Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބުނާށެ ލޯބިި ނުވަނީހޭ (13)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
September 13, 2018 8 Mins Read
50 Comments

އެނދުގައި އޮށޯވެއޮތް ޔަނާލް އޮތީ ޒާވިލްއަށް ފުރަގަސްދީގެންނެވެ. އަނގައިން އަޑެއް ބޭރު ނުވިއެއްކަމަކު ހިމޭންކަމުގެ ހޫނު ކަރުނަތިކިތައް ޔަނާލްގެ ކޯތާފަތުގައި ބޮސްދެމުން އޭނާގެ ބާލީސް ތެތްމަމުން ދިޔައެވެ. އަތުން ބާލީހުގެ ބައެއްގައި ބާރަށް ހިފަހައްޓައިލަމުން ޔަނާލް ދެލޯމަރައި ބާރުކޮށްލިއެވެ. އޭރު އެނދުގެ އަނެއްފަރާތުގައި ނިތުގައި އަތްބާވައިލައިގެން ފުންވިސްނުމަކަށް ގެއްލިފަައި ޒާވިލް އޮތެވެ.

އޭގެ އަނެއްދުވަހު އޮފީހުން އައުމަށްފަހު ޒާވިލް އޭނާ ރޭގައި ވިސްނިކަންތަކުގެ ވާހަކަ ޔަނާލާއި ހިއްސާކުރިއެވެ. ޔަނާލްއަށްވެސް އެޚިޔާލު ކަމުދިއުމުން އެކަމާ ވަރަށް ފަސޭހައިން އެއްބަސްވެވުނެވެ. ދެމީހުން ނިންމީ ދެމީހުންގެ ޓެސްޓް ހެދުމަށެވެ. ލައްކަ ދުވަހު މަސައްކަތްވެސް ކުރެވިއްޖެއެވެ.

**

ހެދި ޓެސްޓްތަކުގެ ނަތީޖާ ހިފައިގެން ދެމީހުން ޑޮކްޓަރުގެ ކޮޓަރިއަށް ވަތްއިރު ދެހިތްވެސްވަނީ ވާނެގޮތަކާއިމެދުގައި ނުތަނަވަސްވެފައެވެ. ނަތީޖާތައް އައީ ހީވެސްނުކުރާފަދަ ގޮތަކަށެވެ. ޔަނާލްގެ ރަހިމުގައިހުރި މައްސަލައެއްގެ ސަބަބުން އޭނާއަށް ކުދިންހޯދަން އުނދަގޫވާނެކަމަށް ޑޮކްޓަރު ބުނިވަގުތު އެދެމީހުންނަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެނެވެ. އެޖުމުލަތައް ޔަނާލްއާއި ޒާވިލްގެ ކަންފަތަށްވެސް ފޯރީ ހޮނުގުގުރިއެއްގެ ސިފައިގައެވެ. ދެލޯބޮޑުކޮށްލަމުން ޒާވިލްއަށް ދެފަރާތަށް ބޯހޫރުވައިލެވުނުއިރު ޔަނާލްއަށް އިންގޮތަށް ގުޑިލަންވެސް ނޭނގިފައި އިނދެވުނީއެވެ. އޭރު ހުއްޓުމެއްނެތި ލޮލުން ކަރުނަތައް ފައިބަމުންދިޔައެވެ. އެހެންވާންވީ ކީއްވެހެއްޔެވެ؟ ޔަނާލްއަށް ދެލޯމަރައިލެވުނީ ލިބުނު ހިތްދަތިކަމެއްގެ ސަބަބުންނެވެ.

އެޚަބަރުވީ މުޅި އެއާއިލާގައި ބޮމެއް ގޮއްވައިލުން ކަހަލަ ކަމަކަށެވެ. ހަނީފާއަށް އެކަން ގަބޫލުކުރުންވީ އުނދަގޫކަމަކަށެވެ. އޭނާގެ ދޮށީ ފިރިހެންދަރިފުޅު ދުވަހަކުވެސް ބައްޕައަކަށް ނުވާނޭ ހިތަށްއެރުމުން ހަނީފާގެ ހިތް ފިސްފިސްވެގެން ދިޔަފަދައެވެ. ކޮންމެ މަޔަކުވެސް އެމީހެއްގެ ދަރިއަކު ދިރިއުޅުމެއް ފެށުމުން އެދުވަހެއް ދެކުމަށް އިންތިޒާރުކުރާނޭކަން ގައިމެވެ. ހަނީފާވެސް ދިޔައީ އެހުވަފެން ދެކެމުންނެވެ. އެހެނަސް..

އެހިތާމަވެރި ޚަބަރުން އަދި ހިތްވަރު އެލުވައިލާކަށް ޒާވިލް ބޭނުމެއްނުވިއެވެ. އެކި ތަންތަނުގެ މަޝްހޫރު ޑޮކްޓަރުންގެ ކިބައިގެން އެކިއެކި ބޭސްވަރުފާތަށްކޮށްގެންވެސް ޔަނާލްގެ ކިބައިގައިހުރި އެނުކުޅެދުންތެރިކަން ރަަނގަޅުކުރަން އޭނާ މަސައްކަތް ކުރިއެވެ. ނަމަވެސް ކުރި ހުރިހައި މަސައްކަތެއް ބޭކާރުވީ ކޮންމެ ޑޮކްޓަރަކުވެސް އެންމެފަހު ވަގުތުގައި އުއްމީދު ކަނޑައިލުމުންނެވެ. އެހިސާބުން ފެށިގެން ޔަނާލްއާއި ޒާވިލްއާއި ދެމެދަށް ކޮންމެވެސް ވަރެއްގެ ދުރުކަމެއް އައެވެ. ޔަނާލް އަބަދު ހިތާމަކޮށް ހެދުމުގެ ސަބަބުން އެހަށިގަނޑު ހިކިއަނަރޫފަވަމުން ދިޔައެވެ. ދެމީހުންވެސް ދިޔައީ އެމީހެއްގެ އަމިއްލަ ދުނިޔެއެއްގައި އެހިތާމަ އެކަނިމައި އެކަނި އުފުލަމުންނެވެ. ޒާވިލް ގިނަވަގުތު އޮފީހުގައި ހޭދަކުރަންފެށީ އެޚިޔާލުތަކުން ދުރުވުމަށް ބޭނުންވެފައި ހުރުމުންނެވެ. އެހެނަސް ގެއަށް އައުމާއެކުގައި އެގޭގެ ފަޅުކަން އިހުސާސުވެ އޭނާގެ ހިތުގައިޖެހެއެވެ. ކުއްޖަކު ހޯދުމަށް އެހިތްބޭނުންވާވަރު އިނގެއެވެ. އެކި ބޭކާރު ޚިޔާލުތަކުން ހިތާއި ސިކުނޑި ތޮށްޖެހިދެއެވެ. ވިސްނަން ބޭނުން ނުވިއަސްއެވެ.

ޔަނާލްގެ އެނުކުޅެދުންތެރިކަން އިނގުމާއެކު ހަނީފާ ޔަނާލްއާއި ދޭތެރޭގައި ދެކޭގޮތް އެއްކޮށް ބަދަލުވެގެން ދިޔައެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އޭނާގެ ލޯބިވާ ދަރިފުޅު ކުއްޖަކު ލިބުމުގެ ނަސީބުން މަހުރޫމުވީ ޔަނާލްގެ ސަބަބުންނެވެ. އެދުވަހަށްފަހު ހަނީފާއަށް ޔަނާލްއާ މެދުގައި ދެކެވެނީ ސުންޕާ އަންހެންކުއްޖެއްގެ ގޮތުގައެވެ. އޭނާއަށް ނުވިސްނުނީ ޒާވިލް އުފުލަމުންދިޔަ ހިތާމައިގެ ދެގުނަ އިތުރަށް ޔަނާލް ހިތާމަކުރަމުން ދިޔަކަމެވެ. އަންހެނަކަށްވެ ހުރެ އަންހެނެއްގެ އިހުސާސުތައް ހަނީފާއަށް ނުވިސްނުނެވެ.

