ރާސްތާ 38
ސުހެއިދުގެ އާއިލާގެ އުފާވެރިކަން ގެއްލިގެން ދިޔައީ އީދުވިލޭރޭ ބަޔަކު ހިންގި މާރާމާރީއެއްގައި އަދްޝަނާއި މިހްރާން މި ދުނިޔެއާއި އަލްވަދާއު ކިޔުމުންނެވެ. އެއަހަރުގެ އީދު ސުހެއިދުގެ އާއިލާއިން ފާހަގަ ކުރީ ކަރުނުންނެވެ. ދޮށީ ފިރިހެން ދަރީގެ މަރުގެ ޚަބަރަު ލިބުމާއެކު މިޒްނާއާއި ޒަހީން ވަގުތުން މާލެ އަންނަން ޓިކެޓު ނެގިއެވެ.
މާނީއާއި މާއިޒް އެކަކާވެސް އަނގައިންނެއް ނުބުނެއެވެ. އެނެމް ކުޑަމިނުން މާއިޒްގެ ލޮލުން ކަރުނަވެސް ނާދެއެވެ. މާއިޒެކޭ ހިލަ ބުދެކޭ އެއްްފަދައެވެ. އޭލެވެލް ޓެސްޓް އެހާ ކައިރިވެފައިވަނިކޮށް މިހްރާންމެންގެ މަރުގެ ސަބަބުން މާއިޒްގެ ކިޔެވުމަށްވެސް ހުރަސް އެޅުނެވެ. އޯލެވެލްގައި ގެނައި ފަދަ ރަނގަޅު ނަތީޖާއެއް އޭލެވެލްގައި މާއިޒަކަށް ނުގެނެވުނެވެ. އަފްޝަންމެންގެ މަަރަށް އެއްމަސް ދުވަސްވެގެން ދިޔައިރުވެސް މާނީ ހަމައަކަށް ނޭޅެއެވެ. މާއިޒްގެ އިތުރުން އާރާޝާއި އޭނާގެ އެކުވެރިންވެސް ހިތްވަރުލައިދެއެވެ.
އެދުވަހަަށް ފަހު މާނީއާއި އާރާޝްގެ ގުޅުން އިހުނަށް ވުރެ ބަދަހިވިއެވެ. މާނީ ރޮއްވުމުގެ ބަދަލުގައި އާރާޝް ބަލަނީ މާނީ ހެއްވާލެވޭތޯއެވެ. އެހެނަސް މަދު މަދުން މާނީ ރުޅިއަރުވާލައެވެ.
މާނީއަށް އަބަދުހެން އިންތިޒާރު ކުރެވެމުން ދަނީ އާރާޝް އޭނާއަށް ގޯނާއެއް ކޮށްލާތޯއެވެ. އާރާޝްގެ ފިރިހެންވަންތަ އަޑުން އޭނާއަށް ސަންތިމަރިޔަނބޭ ކިޔާ ގޮވާ އަޑުއަހަން އެ ހިތް ބޭގަރާރު ވަމުން ދިޔައެވެ. މާނީ އަށް ނޭންގި އާރާޝްދެކެ ލޯބިވެވުނެވެ.
ބޮޑުވަމުން ދިޔަ ވަރަކަށް އަކްމަލަށް ވިސްނެމުން ދިޔައެވެ. އޭނާއަށް އުޅެވެނީ ރަނގަޅަކަށް ނޫންކަން ވިސްނުނުއިރު ވަގުތު ފާއިތުވެއްޖެއެވެ. އަކްމަލަށް ވަނީ އިޝްމާދެކެ އިންތިހާއަށް ލޯބިވެވިފައެވެ.
އިންޓަސުކޫލް ފުޓުބޯޅަ މުބާރާތުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ނަވާރަ އަހަރުންދަށުގެ ގައުމީ ޓިމުން މާއިޒަށް ޖާގަ ލިބުނެވެ. ހުރިހާ އެންމެންވެސް އެކަމާ އުފާކުރިއެވެ.
