Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރާސްތާ 37

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
September 13, 2018 7 Mins Read
13 Comments

އިރުގެ އަލި ލޮލަށް އެޅުމާއެކު އުނދަގޫ ގޮތަކަށް އިސްރާއަށް ލޯ ހުޅުވާލެވުނެވެ. ރޮއެގެން ނިދުމުގެ ސަބަބުން އޭނާގެ ބޮލުގައި ރިހުމެއް އުފެދިފައި ހުއްޓެވެ. ކަންނެއް ގޮތަކަށް އެނދުން ތެދުވުމަށްފަހު އިސްރާ ފާޚަނާއަށް ވަނެވެ.

މާއިޒް ގެއަށް އައިރު ހުރީ ކޮލުދަތްތައް ފެންނަ ވަރަށް ހީލައިގެންނެވެ. އޭނާ އެންމެ ފުރަތަމަވެސް ދިޔަ ގޮތަށް ގޮސް މާނީއަށް އުފާވެރި ޚަބަރު ދިނެވެ. “ނުންނު ގެސް ވަޓް؟ ދޮންބެއަށް އަލް އަހްލީ ޓީމުގެ ޓްރަޔަލް އަކަށް ދާން ޗާންސް ލިބިއްޖެ. ނެކްސްޓް ވީކްގަ ފުރަން ނިއުއިން ހުރިހާ ޚަރަދެއް ކޮށްދޭ ގޮތަށް.” “އޯ މައި ގޯޑް. ޔޫ އާ ސޯ ލަކީ ދޮންބޭ. އައި އޭމް ސޯ ޕްރައުޑް އޮފް ޔޫ” މާނީ ބާރަކަށް މާއިޒް ގައިގަ އޮޅުލައިގަތެވެ. ކުއްލިއަކަށް ހުރެފައި މާއިޒްގެ ހިނިތުންވުން ފިލައިގެން ދިޔައެވެ. “އެކަމް ނުންުނު އެކަނި ބަހައްޓާފަ ދާން.” މާނީ ކިހިނެއްވީހޭ އެހުމުން މާއިޒް ބުންޏެވެ. “އަޅޭ ދޮންބޭ. މީ ދޮންބެ ދާ ފުރަތަމަ ފަހަރެއް ނޫނެއްނު. ނުންނު މިއަށް ވުރެ ކުޑައިރުވެސް ދޮންބެ ދަމެއްނު. ތިއްތަމެން ވެސް އެ ތިބީނު. އަސްލު ނާޔާއާ ދުރަށް ދާން ޖެހޭތީވެ ދޯ” މާނީ މާއިޒާއި ދިމާއަށް އެއްލޯ މަރާލިއެވެ. ދެން ފެށިގެން ދިޔައީ އެކަކު އަނެކަކާ ދިމާކުރުމެވެ.

ހަވީރު ފިންނަށް ކުޑަ ކުދިން ގޮވައިގެން މައިން ބަފައިން ހިނގާލަން ނުކުމެ އުޅުނެވެ. ދުވަހަކީ ބަންދު ދުވަހެއް ކަމުން މަގު މަތީގައި އުޅޭ މީހުންގެ އަދަދު އެހެން ދުވަސް ދުވަހަށް ވުރެ ގިނައެވެ. ރަސްރަނި ބަގީޗާގެ އިތުރަށް ދެންވެސް ހުރި ބަގީޗާއެއް ވަނީ ފުރި ބާރުވެފައެވެ. ސިނަމާލެ ބުރިޖުން ހުޅުމާލެއް ދާ މީހުންގެ އަދަދުވެސް އެހާމެ ގިނައެވެ. ހުޅުމާލެ ސެންޓަރަލް ޕާކަށް ބަލާލިއަސް ފެންނާނީ މީހުންނިން ތިއްޖެހިފައި އޮތް ތަނެވެ.

މީހުން މަދު ތަނެއް ހޯދުމަށް މުޅި މާލޭގައި އާރާޝް ބުރުޖެހިއެވެ. ހަމަ ހިލާ މީހުން މަދު ތަނެއް އޭނާއަކަށް ނުފެނުނެވެ. އެހެންކަމުން އޭނާ ގަސްދުކުރީ ހުޅުމާލެއަށް ދާށެވެ. ނަސީބަކުން ހުޅުމާލެ ގޮނޑު ދޮށުގައި މީހުންނެއް ނެތެވެ. ދެތިން ފަތުރުވެރިއަކު ފޮޓޯ ނަގަން އުޅުނެވެ.

ގޮނޑުދޮށަށް ޖެހެމުން ދިޔަ ފިނި ވައި ރޯޅިން އާރާޝްގެ އިސްތަށިގަނޑު ވަޔާ ހޫރެމުން ދިޔައެވެ. އެހެނަސް އެކަމަށް އެއްވެސް ފަރުވާލެއް ނެތި މަގު ގެއްލިފައި ހުރި މުސާފިރެއް ފަދައިން އާރާޝް ހިނގަމުން ދިޔައެވެ. މާނީ ދެކެ ލޯބިވުމަކީ އަނެއްކާވެސް ހެދުނު ގޯހެއްތޯ އާރާޝް ހިތާހިތުން ސުވާލު ކުރަމުން ދިޔައެވެ.

