ހާސިލް ވުމަށް އެދި ހިތް ރޮނީ 7
ނޭނގި ހުއްޓާ ކުއްލިއަަކަށް އައި ސިހުމާއެކު ވެއްޓެން ދިޔަ އީންގެއަތުގައި ހުށިއާރު ކަމާއެކު އަލްޔާން ހިފީ މައިރީންގެ އަތް ފޮޅުވާލަމުންނެވެ. ހައިރާންކަމާއެކު އީން ބަލައިލިއިރު މައިރީން ހުރީ ރުޅި އައިސް ރަތް ވެފައެވެ.”ހައު ޑޭއާރ ޔޫ މައިރީން” އަލްޔާން ގެ މޫނު މަތިން އެހާ ރުޅިވެރިކަން މީގެ ކުރީން މައިރީން އަށް ދުވަހަކުވެސް ފެނިފައި ނުވެއެވެ. ދެލޯ އަޅާލަމުންއީން ގެ އަތުގައި ހިފައިގެން ބާރަށް ހިނގާފައި އަލްޔާން ނިކުތީ ބޭރަށެވެ.
ވާނުވާނޭނގި މީހުންތައް ބަލަން ތިބި ގޮތުން އީތަން އަވަހަށް އެހެން ލަވައެއް ފެއްޓުމުން މީހުންގެ ސަމާލުކަން ލިބުނެވެ. އަލްޔާން ކަންތައް ކުރި ގޮތުން ގަތް ލަދުން ގުޑިލަން ވެސް ނޭނގި ހުރި މައިރީން ގެ ދެއެކުވެރިން ގޮސް އޭނާ ގޮވައިގެން އައިސް ގޮނޑީގައި ބޭންދިއެވެ.އަލްޔާން މެން ފަހަތުން ނިކުންނަން ތެދުވުނު އަލްކާ ހިތްހަމަނުޖެހުނުވަރުން ގޮސް މައިރީން ގެ ކުރިމައްޗައް ހުއްޓި ކުޑަކޮށް ގުދު ވެލާފައި ” މައި ދި ބަބްލިޝް!! ދެންމެ ކުރި ކަހަލަ ކަމެއް ކުރަން މީގެ ފަހުން ހިތައް ވެސް ނާރުވައްޗޭ އިނގޭ!!” ބުނެ ދެލޯ އަޅާލަމުން ވަރުގަދައިންޒާރެއްދީފައި ނިކުމެގެން ދިޔައެވެެ.އީން ގެ އަތުގައި ހިފައިގެން ނިކުތް އަލްޔާން ގޮސް ހުއްޓުނީ މީހެއްގެހިލަމެއް ނުވާ ހިސާބު ޓެރެސް ގެ ތަން ކޮޅެއް ދުރުގައެވެ. ފަނޑު އަލިކަމެއް ވެރިވެފައިވީ ނަމަަވެސް އެކަކު އަނެކަކު ގެ މޫނު ރީއްޗައް ފެނެއެވެ.”އައިމް ސޮރީ އީން ހާރޓް ވިތަ؟” އަލްޔާން ކަންބޮޑު ވެފައި ހުރެ އަހާލުމުން އީން އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ.
ހާޓް ވަނީ ހިތަށް ކަން އަލްޔާން އަށް އިނގޭނެނަމަ އެވެ. “މައި އާ އަހަންނާ ލޯބީގެ އެއްވެސް ގުޅުމެއް ނެތް. ފޯ މީ ޝީ އަިޒް ޖަސްޓް އަ ފްރެންޑް..އަހަރެންނަށް ލޯބިވެވުނީ އީން ދެކެ..ވަނީ ވެސް އީން ދެކެ..އަދި އަބަދުވެސް ވާނީ ވެސް އީން ދެކެ..ނޯ ވަން ކޭން ޗޭންޖް އިޓް” ކޮންމެ ލަފްޒަކަށް ވަކިވަކީން ބާރު ލަމުން އަލްޔާން އެހެން ބުނެލީ ޔަޤީން ކަމާއެކުގައެވެ. އީން ދެންވެސް އެއްޗެކޭނުބުނެއެވެ.ހިތް އެދެނީ އަލްޔާން ގެ ވާހަކަ ތަކަކީ ތެދު ކަމަށް ގަބޫލް ކުރުމަށެ. އެކަމަކު ކޮންމެ ފަހަރަކު ލޮލަށް ފެންނަ މަންޒަރުން ސިކުނޑި އެވާހަކަތައް ތެދު ކުރުމާ ދެކޮޅު ހަދަނީއެވެ.މައިރީން އަކީ އަލްޔާން ގެ ހަޔާތުގައި އެއްވެސް މީހެއް ނޫން ނަމަ ކޮންމެ ފަހަރަކު ދޭތެެރެއަށްމައިރީން އަންނަނީ ކީއްވެ ހެއްޔެވެ؟ އަލްޔާން ގެ ދެ ލޮލުން ނާއި ދުލުން އީން ދެކެ ލޯބިވާ ވާހަކަ ބުނާއިރު އަލްޔާން ގެ ހަށިގަނޑުގައި އޮޅުލައިގެން މައިރީން އަށް ހުރެވެނީ ކީއްވެ ހެއްޔެވެ؟ ކޮންމެ ފަހަރަކު ހިތަށް މިހާ ތަދު ކުރުވަނީ ކީއްވެ ހެއްޔެވެ؟ މި ސުވާލުތައް އީން ގެ ހިތުގައި ފުނި ޖެހެންފެށުމާއެކު ލޯ ފެންކަޅިވިއެވެ. ދުލުން އެންމެ ލަފްޒެއް ވެސް ބޭރު ނުވިއެވެ. އީން ގެ ލޮލަށް ބަލަން ހުރި އަލްޔާން އަށް އެ މަންޒަރު ފެނުމުން ހިތަށް އުނދަގޫވެ އީން ގެ މޫނާ ދިމާލަށް އަތްދިއްކޮއްލިއެވެ. އަލްޔާން ގެ އަތުގައި ނުޖެހެން ވެގެން ފަހަތަށް ޖެހުނު އީން ގޮސް ރެއިލިންގްސް ގައި ޖެހި ހުއްޓުނެވެ. އަލްޔާން އީން އާއި ކައިރިވެ ރެއިލިންގްސް ގައި ދެއަތުން ހިފަހައްޓާލި ގޮތުން އީން ހުރީ ނޭވާ ހިފަހައްޓައިގެންނެވެ. އެހާ ކައިރި ވުމުން އަލްޔާން ގެ ގައިން ދުވި ހިތް ފުރިގެން ދާފަދަ ފިރިހެން ސެންޓް ވަހުން ލޯ މަރާލެވުނެވެ.”އަހަރެން ލޯބިވާކަން ކޮންމެވެސް އެއް ދުވަހަކުން އީން ގަބޫލް ކުރާނެ…އަހަންނަށް އިހްސާސް ވޭ އީން ވެސް އަހަރެން ދެކެ ލޯބިވާކަން” ނިކަން ލޯތްބާއެކު މަޑުމަޑުން އަލްޔާން ބުނެލި ބަސްތަކުން އީން ގެ ހިތުގެ އެންމެ ހިމަ ނާރަށް ވެސް އަސަރު ކުރުވިއެވެއެކަމަކު ޖެހިގެން އައި ސިކުންތުކޮޅުގައި އީން އަމިއްލަ ނަފްސުގެ މައްޗައް ބާރު ފޯރުވިއެވެ. ދެއަތުން އަލްޔާން ގެ މޭގައި އަތް އަޅާ ކޮއްޕާލުމުން އަލްޔާން ފަހަތަށް ޖެހުނެވެ.
” ތިމާ އަކީ މާ މުއްސަނދި ރީތި މީހަކަށް ވީމަ ބޭނުން ހުރިހާ ގޮތަކަށް ވާނެ ކަމަށް ހީ ނުކުރައްޗޭ.. އަހަރެން އަލްޔާން ދެކެ ލޯތްބެއް ނުވޭ!” އަލްޔާން ފަހަތައް ޖެހުނު ތަންވަޅު ބަލާ ހަރުކަށިކަމާއެކު އެހެން ބުނަމުން އީން އެތަނުން ދިޔައެވެ.އީން ހުއްޓުވަން އެވަގުތު އަލްޔާން އިތުރަކަށް ނޫޅުނެވެ. މި ފާއިތުވި ދުވަސް ތަކުގައިވެސް އީން އާ ބައްދަލް ކުރަން އަލްޔާން އެހާ މަސައްކަތް ނުކުރީ އީން އަށް ވިސްނާލަން ވަގުތު ދިނުމުގެ ގޮތުންނެވެ.ބޭރުގައި އީން ނުފެނިގެން ކަން ބޮޑު ވެގެން ހުރި އަލްކާ އަށް އީން ފެނުމާއެކު އަވަހަށް ދެ ކުދީން ގެއަށް ދާން ދިޔައެވެ.
ރޭގަނޑު ބާރަ ވެސް ޖަހާ ބޮޑުވި ފަހުން ގެއަށް އައިސް ވަން އަލްޔާން ގެ އިންތިޒާރުގައި ބައްޕަ ހުރިތަން ފެނުމުން ހައިރާންވިއެވެ. ދެ އަތް ފުރަގަހަށް ލައިގެން ސިޓިންރޫމް ގައި ދެކޮޅަށް ހިނގާލަ ހިނގާލާހުރި ވަލީދު އަލްޔާން ފެނުމާެކު ފަށައިގެތެވެ. “ކިހިނެތް އުޅޭނަމޭ ހިތާތަ އަލްޔާން ތި އުޅެނީ.ބިޒްނަސް ޖޮއިން ކުރާށޭ ބުނީމަ އެކަން ކުރެވުނީ އެއް ނޫން..ނުވިތާކަށް މައިރީން އާ ދޭތެރޭ ކިހިނެތް ކަންތައް ތި ކުރަނީ..އަހްމަދު ގުޅާފަ އެހާވަހަކަ ދެއްކީ..ކިހާ ލަދެއް ގަންނާނެ މަ…. އޭނަ ގެ ހެޔޮފުޅު ކަމުން އަހަރެމެންގެ ބިޒްނަސް މިހާ އޮމާން ކޮށް ކުރިއަށް ދަނީ..ކިހާ ޕްރޮޖެކްޓެއް މިހާރު ހޯދަދީފި. އޭގެ ބަދަލުގަ އަލްޔާން ތިދުވަނީ އޭނަ ގެ ހުރި އެންމެ އަންހެން ދަރި ރޮއްވަމުން.. މައިރީންގެ ބައްޕަ އަހްމަދު ގުޅާފައި އަލްޔާން ގެ ޝަކުވާކުރުމުން ވަލީދު ހުރީ އަސްލުވެސް ވަރަށް ހިތްހަމަ ނުޖެހި ލަދުގަނެފައެވެ. އޭނާ ވަނީ އަލްޔާނު އާއި މައިރީން ކައިވެނި ކުރުވަން އެއްބަސް ވެސް ވެފައެވެ.
