށްލިއެވެ. އެހިނދު ދާނިޔަލްގެ ތުންފަތަށް އުފާވެރި ހިނިތުންވުމެއް ވެރިވިއެވެ. “މެޑިސިން..” ދާނިޔަލް ދިނީ ވަރަށްވެސް ކުރު ޖަވާބެކެވެ. ނަމަވެސް އޭނާގެ އަޑުގައި އެކުލެވިގެންވާ ޖޯށާއި އުފާވެރިކަމުންވެސް އޭނާ އެ ކިޔަވަން ބޭނުންވެފައި ހުރި މިންވަރު ހާމަވެއެވެ.

“އެހެންތަ؟ ވަރަށް ރަނގަޅު ދާއރާއެއް ދޯ.. ނަތީއްޖާ ކިހިނެއް ވަނީ؟” އަރީފް އަނެއްކާވެސް ސުވާލު ކޮށްލީ ދާނިޔަލް އެހާ މަތީ ވަޒީފާއަކަށް ދާން ވިސްނާއިރު ނަތީއްޖާ އަކީ ވަރަށް މުހިއްމު އެއްޗަކަށް ވާތިއެވެ. “ހަތް މާއްދާއިން އޭ ސްޓަރ އަދި އެކަތިން އޭ..” މަޑުމައިތިރި ކަމާއެކު ދާނިޔަލް ބުނެލިއެވެ. އެވަގުތު އަރީފްއަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ކުރިން ދާނިޔަލް އޭނާގާތު ނަތިއްޖާ ފުދޭވަރަކަށް ރަނގަޅޭ ބުންޏަސް މިވަރު ވެދާނެ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ.

ފުޅާ ހިނިތުންވުމަކާއެކު އޭނާ ދާނިޔަލްގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. މިހާ މޮޅު ކުއްޖަކަށް ޑްރައިވަރެއްގެ މަގާމު ޙައްގެއްވެސް ނޫނެވެ. އޭނާއަށް ޙައްޤީ މިޔަށްވުރެ މަތީ މާ ހަރުދަނާ އަދި ރަނގަޅު ވަޒީފާއެކެވެ. އަރީފްގެ ހިތް ބުނަމުން ދިޔައެވެ. “އެހެންތަ؟ މަރުޙަބާ.. އެހެން ވިއްޔާ ދާނިޔަލްއަށް އެއް ދުވަހަކުން އެ މަޤާމަށް ދެވޭނެ.. އިން ޝާ ﷲ… ދާނިޔަލް ކަހަލަ ތިހާ މޮޅު ކުއްޖަކު މިކަހަލަ ވަޒީފާއެއްގަ ނޫން ކަންނޭނގެ އުޅެން ޖެހޭނީވެސް.. އެދުވަހު އިންޓަރވިއު އަށް އެމީހުން ބޭތިއްބުނީތީވެސް ދެރަ ހީވޭ އެބަ..” އެއިރުވެސް އިން ހައިރާންކަމާއެކު އަރީފް ބުނެލިއެވެ. ޙަޤީގަތުގައިވެސް އޭނާގެ އޮފީހުގެ ބަޔަކު އެހާ ދަށު ދަރަޖައިގެ ޢަމަކެއް ހިންގުމުން އަރީފް ހުރީ ހިތްހަމަ ނުޖެހި އަދި ލަދުވެސް ގަނެފައެވެ.

