Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 13

almaa2004 Level 210 Stories100 Login
September 6, 2018 4 Mins Read
10 Comments

“ވި…ވި..ވިޝާލް… ވެ..ވެން ޑިޑް ޔޫ..ޔޫ ކޭމް….” އަޅައަޅައިގަންނަމުން ވާހަކަ ދެއްކި ޒާރާ ހީވީ ވައްކަމެއް ކޮށްގެން ފަޅާއެރިހެންނެވެ. އެނދުން ތެދުވެ މަޑުމަޑުން ޒާރާ ވިޝާލްއާއި ދިމާލަށް ހިނގައިގަތީ ތެޅި ތެޅި އޮތް ހިތަކާއި އެކުއެވެ. މުށަށް އެޅި ބަދަން ކޮޅު އަނގައަށް ލާން ހަނދާންނެތިފަ ހުރި މިޝްޔާއަށް މި ވާން އުޅޭގޮތް އިނގޭފަދައެވެ. އެގެއަށް އޯވާ ނައިޓްއަކަށް އައިތީ  އޭނާގެ އެއްޗިހި އަޅައިގެން އައި ދަބަސް ކޮނޑުގައި އަޅުވާލަމުން އޭނާ އަވަސް އަވަހަށް އެ ތަނުން ނުކުތެވެ. މިޝްޔާ ހުއްޓުވަމަށް ބޭނުންވިނަމަވެސް ޒާރާއަށް އެކަމެއް ނުކުރެވުނެވެ. އޭނާގެ ދުލުގައި ތަޅެއް ލެވިފައިވާ ފަދައެވެ. މިޝްޔާ އެ ގެއިން ނުކުމެ ދޮރު ލެއްޕި އަޑަށް ޒާރާއަށް ދެލޯމަރައިލެވުނީ ދެން ވާނީ ކިހިނެތްކަން ނޭނގޭތީއެވެ. ރުޅި އައިސްގެން ގޮސް ތުރުތުރުއަޅަމުން ދިޔަ ވިޝާލްއަށް ބަލާލާކަށްވެސް ޒާރާއަކަށް ނުކެރުނެވެ. ދެން ފެނުނީ ވިޝާލް އައިސް އޭނާގެ ކޮނޑުގައި ހިފައި ބާރުކޮށްލި ތަނެވެ. ސީދާ ވިޝާލްގެ ލޮލަށް ބަލަހައްޓައިގެން ހުރި ޒާރާއަށް ފެނުނީ އިންތިހާ ދަރަޖައިގެ ރުުޅިވެރިކަމެވެ. ފިސާރި ރީއްޗަށް ބޭޒާރު ވެއްޖެކަން ޔަގީންވި ހިނދު ޒާރާއަށް އޭނާގެ އަމިއްލަ ނަފްސަށް މަލާމަތް ކޮށްލެވުނެވެ.

