ނޭފަތް އެތެރެއަށް ދަމައިލަމުން ޔަނާލް އޭނާގެ ވާހަކަ ނިންމައިލިއެވެ. އެއްވެސް އެއްޗެކޭ ނުބުނެ އަރްޒަން ހިމޭންވެފައި އިނީ އިވުނު ވާހަކަތަކާމެދުގައި ބަސްހުއްޓި އަޖައިބުވެފައެވެ. ގަބޫލުކުރަން ދަތިވެފައެވެ.
“އެދުވަހު އަރްޒަންއަށް ފާހަގަ ނުވިއަސް ނިޝްޔާ ފެނުނީމަ އަހަރެން ވަރަށް ޖެހިލުންވި. ބިރުގަނެ ކަންބޮޑުވި. އަހަރެންގެ މާޒީއާއި ގުޅިފައިވާ އެއްވެސް މީހަކާ ބައްދަލުކުރާކަށް އަހަރެން ބޭނުމެއްނުވޭ. އެހެންވެ ވީހައިވެސް ނިޝްޔާއާއި ދުރުން އުޅެން އަހަރެން މަސައްކަތްކުރީ.” ޔަނާލްގެ އަޑަށް އިސްޖެހިފައިއިން އަރްޒަން އިސްއުފުލައިލަމުން ބަލައިލިއެވެ. ނިޝްޔާގެ އަމަލުތައް ހުރިގޮތް އިނގުމުން އަރްޒަންގެ ހިތުގައި ނިޝްޔާއާއި މެދުގައި ފޫހިކަމެއް އުފެދުނެވެ.
“އަރްޒަން.” އެއްވެސް އެއްޗެކޭ ނުބުނެ އަރްޒަން އިންނަން ފެށުމުން ޔަނާލް މަޑުމަޑުން ގޮވައިލިއެވެ. “ދެން އަހަރެންގެ ސުވާލުގެ ޖަވާބުދީ. އަރްޒަން ކިހިނެއް ޒާވިލް ދަންނަނީ؟” އަރްޒަން މަޑު ހޫމްއެއް ލައްވައިލުމުން ޔަނާލް އޭނާ ކުރިންކުރި ސުވާލު ތަކުރާރުކޮށްލިއެވެ.
“އެއީ.. އަހަރެންގެ ބެސްޓް ފްރެންޑް.” އަރްޒަން ޔަނާލްއަށް ބަލައިލިއެވެ. ދެލޯބޮޑުކޮށްލަމުން ޔަނާލް އަރްޒަންއަށް ބަލައިލިއެވެ. “ދެން ކީއްވެ އަހަރުމެން ކުރިން ބައްދަލުނުވީ؟” ހައިރާންވެފައި ޔަނާލް އަހައިލިއެވެ. އެއާއެކު ކުޑަގޮތަކަށް އަރްޒަން އެމީހުންގެ ކައިވެނި ޕާޓީއަށް ނުދެވުނުގޮތާއި ދެންހުރި ވާހަކަތައް ކިޔައިދިނެވެ. ވަކި އެއްޗެކޭ ނުބުނެ ޔަނާލް ބޯޖަހައިލިއެވެ.
“އަރްޒަން. އަހަރެންނަށް އޯކޭ އަރްޒަން އަހަރެންނާ ގުޅުން ކަނޑައިލަން ބޭނުންވިއަސް. އިޓްސް އަޕް ޓް ޔޫ.” އިރުކޮޅެއްގެ ހިމޭންކަމަށްފަހު ޔަނާލް އޭނާގެ ހިތް ނުތަނަވަސްކުރުވަމުން ދިޔަ ވާހަކަ އިއްވައިލިއެވެ. ޔަނާލްގެ ޖުމުލައާއެކު ބުމަގޮށްޖެހިފައި އަރްޒަން ޔަނާލްއަށް ބަލައިލިއެވެ. އެހެނަސް އޭނާއާއި ދިމާއަށް ހިތާމަވެރިމޫނަކާއިއެކު ބަލަންއިން ޔަނާލް ފެނުމާއެކު އަރްޒަންގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.
“ޝޫޝް.” އަރްޒަން ޔަނާލްއާއި ގާތަށް ޖެހިލަމުން އެއަތުގައި ހިފައި ޔަނާލް އިތުރަށް އޭނާއާއި ގާތްކޮށްލިއެވެ. އަދި ލޯތްބާއެކު ޔަނާލްގެ ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފުހެލައިދިނެވެ. “ޔަނާވެސް އެކަމުގަ އަމިއްލަ ނަފުސު ކުށްވެރި ކުރަނީތަ؟” މަޑުމަޑުން އަރްޒަން އަހައިލިއެވެ. އަރްޒަންގެ ސުވާލަށް ޖަވާބެއް ދިނުމެއްނެތި ޔަނާލް އިސްޖަހައިލަން އުޅުނެވެ. ނަމަވެސް އެފުރުސަތެއް އަރްޒަން ޔަނާލްއަކަށް ނުދިނެވެ.
