Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކުށަކާނުލައި- 15ވަނަބައި

Anha Level 110 Stories100 Comments
September 14, 2018 5 Mins Read
41 Comments

ވަށައިގެންވާ މާހައުލުގެ ހިލަމެއް ނުވާ ލާނާއާއި އިދާން އަދިވެސް ހުރީ ހަމަ އެގޮތަށެވެ. “އިދީ …އަ….” ލާނާގެ ދުލުގައި ތަޅުއެޅުވިފައި ހުރިކަހަލައެވެ. އަނގައިން ބަހެއް ބޭރެއް ނުވެއެވެ. “ޕްލީޒް ލާލާ.. އިދީ ހާދަ ލޯބިވެޔޭ ލާލާ ދެކެ. ބުނެބަލަ އިދީ ދެކެވެސް ލާލާ ލޯބިވެޔޭ.”. އިދާން އަސަރާއެކީ މިހެން ބުނިއިރު ފަހަތުގައި ހުރި އަލަންއަށް ހަމަ ރީއްޗަށްވެސް އަޑުއިވުނެވެ. އިދާންގެ ވާހަކަތައް އިވި އަލަންގެ ރުޅިގަނޑު ކެކިގަނެ ހަމައިން ނެއްޓިކަހަލައެވެ.

“ހައު ޑެއާރ ޔޫ.. ކަލޭ ލަދެއް ނުގަނޭތަ މަގޭ އަންހެނުން ގައިގަ އޮޅުލާކަށް…” އައި ރުޅިގައި އަލަން އެދިޔަބާރުމިނުގައި ގޮސް އިދާން ގިރުވާނުގައި ހިފިއެވެ. މިކަމަށް ނުވިސްނާހުރި އިދާންއަށް ވަގުތުން ލާނާގެ ގައިން ދޫކޮށްލެވުނެވެ. ކުއްލިއަކަށް އަލަން އެތަނުން ފެނުމުން ލާނާގެ ހުރީ ބިރުން ރޫރޫއަޅައިގަނެފައެވެ. މިވީ ގޮތުން އަލަންގެ ރުޅި އިންތިހާއަށް ދާނެކަން ގައިމެވެ. “ކަލޭ ކީއްވެހޭ މަގޭ އަންހެނުން ގައިގައި އަތްލާގޮތްވަނީ… ހަޔާތްކުޑަ.” އަލަން އަނެއްކައިވެސް ހަޅޭއްލަވައިގަތެވެ. އިދާން ބަލާކަށްނުހުރެ ވަގުތުން އަލަންގެ އަތްފޮޅުވައިލިއެވެ. “ކަލޭގެ އަންހެނުންނޭ.. ލަދެއްނުގަނޭތަ ތިހެން ބުނާކަށް. މަށަށް އިނގެއޭ ކަލޭ ކޮންމެސް ކަމެއް ކޮއްގެންކަން ލާނާ ކަލެއާއި އިންނަން އެއްބަސްވީ. ލާނާ ލޯބިވަނީ އަހަރެންދެކެ.. އޭނަ ބޭނުމެއްނުވޭ ކަލެއާއިއެކީ އުޅޭކަށް. ކަލޭ އަހަރުމެން ދެމީހުންގެ ދޭތެރެއަށްވަނީ….. ލާލާ.. ބުނެބަލަ މި އަލަންގެ ކައިރީ ލާލާ ލޯބިވަނީ އިދީ ދެކެއޭ.. ބުނެބަލަ..” އަލަންއާއި ދިމާލަށް ހަޅޭއްލަވައިގަތުމަށްފަހު އިދާން ލާނާގެ މޫނަށް ބަލައިލިއެވެ. މިވާހަކަތަކުން އަލަންގެ ރުޅިގަނޑު އިތުރުވުންނޫން ކަމެއްނުވެއެވެ. ލާނާއަށް ހުރެވުނީ ބުނަންވީ ކޮންއެއްޗެއްކަން ނޭނގިފައެވެ. އެއްކޮޅުން އެންމެ ލޯބިވާ އިދާންއެވެ. އަނެއްކޮޅުން ފިރިމީހާ އަލަންއެވެ. “ލާލާ ޕްލީޒް.. ބުނެބަލަ އަލަންކައިރީ އިދީދެކެއޭ ލޯބިވަނީ..ޕްލީޒް ލާލާ..” އިދާން އާދޭހާއެކީ އަނެއްކައިވެސް ބުނުމުން ލާނާ އިސްއުފުލައި ބަލައިލިއެވެ. އޭރު އަލަންއާއި އިދާން ހުރީ އޭނާއަށް ބަލާށެވެ. ހީވަނީ ދެމީހުންވެސް އެތިބީ ލާނާގެ ޖަވާބެއްގެ އިންރިޒާރުގައި ހެންނެވެ. ލާނާ އެއްޗެއް ބުނަން އަނގަހުޅުވާލުމަށްފަހު ވެސް ލައްޕައިލިއެވެ. އަލަންގެ ރުޅިވެރި ނަޒަރު ހުރީ ސީދާ ލާނާގެ މޫނަށް އަމާޒުވެފައެވެ. ހީވަނީ ލާނާއަށް އިންޒާރެއްދީގެން ހުންނަހެންނެވެ. އެބެލުމުން ލާނާ އަނދައި އަޅިއަށް ހަދައިލަފާނެހެންވެސް ހީވެއެވެ. އެއީ ލާނާއަށް ދޭ އިންޒާރެއްކަން ހުދު އޭނާއަށްވެސް އިނގެއެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން ލާނާ އިދާންއަށް ނަޒަރެއްދިނެވެ. “އިދީ.. އަހަރެން ނުވޭ އިދާންދެކެ ލޯތްބެއް..ލީވް މީ އެލޯން. އަހަރެން ލޯބިވަނީ އަލަންދެކެ.. އެންޑް އައިއެމް ނައު މެރީޑް.” ހަރުކަށިކަން ދައްކަމުން ލާނާ ބުނެލިއެވެ. ހިތުގައި ކިތަންމެ ރިއްސިޔަސް އެކަމެއް އޭނާ އިދާންއަކަށް ނުދައްކާނެއެވެ. ލާނާއަށް މަޖުބޫރެވެ. ހޯސްލާފައި ލޮލުން ކަރުނަ އަންނަހެން ހީވުމުން ވަގުތުން ލާނާ އިސްދަށަށް ޖަހައިލީ އިދާންއަށް ނުދައްކާށެވެ. “ނުކުރާނަން ގަބޫލެއް.. އިދީގެ ލޮލަށް ބަލަންހުރެ ތިހެން ބުނެބަލަ..” ލާނާގެ ކުރިމައްޗަށް ހުއްޓެމުން އިދާން ވާހަކަ ދެއްކީ ގަބޫލުނުކުރެވިފައެވެ. ލާނާ އެހަދަނީ ތެދެއްނޫނޭ އިދާންގެ ހިތްބުނެއެވެ. މިކަމުގެ އަޑީގައި ކޮންމެވެސް އެހެންކަމެއް އެބައޮތޭ އިދާންގެ ސިކުނޑި ބުނަމުން ދިޔަކަހަލައެވެ.