*********************

މާޒީ…

ފަރީހާ ގެ މަރަށް ފަހު އަފްރާ ބެލުމާ ހަަވާލުވީ އަޒީޒާއާއި އަބްދުﷲއެވެ. ރަށު މީހުންގެ މަލާމާތާއި ފުރައްސާރައިން އަފްރާ ސަލާމަތް ކުރުމަށް ޓަކައި އެ މީހުންގެ ދިރިއުޅުން އިންޑިއާއަށް ބަދަލުކުރިއެވެ.

ކުލަ ގަދަ ހަފްލާއަކުން އަރްޝާދާއި އަފްރީން ކައިވެނި ކުރެވިގެން ދިޔައެވެ. އަފްރީން ހެވި ހުދުވެފައި އިން އިރު އަރްޝާދް ދެއްކުންތެރި ހިނިތުންވުމެއް މޫނު މައްޗަށް ވެރިކޮށްގެން ހުއްޓެވެ. އޭނާގެ ހިތުގެ ކަނަކުން އެހެދެނީ ގޯހެއްކަމަށް ބުނަމުން ދިޔައެވެ. ކައިވެނީގެ ވާހަކަ އަފްރާއަށް އެންގުމަށްޓަަކައި އަރްޝާދް އައްޒާމަށް ގުޅިއެވެ. ނަމަވެސް އައްޒާމްގެ ފޯނު އޮތީ ނިއްވާލައިފައެވެ. އައްޒާމްމެން އިންޑިއާއަށް ދިރިއުޅުން ބަދަލު ކުރިކަން އެހެން އެކުވެރިއެއްގެ ފަރާތުން އޭނާއަށް އެނގުނެވެ.

އަފްރީންގެ ކައިވެނި ޕާޓީީގެ ތެރެއިން ސުހެއިދުއަށް ވަރަށް ބޮޑު ސިއްރެއް ހާމަވެގެން ދިޔައެވެ. އަފްޝަންއާއި އަފްރީންގެ އިތުރަށް އަދި އެހެން ދަރިއަކު ހުންނަކަން އޭނާއަށް އެނގިގެން ދިޔައެވެ.

ދުވަސްތައް ހަލުވި ކަމާއެކު ފާއިތުވަމުން ގޮސް އިންޑިއާގައި ލައި ލޯބި ލޯބި ފިރިހެން ކުއްޖަކު އަފްރާ ވިހެއެވެ. އެދަރިފުޅު އަތަަށް ލިބުނު ވަގުތު އަފްރާގެ ލޯ ކަރުނުން ފުރުނެވެ. އެ ދަރިފުޅަށް ޓަކައި ހިތް ލޯބިން ފުރުނެވެ. ފުށްގަނޑެއް ފަދަ އެ ލޯބި ދަރިފުޅު ފެންނަ ކޮންމެ ފަހަރަކު އަރްޝާދް މަތިން އަފްރާ ހަނދާންވެއެވެ. އަރްޝާދާއި ގުޅުވައިފާ އޭނާ އެ ދަރިފުޅަށް އާރާޝްގެ ނަމުން ނަން ދިނެވެ.

އާރާޝަށް މަހެއްވީ ތަނާހެން އައްޒާމާއި އަފްރާ ކައިވެނި ކުރިއެވެ. އަމިއްލަ ދަރިއެއް ދެކެ ވާނެ ލޯބި އައްޒާމް އާރާޝްދެކެ ވަމުން ދިޔައެވެ. އަފްރާއާ އެކީ އުޅެން އައްޒާމަށް ފުރަތަމަ ދުވަސްކޮޅު އުނދަގޫވިއެވެ. އެހެނަސް ދުވަސް ވަމުން ދިޔަ ވަރަކަށް ދެ މީހުންގެ ގުޅުންވެސް ބަދަހިވަމުން ދިޔައެވެ. އަފްރާއަށް އަރްޝާދް މަތިން ހަނދާން ނައްތާލަން ފަސޭހަވެގެން ދިޔައެވެ.

އާލާއާއި އައްމާރުގެ ކައިވެންނަށް އަހަރެއް ވީތަނުން އެދެމަފިރިންނަށްވެސް ފިރިހެން ކުއްޖެއް ލިބުނެވެ. އަޒީޒާމެންނާއެކު އާލާވެސް އިންޑިއާއަށް ބަދަލުވުމުން އޭނާވެސް ވިހެއި އިންޑީއާގައެވެ. އެއްފަހަރާ ކަހަލަ ގޮތަކަށް ދެކުޑަކުދިން ގެއަށް އައުމުން އަޒީޒާ ހުންނަނީ އުފަލުން ގޮސް ފޮޅިފައެވެ. އާލާއާއި އައްމާރުގެ ދަރިފުޅަށްކީ އަހުސަމެވެ. އާރާޝާއި އަހުސަމް ބޮޑުވަމުން އައީ އެކީ ކަހަލަ ގޮތަކަށެވެ.