“ޔަނާ. އެއީ ޔަނާގެ ކުށެއްނޫނޭ. ކޮންމެ އަޅަކަށްވެސް ﷲ މެދުވެރިކުރައްވާނީ އެންމެ ރަނގަޅުގޮތް. ކިހިނެއް އިނގެނީ ތިއަށްވުރެ ހެޔޮގޮތެއް ޔަނާއަށްޓަަކައި ނެތީކަމެއްވެސް. އެމީހުންގެ ވިސްނުމުގެ ކޮށިކަން އެއީ އެމީހުން އެހުރިހައި ކަމެއްގަ ޔަނާ ކުށްވެރިކުރުން. އަހަރެން ފަހަރެއްގަވެސް އެކަަމުގަ ޔަނާ ކުށްވެެރިއެއް ނުކުރަން. ނުވެސް ކުރާނަން. ދެން ތިހެން ނުބުނައްޗޭ. އަހަރެން ނޫޅެން ޔަނާ ދޫކޮށްފަ ދާކަށް.” ލޯތްބާއެކު ޔަނާލްގެ ނިތުގައި ބޮސްދެމުން އެކޯތާފަތުގައި އަތުގެ ނުފުށުން އަރްޒަން ފިރުމައިލިއެވެ.
އަރްޒަންގެ ވާހަކަތަކުން ޔަނާލްގެ ހިތަށް ޝިފާލިބުނު ކަހަލައެވެ. އެހިތަށް ލިބުނު ހަމަޖެހުން ބަޔާންކުރަންވެސް ދައްޗެވެ. އަރްޒަންއަށްޓަކައި ހިތުގައި ދެވިފައިވާ ގަދަރު އެތައްތަނެއް އުފުލިގެން ދިޔައެވެ. ފިރިހެނަކަށް ދުވަހަކު އިތުބާރު ނުކުރުމަށް ނިންމި ޔަނާލްއަށް އަރްޒަން އަށް އިތުބާރުކުރެެންފެށީ ކިހިނެއް ކޮންއިރަކުކަމެއް ނޭނގެއެވެ. އެނގޭހައިވެސް ކަމަކީ އެހިތުން އޭނާއަށްވެސް ނޭނގި އަރްޒަން ޖާގައެއް ހޯދިކަމެވެ. ހުރިހައި ފިރިހެނުން އެއްގޮތްނުވާނެކަން އަރްޒަން ސާބިތުކޮށްދީފިއެވެ.
ޔަނާލްއަށް ބޭއިޚުތިޔާރުގައި ރޮއިގަންނަމުން އަރްޒަންގެ ގައިގައި ބައްދައިލެވުނެވެ. އަރްޒަންވެސް ޔަނާލް އޭނާގެ އަތުތެރޭގައި ބޮނޑިކޮށްލަމުން ޔަނާލްގެ ބޮލުގައި މަޑުމަޑުން ފިރުމައިލިއެވެ. “ޔަނާ ދެން ނުރޮއި. އަހަރެން ކިތަށްފަހަރު ބުނާނީ ނުރޯށޭ. މިކުއްޖާއަށް އަޑުއިވޭ ކަމަކަށް ނުވާނެ އެކަކަމުވެސް.” ޔަނާލްގެ ކަންފަތުގައި ކުޑަކޮށް ހިފައިލަމުން އަރްޒަން އެހެންބުނެލީ ޔަނާލް ހެއްވައިލުމުގެ ގޮތުންނެވެ. ކަންތައްވީވެސް އަރްޒަން ހީކުރިގޮތަށެވެ. ޔަނާލްއަށް ނިކަން ފަސޭހައިން ހެވުނެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަތައް އެއްއަތުން ފުހެލަމުން އަނެއްއަތް އަރްޒަންގެ ކޮނޑުގައި ޖެހުމަށް ޔަނާލް މަޅައިލިއެވެ. ޔަނާލްގެ އަތުގައި ނުޖެހުމަށްޓަކައި އަރްޒަން ދުއްވައިގަތީ އޭނާއާއި ދިމާއަަށް ވައްތަރެއް ޖައްސައިލަމުންނެވެ. ޔަނާލްވެސް އަރްޒަންގެ ފަހަތުން ދުއްވައިގަތީ އޭނާއަށް ދޫދޭންބޭނުންނުވާތީއެވެ. އެގޮތުގައި އިރުކޮޅަކު ސަކަރާތް ޖަހައިލުމަށްފަހު ވަރުބަލިވެގެން ދެމީހުން ސޯފާގައި އަނެއްކާވެސް އިނށީދެލިއެވެ.
“ޔަނާ. އަހަރެން މައާފަށް އެދެން އަހަރެންގެ އެންމެ ގާތް އެކުވެރިޔާއާ ކޮއްކޮގެ ފަރާތުން ޔަނާއަށް ލިބުނު ހިތާމައަށް. އަހަރެން ފަހަރެއްގަވެސް ހިތަށްނާރާ އެމީހުން އެގޮތަށް މީހަކާ ދޭތެރޭ ކަންތައްކޮށްފާނެ ކަމަކަށް. އެކަމަކު.. އަހަރެން މީ އެމީހުންހެން އުޅޭ މީހެއްނޫން. ޔަނާ އަހަރެންނަށް އިތުބާރުކުރާނަން ދޯ. އަހަރެން ވައުދުވަން ﷲ ގެ އިރާދަފުޅުން ދުވަހަކުވެސް އަހަރެން ޔަނާއަށް ދެރައެއް ނުދޭނަން.” ޔަނާލްގެ މަޑުއަތްތިލައަށް ކުޑަކޮށް ފިތައިލަމުން އަރްޒަން ސީރިއަސްވެލައިފައި ބުނެލިއެވެ.
