ވީމޭ މަ ކައިރީގާ (4)
ތިރިއަށް ބަލަހައްޓައިގެން އިން ރުހާނީ ސިހުނީ ދޮރުގައި މީހަކު ޓަކި ދިން އަޑު އިވުމުންނެވެ. ކޮޓަރިއަށް ވަދެގެން އައި ޝަރޫނާ އައިސް ރުހާނީގެ ބޮލުގައި ފިރުމާލުމުން ރުހާނީ ހިންދިރުވާލިއެވެ. ކިތަންމެ ބުނަން ބޭނުންވި ނަމަވެސް އޭނާއަށް ނުބުނެވޭނެކަން އޭނާ ދަނެއެވެ. ރުހާނީ ކައިރީގައި ކޮލަށް ހުރި ޝަރޫނާ އެއްވެސް އެއްޗެކޭއެއް ނުބުނެއެވެ. ރުހާނީގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބައިބަން ފެށީ މަންމަގެ އެ އަމަލުންނެވެ. ރުހާނީ ނުބުނި ކަމުގައި ވިޔަސް މަންމައަށް އެނގޭކަން އަންގާ ދިނުމުން އުފާވިއެވެ. ނަމަވެސް އެހިތުގައި މަންމައަށް ދެވުނު މަޤާމު އިހުނަށްވުރެ ބޮޑުވިއެވެ.
ހެނދުނު ހޭލެވުނު އިރުގައި އާރާ އެހެން ދުވަސްދުވަހެކޭ އެއްގޮތަށް ތެދުވެގެން އަޑު ލައްވަނީއެވެ. އާރާ ނަގައި އުރުގައި ޖަހާލައިގެން ނިކުތް ރުހާނީ އެންމެ ފުރަތަމަ ވަދެލީ އޭޏާގެ ކޮޓަރިއާއި ޖެހިގެން ހަދާފައިވާ ލައިބްރަރީއަށެވެ. އެތަނަކީ މުނި ގެއިންވެސް އޭނާ އެންމެ ގަޔާވާ ތަނެވެ. އެހެން ދުވަސް ދުވަހަށްވުރެ ގޭތެރޭގައި އަޑު މަޑު ވުމުން ރުހާނީ ތިރިއަށް ދިޔައީ ވެގެން އުޅޭ ގޮތެއް ބަލާލުމުގެ ބޭނުމުގައެވެ. ތިރިއަށް ފައިބައިގެން ދިޔަ ރުހާނީގެ ލޯ ބޮޑުވީ ގޭތެރޭގައި ޖީބަށް އަތް ޖަހާލައިގެން ހުރި އައްރާދު ފެނުމުންނެވެ. ރުހާނީ ބޯ ހޫރުވާލީ ވާން އުޅޭ ގޮތް އެނގުނީމައެވެ. އެންމެންގެ ފަހަތުން ކުއްޖާ އުރުގައި ޖަހާލައިގެން ހުރި ރުހާނީ އައިސް ރައްޔާންގެ އަތުގައި ހިފާލަމުން ވީ ކިހިނެއް ތޯ އަހާލިއެވެ. ނަމަވެސް ދޭނެ ޖަވާބެއް ރައްޔާނަކަށް ނޭނގުނެވެ.
ރުހާނީއާއި ދިމާލަށް ބަލާލި އައްރާދު ހުރީ އެއްވެސް އިހުސާސެއްގެ ކުލަވެސް އޭނާގެ މޫނަށް ނުގެނެހެވެ. ހީވާނީ ދެންމެދެންމެ އައިސް ރުހާނީ އެތަނުން ނެރެފާނެހެނެވެ. އައްރާދުގެ ފަހަތުން ނިކުތް ޔަލާ ފެނުމުން ރުހާނީގެ ހީއަކީ ކުން ހީއެއް ކަަމަށް އޭނާއަށް ޔަޤީންވެއްޖެއެވެ. އައްރާދުގެ ކައިރީގައި ހުއްޓިލަމުން ޔަލާ ރުހާނީއަށް ބަލާލަމުން ދެން ބަލާލީ އާރާއަށެވެ. ވަގުތުން ޔަލާގެ މޫނުން ރުޅި ވެރިކަން ފާޅުވިއެވެ.
