Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ދުޢާ 13

hygge Level 510 Stories100 Comments100 Login500 Comments
September 14, 2018 9 Mins Read
24 Comments

އެކަމަކު ކިހިނެއް ހެއްޔެވެ؟ އެ ފޯނު ގަތުމަށް އެހާ ބައިވަރު ފައިސާ ބޭނުންވާއިރު އެ ހުރިހާ ފައިސާއެއް އާލިމާ ހޯދީ ކޮން ގޮތަކުން ބާވައެވެ؟ ދާނިޔަލްގެ ސިކުނޑިއަށް އެތިކޮޅުތަކެއް ގުޅިގެން އަންނ ފަދައިން ދެން އަންނަން ފެށީ މި ފަހަކަށް އައިސް އާލިމާ ބުރަކޮށް ކުރަމުން އައި މަސައްކަތްތަކެވެ. ކިއްލި ތަޅަން ކިތަންމެ ވަރުބަލިވެފައި އިން ނަމަވެސް އިންނަ ކަމެވެ. އެހުރިހާ ކަމެއް ހަނދާން ވީ ވަގުތު ދާނިޔަލްގެ ދެލޮލަށް ކަރުނަތަށް ބޮނޑިވެގަތެވެ. އޭނާގެ މަންމަ އެހާ ބުރަކޮށް އެ މަސައްކަތް ކުރީ އޭނާއަށް އެ ފޯނު ގަތްދިނުމަށް ހެއްޔެވެ؟ ކޮން ފަދަ މަތިވެރި މައިވަންތަކަމުގެ ލޯތްބެއް ހެއްޔެވެ؟ “ޖަޒަކިއްލާހް ޚައިރަން މަންމާ.. ވަރަށް ލޯބިވޭ މަންމަދެކެ.. ވަރަށް ވަރަށް ބޮޑަށް…” ދެލޯ މަރާލަމުން މަޑުމަޑުން ދާނިޔަލް ބުނެލިއެވެ.

އާ ދުވަހަކަށް އިރު ފެނުން ތޮޅެލި އިރު އެކި މީހުންގެ ޙަޔާތް ވަނީ އެކި ގޮތްގޮތަށް ބަދަލުވެފައެވެ. ދާނިޔަލްވެސް ފަތިސް ނަމާދުން އައިސް ޖޯލީގައި އޮތެވެ. އެހެން ދުވަސް ދުވަހާއި މިއަދު ވަރަށްވެސް ތަފާތެވެ. ހެނދުނު ސައި ހަދައިފަ އޭނާއަށް ގޮވާކަށް މަންމައެއް ނެތެވެ. ފުން ވިސްނުމެއްގައި އޮތް ދާނިޔަލް ޖޯލިފަތިން ތެދުވެގެން ގޮސް ގޭތެރެއަށް ވަނެވެ. އަދި ބަދިގެފަރާތަށް ދިޔުމަށްފަހު ބަދިގެތެރެއަށް ވަދެގެން ދިޔައެވެ. އަދިވެސް އޭނައަށް ހީވަނީ އާލިމާ ހެނދުނުގެ ސައި ކެއްކުމަށްޓަކައި ބަދިގެތެރޭގައި މަސައްކަތް ކުރަމުންދާހެންނެވެ. އޭނާއަށް ގޮވާހެންނެވެ. ދާނިޔަލް އިރުކޮޅެއް ވަންދެން ބަދިގެ ދޮރު މަތީ ހުއްޓިލައިގެން ހުރުމަށްފަހު އެތެރެއަށް ވަދެގެން ދިޔައެވެ. އެޔަށްފަހު އަމިއްލައަށް ސައިތަށްތެއް ހެދުމަށްފަހު އެ ބޯލިއެވެ. ނަމަވެސް އޭނާ އެ ބުއީ ގަދަކަމުންނެވެ. މަންމަ ހަދާހާ މިރުކޮށް އޭނާއަށް އެކައްޗެއްވެސް ހަދާކަށް ނޭނގެއެވެ.

“ދަރިފުޅާ ދާނިޔަލް.. ސައިތައްޓަށް ހަކުރު ކުޑަ އެތިކޮޅެއް އެޅީމަ މީރެއް ނުވާނެއްނު.. ކުޑަ ދެ ސަމްސާ ވަރު އަލާލަބަލަ..” ގަދަ ކަމުން ސައި ބޯން ހުރި ދާނިޔަލް ގެ ދެލޮލުން އެއިރު ކަރުނަ އަންނަން ގާތްވެފައި ވެއެވެ. “ހޫމް.. އޯކޭ މަން..” ދާނިޔަލްއަށް އުފާވެރިކަން ކުއްލިޔަކަށް ލިބުނީ އާލިމާގެ އަޑު އެ ކަންފަތުގައި ޖެހުނުހެން ހީވުމުންނެވެ. އޭނާ ހިނިތުންވެލަމުން އަވަސް އަވަހަށް ސަޔަށް ހަކުރު އެޅުމަށްފަހު ފަހަތް ބަލައިލީ މަންމަ ފެންނާނެ ކަމުގެ އުންމީދުގައެވެ. އެހެން ނަމަވެސް އެތާކު އެކަކުވެސް ނެތެވެ. ދާނިޔަލް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ލޮލުން އަންނަން ތައްޔާރުވެފައި ހުރި ކަރުނަތައް ހިންދާލިއެވެ.

ސައި ބުއިމަށްފަހު ފެންވަރާލައިގެން ތައްޔާރުވެލައިފައި ދާނިޔަލް ގެއިން ނިކުތީ އޭނާގެ ވަޒީފާއަށް ދިޔުމަށެވެ. އަރީފް މިއަދު ނަޔަސް މައްސަލައެއްނެތް ކަމުގައި ބުނުމުންވެސް ދާނިޔަލް އެގޮތް ގަބޫލު ނުކުރީއެވެ. އެއީ އޭނާ ގޭގައި ގިނައިރު ހުންނަންވެއްޖެނަމަ މަންމަ މަތިން މާބޮޑަށް ހަނދާންވެ ދެރަވެދާނެތީއެވެ. އޭނާ ހިތްވަރުގަދަވާން ބޭނުމެވެ. ހަރުދަނާ ޒުވާނަކަށް ވާން ބޭނުމެވެ. އެހެން ކަމުން ދާނިޔަލް ހިތްވަރާއެކު ކުރިޔަށް ދިޔައެވެ.

“ބޭބެ.. މިރޭ އަޅުގަނޑު ދާން ޖެހޭ ސްކޯލާޝިޕްއާއި ހަވާލުވާން..” ކާރުދުއްވަން އިނުމަށްފަހު ހިތި ހިނިތުންވުމަކާއެކު ދާނިޔަލް ބުނެލިއެވެ. އެހިނދު އަރީފް އޭނާއާއި ދިމާލަށް ބަލައިލީ ކުއްލިއަކަށެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ދާނިޔަލްއަށް ސްކޯލާޝިޕް ލިބުނު ވާހަކަ އޭނާ ނުވެސް ބުނެއެވެ. “ދާނިޔަލް.. ކޮން އިރަކު ސްކޯލާޝިޕް ލިބުނީ؟ ނުވެސް ބުނަމެއްނު..” އަރީފް ހިނިތުންވެކަމުން އަހާލިއެވެ. އެހިނދު ދާނިޔަލް ފުން ނޭވައެއް ދޫކޮށްލުމަށްފަހު ހިނިތުންވެލިއެވެ.