“އަހަރެންނަށް އިނގޭ ތިކަން. އަރްޒަންއާ އެމީހުނާ ހާސްބައި ތަފާތު. އަހަރެން އަރްޒަންއަށް އިތުބާރުކުރަން. އަބަދުވެސް ކުރާނަން. އެމީހުން އެކުރިކަމަކަށް އަރްޒަން ނުޖެހޭނެ އަހަރެންގެ ކިބައިން މައާފަށް އެދޭކަށް. އެއީ އަރްޒަންގެ ކުށެއް ނޫން.” ޔަނާލްވެސް އަރްޒަންގެ އަތުގައި ހިފައި ބާރުކޮށްލަމުން ހިނިތުންވެލައިފައި ބުނެލިއެވެ.
“ތޭންކްސް. އަދި އެއްވާހަކަ. މިއަދު މެންދުރުކާން އަހަރެން އަންނާނީ މިގެއަށް. ވަރަށް މީރުކޮށް އެއްޗެއް ހަދާފަ ބަހައްޓައްޗޭ.” އެއްލޯ މަރައިލަމުން އަރްޒަން ބުނެލިއެވެ. އެއާއެކު ޔަނާލްގެ މަޑު ހުނުމުގެ އަޑު އިވިގެން ދިޔައެވެ.
ދެމީހުން އިރުކޮޅަކު ވާހަކަ ދައްކައިލަން ތިބުމަށްފަހު އަރްޒަން އޭނާގެ ގެއަށް ދިއުމަށްޓަކައި ހިނގައިގަތެވެ. ކާރަށް އަރައި ދުއްވައިލުމާއެކު ޔަނާލްގެ ވާހަކަތައް އޭނާގެ ސިކުނޑިއަށް ވެރިވެގަތެވެ. އެކިކަންކަމާއި ވިސްނުން ހިންގަމުން އަރްޒަންގޮސް ގޭގެ ޕޯޓިކޯގައި ކާރު ޕާރކްކޮށްލުމަށްފަހު ގެއަށް ވަނެވެ.
ގޭގެ ގޯތިތެރޭގައި ހުރި ސިމެންތި ގޮނޑިއެއްގައި އިނށީދެއިން ނިޝްޔާއަށް އަރްޒަންގެ ކާރު ފެނުމާއެކު ދުވެފައިކަހަލަ ގޮތަކަށް އެދިމާއަށް އައެވެ. ކާރުން ފޭބި އަރްޒަންއަށް ނިޝްޔާ ފެނުމާއެކު އެމޫނުމައްޗަށް ފޫހިކަން ވެރިވިއެވެ. ނިޝްޔާ އޭނާގެ ދަރިފުޅަށްޓަކައި ކޮށްދީފައިހުރި ކަންތައް ހިތަށް އަރުވައިލަމުން ކެތްތެރިވެވޭތޯ އަރްޒަން މަސައްކަތްކުރިއެވެ. އެހެނަސް އެމޫނުމައްޗަށް ވެެރިވަމުންދިޔަ ކުލަވަރު ފޮރުވުން އޭނާއަށްވީ ދަތިކަމަކަށެވެ.
“އަރްޒަން މިއޮއް ހެނދުނާ ކޮންތަނަކަަށް ގޮސްފަ. ކޮންއިރެއް އަހަރެން އަރްޒަންގެ އިންތިޒާރުގަ ހުންނަތާ. އަރްޒަންއައީމަ ސައިބޯން އިނީ. ބޮޑުބޭބެ ބުންޏޭ އަރްޒަން ކޮޓަރީގަ ނެތްވާހަކަ. ވަަރަށް ބަނޑުހައި. ހިނގާ ސައިބޯން ދާން.” އަރްޒަންގެ ކުރިމަތީގައި ހުއްޓިލަމުން ހެވިފައި ނިޝްޔާ ވާހަކަ ދެއްކިއެވެ.
“އެހެންނާވެސް އަހަރެން ނެތަސް ނިޝްޔާ ކަނީނު. ކީއްވެ ވަކި މިއަދު ނުކެވެންވީ؟ ނިޝްޔާ ކަނީ އަހަރެންގެ އަނގައަކުން ނޫނެއްނު. އެހެންނޫނަސް އަހަރެން ބަނޑުހައެއްނުވޭ.” ރުޅިގަނޑު ކޮންޓްރޯލް ކުރަން މަސައްކަތް ކުރިއެއްކަމަކު އަރްޒަންއަށް އެކަމެއް ކާމިޔާބެއް ނުވިއެވެ. އިތުރު އެއްޗެކޭ ބުނެވިދާނެތީ އަވަސް ހިނގުމެއްގައި އޭނާ އެތަނުން ދިޔައެވެ. އިވުނު ވާހަކަތައް ގަބޫލުނުކުރެވިފައި ނިޝްޔާއަށް ހުރެވުނީއެވެ. އެއީ ދުވަހަކުވެސް އަރްޒަން އޭނާއާއި ވާހަކަ ދެއްކި ގޮތެއްނޫނެވެ. އަރްޒަންއަށް އެހުރީ ކިހިނެއްވެފައި ބާވައެވެ؟ ކިތަންމެ ހިތްހަމަނުޖެހުނަސް ދުވަހަކުވެސް އަރްޒަން އޭނާއާއި ދިމާއަށް އޭނާގެ ފުރިހަމަ ނަމުން މުޚާތަބު ނުކުރެއެވެ. ވީއިރު ކުއްލިއަކަށް މިވީ ކިހިނެއްހެއްޔެވެ؟
“ޔަގީނޭ މިއީ އެއަންހެނާގެ ކަމެއްކަން. ވަރަށް ފޫހިވޭ. އަރްޒަންގެ ބޮލަށް ހަމަ ރަނގަޅަށްވެސް އެފުރޭތަ ސަވާރުވެފަ އެހުރީ. އަހަރެން ހިތަށްއަރާ އަރްޒަންއަށްވެސް އެހުންނަނީ ކިހިނެއްވެފަ ބާވައޭ؟” ދަތްކުނޑި ވިކައިލަމުން ނިޝްޔާ ކުދިކިޔައިލިއެވެ. އަދި ބާރު ހިނގުމެއްގައި ގޭތެރެއަށް ވަދެގެން ދިޔައެވެ.