“ބައްޕާ..އަޅުގަނޑު މައިރީން އާ ކައިވެނި ކުރާކަށް ބޭނުމެއް ނޫން”އަޅުގަނޑު ލޯބިވަނީ އެހެން ކުއްޖަކު ދެކެ..ވަރަށް އަވަހަށް އިރާދަ ކުރެއްވިޔާމު އޮފީހަށް ނިކުންނަން ފަށާނަން.އަޅުގަނޑުގެސަބަބުން ބައްޕަ ލަދު ގަންނަން ޖެހުނީތީ ވަރަށް ބޮޑަށް މާފަށް އެދެން” މަޑު މޮޅި ރާގެއްގައި އޭނާ ގެ ހިތުގައި ހުރި ވާހަކަ ދެއްކުމަށް ފަހު ބައްޕަ ގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި އަލްޔާން އޭނާ ގެ ކޮޓަރި އަށް ދިޔައެވެ.
****
ވާއު…އައި ހޭވް ޓު އެޑްމިޓް..އަލްޔާން ހާދަ ރޮމޭންޓިކް އޭދޯ؟”ނިދަން އަރާ އެނދުގައި އޮތް އަލްކާ ބުނެލިއެވެ.”މަގޭ ހިތަށް އަރާ މަށަށް އެގޮތަށް މީހަކު ޕްރޮޕޯޒް ކުރާނެ ނަމައޭ..ސޯ ކިޔޫޓް” އަލްކާ ދައްކަމުން ދިޔަ ވާހަކަ އަޑު އަހަން އީން އޮތީ ލޯ މަރާލައިގެންނެވެ. އޭނާ ހަމަ ގަސްތުގައި ނިދާ ކަމަށް ހެދިގެން އޮތީ އަލްޔާން ގެ ވާހަކަ ދައްކަން ބޭނުން ނުވާތީ އެވެ.
ހެނދުނު އަލްޔާން އަށް ހޭލެވުނީ ކޮޓަރީގެ ދޮރުގައި މީހަކު މާ ވަރަކަށް ޓަކި ޖަހާތީއެވެ. ވެރިވެފައިވާ ނިދީގެ އަސަރާއެކު ފޯނަ ނަގައިގެން ބަލައިލި އިރު އަދި ކިރިޔާ7.30 ވަނީ އެވެ. ކަންނެތް ގޮތަކަށް
ގޮސް އަލްޔާން ދޮރުހުޅުވާލިއެވެ. ކުރިމަތީގައި ހުރި މައިރީން ފެނުމާއެކު އަލްޔާން ގެ ބޮލުގައި ރިއްސާލިއެވެ. އަލްޔާން އާ ދިމާލަށް ދެލޯ އަޅާލަމުން މައިރީން އެދިޔަ ގޮތަށް ގޮސް ސޯފާގައި އިށީނެވެ. މައިރީން އާ ސީރިއަސް ކޮށް ވާހަކަ ދައްކަން އަލްޔާން ވެސް ބޭނުން ވިއެވެ. އެހެން ކަމުން އެބަ އަންނަމޭ ބުނެ ފާހާނާ އަށް ވަނެވެ.އަލްޔާން ތައްޔާރު ވެލައިގެން ނިކުތް އިރުރަޝީދާ ހުރީ ކޮފީ ވެސް ގެނެސް ފައެވެ. އަލްޔާން ގޮސް ހަމަޖެހިލައިގެން ސޯފާ ގައި އިށީންނަމުން އެތަނުން އެއްތަށި ނަގާ މައިރީން އަށް ދިއްކޮލިއެވެ.
“މަ މި އައީ ކޮފީ ބޯކަށް ނޫން… ފުރަތަމަ ބުނޭ..ހޫ ދަ ހެލް ވޯޒް ޝީ؟” ރުޅިއައިސް ފައި ހުރި މައިރީން ތުން އަނބުރާލަމުން އަލްޔާން އާ ސުވާލު ކުރިއެވެ. އީން އާ ބެހޭ ގޮތުން އެހާހުތުރު ގޮތަކަށް އެހުމުން އަލްޔާން ހިތްހަމަ ނުޖެހުނެވެ. އެކަމަކުވެސް ހަމަޖެހިލާފައި ކޮފީ ކޯވަރެއް ބޯލަމުން ޝީ އިޒް މައި ލަވް އޭ ބުނެލީ ސާބިތުކަމާ އެކީގައެވެ.
އަލްޔާން ގެ އެ ޖުމްލައިން ހިވީ މީހަކު އޭނާގެ ކަންފަތް މަތީ ބާރު އެތިފަހަރެއް ޖެހި ހެންނެވެ. “އެހެން ވީ އިރު އަހަންނަކީ ކާކު އަލްޔާން؟”އަނެއްކާ ވެސް މައިރީން ވާހަކަ ދެއްކީ ރުޅިވެރި ރާގެއްގައެވެ. .މައި.ހަނދާން ކޮއްފަ ބުނެބަލަ.އަހަރެން ދުވަހަކުވެސް ބުނީންތަ މައިދެކެ ލޯބިވެޔޭ؟ އަލްޔާން ވާހަކަ ދެއްކީ ހަމަޖެހިލައިގެން ހުރެއެވެ. “ޔޫ ކިސްޑް މީ..ކޮބާތަ އޭގެ މާނައަކީ..އަހަރެމެން އުޅުނީ ހަމަ ރައްޓެހިވެގެން..” މައިރީން ހުރީ ގޮތް ދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ.” ފޯ ގޯޑް ސޭކް މައި…ގްރެޖުއޭޝަން ނައިޓް ގަ ޔޫ ކޭމް އެންޑް ކިސްޑް މީ…..އޭގެ ކުރީން ވެސް ނޫނީ އޭގެ ފަހުން ވެސް ފިޒިކަލީ ވެސް ނުވަތަ އިމޯޝަނަލީ ވެސް އަހަރެން މައި އާ އެއްވެސް ގުޅުމެއް ބޭއްވިން ތަ؟އެއްވެސް ކޮމިޓްމެންޓެއް ކުރިންތަ؟ އަބަދުވެސް ދެކުނީ މައި އަކީފްރެންޑެއް ކަމަށް..މައި އަަަަހަރެން ދެކެ ލޯބިވޭ އަބަދު ކިޔާތީ އަހަރެން ރެސްޕެކްޓްކުރިން އެ ފީލިންގްސް އަށް..ދެން އޮތީ ތި ފޮޓޯ ތަކުގެ ވާހަކަ.. ކޮންމެ ވެކޭޝަން އެއްގަ އަހަރެން ދާ ކޮންމެ ތަނަކަށް މައި އެއް ނޫންތަ ދަނީ ސަޕްރައިޒް އޭ ކިޔާފަ. އަހަރެން ދުވަހަކުވެސް އިންވައިޓް ކުރިންތ މައި އަށް؟
ދެން އެކީގަ ފޮޓޯ ނެގީމަ އެ ރައްޓެހި ވެވުނީތަ؟ ލޯބިވެވުނީތަ؟” ކުޑަ ކުއްޖަކަށް ވިސްނާ ދޭ ފަދައިން މަޑުމައިތިރި ކަމާއި ކެތްތެރި ކަމާއެކު އަލްޔާން މައިރީން އަށް ވިސްނަ ދެވޭތޯ މަސައްކަތް ކުރިއެވެ.