“އިއްޔެ ގުޅާފަ އެމީހުން ޚަބަރު ދިނީ.. އެހެންވެ ވަރަށް އުފާވި.. އެކަމާއި އުފަލުން އަވަސް އަވަހަށް ގެޔަށް ދިޔައީވެސް.. މަންމައަށް އެ ޚަބަރު ދޭން.. އެކަމަކު ގެޔަށް ދިޔައިރު.. އެ އުފާވެރި ވަގުތުކޮޅު މަންމައާއި ޙިއްސާ ނުކުރެވުނު..” ދާނިޔަލްގެ އަޑުގައި އެކުލެވިގެންވި ރިހުން އަރީފްއަށްވެސް ނަގައިގަނެވުނެވެ. އެހިނދު ދާނިޔަލްއާއިމެދު އަރީފްގެ ހިތގައި ހަމްދަރުދީ އުފެދުނީ އިންތިހާއަށެވެ. “ކެތްތެރިވޭ ދާނިޔަލް.. ހާސްނުވޭ އިނގޭ.. ބޭބެ ދާނަން ދާނިޔަލް އާއެކީ އެތަނަށް..” އަރީފް ހިނިތުންވެލަމުން ބުނެލިއެވެ. އެހިނދު ބަދަލުގައި ދާނިޔަލްވެސް ހިނިތުންވެލިއެވެ. އެޔަށްފަހު މަގުމައްޗަށް ސަމާލުކަން ދެވޭތޯ އޭނާ ބެލިއެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. އަރީފް އޮފީހުން އައިސް ގެއަށް ވަނީ ދާނިޔަލް ގެއަށް ދިޔުމުންނެވެ. ގެޔަށް ވަދެގެން ދިޔަ ގޮތަށްގޮސް އޭނާ ކޮޓަރިއަށްވަދެ ޝަޒިއްޔާ ގާތުގައި އެދުނީ މިރެއަށް ރަސްމީ ހެދުމެއް ތައްޔާރުކޮށްދީފައި ބެހެއްޓުމަށެވެ. އެހިނދު ޝަޒިއްޔާގެ ސުވާލުތަށް އޭނާއާއި ކުރިމަތިވިއެވެ. އެހެންކަމުން އެއްވެސް ދެކޮޅުހެދުމެއްނެތި އަރީފް އެއީ ޖަލްސާއަކަށް ދާން ކަމަށް ބުނެލިއެވެ. ދެން އިތުރަކަށް ޝަޒިއްޔާގެ ސުވާލެއްވެސް ނަސީބަކުން ކުރިމައްޗެއް ނުވިއެވެ.

ހަވީރު ފިންޏަށް ބުރެއް ޖަހާލުމަށްފަހު ގެއަށް އައިސް ދާނިޔަލް ފެންވަރާލައިގެން އަނެއްކާ ގެއިން ނިކުތީ މަޣްރިބް ނަމާދުގެ ވަގުތު ގާތްވަމުން ދިޔުމުންނެވެ. ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް ނަމާދެއް މަތިން ހަނދާން ނެތުމަކީ ވަރަށް ވަރަށް މަދުން ނޫނީ ދާނިޔަލްއަށް ކުރިމަތިވާ ކަމެއް ނޫނެވެ.

އަޅިކުލައިގެ ގަމީހާއި ކަޅު ފަޓުލޫނުގައި ހުރި ދާނިޔަލް ވަރަށްވެސް ފުރިހަމައެވެ. ކިތަންމެ އާދައިގެކޮށް ހުރި ނަމަވެސް އޭނާގެ ރީތިކަން އެތަށް ގުނައެއް އިތުރު ކުރުވައިފައިވެއެވެ. މިސްކިތް ކުރިމަތިން ފެންނަން ފެށުމުން ދާނިޔަލްގެ މޫނުމަތި އުޖާލާވެ އޭނާގެ މޫނުމައްޗަށް ހިނިތުންވުން ވެރިވެގެން ދިޔައެވެ. އެ ހިނިތުންވުމާއެކު ދާނިޔަލް މިސްކިތް ތެރެއަށް ވަދެގެން ދިޔއެވެ. އެޔަށްފަހު ސުންނަތް ނަމާދު ކޮށްލުމަށްފަހު ނަމާދުކުރަން ފެށުމާއި ދޭތެރޭ ވަގުތުކޮޅެއް އޮތުމުން ޤުރުއާން ކިޔަވާލުމަށްޓަކައި ދާނިޔަލް މިސްކިތުގައި އިށީންދެލިއެވެ. އޭނާގެ މޫނުމައްޗަށް އަރަމުން ދިޔަ ކުލަވަރުތަކުން ޤުރުއާނާއިމެދު އޭނާ ވިސްނަމުން ދިޔަކަން ދޭހަވެއެވެ.

ޤަމަތް ދިނުމުން ދާނިޔަލް މުސްޙަފް އޮތްތާ ބާއްވާލުމަށްފަހު ޖަމާޢަތުގައި ބައިވެރިވުމަށް އަވަސްވެގަތެވެ. ނަމާދު ފެށިގެން ދިޔައިރު ދާނިޔަލްއަށް ހުރެވުނީ އިވެމުން ދިޔަ ރީތި އަޑުގެ ވެރިޔާގެ ޤުރުއާން ކިޔެވުމަށް އަޑުއަހާށެވެ. އެހާވެސް ފުރިހަމައެވެ. މިޝަރީ ރާޝިދް އަލް ޢަފާސީގެ ރާގަށް އޭނާ ކިޔަވަމުން ދިޔައިރު މީހަކު އެތަށް އިރެއް ވާންދެން އަޑުއަހަން ހުއްޓަސް ފޫހި ނުވާނޭހާވެއެވެ. ދާނިޔަލްގެ ލޮލުން ކަރުނަ ނީރާލީ ދެން އިމާމާ ކިޔަން ފެށި އާޔަތެއްގެ ސަބަބުންނެވެ. “ތިޔަބައިމީހުން (ފިނޑިވެ) ނިކަމެތި ނުވާށެވެ! އަދި، ހިތާމަވެސް ނުކުރާށެވެ! މަތިވެރިކަން ބޮޑުވެގެންވާ ބަޔަކީ ތިޔަބައިމިހުންނެވެ. (އެއީ) ތިޔަބައިމިހުން مؤمن ން ކަމުގައި ވާނަމައެވެ.” ކިޔަވަމުން ދިޔައީ އާލް ޢިމްރާން ސޫރަތުގެ ސަތޭކަ ތިރީސް ވަނަ އާޔަތެވެ. އެ ސޫރަތަކީ ދާނިޔަލް ކޮންމެވެސް ވަރަކަށް މާނަ ދަސްކޮށްފައިވާ ސޫރަތެއް ކަމުން ވަރަށް ފަސޭހައިން އޭނާއަށް އެ އާޔަތާއިމެދު ވިސްނެމުން ދިޔައެވެ.