ޖެހިގެން އައި އަހަރު އާރާޝާއި އަހުސަމްގެ އިތުރުން އަކަމަލަށް ވެސް ނަވާރަ އަހަރުން ދަށުގެ ގައުމީ ޓީމުން ޖާގަ ލިބުނެވެ. ނަވާރަ އަހަރުން ދަށަށް ކުޅެނިކޮށް ގައުމީޓީމުންވެސް ޖާގަ ލިބުނެވެ. ހަތަރު ކުދިންވެސް އެނެމް އުފާވީ ސާފް ޗެމްޕިއަން ޝިޕަށް ދާ ޓީމުގައި އެކުދިން ހިމެނުމުންނެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކުދިންވަނީ ކޯޗުގެ ރުހުން ހޯދާފައެވެ.
އާރާޝް ހިތުގެ ހާލަތު މާނީއަށް ކިޔާދިނެވެ. އާރާޝް އިޝްމާދެކެ ލޯބިވާ ވާހަކަ ބުނުމުން މާނީއަށް ހީވީ އޭނާގެ ދުނިޔެވެސް އެނބުރުނުހެންނެވެ. އާރާޝްގެ ކުރިމާތީގައި ނުރޯން ވެގެން މާނީ ވަރަށް މަސައްކަތްކުރިއެވެ. އާރާޝް އެދުނީ އަދި އެކަން ސިއްރުކޮށްދޭށެވެ. އެރޭ މާނީރުއި ކިހާ އިރެއް ވަންދެކަށް ކަމެއްވެސް ނޭންގެއެވެ. އެކަނިމާއެކަނި އޮވެ ރޮއެރޮއެ އެކުއްޖާ އޮތީ ހަލާކުވާން ކައިރިވެފައެވެ.
އިޝްމާއާއި އަކްމަލް ރުޅިވި ފަހުންވެސް އެކުވެރިން ގޮތަށް ވާހަކަ ދައްކައެވެ. އަކްމަލް އޭނާ ދޫކޮށްފައި ދިއުމުންވެސް އެހިތުން އެހެން މީހަކަށް ޖާގައެއް ނުދެވުނެވެ. މެސެޖުގެ ޒަރިއްޔާއިންވެސް ދެ މީހުން ވާހަކަ ދައްްކަމުން ދިޔައެވެ.
ސާފް ޗެމްޕިއަންޝިޕަށް ފުރުމުގެ ކުރިން ހިތުގަ ހާލު އިޝްމާއަށް އެނގުމަށް އާރާޝް ނިންމިއެވެ. އޭގެ ޓެރަހުގަލައި އިޝްމާއަށް ލޯބި ހުށަހަޅާށެވެ. އިޝްމާ ނޫން ހުރިހާ ކުދިން އެއްކުރުމަށްފަހު އާާރާޝް އެވާހަކަ ހިއްސާކުރިއެވެ. އަކަމަލްގެ ހިތަށް ތަދުވިއެއް ކަަމަކު ހިނިތުންވުމެއް ވެރިކޮށްގެން އިނެވެ. އަހުސަމާއި މާއިޒް އާރާޝާއި ވަރަށް ދިމާކުރިއެވެ. ނަވްޔާއާ އިސްރާވެސް އެވަރުކުރިއެވެ. މާނީއާއި އަކްމަލް ތިބީ އެކުދިންގެ އަމިއްލަ ޚިޔާލަށް ގެއްލިފައެވެ.