“ހައު ޑެއަރ ޔޫ..؟” ޔަލާގެ ތުއި އަޑުން އެހެން ބުނެފައި ކުރިއަށް އަޅާލި ފިޔަވަޅާއެކު އައްރާދު އޭނާގެ އަތުގައި ހިފަހައްޓާލިއެވެ.
“ކޮބާ ރާދު މިހާރު އައުމުގެ މާނައަކީ؟ ރާދުއާއި ބެހޭ މީހެއް މިގެއަކު ނުހުންނާނެ..” ރިޔާޒު ނުުރުހުން ފާޅު ކުރަމުން ބުނެލިއެވެ. އޭނާ ދެން ބަލާލީ ކުރިމަތީގައި ހުރި ޔަލާއަށެވެ.
“އަދި މިތަނަށް މިއަންހެނާ ގެންނާކަށްވެސް ނުޖެހޭނެ..” ރިޔާޒު ރުޅި ކޮންޓްރޯލް ކުރަމުން ބުނެލިއެވެ.
“މިތަނަށް އަންނަން ޖެހުނީ ރޫހީ ދެއްކި”
“ރުހާނީ..” އައްރާދު ދެއްކި ވާހަކައިގެ ކުރި މަރާލަމުން ރުހާނީ ބުނެލިއެވެ. ރުހާނީ އެބުނީ ކީކޭކަން އެނދުނު އައްރާދުގެ ނިތަށް ރޫގިނަވެގެން ދިޔައެވެ.
“ރުހާނީއާއި ކުރިން ދުވަހު ވާހަަކަ ނުދެއްކުނީމަ..” އައްރާދު ބަލަން ހުރީ ސީދާ ރުހާނީގެ މޫނަށެވެ. ދެން ބަލާލީ ކުޑަކުޑަ އާރާގެ މޫނަށެވެ. އާރާ އޭރުގައި އައްރާދަށް އަތް ދިއްކުރަނީއެވެ. އެކުޑަ އަޑުން އުރާލާށޭ ބުނާފަދަ ގޮތަކަށް އަތް ތަޅުވަމުން އަޑުލައްވަނީއެވެ.
“އެންޑް ތިކުއްޖާގެ ޑީ.ނެން.އޭވެސް އަހަރުމެން ހަނދަން ބޭނުން.. ރާދްގެ ކުއްޖެއް ވިއްޔާ އަހަރުމެން ގޮވައިގެން ދާނީ މެރީ ކޮއްގެން…” ޔަލާ ތުއި ވެލާފައި އެހެން ބުނުމުން އެތަނުގައި ތިބި އެންމެންގެ ލޭކެކުނު ފަދައެވެ.
“ޑި.ނެން.އޭ އެއްވެސް ނުހަދާނަން ކުއްޖާއެއްވެސް ނުދޭނަން.” ރައްޔާން ކުރިއަށް ޖެހިލަމުން ބުނެލިއެވެ. ނަމަވެސް ރުހާނީ ރައްޔާންގެ އަތުގައި ހިފާލަމުން ބޯހޫރުވާލިއެވެ.
“އައްރާދު ބޭނުންވީ ވަރިވާކަށްނު.. ކޯޓަށް ފޯމުލާ.. އަހަރެން ދާނަން.. އައްރާދު ބުނީމެއްނު އައްރާދުގެ ކުއްޖެއް ނުހުންނާނޭ.. ސޯ ޑ÷ޯންޓް ވޮރީ..” ރުހާނީ އެހެން ބުނެފައި މައްޗަށް ދާން ހިނގައި ގަނެއްޖެއެވެ. އެންމެ ފަހަރަކުވެސް ފަހަތަށް ބަލައެއް ނުލައެވެ.
