މެންދަމު ބާރަޖެހީއެވެ. މެދު އުޑުގައި ރަނިކަން ކުރަމުން ދިޔަ ރާނީ މުޅި ފަޒާ އަލިކޮށްދެމުން ދިޔައެވެ. މުޅި މާލެ އެކީހެން ނިދާފައި އޮތަސް ލުވެއިޒުގެ ލޮލަކަށް ނިންޖެއް ނައެވެ. އަރާމު ކަނޑެއްގައި ހުވަފެންތަކު ތެރޭގައި އެހެން އެންމެން ފަތަމުން ދިޔައެވެ. ނަމަވެސް ފުން ކަނޑުގެ ބާނި ތަކުގެ ތޭރޭގައި ޒުވައިޒުގެ ހިތް ފަތަން ނޭނގޭ ހާލު ތުރުތުރު އަޅަނީއެވެ. ހުއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔަ ލުވެއިޒްގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ހިތަށް ހަމަޖެހުމެއް ލިބޭތޯ […]