ލާނާ އިސްއުފުލައި އިދާންއަށް ބަލައިލިއެވެ. އެމޫނުމަތިން މިހާރު އިދާންއަށް ފެންނަނީ ރުޅިވެރިކަމެވެ. “އަހަރެން މިބުނީ އެންނު އަހަރެން އިދާންދެކެ ލޯތްބެއް ނުވެޔޭ. ކީއްވެތަ ގަބޫލު ނުކުރެވެނީ. ތިއީ އަހަރެންނާ އެކަށީގެންވާ މީހެއްނޫނޭ ބުނީމެއްނު. އިދާން އަހަރެން މަތިން ހަނދާން ނައްތާލާ.. ޖަސްޓް ފޮރގެޓް ދެޓް އައި އެގްޒިސްޓް. ” އިދާންގެ ދެލޮލަށް ބަލަހައްޓައިގެންހުރެ ލާނާ މިހެން ބުނިއިރު އެހިތުގައި އަޅާވޭން ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތެވެ. ކޮންފަދަ ބޮޑު އަނިޔާއެއް ހެއްޔެވެ. އިދާންގެ ކައިރީ ލޯބިވާ ވާހަކަ ބުނަން ލާނާ ހާދަބޭނުމެވެ. ބައްދާލައި އެތަނަވަސް މޭގައި ބޯއަޅައިގެން އޮވެ ރޯލަން ލާނާ ހާދަ ބޭނުމެވެ. ނަމަވެސް މިއަދު މަޖުބޫރެވެ. ލާނާގެ ވާހަކަ އިވިފައި އިދާންއަށް ހުރެވުނީއެވެ. އެއީ އޭނާގެ ލާނާބާވައެވެ. އޭނާގެ ލާނާ އޭނާދެކެ ލޯބިވިއެވެ. މިއީ އެ ސިފާގައިހުރި އެހެން މީހެއްބާއޭ އިދާންގެ ހިތަށްއެރިއެވެ. ނޫނެކެވެ. އެހެންނެއް ނުވާނެއެވެ. މިއީ ހަމަ އެ ލާނާއެވެ. ލާނާ ބަދަލުވީއެވެ. އޮޅުވާލީއެވެ. އިދާން ހަމަ އެހައި މުއްސަނދި ނުވީމާ ހެއްޔެވެ. އިދާންގެ ހިތް ހީވީ މީހަކު ކޮށައި ކުދިކުރާހެންނެވެ. އެހިތުގައި އަޅަމުންދާ ވޭން އެހައިވެސް ބޮޑެވެ. “މިހާރު އިނގިއްޖެ ދޯ ކަލެއަށް. ހަނދާންކުރާތި މީގެ ފަހުން ތިކަހަލަ ކަމެއް ކޮއްފިއްޔާ މަވަރުގެ ނުބައި މީހަކު ނުހުންނާނެ.. ލާނާއާއި ވައިވެސް އެޅިގެން ނުވާނެ ކަލޭ. ބޭބެ ރައްޓެއްސެއް ވިއްޔާ އެގޮތުގައި ހުންނާނި… ލާނާގެ ނަންވެސް ތިދުލުން ކިޔާނެ ކަމެއްނެތް. އެއީ މަގޭ އަންހެނުން.. ” އިދާންގެ ކުރިމައްޗަށް ހުއްޓެމުން އަލަން އިންޒާރެއް ދިނެވެ. ނަމަވެސް އެކަމުން އިދާންއަށް އެއްވެސް އަސަރެއް ކުރިހެންނެއް ހިއެއް ނުވެއެވެ. އެޔަށްވުރެއް އެހިތުގައި އަޅާވޭން މާބޮޑެވެ. އަސަރުންފުރިފައިވާ ގޮތަކަށް ލާނާްގެ މޫނަށް އިދާން ބަލައިލިއެވެ. ނަމަވެސް ވަގުތުން ލާނާ މޫނު އަނބުރައިލީ އިދާންގެ މޫނު ބަލަންވެސް ބޭނުމެއްނޫނޭ ބުނާފަދަ ގޮތަކަށެވެ. އިތުރަށް އެތަނުގައި ހުރުމުގެ ބޭނުމެއް ނެތްކަން އިނގުމުން އިދާން ހިނގައިގަތީ ބޭރަށް ނިކުންނާށެވެ. “ބާއްޖަވެރި ކައިވެންޏަކަށް އެދެން.. އެކަމަކު ލާނާ ހަނދާން ބަހައްޓާތި… އެކަކަށް ދެރައެއްދީފަ އަނެކަކަށްވެސް އުފަލުގައެއް ނޫޅެވޭނެ..” ފަސްއެނބުރި ބަލަިލުމެއްނެތި އިދާން ނުކުމެގެންދިޔައެވެ. ފެންކަޅިވެފައިވާ މޫނަކައިގެން އިދާން ލޮލުކޮޅަށް ގެއްލެންދެން ލާނާ ބަލަންހުއްޓެވެ. ނޭވާ ތާށިވާހެންވެސް އޭނާއަށް ހީވެއެވެ. “ފާހާނާކޮށް ނިމުނީތަ…ނިމުނިއްޔާ އަންނަންވީ އެންނު..” ލާނާގެ ކުރިމައްޗަށް ހުއްޓެމުން އަލަން ރުޅިއައިސްހުރެ ބުނެލުމުން ލާނާއަށް ހަމަބިމަށް ފޭބުން ކަހަލައެވެ. ދެލޯ ފޮހެލުމަށްފަހު ލާނާ ބަލައިލީ އަލަންގެ މޫނަށެވެ. އެމޫނުން ފެންނަނީ ނަފްރަތާއި ރުޅިވެރިކަމެވެ. ލާނާ ވަގުތުން ހިންދިރުވައިލީ އަލަން މަޑުން ނުހުންނާނެކަން އިނގޭތީއެވެ. ކުރިޔަށް ފިޔަވަޅެއްވެސް އަޅަން ނުކެރިފައި ލާނާ ހުރީއެވެ. “މަ ރުޅިއަރުވާނެ ގޮތެއް ނޭނގިގެންތަ ލާނާ ތިއުޅެނީ… ހަމަ މިހާރު އާދޭ އެތެރެއަށް.. ” ލާނާގެ އަތުގައި ހިފައި ގަދަކަމުން ކަހަލަ ގޮތަކަށް އަލަން އެތެރެއަށް ވަންނަން ދިޔައެވެ.