ދެން ކިޔަވަން ފެށި ސަތޭކަ ސާޅީސްވަނަ އާޔަތް ކިޔަވަމުން ދިޔައިރުވެސް ދާނިޔަލްގެ ލޮލުން ކަރުނަ ފޭބިއެވެ. މުސްލިމުން ހަނގުރާމަ ތަކުގައި ކެތްތެރިވިމިންވަރު ހިތަށް އެރިއެވެ. އޭގެ ދެވަނަ ސިކުންތުގައި ހިނިތުންވެލެވުނީ ޝަހީދުންނަން މާތް ﷲ ދެއްވާފައިވާ މަތިވެރި މަޤާމް ހިތަށް އެރުމުންނެވެ.

އެގޮތުގައި ނަމާދުކޮށް ނިންމުމަށްފަހު ދާނިޔަލް ދެއަތް އުފުލާލީ މަންމަ އަދި ބައްޕައަށްޓަކައި ހެޔޮ ދުޢާ ކުރުމަށެވެ. މައިންބަފައިންނަށްތަކައި ހެޔޮ ދުޢާ ކުރަމުން ދިޔައިރު ދާނިޔަލްގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. އެއީ މިހާރު އޭނާގެ އަބަދުގެވެސް އާދައެވެ. ކޮންމެ ނަމާދަކަށްފަހު ދާނިޔަލް އޭނާގެ މައިންބަފައިންނަށްޓަކައި ހެޔޮ ދުޢާ ކުރެއެވެ. ކުރިއްސުރެވެސް އޭނާ މައިންބަފައިންނަށް ހެޔޮ ދުޢާ ކުރެއެވެ. ނަމަވެސް މިހާރު މަންމައާއި ބައްޕައާއި ދެމީހުން އޭނާއާއި ދުރުގައި ވުމުން އެކަމަށް މާބޮޑަށް ސަމާލުކަން ދެވެއެވެ.

ދުޢާ ކޮށް ޛިކުރުކޮށް ނިމުމުން ދާނިޔަލް ގޮސް އަނެއްކާވެސް މުސްޙަފު ނެގުމަށްފަހު އެއިރު ބޭއްވިތަނުން އަނެއްކާވެސް ކިޔެވުން ކުރިޔަށް ގެންދިޔައެވެ. އޭނާ ދެން ގެޔަށް ދާނީ އިޝާ ނަމާދު ކޮށްގެންނެވެ.

“އާލާ.. ދަރިފުޅާ އަވަހަށް ފޮތް ކިޔަން ފަށާ ދެން.. މިހާރު އިނދެވިއްޖެޔެއްނު ތިހެން.. ޓެސްޓް ފެށެން ތިން ދުވަހަށް ވި މިހާރު.. ދެން ޖެހޭނެ ވަރަށް ގަދަޔަށް ފޮތް ކިޔަން..” އާލާގެ ކޮޓަރިއަށް ބޯ ދިއްކޮށްލުމަށްފަހު އެނދުގައި ފޯނާއި ކުޅެން އޮތް އާލާ ފެނި ޝަޒިއްޔާ ބުނެލިއެވެ. އެހިނދު ހިތާއި ދެކޮޅަށްނަމަވެސް އާލާ އެނދުން ތެދުވެލިއެވެ. އަދި ފޮތް ހަރުގަނޑު ކައިރިއަށް ދިޔުމަށްފަހު ބައޮލޮޖީ ފޮތް ހިފައިގެން އައިސް ސޯފާއަށް އަރާ ހަމަޖެހިލިއެވެ. އޭގެ ދެވަނަ ސިކުންތުގައި އާލާ ފޮތްކިޔަން ފެށިއެވެ.

ވަގުތުތައް ފާއިތުވަމުން ގޮސް ދާނިޔަލް ޖަލްސާއަށް ދާންޖެހޭ ވަގުތުވެސް އައިސް ޖެހުއްޖެއެވެ. މިރޭ އަރީފް އޭނާ ބަލައި އަންނާނެ ކަމުގައި ބުނުމުން ދާނިޔަލް ތައްޔާރުވެލައިގެން ހުއްޓެވެ. ހުދު ގަމީހާއި ކަޅު ފަޓިލޫނުގައި ދާނިޔަލް ވަރަށްވެސް ފުރިހަމައެވެ. ކަޅު ބޫޓަށް އަރައިފައި ވުމާއެކު ކަޅުކަންގަދަ އިސްތަށިގަނޑު ރީތިކޮށް އެއްފަރާތަކަށް ފުނާއަޅާލައިފައިވުމުން ފެންނަލެއް ނުހަނު ފުރިހަމައެވެ. އަރީފް އައިސް ދާނިޔަލް މެން ގެއަށް ވަނުމުން ދާނިޔަލް ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު އަރީފް އާއެކު އެގެއިން ނިކުތެވެ. މިރޭ އޭނާ އެ ދަނީ އާލިމާ ކުރި ބުރަ މަސައްކަތުން ދާނިޔަލްއަށް ހޯދައިދިން ފޯނު ހިފައިގެންނެވެ. ފުރަތަމަ ފަހަރަށް މިރޭ އޭނާ އެފޯނު އެ ބޭނުން ކުރަނީއެވެ. އެހެން ކަމުން ދާނިޔަލް ހުރީ ހިސާބަކަށް އުފާވެފަވެސް މެއެވެ.

ވަގުތުތައް ފަހަނަ އަޅާ ގޮސް ޖަލްސާވެސް ފެށިގެންދިޔައެވެ. ދާނިޔަލްވެސް ކެތްތެރިކަމާއެކު އިންތިޒާރު ކުރަމުން ދިޔައެވެ. އެންމެ ފަހުން މިނެޓުތައް ހިނގަމުން ގޮސް އޭނާގެ އިންތިޒާރުގެ ވަގުތުތައްވެސް ނިމުނީއެވެ. ކުއްޖަކަށްފަހު ކުއްޖެއްގެ ނަން ގޮވަމުން ދިޔައެވެ. ދާނިޔަލްގެ ނަން ގޮވުމާއެކު އޭނާވެސް ނޭވާ ހިފަހައްޓާލުމަށްފަހު ގޮނޑިން ތެދުވެގެން ހިނގައިގަތެވެ. އެޔަށްފަހު ގޮސް ސްކޯލާޝިޕާއި ޙަވާލުވިއެވެ. އެއިރު އެ ޙަފްލާ ދިޔައީ ޓީވީއިން ލައިވް ކޮށް ދައްކަމުންނެވެ.