އޭގެފަހުން ފާއިތުވެދާ ކޮންމެ ދުވަހަކާއިއެކު އެތައްގޮތަކުން ހަނީފާ ޔަނާލްއަށް ޖެއްސުންކޮށް މަލާމާތްކޮށް ހަދައެވެ. ޔަނާލް ފެނިއްޖެނަމަ އޭނާގެ މޫނުމަތި ބަނަވެދާގޮތުން ޔަނާލް ހިތުގައި ޖެހެއެވެ. އަބަދުވެސް ކޮންމެވެސް ކަމަކާއި ޔަނާލްއާއި ދިމާއަށް ކުދިކިޔުން ނޫންހެންކަމެއް ހަނީފާ ނުކުރެއެވެ. ޔަނާލްއަށް ހަނީފާ ހިތްހަމަޖެހޭގޮތަށް އެއްވެސްކަމެއް ކުރެވޭ ކަމަކަށް ނުވެއެވެ. ކިތަންމެ ރަނގަޅަށް ކަމެއްކުރިއަސް ހަނީފާގެ ހަޅޭލެވުންތަކުން އޭނާ ސަލާމަތްވާގޮތެއް ނުވެއެވެ. ޔަނާލްގެ ހިތާމަތައް އިތުރުވެފައިވާ ކަހަލައެވެ. އެތަނުގައި އޭނާއަށް އަޅައިލަން ތިބީވެސް އެމީހުނެއް ނޫންހެއްޔެވެ؟ އެހީއަކަށްއެދި އޭނާ ދާނެ ވަކި އިތުރުބައެއް އެތަނުގައެއް ނެތެވެ. ހަނީފާގެ ރުހުން ހޯދުމަށް ޔަނާލްކުރާ އެއްވެސްކަމެއް ކާމިޔާބުވާ ގޮތެއް ނުވެއެވެ. ޒާވިލް ނުވަތަ ތާލިމް ގޭގައި ނޫޅޭނަމަ އެއީ އަބަދުވެސް ހަނީފާގެ އާދައެވެ.

“ކިހާ ދެރަކަމެއް. ކަލެއަށް ހަމަ އަހަރެން ބުނާ އެއްކަމެއްވެސް ރަނގަޅަށް ކުރެވޭކަމަށް ނުވަނީއޭ ދޯ.” ޔަނާލް ކައްކައިފައިހުރި ރިހައިގެ ރަހަ ބަލެމަށްފަހު ބުމަގޮށްޖަހައިލަމުން ހަނީފާ ރުންކުރު ރާގަކަށް ބުނެލިއެވެ. “މަންމާ އަހަރެން..” ޔަނާލްގެ ވާހަކަތައް މެދުކެނޑުނީ ރުޅިއައިސްފައި ހަނީފާ ބަލައިލިގޮތް ފެނުމުންނެވެ. “ހޫން ކޮންމެހެން އަހަރެންނަށް މަންމަ ކިޔާނެކަމެއްނެތް. އަމިއްލައަށް މަޔަކަށް ނުވެވޭ މީހަކު އަދި އެހެންމީހުނަށް މަންމަ ކިޔާފަ އެބަގޮވައެއްނު. ހިތުން މާ މާތް މީހެއް މީ. އަހަރެންގެ ދަރީގެ ދިރިއުޅުން ހަލާކުކޮށްފަ. ހިތަށް އަރާ އަހަރެން ކޮންމޮޔައެއް ވެގެންބާއޭ މިސުންޕާއާ އަހަރެންގެ ދަރި ދެވީ. އެހެންނޫންނަމަ މިއަދު އެކުއްޖާއަށް އެހިތާމަ ކުރާކަށް ނުޖެހުނީހެއްނު.” ކުދިކިޔައި ގަންނަމުން ހަނީފާ ރިހަތެލީގައި އަތުން ޖަހައި ވައްޓައިލިއެވެ. އެއަޑަށް އިސްޖެހިފައި ހުރި ޔަނާލް ސިހިގެންދިޔައެވެ. ހަނީފާގެ ކޮންމެ ލަފުޒެއް ހީވީ އެހިތަށް ހަރައިލި ހަންޖަރެއް ހެންނެވެ. ހޯސްލައިފައި ހިތުން ލޭކަރުނަ އޮހޮރެމުންދިޔައިރު އެލޮލުންވެސް ކަރުނަ ފައިބަމުން އޭނާގެ ކޯތާފަތް ތެންމަމުން ދިޔައެވެ.

“މަން. މަންމާ. އެއީ އަހަ.. އަހަރެން ކުރި ކުށެއްތަ؟ ދަރިން.. ދަރިން ނުލިބުމަކީ އަހަރެން ގަސްދުގަ ކުރި.. ކަމެއްނޫން.. ތިހެން ނުބުނޭ.” ގިސްލެވެމުންދިޔަ ޔަނާލް އަޅައަޅައިގަންނަމުން ބުނެލިއެވެ.

“ހުއް. ދެން ކާކު ކުރިކަމެއް އެއީ. އަހަރެންތަ؟ އެހެންޏަ. ބުނަން ވާހަކައެއް. އަހަރެން ހަގީގަތުގަ މިހާރު ބޭނުމެއްވެސްނޫން ކަލޭ އަހަރެންގެ ޒާވިލްއާ އިނދެގެން އުޅޭކަށް. އަހަރެންނަށް ރަނގަޅީ އޭނާ ކަލޭ ވަރިކޮށްފަ ގެނައި ތަނަކަށް ފޮނުވައިލިއްޔާ. އަހަރެންގެ ދަރިއާ ކަލެއަކާ އެކަށީގެނެއްނުވޭ. ހަގީގަތުގަ ކަލެއާ އެހެން ފިރިހެންކާވެސް އެކަށީގެންނުވޭ. ހަހަ.” ހަނީފާގެ ވާހަކަތައް ހުރިގޮތުން ގަބޫލު ނުކުރެވިފައި ޔަނާލްއަށް ބަލަން ހުރެވުނީއެވެ. އެއީ ހަމަ އޭނާއާއި ދޭތެރޭގައި މަޔަކުހެން ހެޔޮކޮށް ކަންތައްކޮށްދިން މީހާހެއްޔެވެ؟

“ނޫން. ތިހެން ނުބުނޭ މަންމާ.” ޔަނާލްއަށް ހިތުޖެހިފައި ރޮއިގަނެވުނެވެ. “ހުއް. ކަލޭ ބަލަން ހުންނައްޗޭ. އަހަރެން ވަރަށް އަވަހަށް ކަލޭ މިގެއިންވެސް އަދި ޒާވިލްގެ ދިރިއުޅުމުންވެސް ފޮނުވާލާނަން. އެދުވަހަކަށް ތައްޔާރުވެގެން ހުރޭ.” ކަޅިއަޅައިލަމުން ޔަނާލްގެ ކޮނޑުގައި އަތުން ޖަހައި ކޮށްޕައިލުމަށްފަހު ކާކޮޓަރިން ނުކުންނަން ހިނގައިގަންނަމުން ހަނީފާ އިންޒާރެއް ދިނެވެ. ބުނާނެ އެއްޗެއް ނޭނގި ހަމަހިމޭންވެފައި ޔަނާލްއަށް ހުރެވުނީއެވެ. ހަނީފާ ނުކުތުމާއެކު ދުވެފައި ޔަނާލްގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ރޮއިގަންނަމުން އެނދުމަތީގައި އޮށޯވެއޮވެ ޔަނާލް އަމިއްލަ ނަފުސާ އެތައް ޝަކުވާއެއް ކުރިއެވެ. ޒާވިލް އާއި ވަކިން އޭނާ އުޅޭނީ ކިހިނެއްހެއްޔެވެ؟ އެއީ މުޅި ހަޔާާތުގައިވެސް އޭނާއަށް ލޯބިވެވުނު ހަމައެކަނި މީހާއެވެ. ވީއިރު ޒާވިލްއާއި ވަކިން އުޅެންވެއްޖެނަމަ ޔަނާލްގެ ހަށީގައި ފުރާނަ ހުއްޓަސް އޭނާއެކޭ މަރުވެފައޮތް މައްޔިތެކޭވަކި ތަފާތުވާނޭ ހެއްޔެވެ؟

