Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މިހިތް ކޮށްލީ ދީވާނާ (ޓްރެއިލަރ)

black Level 1
September 6, 2018 3 Mins Read
42 Comments

އާދުވަހަކަށް އިރު އެރި އިރުު ފަޒާގައި ހިފާފައި ވަނީ ތެތްފިނިކަމެވެ. ގުދުރަތީކަމުގެ ދެވަނައެއްނުވާ ފުރިހަމަ މަންޒަރެއް އިރު އެރުމުގެ ނިޝާންތަކެއް ގޮތުގައި އުޑުމަތިން ދައްކުވައިދިނެވެ. ފަތިސް ނަމާދުގެ ބަންގި ގޮވިތާ ހަތަރު ގަޑިއިރުވެސް ހަމަ ނުވަނީސް މުޅި ރަށު ތެރޭގައި ގުގުމާލީ ތަކުބީރުގެ އަޑެވެ. އާދޭހެވެ. މިއަދަކީ ބަރަކާތްތެރި އަޟްހާ ޢީދު ދުވަހެވެ. މިސްކިތްތަށް ފުރި ބާރުވަނީ މަގުމަތީގައިވެސް މުސައްލަ އަޅައިގެން ތިބި މީހުންގެ އަދަދު މަދެއް ނޫނެވެ. ދިވެހިންގެ އެއްބައިވަންތަކަމާއި އަޙުވަންތަކަން ކޮންމެ ހަރަކާތަކުންވެސް ރަމްޒުކޮށްދެއެވެ.

ނަމާދު ނިންމާލަމުން މިސްކިތުން ނިކުތީ ހަތަރު ފިރިހެނުންނެވެ. އަންހެން ކުދިންގެ ހިތްތަށް ކަތިލާފަދަ ސިފަތަކެއްގެ ވެރި ބަޔެކެވެ. ހިނިތުންވުމަކާއެކު ޢީދުގެ ތަހުނިޔާ އެހެން އެންމެންނެކޭވެސް އެއްފަދައިން ކިޔައި ސަލާން ގަލާން ކުރަމުން އެ ހަތަރު ޒުވާނުން ހިނގައިގަތީ އެމީހުންގެ ތެރެއިން ޝާމިންގެ ގެއަށެވެ. ތަފާތު ވާހަކަ ތަކުގައްޔާ ދަތުރުތަށް ރޭވުމުގެ ވާހަކަތަކާއި އެމީހުންގެ ފިޔަވަޅުތަށް ދިޔައީ ކުރިއަށެވެ. ނާއިންގެ ފޯނުވެސް ރިންގުވާން ފެށީ އެވަގުތެވެ. ލައިގެން ހުރި ނޫކުލައިގެ ޖީބަށް އަތް ކޮށްޕާލަމުން ފޯނު ނެގިއެވެ. ނުދަންނަ ނަންބަރެއް ސްކްރީނަށް އަރާފައި އިން ނަމަވެސް އެ ފޯނަށް ޖަވާބު ދޭން އޭނާ އަވަސްވެގަތެވެ. “ހަލޯ.” ނާއިން ބުނެލިއެވެ. އޭނާގެ މޫނުމަތިން ފެނެގިން ދާ ކުަލަވަރުގެ ސަބަބުން އެކުވެރިޔާ ޝަނީފަކަށް ސުވާލު ނުކޮށް ނުހުރެވުނެވެ.