އަފްރީނާއި އަފްޝަނަށް ސިއްރުން ސުހެއިދު ފަރީހާމެން ރަަށަށް ދިޔައެވެ. ފަރީހާ ދުނިޔެ ދޫކޮށް ހިނގައްޖެކަން އެނގުމުން ސުހެއިދުއަށް ބޮޑު ޝޮކެއް ޖެހުނެވެ. ފަރީހާ މަރުވުމުން އޭނާގެ ހަގު އަންހެން ދަރިފުޅު އަފްރާ ގޮވައިގެން އެރަށު ބޮޑު ސޭޓު އަބްދުﷲ އިންޑިއާއަށް ދިޔަކަން އެނގުނެވެ.

އަރްޝާދާއި އަފްރީންގެ ކައިވެންނަށް ދެއަހަރު ވީ ތަނާހެން އިޝްމާ ލިބުނެވެ. މަންމައަކަށް ވުމުން އަފްރީނަށް ބުނެދޭންވެސް ނޭންގޭކަހަލަ އިހްސާސެއް ކުރެވެމުން ދިޔައެވެ. އަރްޝާދް އަފްރީންދެކެ ލޯބިނުވިއަސް އޭނާއަށް ލިބުނު ދަރިފުޅަށް ޓަކައި ހިތް ލޯބިން ފުރުނެވެ.

މާއިޒަށް ދެ އަންހެން ކޮއްކޮ ލިބުމުން އޭނާ ހުންނަނީ ވަރަށް އުފާވެފައެވެ. އިޝްމާއަށް މަހެއް ވީ ތަނާހެން އަފްޝަން ވިހެއެވެ. އަފްޝަނަށް ލިބުނީ އަންހެން ކުއްޖެކެވެ. ނަމަކަށްކީ މާނީއެވެ. ސުކޫލަށް ގޮސް އަންޓީ ގާތު ވެސް މާއިޒް ދައްކަނީ އިޝްމާއާއި މާނީގެ ވާހަކައެވެ. މިހްރާންމެން ލޯބިން ކޮއްކޮއޭ ކިޔާ އޭނާއަށް ގޮވާލިއަސް މީ ކޮއްކޮއެއް ނޫނޭ ދޮންބެއޭ ބުނާނެއެވެ.

އެކުވެރިއެއްގެ އެހީއާ އެކު ސުހެއިދު އަބްދުﷲމެން އުޅޭތަން ހޯދިއެވެ.

ސުހެއިދުއަށް އަފްރާ ފެނުމާއެކު ރޮވުނެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ބައްޕަ ފެނުމާއެކު އެ ބައްޕައާ މެދު ހިތް ޝަކުވާއިން ފުރުނެވެ. ސުހެއިދުއާ ވާހަކަ ދައްކަން އަފްރާ ފުރަތަމަ ދެކޮޅު ހެދިއެވެ. އެހެނަސް އައްޒާމް ވިސްނައިދިނުމާއެކު އަފްރާ ސުހެއިދުއާ ވާހަކަ ދެއްކިއެވެ. ސުހެއިދު ރޮއެ ރޮއެފައި އެތަށް ފަހަރަކު އަފްރާގެ ކިބައިން މާފަށް އެދުނެވެ. ހިތުން ރުހުމުން އަފްރާ ސުހެއިދުއަށް މާފު ކުރިއެވެ.

އަފްރީނާއި އަފްޝަން ވަރަަށް ބުރަކޮށް މަސައްކަތް ކުރަމުން ދިޔައެވެ. ދިހަ ބުރިއަށް ސުހެއިދުގެ ހެ ހެދުމާއެކު އެމީހުން އެގެއަށް ބަދަލުވާތިވެ އަންނައުނުތައް ފޮށްޓަށް އެޅުމުގައި އަވަދުނެތި އުޅެމުން ދިޔައެވެ. މިހްރާނާއި އަރްޝާދް ފޫހި ކަމެއް ނެތި މާއިޒާއި އިޝްމާ އަދި މާނީ ބަލަމުން ދިޔައެވެ. މާނީ ގިނައިރު ނިދާފައި އޮންނާތީ މާއިޒް ވަރަށް މައްސަލަ ޖައްސައެވެ.

މިޒްނާއާއި ޒަހީނު ވަނީ ދެދުވަސް ކުރިން ބެންކޮކަށް ފުރާފައެވެ. އަފްރީންމެން ބަދަލުވުމުމާއެކު ގެ ހެދުމަށްޓަކައި ޒަހީންގެ ގެ ތަޅާލާނެއެވެ. ގެ ހެދެން ދެކަށް ޒަހީނުމެން ބެންކޮކުގައި ދިރިއުޅެން ނިންމިއެވެ.