ޒާވިލް ގާތުގައި އެއިން އެއްވެސް ވާހައެއް ނުބުނެ ވޭތޯ ޔަނާލް ވަރަށް ކެތްކޮށްފިއެވެ. އެހެނަސް މިއަދު އެވީ ކަންތަކަށްފަހު އޭނާގެ ކެތްތެރިކަން ކޮޅުން ލައިގެން ގޮސްފިއެވެ. ޒާވިލްއާއި ވަކިން އުޅޭން ޔަނާލް ހިތަށް އަރުވައިލިއަސް އެހިތުގައި ކެތްނުކުރެވޭވަރުގެ ގަދަ ރިހުމެއް އުފެދެއެވެ. އެެހެންކަމުން މިއަދު ޒާވިލް އޮފީހުން އައުމުން އެވާހަކަތައް އޭނާއާއި ދެއްކުމަށް ނިންމުމަށްފަހު ޔަނާލް ކުޑަކޮށް ހިތްހަމަ ޖައްސައިލިއެވެ.

ކަންތައްވީ ޔަނާލް ނިންމިގޮތާ މުޅިން އިދިކޮޅަށެވެ. ޒާވިލް އޮފީހުން އައުމާއެކު ހަނީފާ ރޮއިރޮއިފައި ޔަނާލްއޭ ކިޔައިގެން ދޮގުވާހަކަތަކެއް ޒާވިލްގެ ކަންފަތަށް އިއްވައިލިއެވެ. ގޭތެރޭގެ އެއްވެސް މަސައްކަތެއް ކުރުމެއްނެތި ޔަނާލް އަބަދު ކޮޓަރީގައި އަރާމުކުރަން އޮންނަ ވާހަކައެވެ. މިއަދު އޭނާ އެހައި ހާލުން ކެއްކި ރިހަތެލިވެސް ޔަނާލްއަތުން ބަންޑުންވުމުން އެތަންވެސް ސާފުކޮށްލުމެއްނެތި ޔަނާލް ކޮޓަރިއަށްދިޔަ ވާހަކައެވެ. އަބަދު ހަނީފާއާއި ދިމާއަށް އެކިއެކި ކަންކަމާގުޅިގެން ކުދިކިޔާ ވާހަކައެވެ. ޔަނާލްގެ ކަމަކާއި ގުޅޭގޮތުން ހަނީފާ އެއްޗެއް ބުނެފިނަމަ އޭނާއާއި ޒުވާބުކޮށްހަދާ ވާހަކައެވެ. އިވުނު ވާހަކަތައް ގަބޫލުކުރަން ފުރަތަމަ ޒާވިލްއަށް އުނދަގޫވިއެވެ. ނަމަވެސް އޭނާގެ މަންމަވެސް ކަމެއްނުވަނީސް އެގޮތަށް އޭނާ ގާތުގައި ވާހަކަ ނުދައްކާނޭކަމަށް އޭނާގެ ހިތް ބުނެލުމާއެކު ޒާވިލްއަށް ދެބުމަ ގޮށްޖަހައިލެވުނެވެ. ޔަނާލްގެ އަމަލުތައް އެހައި ދަށު ދަރަޖައަކަށް ވެއްޓިދާނޭ ހެއްޔެެވެ؟ ޒާވިލްއަށް ދެފަރާތަށް ބޯހޫރުވައިލެވުނެވެ. އެދުވަސްވީ ފުރަތަމަ ފަހަރަށް ޒާވިލް ޔަނާލްއާއި ދިމާއަށް ރުޅިއައިސްގެން ހަޅޭލެވި ދުވަހަށެވެ. އަމިއްލަ ދިފާއުގައި އެއްވެެސް އެއްޗެއް ބުނުމުގެ ފުރުސަތެއް އެފަކީރަކަށް ނުލިބުނެވެ. ދުލަށްއައިހައި އެއްޗެއް ކިޔުމަށްފަހު ޖެހުނު އެންމެ ބާރަކަށް ދޮރުޖަހައިލަމުން ޒާވިލް ކޮޓަރިން ނުކުމެގެން ދިޔައީ ޔަނާލް ރޮއިރޮއި އޮއްވައެވެ.

އޭގެފަހުން ފާއިތުވެދާންފެށި ކޮންމެ ދުވަހަކުވެސް ކުދިކުދި ދެބަސްވުންތައް އެދެމެދުގައި އުފެދެންފެށިއެވެ. ހަނީފާ ފައިވިއްދައިލައިފައިހުރީ ކޮންމެ ގޮތެއް ހަދައިފައި ނަމަވެސް ޔަނާލްއާއި ޒާވިލް ވަކިކުރުވުމަށެވެ. ބުރަކޮށް އޮފީހުގައި އުޅެފައި ޒާވިލް ގެއަށް އަންނަ ވަގުތުތަކުގައި އަބަދުވެސް ކޮންމެވެސް އެއްޗެކޭ ކިޔައިގެން އޭނާ ޒާވިލްގެ ރުޅިގަނޑު ހިލުވައިލައެވެ. މަޑުމަޑުން ދަމުންދަމުންގޮސް އޭނާ ޒާވިލްއަށް ޔަނާލްގެ ބޭނުމެއްނެތްކަމަށްބުނެ ވިސްނައިދޭން ފެށިއެވެ. ޒާވިލްގެ ސިކުނޑި އެކިކަހަލަ ވަސްވާސްތަކުން ފުރައިލިއެވެ. ޒާވިލްގެ ބަލިފަޔަކީ އޭނާގެ ހިތުގައި ކުޑަކުދިންނަށް އޮންނަ ލޯބިކަން ހަނީފާ ދަނެއެވެ. އެކަމުގެ ފައިދާ ނަގައި ޒާވިލް ބައްޕައަކަަށްވުމުގެ އުފަލުން މަހުރޫމުވެފައި އެހުރީ ޔަނާލްގެ ސަބަބުންކަމަށް ހަނީފާ ތަކުރާރުކޮށް ކިޔަން ފެށުމުގެ އާޚިރު ނަތީޖާއަކަށްވީ މަޑުމަޑުންގޮސް ޒާވިލްއަށްވެސް އެވާހަކަތައް ގަބޫލުކުރެވެން ފެށުމެވެ. ޔަނާލްގެ ކުށެއްނެތަސް އެކަމުގެ އިލްޒާމް ޔަނާލްގެ ބޮލުގައި އެޅުވެން ފެށުމެވެ. އޭނާގެ ހިތުގެ އެދުން ފުރިހަމަނުވީ ޔަނާލްގެ ކުށުން ކަމަށް ވިސްނުމެވެ.