“ކާކު” ވައިއަޑުން ޝަނީފު އަހާލިއެވެ. ނޭނގެޔޭ ބުނަމުން ނާއިންއަށް ކުރެވުނުހާވެސް ކަމަކީ ދެކޮނޑު އަރުވާލުމެވެ. އަނެއް ދެ އެކުވެރިން ކަމަށްވާ ނީޝަމްއާއި ޝާމިންގެ ނަޒަރުވެސް ހުއްޓިފައި ވަނީ ނާއިންއަށެެވެ. “މީ ސަންފައްތައޭ..ނާނު މަންމައަށް ވީ ބަންބުކެޔޮ ދަޅެއް މިގޭގަ ހުރީމަ އޭތި ބަލައި އައިސްދޭށޭ ބުނަންވެގެން..” ސަންފާފުޅުގެ އަޑު ކަންފަތުގައި ޖެހުމުން ނާއިންއަށް ހިނިތުންވެލެވުނެވެ. މިދަނީ ކަމަށް ބުނަމުން ނާއިން ފޯނު ކަނޑާލިއެެވެ. އޭނާޔާ ޖެހިގެން ހުރި ޝަނީފު އެއްބުމަ އަރުވާލިއެވެ. ޖަވާބެއް ބޭނުންވާފަދަ ގޮތަކަށެވެ. “އެއީ އެއްކަލަ ސަންފައްތަ..ބަންބުކެޔޮ ދަޅު ބަލައި އައިސްދޭށޯ ބުނީ..މަ މިދަނީ އެގެޔަށް ވަދެލާފަ އަންނަން ކައެ މެން ގޮސްލާ ޝާމްގެ ގެއަށް..” ޝަނީފުގެ ކޮނޑުގައި ޖަހާލަމުން ނާއިން އޭނާގެ މިސްރާބު ބަދަލުކޮށްލިއެވެ.

******************************************

ކުލަ ބާލިދީއެއް ހިފައިގެން އައި ޝާމިންގެ އަތު ނުވުމަށްޓަކައި ދުވަމުން ދިޔަ ނީޝަމްގެ ކުރި ބެދުނެވެ. ކުރިމަތީގައި ހުދު ޓީޝާރޓަކާއި ދިގު އިސްތަށިގަނޑުގެ ވެރި އަންހެން ކުއްޖަކީ އޭނާގެ ކޮއްކޮ ކަމުގައި ހީކުރެވުނެވެ. އޭނާގެ ކޮއްކު އަތުގައިވެސް ހަމަ އެފަދަ ހުދު ޓީޝާރޓެއް އޮވޭ ވިއްޔާއެވެ. ބާލަކަށް ނުުހުރެ ނީޝަމް އޭނާގެ އަތުގައި ހުރި ކަޅު ކުލަ ފަހަތުން ގޮސް އެ އަންހެން ކުއްޖާގެ ކޮލުގައި އުނގުޅާލިއެވެ. “އާތް..” ކުޑަކޮށް ހަޅޭއްލަވައި ގަންނަމުން އެ އަންހެން ކުއްޖާ ނީޝަމްއާ ދިމާލަށް އެނބުރިލިއެވެ. އޭރު އެ ދެ ޒުވާނުންނަށް ތިބެވުނީ އެކަކު އަނެކަކުގެ ނޭވާ އިހްސާސްވާހާ ކައިރީގައެވެ.

ނީޝަމްގެ އެ އަމަލުގެ ސަބަބުން ސިހިފައި ހުރި ޔަލްވީއަށް ނީޝަމް ގައިގައި ބައްދައިގަނެވުނެވެ. އެވަގުތެ ނީޝަމްގެ ފަހަތުން ދުވަމުން އައި ޝާމިން ފޯރިޔާއެކު އެކަކު އަނެކަކަށް ގެއްލިފައި މަގު މެދުގައި ތިބި ޔަލްވީއާއި ނީޝަމްގެ ބޮލަށް ރަތް ކުލައިގެ ކުލަ ބާލިދީ އޮއްސާލިއެވެ. “ޢީދު މުބާރިކް ލަވް ބާރޑްސް..” ސަކަ މިޒާޖުން ސިކުނޑި ފުރިފައިވާ ޝާމިން ދިމާކޮށްލަމުން ބާލިދީއާއެކު ދުއްވައިގެތެވެ. ކުރެވުނު ކަންތަކާ އުފާ ފާޅު ކުރަމުންނެވެ.