“ހައު ޑެއާ ޔޫ ޒާރާ….. ހައު ޑެއާ ޔޫ……” ފަހަރަކަށް ވުރެ ފަހަރެއް ވިޝާލްގެ އަޑު ދިޔައީ ބާރުވަމުންނެވެ. ވިޝާލްގެ ލޮލުން ފެނުނު ނަފްރަތުން ޒާރާގެ ހިތް ރޯލިއެވެ. “ވިޝާލް…. އަ..އަ..އައި…. އަހަރެން އެ ގޮތަށް ކަންތައް ކުރީ……” ވާހަކަ ދެއްކުމަށް މަސައްކަތްކުރަމުން ދިޔަ ޒާރާ ސިހުނީ ވިޝާލްގެ ރުޅިވެރި އަޑު އިވުމުންނެވެ. ” ޝަޓް އަޕް…. ޖަސްޓް ޝަޓް އަޕް…… ޒާރާގެ ލަދު ކޮބާ….. ތި ހުރިހާ ކަމެއް ކޮށްފަވެސް އަހަރެންގެ ކުރިމަތީ އަނގަ ހުޅުވާކަށް ލަދެއް ނުގަނޭތަ؟…. ތިމާގެ އުފަލަަށްޓަކައި އެހެން މީހުންގެ އުފާތައް ފޭރިގަންނާނީ ހާދަ އެދުންވެރިވީމައޭ….. ތިޔަކީ އަމިއްލަ އެދުމުން ފޯވެފަ ހުރި އަންހެނެއް…. އަހަންނާ އާލާއާ ދުރުކުރުވަން ތިޔަށް ވުރެ މޮޅު ގޮތެއް ނުފެނުނީ؟…. ޝޭމް އޮން ޔޫ….. ތިއީ އަޅެ އަންހެނެއްތަ؟…” އެހެން ބުނުމަށްފަހު ވިޝާލް ޒާރާ ކޮށްޕާލިއެވެ. ޒާރާ އަންހެން ކުއްޖަކަށް ވީކަން އެއީ ހަމަ އޭނާގެ ނަސީބެވެ. އެހެންނަމަ އޭނަ ޒާރާއަށް ހަދާނެ ގޮތް ބުނެދޭންވެސް ނޭނގެއެވެ. “ވިޝާލް ޕްލީޒް އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ…. އަހަރެން އެ ގޮތަށް ކަންތައްކުރީ ވިޝާލްދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން….. ވިޝާލް އެހެން މީހަކާ އެއްކޮށް އުޅޭތަން ބަލާކަށް އަހަންނަކަށް ކެތެއް ނުވާނެ…..” ވިޝާލް ގައިގަ އޮޅުލައިގަންނަމުން ޒާރާ އެހެން ބުނުމުން ވިޝާލްގެ ރުޅި އިތުރަށް ގަދަވިއެވެ. “ލޯބި މައި ފުޓް….. ތި ކަހަލަ އަންހެނަކަށް މީހަކު ދެކެ ލޯބި ވެވޭނެތަ……. އަހަރެން ފަހަރެއްގައިވެސް ހިޔެއް ނުކުރަން ޒާރާތީ ތިހާ ދަށު ދަރަޖައިގެ މީހެއް ކަމަކަށް…… އަހަރެން މިއަދު ދެރަވޭ އާލާއަށް އެދުވަހު ވާހަކަ ދައްކަން ފުރުސަތު ނުދެވުނީމަ….. ޖަސްޓް ގެޓް އައުޓް އޮފް މައި ލައިފް… އަހަރެން ބޭނުމެއް ނޫން ދެން ކަލޭގެ މޫނު ދެކޭކަށްވެސް…” ޒާރާ ދުރަށް ޖައްސާލުމަށްފަހު އެ ކޮޓަރި ސޯފާ މަތީގައި އޮތް ފޯނު ނަގައިގެން ހިނގައިގަތް ޒާއިފް ހުއްޓުނީ އޭނާގެ ފައިބުޑަށް ޒާރާ ވެއްޓިގަތުމުންނެވެ. “ވިޝާލް ޕްލީޒް ތިހެން ނުހަދާ….. އާދޭސްކޮށްފަ މި ބުނީ…. އަހަންނަށް ވަރިހަމަ ވިޝާލް ބޭނުން އަދަބެއް އަހަންނަށް ދިނަސް…. ވިޝާލް ބުނި ކޮންމެ ކަމެއް ކުރަންވެސް އަހަރެން މިހުރީ ތައްޔާރަށް…. އެކަމް ތި ގޮތަށް ވިޝާލްގެ ދިރިއުޅުމުން އަހަރެން އެއްލާނުލާ….. ޕްލީޒް ވިޝާލް… އައި ލަވް ޔޫ އަ ލޮޓް……” ވިޝާލްގެ ފައިބުޑަށް ވެއްޓި ރޮމުން ޒާރާ ކިޔަމުން ދިޔަ އެއްވެސް އެއްޗަކުން އޭނާގެ ހިތައް އެއްވެސް އަސަރެއް ކުރިހެނެއް ހިޔެއް ނުވެއެވެެ. “އަހަރެން ބުނި ކޮންމެކަމެއް ކުރާނަންތަ؟…” ވިޝާލް އެހެން ބުނުމުން ޒާރާ އަވަސް އަވަހަށް ބޯ ޖަހާލިއެވެ. “އައި ނެވާ ވޯންޓް ޓު ސީ ޔޫ އެގެއިން އިން މައި ލައިފް…. އަހަރެން ބުނި ކޮންމެ ކަމެއް ވާނެއޭ ބުނީމެއްނު….. ސޯ ޑޫ އިޓް…” ވިޝާލް އެހެން ބުނުމަށްފަހު އެގެއިން ނުކުމެގެން ދިޔައީ ރޯން އޮތް ޒާރާއަށް ބަލާވެސްނުލައެވެ. އެ ގެއިން ނުކުމެވުމާއެކު ވިޝާލްގެ ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް އޭގެ މަގާމު ދޫކޮށްފައި ފައިބައިގަތީ އޭނާގެ އެއްވެސް އިހުތިޔާރެއް ނެތިއެވެ. އާލާއާއި ދިމާލަށް ކިޔުނު އެއްޗިހި ވިޝާލް ގެ ލޯ ކުރިމަތީގައި ސިފަވަމުން ދިޔައީ އިއްޔެ ވީ ކަމެއް ހެންނެވެ. އާލާއަށް އިތުބާރު ނުކުރެވުނުކަމަށްޓަކައި ވިޝާލް އޭނާގެ އަމިއްލަ ނަފްސު ކުއްވެރި ކުރިއެވެ. އާލާ ދެން އޭނާއަށް މާފްކުރާނެ ހެއްޔެވެ؟ އަލުން އޭނާގެ ދިރިއުޅުމަށް އާލާ އަންނާނެ ހެއްޔެވެ؟ އާލާ ނުފެންނަތާ ވީ ދުވަހެއްވެސް ބުނަން ވިޝާލްއަކަށް ނޭނގެއެވެ. އެންމެ ކުޑަމިނުން އާލާ ވީ ތަނެއްވެސް އޭނާއަކަށް ނޭނގެއެވެ. އެ ދަންވަރުގެ ވަގުތުގައި މަގުމަތީގައި އުޅޭ މީހުން ވަރަށްވެސް މަދެވެ. ދޭތެރެއަކުން ކާރެއް ނުވަތަ ސައިކަލެއް މަގުމަތިން ފެނެއެވެ. އަތުގައި އޮތް ފޯނު ރިންގް ވަމުން ދިޔަ ކަމެއްވެސް ވިޝާލްއަކަށް ނޭނގެއެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ހިތައްވަނީ އަސަރު ކޮށްފައެވެ. މަގުމަތީގައި ހުރި ފިހާރަތަކުން އެޅިފައި ހުރި ފަނޑު އަލިކަމުގެ ތެރެއިން ވިޝާލްގެ ލޮލުން ވިދަމުންދިޔަ ކަރުނަތައް ކިތަންމެހާވެސް ރީއްޗަށް ފެނެއެވެ.