އެހުރިހައި ހިތްދަތިކަމެއްގެ ސަބަބުން ޒާވިލް ކުދިކުދި ކަންކަމާއި ރުޅިގަދަވާންފެށިއެވެ. ހިތާއި ސިކުނޑިއަށް ލިބެމުންދިޔަ ނުތަނަވަސްކަން ބޭރުކޮށްލުމުގެ ގޮތުން ޒާވިލްވެސް ޔަނާލްއާއި ދިމާއަށް އޭނާ ކުށްވެރިކޮށް ހަޅޭލަވަން ފެށިއެވެ. އެކަންވީ ޔަނާލްގެ ރިހޭފައި މައްޗަށް ފޮއިވެއްޓުން ކަހަލަ ކަމަކަށެވެ. އޭނާގެ ކުށެއްނެތި އެކަމެއްގެ ސަޒާލިބެންވުމުން ހިތަށް ތަދުނުވާނީ ކާކުގެ ހެއްޔެވެ؟ ޒާވިލްގެ ހަޅޭލެވުންތައް އިތުރުވަމުންގޮސް އެންމެފަހުން އޭނާ ޔަނާލްއަށް އެކިކަންކަމުގައި ކުދި އަނިޔާވެސް ކުރަންފެށިއެވެ. ޔަނާލްއަށް ހަދާނެގޮތް ހުސްވިކަހަލައެވެ. އެތައް ގޮތަކުން ޒާވިލްއާއި ވާހަކަދެއްކޭތޯ އޭނާ މަސައްކަތްކުރިއެވެ. އެހެނަސް ޒާވިލްގެ ކުރިމަތީގައި ޔަނާލްގެ ބަސްވިކޭގޮތެއް ނުވިއެވެ. ޔަނާލްއަކި ޒާވިލްއަށް މުހިންމު މީހަކަށް ނުވާފަދައެވެ. ޒާވިލް ޔަނާލްދެކެ ވީލޯބި ކޮބައިހެއްޔެެވެ؟ ދިރިއުޅުމުގައި ދިމާވި އެންމެ އިމްތިހާނެއްގެ ސަބަބުން އެލޯބިވެސް ފަނޑުވެ ނެތިދިޔައީ ހެއްޔެވެ؟

އެމުޅި ގޭގައިވެސް އޭނާއަށް ރުހުމުގެ ލޮލަކުން ބަލައިލާ މީހަކަށް ހުރީ ޒިޔާންއެވެ. އެހެނަސް އޭނާގެ އުމުރު ޅަކަމާއެކު މައިންބަފައިންގެ ކުރިމަތީގައި އިސްވެ އެއްޗެއްބުނަން ޒިޔާން ޖެހިލުންވިއެވެ. ޒާވިލްއާއި ވާހަކަދައްކަން އޭނާކުރި މަސައްކަތްވެސްވީ ބޭކާރެވެ. ހަނީފާވަނީ އެއަށްވުރެ ބޮޑަށް އެހިތުގައި ޔަނާލްއާއި މެދުގައި ނަފުރަތު އުފައްދައިފައެވެ. ތާލިމްވެސް ޔަނާލްއާއި އަނގައިން ނުބުނާތަނުގައި ހަނީފާ އާއި ޒާވިލް ޔަނާލްއާއި މެެދުގައި ކަންތައްކުރާ ގޮތާއިމެދު އެއްވެސް އެއްޗެކޭ ބުނެލަން ހިތަށްވެސް ނާރައެވެ. ޔަނާލްއަކީވެސް ހަމަ އެމީހުންފަދަ އިންސާނެއްކަން އެމީހުން ހަނދާންނެތުނު ކަހަލައެވެ. އޭނާގެވެސް އޮންނަނީ ހިތެކެވެ. އެހިތުގައިވެސް އިހުސާސުތަކެއް ވެއެވެ. ޒަޚަމްލުމުން ވޭންއަޅައެވެ. ލޮލުން ކަރުނަ އޮހޮރެއެވެ. ކުއްޖަކު ނުލިބުމުގެ ހިތާމަކުރަނީ ހަމައެކަނި އެމީނެއްނޫނެވެ. ޔަނާލްވެސް އެހިތާމަތައް ކުރަމުން ދިޔަކަން އެމީހުނަށް ނޭނގެނީހެއްޔެވެ؟

އެކަނިވެރިކަމުގައި ޔަނާލް ދުވަސްތައް ގުނަމުން ދިޔައެވެ. ޔަނާލްއަކީ މިހާރު އެގޭގައި އުޅުނަސް ނެތް މީހަކުފަދައެވެ. އަމިއްލަ އިހުސާސުތައް ހިއްސާކޮށްލާނޭ މިހަކު ނެތުމުން ޔަނާލް އޭނާ ގެންގުޅޭ ފޮތެއްގައި އެހުރިހައި އިހުސާސެއް ލިޔަމުން ދިޔައީ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބޭތޯއެވެ. ކޮންމެ ދުވަހަކު ނަމާދުކުރުމަށްފަހު އެތައް ވަގުތެއް ޔަނާލް ދުޢާކުރުމުގައި ހޭދަކުރެއެވެ. އެއީ އޭނާއަށް ކުރިމަތިވި އިމްތިހާނެއްކަމަށްދެކި އެކަމަށް އެންމެފުރިހަމަ ގޮތުގައި ކެތްތެރިވާން އެނިކަމެތި އަންހެންކުއްޖާ މަސައްކަތް ކުރަމުން ދިޔައެވެ.

ޒާވިލްގެ އިނާހެތި އަނިޔާތަކުގެ ލަކުނު ޔަނާލްގެ ހަށިގަނޑުން ފާޅުވާންފެށިއެވެ. އެކަމާވެސް ހަނީފާ ހުންނަނީ ހިތްހަމަޖެހިފައެވެ. ބައެއްފަހަރު އެއަންހެނާގެ ހިތޭ މިޔަކާ ގުނަވަން އޮވޭބާވައޭވެސް ޔަނާލްގެ ހިތަށް އަރައެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ގޭގެ ބެލް ޖެހިއަޑު އިވިފައި ޔަނާލް ގޮސް ދޮރުހުޅުވަލިއެވެ. އޭރު ދޮރުމަތީގައި ހީހީފައި ވާހަކަ ދައްކަން ޒާވިލްއާއި އަންހެންކުއްޖަކު ހުއްޓެވެ. ދޮރުހުޅުވައިލިއަޑަށް ދޮރަށް ފުރަގަސްދީގެންހުރި އެއަންހެންކުއްޖާ އެނބުރި ބަލައިލިއެވެ. “އޯހް. ހާއި ޔަނާލް.” އޭނާއާއި ދިމާއަށް އެނބުރުނު ނިޝްޔާ ފެނިފައި ޔަނާލްވެސް ކުޑަކޮށް ހިނިތުންވެލިއެވެ. އެމީހުންގެ ކައިވެނީގެ ރޭގައި ޒާވިލް ވަނީ އޭނާއަށް ނިޝްޔާ ތައާރަފުކޮށްދީފައިކަމުން ނިޝްޔާ ފެނުމާއެކު އެއީ ކާކުކަން ޔަނާލްއަށް އިނގުނެވެ.

“އާދޭ އެތެރަށް.” ދޮރުމަތިން ދުރަށް ޖެހިލަމުން ޔަނާލް ނިޝްޔާ ވަންނަން ތަންދެއްކިއެވެ. ހެވިފައިހުރެ ނިޝްޔާ ޒާވިލްއާއި ސަކަރާތްޖެހެމުން އެތެރަށްވަދެ ސޯފާގައި އިނށީދެލިއެވެ. އެހެން އަންހެނަކާއި ޒާވިލް އެހައި ގާތްކޮށް އުޅޭތަން ފެނުމުން ޔަނާލްގެ ހިތަށް އުނދަގޫވިއެވެ. ޒާވިލްއަކީ އޭނާގެ ފިރިމީހާއެއްކަމަކު އޭނާއާއި އެކުގައި އެފަދަ ހިތްޖަމަޖެހޭ ސަމާސާތަށް ޒާވިލް ނުކުރާތަނުގައި ހިތްހެޔޮކަމާއެކު އޭނާއާއި އަނގައިން ބުނެލަންވެސް ޒާވިލް ބޭނުންނުވާކަހަލައެވެ.