ދާނިޔަލް ސްކޯލާޝިޕާއި ހަވާލުވާން ދިޔަ އިރު އަރީފް އިނީ ހިނިތުންވެލައިފައެވެ. ޙަޤީގަތުގައިވެސް ދާނިޔަލްއަށްޓަކައި އޭނާ ހުރީ ވަރަށް އުފަލުންނެވެ. ދާނިޔަލް އައިސް ގޮނޑީގައި އިށީނދެލުމަށްފަހު ހިތާހިތުން ﷲއަށް ޙަމްދުކޮށްލީ އޭނާއަށް މިންވަރުކޮށްދެއްވި ނިޢުމަތަށްޓަކައި ޝުކުރުވެރިވާ ހާލުގައެވެ.

“މަރުހަބާ ދާނިޔަލް.. މަރުޙަބާ..” ޖަލްސާ ނިމުމުން އަރީފްއާއި ދާނިޔަލް ދިމާވި ވަގުތު އަރީފް ދާނިޔަލް ގައިގައި ކުޑަކޮށް ބައްދާލަމުން ބުނެލިއެވެ. އޭނާ ހީވަނީ އުފަން ދަރިއަކަށް ކާމިޔާބު ލިބިގެން އުޅޭ ހެންނެވެ. ދާނިޔަލްވެސް ހިނިތުންވެލުމަށްފަހު އަރީފްއަށް ޝުކުރު އަދާކޮށްލިއެވެ. ދެމީހުން މަޑު ހިނގުމެއްގައި ކާރާއި ދިމާލަށް ހިނގަމުން ދިޔައިރު ދިޔައީ ވާހަކަ ދައްކަމުންނެވެ. އެޔަށްފަހު ކާރަށް އެރައިފައި އަރީފް ކާރު ދުއއްވާލިއެވެ. އޭނާ މިރޭ ހަމަ ގަސްދުގައި ދާނިޔަލް އަށް އެ ފުރުސަތު ނުދިނީއެވެ.

“ވަރަށް ބޮޑަށް ޝުކުރިއްޔާ ބޭބެ ޖަލްސާއަށް ގޮސްދިނީތީ..” ދާނިޔަލް މެން ގޭ ދޮރުމައްޗަށް ކާރު މަޑުކޮށްލި ވަގުތު ދާނިޔަލް ރީތި ހިނިތުންވުމަކާއެކު އަރީފްއަށް ބުނެލިއެވެ. އެހިނދު އަރީފް އެއީ ކަމެއް ނޫނޭ ބުނެލިއެވެ. “ދެން ތިގޭގަ ދާނިޔަލް އުޅޭނީ ކުޑަ ދުވަސްކޮޅަކު.. އިން ޝާ ﷲ ވަރަށް އަވަހަށް ދާނިޔަލްގެ ހުވަފެންތައް ޙަޤީގަތަކަށް ހެދުމަށޤޓަކައި ބޭރަށް ދާން ދާނިޔަލް ފުރާނެ.. ސްކޯލާޝިޕްވެސް ލިބުނީނު.. ދެން ހުރި ހުރިހާ ކަމަކަށް ބޭބެ އެހީތެރިވެދޭނަން އިރާދަކުރެއްވިއްޔާ..” ދާނިޔަލް ކާރުން ފައިބަން އުޅުނު ވަގުތު އަރީފް ބުނެލިއެވެ. އެހިނދު އަރިފްއާއި ދިމާލަށް ދާނިޔަލްއަށް ބަލައިލެވުނީ ކުއްލިއަކަށެވެ. އަދި އެޔަށްފަހު އެކަމަށް އިންކާރު ކުރަން އުޅުނެވެ. “ބޭބެއަށޓަކައި އެވަރުކަމެއް ދާނިޔަލްއަށ ކޮށްދޭން ނުކެރޭނެތަ؟” އަރީފް މާޔޫސްވާކަމަށް ހަދާލައިފައި ބުނެލއެވެ. އެހިނދު ދާނިޔަލްއަށް ގޮތް ހުސްވިއެވެ. އެހެން ކަމުން އެއްބަސްވީ ހަތިޔާރު ބެހެއްޓުމަށްފަހުއެވެ.

އާ ދުވަހަކަށް އިރު އަރައިފިއެވެ. ސްކޫލަށް ދާން ތައްޔާރުވާން ހުރި އާލާ ދެފަހަރުން އެއްފަހަރު ހުންނަނީ ފޮތެއް ހިފައިގެންނެވެ. މިއަދު ޓެސްޓް އޮންނާތީ އޭނާ އެއުޅެނީ ހަމަ ލައިނުގަނެގެންނެވެ. ހިތް ނުތަނަވަސްވެފައި ވާއިރު އާލާގެ ބަނޑުގައިވެސް ކޮންމެވެސް ވަރަކަސް ރިއްސާހެން އޭނާއަށް ހީވެއެވެ. ޓެސްޓެއް އޮންނަންނާ އޭނާގެ ޙާލަކީ އެއީއެވެ. އަނގަ ހަލުވިކޮށް ފޮތް ކިޔަމުން ދިޔައިރު އޭނާ ދޭތެރެއަކުން ބިންމަތީގައި ފައިން ޖަހާލވެސްލައެވެ. ނޫނީ ފުންމާލަފާނެއެވެ. އޭޏާ އުޅޭ ގޮތުން ހީވަނީ ފިލާވަޅު ދަސްނުވެގެން އުޅޭ ކުއްޖެއް ހެންނެވެ. ނަމަވެސް ޙަޤިގަތުގައި އޭނާއަށް ވަނީ ދަސްވެފައެވެ. އެހެން ނަމަވެސް އަންނަ ބައި އެއްކޮށް މިވަގުތު ކިޔާނުލައި އާލަގެ ހިތް ހަމަ ނުޖެހެނީއެވެ.

“އާލާ ދަރިފުޅާ.. އަދިވެސް ތައްޔާރު ނުވެވޭތަ؟ ސައިބޯން އާދޭ އަވަހަށް.. ސައިބޮއެގެން ޓެސްޓަށް ދާން ވާނީ..” ޝަޒިއްޔާ އައިސް އާލާ ގާތު ބުނެލިއެވެ. އެހިނދު އާލާ މިހާރު މި ނިމެނީ ކަމަށް ބުނެ ބޮލަށް ޕިނެއް ޖަހާލުމަށްފަހު ޓެސްޓަށް ގެންދަން ބޭނުންވާ ސާމާނުތަށް ހިފައިގެން ޝަޒިއްޔާ އާއި އެކު ކޮޓަރިން ނިކުތެވެ.

ފޮނިވެލައިފައި ނިކަން ކެރޭ މީހަކަށް ވެގެން އުޅުނު ނަމަވެސް ކަމެއް ޖެހުމުން އާލާއަކީ ނިކަން ފިނޑި ކުއްޖެކެވެ. އެހާ ހިތްވެސް ބައެއްފަހަރަށް ބަލިވާނެއެވެ. ނަމަވެސް އެކަން އޭނާ އަމިއްލައަށް ޤަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ. “އަނހަ.. ދަރިފުޅު ޓެސްޓް ފެށެނީ ދޯ މިއަދު..” އާލާ ސައިބޯން އައުމުން އަރީފް ހިތްހެޔޮ ކަމާއެކު ބުނެލިއެވެ. އެހިނދު އާލާ ލައްބައޭ ބުނެލީ ހިނިތުންވަމުންނެވެ.