“އަހާނ ދަރިފުޅުމެން ނުފެނިގެން ބައްޕަމެން ހާދަ ހޯދައިފީމޭ. ކޮންތާކުންތަ ތިއައީ.. “އެތެރެއަށް ވަދެގެންއައި ލާނާއާއި އަލަންފެނި ހަސީނު އަހަލިއެވެ. “ލާލާ ޓޮއިލެޓްއަށް އެކަނި ދާން ނުކެރިގެން.. ބައްޕަމެން އިތުރު ކަމެއް އޮތްވާހަކަ ބުނީމެންނު.. ” ހަމަޖެހެމުން އަލަން ޖަވާބުދިނެވެ. އޭރުވެސް ލާނާހުރީ އިސްދަށަށް ޖަހައިގެންނެވެ. “އާނ އެވާހަކަ ދޯ.. މިއޮތީ ދަރިފުޅުމެންނަށް މަންމައާއި ބައްޕަ ދޭ ހަދިޔާއެއް. ” އަލަންގެ އަތަށް ތަޅުދަނޑިފައްޗެއް ލައިދެމުން ޝާކިރު ބުންޏެވެ. އަލަން ސުވާލުގެ ނަޒަރަކުން ޝާކިރުއާއި އާސިމާއަށް ބަލައިލިއެވެ. “ތިއީ ދަރިފުޅުގެ އައު އެޕާރޓްމެންޓްގެ ތަޅުދަނޑި.. ގޭގެ 10 ވަނަ ބުރީގައި ހުންނާނި މިހާރު އަލަންއާއި ލާނާގެ އެޕާރޓްމެންޓް… ދަރިފުޅުމެންގެ ކައިވެނީގެ ހަދިޔާ ތީ.. ” ޝާކިރު ހެވިފައި އިތުރަށް ކިޔައިދިނެވެ. ޝާކިރުގެ ވާހަކައިވިފައި އަލަންގެ ރުޅިވެސް ވަގުތުން ފިލައިގެން ދިޔަ ކަހަލައެވެ. އަމިއްލަ އެޕާރޓްމެންޓެއް ލިބުނީއެވެ. މިވީ ގޮތުން ލާނާއަށް އިތުރަށް ޖެއްސުން ކުރެވޭނެއެވެ. އެއްކޮޅުން އަލަން އުފަލުން ހެވިފައި ހުރިއިރު ލާނާހުރީ ހާސްވެ ކަންބޮޑުވެފައެވެ. ކައިވެނިކޮށްގެން އާސިމާމެންނާއެކީ އުޅޭނެކަމަށް ހީކޮށް ލާނާ ހުރީ ހިތްހަމަ ޖެހިގެންނެވެ. މިވީ ގޮތުން އަލަންގެ އުނދަގޫ ހައްތަހައި ވާނީ އިތުރެވެ. “ކޮބާތަ އަހަރުމެންގެ އެޕާރޓްމެންޓް ދޯ އާލު.. އަލަންއަށް ލިބެންޏާ އަހަރުމެންނަށްވެސް ލިބެން ވާނެ އެންނު.. ދޯ އާލު. ” އާލިމް މޫނު ހަދަމުން އާލާއަށް ދޯދިނެވެ. އާލާވެސް ވަގުތުން ބޮޑާހާކާލުމުން އެންމެން އެކީ ހޭންފެށިއެވެ. “އާލިމްއާއި އާލާވެސް ކައިވެނި ކުރީމަ އެންނު ލިބޭނީ..” އާސިމާ ހެވިފައި ބުނިގޮތުން އާލިމް ވަގުތުން ބޯކަހަން ފެއްޓިއެވެ.