ލޯ ހުޅުވާލެވުނުއިރު ޒިވާގެ ބޮލުގައި ރިހުމެއް ހުއްޓެވެ. ޒިވާ އެކި ތަންތަނަށް ނަޒަރު ހިންގަން ފެށީ މީގެ އިރުކޮޅެއް ކުރިން ވީ ކަންތައް ހަނދާނަށް އަންނަން ފެށުމުންނެވެ. އެއީ ވަރަށް އާދައިގެ ގޮތަކަށް ހަދާފައިވާ ކޮޓަރިއެކެވެ. ކޮޓަރީގެ ކަނެއްގައި މޭޒެއް ހުރި އިރު، އެ މޭޒާއި ޖެހިގެން ކުޑަ އަލަމާރިއެއްވެސް ހުއްޓެވެ. މިއިން ދުވަހަކު ސާފު ކޮށްފައި އޮތް ތަނެއް ވައްތަރެއްނުޖަހައެވެ. ޒިވާގެ ހަތަރެސްފައިވަނީ ހިރި ނުލެވޭވަރަށް ބަނދެފައެވެ. އޭނާގެ ހަތަރެސްފައި މިނިވަން ކުރުމަށް ކުރަމުން ދިޔަ މަސައްކަތް ހުއްޓުނީ ދޮރު ހުޅުވާލާފައި ވަތް މީހާ ފެނިފައެވެ. އެމީހާއާއި ދިމާލަށް ބަލަން ޒިވާއަށް އޮވެވުނީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ގަބޫލު ނުކުރެވުމުންނެވެ. އެއީ މީގެ އަހަރުތަކެއް ކުރިން އޭނާގެ ދިރިއުޅުމަށް އައި އަނިޔާވެރިޔާއެވެ. އޭނާގެ ވަކި ދަށުން ޒިވާ ސަލާމަތް ކޮށްދެވުމަށްއެދި ރެޔާއި ދުވާލު ދުޢާ ކުރި އޭނާގެ ކުރީގެ ފިރިމީހާ ޝާމްއެވެ. އިސާހިތަކު ޒިވާގެ މޫނުމައްޗަށް ފޫހިކަމާއެކު ބިރުވެރިކަން ވެރިވިއެވެ. މޫނު އަނެއްފަރާތައް އަނބުރާލީ އެ ޖަނަވާރާއި ދިމާއަށް ބަލާހިތް ނުވުމުންނެވެ.