އަލްޔާން ގެ ވާހަކަ ތަކުން މައިރީން ގެ ކެތް ތެރިކަން ކޮޅުން ލިއެވެ. ހަޤީޤަތަކީ އެއީ ކަން އިނގޭ ހާލު ވެސް އެކަން ގަބޫލް ކުރަަން ބޭނުމެއް ނުވިއެވެ. އޭނާ ލޯބިވަނީ އަލްޔާން ދެކެއެވެ. އެހެން ކަމުން އަލްޔާން ވާން ޖެހެނީ ހަމަ އެކަނި އޭނާ ގެ މީހަކަށެވެ. މައިރީން ފުއްމައިގެން ތެދުވެ އަލްޔާން ކައިރިއަށް ޖެހި ލައިގެން ހުރި ޓީޝާޓް ގެ ކަރުގައި ހިފާ ބާރުކޮށްލިއެވެ.”ހެޔޮ..އަލްޔާން ކޮންމެ އެއްޗެކޭ ކިޔަސް ހެޔޮ..އަހަރެން ލޯބިވަނީ އަލްޔާން ދެކެ..އޭނަ އަކަށް އަލްޔާން ދުވަހަކުވެސް ނުލިބޭނެ..ތީ ހަމަ އެކަނި އަހަރެންގެ ހައްގެއް..އަޑު އިވިއްޖެތަ؟” ބާރު ބާރަށް ރޮމުން ގިސްލަމުން ވާހަކަ ދައްކަމުން ދިޔައިރު މައިރީން ހީވަނީ ހަމަ ރަނަގަޅަށް ވެސް މޮޔަވެފައި ހުރި މީހެއް ހެންނެވެ. ލޮލުގައި އަޅާފައި ހުރި މަސްކަރާ ކަރުނަ އާއި އެކު ފޭޑް ވެފައި ހުރުމުން ބިރުވެރި ވައްތަރު ވެސް ޖަހައެވެ. ވީ ތަދުން އަލްޔާން މައިރީން ގެ އަތް ނައްޓުވާ ދުރުކުރުވަން އުޅުމުން މައިރީން ވިއްސައިގެން ގޮސް ޖެހުނީ ޖެހިގެން އިން ސޯފާ ގައެވެ. ހަމަ ޖެހުމާއެކު ތެދުވެ އެ ބާރު މިނުގައިމައިރީން އަނެއްކާ ވެސް އައުމުން ނުވިސްނާ ހުރި އަލްޔާން ސޯފާމައްޗައް ވެއްޓުނެވެ. މައިރީން އެރީ އަލްޔާން ގެ ގައި މައްޗަށެވެ. “ޕްލީޒް އަލްޔާން..ތިހެން ނަހަދާ..އަހަންނަށް ވުރެ އެ އަންހެނާ ރީތީ ކޮންތަނެއް؟؟އަހަންނަށް އަލްޔާން އާ ނުލާ މި ދުނިޔެއަކު ނޫޅެވޭނެ..” އާދޭސް ކުރާ ހާލު މައިރީން އަލްޔާންގެ މޫނު ގެ އެތަން މި ތަނުގައި ބޮސް ދޭން މަސައްކަތް ކުރަމުން ދިޔައެވެ. “ތީ ލޯބިވާ މީހުން އުޅޭ ގޮތެއް ނޫން ތިހެން އުޅޭނީ މޮޔައިން” އަލްޔާން އައި ރުޅީގައި މައިރީން ނަގާ ދުރަށް ޖައްސާލައިފައި އަވަސް އަވަހަށް ކޮޓަރިން ނިކުމެގެން ދިޔައެވެ. އޭރުވެސް އަލްޔާން ގެ ނަމުން ގޮވަމުން މައިރީން ރޮމުން ދިޔަ އަޑު ކޮޓަރިތެރެއިން އިވެމުން ދިޔައެވެ.