ޕާޓީގެ ހުރިހައި ކަމެއް ނިމުމުން ލާނާއާއި އަލަން އެކީ ބޭރުގައި މަޑުކޮށްލައިގެން ތިބީ ކާރު އަންނަންދެންނެވެ. ދަރިފުޅު ދާތީ ދެރަވެފައިހުރި ފާހިރާ ވަގުތުން ލާނާ ގައިގައި އޮޅުލައިގަނެ ރޯންފެށީ ބަލަންހުންނަ މީހެއްގެ ހިތަށްވެސް އަސަރުކުރާނެހައި ވަރަށެވެ. ކައިވެނި ކުރުމުން އުފާވިޔަސް ދަރިފުޅު ދާތީ ފާހިރާ މާބޮޑަށް ދެރަވަނީއެވެ. އެންމެންވެގެން ފާހިރާ ހަމައަކަށް އެޅުވުމުގައި އުޅުނެވެ. ހަސީނުވެސް ލާނާގެ ގައިގައި ބައްދާލުމަށްފަހު ނިތުގައި ދޮންދިނެވެ. “ބައްޕަގެ ޕްރިންސަސް.. އުފަލުގައި އުޅޭތި.” ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން ހަސީނު ބުންޏެވެ. ބަދަލުގައި ލާނާ ބޯ ޖަހައިލީރޮމުންނެވެ. “އަލަން.. އަހަރެންގެ ފުރާނަ މި ދަރިއަކީ.. ދެރަވާކަހަލަ އެއްވެސް ގޮތެއް ނަހަދާތި. މި ލޮލުން އެންމެ ކަރުނަ ތިއްކެއް ވެއްޓުނަސް އަހަރެންނަށް ކެތެއް ނުވާނެ. ” ލާނާ ގަޔާއި ދުރުކޮށްލަމުން ހަސީނު އަލަންއަށް ބުންޏެވެ. އަލަން ވަގުތުން ހިތިގޮތަކަށް ބޯ ޖަހައިލިއެވެ. “ހާސްނުވޭ ހަސީނު. ލާނާއަކީ އަހަރުމެންގެވެސް ދަރިއެއް. އެމަންޖެ އުޅޭނީ އުފަލުގަ އަބަދުވެސް” ޝާކިރު އައިސް ލާނާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. އެވަގުތުވީ ކާރު އައި ވަގުތަށެވެ. ލާނާއާއި އަލަން އެރީ އެމީހުންނަށް ހާއްސަކުރެވިފައިވާ ކާރަށެވެ. ހުދުކުލައިގެ މަލުންނާއި ފަތުން ކާރުގެ ބޭރު ޖަރީކޮށްފައި ވާއިރު ކުރިމައްޗާއި ފަހަތުގައި ‘ޖަސްޓް މެރީޑް’ ޖަހާފައި އިނެވެ. ޝާކިރުމެން ޖެހިގެންއޮތް ކާރަށް އެރިއިރު ހަސީނާއި ފާހިރާ އެރީ އަނެއް ކާރަށެވެ. އެންމެން އަރައި ހަމަޖެހިލުމުން ކާރު ދުއްވައިލިއެވެ.