“ނޫނޭ.. އެއީ މައްސަލައެއް ނޫނެއްނު.. އަޅުގަނޑަށް މައްސަލައެއް ނެތް ކޮންމެ ކަހަލަ ވަޒީފާއެއް ވިޔަސް.. ބޭބެ އަޅުގަނޑަށް މި ވަޒީފާ ވެސް ދެއްވީތީވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ.. ނޭނގެ ކިހިނެއް ކަމެއްވެސް ބޭބެއަށް ޝުކުރު އަދާކުރާނީ ވެސް.. އަޅުގަނޑު އުފާވޭ ބޭބެ ކަހަލަ ރަނގަޅު މީހަކަށް އަޅުގަނޑުގެ ފުރަތަމަ ވަޒީފާއެއް ގޮތުގަ ޚިދުމަތް ކޮށްދެވޭތީ..” ދާނިޔަލް ހެވިލައިފައި ޖަވާބު ދިނެވެ. އެހިނދު އަރީފްގެ ހިތުގައި ދާނިޔަލްއަށް ދެވިފައިވާ މަޤާމު އިހުނަށްވުރެ މަތިވެގެން ދިޔައެވެ. ދާނިޔަލް ކަހަލަ އަޚުލާޤް ރަނގަޅު އެ އުމުރުގެ ޒުވާނަކާއި އޭނާ ދިމާވި މީ ފުރަތަމަ ފަހަރެވެ. އެހެން ކަމުން ހިތާހިތުން ﷲއަށް އަރީފް ދުޢާ ކޮށްލީ ދާނިޔަލްއަށް އުފާވެރި ދުވަސްތަކެއް މިންވަރު ކޮށްދެއްވުން އެދިއެވެ.

އަރީފް ހިނިތުންވެލުމަށްފަހު ދާނިޔަލްއަށް ޝުކުރު އަދާކޮށްލައިފައި ކާރުން ފައިބައިގެން ގޮސް އޭނާގެ އޮފީހަށް ވަނެވެ. ދާނިޔަލްވެސް އޭނާ އިން ކަޅުކުލައިގެ ކާރުގައި އަނބުރާ އަރީފްމެން ގެއަށް ދާން މިސްރާބު ޖެހިއެވެ.

“އަޅެ މަންމާ… ހާދަ ފޫއްސެއް ވެޔޭ އެބަ..” އާލާ ސިޓިންގް ރޫމުގައި އެނބުރެމުން ބޮޑާ ހާކާ ރާގަކަށް ސޯފާގައި ފޯނާއި ކުޅެން އިން ޝަޒިއްޔާއަށް ބުނެލިއެވެ. އޭނާއެކޭ ހަތަރު އަހަރަށްދާ ތުއްތު ކުއްޖެކޭ އެއްވަރެވެ. “ދޭބަލަ ފޮތްކިޔަން.. އެންމެ ފަހު އަހަރެއްނު މީ.. އަނެއްކާ މިއަންނަ މަހު އޮންނާނެ ތި ނަގާ މަންތްލީ ޓެސްޓެއްވެސް.. ކުރިޔާލައި ދަސްކުރީމަ ފަސޭހަ ވާނީ..” ޝަޒިއްޔާ ފޯނުން ނަޒަރު ވަކި ކޮށްނުލައި އިނދެގެން ވާހަކަ ދައްކަމުން ދިޔައެވެ.

އެހިނދު އާލާ މައްޗަށް ކަޅި ހިންގާލިއެވެ. “މަންމާ.. އަބަދު ފޮތް ނުކިޔޭނެ.. ދެންމެ މި އައީ ފޮތް ކިޔަން އޮވެ އޮވެ ވަރުބަލިވެގެން.. ފޫހިވެއްޖެ މިހާރު.. މިދަނީ ގާޑެން އަށް އިނގޭ..” އާލާ ވާހަކަ ދައްކަ ދައްކައިފައި ޝަޒިއްޔާ ގާތުން ހުއްދަ ހޯދީ އެ ގޭގެ އެންމެ ހިތްފަސޭހަ މާޙައުލު ކަމުގައިވާ ބަގީޗާއަށް ދިޔުމަށެވެ. ޝަޒިއްޔާ ގާތު ނުބުނެ އެހިސާބަށްވެސް ގޮއްސިއްޔާ އެގޭތެރެއިން އޭނާ ނުފެނިގެން ގެއްލިގެން އުޅެފާނެއެވެ. ހުރި ހަމައެކަނި ދަރިފުޅު ކަމުން ޝަޒިއްޔާ އާލާދެކެ ލޯބިވަނީ އިންތިހާއަށެވެ.