“ބައްޕަ މިއަދު އޮފީހަށް ނުދަނީތަ؟” އަނެއްކާވެސް އާލާ ސުވާލު ކޮށްލީ އަރީފް މާ ނުރަސްމީކޮށް ހުރުމުންނެވެ. “އާން.. މިއަދު ބައްޕަ ސަލާމް ބުނެފަ މިހުރީ.. ކުޑަކޮށް ބޮލުގަ ރިއްސާތިވެ..” އަރީފް ބުނެލިއެވެ. “އާން އެހެންނު ވާނީ.. ދުނިޔެ މަތީގެ އެންމެންގެ ޒިންމާ ނަގަން ވޭ ވިއްޔަ ނުވާ އިރުވެސް..” ޝަޒިއްޔާ ލޯ އަޅާލަމުން ނުރުހިފައި ބުނެލިއެވެ. އޭނާ އެބުނީ ދާނިޔަލްގެ ވާހަކައެވެ. ސްކޯލާޝިޕް ލިބިގެން ދާނިޔަލް ދާ ވާހަކަ ބުނުމުންވެސް ޝަޒިއްޔާ ހީކުރީ އަރީފް އޭނާއަށް އޮޅުވާލައިގެން އަރީފްގެ އަމިއްލަ ޚަރަދުގައި ދާނިޔަލް ކިޔަވަން ފޮނުވަނީކަމަށެވެ. ނަމަވެސް އެއިން ކަމެއް އާލާއަކަށް ނޭނގެއެވެ.

އަރީފް ޝަޒިއްޔާއަށް ބަލައިލުމުން ތުން އަނބުރާލުމަށްފަހު ޝަޒިއްޔާ އެތަނުން ދިޔައެވެ. “މިއަދު އެހެން ވީމަ ދޭ އިނގޭ ކާރުގަ.. ދާނިޔަލް އަންނާނެ.. ބައްޕަ ހަނދާން ނެތުނީ އޭނާ ކައިރީގަ ބުނަން މިއަދު ބައްޕަ އޮފީހަށް ނުދާ ވާހަކަ..” އަރީފް ކެއުމައިގެން މަސްއޫލުވަމުން ބުނެލިއެވެ. އެހިނދު އާލާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކާން އިން އެތިކޮޅުވެސް ތަށީގައި ބާއްވާލެވުނެވެ. އެ ނިކަމެތި ކުއްޖާއާއެކު ދާން ވީ އޭނާ ހެއްޔެވެ؟ އެ ދާނިޔަލް އާ އެކުހެއްޔެވެ؟ އާލާގެ ހިތް ނަފްރަތާއި ޝަކުވާއިން ފުރެމުން ދިޔައެވެ. އޭނާގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތަށް އަރީފްއަށް ނުފެނުނީ އޭނާ ކާން އިނުމުންނެވެ.

އަރީފް ފަހަތުން މޮޅުވެރިކަމާއެކު އާލާ ނިކުތީ ދާނިޔަލް އާއެކު ދާން ޖެހޭތީއެވެ. ބައްޕަގެ އެދުމެއް ކަމުން އޭނާއަކަށް ހަމަ ހިލާ ދެކޮޅު ހަދާކަށް ނުކެރޭނެއެވެ. “އެޔޮށް އައީނު.. މިހާރު ގަޑި ޖެހެނީ އެޔޮށް.. ދޭ އަވަހަށް..” އަރީފް ގޭ ދޮރުމަތީގައި ހުރި ދާނިޔަލް ފެނި ބުނެލިއެވެ. އެހިނދު އަރީފް އަށް ނުފެންނަ ގޮތަށް މޫނަށް ވައްތަރެއް ޖައްސާލުމަށްފަހު އާލާ އެދިމާލަށް ދިޔައެވެ. ވައިސޫރިއެއްހެން ދިޔަ ގޮތަށް ގޮސް ކާރަށް އެރުމަށްފަހު ބަން ލައިފައި އާލާ އޭގެ ދޮރުޖެހިއެވެ. ގޭ ދޮރުމަތީގައި ހުރި ދާނިޔަލް ހުރީ އާލާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ވާނުވާ ނޭނގިފައެވެ.

“ބޭބެ މިއަދު އޮފީހަށް ނުދަން ކުޑަކޮށް ބޮލުގަ ރިއްސާތީވެ.. އެހެންވެ އަނެއްކޮޅުން އާލާ ޓެސްޓް އޮންނާތީއާ އެއްކޮށް ކާރުގަ މި ފޮނުވަނީ.. ދޭ އޭނާ ސްކޫލަށް ލާން..” އަރީފް ހިތްހެޔޮ ކަމާއެކު ބުނެލިއެވެ. “ޝަފާކައްﷲ ޚައިރް..” އަރީފްއަށް އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވުމަށް އެދުމަށްފަހު ދާނިޔަލް އެގެއިން ނިކުމެގެން އައެވެ. އެޔަށްފަހު ގޯތިތެރޭގައި އޮތް ވޯކްވޭގައި ބާއްވާފައި އޮތް ކާރާއި ދިމާލަށް މިސްރާބު ޖެހިއެވެ. އަދި މަޑުމަޑުން ކާރުގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ.

އާލާއަށް ބަލައިލުމެއްވެސް ނެތި ދާނިޔަލް ޑްރައިވަރު ސީޓުގައި ހަމަޖެހިލިއެވެ. އެޔަށްފަހު މަޑުމަޑުން ކާރު ގޭގެ ގޯތި ތެރެއިން މަގަށް ނެރުމަށްފަހު ދުއްވާލިއެވެ. ދާނިޔަލްގެ ޢަމަލުތައް ހުރިގޮތުން އާލާ އިނީ ހައިރާންވެފައެވެ. އޭނާއަށް އެންމެ ފަހަރަކުވެސް ބަލައި ނުލައެވެ. ނުވިތާކަށް އަނގައިންވެސް ނުބުންޏެވެ. ދާނިޔަލްގެ ފޮނިކަމާހުރެ އާލާ އިނީ ހިތާހިތުން އޭނާއާއި ދިމާލަށް އެއްޗެހި ގޮވާލަ ގޮވާލާއެވެ.