” ހޭ ޑާލިންގް…… މަ ނޫޅެމޭ އަނިޔާކުރާކަށް…… ރީއްޗަށް މަ ބުނި ގޮތް ހެދިނަމަ މި ހަޑިއެއްވެސް ހާވާކަށް ނުޖެހުނީހެއްނު…… އަދިވެސް އެއް ޗާންސް މި ދެނީ….. ޖަސްޓް ސައިން އިޓް….. އެންޑް އައި ވިލް ލެޓް ޔޫ ގޯ…..” ޒިވާގެ އަނގަމަތީގައި އަޅާފައި އޮތް ފޮތިގަނޑާއި އޭނާގެ ދެ އަތް މިނިވަން ކޮށްދެމުން ޝާމް ވާހަކަ ދެއްކިއެވެ. އެއީ އޭނާގެ ޒިވާގެ ފަރާތުން ބޭނުންވި ހަމައެކަނި ބޭނުމެވެ. ޝާމް ލޯބިވީ ޒިވާ ދެކެއެއްނޫނެވެ. ޒިވާގެ މުދާތައް ދެކެއެވެ. ޝާމް އަބަދުވެސް ޒިވާއަށް މަޖުބޫރު ކުރަމުން ދިޔައީ ޒިވާގެ ނަންމަތީގައި ހުރި ހުރިހާ އެއްޗެއް ޝާމްގެ ނަންމައްޗަށް ބަދަލު ކުރުމަށެވެ. ޒިވާގެ އަތް މޮހާލަ ދިނުމަށްފަހު ޒިވާ ގަދަހެދުމުންވެސް ޝާމް ގަދަކަމުން އޭނާއަށް ފެން ބޯންދިނެވެ. އަނގައަށް އެޅި ފެންތައް ޒިވާ ޝާމްއާއި ދިމާލަށް ބުރުވާލުމުން ޝާމްގެ ގާތައް ރުޅިއައެވެ. އަދި އަތުގައި ހުރި ބާރެއްލާފައި ޒިވާގެ ކޯތާފަތްމަތީ ޖެހިއިރު އެއީ އަންހެނެއްކަންވެސް އޭނާ ހަނދާން ނެތްފަދައެވެ. ވީތަދުން ޒިވާއަށް ދެލޯ މަރާލިއެވެ. އެވަގުތު ޝާމް ސިކުނޑިއަށް ޝައިޠާނާ ވެރިވެގަތެވެ. ދެން ފަނުނީ ޒިވާގެ ބުރުގާ އޭނާގެ އަތަށް އޮޅާލިތަނެވެ. ޒިވާ ބިންމަތީގައި ކޭއްތެމުން ކަހަލަ ގޮތަކަށް ޝާމްއާއި ދުރަށް ދާން މަސައްކަތް ކުރަމުން ދިޔައިރު އޭނާ ދިޔައީ އޭނާގެ ދެފައި މިނިވަން ކުރުމަށްވެސް މަސައްކަތް ކުރަމުންނެވެ. އެކަން އޭނާއަށް ކާމިޔާބުވުމާއެކު އިން ތަނުން ތެދުވެ ދުއްވައިގަތެވެ. ހުށިޔާރުވެގެން ހުރި ޝާމްއަށް ހިފުނީ ޒިވާގެ ހެދުމުގެ ކަރުގައެވެ. އެ ވަގުތު އޭނާ ލައިގެން ހުރި ހެދުން ފަހަތުން ވީދައިގެންގޮސް ބުރަކަށިން ބޮޑުބައެއް ފާޅުވިއެވެ. އަދި ޒިވާގެ އިސްތަށިގަނޑުގައި ހިފައި ޝާމްއާއި ދިމާއަށް ދަމައިގަތެވެ. ވީތަދުން ޒިވާއަށް ރޮއެގަނެވުނެވެ.