ޒާވިލް އެއްޗެހި ބަދަލުކުރަން ދިއުމުން ޔަނާލް ޖޫސްތަށްޓަކާއި ބިސްކޯދާއި ހިފައިގެންގޮސް ސޯފާގެ ކުރިމަތީގައިހުރި ކުޑަ މޭޒުމަތީގައި ބެހެއްޓިއެވެ. އަދި ނިޝްޔާ ގާތުގައި އިނށީދެ ހަމަޖެހިލިއެވެ.

“ވަރަށް އުފާވެއްޖެ އަނެއްކާވެސް ދިމާވުމުން. ހެހެ. މިކޮޅަށް އައިސް މިއުޅެނީ ފްރެންޑްސްއާ އެކު ޝޮޕިންގް ކޮށްލަން. ޝޮޕިންގް މޯލްއަކުން ނުކުތްތަނުން ޒާވްއާ ދިމާވީ. ބޭފުޅާ މިކޮޅަށް އަވަސްއަރުވައިލާފަ އައި އިރު އުޅޭތަނާ ގުޅޭނެ ނަމްބަރެއްވެސް ނުދޭވިއްޔަ. ނަސީބެއް ދިމާވިކަން. ހަފްތާއެއްހައި ދުވަހު މިކޮޅު މަޑުކުރާނަން. ވާނެދޯ ދިމާވެލަން.” ޖޫސްތަށިން އެތިފޮދުފޮދު ބޮމުން ނިޝްޔާ ވާހަކަ ދައްކަމުން ދިޔައެވެ. ނިޝްޔާގެ ވާހަކައަށް ޔަނާލް ހަމައެކަނި ހިނިތުންވެލީއެވެ.

ޒާވިލް އައިސް އެތަނުގައި އިނށީނުމާއެކު ޔަނާލް އިސްޖަހައިލިއެވެ. “ދޭބަލަ އަހަރެންނަށް ކޮފީއެއް ހަދަން.” ހަރުކަށިރާގެއްގައި ޒާވިލް ބުނެލިގޮތުން ނިޝްޔާ ހައިރާންވިއެވެ.

“ހާދަ ރުޅިއައިސްފަ. ކިހިނެއްވީ؟ އޭނަ ކޮންކަމެއްކުރީ؟” ފާޑަކަށް ހެވިފައިއިނދެ ނިޝްޔާ އަހައިލިއެވެ. އެއްޗެކޭ ނުބުނެ އިރުކޮޅަކު ޒާވިލް އިނެވެ. ކޮފީ މަގެއް ހިފައިގެން ޔަނާލް އައިސް ޒާވިލްއަށް ދިއްކޮށްލުމާއެކު އޭނާ ކަޅި އަޅައިލަމުން އޭގައި ހިފުމަށްފަހު ނިޝްޔާގެ ކުރިމަތީގައި ޔަނާލްއަށް މަލާމާތްކޮށްލިއެވެ. ޔަނާލްގެ ނުކުޅެދުންތެރިކަން އެގޮތަށް ފަޟީހަތް ކޮށްލިއިރު ޒާވިލްއަށް ނުވިސްނުނީ އަނބިމީހާގެ ގަދަރަކީ ހަމަ ފިރިމީހާގެވެސް ގަދަރުކަމެވެ.

“އޯ ގޯޑް. އަސްލުވެސްތަ؟ ދެން ޒާވް ކީކުރަން ތިކަހަލަ މީހަކާ އިނދެގެން ތިއުޅެނީ؟ ބޭކާރުކަމެއްނުތީ.” ޔަނާލްއަށް ބަލައިލަމުން ފާޑަކަށް މޫނުހަދައިލައިފައި ނިޝްޔާވެސް ޒާވިލްގެ މަލާމާތުގައި ބައިވެރިވެލިއެވެ. އެދެމީހުންގެ ވާހަކަތައް ހުރިގޮތުން ޔަނާލްގެ ހިތް ފޮތިފޮތިވަމުން ދިޔައެވެ. އެއްވެސް އިޚުތިޔާރެއްނެތި އެދެލޯ ކަރުނުންފުރި ބާރުވިއެވެ. އެތަނުގައި ހުންނަން އިތުރަށް ކެތްނުވުމުން ޔަނާލް ދުވެފައިގޮސް އޭނާގެ ކޮޓަރިއަށް ވެނެވެ. “ހުއް. ސޯ ޑްރެމެޓިކް. އޭނަ ވަރިކޮށްބަލަ.” ޔަނާލް ދިޔަދިމާއަށް ބަލަންއިން ނިޝްޔާ ބުނެލިއެވެ. އޭގެއަށް އެއްވެސް ޖަވާބެއް ދިނުމެއްނެތި ޒާވިލް ކޮފީ މަގު ތުނބުގައި ޖައްސައިލުމަށްފަހު އެތިފޮދެއް ބުއިލިއެވެ.

އެދުވަހަށްފަހު ނިޝްޔާ އެގެއަަށް އަންނަން ފެށިއެވެ. ޔަނާލް ފެންނަ ކޮންމެ ފަހަރަކު އޭނާ ކޮންމެވެސް އެއްޗެކޭ ކިޔައި ޔަނާލްއާ ދިމާކޮށް މަލާމަތްކޮށް ހަދައެވެ. ހަނީފާމެންގެ ފަރާތުންވެސް އެފަދަ އަމަލުތައް ފެންނާތީ ނިޝްޔާވެސް އޭނާގެ ހިތުގައި އޮތް އެއްޗެއް ޔަނާލްއާ ދިމާއަށް ކިޔާކަށް ފަހެއްނުޖެހެއެވެ. އެހުރިހައިކަމަކައި އަޅައި ޔަނާލް ހިތާމަނުކުރާ އެންމެ ހިނދުކޮޅެއްވެސް ނުދެއެވެ.

**

“އޭނަ ވަރިކޮށްބަލަ ޒާވް. ކިހިނެއް އިނގެނީ އެކަމުގެ ނާޖާއިޒް ފައިދާ އޭނަ ނުނަގާ ކަމެއްވެސް. ޒާވް ގޭގަ ނޫޅޭ ގަޑީ އެހެން ފިރިހެނުން ނުވައްދާާކަމެއްވެސް ނޭނގެއެއްނު. އެކަހަލަ މީހުން އުޅޭނީ އެވައްތަރަށް.” ނިޝްޔާ ޒާވިލްއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.

“ތެދެއް ދަރިފުޅާ. ދަރިފުޅު ގޭގަ ނޫޅޭވަގުތު އޭނަ ގިނައިން އޮންނަނީވެސް ކޮޓަރީ. ނޭނގެ އެއްނު ތަޅުލައިގެން އެތާއޮވެ އެކުރާކަމެއްވެސް.” ހަނީފާވެސް ނިޝްޔާގެ ވާހަކަތަކަށް ތާއީދުކުރިއެވެ. އެއަޑުގައިވި ފޫހިކަމުންވެސް އޭނަ ޔަނާލް ޒާވިލްގެ ދިރިއުޅުނުމުން ފޮނުވައިލަން ބޭނުންވާ މިންވަރު ހާމަވެއެވެ. “އަހަރެން އެބަ ވިސްނަަން ތިކަމާ.” އެއްފަރާތަކަށް ނަޒަރު ހުއްޓައިލަމުން ޒާވިލް ބުނެލިއެވެ.