ކާކޮޓަރީގައި އަވަދިނެތި ޔަނާލް އުޅެމުންދިޔައީ ހުކުރުން ފައިބައިގެން އަރްޒަން ކާންއަންނަން ވާއިރަށް މީރު އެއްޗެއް ހަދައިލުމުގެ ގޮތުންނެވެ. ފާރުގައި ހުރި ގަޑިއަށް އިރުއިރުކޮޅާ ބަލަމުން އަތްމަތި އަވަސްކޮށްލައިފައި އޭނާ ކައްކައި ނިންމައިލިއެވެ. އަދި ކޮޓަރިއަަށްވަދެ ފެންވަރައި ތާޒާވެލިއެވެ. މޭޒުމައްޗަށް ކާއެއްޗެހި ނަގައި އަތުރައިލުމަށްފަހު ގޮސް ސިޓިންގް ރޫމްގައި އަރްޒަންގެ އިންތިޒާރުގައި އިނށީދެލިއެވެ.
ގޭގެ ބެލް ޖަހައިލިއަޑަށް އަވަސް އަވަހަށް ޔަނާލް އިންތަނުން ތެދުވެގެންގޮސް ދޮރު ހުޅުވައިލިއެވެ. އޭރު ދޮރުމަތީގައި އަރްޒަންގެ އަތުގައި ހިފައިގެން ކުޑަކުޑަ އައިކްވެސް ހިނިތުންވެފައި ހުއްޓެވެ. އަވަހަށް އެތެރެއަށް އައުމަށް ބުނަމުން ޔަނާލް އައިކް އުރައިލުމަށްފަހު އޭނާގެ ކޮލަށް ދޮނެއް ދިނެވެ.
“އޫމް ހާދަ މީރުވަސް ދުވައޭ.” އެއްލޯ މަރައިލަމުން އަރްޒަން ބުނެލިއެވެ. ޔަނާލް މޫނަށް ވައްތަރެއް ޖައްސައިލަމުން އައިކް ގޮވައިގެންގޮސް މޭޒު ދޮށުގައި އިނށީދެލިއެވެ. ތިންމީހުން އެކުގައި ކައި ނިންމައިލުމަށްފަހު އަސުރު ނަމާދަށް ބަންގި ގޮވަންދެން އެކުގައި ވަގުތު ހޭދަކުރުމުގައި ތިއްބެވެ. އައިކްގެ ވާހަކަތަކުން މާހަލުގައިއޮތް އުފާވެރިކަން ދެގުނަވެފައިވިއެވެ.
އަސުރު ނަމާދަށް ބަންގި ގޮވުމުން އަރްޒަން އައިކް ގޮވައިގެން މިސްކިތަށް ދިއުމަށްފަހު އެނބުރި ގެއަށް އައި އިރު ސިޓިންގް ރޫމްގައި ޓީވީ ބަލަން ނިޝްޔާ އިނެވެ.
“އަރްޒަން.” އަރްޒަން ފެނުމާއެކު ޓީވީގެ އަޑުމަޑުކޮށްލަމުން ނިޝްޔާ ގޮވައިލިއެވެ. ހުރިތަނުގައި ހުއްޓިލަމުން އަރްޒަން ނިޝްޔާއާއި ދިމާއަށް ބަލައިލީ ކިހިނެއްވީތޯ އަހައިލާފަދަ ގޮތަކަށެވެ. އައިކް ދުވެފައިގޮސް ކޮޓަރިއަށްވަތްތަން ބަލަން އިނދެފައި ނިޝްޔާ ސޯފާއިން ތެދުވެގެން އަރްޒަން ގާތަށް އައިސް ހުއްޓިލިއެވެ.
