Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަކީ 11

Dhonthiii Level 210 Stories100 Comments
September 6, 2018 3 Mins Read
25 Comments

މިހަފްތާ އެއްކޮއް ޝައިރާއިނީ ހަވީރާއި ރޭގަނޑު ޑިއުޓީއެވެ. ޖެހިގެންއައިރޭގަވެސް ޑިއުޓާއަށް ދިޔައިރު ވަކި ހިސާބަކުން ޝައިރާގެ ފަހަތުން މީހަކު އަންނަކަމުގެ އިހުސާސް ޝައިރާއަށް ކުރެވުނެވެ. ފަހަތްބަލާވެސްނުލާ ޝައިރާ ޔަޤީންކުރީ އެއީ ފިހާރައަށް ޖެއްސުންކުރަން އެއަންނަސޮރު މިރޭވެސް ޝައިރާ ބިރުގަންނަވާލަންއަންނަނީކަމަށެވެ. މިސޮރަށް މިރޭ ވަރުގަދަ ލަނޑެއަދޭނަމޭ ހިތާ އެއެނބުރުނު ގޮތަށް އުޑުފައިން އިށީންދެފާ ތަނެއްދޮރެއްނުބަލާ އަވަސްއަވަހަށް ވެލިއުކަންފެށީއެވެ. ހިތްހަމަޖެހޭވަރު ކޮށްނިމުމުން ކާމިޔާބީގެ ހިނިތުންވުމަކާއިއެކު ޝައިރާ އިންތަނުން ތެދުވެ ހިންދެމިލާފަ ބަލާލިއިރު ކަމަކުދާކައްނެތެވެ. އެނުދަންނަ ސޮރުކަމަށް ހީކޮށް އެމީހެއްގެ ބޮލާ، ދެލޮލާއި އަނގަފުރޭވަރަށް މި ވެލިއުކާލެވުނީ ޝައިރާ ވަޒީފާއަދާކުރާ ފިހާރާގެ ބޮޑުމީހާ ނިޒާރުގެއެވެ. ދެން ހަދާނެގޮތެއް ނޭނގިފާ އިސްދަށަށް ޖަހައިގެން ހުރެވުނީ ކުރެވުނު ކުއް ގަބޫލުކުރާހާލުއެވެ.

“އެކޮއި މީކޮންކަމެއް؟ އެކޮއި ބަލީތަ؟ ތިހާ ބަސްއަހާ މަޑުމަޑުން ހުންނަކުއްޖަކު ތިހެން އުޅެންވީގޮތެއް ބޭބެއަކަށް ނުވިސްނުން.” ދެލޯ އުނގުޅަމުން، ބޮލުން ވެލިފޮޅަމުން ނިޒާރު ވާހަކަދެއްކިއެވެ. ނިޒާރަކީ ރުޅިމަޑު ހިތްހެޔޮ މީހެއްކަން އެއީ ޝައިރާގެ ނަސީބުކަންނޭނގެއެވެ. އެހެންނޫންނަމަ އެހާރީތިކޮއް ވާހަކަނުދެއްކީހެވެ. ވަގުތުން ވަޒީފާއިންވެސް ޝައިރާ ވަކިކުރީހެވެ.

“މާފްކުރައްވާ. ރޭގަވެސް އަޅުގަނޑު ފިހާރަޔަށްއައި މަގުމަތީގަ ކުއްޖަކު އަޅުގަނޑު ބިރުގަންނަވާލީ، އެހެންވެ މިރޭވެސް އެކުއްޖާކަމަށް ހީކޮއް އެހެންހެދީ.” ޝައިރާ އެހެންހެދި ސަބަބު ބުނެދިނުމުން ނިޒާރު ބޭނުންވީ ނިޒާރައް ވެވެން އޮތްއެހީތެރިކަމެއް ފޯރުކޮއްދޭށެވެ. އެއީ މިޒަމާނުގާ އެކަނި ދާއަންހެންކުދިންނައް މިއުޅޭ ފިރެހެނުންގެ ދުއްތުރާ ވަރަށް ބޮޑުވާނެތީއެވެ. އެގޮތުން އެކުއްޖަކު ޝައިރާއަށް އެނގޭނަމަ ނިޒާރުގެގާތު ބުނުމަށް އެދުނެވެ. ނިޒާރުކިތަންމެ މުސްކުޅިވެފަ ހުއްޓަސް އޭނައަކީ ރަށު އެންމެންވެސް ގަދަރުކުރާ މީހެއްކަމުން ޝައިރާއަށް އެކުއްޖަކު ބުނެދެން އެނގޭނަމަ މާބޮޑަށްވެސް އެކަމުގައި ނިޒާރު އެހީތެރިވެދެވޭނެއެވެ.