“ވާވް.. ޕިންކް ޕިއޮނީސް.. އިންސްޓަގްރާމް އަށް ނުލައި ނުވާނެ..” ގޭގެ ފުރަގަހު ދޮރާއި ދިމާލުގައި އޮތް ބޮޑު ބަގީޗާގެ ކަނާތް ފަރާތުގައި ހުރި ފިޔާތޮށިކުލައިގެ ބޮނޑި މާތަކަކަށް އިޝާރާތް ކޮށް އާލާ ބުނެލި އިރު އެ ތުންފަތުގައި ނުފިލާ ހިނިތުންވުމެއް ވިއެވެ. އެ ގޭގެ ގޯތިތެރޭގެ ކޮންމެ ދިމާލަކަށް ނަޒަރު ހުއްޓައިލިފި ނަމަވެސް ﷲގެ ކުޅަދުންވަންތަކަން ޙާމަވެގެން ދެއެވެ. ގަސްގަހާގެހިން ފުރިފައިވާ ގެއެކެވެ.

އެ ބަގީޗާ އެއީ ޝަޒިއްޔާ އެންމެ އިސްކަމެއް ދީގެން ބަލަހައްޓާ އެއްތަންކަމުން އެތަނަށް ސަމާލުކަން ދީފައިވާ މިންވަރު ބަގީޗާ ތެރޭގެ ސާފުކަމާއި ގަސްތަށް ހައްދާފައި ހުރިލެއް ތަރުތީބުކަމުންވެސް ހާމަވެއެވެ. ނަމަވެސް ދެރައީ އެއިން އެންމެ އޭނާ ފަހަރަކުވެސް އެ ނިޢުމަތަށްޓަކައި ﷲއަށް ޝުކުރުވެރިނުވާކަމެވެ.

އާލާ އެ ބަގީޗާތެރޭގައި ދުވެ ދުވެފައި އުޅުނީ ދޫންޏެއް މިނިވަން ކޮށްލުމުން އުދުހިފައި އުޅޭ ފަދައިންނެވެ. ގޭވަށާލައިފައި އޭނާ މަޑުމަޑުން ދުވެލައިފައި ދިޔައެވެ. އެވަގުތު އޭނާ ހުއްޓުން އެރީ ގޭތެރެއަށް ވަދެގެން އައި ކާރު ފެނިފައެވެ. އަދި ގަޑިން އެވީ ގާތްގަނޑަކަށް އަށްގަނޑި ބައެވެ. މިހާރު އެޔޮށް އަވަހަށް ބައްޕަ ގެއަށް އައީބާވައެވެ؟ ދެ ވިސްނުމެއްގައި ހުރެފައި ކޮނޑު އަރުވާލުމަށްފަހު މަޑުމަޑުން އާލާ ކުރިޔަށް ހިނގައިގަތެވެ. ފޯނަށް ނަޒަރު ހުއްޓާލައިގެން ހުރެ އޭނާ ހިނގާލައިފައި ގޮސް ގެއަށް ވަންނަން އިން ދެ ހަރުފަތުގެ ސިޑި މަތީގައި އިށިނދެލިއެވެ.