ފުރުމުގެ އެއް ދުވަސްކުރިން އެކުދިން ޓެރަހާއި ތަންތަން ރިތި ކުރިއެވެ. ރަތްކުލައިގެ ފުއްޕާހަން އެލުވާ ހެދިއިރު ހީވަނީ ބޮޑު ކައިވެނި ޕާޓީއަކަށް އެތަން ޒީނަތްތެރި ކުރިހެންނެވެ. އިސްރާއާއި ނަވްޔާ އުޅުނީ އިޝްމާ ޓެރަހަށް އެރިޔަ ނުދޭން އޭނގެ ފަސް ފަހަތުގައެވެ. އަފްރީންމެން ގާތު އެކުދިން ބުނީ އިޝްމާއަށް ހައުސް ވައިސް ކެޕްޓަންކަން ލިބުމުން ދޭ ޕާޓީއެއް ކަމަަށެވެ.
އަރްޝާދް ދޭތެރެެއަކުން އަފްރާއަށް އުނދަގޫ ކުރަމުން ދިޔައެވެ. އެކަނި ފެނިއްޖެޔާމުން ޖެއްސުމަށް ކޮންމެސް އެއްޗެކޭ ބުނާނެއެވެ. އަފްރާ އަޅާވެސް ނުލާ ދަނީއެވެ. އެހެނަސް އަފްރާގެ ހިތުގައި ބިރުވެރިކަމެއް ވެއެވެ. އާރާޝްއަކީ އަރްޝާދްގެ ދަރިއެއްކަން އޭނާއަަށް އެނގޭދުވަހު ވާނީ ކިހިނެއްބާއެވެ.
ފަށުވި އިބާރާތުން އާރާޝް އިޝްމާއަށް ލޯބި ހުށަހެށޅިއެވެ. އަނަގަމަތީގައި އަތް އަޅައިގެން ހުރެ ފަހަރަކު މީހަކާ ދިމާއަށް އިޝްމާ ބަލާލިއެވެ. އެވަގުތު ދުރުބަލަހަށްޓައިގެން ހުރި އަކްމަލް ފެނުމުން އިޝްމާގެ ހިތުގައި ޖެހުނެވެ. އޭނާ ދުވަހަކުވެސް އާރާޝާއި މެދުގައި އެފަދަ ނަޒަރަކުން ނުދެކެއެވެ. އަބަދުވެސް ދެކެނީ ބޭބެއެއް ގޮތަށެވެ. ބޭބެއެއްް ފަދައިން އާރާޝް ދެކެ އިންތިހާއަަށް އިޝްމާ ލޯބިވެއެވެ. ވިސްނާލަން ވަގުތި ކޮޅެއް ބޭނުން ކަމަށް އިޝްމާ ބުނުމުން އާރާޝް އޭނާއަށް ވަގުތު ދިނެވެ. އިޝްމާ ދިޔަ ގޮތަށް ތިރިއަށް ފޭބިއެވެ. އެހެން ކުދިންވެސް އިޝްމާ ފަހަތުން ތިރިޔަށް ދިޔައެވެ.
އެކުދިން ފޭބިތާ އިރުކޮޅެއް ފަހުން އަފްރާވެސް ޓެރަހަށް އެރިއެވެ. ވިޔަފާރި ދަތުރެއްގައި އައްޒާމް ރާއްޖޭގަައި ނެތުމުން އަފްރާ ހުރީ އެކަނިވެފައެވެ. ކަންދިމާ ކުރި ގޮތުން އަރްޝާދަށް ވެސް އެތަނަށް އާދެވުނެވެ.