**********
” ބޯ ހަލާކު” އީތަން ގެ ކޮޓަރި ތެރެއަށް ވަދެގެން ދިޔަ އަލްޔާން ގޮސް އެނދުމައްޗައް ވެއްޓިގައެވެ. “ކަލޭ ތަ އަދިވެސް ބޯ ހަލާކު ވާންވީ…ކަލޭ ރޭގަ ކަސޯޓީ ޑްރާމާ ކުޅުނު ފަހުން މަށަށް ވިއްޔަ ހުރިހާ ބާރެއް ކުރީ…ޝޯ ދޫކޮއްފަ ކަލޭ ދިޔައީމަ ކިހާ ވަރަކުން ކަން އިނގޭތަ މަށަށް ހިފެހެއްޓުނީ” ބާލީހެއް ނަގާ އަލްޔާން އާއި ދިމާލަށް ހޫރާލަމުން އީތަން އައިސްފައި ހުރި ރުޅިގަނޑު ބޭލިއެވެ. ” ހެހެހެ…އަސްލު ވެސް ތަ؟ ސޮރީ އިނގޭ.. ތި އެއް ނޫނޭ..ބުނެބަލަ މައި ގެ ކަންތަކުގަ ކިހިނެތް ތަ ހަދަންވީ. ހުވާ މިބުނީ..ދެންމެ ވެސް ހީވަނީ މޮޔަ ވެގެން އުޅޭ މީހެއްހެން” އަލްޔާން ސީރިއަސް ވެލިއެވެ. “ހްމްމް…ތިކަމާ ވިސްނާނީ ހިނގާބަލަ ފުރަތަމަ ބަނޑަށް އެއްޗެއްލާން”
*****
ކޮލެޖަށް ދާން ނިކުތް އީން ގެ ލޮލުގައި އެންމެ ފުރަތަމަ ވެސް އަޅައިގަތީ ތަންކޮޅެއް ދުރުގައި ފާރަށް ލެނގިލައިގެން ހުރި އަލްޔާން އެވެ. ހުދު ކުލައިގެ ފިޓް ޓީޝާރޓް އާ އެކު ޑެނިމް ޖީންސް ލައިގެން ހުރި ޕޯޒް އިން ހަމަ މެގަޒިން ކަވާ މޮޑެލް އަކާ ތަފާތެއް ނެތެވެ. އީން ފެނުމާއެކު އަޅައިގެން ހުރި ކަލުކުލައިގެ ރޭބަން އައިނު ނަގާލާއި އަލްޔާން ހިނިތުން ވެލިއެވެ. ހިތްކަތިލާފަދަ އެ ހިނިތުންވުން ފެނި އީން ގެ ބަސްނާހާ ހިތް ހަމަ އެއްކަލަ ހެން ތެޅެން ފެށިއެވެ. އެކަމަކުވެސް ފެންނަ ކަމަށް ވެސް ނަހަދާ އީން ހިނގައިގަތެވެ. އަލްޔާން ވެސް އީން ފަހތުން ހިނގަމުން ދިޔައެވެ. އީން ތަންކޮޅެއް ބާރަށް ހިނގަން ފެށީ އަލްޔާން ފަހަތުން އައިސް ހުއްޓުވާފަ ވާހަކަ ދައްކާނެ ކަމަށް ހީކޮށެވެ. އެކަމަކު ގޯޅިން އަޅަމުން އީން ފަހަތް ބަލާލި އިރު އަލްޔާން އަންނަނީ ޖީބަށް އަތް ޖަހާލައިގެން މަޑު ހިނގުމެއްގައެވެ. އީން އާ އެއްވަރަށް ދާކަށް ނުވަތަ ހުއްޓުވާކަށް ވެސް ނޫޅެއެވެ. އެކަމާ އީން ކުޑަކޮށް ހައިރާންވިއެވެ. އީން ބަލާލުމުން އަލްޔާން އަނެއްކާ ވެސް ހީލިއެވެ. އަވަސް އަވަހަށް މޫނު އަނބުރާލާމުން ހިނގައިގަތީ ގަތް ލަދުންނެވެ.
ދިޔަ މަގުމަތީގައި އީން ދިޔައީ ދެން ފަސް އެނބުރި ނުބަލަން އަޒުމް ކަނޑައަޅައިގެންނެވެ. އެހެނަސް ކޮލެޖް ގެ ގޭޓުން ވަންނަމުން ބަލާލެވުނީ ބޭއިޙްތިޔާރުގައެވެ. ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ހުރެ އަލްޔާން ހެވިފައި ވޭވް ކޮއްލި ތަން ފެނުމުން އީން ދެލޯ އަޅާލިއެވެ. މި ވަރަށް މިހެނީ ކޮން އުފަލެއް ލިބިގެންބާވައޭ އީން ގެ ހިތަށް އެރިއެވެެ. އަަވަސް އަވަހަށް ކޮލެޖަށް ވަދެގެން ދިޔަ އިރު ވެސް ހަމަ އެ ބާރު މިނުގައި ހިތް ތެޅެމުން ދިޔައެވެ. އީން ވަނުމުން އަލްޔާން އީތަން އަށް ގުޅާފައި ބަލާ އައުމަށް އެދުނެވެ. ” އޭނ..ބަލާ އަންނަށޭ..ކޮންތާކަށް؟ ކަލޭ ނު މަގޭ ސައިކު ގަ ތި ދިޔައީ އެބަ އަންނަމޭ ކިޔާފަ” އީން މެންގޭ ދޮށުގައި އީތަން ގެ ސައިކަލު ހުންނާނެ ކަމާއި އެ ނަގައިގެން އަވަހަށް ބަލާ އަންނަން ބުނެ އަލްޔާނު ފޯނު ބޭއްވިއެވެ. “ލޯބި ވެވެނީ މީނަ އަށް.. ހުރިހާ އުނދަގުލެއް ޖެހެނީ މަށަށް..ސަހާދަތް…ވަރުގަދަ ލަވް ސްޓޯރީ އެއް މިއޮތީ” އީތަން ކުދި ކިޔަމުން ފޯން ޖީބަށް ލަމުން ނިކުތީ އީން މެން ގެއާ ދިމާލަށް ދާށެވެ.