އެހުރިހައި ވާހަކައެއް ކާކޮޓަރީގައި ފެންފޮދެއް ބޯންހުރި ޔަނާލްއަށް ސާފުކޮށްއިވުނެވެ. ނިޝްޔާ އޭނާގެ ބޮލުގައި އެއެޅުވީ ހާދަ ނުބައި އިލްޒާމެކެވެ. އެފަދަކަމެއް ކުރަން އޭނާ ހިތަށްވެސް ނާރުވައެވެ. ޒާވިލްގެ ދުލުން ބޭރުވި އެޖުމުލައާއެކު ޔަނާލްެއަށް ހީވީ އޭނާގެ ވަށައިގެންވި މާހައުލު އެނބުރިގަތް ހެންނެވެ. އެހައި ލޯބިން ކުރި ކައިވެނި ރޫޅެން އުޅޭކަމުގެ ފެހި ސިގްނަލް ލިބުމާއެކު ޔަނާލްއަށް ހިތާއި ދިމާލުން މޭގައި އަތްއަޅައި ބާރުކޮށްލެވުނެވެ. ޔަނާލްގެ ހުންނަ މަޑުމައިތިރިކަމުގެ ސަބަބުން މީހަކާއި ދިމާލަށް އެއްޗެއް ބުނަން ފަސްޖެހެވުނަސް އޭނާގެ ހިތް އެވަގުތު އެމީހުނާއި މެދުގައި ކިލަނބުވިއެވެ. އެފަދަ ނުބައި ބަޔަކަށް ހިތްހެޔޮކުރެވޭނީ ކިހިނަކުން ހެއްޔެވެ؟

“ހޭއި ޔޫޒްލެސް. އަޅެފަހެ ކަލެއަށް މިހާރު ވިސްނެން ވެއްޖެއްނު. ލަދެއްވެސް ނުގަނޭދޯ މިގޭމީހުން ކަލޭދެކެ އެހައި ރުޅި އަންނަ އިރުވެސް މިތަނުގަ އުޅޭކަށް. ޕިސްޕިސް. އެހެންމީހަކުނަމަ މިހާރު މިތަނުން ހިނގައްޖައީސް. ކީކޭ ބުނާނީ؟ އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ ދިރިއުޅުން ބަރުބާދުކޮށްފަ އަދި އެބަ ހުރެއެއްނު ވަރަށް ރަނގަޅުކަމަށް ހެދިގެން. ހަނދާންކުރައްޗޭ. އަހަރެން މިތަނުން ދާނީ ޒާވް ތި ޔޫޒްލެސްގެ ކިބައިން ސަލާމަތްކޮށްފަ.” ގެއިން ނުކުންނަންދިޔަ ނިޝްޔާގެ ލޮލުގައި ކާކޮޓަރިން ނުކުތް ޔަނާލް އަޅައިގަތުމާއެކު އޭނާއާއި ގާތަށް ޖެހިލަމުން ދެލޯހަނިކޮށްލައިފައި ބުނެލިއެވެ. ރައްދުގައި އެއްވެސް އެއްޗެއް ބުނުމެއްނެތި ޔަނާލް ދިޔައީއެވެ. އެތަންބަލަންހުރި ނިޝްޔާ މޫނު ކުނިކޮށްލަމުން އެގެއިން ނުކުމެގެން ދިޔައެވެ.

ޔަނާލްއާއި ޒާވިލްއާއި ދެމެދުގައި ޖެހެމުންދިޔަ މައްސަލަތައް އިތުރުވެ ބޮއްސުންލައިގެން ދާންފެށުމުން ޔަނާލްގެ ހިތުގައި ޒާވިލްގެ މައްޗަށްއޮތް ލޯބިވެސް މަޑުމަޑުން ފަނޑުވާންފެށިއެވެ. ޒާވިލްގެ ފަރާތުން ކޮންމެ ދުވަހަކު އެތައް އަނިޔާއަކާ އޭނާއަށް ކުރިމަތިލާން ޖެހެއެވެ. ނިޝްޔާގެ ވާހަކަތަކަށް ހެއްލި ޒާވިލްގެ ނަޒަރުގައިވެސް ޔަނާލް އަކީ އޭނާ ގޭގައި ނޫޅޭ ވަގުތުތަކު ހިލޭ ފިރިހެނުންނާއެކު އުފާހޯދާ އަންހެނަކަށްވިއެވެ. ޔަނާލް އޭނާއަށް ބޭވަފާތެރިވީކަމަށްބުނެ ޒާވިލް އިތުރު އަނިޔާތައް ޔަނާލްގެ ހިކިއަނަރޫފަވެފައިވާ ހަށިގަނޑަށް ދޭންފެށިއެވެ.

އެކަންތައްތަކަށް ކެތްނުވުމުން ޔަނާލްއަށްވެސް ވިސްނުނީ އެންމެ ރަނގަޅު ގޮތަކީ ޒާވިލްގެ ކިބައިން ވަރިވެގެން އެތަނުން ދިއުންކަމެވެ. އެތަނުގައި އޭނާއަށް އަޅައިލާނެ އިތުރު މީހަކު ނެތެވެ. އޭނާއަށް ރުހުމުގެ ނަޒަރަކުން ބަލައިލާނެ ހަމަ އެކަކުވެސް ނެތެވެ. ދޮންބެދައްތަގެ އެހާލަށް ޒިޔާން ހަމްދަރުދީވެ ޔަނާލްއަށް ޒާވިލް ގާތުން ވަރިވުމަށް ހިތްވަރު ދިނެވެ. އެއީ އޭނާއަށްޓަކައި އެންމެ ރަނގަޅުގޮތް ކަމުގައި ޒިޔާން ވިސްނައިދިނެވެ. ޒިޔާންގެ ބަސްގަބޫލުކޮށް ޒާވިލް އޭނާ ވަރިކުރުމުގެކުރިން ޒާވިލްގެ އެއަނިޔާވެރި ހަޔާތުން އޭނާ ސަލާމަތްކުރުމަށް އެދެން ޔަނާލް ނިންމިއެެވެ. އޭނާއަށް ދެން އެންމެ ހިނދުކޮޅަކުވެސް އެތަނުގައި ކެތެއްނުވާނެއެވެ. ލައްކަ ދުވަހު ކެތްކުރެވޭތޯ އޭނާ މަސައްކަތް ކޮށްފިއެވެ.