އަރްޝާދް އެންމެ ފުރަތަމަވެސް އަފްރާއަށް މަލާމަތްކޮށްލިއެވެ. އަފްރާ އަނގައިން އެކަައްޗެކޭވެސް ނުބުނެ ހިމޭނުން އިނެވެ. އަރްޝާދް އެކި އެއްޗިހި ކިޔަމުން ގޮސް އެންމެ ފަހުން އާރާޝާއި ދިމާއަށް ވެސް އެއްޗެކޭ ބުންޏެވެ. “އެހާ ކުޑައިރު މެރީ ކުރީ ކަމެއްވެގެން ދޯ. އަސްލު އާރާޝަކީ…” އަރްޝާދް އެވަރަށް ބުނިތަނާ އޭނާގެ ކޮލަށް ހޫނު އެތިފަހަރެއް އެެރިއެވެ. “އަރްޝާދް އަހަންނާ ދިމާއަށް ބޭނުން އެއްޗެއް ކިޔަސް ހެޔޮ އެކަމު އާރާޝާއި ދިމާއަށް ކިޔާފިއްޔާމުން އަހަންނަކަށް ކެތެއް ނުކުރެވޭނެ.” “ހުއް. އެހެންވީމަ އާރާޝަކީ ތިދެމީހުންގެ ހަރާން ދަރި ދޯ” އަފްރާއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. އަރްޝާދް އޭނާގެ އަމިއްލަ ދަރިފުޅާ ދިމާއަަށް އެހެން ގޮވާތަން އަޑު އަހާކަށް އަފްރާއަކަށް ކުޅަދާނައެއް ނުވިއެވެ. ” އަރްޝާދްގެ މޮަޔަކަން ވިސްނި ހަމަ ހައިރާންވެއްޖެ. މިވީ ސޯޅަ އަހަރު ދުވަހު އެއްގެއްގައި އުޅެ އަރްޝާދަށް އެކައްޗެއްވެސް ނޭންގުމުން އަހަރެން ހަމަ ކޮސްވެއްޖެއް. މީހުން މާއިޒާއި އާރާާޝް ވައްތަރޭ ބުނާތީ ހިތަކަށް އެކައްޗެއްވެސް ނާރާތަ؟ މާއިޒް ވައްތަރީ އަހަރުންނާތަ ނޫނީ އަރްޝާދްމެންނާ ތަ؟ އާރާާޝް ވައްތަރީ އައްޒާމާތަ ނޫނީ އަރްޝާދާތަ؟ އެންމެންވެސް ހީކުރަނީ އާރާޝް ވައްތަރީ މާއިޒާއި ކަމަށް. މަށަކަށް ނޭންގެ ކާކުގެ ނަސީބެއް ކަމެއް އެއީކީ އެކަކަށްވެސް ފާހަގަ ނުވުން އާރާޝް އަރްޝާދާއި ވައްތަރުކަން. އާރާޝް ގައިގައި ހިނގަނީ އައްޒާމްގެ ލެއެއް ނޫން އަރްޝާދްގެ ލޭ. އަަރްޝާދް އަހަރެން ދޫކޮށްފަ އައިއިރު އާއި އަހަންނަށް ވަރަށް ބޮޑު ހަދިޔާއެއް ދީފަަ އެއީ އާރާޝް. އަށާރަ އަހަރުވަންދެކަށް އެއްވެސް ޝަކުވާއެއްނެތި އަމިއްލަ ދަރިއެއް ފަދައިން އައްޒާމް ބެލީ އަރްޝާދާ އަހަރެންގެ ދަރިފުޅު. އައްޒާމް އަހަންނާ އިނީ އަހަންނަށް ވެދޭ އިހްސާންތެރި ކަމެއްގެ ގޮތުން. މިހާރުވެސް ކެރޭނެތަ އާރާޝާއި ދިމާއަށް ހަރާން ދަރިއޭ ކިޔަން؟” އަރްޝާދަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. ގަބޫލުކުރަން ބޭނުންނުވިއަސް އަފްރާގެ ވާހަކަތައް ދޮގު ކުރެވޭކަށެއް ނެތެވެ. ރަނގަޅަށް ވިސްނާލިނަމަ އޭނާއަށް އާރާޝަކީ އޭނާގެ ދަރިއެއްކަން އެނގުނީހެވެ. އާރާޝް އޭނާއަ ނުލާހިކު ވައްތަރެވެ. ސޯޅަ އަހަރުވަން ދެކަށް އެކީ އުޅުނުއިރު އޭނާއަށް އަމިއްލަ ދަރިފުޅުވެސް ވަކި ކުރާކަށެއް ނޭންގުނެވެ.