މުޅި ކާރުތެރެއަށް ވެރިވެފައިވަނީ ހަމަހިމޭން ކަމެވެ. އެ ހަމަހިމޭންކަމުގެ ތެރޭގައި ކާރު ދުއްވާލައިފައި ގޮސް ދާނިޔަލް މަޑުކޮށްލީ އާލާގެ ސްކޫލް ކުރިމައްޗަށެވެ. އާލާ އެއްވެސް އެއްޗެކޭ ނުބުނެ ކާރުން ފޭބުމަށްފަހު ގޭޓާއި ދިމާލަށް ހިނގައިގަތެވެ. އާލާ ނިކުތުމުން ދާނިޔަލް ހަމަޖެހުމުގެ ނޭވައެއް ލިޔެވެ. ހީވީ އެތަށް އިރެއް ވާންދެން ނޭވަ ނުލައި އިނދެފައި ކުއްލިޔަކަށް ނޭވާ ދޫކޮށްލި ހެންނެވެ. ފަނަރަ މިނެޓުގެ އެ ދަތުރުގައި ދާނިޔަލް އިނީ ފެށުނީއްސުރެ ކެތްތެރިކަން ދެއްވުން އެދި ﷲގެ ހަޟްރަތުގައި ދުޢާ ކޮށްލަ ކޮށްލާއެވެ. އޭނާ ކެތްތެރިވަމުން ދިޔައީ ހިތްވަރާއެކުއެވެ. ހުރިހާ ކަމާއި ކުރިމަތިލަމުން ދިޔައީވެސް ހިތްވަރާއެކުއެވެ. އެހެން ވީމާ އެކަމާވެސް ކުރިމަތިލެވޭނެ ކަމަށް ނިންމުމަށްފަހު ކެތްތެރިވެލައިގެން ދާނިޔަލް އިނީއެވެ.

ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުން ދެއެވެ. ދާނިޔަލްއަށް ދޭތެރެ ދޭތެރެއިން އާލާގެ ޖެއްސުންތަކާއި ކުރިމަތިލާން ޖެހޭއިރު ޝަޒިއްޔާގެ ނުރުހުމުގެ ބަހެއް ރައްދުނުވާ ދުވަހެއް ނުދެއެވެ. މިހާރު އޭނާ ހިތްޕުޅާވާ ގޮތަށް ދާނިޔަލްއަށް އެއްކަމެއްވެސް ކުރެވޭ ކަމަކަށް ނުވެއެވެ. ނަމަވެސް ހިތްވަރާއެކު އެހުރި ގަދަ ޢަޒުމުގައި ދާނިޔަލް ކުރިޔަށް ދިޔައީއެވެ. އެއީ އާލާ އެންމެ ރުޅިގަދަވާ އެއްކަމެވެ. ނަމަވެސް ތަޤުދީރުގައި ވަނީ ކީކޭކަމެއް އިނގޭނީ ފަހެ ކާކަށް ހެއްޔެވެ؟

“މިއީ މިގެއަށް ގެނައި އާ ޑްރައިވަރ..” އަރީފް ގެއަށް ވަދެގެން އައީ ބޭރު މީހެއް ގޮވައިގެންނެވެ. ބަލާބެލުމަށް އޭނާއަކީ ތިރީހުގެ އަހަރުތަށް ގުނަމުންދާ މީހެކެވެ. ތުނި އިސްތަށިގަނޑަކާއި އާދައިގެ އިސްކޮޅެއްގެ ވެރި މީހެކެވެ. ހުދު ގަމީހަކާއި އަޅި ފަޓުލޫނެއް އޭނާ ލައިގެން ހުރި އިރު ކަޅުކުލައިގެ ދަބަހެއް ކޮނޑުގައި އޮތެވެ. “މިއީ ސުނިލް.. ސުނިލް މިއީ އަހަރެންގެ އަންހެނުން.. ދެން އެހެރީ ދަރިފުޅު..” ސިޓިންގް ރޫމުގައި ސޯފާގައި ތިބި ޝަޒިއްޔާ އާއި އާލާ ތިބީ އެއިރު ކޮޅަށް ތެދުވެގެންނެވެ. އެހެންކަމުން އަރީފް އެމީހުންނަށް ސުނިލް ތަޢާރަފްކޮށްދިނެވެ.

“ޔޭ.. ދާނިޔަލް ހަމަ އަސްލުވެސް ދިޔައީތަ؟” އާލާ މަޑުމަޑުން ބުނެލީ ދާނިޔަލް ދިޔުމުން އުފާވީ ވަރުންނެވެ. އޭނާއަށް ނޭނގުނު ކަމަކީ އެ އަޑު އެހެން މީހަކަށްވެސް އިވުނު ކަމެވެ. “އާލާގެ ބައްޕަ އޭނާ ހުރުމުގެ ހުރިހާ ޚަރަދެއް ދީފަ ރަޝިޔާއަށް ކިޔަވަން ފޮނުވާކަށްނު އެއުޅެނީ.. ސްކޯލާޝިޕެއް ލިބުނޯ.. ދެން ނޭނގެ މަށަކަށް.. އަހަންނަކަށް ނޭނގެ އެކުއްޖާ މަގޭ އަރީފަށް ކޮން ފަންޑިތައެއް ކަމެއްވެސް ހެދީ..” ޝަޒިއްޔާ މަޑުމަޑުން ނަމަވެސް ރުޅި އައިސްފައި ހުރެ ބުނެލިއެވެ.

އޭނާ ޤަބޫލު ކުރާގޮތުގައި ސްކޯލާޝިޕް ލިބުނު ވާހަކަ އެއީ އަރީފް އޭނާގެ ލޮލުގައި އެޅެވު އަނދުނެކެވެ. އެ ވާހަކަ އެއީ ތެދެއް ކަމަށް އޭނާ ޤަބޫލު ކުރާކަށް ބޭނުމެއް ނުވެއެވެ. އެހެން ކަމުން ހީވާގޮތަށް ވާހަކަ ހަމަޖައްސާލީއެވެ. ޝަޒިއްޔާ ވާހަކަ ދައްކާ ނިމުނު ހިނދު އާލާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ބައްޕަ ދާނިޔަލްއަށް ހަމަ އެހާ ހެޔޮ ހެއްޔެވެ؟ މިވީގޮތުން ދާނިޔަލްއަށް މައްޗަށް ކިޔެވޭ ގޮތްވެސް ވީއެވެ. އޭނާ އެހެން ހުއްޓާ އެ ނިކަމެތި ސޮރަށް ކުރިއަރައި ދެވެނީއެވެ. އޭނާއަށް ދެން ދާނިޔަލްއަށް އުނދަގުލެއްވެސް ކޮށް ނުލެވޭނެއެވެ.

އާލާގެ ހިތުގައި ހައިޖާނުގަނޑެއް އުފެދިފައިވެއެވެ. އެހެންކަމުން އެތާ އެންމެ ހިނދުކޮޅަކަށްވެސް ނުހުރެ އަވަސް އަވަހަށް ކޮޓަރިއަށް ދާން ކަމަށްބުނެ އުނދަގުލުން ހިނިތުންވެލުމަށްފަހު ދިޔައެވެ.

ގޭގައި ދަބަހަކަށް ހެދުންތައް އަޅަން ހުރި ދާނިޔަލް ހުރީ ކޮންމެވެސް ވަރަކަށް ހިތް އަވަސް ވެފައެވެ. ފުރަތަމަ ފަހަރަށް ރަށުން ބޭރަށް ދާތީ އޭނާގެ ހިތް ވަނީ ނުތަނަވަސްވެފައެވެ. އަދި އެއީވެސް ޤައުމުން ބޭރަށެވެ. މި ދިވެހި ފަސްގަނޑާއި އެތަކެއް މޭލު ދުރަށެވެ. ނަމަވެސް އެއީ އޭނާގެ ހުވަފެންތަށް ޙަޤީގަތަކަށް ހެދުމަށްޓަކައެވެ. މަންމަގެވެސް އެދުން ފުރިހަމަ ކޮށްދިނުމަށްޓަކައި ދާނިޔަލްއަށް އެކަން ކޮންމެހެންވެސް ކުރަން ޖެހެއެވެ.