** ** **

“އެރޭ އަހަރެން ޒާވިލްގެ ކިބައިން އެދުނިން އަހަރެން ވަރިކޮށްދޭން. އެކަމާވެސް އޭނާ އަހަރެންނަށް ވަރަށް އަނިޔާކުރި. އޭނާ އާއި ކައިވެނިކޮށްގެންހުރެ އަހަރެން ބޭނުންވާގޮތަށް ނުއުޅެވޭތީއޭ ކިޔާފަ. އެކަމަކު އަލްހަމްދުލިއްލާޙް. އޭގެ ދުވަސްކޮޅެއްފަހުން އޭނާގެ މަންމަ ކިޔާކިޔާ އޭނަ އަހަރެންވަރިކުރި. އަހަރެންެކަހަލަ ބޭކާރު ފުރިހަމައަންހެނަކަށްނުވާ މީހަކު ބޭނުންނުވާކަމަށްބުނެ. އަހަރެންނަށް ލިބުނު އުފަލެއް ނޭނގުނު ބަޔާންކޮށްދެންވެސް. އެއަނދަވަޅުން އަހަރެން ދިރިހުއްޓައި ސަލާމަތްކުރެއްވީތީ އަހަރެން ﷲ އަށް ޙަމްދުކުރިން. ޒާވިލް އަހަރެން ވަރިކުރުމާއެކު އަހަރެން އެނބުރި މާލެއައީ. އެކަމަކު ބޮޑުބޭބެ ގާތަށް އައުމުން އެކަމާ އޭނާވެސްހުރީ ހިތްހަމަނުޖެހިފަ. އަހަރެންނަކީ އޭނާއަށް ޖެހިފައިއޮތް މުސީބާތެއްކަމަށް ބޮޑުބޭބެ ދެކެނީ. އަހަރެންވެސް ފުރާފުރިހަމަވެފަ ހުރުމާއެކު އިތުރަށް ބަޔަކަށް ބުރައަކަށްވާން ބޭނުންނުވީ. އިތުރުބައެއްގެ ފަރާތުން ކުރިމަތިވާ އުނދަގޫތަކަކާ ކުރިމަތިލާނެހައި ހިތްވަރެއް އަހަރެންގެ ގަޔަކު ނެތް. އެހެންވެ އަހަރެން މިގެއަށް އެނބުރި އައީ. އަހަރެންގެ އަމިއްލަ ގެއަށް.” ފުންނޭވާއެއްލަމުން ޔަނާލް އިރުކޮޅަކަށް އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. އޭރުވެސް ޝައުގުވެރިކަމާއެކު އެވާހަކަތައް އަޑުއަހަން ބުމަގޮށްޖެހި އަތްމުށްކެވިފައި އަރްޒަން އިނެވެ.

“އަރްޒަންއަށް އިނގޭތަ؟ މިއީ އަހަރެންގެ މައިންބަފައިންގެ ގޯތި. އެމީހުން ނިޔާވުމުގެ ކުރިން މިގެ ހަދައި ނިންމުމަށްފަހު ކުއްޔަށްދިނީ. މިއެޕާރޓްމަންޓްމީ އަހަރެން ކުޑައިރު އަހަރެންގެ މައިންބަފައިންނާއެކު އުޅުނުތަން. އަދިވެސް އަހަރެން ހަނދާންހުރޭ. މިތަންމީ އަހަރެމެންނަށްޓަކައި ބައްޕަ ޚާއްސަކުރިތަނެއް. އަހަރެންގެ މައިންބަފައިންނަކީ މުއްސަނދި ބައެއް. އެކަމަކު.. އެކްސިޑެންޓް. އާހް.. އެކްސިޑެންޓްވީ ވަގުތު މަންމަ ނިޔާވި. ހޮސްޕިޓަލަށް ގެނެވުނު އިރުވެސް ބައްޕަގެ ފުރާނަހުރި. މަރުމަތީއޮވެ ބައްޕަ ބޮޑުބޭބެ ގާތުން އަހަރެން ބަލައިދިނުމަށް އެދުމުން އޭނާ އެދުނީ ބަދަލުގައި ބައްޕަގެ ކޮމްޕެނީ އޭނާގެ ނަންމައްޗަށް ބަދަލު ކުރުމަށް. ބައްޕަގެ ހިތް ދެން މާގިނަ ދުވަހު ދުނިޔޭ ނޯންނާނެކަމަށް ބުނުމުން އެކަމަށް އެއްބަސްވެ ބައްޕަ ބޮޑުބޭބެ ގާތުން ލިޔުން ތައްޔާރުކޮށް ގެނައުމަށްބުނި. އެލިޔުމުގައި ވާގޮތުން އަހަރެންނަށް 18 އަހަރު ފުރޭ ދުވަހަކީ އެކޮމްޕެނީ ބޮޑުބޭބެގެ މިލްކަކަށް ވާނެ ދުވަސް. އޭގެ ދެދުވަސްފަހުން ބައްޕަ ނިޔާވީ. އަހަރެންނަށް މިހުރިހައިކަމެއް އިނގުނީ ބޮޑުބޭބެގެ ދޮށީ ދަރިފުޅުގެ ފަރާތުން. އެދުވަހު އަހަރެން މާލެ އައުމުން ބޮޑުބޭބެ ބުނީ އޭނާގެ ބެލުމުގެ ދަށުގައި އަހަރެންނަށް ހުރެވޭނީ އޭނާއަށް މިގެ ދިނުމުންކަމަށް. ބައްޕަގެ ވަސިއްޔަތުގައިވާގޮތުންނަމަ މިގެވަނީ އަހަރެންނަށް ދީފަ. އަދި މިއެޕާރޓްމަންޓް އެއްވެސް ބަޔަކަށް ކުއްޔަށް ދިނުން މަނާކޮށްފަ. އަހަރެން ބޮޑުބޭގެ އެދުމަށް ދެކޮޅުހެދުމުން ބޮޑުބޭބެ ރުޅި އައީ. އަހަރެން ބުނިން އަހަރެން އެމީހުން ގާތުގައި އުޅެން ބޭނުންނޫންކަމަށް. އަހަރެންނަށް މިގޭގެ ދަޅުދަނޑިފަތި ހަވާލުކުރުމަށް. އެމައްސަލައިގަ ބޮޑުބޭބެ އަހަރެންނާ ގުޅުން ކަނޑައިލީ. އަހަރެން މިގެއަށް އައިސް މިތަނުގައި ދިރިއުޅެމުންދިޔަ މީހުންނަށް އެންގިން އެދުވަހަށްފަހު ގޭގެ ކުލި އަހަރެންނާ ހަވާލުކުރުމަށް. އޭގެފަހުން އަހަރެން އުޅެމުން ގެންދިޔައީ މިއެކަނިވެރި ދިރިއުޅުން. އަހަރެން ޒާވިލްއަށްޓަކައި ދޫކޮށްލި ކިޔެވުން އަލުން ފުރިހަމަކޮށް ވަޒީފާއަށް ވަނީ މާޒީގެ އެހިތި ހަނދާންތަކާ ދުރަށްދިއުމަށް ބޭނުންވެފައި ހުރިވަރުން. ﷲ ގެ އިރާދަފުޅުން މިތަނުން ލިބޭ ކުއްޔާއި އަހަރެންގެ މުސާރައިން މާބޮޑަށްވެސް ފުދިގެން އަހަރެންނަށް އުޅެވޭވަރުވޭ.” ނޭފަތް އެތެރެއަށް ދަމައިލަމުން ޔަނާލް އޭނާގެ ވާހަކަ ނިންމައިލިއެވެ. އެއްވެސް އެއްޗެކޭ ނުބުނެ އަރްޒަން ހިމޭންވެފައި އިނީ އިވުނު ވާހަކަތަކާމެދުގައި ބަސްހުއްޓި އަޖައިބުވެފައެވެ. ގަބޫލުކުރަން ދަތިވެފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ސޫރަ ތިއޭ -03

Next

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 16

Next
September 13, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 16

Previews
September 13, 2018

ސޫރަ ތިއޭ -03

50 Comments!

  1. riya says:
    September 13, 2018 at 7:09 pm

    Masha Allah varah reethi and I am first adho?????

    1. Nau says:
      September 13, 2018 at 7:13 pm

      Hehe yes u first.. Thanks alot dear?❤

  2. Nau says:
    September 13, 2018 at 7:11 pm

    Salaam all. So here is the nxt part.. Hope ya all like this part too.. Let me knw the mistakes.. Enjoy reading.. Nxt in sha allah tmrw.. Hope u got mst of ur answers.. Hehe?.. Have a vvv gud nyt all.. Love u sooo soo much guys.. ❤?