“ޔެސް… އަހަރެން މިހާރުވެސް ޤަބޫލެއް ނުކުރަން ތީ އަހަރެންގެ ދަރިއެއް ކަމަކަށް..” ރުހާނީއަށް އަޑު އިވޭވަރަށް އެހެން ބުނެލި އައްރާދުގެ އަޑުގައިވި ރުޅިވެރުކަން ރުހާނީއަށް ރަނގަޅަށް ދޭހަވިއެވެ. ފަޔަށް މަޑު ޖެހުމެއް އައި ނަމަވެސް ރުހާނީ ފަހަތަކަށް ނުބެލިއެވެ. އަމިއްލަ ފިރިމީހާ އެހެން އަންހެނަކު ގޮވައިގެން އުޅޭތަން ދެކެން ހިތްހަމަ ޖެހޭނެ އަންހެނެއް މިއުޑު ދަށުގައެއް ނުހުންނާނެއެވެ. ރުހާނީއަށްވެސް ވީ އެވަރެވެ.
އެތައް އިރަކު ކޮޓަރީގައި ހުރުމަށްފަހު ރުހާނީ ނިކުމެލީ އެންމެން އޮފީހަށް ދާހައި އިރުންނެވެ. އެއްވެސް މީހަކާއި ކުރިމަތިލާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެއްވެސް މީހަކާއި އެރޭގެ ވާހަކަތައް ހިއްސާ ކުރާކަށްވެސް އޭނާ ބޭނުމެއް ނުވެއެވެ. ހަޤީޤަތް ދެނެ ވޮޑިގެންވަނީ ހަމައެކަނި މާތް ﷲ އާއި އޭނާއެވެ.
******
1 އަހަރު ކުރި
ކޮންމެ ދުވަހަކުހެން ނިދާހޭލާއިރު ބޮލުގައި ކުޑަ ރިހުމެއް ހުރުމުން ރުހާނީ އެނދުގައި މަޑުކޮއްލިއެވެ. އައްރާދުވެސް ގެއަށް ނާންނާނެކަން އެނގޭތީ ފޯނު ނަގައި ބަލާލީ އަދިވެސް އައްރާދުގެ ކުންހީ ދުރުވާތީއެވެ. އޭނާ އައްރާދުއަށް ވިސްނައިދޭނެ ގޮތެއް ނުފެނުނެވެ. އެނދުގައި އެހެން އޮވެ އޮވެފައި އެންމެ ފަހުން ތެދުގެން ފާހާނާއަށް ވަދެއްޖެއެވެ. ދަތް އުނގުޅަން ބުރުހުގައި ބޭސް ޖެހިއިރު އޭގެން ނުބައިވަސް ދުވަން ފެށުމުން ނޭފަތާއި ދުރު ކޮއްލަމުން އަނގައަށް ލައިފިއެވެ. އިރުކޮޅަކު ދަތް އުނގުޅައިލި ތަނާހެން ހޮނޑު ލަވައި ގަނެއްޖެއެވެ. ކެތްތެރިކަން ކޮޅުން ލުމުން އެންމެ ފަހުން އަނގަ ދޮވެލަން އަނގައަށް ފެންފޮދެއް ލައިފިއެވެ. ހަމައެއާއެކު ހޮޑުވެސް ލެވިއްޖެއެވެ.
އަނގަމަތީގައި ފެންފޮދެއް ހާކާލަމުން އޭނާ ފޯނު ހުޅުވާލާފައި ފްލޯ ކިޔާ އެޕެއް ހޯދާލިއެވެ. އޭގައިވާ ޑޭޓްތަކޔން އެންމެ ފަހުން ޕީރިއަޑްވޮ ޑޭޓްވެސް ބަލާލިއެވެ. އަވަސް ވަމުން ދިޔަ ނޭވަޔާއެކު އަނެއްކާވެސް ރުހާނީ އެޑޭޓަށް ބަލާލިއެވެ. މީގެ ތިންމަސް ކުރިންނެވެ. ފާހާނައިން ނިކުތުމަށްފަހު އޭނާ ކިރު ތައްޓެއް ބޮއެގެން ނިކުތީ ހޮސްޕިޓަލަށް ދާށެވެ. އެއީ މިވަގުތު އޭޏާ ކުރުން އެންމެ ރަނގަޅު ކަމެވެ. އެއްވެސް ޔަޤީން ނުވަނީށް އައްރާދު ކައިރީގައި ބުނުން ރަނގަޅު ނުވާނެކަން އޭނާއަށް އެނގެއެވެ.