ފޮށްޓަށް ހެދުންތައް އަޅާން ހުރުމަށްފަހު ދާނިޔަލް އަލަމާރިއާއި ދިމާލަށް ހިނގައިގަތީ ދެންވެސް ހުރި ބައެއް އެއްޗެހި އެއިން ނެގުމަށްތަކައެވެ. އެހެންކަމުން އަލަމާރީގެ ދޮރު ހުޅުވާލިއެވެ. ބައެއް ރީތިވާ ސާމާނުތައް އެބައިގައި ހުރި އިރު އެ ހުރިހާ އެއްޗެހީގެ ތެރެއިންވެސް ދާނިޔަލްގެ ލޮލުގައި އެވަގުތު އަޅައިގަތީ އޭނާ ހަނދާނަށް ބަހައްޓަން ބޭނުންވާ އެއްޗެހި އަޅައިފަ ހުންނަ ކުޑަ ފިލާ ފޮށިގަނޑެވެ. ދާނިޔަލްގެ މޫނުމައްޗަށް އެ ފޮށިގަނޑު ފެނުމުން އުޖާލާކަން ވެރިވީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. އެ ފޮށި ނެގުމަށްފަހު ދެންވެސް ހުރި ބައެއް ފޮތްތަކާއި އެއްޗެހި ދާނިޔަލް އޭނާގެ ފޮށްޓަށް އެޅުމަށްޓަކައި ނެގިއެވެ. ކުޑަ ފޮށި ފިޔަވާ ހުރިހާ އެއްޗެއް ފޮށްޓަށް އެޅުމަށްފަހު ދާނިޔަލް އެ ކުޑަ ފޮށިތެރެ ބަލައިލުމަށް އަވަސްވެގަތީ އޭތި ބެލުމަށް ހިތުގައި އޮތް ޝައުޤުވެރިކަމެއްގެ ބޮޑުކަމުންނެވެ.

ދާނިޔަލް އަތަށް ފޮށި ނެގުމަށްފަހު އެތެރެ ހުޅުވަން ދިމާކޮށްލިތަނާ އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. އެހިނދު އޭނާ އަވަސް އަވަހަށް ފޯނު ނެގުމަށްފަހު ކަންފަތުގައި ޖައްސާލިއެވެ. “ކޮބާ؟ ބޭބެ އައިސް މިހުރީ..” ގުޅީ އަރިފް އެވެ. އެހެންކަމުން ދާނިޔަލް އަވަސް އަވަހަށް އެ ފޮށި އޭނާގެ ފޮށިތެރެއަށް ލުމަށްފަހު ޒިބު ދަމާލައިފައި އެ ހިފައިގެން ކޮޓަރިން ނިކުތެވެ. އެއިރު ގޭގެ ދޮރުމަތިގައި އަރީފް ހެވިލައިފައި ހުއްޓެވެ.

ދާނިޔަލް ފޮށި ދަމަމުން ގެއިން ނިކުތުމަށްފަހު އަދި އެއްފަހަރު އެނބުރިލައިފައި ފަހަތަށް ބަލައިލި އެ ގެ ދޫކޮށްފައި އެ ދަނީ ވަރަށް ދުރަށް ކަމުގައިވާތީއެވެ. އޭނާގެ ހުރިހާ އުފަލަކާއި ހިތާމަވެރި ހަނދާންތަކެއް ވަނީ އެގެއާއި ގުޅި ލާމެހިފައެވެ. ދާނިޔަލް އިރުކޮޅެއް ވާންދެން އެހެން ހުރުމަށްފަހު އަރީފް ފަހަތުން ގޭގެ ދޮރޯށި ހުޅުވާލުމަށްފަހު ބޭރަށް ނިކުތެވެ. އެޔަށްފަހު ކާރުގެ ޑިކީތެރެއަށް ފޮށި ލުމަށްފަހު އައިސް އަރީފް އާއި ދެމީހުން ކާރަށް އެރިއެވެ.

ރޭގަނޑުގެ ވަގުތު ނަމަވެސް މާލެތެރޭގައި ވަނީ ހަމަހިމޭންކަމެއް ނޫނެވެ. މަގުތަށް ހަލަބޮލިވެފައި ވާއިރު ސައިކަލުގެ އަޑުތަކާއި ކާރުގެ އަޑުތަކާއެކު އެ އެއްޗެހީގެ ބަރުގޮނު ތަކުގެ އަޑުން މުޅި ތަން ވަނީ ގުގުމާލައިފައެވެ. އަރީފް އާއި ދާނިޔަލްވެސް ވަރަށް ހާލުން ކާރު ދުއްވަމުން ދިޔައީ މަގުތައް ތޮށްޖެހިފައިވާލެއް ބޮޑުކަމުންނެވެ.

މަންޒިލަށް އާދެވުމުން ކާރު ޕާކުކޮށްލުމަށްފަހު ދެމީހުން އައިސް ފެރީ އަށް އެރުމަށްޓަކައި ޓިކެޓު ނެގިއެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ހުޅުލެއަށް ދާން އޮތް ފެރީއަށް ދެމިހުން އެރިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފެރީ ނައްޓާލިއެވެ. ޖެހެމުން ދިޔަ ފިނިފިނި ވައިރޯޅިތަށް އެއްވެސް ހުރަހަކާއި ނުލައި ދާނިޔަލްގެ މޫނުގައި ބޮސްދެމުން ދިޔައެވެ. އެ ފަން އިސްތަށިގަނޑުގެ ބައެއް އިސްތަށިތައް އެކި ގޮތްގޮތަށް ހުރި އިރު ދާނިޔަލްގެ ދެލޯ ކުޑަވެފައި ވަނީ ޖެހެމުން ދިޔަ ވަޔަށް ކެތްނުކުރެވިގެންނެވެ.

ފަސް ވަރަކަށް މިނެޓުގެ ކުރު ދަތުރަކަށްފަހު ފެރީ ހުޅުލެއަށް އާދެވިއްޖެއެވެ. ދާނިޔަލް އާއި އަރީފްވެސް ފެރީއިން ފޭބުމަށްފަހު ޓްރޮލީއަކަށް ދަނިޔަލްގެ ސާމާނުތަށް އަޅައިގެން އެ ދުއްވައިފައި އެއާޕޯޓު ތެރެއަށް ވަދެގެން ދިޔައެވެ. ތަންކޮޅަކަށް ދެވުނު ތަނާ އަރީފް ދިއްކޮށްލީ ސިޓީ އުރައެކެވެ. އެ ކޮންމެވެސް ވަރަކަށް އުފުލިފައި ވެއެވެ. ދާނިޔަލް ދެބުމަ ގާތްކޮށްލަމުން ކޮންޗެއްހޭ އަހާލިއެވެ. އެހިނދު އަރީފް އޭގާއި ހިފުމަށް ދާނިޔަލް ގާތު އެދުނެވެ. އެހެން ކަމުން އަރިފް ވެސް ދޫ ނުދޭނެތީ ދަނިޔަލް އޭގައި ހިފިއެވެ. އެޔަށްފަހު ސިޓީއުރަ ހުލުވާލުމަށްފަހު އެތެރެ ބަލައިލިއެވެ. އެހިނދު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެ ސިޓީ އުރަތެރޭ އޮތީ ބޯ ޑޮލަރު ބޮނޑިއެކެވެ.