  3. Anonymous says:
    September 13, 2018 at 7:23 pm

    Wow…my first dhw….waiting for next part…

    1. Nau says:
      September 13, 2018 at 10:17 pm

      Thanks alot my dear❤

  4. Ziff says:
    September 13, 2018 at 7:23 pm

    Wow…my first dhw….waiting for next part…

    1. Nau says:
      September 13, 2018 at 10:17 pm

      Thanks dear❤

  5. Lotus says:
    September 13, 2018 at 7:23 pm

    Just fabulous.. kiyaadhinumai sifakurun hama best.. saabahey nau.
    Waiting for the next part ???

    1. Nau says:
      September 13, 2018 at 10:18 pm

      Awwnn thanks alot my dear❤

  6. Anonymous says:
    September 13, 2018 at 7:26 pm

    Maa sha Allah.. Vrh Vrh Vrh furihama.. ???☺️?????? when next? Kiyaalaa hithun nuhurevey.

    1. Nau says:
      September 13, 2018 at 10:18 pm

      Thanks alot my dear.. In sha allah maadhan❤

  7. Samaa says:
    September 13, 2018 at 7:27 pm

    V reethi vaahaka

    1. Nau says:
      September 13, 2018 at 10:19 pm

      Thanks dear❤

  8. maii? says:
    September 13, 2018 at 7:30 pm

    wow … vrh furihama saabahey nau…. ????kurukoh fonikon bunanyaa thyy hama best writer in this website 4 me & my fav …. thankQ so so so much…?????????????

    1. Nau says:
      September 13, 2018 at 10:19 pm

      Awwwn thanks alot my dear.. Ur mst wlcm❤?

  9. rifuu says:
    September 13, 2018 at 7:33 pm

    Haadha goas baekey dhw…
    Anyway story is awesome..
    I can’t wait for next part..
    Pls up next part soon..
    ???

    1. Nau says:
      September 13, 2018 at 10:20 pm

      In sha allah i will try my best.. Thanks alot my dear❤

  10. shannu says:
    September 13, 2018 at 7:35 pm

    Story up veytho belun adhadhuves bunan neyngey.. Ehaaves kiyaahithun mihury.. haadha haadha rychey mibaives n haadha haadha furihamaey.. hama bunaane ehchehves neyngey… asluves nau haadha molhey story liyan.. mubaraatheh baahvaifihyaa hama yageen ehvana hoadheynekan.. ehaaves molhu… ehera sifakohlumeh hama kosvaahaavey.. heevany hurihaa manzarehves loa kurimathyga fenigen dhaahen.. v v v molhu.. Luv u

    1. Nau says:
      September 13, 2018 at 10:21 pm

      Alhey sooo sweet. I dunno wat to say evn.. Hehe.. Thank u soo soo soo much my dear.. Luv u evn more.. ❤?

  11. Park Jimin says:
    September 13, 2018 at 7:41 pm

    WOAH… mirey mi part kiyaafa hama comment nukoh nuhurevuny.. Masha Allah.. hama hyvany loa kuramathy hingaa kameh hen.. sifa kurun varah furihama.. barabaarah comment nukurevunas komme dhuvahaku ves inthizaaru kurevey vaahaka eh mi ee.. keep up the good work!! take care nau.. <3

    1. Nau says:
      September 13, 2018 at 10:22 pm

      Awwwn thanks alot my dear.. Happy to see ur comment.. U also tvgc.. ❤

  12. samm says:
    September 13, 2018 at 7:42 pm

    wow!!!! haadha sad life ehga ey dhw eh yanaa eh ulhenii. samm ah hyvanii dhn yanaal arxan aa marry khfiyyaa zaavil aa nishyaa edhemyhun seperate kuran kanne dhw dhn ulhenii, haadha goahe zaavi aa nishyaa aa ekam nau arxan n yanaal seperate nukurahche……its not her fault dhw….btw vrh nyc mi part vx, waiting fot nxt part, nau bxy nooniyyaa maadhan thankolheh avahah up khdheche…. love you n your stry

    1. Nau says:
      September 13, 2018 at 10:22 pm

      Lets see dhw dhn vaagotheh.. Hehe.. Yah in sha allah i will try my best ingey dear.. Thank u sooo much my dear.. Love u too❤

  13. Ree says:
    September 13, 2018 at 7:52 pm

    Mirey one more part pls nau

    1. Nau says:
      September 13, 2018 at 10:23 pm

      Alhey sry dear.. In sha allah maadhan nxt part upkoh dheynan ingey.. Kyp waiting.. ❤

  14. Nahu says:
    September 13, 2018 at 8:00 pm

    Alhey next part kiyaa hithun keii madhu vehje

    1. Nau says:
      September 13, 2018 at 10:23 pm

      Hehe in sha allah tmrw. Kyp waiting dear❤

  15. Xuam says:
    September 13, 2018 at 8:06 pm

    Wow… varah varah reethi

    1. Nau says:
      September 13, 2018 at 10:24 pm

      Thanks alot my dear❤

  16. Hudher says:
    September 13, 2018 at 8:23 pm

    V v v v v v rythi mi part vx …maasha allah….luv yahh…whn next

    1. Nau says:
      September 13, 2018 at 10:24 pm

      Thanks alot my dear.. In sha allah tmrw. Luv u too❤

  17. Shaai says:
    September 13, 2018 at 8:32 pm

    Nishya ge languages arzan ah e ingunitha

    1. Nau says:
      September 13, 2018 at 10:25 pm

      Lets see dhw.. Hehe?

  18. Reader says:
    September 13, 2018 at 8:55 pm

    Laa varah reethi ?

    1. Nau says:
      September 13, 2018 at 10:25 pm

      Awwn thanks dear❤

  19. Fathun says:
    September 13, 2018 at 9:26 pm

    Wow… So beautiful mi part ves….. Next part avahah up kohlahchaaa… Plxxx

    1. Nau says:
      September 13, 2018 at 10:25 pm

      I will try my best ingey.. Thanks alot my dear❤

  20. Hawwor; says:
    September 13, 2018 at 9:51 pm

    So mi part in past nimuny dhw….hehehe…dhn balama arzan GE visnun hunna gotheh…. dhw…..goaheh noon ingey nau…Hama salhiii…..???

    1. Nau says:
      September 13, 2018 at 10:26 pm

      Hehehe yah dhw.. ?.. Yah lets see hw he reacts dhw.. Thanks alot my dear❤

  21. Khaleesi says:
    September 13, 2018 at 11:03 pm

    Please maadhamaa hedhunu up kohdhy nau story is hama speechless ❤️❤️

    1. Nau says:
      September 14, 2018 at 9:09 am

      M trying ingey dear.. Write koh nimunuhaa avahah upkohlaanan in sha allah.. Thanks dear❤

  22. maya says:
    September 13, 2018 at 11:34 pm

    waawaaa..hama speechless…masha allah..haadha ryhchey…luv yun ilysm..no more words to express

    1. Nau says:
      September 14, 2018 at 9:10 am

      Awwwn soo sweet thanks alot dear.. Love u more❤

  23. ? Unknown ? says:
    September 13, 2018 at 11:45 pm

    Masha Allah. V nice mi part vx. ??

    1. Nau says:
      September 14, 2018 at 9:10 am

      Thanks alot my dear❤

  24. &haxu says:
    September 14, 2018 at 3:16 am

    V reethi???

    1. Nau says:
      September 14, 2018 at 9:10 am

      Thanks dear❤

  25. Anonymous says:
    September 14, 2018 at 10:02 am

    Hey nau kobaa tha storyge next part?????? Waiting????? plx up fast

  26. samm says:
    September 14, 2018 at 11:24 am

    nau khba nxt part?????? up khdhyba avahah ,…watingggggg

  27. Nathoo Ibbe says:
    September 16, 2018 at 9:49 am

    Mai Myelene

Comments are closed.

Next Episodeބުނާށެ ލޯބި ނުވަނީހޭ (14)←


All Right Reserved!