*****************************************

މާމަލުގެ މީރު ވަސްތަކުން މާޒީ ހަނދާން ވަނީ

ލޯތްބެއްގެ އިންތިޒާރުގައި ތި ހިޔާލު އާވަނީ

ނާހާށޭ ކީއްވެހޭ ނުބުނާށޭ ނޫނެކޭ

ހިތްވެސް ދިނީމޭ…ޔާރާ ހިނިތުންވީމާ ދުރުވާނެހޭ މަދެން

ތުނޑިމަތީގެ ހިތްފަސޭހަ ވާހައުލުގައި ހިޔާލެއްގައި އިނދެ ގިޓާ ޖަހަމުން ދިޔަ ނާއިންގެ ގައިގައި ފަހަތުން އަންހެން ކުއްޖަކު ބައްދާލިއެވެ. ނާއިންގެ ކޮނޑުގައި ދަތްދޮޅި އަޅުވާލަމުން ލަވައިގެ ތަންކޮޅެއް ކިޔާލިއެވެ.

ކައިރިން ކަލާ ބަލާލުމުން ނޭނގޭހެ ވީ ގޮތެއް

ސިއްރެއް ބުނަން ހަނދާންވެފާ ދޫ ބަންދުވީ މަގޭ

ނާހާށޭ ކީއްވެހޭ ނުބުނާށޭ ނޫނެކޭ

ހިތްވެސް ދިނީމޭ…ޔާރާ ބޭނުންވީމާ ދުރުވާނެހޭ މަދެން

މަލްހާ ރަތްކުލަ ޖައްސާފައިވާ ތުންފަތުގެ ތަތްގަނޑެއް ނާއިންގެ ކޮލަށް އަރުވާލިއެވެ. ނާއިން ގިޓާ ޖަހަން ފެށުމުން ލަވައިގެ ކުރިއަށް ހުރި ބައިތަށް ކީ އެދެބައިވެރިން އެކުގައެވެ. މަލްހާއާއި ނާއިންގެ ލޯބިވެތި ހަރަކާތްތަށް ބަލަން ހަނދުވެސް ލަދުގަތެވެ. ވިލާގަނޑެއްގެ ފަހަތުގައި އެ ރާނީ ނިވާވެލިއެވެ.

ފިނިފިނި ވައިރޯޅި ޖެހިލާ ރާޅު ބީއްސާލާ އަޑުން ހިމޭންކަން ނަގާލައިފައިވާ އެމާހުލަށް ފުރިހަމަ ކަމެއް ގެނެސްދެނީ އެ ދެލޯބިވެރިންނެވެ. މަލްހާއާއި ނާއިންގެ ނިމުމެއް ނުވާ ލޯތްބަށް އުޑުގައި ފިޔަޖަހަމުން ދިޔަ ތަރިތަށްވެސް ހެކިވާނެއެވެ.

*******************************************

“ބައްޕަ ނިންމައިފިން ޝަނީފްއާ އައިރާގެ ކައިވެނި ހަމަޖައްސަން..” ބައްޕަގެ ބަހާއެކު ކަންފަތުގައި ޖައްސައިގެން ހުރި ފޯނު ޝަނީފަށް ތިރިކޮށްލެވުނެވެ. “އެކަމަކު ބައްޕާ..” ފޯނު އަލުން ކަންފަތުގައި ޖައްސާލަމުން ޝަނީފަށް ބުނެވުނީ އެހިސާބަށެވެ. “ކިހިނެތްވީ ޝަނީފް އަމިއްލައަކަށް ނު ބުނީ ޝަނީފް ހުސްހަށިބައޭ ކަމުދާ ކުއްޖެއް ނުފެނުނޭ..އެހެންނޫނަސް އައިރާއަކީ ނުލާހިކު ގެވެހި މަޑުމައިތިރި ކިޔަމަންތެރި ކުއްޖެއް..އަންހެނެއްގެ ކިބައިގަ އެ ސިފަތަށް ފުރިހަމަ ވެއްޖިއްޔާ އެވީއެއްނު..” އާލިމްގެ ބަހާ ދެކޮޅު ހަދާކަށް ޝަނީފަކަށް ނުކެރުނެވެ. “ހުކުރު ދުވަހު ރަންކިޔާ ގޮތަށް އިނގޭ.. ތައްޔާރު ވައްޗޭ ” އިތުރު އެއްޗެއް ނުބުނެ ޝަނީފް ހުރުމުން އާލިމް ފޯނު ކަނޑާލިއެވެ.

ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ގެއިން ބޭރަށް އޭނާ ނިކުމެލިއެވެ. އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ގޭ ކުރިމަތީގައި ބަހައްޓާފައި ހުރި ޖޯލި ފަތީގައި ފޯނާ ކުޅެން އޮތް  އައިރާއެވެ. ވައިރޯޅިއަށް ތަބާވަމުން އޭނާގެ ކަނދުރާއާ ހަމައަށް އަރާ އިސްތަށިގަނޑު ވިހުރެމުން ދިޔަ މަންޒަރު ބަލަން އާޝޯޙުވެފައި ޝަނީފަށް ހުރެވުނެވެ. ނޭނގި ނަމަވެސް އެ މަންޒަރަށް އޭނާގެ ހިތް ލެނބުނެވެ.

“ދޮންބޭ..ކޮއްކޮގެ ފޮޓޯއެއް ނަގާބަ މި ދުއްވަނިކޮށް.” ޝަނީފުގެ ލޯމައްޗަށް އައިރާ ނިވާވީ އޭނާގެ ކޮއްކޮ ޝާޔާ ބައިސްކަލުގައި ކުރިމައްޗަށް އެރުމުންނެވެ. ފޯނު ނަގާފައި ޝާޔާއަށް ޝަނީފް އަމާޒުކޮށްލިއެވެ. ފޮޓޯ ނަގާ ފިތަށް ޝަނީފް ފިއްތާލި ގަޑީގައި ޝާޔާ އޭނާގެ ބައިސްކަލު ދުއްވާލިއެވެ. ޗޮކެއް ކަނޑާލަމުން ނެގިފައި އިން ފޮޓޯއަށް ޝަނީފް ނަޒަރު ހިނގާލިއެވެ. ވަރަށްވެސް ހިތްގައިމު ފޮޓޯއެކެވެ. އެ ފޮޓޯގައި ފެންނަމުން ދަނީ ފޯނެއްގައި އޮވެ އައިރާ ދަތްތަށް ފެންނަވަރަށް ހިނިތުންވެލި މަންޒަރެވެ. ބޭއިޙްތިތާރުގައި ޝަނީފަށްވެސް ހިނިތުންވެލެވުނެވެ.

************************************************

އައިސް ކޯނެއް ގަނެގެން ދުވެފައި ކައިލީ ގެއާ ދިމާލަށް މިސްރާބުޖެހިއެވެ. ކުރިމަތިން އައި ޒުވާނާ އޭނާއަށް ނުފެންނަ ފަދައެވެ. ކައިލީ ދިޔަ ގޮތަށް ގޮސް ޖެހުނީ އެ ޒުވާނާގެ ގައިގައެވެ. އަތުގައި އޮތް އައިސްކޯނު އެ ފިރިހެން ޒުވާނާގެ ގައިގައި އުނގުޅުމުން އޭނާ ކައިލީއަށް ބަލާލިން ރުޅިވެރި ނަޒަރަކުންނެވެ.
“ވަޓް ދަ..**” ޝާމިން ބުނެލިއެވެ. “އޫޕްސް ސޮރީ..” ބިންމަތީގައި ވެއްޓިފައި އޮތް އައިސްކޯނަށް އަޅާވެސް ނުލާ ލަދުން ފިލުމަށްޓަކައި ކައިލީ ދުއްވައިގަތެވެ. އެހެންނަމަވެސް ޝާމިން އޭނާގެ އަތުގައި ހިފާއްޓާލިއެވެ. “ނޮޓް ސޯ ފާރސްޓް އަންހެނާ..”  ޝާމިންގެ އަތުތެރޭގައި ކައިލީ ހައްޔަރުކޮށްލަމިން ލާނެއް ގޮތަކަށް ޝާމިން ބުނެލިއެވެ. ދެލޯ ބޮޑުވެފައި އެއް މިޔަކުން ހިނިތުންވެފައި ހުރި ޝާމިންއަށް ބަލަހައްޓައިގެން ކައިލީއަށް ހުރެވުނީއެވެ.