ކާރުގައި ގެއަށް އައުމަށްފަހު އެންމެން ދިޔައީ ލާނާއާއި އަލަން އެމީހުންގެ އައު އެޕާރޓްމަންޓަށް ލާށެވެ. ލިފްޓުން ދިހަވަން ބުރިއަށް އެރުމާއިއެކު އެންމެން އެކީގައި ލިފްޓުން ފޭބިއެވެ. ޝާކިރު ބުނިހެން 10ވަނަ ބުރީގައި ހުރީ އެންމެ އެޕާރޓްމެންޓެކެވެ. ހީވަނީ ޝާކިރު އެކަމަށް ޕްލޭންކޮށްގެން ހަދާފައިހުރި އިމާރާތެއް ހެންނެވެ. ލިފްޓުން ފޭބުމަށްފަހު އެންމެން އެކީގައި ގޮސް އެޕާރޓްމެންގެ ދޮރުހުޅުވައި ވަދުނެއެވެ. އެޕާރޓްމެންޓްގައި ހުރީ ދެ ކޮޓަރިއާއި ބޮޑު ސިޓިންގްރޫމަކާއި ބޮޑު ބަދިގެއެކެވެ. އެތެރެއަށް ވަތް ލާނާގެ އަނގަ ހުޅުވުނީ ހައިރާންވެގެން ބުނާނެ އެއްޗެއް ނޭނގިފައެވެ. އެތަން އެހައިވެސް ފުރިހަމައެވެ. ގޭގެ ފަރުނީޗަރާއި ކުލައާއި އިންޓީރިއާ ޑިޒައިނިންގް ވެސް ހުރީ ލާނާއަށް އެންމެ ކަމުދާނެހެންނެވެ.  “ވާއު…” އާލާއާއި އާލިމްއަށް އެއްފަހަރައި ބުނެވުނެވެ. ލާނާއަށްވެސް ހުރީ މިވަރުވެފައެވެ. އެކަމަކު ޝާކިރުއަށް ލާނާގެ ‘ޓޭސްޓް’ އިނގުނީ ކިހިނެއްބާވައޭ ލާނާގެ ހިތަށް އެރިއެވެ. ސަބަބަކީ ޝާކިރުމެންގެ އެޕާރޓްމެންޓްވެސް ހުންނަނީ މިހެންނެއް ނޫނެވެ. “ބަ.. ބައްޕާ.. މިއީ ބައްޕައަށް ކިހިނެއް އިނގުނީ ލާލާއަށް ރީތީ މިހެންކަމެއް.. ” އަޅައަޅައި ގަންނަމުން ލާނާ ސުވާލު ކުރިގޮތުން ޝާކިރު ގާތަށް ހިނިއައެވެ. “ބައްޕަ މިތަން ފާރްނީޝްޑް ކުރުމުގެ ކުރިން ހަސީނުގާތު އެހީ ލާލާއަށް ރީތިވާނެ ގޮތެއް.. ދެން ހަސީނު ކިޔައިދިނީ.. ދަރިފުޅުގެ ކޮޓަރިވެސް ދައްކާލި މިގޮތަށޭ ކިޔާފައި. ބައްޕައަށްވެސް މިގޮތް ވަރަށް ކަމުގޮއްސި. އާސި ހިނގާބަލަ އަހަރުމެންގެ އެޕާރޓްމެންޓްވެސް ކުޑަކޮށް ރިނޮވޭޓްކޮށްލަން. ” ޝާކިރު ހެވިފައި އޭނާއަށް އިނގުންގޮތް ކިޔައިދެމުން އާސިމާއަށް ބުންޏެވެ. “އައުމާ ފަށައިގަތުމާ.. މި އަންހެނާ ކޮން ޖާދޫއެއްތަ އެންމެންނަށް މިޖައްސަނީ.. ބޭބެއަށްވެސް މިހާރު ލާލާ ފީވާރ ޖެހިފައޭ އަދި ހުންނަނީ.. ” ފޫހިވެފައި އަލަން އަމިއްލައަށް އިވޭނެހެން ކުދިކިޔަމުން ގެންދިޔައެވެ.