ޑިއުޓީ ނިންމާފައި އައިސް އައްރާދު އެނދުގައި ޖައްސާލީ އައްރާދަށް ހޭލެވުނީ އޭނާގައި ކަނދުރާގައި ރުހާނީ ބޮސްދޭތީއެވެ. ލޯ ހުޅުވާލަމުން އޭނާ ރުހާނީގެ މޫނަށް ބަލައިލިއެވެ. ނަމަވެސް ރުހާނީއެއް ނޫނެވެ. ޔަލާއެވެ. ޔަލާ ދުރަށް ލެވޭވަރަށް ވުރެ ބޮޑަށް މަސްތުކަން އެސިކުނޑިއަށްވަނީ ވެރިވެފައެވެ. ޔަލާގެ އިސްތަށިގަނޑުގައި ހިފައި އެއްފަރާތް ކޮއްލަމުން އައްރާދުގެ ތުންފަތް ޔަލާގެ ކަނދުރާގައ ޖައްސާލައިފިއެވެ. އަދި ޔަލާ ލައިގެން ހުރި ޓީޝާޓް އޭނާގެ ގަޔާ ވަކިކޮއްލިއެވެ. ޔަލާގެ އުނަގަނޑުގައި އަތް އަޅުވާލަމުން ގެނެސް އޭނާގެ ގައި މައްޗަށް ލަމުން ހިނިތުންވެލީ ޔަލާގެ ހިނިތުންވުން ފެނިފައެވެ.
އަތުގައޮ އޮތް ޕްރެގްނެންސީ ކިޓަށް ބަލަމުން އުފަލުން ގެއަށް ވަން ރުހާނީ އެއްފަހަރުވެސް މިވާން އުޅެނީ ކިހިނެއް ކަމެއް ނޭނގުނެވެ. ދޮންބެ ދައްތައާއިއެކު ގެއިން ޓެސްޓް ކޮއްގެން އައި ނަމަވެސް އޭނާ އަދި ހޮސްޕިޓަލަކަށް ނުދެއެވެ. ކޮތަރީގެ ދޮރާއި ހަމައިން އިވިގެން ދިޔަ އަޑުން ރުހާނީގެ ފައިދަށުން ބިންގަނޑު ދެމިގަތް ފަދައެވެ. ކުޑަކޮށް ހުޅުވިފައިވާ ދޮރުން ފެނުނު މަންޒަރުން ރުހާނީ މެޔަށް ފިނިވެގެން ދިޔައެވެ. ކުއްލިއަކަށ މޫނުން ހުރިހާ ލެޔެއް ހުސްވުމުން ވާހައު ހުދު އެމޫނު ވެއްޖެއެވެ. ގެއަށް އަންނަމުން ދޮންބެއަށް ގުޅާފައި ހޮސްޕިޓަލަށް ގެންދަން އަންނާށޭ ބުނިކަމުގެ ކަމުގެ ހަނދާންވެސް މިހާރު އޭނާގެ ނެތެވެ. ދޮރުގައި އަތް އަޅުވާލުމަށްފަހު ތަންކޮޅެއް ބޮޑަށް ދޮރު ހުޅުވާލިއެވެ. ޔަޤީން ނުކުރެވިގެން އުޅޭފަދަ ގޮތަކަށް ޔަލާގެ ހަށިގަޏޑުގައި އަތް ހާކަމުން ދިޔަ އައްރާދށް ބަލާލިއެވެ.
“ރާދު..” ކިރިޔާ އަޑު ނިކުންނަ ވަރަށް އެހެން ބުނި ނަމަވެސް އެއަޑު އައްރާދަށް އިވިއްޖެއެވެ. ވަގުތުން ޔަލާގެ ގައިން ދޫކޮއްލާފައި ކޮޅަށް ތެދުވެއްޖެއެވެ.