************************************************

15 ސެޕްޓެމްބަރަށް އިންތިޒާރުކޮށްލައްވާ!!!

Share Article

Follow Me Written By

black

Level 1

Im a girl..Reading and writing stories have always been my hobby. ❤❤ my dream is to become a respected and successfull writer who is loved by all of her readers. ???? Alhuganduge vaahakathah kiyaalumahfahu vaahakayaa medhu dhekey goii comment kohladhinumakee alhugandah libeyne vrh bodu kurierumeh ??? I'll reply to any kind of comment insha allah ????

Other Articles

Previous

ދުޢާ 7

Next

ލޯތްބަކީ 11

Next
September 6, 2018

ލޯތްބަކީ 11

Previews
September 6, 2018

ދުޢާ 7

42 Comments!

  1. black says:
    September 6, 2018 at 9:03 am

    Hello my lovely readers ??? this is a short introduction or you can say a trailer of my first dhigu vaahaka ☺ there’s a lot of couples in this stry..ehemma olhi ves dhaane but hopefully you all will get use to so here are the 4 main couples in this stry
    Shamin&kailee
    Naain&malha
    Nysham&yalvee
    Shaneef&airaa
    Mi vaahaka is bout 4 childhood friends who grew up in any island. You ll get to read about e 4 boys ge love stry. I hope you all will liked it and I’m hoping For your support. Mistakes thah ves faahaga kohdhinumakee alhugandah libeyne varah bodu kurierumeh ❤❤❤❤❤????????

  2. black says:
    September 6, 2018 at 9:38 am

    Mi vaahakaiga 1st part 15th September ga genesdhey gothah hamajehifa inas. E dhuvahvure kurin genesdheveytho I’ll try ???❤❤❤

  3. naash says:
    September 6, 2018 at 10:20 am

    wowwww… trailer vv salhi maasha allah.. mihaaru vx kiriyaa hureveny kiyaalaa hithn.. hehe… dhn dear vx dhakka vaahaka .. kaaku tha dear ge stry akah like nuve hunnrny . hehehe…. ehn v ma mihaarn fashaign inthixaar ge vaguthu gunan feshiyyeh.. luv ya??????????????????☺☺

    1. black says:
      September 6, 2018 at 10:34 am

      Awwwh thank you in loads so much naash loab❤❤❤❤ vaki hisaabakah liyefa up kuran vegen eyrah daily kohves genesdhevedhaane ???☺ alheyy so sweet of you fahfashun shukuru ingey I’m outta words ??????? luv you too much more ????

  4. naash says:
    September 6, 2018 at 10:39 am

    wlcm dear… nd ur very talented dear.. maasha allah.. may allah protect ur talent from evil eyes… nd me dhw first vx.. yayyy

    1. black says:
      September 6, 2018 at 11:02 am

      Ameen ❤❤❤ yahh congra it’s time for a partyyyyy yayyy ???????

  5. Lotus says:
    September 6, 2018 at 11:26 am

    Nice trailer. Best of luck ???

    1. black says:
      September 6, 2018 at 12:06 pm

      Thank you very much much lotus ❤❤❤❤??

  6. Reen says:
    September 6, 2018 at 11:51 am

    Masha allah vvvv reethi trailer…hama 1st part ge inthizaaruga☺☺☺vvvv kiyaalaa hithun mi hury….unmeedhu kuran vaahaka nimendhen up kohdheyne kamah..ly dear❤❤❤

    1. black says:
      September 6, 2018 at 12:17 pm

      Aww thank you so much reen sis ❤❤❤ inthizaaru kohlachey ingeyn I’ll publish as soon as possible ?? vrh happy vehjje thihaa kiyaahithun hurikan enguneema ?? yep insha allah ???????? loabivey too dear ???

  7. Reader says:
    September 6, 2018 at 12:27 pm

    Ey varah salhi.. Andd ba’nbukeyo kiyaa iru innaaane hussnooneh.. Not noonu sukun

    1. black says:
      September 6, 2018 at 12:39 pm

      Thanks a lot bro ❤❤❤ okiki thanks for correcting too that’s a big help ingey ???