މަތިން ހަތަރު ފަންގިފިލާ އެމީހުން ދިރިއުޅެން ބެހެއްޓުމަށްފަހު ބާކި ހުރީ ފަންގިފިލާތަށް ކުއްޔަށް ދޭން ސުހެއިދުވަނީ ނިންމާފައެވެ. ކޮންމެ ފަންގިފިލާއެއްގައިވެސް ތިން އެޕާޓްމެންޓް ހުއްޓެވެ. ކޮންމެ އެޕާޓްމެންޓެގައި ތިން ކޮޓަރި ހުއްޓެވެ. އޭގެ އިތުރަށް ބަދިގެއާ ކާގެ އަދި ސިޓިން ރޫމް ވަކިން ހުއްޓެވެ. ސިޓިންރޫމުން ގޮސް ކުޑަ ބެލްކަންނަކަށް ނުކުމެވެން އިނދެއެވެ. އަފްރީން އަދި އަފްޝަންވެސް އެގެއާ މެދު ވަރަށް ހިތް ހަމަޖެހުނެވެ. އަފްރީން ހަވަނަ ފަންގިފިލާ ނެގުމުން އަފްޝަން ނެގީ ހަތްވަނަ ފަންގިފިލާއެވެ. ދެދުވަހުގެ ތެރޭގައި ޒަހީންމެންގެއިން ހުރިހާ ތަކެއްޗެއް އާގެއަށް ބަދަލުކުރިއެވެ.

ސުހެއިދު މާލެއައީ އަފްރީންމެން އެގެއަށް ބަދަލުވިތާ ހަފްތާއެއް ފަހުންނެވެ. އޭނާއާ އައިރު އަފްރާއާއި އައްޒާމްވެސް އައެވެ.

ސުހެއިދު ގުޅާފައި ޓެރަހަށް އަންނަން ބުނުމުން މިހްރާނާއި އަފްޝަން އަދި އަފްރީން ކުދިން ގޮވައިގެން ޓެރަހަށް އެރިއެވެ. އަރްޝާދް ކުއްލިގޮތަކަށް އޮފީހަށް ދާންޖެހުމުން އަރްޝާދް ދިޔައީ އޮފީހަށެވެ.

އަފްރީންއާއި އަފްޝަނަށް ހައިރާންކަން ލިބުނީ ދެއަަހަރަށްދާ ކުޑަ ފިރިހެން ކުއްޖަކު ޓެރަހުގައި ހުއްޓާ ފެނުމުންނެވެ. މާއިޒަށް އެކުއްޖާ ފެންނައިރަށް ވަގުތުން އެކުއްޖާ ގާތަަށް ދުއްވައިގަތެވެ. “ހައި ކޮކީ.” މާއިޒް ދިޔަގޮތަށް ގޮސް ހިފީ އެކުއްޖާގެ ކޮލުގައެވެ. ބީރަށްޓެހި ގޮތަކަށް މާއިޒަށް ބަލަހައްޓައިގެން އެކުއްޖާ އިނެވެ. މާއިޒް ބަލާ އެހިސާބަށް މިހްރާން ދިޔަތަނާހެން އެކުއްޖާ ބާރަށް ރޮއެގަތެވެ.

އާރާޝް ރޮއެ ގަތުމާއެކު އަފްރާ ދުވެފައި އާރާޝް ގާތަަށް ދިޔައެވެ. އޭރު ރޮވިގެން ގޮސް އާރާޝް ހިނދުނެވެ. އަފްރާ ކޮނޑުމަތީ އާރާޝް ބާއްވައިގެން ދެކޮޅަށް ހިނގަން ފެށިއެވެ. “މަންމިގެ ކުޑަ ބޭބީއަށް ކިހިނެއްވީ؟”

މޫނު ބުރުގައި އަޅައިގެން ހުރި އަންހެން ކުއްޖާ ފެނުމުން އަފްޝަންއާއި އަފްރީން ދެމީހުންނަށް ނަޒަރެއް ދިނެވެ. ބަލާބެލުމަށާއި އެކުއްޖާގެ އަޑުން އެއީ ވަރަށް ޒުވާން ކުއްޖެއްކަން އެދެބެއިންނަށްވެސް ވިސްނުނެވެ.

ސުހެެއިދު މަޑު ހިނގުމެއްގައި އެހިސާބަށް އައިއިރު އަފްރާ އާރާާޝް ގޮވައިގެން ދެކޮޅަށް ހިނގަމުން ދިޔައެވެ.