އެންމެން ހެވިފައި މުޅި އެޕާރޓްމެންޓް ބަލަމުން ގެންދިޔައެވެ. މުޅި އެޕާރޓްމެންޓްގައި ހުރީ ހުދުކުލަ ލައިފައެވެ. ހުރިހައި ފަރުނީޗަރެއްވެސް ހުރީ ހުދުކުލައިންވެ. ކުޑަމިނުން ދޮރުފޮތިތަކަށް ދަންދެން ހުރީ ހުދުކުލައެވެ. އެތެރޭ އެކި ދިމަދިމާލުގައި ކުދިކުދި ގަސް ބަހައްޓައިފައި ހުއްޓެވެ. އެތަނުން މުޅިންވެސް ފެންނަނީ އެންމެ ފަހުގެ އެއްޗެއްސެވެ. ސިޓިންގްރޫމާއި ދިމާލުން ނުކުމެވެންހުރި ބެލްކަނި ލާނާއަށް ވަރަށް ކަމުދިޔައެވެ. ގަޑިން މާ ލަސްވަމުންދާތީ އާލާއާއި އާލިމްވެގެން ލާނާ ގޮވައިގެން ކޮޓަރިއަށް ގެނައެވެ. ލާނާ މުޅި ކޮޓަރިއަށް ނަޒަރު ހިންގައިލިއެވެ. ބޮޑު ކިންގްސައިޒް އެނދަކާއި ފަސް ދޮރުފަތްލީ އަލަމާރިއެއް ހުރި އިރު ކޮޓަރީގައި ހުދު ކުލައިގެ ބޮޑު ސޯފާއެއްވެސް ހުއްޓެވެ. ކަނަކަށް ވާނެހެން ކޮފީޓޭބަލްއެއް ހުރިއިރު ޖެހިގެންހުރީ ކޮފީ މެޝިނެކެވެ. ކައިވެނީގެ ރެޔަށް ހާއްސަކޮށްގެން އެކޮޓަރިވެސް ވަނީ ޒީނަތްތެރިކުރެވިފައެވެ. އެނދުމަތީގައި ހުރީ ރަތްފިނިފެންމަލުގެ ފިޔައިން ފުރިހަމަކުރެވިފައިއެވެ. އެކި ދިމަދިމާލުގައި އުއްބައްތިން ޖަރީކުރެވިފައި ވާއިރު މުޅިކޮޓަރި ފެންނަނީ ވަރަށް ފުރިހަމަކޮށެވެ. އާލާއާއި އާލިމް ވެގެން ލާނާ އެނދުގައި ބޭންދުމަށްފަހު އަލަންއަށް ގޮވައި ގެނައެވެ. އެތެރެއަށް ވަނުމާއިއެކީ އަލަންގެ ފޫހިކަން އިތުރުވީ ކޮޓަރި ޒީނަތްތެރި ކުރެވިފައި ހުރީމައެވެ. ލާނާއަށްޓަކައި މިވަރުކުރަންޖެހޭ ހެއްޔޭ އަލަންގެ ހިތަށް އެރިއެވެ. “ދޮންބޭ.. ވީއާރ ގޮއިން..” އާލާ އެއްލޯ މަރައިލަމުން އަލަންއާއި ދިމާކޮށްލިއެވެ. އާލިމް ވަގުތުން އާލާގެ ބޮލުގައި ޖަހަލަމުން ދިމާނުކުރުމަށް ބުންޏެވެ. އާލާއާއި އާލިމް ހެވިފައި ކޮޓަރިން ނުކުމެގެން ދިޔައީ އަލަތުކައިވެނި ކުރި ޖޯޑަށް އެކަނިވެލަން ފުރުސަތު ދެމުންނެވެ.