އާރާޝްގެ ކަންފަތް ދޮށުގައި ހީވީ ހޮނު ގުގުރިއެއް ޖެހިހެންނެވެ. ދެންމެ ދެކެވުނު ވާހަކަތައް ރީއްޗަށްވެސް އާރާޝަށް އިވުނެވެ. ދެންތިބި ކުދިންނަށްވެސް އެވާހަކަތައް އަޑުއިވުނެވެ. ކޮންމެ ކުއްޖަކުވެސް ހައިރާން ކަމާއެކު ބަލަހައްޓައިގެން ތިއްބެވެ. އަޝްވާ ގޮވައިގެން ޓެރަހަށް އެރި އަފްރީނަށްވެސް ރީއްޗަށް އެވާހަކަތައް އަޑުއިވުނެވެ. ގުޑިލާންވެސް ނޭންގިފައި އަފްރީނަށް އިނދެވުނެވެ.
އާރާޝް ގޮސް އަފްރާ އަދި އަރްޝާދްގެ ކުރިމައްޗަށް އެރިއެވެ. އޭރު އޭނާގެ ދެލޯ ހުރީ ރަތްވެފައެވެ. އާރާޝް ހުރި ގޮތް ފެނުމުން ދެންމެ ދެއްކި ވާހަކަތައް އާރާޝަށް އަޑުއިވުނުކަން އަފްރާއަދި އަރްޝާދަށް އެނގުނެވެ. ފުރަތަމަ ފަހަރަަށް ދަރިއެއްގެ ނަޒަރުން އާރާޝާއި ދިމާއަށް އަރްޝާދް ބަލާާލިއެވެ. އަފްރާ ބުނި ފަދައިން އާރާޝް ވައްތަރީ އޭނާއާއިއެވެ. އަރްޝާދަށް ހިތާދިމާލުގައި އަތް އަޅާލެވުނެވެ. މިވީ ސޯޅަ އަހަރު އޭނާއަށް ނުވިސްނުނީ ކީއްވެބާއޭ ހިތަށް އެރިއެވެ. “އާ..ރާޝް” ލަސްލަހުން އަފްރާ އާރާޝަށް ގޮވާލިއެވެ. އަތުގެ އިޝާރާތުން ހުއްޓާލުމަށް އާރާާޝް ބުންޏެވެ. “ކީއްވެ؟ މަންމާ ކީއްވެ؟ ކީއްވެ އޮޅުވާލީ؟ ވައި؟ އަށާރަ އަހަރު ވަންދެކަން ބޮޑު އޮޅުވާލުމެއްގަ ބެހެއްޓީ؟ އަހަރެންގެ ހިތަށް ކުރާނެ އަސަރު ނޭންގެނީތަ؟” އާރާޝަށް އިތުރަށް ވާހަކައެއް ނުދެއްކުނެވެ. އަފްރާއަށް ފުރަގަސް ދިނުމަށްފަހު ބާރަކަށް އެތަނުން ދިޔައެވެ. އަފްރާއަށް ހުރި ތަނަަށް ތިރިވެވުނެވެ.
އިޝްމާވެސް ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ. އާރާޝަކީ އޭނާގެ އެއްބަފާ ބޭބެއެވެ. ކުޑައިރުކޮޅެއް ކުރިން އާރާޝްވަނީ އޭނާއަށް ލޯބި ހުށަހަޅާފައެވެ. އާރާޝްގެ ހިތަށް ކުރާނެ އަސަރު އިޝްމާއަށް އެނގުނެވެ.