އެހިނދު އަރީފްގާތު ބުނަން ވެފަ އޮތް ވާހަކައެއް ހަނދާންވެގެން އަވަހަށް ތެދުވެލުމަށްފަހު ގަރާޖާއި ދިމާލަށް ހިނގައިގަތެވެ. “ބައްޕާ.. އަޅުގަނޑު އަތުގަ ހުރި ހުރިހާ ވާހަކަ ތަކެއް މިހާރު ކިޔާ ނިމިއްޖެ.. ބައްޕަ ބުނީމެއްނު މިހާރު ހުރި އެއްޗެހި ނިމުނީމައޭ ދެން ގަނެދޭނީ.. އޭގެ ފަހުންވެސް މިހާރު ދެބުރަށްވެސް ބައެއް ފޮތް ކިޔައިފިން.. އަޅުގަނޑަށް މިއަދު ފެނުނު ވަރަށް ރިތި ވާހަކަ ސިރީސް އެއް.. އޭތި އަޅުގަނޑަށް ގަނދޭންވީ..” އިސްދަށަށް ޖަހައިގެން ހުރެ ފޯނާއި ކުޅެމުން ނުހަނު ފޯރީގައި ވާހަކަ ދައްކަމުން ދިޔަ އާލާއަށް ހުއްޓުން އެރީ އިސްއުފުލާލި ވަގުތު ކުރިމަތިން ފެނުނު ސޫރައަކުންނެވެ. ދެބުމަ ގާތްކޮށްލައިފައި ހުރި އިރު އޭނާ ހުރީ ހައިރާންވެފައި ވެސް މެއެވެ.

(ނުނިމޭ)

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

އާސިޔަތުގެފާނު 04

Next

ތައުބާ (ފެށުން)

Next
September 4, 2018

ތައުބާ (ފެށުން)

Previews
September 4, 2018

އާސިޔަތުގެފާނު 04

22 Comments!

  1. eekko says:
    September 4, 2018 at 4:11 pm

    Wow..vvv rythi..Whn nxt

    1. aish noor says:
      September 4, 2018 at 9:22 pm

      jazakillah khairan dear.. 🙂 in sha allah maadhamaa 7 vana bai up kodheveytho baalan ingey eekkoo.. 🙂

  2. Reen says:
    September 4, 2018 at 6:06 pm

    Masha allah…mi vaahakaige adhi nerunu hurihaa part eh ves vvvvvv salhi..vvv ibrahtheri mi vaahaka ves..noor sis ge kurin nerunu hulhukolhu vaahaka ves ehaa ibrahtheri..e vaahaka kiyaafa alhugaduge hithah ves v asarukuri adhi alhugandah vv rangalhu heyo badhaluthakeh ves ai..ekamahtakaa alhugandu allah ah hamdhukuran..al’hamdhu lihllah..adhi noor sis mikahala vaahaka liyaatheeve vvvv bodah hithuge adin shukuru adhaakuran..noor sis thigothuga mikahala vaahakathah alhugandu menna hihsaakurumuga abadhuves hunnaanekamah unmeedhukuran..insha allah….ly so much sis❤❤❤❤

    1. aish noor says:
      September 4, 2018 at 9:30 pm

      jazakillah khairan Reen.. 🙂 ehentha? vrh vrh vrh ufaavehje noor.. 🙂 jazakillah khairan dear.. al’hamdhulillaah & maa sha allah.. vrh vrh vrh vrrrrrrh ufaavehje.. vrh ufaavehje dear ge ulhumah badhaleh ai kan ingunyma.. 🙂 maa sha allah.. meehehge faraathun libey thaureef ge baskolhakah vure ves ufaavey thimaa ge sababun ehn meehakah heyo badhaleh ai kan ingunyma.. 🙂 vrh vrh vrh ufaavehje hageegathugaves.. 🙂 marhabaa dear.. noor dhuniyeyga huriyyaa in sha allah, try kuraanan dear mennaa hamayah stories dheythere dheytherein genesdheveytho.. abadhu nugenevi huredhaane ehnu dhw? kuriyah oiyythaa kanthah vaane gotheh hama neynge ehnu dhw? konme kahala kamakaaves kurimathilaan jehidhaane hama.. 🙂 ehn namaves noor ah vaguthu v varakun noor balaanan dear mennaa hamayah stories genesdheveytho.. in sha allah.. 🙂 jazakillah khairan for the support dear.. vrh vrh vrh ufaavehje dear ge comment kiyaalaafa.. hama bunaane ehcheh ves aslu neyngunu ufalun gos.. miee hadha hadhaigen dhakkaa vaahaka eh noon ingey reen dear.. hama thedhu hageegaiyy.. 🙂 aww.. <3<3<3<3<3

  3. Maya says:
    September 4, 2018 at 6:16 pm

    Waaaaaau vvv reeethi MashaAllah… Habeys.. Hahha aalaa kada vaane dhw.. Avahah up kohdhehchey aish noor sis… ??????????anehpart kiyaahithun hurevenyki nun mihaaru. ??????