  8. Mal says:
    September 6, 2018 at 12:33 pm

    Masha allahv rythi trailer…???????hama ekani trailer in ves ingey mi vaahaka rythi vaanekan…?????????insha allah ????❤❤❤❤and ur so talented masha allah?????☺☺???❤❤❤❤❤lots of love…. And waiting for the story…❤❤❤❤❤❤❤❤❤❤❤❤❤

    1. black says:
      September 6, 2018 at 12:57 pm

      Yayy thank you so much mallu loabs ❤❤❤ ayee bunaane ehcheh ves neygunu sweetheart ???? ekamu hama thanks a lot again ?? yh waitin kohalcheyy ??? lots and lots Of love from mee too dear ??????

  9. Mal says:
    September 6, 2018 at 3:47 pm

    MALLU that’s what my frndx call…????

    1. black says:
      September 7, 2018 at 10:43 am

      ehntha.. cant i be your friend??? 🙂

  10. Kitttyy says:
    September 6, 2018 at 8:33 pm

    ~Awwwwnnn ❤❤Mashaa Allahh , vvv lwwbi ???mi trailer , cant wait to read the 1st episode , Gud luck!~??❤❤

    1. black says:
      September 7, 2018 at 2:37 pm

      Alheyy..thank you you so much kitty dhooni ❤❤❤❤ kehkohlahcheyy ingey ?????? thanks a lot ???

  11. maya says:
    September 7, 2018 at 11:17 am

    aaaawwwwnnn…i think vv cute story akah vaanehen..bcox trailer ehaa reethi and story adhimaa furihama vaanethaa dhw….vvv inthixaaru kuran eba jehey dhww…u re talented black darling…may allah protect ur talant from the evil eyes..vvv curious..story nimendhen genesdhehchey ….black dhooniiiyyy

    1. black says:
      September 7, 2018 at 2:43 pm

      Awwwww thank you so much in loads maya loabs ❤❤❤ alhe so sweet and kind of you to say ?? inthizzaruge natheegaa varah foni kohdheynan insha allah ingey ???????? thanks again ???? ameen may Allah accept ur prayers ? nimendhen genes dheynan of course insha allah maya dhooniii ???????

  12. Kailee says:
    September 7, 2018 at 12:51 pm

    Awwhhh vvvv lwbi story eh.. so keen to read nxt part.. nd so happy cuz kai ge nan mi story ga ineema?

    1. black says:
      September 7, 2018 at 2:50 pm

      Aoohh aww thank you very much kaii ❤❤❤ kai kiyas okkki dho ??? gald I made u happy dear ?? next part akunves I’m hopin to see u ingey ?????? here u ?go flower ehh

  13. Kailee says:
    September 7, 2018 at 12:57 pm

    Nd u have the talent of writting stories.. i ll pray tht u become a successful writer.. insha allah???❤❤??

    1. black says:
      September 7, 2018 at 2:58 pm

      Shukuru sis ❤❤❤ may ur prayers be accepted ameen ??????? n ur name’s really beautiful masha allah ?????? can u send me the meaning of that name Cux I’m planing to call my kid kailee someday hahaha ????

    2. hamdhaan iii says:
      September 7, 2018 at 6:18 pm

      hahahahaha….furathama innane meehaku hoadha…eyrun dhariyaku libuneema thi name kiyenii ves…hehehe…v majaa

    3. black says:
      September 7, 2018 at 6:54 pm

      Ehkea hamdhaanu vadaigathee dhw..u ves veenu meeheh hoadhan..ma bunee “someday” dharieh libuneemaey. Future tense bro ??? aan dhen ehaa majaleh noon ekamuves hevijje ???