އާރާޝަށް ގޮވަމުން މާނީ އާރާޝްވެ ފަހަތުން ދިޔައެވެ. އާރާޝް ގޮސް ވަނީ މާނީމެން ބަޔަށެވެ. ބޮޑުވެފައި ހުރި ފިރިހެން ކުއްޖެއް ކަމަކު އާރާޝަށް ރޮވުނެވެ. “މާނީ ވައި؟ އަހަންނަކީ ކިހާ ގޯސް ބޭބެއެއް؟ އަމިއްލަ ކޮއްކޮ ދެކެ ލޯބިވެވުނީ ޗީޗީޗީ” މާނީގެ އުނގުގައި ބޯ އަޅައިގެން އޮވެ އާރާޝް ރުއެވެ. މާނީގެ ލޮލުންވެސް ކަރުނަ ފައިބަން ފެށިއެވެ. މާނީ ވަރަށް ވަރުން އާރާޝާއި އެތަކެއް ވާހަކަ ދައްކައިގެން އާރާޝް ހަމަޔަކަށް އެޅުވިއެވެ.
އާރާޝާއި ކުރިމަތިލާނެހާ ހިތްވަރެއް އިޝްމާ އަކަށް ނުލިބުނެވެ. އިޝްމާ އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރިއެވެ.
އަނެއްދުވަހު ހެނދުނު ފުރާއިގެން ދިޔައިރު އާރާޝް އަފްރާ ގާތު ނުވެސް ބުނެއެވެ. އަފްރާ ގުޅުމުން ފޯނުވެސް ނުނެގިއެވެ. ހިނގާދިޔަ ހާދިސާގެ ސަބަބުން އާރާޝަށް ރަނގަޅަށް ކުޅެވޭގޮތްވެސް ނުވިއެވެ. ޕްރެކްޓިހުގެ އިތުރުން ފުރަތަމަ މެޗުގައިވެސް އާރާޝަށް ރަނގަޅަށް ކުޅެވޭގޮތެއް ނުވިއެވެ. އަމިއްލަ އެއްބަފާ ކޮއްކޮ ދެކެ ލޯބިވެވުމުން އާރާޝް ހުރީ އަމިއްލަ ނަފްސާމެދު ލަދުގަނެފައެވެ.
*********
މޫނުގައި ފެންތިކި ޖެހޭ ހެން ހީވުމުން އާރާޝަށް ދެލޯ ހުޅުވާލެވުނެވެ. އޭރު ތުނިކޮށް ވާރެވެހެމުން ދިޔައެވެ. ވާރެއިން ހިޔާވުމަށްޓަކައި އެެއްވެސް މަސަައްކަތެއް ނުކޮށް އެހުރި ގޮތަށް ހުއްޓެވެ. ވާރޭ އަކީ އަބަދުވެސް އޭނާ ވަރަށް ގަޔާވާ އެއްޗެކެވެ.
ވެހެމުން ދިޔަ ވާރެއަށް ބަލަހައްޓައިގެން ޚިޔާލަކަށް ގެއްލިފައި މާނީއަށް އިނދެވުނެވެ. ކޮޓާރީގެ ދޮރުފޮތި ގަނޑު ކަހާފައި ހުރުމުން ވަރަށް ރީއްޗަށް ވާރޭ ވެހޭ މަންޒަރު ފެނެއެވެ. “އޭއީ ކޮންކަމަކަށް ގެއްލިފަ ތިނީ” ނަވްޔާ އައިސް މާނީގެ ކޮނޑުގައި ޖަހާލިއެވެ. އަފްރީން ބުނެގެން އޭނާ އެގެއަށް އައި ހެދުމެއް ހެޔޮވަރު ކުރާށެވެ. “ނުވިސްނަން” މާނީ ދިނީ ނުވެސް ގުޅޭ ޖަވާބެކެވެ. ކޮޓަރީ ދޮރު ހުޅުވައިފައި ހުރުމުން ނަވްޔާ ގޮސް ދޮރު ލައްޕައި ތަޅުލިއެވެ. އެއަށް ފަހު އައިސް އެނދުގައި ހަމަޖެހިލައިގެން އިށީނެވެ. “ކީއްވެ ދޮގު ހެދީ؟” ނަވްޔާގެ އެސުވާލަށް މާނީ ބުމަ އަރުވާލިއެވެ. ނަވްޔާ އެދަައްކަނީ ކޮން ވާހަކައެއް ކަމެއް މާނީ އަކަށް ނޭންގުނެވެ. ނަވްޔާ މާނީގެ ޑައިރީކީ ވާހަކަ ބުނަން އުޅެނިކޮށް މީހަކު ވަރަށް ބާރަަށް ދޮރުގައި ތަޅާގަތެވެ. އެކަކު އަނެކަކަށް ނަޒަރެއް ދިނުމަށްފަހު މާނީ ގޮސް ދޮރުހުޅުވިއެވެ. “ދޮންތީ! ބަލަ ކޮއްކޮއަށް އަކްމަލްބޭބެ ގެނެސްދިން ލޯބި ގިފްޓެއް” ބޮޑު ޗޮކްލެޓް ފޮށްޓެއް ހިފައިގެން އަޝްވާ އިނެވެ. އެދުވަހު އަކްމަލް އެގެއަށް އައިއިރުގަ އައީ އަޝްވާއަށް އެންމެ މީރު ވައްތަރުގެ ޗޮކްލެޓް ފޮށްޓެއް ހިފައިގެންނެވެ. “އަކްމަލްބޭބެ ސޯ ފޭކް. ދޮންތިއަކަށް ނުގެނޭ އެއްވެސް ގިފްޓެއް.ކޮބާތަ އަކްމަލް ބޭބެ” މާނީ އޭނާގެ ތުންކޮޅު އޫކޮށްލިއެވެ. ކޮޓަރިން ނުކުތްްިރު އަކްމަލާއި މާއިޒް ސޯފާގައި ތިއްބެވެ. “އަކްމަލްބޭބެ ކޮބާ ނުންުނުއަށް ވީ ގިފްޓް؟” ކުޑަކުއްޖެއްގެ އަޑު ނެރިގެން މާނީ އަހާލިއެވެެ. މާނީ ވާހަކަ ދެއްކި ގޮތުން އަޝްވާ ބާރަށް ހޭންފެށިއެވެ. “ނުންުނު ފަހަރި ގާތގާތު އަހާބަ. ނާޔާދޯ އަސްލު މާނީއަށް ގިފްޓް ގެންނަންޖެހޭނީ” އަކްމަލް އެހެން ބުނުމުން ފޭކް އަކްމަލްބޭބެ އޭ ކިޔާ މާނީ ރޯވައްތަރު ޖައްސާލިއެވެ.
އާރާޝް ގެއަށް އައިސް ވަން އިރު ހުރީ ތެމިފޯވެފައެވެ. ވާރެއާ ތެމުމުގެ ސަބަބުން އޭނާ ހުރީ ކުޑަކޮށް ހުން ވައްތަރުވެފައެވެ. އެހެންވެ އަވަހަށް ތެއް އެއްޗިހި ބަދަލުކޮށްގެން ނިދަން އޮށޯތެވެ.
އެއް ހަފްތާގެ ޓްރަޔަލް އަކަށް މާއިޒް މިސްރަށް ފުރިއެވެ. އޭނާ ދިޔައިރު ދިޔައީ މާނީއަށް ވަރަށް ނަސޭހަތްދީފައެވެ. މާއިޒް ފުރުމުން މާނީ މާއިޒްގެ ކޮޓަރި ސާފުކޮށްލިއެވެ. އެއަށްފަހު ފެންވަރައިގެން ނުކުތީ ބޭރަށް ދާން ކަމަށެވެ. އެހެނަސް ވަގުތުގެ ގޮތުން އެއްވެސް ކުއްޖަކަށް އޭނާއާ އެކީ ދެވޭގޮތެއް ނުވިއެވެ. އިޝްމާއާއި ނަވްޔާ އުޅުނީ ކައިވެނީގެ ކަންތަކާ ވަރަށް ބުރަ ކޮށެވެ. އިސްރާ ހުން އައިސްގެން އުޅޭތާ ދެހަފްތާ ވީއިރު އަދިވެސް ރަނގަޅު ނުވެއެވެ. އިވާންގެ ވާހަކަ މާނީމެންނަށް ވެސް އޮތީ އެނގިފައެވެ.