    1. aish noor says:
      September 4, 2018 at 9:31 pm

      jazakillah khairan Maya.. 🙂 hahaha.. hehe.. 🙂 in sha allah noor try kuraana ingey sisss.. 🙂 hahaha.. keiyytherivelaa ingey dear.. 🙂

  4. kokee says:
    September 4, 2018 at 7:19 pm

    maasha allah…vrh reethi…next part up koh dhechey avahah…cant wait but will wait..hehehe…ly
    kuree part ah comment nukurevunii ma sorry…i was busy at school…sorry sis…bur i read that part n it was also habeyxx…hehe…waiting for the next part

    1. aish noor says:
      September 4, 2018 at 9:36 pm

      jazakillah khairan kokee.. 🙂 in sha allah noor balaanan ingey dear.. 🙂 hehehe.. anhaa.. its ok ingey.. hama ehves massala eh noon aee.. 🙂 school kudhin bxy vaane kan noor ah ingey… ehn noonas student akah ve hure furathama kamakah jeheynee studies akah nu dhw samaalu kan dheyn? 🙂 ehentha? vrh vrh vrh ufaavehje dear ah ebai kamudhiya kan ingunyma.. 🙂 jazakillah khairan for this motivational comment dear… 🙂

  5. Mal says:
    September 4, 2018 at 8:06 pm

    Masha allah??v furihama…yageen aeee dhaaniyal kan.?????v rythi mi vaahaka..❤❤❤❤❤lysm

    1. aish noor says:
      September 4, 2018 at 9:38 pm

      jazakillah khairan Mal.. 🙂 vrh vrh vrh ufaavehje.. 🙂 hahaha.. balamaa dhw aee kaakutho.. 🙂 asluvestha? vrh ufaavehje hageegathuga ves… 🙂 dear mn thihaa supportive v ma aslu vrh ufaavey.. al’hamdhulillaah, thikahala best readers in noor aa dhimaa v thy.. 🙂 aww.. <3<3<3<3<3

  6. riya says:
    September 4, 2018 at 8:12 pm

    masha allah
    varah reethi
    sis when iis the next part avahah up kodhechchey

    1. aish noor says:
      September 4, 2018 at 9:39 pm

      jazakillah khairan riya.. 🙂 vrh vrh vrh ufaavehje dear ge comment kiyaalaafa ves.. 🙂 in sha allah maadhan up kohla dheveytho try kuraanan ingey dear.. 🙂 in sha allah, try kuraanan ingey.. 🙂

  7. aish noor says:
    September 4, 2018 at 9:21 pm

    assalaamu a’laikum my dear readers.. 🙂 miyothee vaahakaige 6 vana bai.. 🙂 hurihaa kudhin ves noor ah dhey support ah fash fashun shukuriyyaa.. 🙂 ehn v ma mi part hurihaa readers ah vrh bodah khaassa kohlan.. 🙂 ummeedhu kuran kiyuntherinnah mi bai kamudhaane kamah.. 🙂 kiyuntherin noor ah thi dhevvaa support ah anehkaa ves hama fah fashun shukuru dhannavan.. demotivate vaa vaguthu thakuga mulhin aa azumakaa eku thedhuvumah hiyyvaru libey readers ge positive comments thakuge sababun.. al’hamdhulillaah! 🙂 Jazakumullah khairan and LY all.. 🙂 <3<3<3

  8. Shaya says:
    September 4, 2018 at 11:08 pm

    Masha Allah!! Mi part vx varah reethi…??❤

    1. aish noor says:
      September 5, 2018 at 7:27 pm

      jazakillah khairan shaya.. 🙂 vrh ufaavehje dear ah mi part kamudhiya kan inguneema.. 🙂

  9. Queen Dandelion says:
    September 5, 2018 at 4:35 pm

    Wa’alaikukumuh salaam noor dear???dear bunbunedheefaanan tha e myhaky kaaku kan???I mean aalaa ah fenunu ???I guess that’s dhaaniyal…heheh…Dhen neyge…but wonna to see that..heheh..ly????????