“ނޫން ނުދަންނަން. އެވެދާނެ ރޭގަ އަޅުގަނޑު އެކަނިދާތަން ފެނުނީމާ މަޖަލަކަށް ހަދާފަ ބިރުގަންނަވާލީކަމަށް. އެއީ ރޭގަނޫނީ ނުދެކެން އެކުއްޖާއެއް.” ޝައިރާ ތެދުހާމަކުރަން ފަސްޖެހުނެވެ. ކީއްވެކަމެއް ނޭނގެއެވެ. އެކުއްޖަކު ކޮންމެދުވަހަކު ފިހާރަޔަށް އަންނަވާހަކަ ޝައިރާއެއް ނިޒާރުގަގާތު ބުނާކަށް ބޭނުމެއްނުވިއެވެ. އެކުއްޖާދެން ނައިސްދާނެތީ ކަމަށްވެސް ވެދާނެއެވެ. އެކުއްޖާ ފެނުމުން ހިންހަމަޖެހެނީ ކަމަށްވެސް ވެދާނެއެވެ ނޫނީ އެކުއްޖާއާއި ޖަދަލުކުރަން ޝައިރާއަށް މަޖާވަނީ ކަމައްވެސް ވެދާނެއެވެ. ކިތަންމެ އެއްޗެއް ކިޔަސް ހަޤީޤަތުގާ އެކުއްޖާދެކެ ޝައިރާ ނަފްރަތެއް ނުކުރެއެވެ. އެއީ ކީއްވެކަމެއް ނޭނގެއެވެ. ކޮންމެގޮތެއްވިޔަސް އެކުއްޖަކު އަންނަން ޝައިރާގެ ހިތްއެދެއެވެ. އެއީ ކޮންގެއެއްގެ ކާކުކަން ނޭނގުނަސް ހެޔޮއެވެ.

“އެހެންތަ. އެކަމަކު ދެން އެކުއްޖަކު އެކޮޔަށް އުނދަގުލެއްކުރިޔަސް ނިޒާރުބެ ކައިރިބުނައްޗޭ. ނުބުނެ ހުންނަންޏާ ކަންތައްތައް މާބޮޑަށް ގޯސްވެދާނެ. ނިޒާރުބެ އަސްލު މިއައީ ފިހާރައިން ނޫޑުލީސް ކޭހެއްބަލާ. އެކޮއި ފިހާރަހުޅުވަން ދާތަންފެނިގެން މިއައީވެސް.” ނިޒާރު، ޝައިރާއާއި ވާހަކަދައްކަމުން ފިހާރަޔަށްގޮސް ނޫޑުލީސް ކޭސް ހިފައިގެން ނިކުމެވުނީ އަޔާންގެ ކުރިމައްޗަށެވެ. “އަނހާ އެކޮއި އަޙުމަދު ކަމަކުތަ؟” އަޔާންއަކީ ނިޒާރުގެ އަވައްޓެރި ކުއްޖެއްކެވެ. އަޔާންގެ ގެޔާއި ނިޒާރުގެ ގޯތި ހުންނަނީ ޖެހިޖެހިގެންނެވެ. ނިޒާރަކީ އަވައްޓެރިންނަށްވެސް އެހާމެ ހެޔޮމީހެކެވެ. “މާބޮޑު ކަމަކުނޫން ބޭބޭ. މިފިހާރައިގަ ހުންނަ ކިއްލި މީރުކަމުން މިއައީ ކައިގެން ކިއްލިއެއް ގަންނަން. އެކަމަކު ބޭބެގެ ބޮލުގައި ހާދަހާވެއްޔެއް އެބަހުއްޓޭ. އަނެއްކާ މިރަށަށް ނަގޫރޯޅިއެއް އެރީތަ؟ އެކަމަކު ހިޔެއްނުވޭ ރަށުތެރެއަށް ބަލާލާފައި އެކަހަލަ ކަމެއް ހިނގިހެނެއްވެސް.” އެބުނާހެން މަތިމަތިން ބޯ ފޮޅާލިޔަސް ނިޒާރުގެ ބޯފުރާ ހުރީ ހުސްވެއްޔެވެ.