“އަހަރެންދެކެ ހިތްހަމަ ނުޖެހިފަތަ؟” ސީދާ އަރްޒަންގެ މޫނަށް ބަލަންހުރެ ނިޝްޔާ ދެރަވެލައިފައި އަހައިލިއެވެ. “ކިހިނެއްވީ؟” އަރްޒަންވެސް ކޮށްލީ ސުވާލެކެވެ. “މިއަދު ހެނދުނު ވާހަކަ ދެއްކިގޮތުން. އެނީވޭސް ލީވް އިޓް. މިއަދު ހަތަރުދަމު ކޮންތާކުތަ ތިއުޅެނީ؟ މެންދުރު ގެއަށް ކާންވެސް ނާދޭ.” ޝަކުވާގެ ރާގަކަށް ނިޝްޔާ އަހައިލިގޮތުން އަރްޒަން ހައިރާންވެފައި ނިޝްޔާއަށް ބަލައިލިއެވެ. މިނޫނީ ދުވަހަކުވެސް އޭނާ އުޅޭތަނަކާއި ކުރާކަމަކާއި ބެހޭގޮތުން ނިޝްޔާ ސުވާލުކޮށްފައެއް ނެތެވެ.
“އަހަރެން ނުދެނަހުރިން އަހަރެން އުޅޭހަައިތަނެއް ނިޝްޔާއަށް އަންގަންޖެހޭކަމެއް.” ހިތްހަމަނުޖެހިފައި އަރްޒަން ބުނެލިއެވެ. “އަހަރެން ނުބުނަމެއްނު ތިހެންނެއް.” އަރްޒަންގެ ރާގު ހުރިގޮތުން ނިޝްޔާވެސް ހިތްހަމަނުޖެހޭގޮތްވިއެވެ. “ނުބުންޏަސް ހެވޭ. އަހަރެންނަށް އިނގޭ ތިއައީ އެކޫޑި ގާތަށް ގޮސްފަކަން.” ނިޝްޔާއަށް ހިތްހަމަނުޖެހެވުނުވަރުން ހިތުގައިއޮތްގޮތަށް ބުނެލެވުނެވެ. “ނިޝްޔާ.” އަރްޒަންގެ ހަޅޭކާއިއެކު ނިޝްޔާއަށް ސިހިފައި ފަހަތަށް ޖެހިލެވުނީ ބޭއިޚްތިޔާރުގައެވެ.
“ޚަބަރުދާރު. ކަލޭގެ އަނގައިން ޔަނާލްއާ ދޭތެރޭ ތިކަހަލަ އެއްޗެއް އަހަރެންނަށް އަޑުއިވޭނީ އެންމެ ފަހަރަކު.” ދެލޯބޮޑުކޮށްލައިފައި އަރްޒަން އިންޒާރެއް ދިނެވެ. “އަހަރެން ހިތަށްއަރާ އަރްޒަންއަށް އޭނާގެ ކިބައިން ފެންނަނީ ކޮންކަމެއް ބާވައޭ؟ އަޅެ އޭނާއަށް އަރްޒަންއަށް ދެވޭނީ ކޮންއުފަލެއް. އެއީ ދަރިންނުލިބޭ އަންހެނެއްކަން އިނގުމުންވެސް އަރްޒަން ތިހުންނަނީ އޭނާގެ ޖާދޫގަ ޖެހިފަ.” ނިޝްޔާވެސް މިފަހަރު ދޫކުރާކަށް ގަސްދެއް ނުކުރިއެވެ. “ދެން ތީ ދަރިން ލިބޭ އަންހެނެއްތަ؟” ހަރަންބަނދެލަމުން އަރްޒަން ނިތްއަރުވައިލައިފައި އަހައިލިގޮތުން ނިޝްޔާގެ އަނގަހުޅުވިގެންދިޔައީ ބުނާނެ އެއްޗެއް ނޭނގުމުންނެވެ.
“ނިޝްޔާއަށް ކިހިނެއް އިނގެނީ ނިޝްޔާއަށް ދަރިން ލިބޭނެކަމެއް؟ އެނގޭތަ؟ އަދި ނޭނގޭނެދޯ. އެހެންވީމަ އެހެންމީހުންގެ ބޮލުގަ އިލްޒާމް އެޅުވުން ހުއްޓައިލާ. މިއަދު ޔަނާލްއަށް ޖެހިފައި އެހުރިހާލު މާދަން ކަލެއަށް ޖެހުނީމަ އިހުސާސުވާނީ ވާދެރައާ ކުރާ ހިތާމަ. ﷲ އިރާދަފުޅުން އެކަހަލަ ކަމެއް ނުވުން އަހަރެން އެދެނީ. އެކަމަކު ބުނަން. ދަރިން ނުލިބުމަކީ ޔަނާލްގެ ކުށެއްނޫން. އެއީ އަހަރުމެންގެ އަތްމަތީގަ އޮންނަކަމެއްނޫން. އެކަމަކު ކީކުރާނީ. ކަލޭމެން ކަހަލަ ކިޔައިވެންތިބޭ ކުދިންނަށް އެވަރު ނުވިސްނެންޏާ.” ދެފަރާތަށް ބޯހޫރައިލަމުން އެހެން ބުނެލުމަށްފަހު އަރްޒަން އެތަނުން ދިޔައެވެ.