****
ސައިކަލަށް އަރާ ނައްޓާލަން އުޅުނު އީތަން ސިއްސައިގެން ދިޔައީ ފަހަތުން މީހަކު ކޮނޑުގައި އަތް އަޅާ ކޮއްޕާ ލުމުންނެވެ. “ކިހާ ބޮޑު ބަ…” ފަސް އެނބުރި ބަލާލަމުން އީތަން ކިޔަން އުޅުނު ޖުމްލަ ފުރިހަމަ ނުކޮށް ހުއްޓާލީ ހަށަން ބަނދެލައިގެން އީތަން އާ ދިމާލަށް ބަލަން ހުރި އަލްކާ ފެނުމުންނެވެ. “އަނގަ ހަދައިގެން ހުރެ ކޯއްޗެއް ތި ބަލަނީ..މަ ނުބުނަންތަ މި ހިސާބުން ނުފެންނައްޗޭ” އީތަން އާ ދިމާލަށް އިނގިލި ދިއްކުރަމުން އަލްކާ އެހިއެވެ. “ހެހެ…އެ ކީއްވެ؟ ކަމަނާ ބައްޕަ ގެ ބިމެއް ގަ ތަ މަށަށް މި ހުރެވުނީ؟ މަގަކީ އެންމެން ގެ ވެސް ތަނެއް ދޯ؟” އަލްކާ އެގޮތަށް އިންޒާރު ދިނުމުން އީތަން އަށް މަޖާ ވިއެވެ. “މަށަށް އިންޒާރު ދީ ހަނގާ ކުރާ ވާހަކަ ޕޮލިހަށް ހުށައަޅަން ވީ ތަ؟” އަލްކާ ބިރުގަންނަވަން ކަމަށް އީތަން އަނެއްކާ ވެސް ބުންޏެވެ. “މަގޭ ބެސްޓް ފްރެންޑަށް ސްޓޯކް ކުރާ ވާހަކަ މަ ޕޮލިހަށް ހުށައަޅަންތަ؟ ބުނަން ޕޮލިހޭ ކިޔައިގެން މަށަށް އިންޒާރު ދޭނެ ކަމެއް ނެތް…ބިރެއް ނުގަނޭ.. މިހާރު ދޭ މިތަނުން” އަލްކާ ކުޑަކޮށް ޖެހިލުން ވި ނަމަވެސް ގޮތް ދޫކުރާކަށް ނޫޅުނެވެ. “އޯކޭ..ތިހާ ލޯބިން އިންޒާރު ދިނީމަ ދަނީ މި..އެކަމް އަސްލުވެސް ވަރަށް ކިއުޓް” އީތަން ސައިކަލު ދުއްވާލަމުން ހެވިލާފައި އަލްކާ އާ ދިމާލަށް އެއް ލޯ މަރާލި އެވެ. އަލްކާ ރުޅި އައިސް ގެން ތުން އަނބުރާލިއެވެ. “އެއްކަހަލަ ފްލާރޓީ ދެމީހުން” އަލްކާ ހިތަށް އެރިއެވެ.
*******
ކްލާސް ނިމުމުން ލަންޗް ބްރޭކް ނެގުމަށްފަހު ލައިބްރަރީގައި އެސްއިންމެންޓެއް ހަދަން މަޑުކޮއްލައިގެން ހުރި އީން ނިންމާލީ ރޭގަނޑު 7 ޖަހަން އުޅެނިކޮށެވެ. ވަރުބަލި ވުމުގެ އިތުރަށް އީން ހުރީ ބަނޑުހައި ވެސް ވެފައެވެ. ގެއަށް ދާން ނިކުތް އިރު އަލްޔާން ފެންނާކަށް ނެތެވެ. އެކަމަކުވެސް އާއްމު ކޮށް ދާ މަގުން ގޮއްސި ނަމަ ވަކި ހިސާބަކުން ވެސް ފަހަތުން އައިސް ދާނެތީ އީން އަވަހަށް އެހެން މަގަކަށް އަޅާލިއެވެ. މާލޭގެ ހުރިހާ މަގުތައް މާ ރަނގަޅަށް އަދި ނޭގުނު ކަމުގައި ވިޔަސް އެމަގުން ވެސް ގެއަށް ދެވޭނެ ކަމުގެ އުއްމީދުގައި އީން ހިނގައިގަތެވެ. ވައިގަދަވެ ވިލާ ބޯކޮށްފައި އޮތުމުން ވާރޭ ނުވެހުނު ކަމުގައި ވިޔަށް މަގުމަތީގައި މީހުން އެހާ ގިނައެއް ނޫނެވެ. އެކި ގޯޅި ގޯޅިން އަޅަމުން ދިޔަ އީން އަށް ދާންވީ މަގު އޮޅުނެވެެ. އޭރު ތުނިކޮށް ވާރޭ ވެސް ވެހެން ފަށައިފިއެވެ. ހިސާބަކަށް ބިރު ގަނެފައި ހުރެމެ ކުރިއަށް ދިޔަ އީން އަށް ނިކުމެވުނީ މާފަންނު ސަހަރާ އާ ދިމާލުން އޮންނަ ހަނި މަގަކަށެވެ. ހިސާބަކަށް އަނދިރިކަން ވެރިވެފައިވީ އެ މަގުގައި އިތުރު މީހެއްގެ ހިލަމެއް ނުވިކަމުގައި ވިޔަސް މަގުގެ މެދަކާ ހިސާބު ސައިކަލެއްގެ ކައިރީގައި ދެ ފިރިހެނަކު ހުއްޓިލައިގެން ތިއްބެވެ. ބޮލުގެ އިސްތަށިގަނޑު ދިގު ކޮށް ހުޅިޖަހާފައި ތިބި އެދެމީހުން ތިބީ ސިނގަރޭޓް ބޯންށެވެ.