“ނޫނޭ އެކޮއި ތިޔަކަހަލަ ކަމެއް ނޫންވީއެއް. ބޭބެގެ ފިހާރާގަ މީނަ މަންޖެއާއި ކުއްޖަކު ރޭގަ ދިމާކޮއްލީމަ މިރޭވެސް އެކުއްޖާ ކަމަށް ހީކޮއް އެމަންޖެ ވެލިއުކީ އެކުއްޖާ ފައްސާލަން އެކަމަކު ވެލި މިއުކުނީ ބޭބެގެ ބޮލަށް.” ނިޒާރުގެ ޖަވާބު އަޑުއިވިފައި އަޔާންގެގާތަށްއައީ އަމަށަކު ހިންޏެއްނޫނެވެ. އެކަމަކު އިތުރަށް ނިޒާރުއާއި ވާހަކަނުދައްކަން އަވަސް އަވަހައް ފިހާރަތެރެއައް އަޔާން ދެމިގަތީ ނިޒާރުބެ ވާހަކައެއްގެ ތެރެއިންވިޔަސް އަޔާންގެ ނަމުން މުޚާތަބް ކޮއްފާނެކަމުގެ ބިރަށެވެ. ހަމަގައިމުވެސް އަދިއެއް އެއީ އަޔާންކަން ޝައިރާއަށް އެނގޭކަށް އަޔާން ބޭނުމެއްނުވެއެވެ. ނަސީބަކުން އަޔާންއާއި ވާހަކަދައްކަން މަޑުކުރުމުގެ ބަދަލުގައި ނިޒާރުވެސް މިސްރާބުޖެހީ ގެއާދިމާލަށެވެ.

“އެކުއްޖާ މިހުރީ މަންޖެގެ ކުރިމަތީގާ، ނިކަންދެން ވެލިޖަހާބަލަ. މިމަންޖެ މުސްކުޅިއެއްވެސް ދުލެއްނުކުރެޔޭދޯ. މަށަށް އެނގޭ އެއީ މަށަށްދޭން އުޅުން ލަނޑެއްކަން ހެހެހެހެ….. އެކަމު ކީއްވެޔޯ ނިޒާރުބެކައިރި ނުބުނީ އެއީމަށޭ. ގައިމުވެސް އެއީ މަގޭކަމެއްކަން ބޭބެގެގާތު ނުބުނާކަން މަށަށް ޔަގީން. ބޭބެކައިރި ބުނީމަ މަށަށް ނާދެވޭނެ ކަންއެނގޭތީތަ ނުބުނީ. ސަމްތިންގް ސަމްތިންގް.” އަޔާޔް އެހެންބުނިގޮތުން ޝައިރާ ހީވީ ލަދުންގޮސް ދުވެފިލާފާނެހެންނެވެ. އެކަމަކުވެސް ނޫންކަމަށް ހަދާ ފޯނާކުޅޭންއިނީއެވެ. އަޔާންއަށް ޝައިރާގެ މޫނުމައްޗައް ބަލާލުމުން ޝައިރާއިނީ ލަދުންކަން މާރަނގަޅަށްވެސް އެނގުނެވެ.

“އާހް ހާދަލޯތްބޭ ބްލަޝްވީމަ. މަގޭ ހިތުގެ ހިނގުންވެސް ހީވަނީ ހުއްޓިދާނެހެން.” އަޔާން މޭމަތީގަ ފިރުމާލާފަ އެހެންބުނެލިގޮތުން ޝައިރާހީވީ އަޔާންއަށް ފިލަންވެގެން ލަދުންގޮސް އެހުރިދިމާއިން ބިންފަޅާފަ އަޑިޔައްގޮސް ދާނެހެންނެވެ.