އޭރު ރުޅިއައިސް ރަތްވެފައިހުރި މީހަކު ފަދައިން ނިޝްޔާ ދަތްޕިލަ ޖައްސައި ބާރުކޮށްލައިގެން ހުއްޓެވެ. “އަރްޒަން. ހައު ޑެއަރ ޔޫ އިންސަލްޓް މީ؟ ވަރުގަދަ އަންހެނަކާ ޖެހިފަ ކަލޭ ތިހުރީ. ޔަނާލް. އައި ޖަސްޓް ހޭޓް ޔޫ. އަހަރެންގެ ދިރިއުޅުމަށް ސަވާރުވާން އުޅެންޏާ ދެންއޮންނާނީ އެންމެ ގޮތެއް. ހީނުކުރައްޗޭ އަހަރެން އެހައި ފަސޭހައިން ކަލޭ ދިޔަދޭނެކަމަށް. އެހެނެއް ނުވާނެ. މިބުނީނު ނުވާނޭ. ކަލެއަށް ރަނގަޅު ފިލާވަޅެއް ދަސްކޮށް ދޭނަން.” ދެއަތްދެއަތާ މޮޑެމުންދިޔަ ނިޝްޔާގެ ހިތުގައި ވިއެވެ. ޔަނާލްގެ ކިބައިން ކޮންމެ ގޮތެއް ހަދަައިފައި ނަމަވެސް ބަދަލުހިފަން ނިޝްޔާ ބޭނުމެވެ.
** ** **
ބަގީޗާގައި ހުރި ކޮފީޓޭބަލް ކައިރީގައި އިނށީދެ ކޮފީބޯން ހާޝިމާ އާއި ޝިހާމް ތިބީ މާޒީގެ އެކިއެކި ފޮނިހަނދާންތައް އާކުރުމަށެވެ. ކުޑައިރުގައި ދެމީހުން ކޮށްފައިހުރި މަޖާ ކަންތަކުގެ ވާހަކަ ދައްކަމުން ހެމުން ދެބެއިން ދިޔައެވެ.
“ބޭބޭ. އަހަރެން އެބައޮތް ބޭބެ ގާތުގައި ވަރަށް މުހިންމު ވާހަކައެއް ދައްކަން ވެފަ.” ކުއްލިއަކަށް ސީރިއަސް ވެލަމުން ހާޝިމާ ބުނެލިއެވެ. “އަނެއްކާ ކޮންވާހަކައެއް؟ ކޮއްކޮ އެއްޗެއް ބޭނުންވީތަ؟” ޝިހާމުގެ އަޑުގައިވެސް ސީރިއަސްކަން އެކުލެވިގެން ދިޔައެވެ.
“ނޭނގެ ބޭބެ މިކަމާ ދޭތެރޭގަ ދެކޭނެ ގޮތެއްވެސް. އެކަމަކު..”ވަކި ހިސާބަކަށް ބުނެފައި ހާޝިމާ ހުއްޓައިލިއެވެ. “ކިހިނެއްވީތަ؟” ހާޝިމާގެ ވާހަކައިން ކަންބޮޑުވެފައި ޝިހާމު އަހައިލިއެވެ.
“ބޭބޭ. އަހަރެންގެ ހުރީ ހަމަ އެންމެ ދަރިއެއް. އެދަރިފުޅު އުފަލުގައި އުޅޭތަން ދެކެން އަހަރެންވެސް ބޭނުންވާނު. އެންމެ ކުޑައިރުއްސުރެވެސް އަހަރެން މިއަންނަނީ އެދަރިފުޅުގެ ހުރިހައި އެދުމެއް ފުއްދައިދެމުން. އެކަމަކު މިއެދުން.. މިއެދުން ފުއްދައިދެވެން އަންނަނީ ބޭބެމެންގެ ރުހުންވެސް ލިބިގެން.” ކޮފީ ޖޯޑުން އެތިފޮދެއް ބުއިލުމަށްފަހު ހާޝިމާ ވާހަކަދެއްކިއެވެ. އޭނާގެ ކޮންމެ ވާހަކައެއް ހަމަހިމޭންކަމުގައި އިނދެ ޝިހާމު އަޑުއަހަމުން ދިޔައެވެ.
“ފުރާވަރަށް އެރީއްސުރެ އެހިތުގައި ރަސްކަން ކުރަމުންއައީ ހަމަ އެންމެ ޒުވާނެއް. އަހަރެންގެ ދަރިފުޅު އެހުންނަނީ އޭނަ ނޫން މީހަކާ ކައިވެނި ނުކުރަން. އަހަރެންގެ އުމުރުވެސް މިހިރަ މައްޗަށްދަނީ. ދުނިޔޭގަ ހުއްޓަ އެދަރި ދިރިއުޅުމެއް ފަށާތަން ދެކެން އަހަރެންވެސް ބޭނުން.” އަނެއްކާވެސް ހާޝިމާ އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ.
“އެއީ އަނެއްކާ ކާކު؟” ޝިހާމު އަހައިލިއެވެ. އެއާއެކު ފުންނޭވާއެއްލަމުން ހާޝިމާ އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. “ބޭބޭ.. އެއީ.. އެއީ.. ބޭބެގެ އަރްޒަން. ނިޝްޔާ.. ވަރަށް ލޯބިވޭ އަރްޒަން ދެކެ.” ލޮލުގެ ހިމަކޮޅުން ޝިހާމަށް ބަލައިލަމުން ހާޝިމާ ލަސްލަހުން ބުނެލިއެވެ. ހާޝިމާގެ ޖުމުލަތަކާއެކު ޝިހާމު ނިތަށް ރޫއަރުވައިލަމުން އިރުކޮޅަކު ވިސްނައިލިއެވެ. “އެކަމަކު.. އަރްޒަން ހިއެއްނުވޭ ނިޝްޔާދެކެ ތިބުނާފަދަ ގޮތަކަށް ލޯބިވާހެނެއް.” ޝިހާމު ފުންނޭވާއެއް ފަޒާގެތެރެއަށް ދޫކޮށްލަމުން ބުނެލިއެވެ.