“އެތާ ހުންނަ އިރު އަމިއްލަ ޚަރަދު ކުރަން ޖެހޭނެއްނު.. ބޭބެ ކޮންމެ މަހަކުވެސް ދާނިޔަލް އަށް ރުފިޔާ ލިބޭނެ ގޮތް ހަމަޖައްސާނަން.. ދާނިޔަލް ތި ދަނި ކިޔަވަން.. އެހެން ވީމަ އަދި ދާނިޔަލް އަށް ވަޒިފާ އަދާނުކުރެވޭނެ.. މިއީ ބޭބެގެ ނިންމުން.. ދާނިޔަލް ޖެހޭނީ މި އަހަރުތަކުގަ ހަމަ ކިޔަވަން.. ކިޔަވާ ނިންމުމަށްފަހު ނޫނި ވަޒީފާއަކަށް ނުދާތި.. އެއިރަށް ކިޔެވުމަށްވެސް ބުރޫ ނާރާނީ..” އަރީފް ނަސޭޙަތްދެމުން ދިޔައީ އަމިއްލަ ދަރިއަކަށްވެސް ނަސޭޙަތް ދޭނެހާ ލޯބިންނެވެ.

ދާނިޔަލްގެ ލޮލުން ކަރުނަ ނީރާލީ އިޚްތިޔާރުން ބޭރުގައެވެ. އެތަން ފެނި އަރީފް ދާނިޔަލް ގައިގައި ބައްދާލިއެވެ. ދާނިޔަލްވެސް އުފަލާއެކު އަރީފްއަށް ޝުކުރު އަދާކުރީ އޭނާގެ ޙަޔާތަށް އެފަދަ ރަނގަޅު މީހަކު އައުމުން ﷲއަށް ޙަމްދުކުރާ ހާލުއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

ރާސްތާ 37

Next

ރާސްތާ 38

Next
September 14, 2018

ރާސްތާ 38

Previews
September 13, 2018

ރާސްތާ 37

24 Comments!

  1. Haxna says:
    September 14, 2018 at 9:19 am

    Nice story whn is nxt part…….. yeah I’m first also. Story is awsome❤❤❤❤❤❤❤❤❤❤❤❤

    1. aish noor says:
      September 14, 2018 at 7:52 pm

      jazakillah khairan dear.. 🙂 yeah… hehe… congrats Haxna dear.. 🙂

  2. liyaa says:
    September 14, 2018 at 10:00 am

    mashaa allah v v v reethi n rovije ?☺?

    1. aish noor says:
      September 14, 2018 at 10:27 pm

      Jazakillah khairan liyaa.. 🙂 alhey.. 🙁

  3. Rifuu says:
    September 14, 2018 at 10:14 am

    Nice story insha allah

    1. aish noor says:
      September 14, 2018 at 10:27 pm

      jazakillah khairan Rifuu.. 🙂

  4. Maireen says:
    September 14, 2018 at 10:26 am

    Noor I am sorry. Maireen ge namuga einy mai he kohko. kohko nikan halani vaane. noor mai ah maaf kohdhybala . mai ge sababun ehen Evy mai nujeheyne ehnu kohko ah phone dhehkah doa adhi ehfaharu bunelanan mai ah maafkukohdyba noor
    Noor ge story thah varah reethi .

    1. aish noor says:
      September 14, 2018 at 10:29 pm

      aee evves massala eh noon.. 🙂 ehentha? hehe.. alhey dear.. noor ge hithuga ehves bura kameh nethey.. eiruves mihaaruves.. hama thedhah noor mibunee.. 🙂 dear, aee ehves massala eh noon ingey.. ehaa bodakah dhn ekamaa alhaalaa ehcheh noon.. 🙂 ehentha? jazakillah khairan dear.. 🙂

  5. Mal says:
    September 14, 2018 at 10:35 am

    Nice story??????

    1. aish noor says:
      September 14, 2018 at 10:30 pm

      jazakillah khairan Mal… 🙂

  6. Hudher says:
    September 14, 2018 at 11:22 am

    Maasha allah v v v v v v v salhi….dear, whn next…aslu vx hurihaa part eh kiyaafa hama rovey..hama ehaa vx rythi??????

    1. aish noor says:
      September 14, 2018 at 10:31 pm

      jazakillah khairan Hudher.. 🙂 maadhamaa up kohladheveytho noor try kuraanan, in sha allah.. ekam faharuga bxy ves vedhaane hama.. adhi neyngey bunaakah. hehe.. 🙂 alhey dear.. 🙁 ehentha? jazakillah khairan dear.. 🙂

  7. Reen says:
    September 14, 2018 at 2:47 pm

    Masha allah vvvv salhi…when next??? Curiuosly waiting..☺☺☺

    1. aish noor says:
      September 14, 2018 at 10:32 pm

      jazakillah khairan Reen dear.. 🙂 maadhamaa vehjiyyaamu maadhamaa, in sha allah.. 🙂

  8. Maya says:
    September 14, 2018 at 3:01 pm

    MashaAllah.. Vvvvvvvvvv reethi ingey hama awesome. ??????u r the best noor sis ?????

    1. aish noor says:
      September 14, 2018 at 10:33 pm

      jazakillah khairan Maya dear.. 🙂 awww.. dear ves thy hama best.. 🙂

  9. Ibsha says:
    September 14, 2018 at 4:22 pm

    Varah reethi

    1. aish noor says:
      September 14, 2018 at 10:34 pm

      jazakillah khairan ibsha dear.. 🙂

  10. Meeee says:
    September 14, 2018 at 7:44 pm

    Vrah reethi..???hama rovijje:'(

    1. aish noor says:
      September 14, 2018 at 10:34 pm

      jazakillah khairan Meee dear.. 🙂 asluvestha? 🙁

  11. Aisha says:
    September 14, 2018 at 11:35 pm

    Vrh reethi masha allah. Rovijje vrh bodah?. But nice story. Keep ur work up.

  12. Ibsha says:
    September 15, 2018 at 7:29 pm

    Part 14 ah inthizaarukurany varah reethi mivaahaka. Varah kiyaahithun kiyaa vaahaka eh mi

  13. Lotus says:
    September 15, 2018 at 9:06 pm

    Dear koba tha nxt episode

  14. Anonymous says:
    September 16, 2018 at 10:00 am

    Avasss kobaa next episode

Comments are closed.

Next Episodeދުޢާ 14←


All Right Reserved!