ޝައިރާގެ އަޔާންއަށް ބަލާލާތޯ ޝައިރާގެ އަތުން ފޯނު ޖަހައިގަތެވެ. ދެންއައި މޮޅު ހިޔާލަކުން ޝައިރާގެ ފޯނު ނަންބަރު ހޯދަންކަމަށްހަދާ އަޔާންގެ ފޯނަށް ގުޅާކަމަށް ހަދާލީއެވެ. ހަގީގަތުގައި ޝައިރާގެ ފޯނުނަންބަރު އަޔާންއަށް އެނގެއެވެ. އެކަމަކު އެކަމެއް ޝައިރާއަކަށް ނޭނގޭނެތީވެ ނަންބަރު ހޯދާކަމުގެ އެކްޓިންއެއްކޮއްލީއެވެ. މިހުރިހާކަމެއް ކުރަންދެންވެސް ޝައިރާއަށް އިނދެވުނީ ބަލަހައްޓައިގެންނެވެ. ހީވާގޮތުން ނަންބަރު ދޭންވެގެން ހަމަގަސްތުގާ ކަމެއްނުކޮއް އިނީއެވެ.

“މަށަށް މިއޮތީ މަންޖެގެ ނަންބަރުވެސް ލިބިފާ. އަދި ނަމާ އުޅޭގެޔާވެސް ހޯދާނަން. އަދި މަންޖެ ސެޓުވެސް ކުރާނަން.” އަޔާން އެހެންބުނުމުން ޝައިރާގެ ހިތްތެޅިލީ ކީއްވެކަމެއް ނޭނގެއެވެ. “ތިހާ ބުރަމަސައްކަތެއްނުކޮއް މަގޭކައިރި އަހާބަލަ. މަ ބުނާނަމޭ. އެކަމަކު ތިމީހާގެ ނަންވެސް ބުނަންވާނެ.” މިއޮއްހާއިރު ޝައިރާއިނީ ލަަދުން އަނގައިންބުނަން ނުކެރިފާއެވެ. އެކަމުކުވެސް އެމީހެއްގެ ނަންހޯދަން ހިތްއެދޭންފެށުމުން އެކަންނުކޮށް ކެއްނުވީއެވެ. “އޯކޭ. މަށަށް ކިޔާނީ އަޙްމަދު ޔާން. ގޭގެ ނަމަކީ ބްލެކް ރޯޒް.” ސީދާ ނަންނުބުންޏަސް އަޔާން ދޮގުހަދަން ބޭނުންނުވީއެވެ. ޔާންއަކީ ރައްޓެހިން އަޔާންއަށް ކިޔާނަމެވެ. “ވާއު ޔާން. މީހާޔާއެއްވަރަށް ނަންވެސްއެހާފުރިހަމަ. އެކަމަކުވާ މަށަށް މިވަނީ ކިހިނެއްތަ؟ ތަނަކުން ފިރެހެނެއް ފެންނައިރަށް ހިތުގެ ވިންދު އަވަސްވަން ޖެހޭތަ. ދުވަހަކު ނުފެންނަ އަޔާންއަކަށް ވެސް ހިތްކިޔާނެ އަނެއްކާ އަނެއްކޮޅުން މިގޮތްނޭނގޭ، އިހަކަށްދުވަހު ފެނުން ޔާންއެއް. އަދި އެހާ މިޖާޒު ތަފާތުދެމީހުން. އަޔާންއާއި ދިމާލަށް ކިތަންމެ އެއްޗެއްކިޔަސް އެހާރީތިކޮށް އަޔާން ވާހަކަދައްކަނީ، އެޔާ ޚިލާފަށް މި ޔާން އުޅެނީ މަށާ ޖަދަލުކުރަން. އެކަމަކު މިދެމީހުނަށްވެސް އެބަ މިހިތްކިޔާ. އަޅެ މަގޭ ހަށިގަނޑުގަ ދެހިތް އޮތީތަ؟ ހަމަ ހުވާ މަމޮޔަވެދާނެ” ޝައިރާ ހިތާހިތާކިޔާލިއެވެ. ޝައިރާއަށް ނޭނގިއޮތީ ޔާންއަކީވެސް އަޔާންއަކީވެސް ހަމައެކަކުކަމެވެ.