“ކައިވެނިކޮށްގެން އުޅެންފެށީމަ ލޯބިވެސް ވެވިދާނެ. ކިހައި ދުވަހެއްވަންދެން އަރްޒަންވެސް އެގޮތަށް ހުސްކޮށް ހުންނާނީ؟ އައިކްއަށްވެސް މަންމަ އެއް ބޭނުންވާނެ. އެކުއްޖާ އެންމެ ތުއްތުއިރުން ފެށިގެން ނިޝްޔާ އެއަންނަނީ އެކުއްޖާއަށް މަންމައެއްގެ ލޯބިދެމުން. ބޭބެއަށްވެސް ފެންނާނެ އެތަން. އަހަރެންގެ ނިޝްޔާއަށްވުރެ ރަނގަޅު މަންމައެއްކޮބާ އައިކްއަށް؟” ހާޝިމާ އޭނާގެ ވާހަކަތަކުން ޝިހާމުގެ ސިކުނޑިއާއި ކުޅެވޭތޯ މަސައްކަތްކުރަމުން ދިޔައެވެ.
“އަހަރެންނަށްވެސް އެނގޭ ތިކަން. އަހަރެން ތިކަމާ ވިސްނާނަން. އަރްޒަންއާ ވާހަކަ ދައްކާފަ ގޮތެއް ނިންމަން އިނގޭނީ.” ކުޑަކޮށް ހިނިތުންވެލަމުން ޝިހާމު އޭނާގެ ފަހުބަސް އިއްވައިލިއެވެ. ބޯޖަހައިލަމުން ހާޝިމާވެސް އެކަމާ އެއްބަސްވެލިއެވެ. ޝިހާމު އޭނާގެ އެދުމާއި ދެކޮޅު ނުވާނެކަމުގެ ޔަގީންކަން އޭނާއަށް އޮތެވެ.
** ** **
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. އައިކް ނިންދަވައިލުމަށްފަހު އަރްޒަން އެނދުގައި އޮށޯވެ އޭނާގެ ވަރުބަލިވެފައިވާ ހަށިގަނޑު ދަމައިލިއެވެ. އިރުކޮޅަކު އެހެން އޮވެފައި އެއްޗެއް ހަނދާންވާފަދައިން އަރްޒަން ތެދުވިއެވެ. އަދި އަވަސްއަވަހަށް އައިސް ހެދުން އަލަމާރި ހުޅުވައިލަމުން އޭގައި ހުރި ވަތްގަނޑެއްގެ ދޮރު ހުޅުވައިލިއެވެ. އެއާއެކު އޭގައި އޮތްފޮތްފެނި އަރްޒަންއަށް ހިނިތުންވެލެވުނެވެ.
އެފޮތްނަގައިގެން އައިސް އެނދުގައި އިނށީދެ ހަމަޖެހިލަމުން އަރްޒަން އެފޮތް ހުޅުވައިލިއެވެ. ޔަނާލްގެ ޑައިރީ އޭނާ ފެށިގެން ކިޔަންފެށިއެވެ. އެއާއެކު އެކުއްޖާ ހޭދަކޮށްފައިވާ ހިތާމަވެރި ހިތްދަތި ދިރިއުޅުން އޭނާގެ ލޯކުރިމައްޗަށް ސިފަވިކަހަލައެވެ. ޔަނާލްގެ ވާހަކަތަކުގައިހުރި ތެދުވެރިކަން އަރްޒަންއަށް އިހުސާސުވިއެވެ. ގަނޑަކަށްފަހު ގަނޑެއް ކިޔަމުންދިގަ އަރްޒަންއަށް ކުއްލިއަކަށް ހުއްޓެވުނީ ޔަނާލް ލިޔެފައިވާ ކުޑަ ލިޔުންކޮޅެއް ފެނުމުންނެވެ. މަަޑުމަޑުން އަރްޒަންއަށް އެތަންކޮޅު ކިޔައިލެވުނެވެ.
“ފޮހެލީ ތިބާ..މިނަން ތިޔަހިތުން..މަށާ މިހާރު ވަކިވީހޭ..ބުނާށެ ލޯބި ނުވަނީހޭ..ބުނާށެ ލޯބި ނުވަނީހޭ..
ވޭނާ އުދާހޭ ލިބޭ މީ އިޝްޤެއް ނުވީމާ އެހާސިލް.. އިތުބާރުކޮށް ލޯބިވީމާ ގެއްލިއްޖޭ ހޯދި މަންޒިލް.. ކިޔާދޭނަމޭ އޭ އަހާށޭ ލޯބީގެ ވޭނީ ފަސާނާ.. ފަސްދީ ދަނީހޭ ހިތާއޭ ދިނުމުން ހިތާމޭ މިޖާނާ.. ލޯބިން އެހާ ފިރުމާހަދާ ވަކިވެ ދިޔައީ ތިބާ ނޫންހެ ވީ ކީއްހޭ.. ބުނާށެ ލޯބި ނުވަނީހޭ.. ބުނާށެ ލޯބި ނުވަނީހޭ..