އާލިމްމެންގެ ފަހަތުން އަލަން ނުކުމެގެންދިޔައީ އެންމެން ނުކުތުމުން ދޮރުތަޅުލާފައި އަންނަންވެގެންނެވެ.  ކޮޓަރީގައި އެކަނިވެފައި އިން ލާނާގެ ހާސްކަން ފަހަރަކަށްވުރެއް ފަހަރެއް އިތުރުވަމުން ދިޔައިރު ހިތުގައި ނޭނގޭ ބިރުވެރިކަމެއް ވީ އުފެދިފައެވެ. މިރޭ ކަންތައްވީ ގޮތުން އަލަން  އެހެން އަދި ނުހުންނާނެކަން ލާނާއަށް އިނގެއެވެ. ހާސްވެގެން ލާނާ ކޮޓަރީގައި ދެކޮޅަށް ހިނގަހިނގައި ހުރީ ދެންކުރަންވީ ކަމެއް ނޭގިފައެވެ. ހަމަގައިމުވެސް މިތަނުން ނުއެއް ފިލޭނެއެވެ. އަލަންއާއި ޖެހޭނީ ހަމަ ކުރިމަތިލާށެވެ. ހާސްވެފައިހުރި ލާނާ ސިހުނީ ދޮރުތަޅުލުމަށްފަހު އައިސް ކޮޓަރިއަށްވަތް އަލަން ފެނުމުނެނެވެ. އެދެލޮލުން ފެންނަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. އަލަން އެއައި ބާރުމިނުގައި އައިސް ލާނާގެ ކޯ މައްޗަށް ހޫނު އެތިފަހަރެއް ފިލުވައިލިއެވެ. އަރައިގަތް ދިލައިން ލާނާގެ މޫނު މައްޗަށް އަނދިރިވިހެންވެސް ހީވިއެވެ.

ނުނިމޭ

Share Article

Follow Me Written By

Anha

Level 110 Stories100 Comments

Other Articles

Previous

ބުނާށެ ލޯބި ނުވަނީހޭ (14)

Next

ވީމޭ މަ ކައިރީގާ (3)

Next
September 14, 2018

ވީމޭ މަ ކައިރީގާ (3)

Previews
September 14, 2018

ބުނާށެ ލޯބި ނުވަނީހޭ (14)

41 Comments!

  1. First me says:
    September 14, 2018 at 5:38 pm

    Me first vrh reethi

    1. Anha says:
      September 14, 2018 at 10:32 pm

      Thankyou dear?

  2. Airah says:
    September 14, 2018 at 5:45 pm

    Nèxt part thankolhea avaha upkolhachey plx plx plx

    1. Anha says:
      September 14, 2018 at 10:37 pm

      Thankyou airah. Insha allah avahah up kohladheynan ingey liyevuniyya?

  3. True says:
    September 14, 2018 at 5:54 pm

    Haadha lahakuun up kohfa haadha kureyyyyyyyyy… dhennnnn

    1. Anha says:
      September 14, 2018 at 10:38 pm

      Hehe dear. Dhen faharakun miyah vuren dhigu kureveythoa balaanan ingey. But this part is also 6 pages long..?

  4. Ibsha says:
    September 14, 2018 at 6:53 pm

    Varah reethi

    1. Anha says:
      September 14, 2018 at 10:39 pm

      Thankyou dear ibsha?

  5. Anha says:
    September 14, 2018 at 6:55 pm

    Salaam all readers. Heres thw 15th part of the episode.. hope you all will like this part too.. let me know whal you all think of this part too.. thankyou for all the love and support. Since im a person doing shift duties, i always try my best to upload as soon as i get a free time. Hope you all will understand..next part on tuesday.. keep reading. Loves… jummah mubarak❤?

  6. Xuu says:
    September 14, 2018 at 6:58 pm

    Nice ekm too kuru nd too las..

    1. Anha says:
      September 14, 2018 at 10:41 pm

      Thankyou dear. But this part is also 6 pages long. Normally ves 6 or 5 pages long part hama up kuranee.. but i will try to upload ingey dhen burakun miyah wuren dhigu koh.. its not too late ennu dhw. Friday ga up kohdheynamey ennu bunee anha. Miadhu adhi friday ennu dhw..??

  7. Twinkle? says:
    September 14, 2018 at 7:06 pm

    I understand anha dear… mi stry vareh neii hama masha allah… so curious for the nxt part

    1. Anha says:
      September 14, 2018 at 10:42 pm

      Thankyou twinkle.. next part on tuesday. Keep reading.??

  8. aish says:
    September 14, 2018 at 7:09 pm

    V nice story but v short. Lahun up kuraairu thankolhey dhigukoh up kohla dhyba. Plx plx plx

  9. R says:
    September 14, 2018 at 7:13 pm

    Varugadha firihene.. mi Alan miulhenee ragalhu bodi eh bo hithun. Mihaaru kithamme rulhiais aniyaakuriyas he will end up deeply falling in love with laalaa.. eduvahakun hunaane roan.. laalaage faibuda vetti maafa edhen

    1. Anha says:
      September 14, 2018 at 10:44 pm

      Ehehe. Vaane dhw alan ah varugadha landeh dheyn.. alan laala kairi aadheys kuran jehey kahala dhuvaheh ves aisdhaane ennu dhw??