އެމީހުން ފެނުމާއެކު ގަތް ބިރުން އީން ގެ ފިޔަވަޅު ތަކަށް ހުއްޓުން އެރިއެވެ. އެވަގުތު އެމީހުން ވެސް އީން އާ ދިމާލަށް ބަލައިލިއެވެ. އަވަހަށް ފޯނު ނަގައި އަލްކާ އަށް ގުޅާން ހިތަށް އެރިއެވެ. އެކަމަކު މާ ބޮޑަށް ރިއެކްޓް ކޮށްފި ނަމަ އެމީހުން ބެހޭނީޔޭ ހިތައް އަރައި އީން އަވަސް ފިޔަވަޅު ތަކެއް ގައި ހިނގައިގަތެވެ. އިސްދަށަށް ޖަހައިގެން ދިޔަ އީން ސިއްސައިގެން ގޮސް ހަޅޭއްލަވައި ގަނެވުނީ އެތަނުން އެކަކު ބޯން ހުރި ރެޑްބުލް ދަޅު ނަގާ އީން ގެ ފައިބުޑަށް އެއްލާލުމުންނެވެ. “ކަލޯ..ރެޑްބުލް ބޯ ހިތެއް ނެތް..މިގަޑީގަ ބޯ ހިތްވަނީ އެހެން އެއްޗެއް” ހިނި ގަނޑެއް ޖަހާލަމުން އެހެން ބުނަމުން ދެމީހުން އެއްފަހަރާ ހެން އައީ އީން އާދިމާލަށެވެ. ގަތް ބިރުން އީން ގެ ހަށިގަނޑު ތުރުތުރު އަޅައިގަތެވެ. މޭ ގަނޑު ހީވީ އަނގަޔަށް އައިސްދާނެ ހެންނެވެ. އެއޮތް ފިނި ރޭ ވެސް މުޅި މީހާ ދާހިއްލާ ފޯވެއްޖެއެވެ. ދުއްވައިގަންނަން ހިތަށް އެރި ނަމަވެސް ފައި ގެ ވަރު ދޫވި ހެން ހީވިއެވެ. އެމީހުން ކުރިއަށް އެޅި ކޮންމެ ފިޔަވަޅަކާ އެކު އީން ދިޔައީ އެއް ފިޔަވަޅު ފަހަތަށް އަޅަމުންނެވެ. އެންމެ ފަހުން އީން ގޮސް ޖެހުނީ ފާރުގައެވެ. އެދެ މީހުން ވެސް މަޑުމަޑުން އީން އާއި ކައިރިވަމުން ދިޔައެވެ. އޭރު އެމީހުން ގައިން ދުވި ނުބައިވަހުން މޭ ނުބައި ކޮށް ހޮޑުލެވޭހެން ހީވިއެވެ.
އެވަގުތު އީން ހަނދަން ވީ އަލްޔާން މަތިންނެވެ. ހެނދުނު ގާޑް ކުރަމުން ފަހަތުން އައިސްފައި އެންމެ ބޭނުން ވި ގަޑީގައި އެކަނިކޮއްލީއެވެ. އެކަމަކު ކުއްވެރިއަކީ ހަމަ އީން އެވެ. އަލްޔާން އަށް ފިލަން ނުވެސް އިނގޭ މަގަކުން ނާދެވުނު ނަމަ ކިހާ ރަނގަޅު ހޭ ހިތަށް އެރިއެވެ. މި މީހުން ގެ ފަރާތުން ދެން ސަލާމަތެއް ނުވެވޭނެ ކަން އެނގުމުން ހަދާނެ ގޮތް ހުސްވެ އީން އަށް ރޮވެން ފެށިއެވެ.”ޕްލީޒް..އަހަރެން ގައިގަ އަތް ނުލާތި” އެ އަޑު އެހުމެއް ނެތި އެކަކު އީން ގެ ދެ އަތުގައި ހިފި އިރު އަނެކަނު މޫނާ ދިމާލަށް އަތް ގެންދަން ފެށުމުން”ނޯ” އޭ ކިޔާ ރޮއެގަންނަމުން އީން އަށް ލޯ މަރާ ބާރު ކޮށް ލެވުނެވެ.
ބާރު އަޑުފަތް ގަނޑަކާ އެކު ކުއްލިއަކަށް ފިރިހެނެއްގެ ހަޅޭކުގެ އަޑަށް އީން ލޯ ހުޅުވާލިއެވެ. އޭރު އީން ގެ މޫނުގައި އަތްލާން އުޅުނު މީހާ އޮތީ ކުރިމަތީގައި ހުރި ފާރާ ދިމާލަށް ގުޅައަކަށެވެ. ރުޅި އައިސް ރަތް ވެފައި ހުރި އަލްޔާން ފެނުމާއެކު އީން ގެ ހިތް އުފަލުން ފޮޅުނެވެ. ދެންހުރި މީހާ އަވަސް އަވަހަށް އީން ގެ އަތުން ދޫކޮށްލިއެވެ. އަލްޔާން ބަލާކަށް ނުހުރެ އީންގެ އަތުގައި ހިފައިގެން ބާރަށް ހިނގާފައި ގޮސް ގޯޅި ކަންމަތީގައި އޮތް އޭނާގެ ކާރަށް އެރުވުމަށް ފަހު ލޮކް ކުރިއެވެ. އެއަށް ފަހު އަނެއްކާ ވެސް ހިނގައިގަތީ އެމީހުންނާ ދިމާލަށެވެ.