  10. pengiun says:
    September 5, 2018 at 5:06 pm

    hey noor…mi story vs hama vvvvv reethi…heevany hama filme balaalevay hen..ma sha allah..u be the best writer ever…i plan to be an author like u too..u have given me that motivation..ly

    1. aish noor says:
      September 5, 2018 at 7:35 pm

      yess dear.. 🙂 al’hamdhulillaah! jazakillah khairan penguin.. 🙂 hehehe.. ehentha? vrh ufaavehje.. 🙂 in sha allah.. noor masahakaiyy kuranee mee molhu writer akah veveytho.. 🙂 maa sha allah.. 🙂 noor bunelan oiyyhaa ves ehchaky masahakaiyy kohlaashey.. adhi dear ge vaahaka thah mark kuraa teacher eh noony vaahaka kiyaa ehn meehakah ves faahaga vedhaane dhw mistake eh? ehn v ma dhevana faharah liyaa iru e kan kamah visnaigen e kan kan rangalhu kuramun kuriyah dhaashey.. 🙂 adhi negative comments ves annaane kan mi dhaairaa ah nikunna iru visnahchey.. e comment thakaky dear ah libey ithuru hiyyvareh kamugai balaa.. 🙂 adhi libey positive comment thakun hiyy varu gadha koh varugadha azumakaa eku kuriyah dhey.. kaamiyaaby aa hamayah vaasil veveynee ethakeh gina guna hurasthakakaa kurimathi lumahfahu.. ekan handhaanuga baindhan vaane.. 🙂 adhi thimaa ah dhevvaa noony dhevvi kaamiyaabee thakah allah ah abadhuves shukuru verivaan vaane.. 🙂 in sha allah, dear ah ves kaamiyaabu kureveyne mikan.. miee nuvaavaru kameh noon.. hehe.. 🙂 konme kamakaa ves kerigen kurimathi laifi nama ekan kaamiyaabu kurumakee maa undhagoo kamakah nuvaane, in sha allah.. 🙂 noor ummeedhu kuran dear mi dhaairaa in kuriyah oiyythaa fennaane kamah.. maaiyy allah thibaa ah kaamiyaabu minvaru kuravvaashi.. aameen.. 🙂 ehentha? hehe.. dear kurin ves comment kurin kanneynge dhw hulhukolhu vaahaka ah? ehn vehje nama vrh vrh vrh ufaavi noor e comment thah kiyaalaafa ves.. noor ves motivate vey thikudhin dhey positive comment thakun… al’hamdhulillaah.. 🙂 n again, jazakillah khairan penguin.. 🙂 reply thankolheh dhigu vedhaane.. hehe..

  11. Lotus says:
    September 5, 2018 at 6:11 pm

    Dear koba tha nxt part.. waiting waiting ?

    1. aish noor says:
      September 5, 2018 at 7:36 pm

      alhey dear.. sorry ingey las vaathy.. 🙁 noor ah miadhu thankolheh lahun submit kurevuny.. ekam balamaa dhw dhn mirey up veytho.. 🙂

  12. Reader says:
    September 5, 2018 at 9:17 pm

    Submit kuraa gadyga up nuveytha?

    1. Queen Dandelion says:
      September 7, 2018 at 11:03 am

      Yeah..Submit kuraa iru up eh nuvaane..Admin team in check kurumah fahu story up kuraany..heheh

Comments are closed.


All Right Reserved!