    4. hamdhaan iii says:
      September 7, 2018 at 11:12 pm

      hoo hoo….ma nulhen innane meehaku nuvegeneh…ahha…kada vaane…srry bro

  14. hamtii says:
    September 7, 2018 at 2:39 pm

    v salhi mi stry ge trailor…ummeedhu kuran mi stry nimendhen genesdhey ne kamah…all the best ‘black’…waiting for 1st prt of this stry….hehe

    1. black says:
      September 7, 2018 at 3:02 pm

      Thank youuuuu so much hamtti dear ❤❤❤❤ yh patients shows good results dhoo????????

  15. hamtii says:
    September 7, 2018 at 2:41 pm

    I think i know you…am i right black?

    1. black says:
      September 7, 2018 at 2:47 pm

      Umm hamtti kiyaa kujje nudhanan ☺?? Hamdhaan kiyaa boii eh I know ? what’s ur real name

    2. hamtii says:
      September 7, 2018 at 6:05 pm

      aarrgghhh…sorry…i heekuree i know u kamah..btw nvm it…hehe

  16. Kailee says:
    September 7, 2018 at 3:07 pm

    Yes eveyone call me kai so u also can? btw namuge meaning dhw. Heevanee pure hen..neyge?
    If u dnt mind may u knw ur real name? Nd ur frm kn rasheh???

    1. black says:
      September 7, 2018 at 3:13 pm

      Real name eyy sirreh ??? sorry..but I’m from laamu atoll ??☺☺ nice I’ll also check ingey meaning ???

  17. hamdhaan iii says:
    September 7, 2018 at 6:15 pm

    hey…thii ehkala …jeyd dhw…woah woah…salhi ingey mi trailor…keep it up moya gurl…lol rply kurachey
    u said my full name…aaaarrrrgggghhhh…btw i dont care…but ill comment on my name…u can call me any name….lols

    1. black says:
      September 7, 2018 at 6:58 pm

      Uhun jeydeh noon I’m black ????? thanks ma buri bro ❤❤❤❤❤ aan gerey shakkuves kuraakah nuvaaneynu ma reply nukuraane kamah. Hamdhaanu viyaa? yah dhen full name nubune short name bunefiyya k faleeha vaaneehnnu so be thankful I saved u ??? ahah I’ll always call u ma buri bro ??????

  18. Queen Dandelion says:
    September 7, 2018 at 8:39 pm

    Alheyyy???I am so happy dear me ge stry ge ulhey kailee ge name miadhu stry ga himanaalymaa???Feeling like real imagination??hehe???I have to wait for 15 September dhww???heheh??I think I would be lil bxy on that day???But I will try to read the stry insha allah???luv yuh my cutie pie sis❤???????????Mi comment fenunuhaa avahakah reply eh dhehche..Nd dear mind nukurangya please give your email..I want to share you some ideas…Dear beynumiyya ingey email dheyny..

    1. black says:
      September 18, 2018 at 11:39 am

      Awwww thank you so much glad I made someone happy ❤️❤️❤️I’m waitin for ur story it’s very nice ingey???yeh 15th September I was also buzy ehemma miadhu I published ???alley luv u so much more sisss??? sorry for the late reply??? [email protected] is my email?????I bet ur ideas r gonna be great☺️☺️

  19. hamdhaan iii says:
    September 7, 2018 at 9:29 pm

    ey dhen bro?? thi angagadu maathiri kohbala??plx bro…plx ey ma bunefin dhen nubunaathi nubune eyy???shit golaa????

    1. black says:
      September 16, 2018 at 8:05 pm

      HAMDHAANUUU..HAADHA ANGABODU GOLAYEKEY..KIYAANE EHCHEH HAMA NEYGI GENTHA THIULHENYY..not me yuh ey anga gadhayee..

  20. Kailee says:
    September 15, 2018 at 8:18 pm

    Mee 15 september.. Vaahaka adhives up nukurameh nun? Kai mi vaahaka kiyaa hithun mioh mare vanee.. Black dhoonyaa up kobba??????

    1. black says:
      September 18, 2018 at 11:33 am

      Oh kailee dear It’s published mihaaru ❤️❤️❤️ I’m so happy to hear that u wait for it ekamu Maru nuvacheyy??? 15th September I was so buzy??? srry ingey???

Comments are closed.



All Right Reserved!