“އައިމް ޝައިރާ. މަނުބުނަން ފުރިހަމަނަން ބުނެދޭނަމެކޭއެއް އެންޑް ގޭގެނަން ބުނެދޭނަމެކޭވެސް ނުބުނަން.” އަނެއްކާވެސް ޝައިރާގެ އެޖަދަލުވެރި ގޮތްގަނޑު އަލުންފެށީއެވެ. ކުޑަވަގުތު ކޮޅަކަށް ނަމަވެސް ޝައިރާ އެހާފަސޭހައިން އަޔާންބުނާކަމެއް ކޮއްދޭނެކަމަށް ހީކުރެވުނީތީވެސް އަޔާންއަށް އަމިއްލަ ބޮލުގެފުއްކިބާގައި ޖަހާލެވުނެވެ. “މަބުނިންދޯ މަހޯދަނަމޭވެސް.” އަޔާންވެސް އަނގައިންދެރަނުވާން ބުނެލިއެވެ.

މިފަހަކަށް އައިސް ބުނެދެންނޭނގޭ ކިތަންމެ ބަދަލެއް ޝައިރާއަށް އާދެވެ. ރޭގަނޑު 10 ޖަހާއިރު ޑިއުޓީ ނިންމާފަ ގެޔަށް ދެވުންއިރަށް ވައިފައި ޖައްސާލެވުނީ އާދައިގެމަތިންވެސް އަޔާންގެ ހަބަރެއްވިތޯއެވެ. މާޔޫސްކަމާއިއެކީ އެނދުމައްޗައް ފޯނުއެއްލާލެވުނީ އެއްވެސް މެސެޖެއް އައިސްފާނެތުމުން އެކަމާ ވިސްނަންބޭނުންނުވާތީއެވެ. އެކަމަކު އެކަންވެސް ވީ ނާކާމިޔާބެވެ. ކުއްލިއަކަށް އިވުނީ ފޯނަށް މެސެޖެއް އައިއަޑެވެ. ތެޅިތެޅިއޮތް ހިތަކާއިއެކު ފޯނުބަލާލީ އެއީ އަޔާންގެ މެސެޖެއްތޯ ނޫނީ ޔާންގެ މެސެޖެއްތޯ. ދެމީހުންކުރެ ކޮންމެ މީހެއް މެސެޖުކުރިނަމަވެސް އެހިތް އުފަލުން ނަށާނެކަން ގައިމެވެ.

=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhonthiii

Level 210 Stories100 Comments

Love to read and write. Need everyone's help to improve. Sarangheyoa ???

Other Articles

Previous

މިހިތް ކޮށްލީ ދީވާނާ (ޓްރެއިލަރ)

Next

ވައުދު – އެޕިސޯޑް 04

Next
September 6, 2018

ވައުދު – އެޕިސޯޑް 04

Previews
September 6, 2018

މިހިތް ކޮށްލީ ދީވާނާ (ޓްރެއިލަރ)

25 Comments!

  1. Dhonthiii says:
    September 6, 2018 at 6:09 pm

    Hi readers. Sorry las v ma. Dhonthiii balive ulhunyma las v. Ehgotah liyunin ekam post nuveemaa dhen alhaanulee. Den in part mirey submit kohladheynan mifaharu maalahun upkurevuneemaa. Once again sorry ingey hurihaa kudhin.

  2. naash??? says:
    September 6, 2018 at 6:20 pm

    no it’s okkii ey lwbi lwbi dhonthiiii… bali vs vrnennu dhn insaanun viyya… nd GWS dear… hmm dhn stry r medhu neii hama bunaane echeh vvvv nice mi part vx maasha allah…. e 2 myhn ulhey goii abadhu sifavany.. hahahah.. hama hii hii halaaku….