އާރާޝް ހިތުގައި ޖެހިގެން ރޯތީވެ މާއިޒްވެސް ހުރީ ފެންކަޅިވެފައެވެ. މިހްރާންގެ އަތުން ވީއްލިގެން ގޮސް އަފްރާ ގާތު މާއިޒް މަޑު ކޮށްލިއެވެ. “ދައްތީ. ބޭބީ ކޮއްކޮ ބިލު ގަތީ ދޮންބެގެ ބައްޕަ ފެނުނީމަ” މާއިޒް އޭނާގެ ތުއްތު އަޑުން ބުންޏެވެ. މާއިޒް ވާހަކަ ދެއްކުމުން އަފްރާ ތިރިއަށް ބަލާލިއެވެ. އޭރު ވަރަށް ދެރަވެފައި މާއިޒް އޭނާއާ ދިމާއަށް ބަލަަހައްޓައިގެން ހުއްޓެވެ. އަފްރާ މާއިޒާއި އެއްވަރަށް ތިރިވެލުމަށްފަހު އާރާޝް ބިންމަތީގައި ބޭންދިއެވެ. އޭރުވެސް އާރާޝަށް ގިސްލެވެމުން ދިޔައެވެ. “ދަރިފުޅު ބަލަ މީނީ ބޭބެއެއް އަވަހަށް ސަލާން ކޮށްލާ” އަފްރާ އާރާޝްގެ އަތުގައި ހިފައިގެން މާއިޒާއި ސަލާންކުރުވިއެވެ. “މާއިޒް ދަރިފުޅު ދޭބަ ކޮއްކޮ ގޮވައިގެން ކުޅެން” ސުހެއިދު އެހެން ބުނުމާއެކު މާއިޒް އާރާޝްގެ އަތުގައި ހިފައިގެން ގެންދިއައެވެ. މާއިޒްގެ މިޒާޖުގެ ސަބަބުން އާރާޝް ވަރަށް އަވަހަށް މާއިޒާއި ރަށްޓެހިވިއެވެ.

އަފްރާއަކީ ކާކުކަން ބުނެދިނުމުން އަފްޝަންއާއި އަފްރީން އުފަލާއެކު އަފްރާ ބަަލައިގަތެވެ. މަންމަ ދުނިޔޭގައި ނެތްކަން އެނގުމާއެކު އަފްރީން އަދި އަފްޝަނަށް ރޮވުނެވެ. އެހާ ރަނގަޅު ދެދައްތް ލިބުމުން އަފްރާވެސް ހުރީ އުފާވެފައެވެ. އާރާޝަކީ އަފްރާގެ އަސްލު ދަރިއެއްތޯ އަފްރީން އެހިއެވެ. އަފްރާ އާއެކޭ ބުނުމުން އެހާ ކުޑައިރު މީހަކާ އިނީ ކީއްވެތޯ އެހިއެވެ. ” އެއީ އަހަރުން ދެމީހުންވެސް ލޯބިވާތީވެ.” ޖަވާބު އައީ ފަހަތުންނެވެ. އެމީހުންގެ ފަހަތުގައި ހުއްޓި ހުރެގެން ޖަވާބު ދިނީ އައްޒާމެވެ. “އައްޒަ؟” މިހްރާނަށް އައްޒާމް އެނގުނެވެ. އައްޒާމަށް ވެސް މިހްރާން އެނގުނެވެ. އަރްޝާދްގެ އިތުރަށް މިހްރާނާއިވެސް އައްޒާމް ރަށްޓިއްސެވެ.

އައްޒާމް މިހުރާނަށް އަފްރާ ތައާރަފުކޮށްދިނެވެ. އަދި އަފްރާއަށްވެސް މިހްރާން ތައާރަފުކޮށްދިނެވެ. އެހެނަސް އެއީ އަރްޝާދްގެ ބޭބެ ކަމެއް ނުބުނެއެވެ.

އޮފީސް ނިންމާލި ގޮތަށް ޓެރަހަށް ދިޔަ އަރްޝާދްގެ ދެބުމަ ގޮށް ޖެހުނީ އަފްރީންމެންނާ ވާހަކަ ދައްކަން ހުރި އައްޒާމް ފެނިފައެވެ. “އައްޒަގެ އަސްލު ބެސްޓް ފްރެންްޑް އެއޮަށް އައިނު..”މިހްރާން ދޮރާ ދިމާއަށް އިޝާރާތް ކުރަމުން މިހްރާން ބުނެލިއެވެ. އެއީ ކާކުތޯ ބަލަން ވެގެން އެފަރާތް ބަލާލި އަފްރާގެ ބޮލުގައި ހީވީ ދަނޑިބުރިއަކުން މީހަކު ޖެހިހެންނެވެ.

“ޝިޓް. ވަޓް ދަ ހެލް އިޒް ހީ ޑުއިން ހިއާ. މީ އަފްޝަން ދައްތަގެ ގެ. ވެއިޓް އަނެއްމާ ރީން މެރީ ކުރީ.. އޯނޯ” އައްޒާމް ހިތާހިތުން ވާހަކަ ދައްކަމުން ދިޔައެވެ.