އެންމެ ފުރަތަމަ ފެނުނު ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަތް ޒާއިފްއަށް ފެނުނު މަންޒަރުން އޭނާގެ ހިތް ހުއްޓުނުފަދައެވެ. އެއްވެސް ރަހުމެއް ނެތި ޒިވާއަށް އަނިޔާކުރަމުން ދިޔަ ޝާމް ފެނި ޒާއިފްގެ ލޭ ކެކިގަތެވެ. ޒިވާ ހުރި ހާލަތު ފެނި ޒާއިފްއަށް ދެލޯ މަރާލެވުނީ ބޭ އިހްތިޔާރުގައެވެ. ބަލާކަށް ނުހުރެ ޒާއިފް ފުރަތަމަވެސް ގޮސް ޝާމް ގެ ބަނޑުގައި ކޮޅުފައިން ޖެހިއެވެ. އެވަގުތު އޭނާގެ ގޮސްޖެހުނީ އެ ކޮޓަރީގެ ކަނެއްގައި ހުރި ބިއްލޫރި ކުޑަ މޭޒެއްގެ މައްޗަށެވެ. ދަނޑިވަޅު ބަލާފައި ޒިވާއަށް ޒާއިފްގެ ފޯނު އެއްލުމަށްފަހު ޒާއިފް އަނެއްކައިވެސް ޝާމްއާއި ދިމާލަށް މިސްރާބު ޖެހިއެވެ. ހިރިލަން ނުކުރޭވަރަށް ޝާމް ގައިގަ ތެޅުމަށްފަހު ޒާއިފް ދެން އަވަސްވެގަތީ ޒިވާގެ ހަށިގަނޑު ނިވާ ކޮށްދިނުމަށެވެ. އެ ކޮޓަރީގެ ކުޑަ ދޮރުތައް ކައިރި އެލުވާފައިހުރި ދޮރުފޮތިތަކުން ފޮތިގަނޑެއް ދަމައިގަތުމަށްފަހު ޒާއިފް އެ ފޮތިގަނޑުން ޒިވާގެ ހަށިގަނޑު ނިވާ ކޮށްދިނެވެ. އަދި އެ ތަނުން ނުކުތުމަށް އަވަސްވެގަތް ޒާއިފްއަށް ހަޅޭލަވައިގަނެވުނީ ކޮނޑަށްއެރި ތޫނު ތަދެއްގެ ސަބަބުންނެވެ. އެވަގުތު ޒިވާގެ ލޮލުގައި އަޅައިގަތީ ލޭ ހޭކިފައިވާ ވަޅިއެއް ހިފައިގެން ޒާއިފްގެ ފަހަތުގައި ހުރި ޝާމް ފެނިފައެވެ. ދެން ޝާމް އޭނާގެ އަތުގައި އޮތް ވަޅި އަމާޒުކޮށްލީ ޒާއިފްގެ ކަރަށެވެ. ނަމަވެސް އޭގެ ކުރިން ދެތިން ފުލުހަކު އައިސް ޝާމް ހައްޔަރު ކުރިއެވެ. ބިންމައްޗަށް ވެއްޓިފައި އޮތް ޒާއިފްފެނި  އިސާހިތަކު ޒިވާގެ ލޮލަށް ކަރުނަ ޖަމާވިއެވެ.

އަރާމު ނިންޖެއްގައި އޮތް އާލާއަށް އުނދަގޫ ކުރަމުން ދިޔަައީ ކޮޓަރިއަށް އެޅިފައިވި އިރުގެ ރަން ދޯދިތަކެވެ. ކަންނެތްކަމާއެކު ލޯ ހުޅުވާލުމަށްފަހު އާލާ ފުރަތަމަވެސް ބަލައިލީ އޭނާގެ ފޯނަށެވެ. އެއީ ކޮންމެ ދުވަހެއްގެވެސް އާދައެވެ. ވިޝާލްގެ މެސެޖަަކަށް އާލާ އިންތިޒާރު ނުކުރާ ދުވަހެއް ނުދާނެއެވެ. ނަމަވެސް ވިޝާލްގެ މެސެޖެއް އައިސް އިންތަން ފެނުމުން އާލާ އުފާވިނަމަވެސް ހިނދުކޮޅެއްގެ ތެެރޭގައި އޭނާގެ މޫނުމައްޗަށް މާޔޫސްކަން ވެރިިވިއެވެ. މިހާރު ވިޝާލް އޭނަ އެ ހޯދަނީ ކީއްކުރަން ހެއްޔެވެ؟ ކުރެވުނު ވަރު ކުޑައީބާއެވެ. މެސެޖު ބަލާލުމަށްފަހު އާލާ އެއަށް ރިޕްލައި ކުރާކަށް ނޫޅުނެވެ. އޭނަ ވިޝާލްގެ ނަންބަރު ބްލޮކް ކޮށްލީ ހިތާއި ދެކޮޅަށެވެ. ވިޝާލްއަށްޓަކައި ހިތުގައި ވި ޖަޒުބާތުތައް ހިފަހައްޓަމުން އާލާ އެގޮތަށް ކަންތައް ކުރީ ދެން ވިޝާލްއާއި ވާހަކަ ދެއްކިޔަސް ހަލާކުވާނީ އޭނާގެ ހިތްކަމަށް ވާތީއެވެ.

****ނުނިމޭ****

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

almaa2004

Level 210 Stories100 Login

Other Articles

Previous

ހާސިލް ވުމަށް އެދި ހިތް ރޮނީ 7

Next

ދުޢާ 7

Next
September 6, 2018

ދުޢާ 7

Previews
September 6, 2018

ހާސިލް ވުމަށް އެދި ހިތް ރޮނީ 7

10 Comments!

  1. naash says:
    September 6, 2018 at 10:24 am

    vv nice, maasha allah… whn nxt avahah up kohla dhechey

  2. just a reader says:
    September 6, 2018 at 10:49 am

    Haadha kurey.Avahah up kodhechey

  3. Unknown girlll. says:
    September 6, 2018 at 12:54 pm

    Mi partves reethi?? ,mee second yey keep up the good work luvya❤❤❤ keep smiling???

  4. Hudher says:
    September 6, 2018 at 1:02 pm

    Maasha allah v v v rythi mi part vx…. when next…..

  5. Huvey says:
    September 6, 2018 at 1:43 pm

    Vrh reethi?

  6. Ige Ehnnu ? says:
    September 6, 2018 at 2:30 pm

    Hama huaa ma antharees?

  7. maya says:
    September 7, 2018 at 10:48 am

    haadha reyhcheyy…avahah aneh part up kohdhehchey…waiting aalaa test kurey dhen vishaal lwbi vaa vareh..

  8. almaa2004 says:
    September 7, 2018 at 1:42 pm

    Hahaha
    Thankiu hurihaa kudhinnah❤

  9. Inaa says:
    September 7, 2018 at 9:50 pm

    Vv reethi

  10. almaa2004 says:
    September 8, 2018 at 8:17 am

    Thankiu

Comments are closed.

Next Episodeއިންތިޒާރު 14←


All Right Reserved!