“ކަލޭ… ޔޫ ރުއިންޑް މައި ލައިފް..” އެއްވެސް ދިރުމެއްނެތް ރުހާނީގެ މޫނަށް ބަލާލަމުން އައްރާދު ބުނެލިއެވެ. ހަށިގަނޑަށް ވެރިވެފައިވާ މަސްތުކަމާއެކު އޭނާއަށް ބޮޑަށް އާދެވުނީ ރުޅިއެވެ. ޔަލާ އޭނާގެ ޓީޝާޓާއި ޖީންސް ނަގައިން އަވަހަށް ބޭރަށް ނިކުމެއްޖެއެވެ. ހީވީ އޭނާ ބޭނުންވީ ކަންތައް ވީ ހެންނެވެ. އެއްޗެކޭ ބުނަން ބޭނުންވި ނަމަވެސް އޭނާއަކަށް ނުބުނެވުނެވެ. މަޑުއާހެއް ނިކުތް ނަމަވެސް ލޮލަކުން ކަރުނައެއް ނައެވެ.
“ކަލޭވެސް އުޅުނު ގޮތެއްނު މީ.. ދެން ކޯއްޗެއް ތި ބަލަނީ…” ރުހާނީގެ މޫނުގައި އަތް ދަމާލާފައި ޖަހާލަމުން ބުނެލިއެވެ. އެކަމަށް ތައްޔާރު ނުވެހުރި ރުހާނީ ސިހުނު ވަރުން އަތުގައި އޮތް ކިޓް ބުރައިގެން ގޮސް ޖެހުނީ އައްރާދުގެ ފައި ބުޑުގައެވެ. އޭގެއަށް ބަލާލި އައްރާދުގެ ކުޑަ ހިނދުކޮޅަކަށް މަޑުޖެހިލިއެވެ. ގުދުވެލާފައި އެނަގަމުން އޭނާ ބަލާލީ ރުހާނީގެ މޫނަށެވެ.
“އިޒް އިޓް ހިޒް…” ކުރިއަށް ވުރެ ބޮޑަށް ރުޅިއައި އައްރާދު އައިސް ރުހާނީގެ ކޮލުގައި ހިފާ ފިތާލަމުން ބުނެލިއެވެ.
“އަހަރެން ކަލޭ އާއެކު އެންމެ ދެތިން ފަހަރު އުޅުނީ… އިޒް އިޓް ހިޒް..” ކުރިއަށްވުރެ ބޮޑަށް ރުހާނީގެ ކޮލަށް ފިތާލަމުން ބުނެލިއެވެ. އެތަދަށް ކެއްނުވި ރުހާނީއަށް މިފަހަރު ރޮވިއްޖެއެވެ.
“ރާދު..” ހުޅިވިފައިވާ ބޭރު ދޮރުން ވަދެގެން އައި ރައްޔާނަށް އެމަންޒަރު ފެނުމުން ވަގުތުން އައިސް އައްރާދުގެ އަތް ރުހާނީގެ މޫނުން ނައްޓުވާލިއެވެ.
“ގެޓް ދެޓް ސްލަޓް އައުޓް އޮފް މައި ހައުސް…” ހާޅޭއްލަވައިގަތް އައްރާދުގެ ލޮލުން ކުޑަ ހިނދުކޮޅަކަށް ނަމަވެސް ކަރުނައިގެ ހިލުމެއް ވިހެން ރުހާނީއަށް ހީވިއެވެ،
*****
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.


Me first dhw
V nice mi part vx. But lill kuru vy. Next part dhigukohladhehchey. All the best. ♥️♥️♥️
Rythi..Whn nxt
Maasha allah…..v v v v v rythi mi part vx….whn next
That means radhu aslu loabi very dhw roohy dheke…
Mi vaa goiy kiyaala dhy faanantha pls
Varah cofusevey eba
Im having a big headache
Some one pls help
livee dear kurin aee dhe aharu kureege kanthah thah. mee eh aharu kureege kanthah thah. kureege kanthah thah ves adhi annaane but in the right place. hint dheefa hunnaane. misaalakah. arraadh mi lart ga roohy ey bunyma ruhsany bune ehnu ruhaany ey. e gothah. thafseel annaane ekam within the story not at once ??
roohy aa kairi vaahaka ehves nei. dhen prag v kihiney
guys story that part will come like another memory of raadh and ruhy. this is also a memory. its from one year back.
Mi vahakaige hurihaa parts ehga vess varah mistakes gina..
Haadhisa v nice…
Genesdhey goii vess reethi..
Mistakes massala akee..
v v v v v masha allah……..