މިހްރާން އަތަަށް އިޝްމާ ދިނުމަށްފަހު އަފްރީން ގޮނޑިން ތެދުވެގެން އަރްޝާދް ގާތަށް ދިޔައެވެ. އެއަށްފަހު ދަމަމުން ކަހަލަ ގޮތަކަށް އަރްޝާދް ގެންދިޔައެވެ. “އަރްޝާދް ލުކް ހޫ އިޒް ހިއާ. އައްޒާމް މިހުރީ. އެނގޭތަ އައްޒާމް މެރީ ކޮށްފިކަން ބޭބީއެއްވެސް ހުރޭ. އައްޒާމް މެރީ ކުރީ އަހަރެންގެ ކޮއްކޮ އަފްރާއާ. އައި ހޭވް އަ ޔަންގާ ސިސްޓާ” އަފްރީން ވަރަށް ފޯރިއާއެކު ވާހަކަ ދައްކަމުން ދިޔައެވެ. އަރްޝާދަށް ހީވީ އޭނާގެ މޫނުގައި ބާރު އެތިފަހަރެއް މީހަކު އަޅުވާލިހެންނެވެ.

އަފްރާ ބޭނުންވީ ބިން ފަޅާފައި އަޑިއަށް ދާށެވެ. މިދުނިޔެެއިން އޭނާ އެންމެ ލޯބިވި މީހާ އަކީ މިހާރު އޭނާގެ ދައްތަގެ ފިރިމީހާއެވޭ. އޭނާގެ ޅިޔަނެވެ.

ދުވަސްތައް އޭގެ ބާރު މިނުގައި ފާއިތުވަމުން ދިޔައެވެ. ދިވެހި ރާއްޖޭގެ އާ މާހައުލަށް އާރާޝް ހޭނެމުން ދިޔައެވެ. ރާއްޖެއަށް ހޭނެމުން ދިޔަ ވަރަކަށް އާރާޝް ހަލަނިވަމުން ދިޔައެވެ. މާނީ އާއި އިޝްމާއަށް ފިރުކެވޭވަރު ވުމުން އެކުދިން ބައިތިއްބަނީ ދޫކޮށްލާފައެވެ.

އައްމާރުގެ ގެ އެކީ ހެދުމުން އާލާމެންވެސް މާލެ ބަދަލުވިއެވެ. އަފްރާގެ އެދުމުގެ މަތިން އާލާ އަހުސަމް ގޮވައިގެން އެގެއަށް ގޮސް އުޅެއެވެ.

އާރާޝާއި އަހުސަމް ސުކޫލަށް ދާން ފެށިތަނުން އާާ އެކުވެރިއެއް ލިބުނެވެ. ސުކޫލުގައި އަހުސަމް އާރާޝް އަދި އަކްމަލް އަބަދު އުޅޭނީ އެއްކޮށެވެ. އޭގެ ސަބަބުން އަފްރާ އާލާ އަދި ރައުފާގެ މެދުގައި ރަށްޓެހިކަން އުފެދުނެވެ. ކަން ދިމާ ކުރި ގޮތުން ރައުފާގެ ހަގު ދަރިފުޅު ނަވްޔާ ދިޔައީ މާނީ އަދި އިޝްމާއާއި އެއްކުލާހަކަށެވެ.

ހުރިހާ ކުދިން ބޮޑުވަމުން އައީ އެކީގައެވެ. އާރާޝާއި މާނީގެ ޒުވާބުކުރުން ދުވަހެއް ދުވަހަކަށް ބޮޑުވަމުން ދިޔައެވެ. އާރާޝްގެ ކަމަކަށް އޮންނަނީ އެކި ކަހަލަ އެއްޗިހި ކިޔައިގެން މާނީ ރޮއްވުމެވެ. މާނީ ރުޅިއަރުވަން އާރާޝް އެންމެ ގިނައިން ކިޔާނީ ސަންތިމަރިޔަނބެވެ. އެހެއްނޫނީ ކްރައި ބޭބީއެވެ. އާރާޝް އެހެން ކިޔުމުން މާނީ ދެނޭ ކިޔާފައި ދަމާލާ ގޮތުން އާރާޝަށް އިތުރަށް މަޖާވެއެވެ. ކިތަންމެ ގިނައިން ޒުވާބު ކުރިއަސް މާނީ ރޮށްވިއަސް އެއްޗިހި ކިޔަސް ކުޑަ އިރުންސުރެ އެދެކުދިންނަކީ ވަރަށް ގާތް އެކުވެރިންނެވެ.