    1. Dhonthiii says:
      September 6, 2018 at 7:29 pm

      Thankyou loabi loabi naash. Thankyou sooo much

  3. naash??? says:
    September 6, 2018 at 6:21 pm

    nd me dhw first mifaharu vxxx.. yaayyyy……… luv ya?????❤❤❤??

    1. Dhonthiii says:
      September 6, 2018 at 7:31 pm

      Yaaay your first hama ginafaharah hehehe.. luvs ????

  4. Dhonthiii says:
    September 6, 2018 at 7:52 pm

    Next part ves mihaaru vaany submit kohladeefa dhen ehkolhun post kohlaadhinhaa avahah thikudhin kiyaalan libeyne. I hope eh part ves thikudhinah varah kamudhaane kamah. Love u all ??

  5. Hudher says:
    September 6, 2018 at 7:53 pm

    Hiiiii Dhonthiii……….me second dhw hehe……..anwy stryy v v v v v v v v v v rythi maasha allah…..luv this part 2

    1. Dhonthiii says:
      September 6, 2018 at 8:15 pm

      Hiiii. Thankyou soo much hudher. Yeah ur 2nd.. ???

  6. Hudher says:
    September 6, 2018 at 8:19 pm

    Ur welcome dear

    1. Dhonthiii says:
      September 6, 2018 at 8:59 pm

      ?

  7. ??? says:
    September 6, 2018 at 8:25 pm

    Ooooh haadha inthizaareh kurevihjjey mibayah ????vvvv rythi mibaiii vess thann kolheh dhigukoh nereba plx ????

    1. Dhonthiii says:
      September 7, 2018 at 4:54 am

      Thankyou soooo much.. ??? dhonthi balikoh ulhunyma thankolheh las v. Sorry ehaa dhigu intizaareh kuruvunyma ingey… den in part dhigu kohladhyfa ihnaany ???

  8. naash says:
    September 6, 2018 at 8:32 pm

    hey my younger sis hudhriii

    1. Dhonthiii says:
      September 6, 2018 at 9:01 pm

      asluves ti dhekudhin sisters tha?? Just curious hehehe

  9. Hudher says:
    September 6, 2018 at 8:40 pm

    keekey girl lwbs….innaane runner ah rpl koffa balaalaba….ekkala 2 myhun nufashaa dhw adhi…ekamu boy e bain kommes ehchekey liyefa alhugandu fonuvi cmnt ah rpl eh vx nudhey so sad naash sis ehchekey bunebala

  10. Hudher says:
    September 6, 2018 at 9:04 pm

    yeahhh…… dhonthii we r v v v loabi sisters maasha allah

    1. Dhonthiii says:
      September 6, 2018 at 9:09 pm

      Awwwww nice ??. Nice to meet u both ingey ?

  11. Hudher says:
    September 6, 2018 at 9:15 pm

    thanks.. nyc to meet u 2

    1. Dhonthiii says:
      September 6, 2018 at 9:28 pm

      ?

  12. naash??? says:
    September 6, 2018 at 10:02 pm

    yh dhonthii v r sisters ey.. heeheeh…bt abadhuvx kn me vx fight eh kohlaane heheehee

    1. Dhonthiii says:
      September 6, 2018 at 11:04 pm

      Hehehe ei hurihaa kudhinves ulhey goi kahneyge. Dhonthi ves sister aah fight kuran hehehe

  13. Hudher says:
    September 6, 2018 at 10:41 pm

    Dhw lwbs…..ekamu vx v majaa dhw ….aslu we 2 ekkoh ulhefa dhuruvaanjehunyma mibuny 2 kudhin vaki thanehga ulheythyv v v v v v v dheravey nd v v v foohi….. v v v v v miss vey nd luv u so much sis

  14. Hudher says:
    September 6, 2018 at 10:42 pm

    ??????????????????????????????????????????????????? luv u naash sis

  15. މިންހާ says:
    September 8, 2018 at 2:56 pm

    ވަރަށް ރީތި

  16. Bf says:
    November 23, 2018 at 4:59 am

    Varah reethi Inge dhonthii

Comments are closed.

Next Episodeލޯތްބަކީ 12←


All Right Reserved!