ފޮހެލީ ތިބާ.. މިނަން ތިޔަ ހިތުން.. މަށާ މިހާރު ވަކިވީހޭ.. ބުނާށެ ލޯބި ނުވަނީހޭ.. ބުނާށެ ލޯބި ނުވަނީހޭ..”
އެތަންކޮޅު ކިޔައި ނިންމައިލަމުން އަރްޒަންއަށް ފޮތް ލައްޕައިލުމަށްފަހު ގެނެސް މޭގައި ޖައްސައި ބާރުކޮށްލެވުނެވެ. “ނޫން ޔަނާ. ވަރަށް ލޯބިވޭ. ވަރަށް ވަރަށް ލޯބިވޭ. ސޫން ޔޫ ވިލް ބީ މައިން އިންޝާ ﷲ..” ވައިއަޑުން އަރްޒަންއަށް ބުނެލެވުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.







Salaam all.. Here is the 14th part. Hope u all like this part too.. Let me knw if there is any mistakes. Enjoy reading.. Happt friday all.. Nxt in sha allah tmrw. Kyp waiting.. Have a nice day.. Love u all my dear readers❤?
Woww nice part
Pls nishyaa aa arzan aa kaiveni nukuruvaathi. ?????
Story vvvv rethi❤❤❤❤❤❤❤❤ and i’m first
Yayy u first.. Hehe. Lets see dhw dhn vaagotheh.. Thanks alot my dear❤
me first dhw.vvv Reethi.Waiting for The Next Part.
I’m first dhw…. anyway stry varah reethi NAU?? CURIOUSLY WAITING…..
Yeyy yeyy…nau stry ge mi part vx varah reethi keep it up dear
Waiting for the next part
nyc mi part vx ………..please please nau nishyaa n arxan marry nukuruvahche …………..thnks avahah up khdhinyma, luv u n ur stry ,,,waitin for nxt part……
Wowowowow… maasha allah vrh salhi mi paatuves …. plxx nauuu arzan aa nishyaa marry nukuruvahcheyy …. kill her instead????
love this stry & keep it up nauu ??????????cant wait to read next part ??
Varah reethi mi part ves ekam ehen part thakah vireh mi part kurukan faahagavi. Hope next part dhigu kohllaane kamah. But the story varah reelhi. I hate Haashima, Nishyaa and Zaavil. Abadhuves me hate kuran meehun dhiriulhun thereyah vannan masahkai kuraa myhun dheke. Hama yanaal ekey ehgothah aharen ves ekakah ves trust eh nukuran, haasakoh boys ah.
Wow nice story….
Dhn no…nishyaa aa arxan aa nuvx gulhey …alhe arxan aa yanaal aa marry kuruvaathii ..e nishyaa aa arxan ekasheegn nuvey? i hate that nishyaa?..knme kameh khgn viyas arxan nishyaa aa marry nukureveyne gotheh hadhahchey…ehn noony anehkaa yanaal kihaa dhera vaane. ..Plx …inguney nishyaa mamma vx maa heyo vegn e ulheny knmes beynumeh ovegn kan ..varah foohi baeh. .Avahah arxan aa yanaal aa marry kuruvaa..btw story hama habeys..up veythw belun adhadheh neyge kiyaa hithun…curiously waiting for the next part dear ..ly❤
Saabahey arzan.. ethibenee firihenun.. understanding n caring..
Waiting for the next part
Woow… v v v v nice mi part vx….maasha allah….whn next??
V v reethi??? a nishyaa ?????nudhevaathi
arxanhaa??? yanaahaa moorithi arxanhaa oagaatheri 2
? meehun
gulhenee?? adhi fahun yanaa ah girleh??? ????libeyne dw nau ????❤am weiting 4 next⏭ part
?????❤?????
Waasaree.. MashaAllah haadha reehcheyy.. I love it.. And nau MashaAllah once again.. U r the best love yuh?????????
Nau pls azran aa yanaal aa marry kuruvaany not that nishya…I hate that shit
V reethi …..kee up the good work??? keep smiling??? luvya❤❤❤
masha Allah… varah varah varah reethi…. ❤❤❤❤❤❤
Woowww.. Mi part vess as usual vrhhhh salhi…luv this story varah bodu maasingaa koh..???❤❤❤✴✴✴✴✅✅?????
Wowwww. V nice???
Haadha reehchey mi vaahaka .. nd nehtha mirey up kohdheveykah hama kiyaa hithun ingeyy.. nvm.. luv yuh
Wow nau, part akah vure part eh rythi… thy vaahaka liyumuge hunaru huri molhu vaahaka liyun therieh. .. mi story kiyaalaafa comment nukoh hunnahves udhagoovey.. mi story ekanyeh noon igey.. nau ge khonme story ehves.. thy shannuge favorite vaahaka liyun theriyaky. . Luv u
hey nau, khba 15th part,,,,,waiting
Mashaa allaah…
Varah reethi❤❤❤
Whn next part??
Waiting next part❤❤
Awwn thank u soo much everyone. Sry bxy vyma knme kuhjehge comment ah vakin reply nukurevuny ingey.. Btw thanks all my dears.. Loves so much❤?