މާނީމެން ގެއަށް އައިސް އުޅުމުގެ ތެރޭ ނަވްޔާއަށް މާއިޒް ކަމުދާންފެށިއެވެ. މާއިޒަކީ ނަވްޔާމެން ސުކޫލްގައިވެސް މަޝްހޫރު ކުއްޖެކެވެ. ސުކޫލު ފުޓުބޯޅަ ޓީމުގެ ކެޕްޓަންކަމުން އަންހެން ކުދިންގެ މެދުގައި މާއިޒް ވަރަށް މަގުބޫލެވެ. ނަވްޔާ އެއްވެސް ޖެހިލުމެއް ނެތި މާނީ ގާތު އެވާހަކަ ބުންޏެވެ. މާނީ ވަގުތުން މާއިޒްއާ ހަމައަަށް އެވާހަކަ ގެންދިޔުމުން މާއިޒް ގާތަށް ރުޅިއައެވެ. ކުޑަކުދިން އެހެން ނޫޅޭނެކަމަށް ބުނެ ނަވްޔާއާއި ދިމާއަށް ވަރަށް އެއްޗިހި ކިއެވެ. މާނީ އަތުން މާއިޒްގެ ފޯނު ނަންބަރު ހޯދައިގެން ނަވްޔާ މާއިޒަށް މެސެޖު ކުރަން ފެށިއެވެ. ފުރަތަމަ ކޮޅު މާއިޒް ޖަވާބު ނުދިނަސް ފަހުން ފަހުން އައިސް ޖަވާބު ދޭންފެށިއެވެ. ނަވްޔާ ކުޑައެއް ކަމަކު މާއިޒަށް ވެސް ނަވްޔާއާއި ގަޔާވާން ފެށުނެވެ. އަހަރެއްހާ ދުވަހު އެގޮތަށް ދެމީހުން ވާހަކަ ދެއްކިއެވެ. އެއަށްފަހު ރަސްމީކޮށް ލޯބިވެރިންގެ ލިސްޓަށް ދެމީހުން އެރިއެވެ.

އަހުސަމަށް އިސްރާ ފެނުނީ މާނީމެން ގެއިންނެވެ. އާރާޝާއި އެއްކޮށް އެގެއަށް ދާ ދުވަސް ދުވަހު އިސްރާވެސް އެގޭގައި އުޅޭނެއެވެ. އެހެން އުޅުމުގެ ތެރެއިން ދެމީހުން ވަރަށް ގާތް އެކުވެރިންނަށް ވިއެވެ. އަހުސަމްގެ ހިތުގައި އިސްރާއަށް އާ ވިންދެން ޖަހަންފެށީ އިސްރާއާއި އިވާން ރަށްޓެހިވިފަހުންނެވެ. އިސްރާ އޭނާ ގާތި އިވާންދެކެ ލޯބިވާ ވާހަކަ ބުނާ ކޮންމެ ފަހަރަކު އެހިތް ކުދި ކުދި ވެގެން ދެއެވެ. އެހެނަސް ކެތްތެރިކަމާއެކު އަހުސަމް އިސްރާއަށް އިންތިޒާރު ކުރިއެވެ. އިވާނާއި އިސްރާގެ ގުޅުމަށް ހަމަސަވީ ތަނުން އިސްރާ ދޫކޮށްފައި އިވާން ދިޔައެވެ. އިވާން އެހެން ހެދުމުން އިސްރާ ވަރަށް ރުއެވެ. ހުރިހާ އެކުވެރިންނާއި އަހުސަމް ދެމުން ދިޔަ ހިތްވަރުން އެކަމުން އަރައިގަންނަން އިސްރާއަށް ފަސޭހަވިއެވެ. އަހުސަމްގެ ރަނގަޅު ކަމުން އިސްރާގެ ހިތް މަޑުމަޑުން އަހުސަމަށް ލެނބެން ފެށުނެވެ.

އޭނާގެ އެހެން އެކުވެރިންނާއި ޚިލާފަށް އަކްމަލަކީ އަންހެން ކުދިންނަށް ވަރަށް ފޯރިހުންނަ ކުއްޖެކެވެ. އޭނާގެ ލިސްޓަށް ނާރާ އަންހެން ކުއްޖަކު މަދުވާނެއެވެ. މަހަކު އެއް ފަހަރަކު ގެންގުޅޭ ކުއްޖާ ބަދުވާނެއެވެ. އަކްމަލްގެ ގޮތް ރަނގަޅަށް އެނގޭތީވެ ނަވްޔާ އޭނާގެ އެކުވެރިންނަށް އަކްމަލާއި ދުރުން އުޅުމަށް ނަސޭހަތްތެރިވިއެވެ. އެހެނަސް އިޝްމާގެ ބަސްނާހާ ހިތް އަކްމަލަށް ލެނބުނެވެ. އެކަން އަކްމަލަށް އެނގުމާއެކު މަޖަލަކަށް އިޝްމާއާއި ރަށްޓެހިވިއެވެ. މަސް ދުވަސް ނުވަނީސް ފޫހިވެއްޖެކަމަށް ބުނެ އިޝްމާއާއި ރުޅިވިއެވެ.