  10. Ken says:
    September 14, 2018 at 7:25 pm

    Vrhhhh sad.. Idhy haadha hurt vaaneyey..I’m crying out here… But vrhhhh salhi gud job??

    1. Anha says:
      September 14, 2018 at 10:49 pm

      Thankyou ken. V dhera dhw idhy ah v goii.. hingaa dhw dhen idhy hadhaa gotheh balamaa?

  11. Shaa says:
    September 14, 2018 at 7:43 pm

    Alhe laala gehluneetha edheeah ???

    1. Anha says:
      September 14, 2018 at 10:49 pm

      Hingaa dhw balamaa..?

  12. Ddddd says:
    September 14, 2018 at 7:50 pm

    I love

    1. Anha says:
      September 14, 2018 at 10:50 pm

      Thankyou dear?

  13. Maya says:
    September 14, 2018 at 8:02 pm

    Alhey.. Pis pis varugadha firiheneih mi alan aki… Vv foohi vey ulhey gothun.. Bt adhi he will deeply fall in love with laalaa.. Just wait and watch… Waiting for Next part thankolheh avahah up kohdhehchey Darling ?????????????luv yuh

    1. Anha says:
      September 14, 2018 at 10:52 pm

      Vaane dhw alan kairin varugadha revenge eh hoadhan..?. Lets see dhw alan laala ah fall vaa goii.. thankyou dear. Will try to upload soon. Loves❤?

  14. ❤️❤️ says:
    September 14, 2018 at 8:07 pm

    Wat???!!!!Alan haadha goahey…jahaakah nuvaane ehnu…jehigadhy laalaa ah kameh vaanama vrh majaa vaane….I mean Alan ah suvaalhu thaneh nurimathi vaane ehnu a run….so he must ans them!!!!stry vrh vrh vrh nic ….if possible miyah vureh vex dhigukhla dhyba….vrh bodah kiyaa hiyy vey…❤️❤️❤️❤️??????????????????????dhn kihineh baa vaany alhey….adhi he will fell love with her….wow dhn balaaalaa hiyy vany Alan ge romance….????

  15. Xxxx says:
    September 14, 2018 at 8:43 pm

    Anha ge mi noon vaahaka eh mi site ga kurin liyefa innaanhe tha, hama kiyaalaa hitun

    1. Anha says:
      September 14, 2018 at 10:53 pm

      No dear. This is my first story..??

  16. Anonymous says:
    September 14, 2018 at 8:48 pm

    thankolheh avahah up kohlla dhehchey……waiting…vvv reethi mi vaahaka

    1. Anha says:
      September 14, 2018 at 10:56 pm

      Thankyou dear.. awahah liyeveythoa balaanan ingey .??

  17. Hai says:
    September 14, 2018 at 8:56 pm

    Vvvv reethi…
    Alan and Lana guluvachay pls…????

    1. Anha says:
      September 14, 2018 at 10:57 pm

      Thankyou hai.. hingaa dhw balan alan and lana gulheythoa??

  18. Hudher says:
    September 14, 2018 at 10:37 pm

    maasha allah v v v v rythi….whn next

    1. Anha says:
      September 14, 2018 at 10:59 pm

      Thankyou hudher.. next part on tuesday.?

  19. Naaanu says:
    September 14, 2018 at 11:26 pm

    kevvve ehaaa lahun next part

  20. illy says:
    September 15, 2018 at 11:15 am

    Vvv riithi mi part ves ???

  21. Saasha says:
    September 15, 2018 at 7:50 pm

    V.reethi mi vaahakavex.keehve thr next part ehaa lager v.reethi mivaahaka

  22. Regular reader says:
    September 18, 2018 at 12:35 pm

    Tuesday. Still waiting…. Awas kolla dheeba

  23. kaishal says:
    September 18, 2018 at 2:29 pm

    alhey thihaavarah inthizaaru kuruvaakah nuvaane

  24. zeenaa says:
    September 18, 2018 at 3:24 pm

    mashakah iyeh nuvey minajje akah mikan vaanehen neh….

  25. Anha says:
    September 18, 2018 at 4:07 pm

    Guys. 16th part is already uploaded. Its on pending. Once the admin approves you can see it.. this time the episode is 10 pages long. I hope you all will like it..loves❤

  26. Anonymous says:
    September 18, 2018 at 8:10 pm

    waiting waiting

Comments are closed.


All Right Reserved!