އޭރު ދެން ހުރި މީހާ ގޮސް ވެއްޓިފައި އޮތް މީހާ ތެދު ކުރެވޭތޯ އުޅުނެވެ.އަލްޔާން އެމީހުންނާ ދިމާލަށް އަނެއްކާ ދަނީ ކީއްވެބާ އޭ އީން ގެ ހިތަށް އެރިއެވެ. ކާރު ތެރޭގައި އިން އިރު ވާރޭ ކޮންމެވެސް ވަރަކަށް ވެހިވެހި އޮތުމުން ބޭރު އެހާ ސާފު ކޮށް ނުފެނުނު ކަމުގައި ވިޔަސް ވާނުވާ އިނގޭވަރު ކަމުން އީން އަށް އެމީހުން ފެންނަވަރުވެއެވެ. އަލްޔާން ދުވެފައި ކަހަލަ ގޮތަކަށް ގޮސް އީން ގެ އަތުގައި ހިފި މީހާ ގެ ގަމީހުގެ ގިރުވާނުގައި ހިފާ ތެދު ކުރިއެވެ. އެއަށް ފަހު އޭނާ ގެ ކަރުގައި ހިފައިގެން ކޮއްޕަމުން ގޮސް ފާރުގައި ޖައްސާ ބާރު ކުރަން ފެށިއެވެ. އޭރު ރޯ މަހެއް ތެޅޭހެން އޭނާ ސަލާމަތް ވާން ތެޅެމުން ދިޔައެވެ.
އެއްއަތުން އޭނާގެ ކަރުގައި ހިފާފައި ވީ އިރު އަނެއް އަތުންެ އެމީހާގެ އަތުގައި ހިފާ ފުރަގަހަށް ވާގޮތަތް ވާން ކުރަމުން ދިޔައެވެ. އަލްޔާން ކޮންމެވެސް އެއްޗެކޭ ކިޔާހެން ހީވިއެވެ. އެކަމަކު އީން އަކަށް އަޑު އިވޭ ގޮތެއް ނުވިއެެވެ. އަލްޔާން ގެ އެ ސިފަ ފެނުމުން އީން ގެ ހިތް ނެގި ނެގިފައި ޖެހެމުން ދިޔައެވެ. “އޭނަ މަރުވެދާނެ ދޫކޮށްލާ ޕްލީޒް” އީން އަށް ރޮމުން ބުނެވުނެވެ. ކުއްލިއަކަށް ވެއްޓިފައި އޮތް މީހާ މަޑުމަޑުން ތެދުވެ އޭނާ ގެ ޖީބުން ބޮޑު ކަޓަރެއް ނެގި މަންޒަރު ފެނި އީން ގެ ދެލޯ ބޮޑުވެ ހިތް ފިނިވިއެވެ. އަލްޔާން ހުރީ އެމީހާއަށް ފުރަގަސް ދީގެން ކަމުން އެމީހާ އަންނަތަނެއް އަލްޔާން އަށް ނުފެނުނެވެ. “އަލްޔާން…އަލްޔާން..ލުކް ބެކް..ޕްލީޒް” އީން އަޑުގެ ނެތް ތަނަށް ހަޅޭއްލަވަމުން ސްކްރީން ގައި ތަޅަމުން ދިޔައެވެ. އެކަމަކު އެ އަޑު އަލްޔާން އަކަށް ނީވެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
29 Comments!
Comments are closed.




Ohhnnooo.. Kihineh thi hedhy… Don’t you know how much I’ve been waiting for this… So inlove with this ?❤️
Avahah up kohdhyba :((
Thanks reader. Really happy to knw that u were waiting.. Insha allah Sunday ga will upload
Haaa kihineh thihedhiii alyaan ah gotheh nuha dhahchey Eeeen ge adhu alyaan ah iihvahchey? mibaiii vesss vvvvvv rythi
Thank you.. ☺️
Woooooooooooooooooooooooooow Masha Allah mi partves vvvv reethi waiting next part
Thanks xaaan. Insha allah v avahah upkohla deynan❤️?
maasha allah vvvvvvvvvv nice…. waitng waitng…. alhey alyaan ah dhera gotheh nuhadhachey.. nuny een ge hii hutti dhaanennu
thanx naash. Alyan ah vaa gotheh balama dhw ?
Mi partves vreethi.???.. alhey dheragotheh nahadhahchey….???. kurige part ah comment nukurevunyma sorry… by the way anjal…hurihaa commentakah reply nukiryas kiyan dhww.. keep up the good work ???luv ya❤❤❤ keep smiling???
Of course kian..reply nukurevethy v sorry. Ekm asluves vvv happy vey hurihaa kudhin ves comment kuraathy. ?? readers comments aky anjal stry write kuran libey emme bodu hiyvaraky. ??
Woow v v v v v v rythi mi part maasha allah ??
Thanks hudher dear?
nooooooo alhey alyan look back…vvv reethi hama fight hyvi kuri mathin fenun hen ,…vvv salhi thankolheh avahah up kohdhehchey nxt part vvvvv curious
Thanx maya ?
Vvvvv reethi…
stry is superb
Thanks hee.
I love the sty….
suberb anjal…
pls avanha next part up kodachsy….
Thanx hai. Insha allah v avahah kohdeynan
Vvvvv v vvvvv cute mi vaahaka???????❤
Thanx liu..
this is a awsome stry..
Next part avaha….up kodachsy…Kiya hithithun….nuvas…hurava….
Mi part vas beautiful. …☺?
Thanks rosy?
mi part vas vrh nice..Maureen lada diba nikun….next part avaha up kodachay….pls pls pls pls pls ??????
Thanx niha.. Y so sad. Keep smiling ☺️ insha allah wil upload soon
It’s fabulous stry .??????
I love it..
waiting for next part…
Thanks vish ?
Whn is nxt part???? so keen to read it
Vvvvvv vvvvvvvvvvvvvvvvvvvvvvvvvvvvvvvvv obi mi stry…next part avaa kolachsy….???❤❤❤❤❤????