އާރާޝްގެ ހިތުގަައިވެސް ލޯބީގެ ވިންދު ޖަހަމުން ދިޔައެވެ. ކުޑައިރުންސުރެއްވެސް އޭނާއަށް އިޝްމާ ވަރަށް ކަމުދެއެވެ. އެހެނަސް އިޝްމާ އަކީ އޭނާގެ ދެބޭންގެ ދެދަރި ކުއްޖެއް ކަމުން އެވާހަކަ ބުނަން ޖެހިލުންވިއެވެ. އަކްމަލް އިޝްމާއަށް ހެދި ގޮތުން އޭނަ ފިރިހެން ކުދިން ދެކެ ރުޅި އަންނަކަންވެސް އާރާޝަށް އޮތީ އެނގިފައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ލޯތްބަކީ 14

Next

ދުޢާ 13

Next
September 14, 2018

ދުޢާ 13

Previews
September 13, 2018

ލޯތްބަކީ 14

13 Comments!

  1. Stry Kiyaa Man says:
    September 13, 2018 at 10:51 pm

    Masha allah v furihama.
    Dear afshan maruvi bai kba maazee airu.than kolheh kurin buni kannyge maaniy men kuda irey e meehun ge mom maruviyy ehen ve mi buny……
    Waiting 4 nw part.
    -salaam- ???

    1. Anonymous says:
      September 14, 2018 at 6:44 am

      Emyhun kuda iruge baehnu adhi ves e annanee.. Navya aa maaiz ge baigaves bunefa inennu navya adhi kuda ey kiyaifa maaiz ehchehi kee vaahaka. Maany men teenage ge kurykolhu ehn noony grade 5,6 ehaakah haairu kanneynge afshan men accident e vanee.. Heevaagothun.

  2. maya says:
    September 13, 2018 at 10:59 pm

    yey im first..hey wait aaraash and ishma eii same dad ehnu dhw,not cousins,,,vv reethi masha allah…keep going like this…luv yuh

    1. Akuusher says:
      September 14, 2018 at 6:35 am

      same dad plus cousins. cox Afraa aa Afreen akee Siblings ennu ???

    2. Anonymous says:
      September 14, 2018 at 6:47 am

      Emyhunnah adhi hageegaiyy neyngey iru ey aee maya dear.. Ehnveyey ehn heekuranee.. Emyhunnah hageegaiyy neyngey iru ingeynee hamaekani afraa aa afreen aky Akuusher bunaahen siblings kamehnu.. Ehnve ehn writer bunefa e iny.. I heekuraa gothuga.. Hehe.

  3. Hudher says:
    September 13, 2018 at 11:30 pm

    Nyc stry dear…..maadha allah..whn next..????

  4. Hudher says:
    September 13, 2018 at 11:31 pm

    *maasha??

  5. Hii says:
    September 13, 2018 at 11:39 pm

    Araas shaa isama yaa dhebenge dhedari ah vanyaa naane aa araas ves vaani dhebenge dhedhariyah noontha… alhe bunebala plx

    1. Akuusher says:
      September 14, 2018 at 6:33 am

      yep.. .Maany and Aarash akee vx Cousins.

    2. Anonymous says:
      September 14, 2018 at 6:41 am

      Aee aslu Aaraash mennah hageegaiyy neyngey ireh.. Einynun maazee ey jahaafa.. Eiru aaraash mennakah neyngey aaraash ge bappa aky arshadh kameh.. Ehn v ma emyhun hykuraany ishma aa aaraash aky cousins ey ehnu.. Ekam aslu hageegathuga edhemyhunnaky cousins ehves noon.. Aee siblings.. Ehn ve emyhun rulhi vanee kanneynge rahtehi vefa.. Kurin ai part thakuga ekahala konmes ehchekey indhey.. Aaraash ves afraa dheke rulhives aisgen ulhey vaahaka indheyeyhnu.. Dhn maanee aky aslu aaraash ge cousin aky.. Maaiz aa.. Ahusam aky ves step cousin ah dhw vanee.. Hehe.. Aslu cousin eh noonennu aee.. So.. Get vehje tha mihaaru Hii? ☺️

  6. Anonymous says:
    September 14, 2018 at 6:53 am

    Maa sha Allah.. Vrh Vrh reethi mi part ves.. N Vrh ufaa vefa mihury ehaa avahah upkohladhinyma.. Jazakillah khairan kiyara.. Aaraash aa maany eyoh sakaraaiyy jehi meehunnah kuhliyakah eyoh vee gotheh dhw.. Haha. Ekam adhi dhemyhunnah ingeyne dhw dhemyhun loabi vanee hama edhemyhun dheke kan?

  7. Nash says:
    September 14, 2018 at 9:37 am

    V reethi.. Mi story aky alhugadu v kiyaa hihvaa story .. waiting for next part..

  8. m says:
    September 14, 2018 at 2:26 pm

    v reethi … loved it☺

Comments are closed.

Next Episodeރާސްތާ 38←


All Right Reserved!