މިސްރުގެ އެއާޕޯޓަށް ބޯޓު ޖެއްސުމާއެކު ހުރިހާ ދަތުރުވެރިންވެސް ބޯޓުން ފޭބިއެވެ. މާއިޒްވެސް ކޮނޑުގައި ދަބަސް އަޅުވައިގެން ބޯޓުން ފޭބިއެވެ. ދިގުދަތުރަކަށް ވުމުން މާއިޒްގެ މޫނު މަތިން ވަރުބަލިކަން ފެންނަން ހުއްޓެވެ. ފޮށި ހިފައިގެން ނުކުތްއިރު އަލް އަހްލީ ސްޕޯޓްސްގެ އޮފިޝަލަކު އޭނާ ބަލާ އައިސް ހުއްޓެވެ. “މާލްދީފް ބޯއި” އެއްބައި އަރަބިން އަނެއްބައި އިނގެރޭސިން އޭނާ ބުންޏެވެ. މާލްދީފޭ ބުނުމުން އޭނާ އެބުނީ ރާއްޖޭގެ ވާހަކަކަން މާއިޒަށް އެނގުމުން ބޯޖަހާލިއެވެ.
މާއިޒް ހުންނަން ހަމަޖެހިފައި ހުރި ހޮޓަލަށް ދެވުނީ ބައިގަޑިއިރުގެ ދަތުރަކަށްފަހުއެވެ. ވަރުބަލިވެފައި ހުރުމުން ރޫމަށްވަން ގޮތަށް މާއިޒް އެނދަށް އަރާ ނިދިއެވެ.
ބެންގަލޫރު އެފްސީން ކުއްލި ގޮތަކަށް އެންގުމުން އާރާާާޝާއި އަކްމަލް ފުރައިގެން ދިޔައެވެ. ބައިންލްލަގްވާމީ މެޗުތަކަށް ލީގު މެދުކަނޑާލުމަށްފަހު އަލުން ލީގު ފެށެން އަދި ދެހަފްތާ އެބައޮތެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
17 Comments!
Comments are closed.






Yayy.. me first dhw.. mi part vx vrhh reethi ??❤️
Me second dhww???
Awesome ♡♡♡
Mi part vx v v v salhi maasha allah….whn next????
Beautiful story???
vvv Reethi.Next partthankolhea avaha up kolhachey.Maany n Aarash gulhuva ba avaha
Thanks kiyaa dear?????????ehaa avahah up kohdhinyma…..abadhuves thihen avahah up kohdhehchey ? ? ? ? ? plx….. And v rythi….masha allah…may allah protect your talent from evil ? eyes….. ???????u r the best….i luv this stry…..whn next part????lysm❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Wow.. finally past is revealed..
keep it up dear ?
Wow vv habeys kiya u r the best.?????. Finally past ehkih reveal vy dhw.. Awesome ??????
Me a mi part ehaa hama nujehey,vv olhun araagothe vey eba kureege part thakaa?
Mee past dho?
keevea reply nukuranee
Varah reethi mi vaahaka hama perfect.ekam haadha lasvanee mi aneh part up vun. Bahyas kamey viyas buneleema dho kiya ge fans innahves engeynee
Varah reethi mi story masha allah..haadha lahey up vaaleh next part.if baliviyas noony kameh viyas buneleema dho ingeyny kiyuntherinnah ves
Alhe kiyaa when story? Neynge mihaaru up vi tho belun adhadheh vx.. plx if possible thankolheh avahah up kohdhyba.. pretty pleeeese??
up vaanea duvahea namaves bunealaba.
Mi story mihaa hisaabun nimunee.