ހާސިލް ވުމަށް އެދި ހިތް ރޮނީ 10

- by - 38- September 16, 2018

އަލްޔާން މަޑުމަޑުން ޝަހާދަތް އިނގިލިން އީން ގެ ކޯތާފަތުން އޮހޮރެމުން ދިޔަ ކަރުނަ ފޮހެލަމުން ޖަޒުބާތުން ފުރިގެންވީ އަޑަކުން “އައި ލަވް ޔޫ” އޭ ބުނެލިއެވެ. އީން އަށް ގިސްލެވެން ފެށިއެވެ. ދެން އިތުރަށް ކެތް ނުކުރެވޭނެ ކަން އެނގުމުން “ޓު ހެލް ވިތް ޔޫ ޒިން” އޭ އީން ގެ ހިތަށް އެރިއެވެ.އެއާއެކު އަލްޔާން އާ ދުރުވުމަށް ފާރަށް ތަތްވެގެން ހުރި އީން ރޮމުން އަލްޔާން ގެ ތަނަވަސް މޭމަތީ މޫނު ޖައްސަމުން ނިކަން ބާރަށް އަލްޔާން ގެ ގައިގައި ބައްދާލިއެވެ. “ލޯބިވޭ އަލްޔާން..ވަރަށް ވަރަށް ލޯބިވޭ..އައޭމް ސޮރީ” ގިސްލަ ގިސްލާފައި ރޮމުން އީން ބުނެލި އެބަސްތަކުން އަލްޔާން ގެ ހިތް އުފަލުން ނަށައިގަތެވެ. މުޅި ދުނިޔޭގެ ހުރިހާ އުފަލެއް އެއްފަހަރާ މިލްކު ކުރެވުނު ކަމުގެ އިހްސާސް ކުރެވި ބޭއިޚްތިޔާރުގައި “ޔެސް..ޔޫލަވް މީ” އޭ ބުނެ ފުރަތަމަ ފަހަރަށް އީން ގެ ހަށިގަނޑުގައި ބާރުބާރަށް ބައްދާލެވުނެވެ.އީން ގެ ހަށިގަނޑުގައި އަލްޔާން ބައްދާލައިގެން އުޅުނު ގޮތުން ހީވަނީ އަގުބޮޑު ޖަވާހިރެއް ލިބިގެން އެއްވެސް މީހަކަށް ނުދައްކަން ފޮރުވަން އުޅެނީހެންނެވެ.ހަގީގަތަކި ވެސް އެއީއެވެ. އަލްޔާން އަށްޓަކައި އީން ޖަވާހިރަކަށް ވުރެންވެސް އަގުބޮޑެވެ.އަލްޔާން ގެ ވަރުގަދަ އެ ދެއަތުތެރޭގެ ހިމާޔަތުގައި އަބަދާ އަބަދު ހުރުމަށް އީން ގެ ހިތުން އެދެވެމުން ދިޔައެވެ.

އީން ގެ މޫނު ގަޔާ ދުރުކޮށްލަމުން ކުޑަކޮށްހީލާފައި އެލޮލުން އޮހެމުން ދިޔަ ކަރުނަ އަލްޔާން ފޮހެލަދިނެވެ. “ޓެލް މީ އީން” އަހަންނަށް ފިލައިގެން ރަށަށް އައީ ކީއްވެ..އަހަރެންދެކެ ލޯބިވާއިރުވެސް ފަސްޖެހެނީ ކީއްވެ؟” އީން އެ ގޮތަށް ރުއިމުން ކޮންމެވެސް ގޯހެއް އުޅޭކަން އަލްޔާން އަށް ޔަގީންވިއެވެ. އީން އިރުކޮޅަކު އެއްޗެއް ނުބުނެ މަޑުކޮށްލިއެވެ. ޒިން ގެ އިންޒާރުތައް ހަނދާން ވުމުން ފަސްޖެހެވެނީއެވެ. އެކަމަކު ދެން އަލްޔާން އޭނަ ދޫނުކުރާނެއެވެ. ސަބަބު އެގިގެން ނޫނީ ހުއްޓާނުލާނެއެވެ.”ޒިން” މަޑުމަޑުން ގިސްލެވޭހާލު އީން ބުނެލި އެނަމުން އަލްޔާން ހައިރާންވެ ދެލޯބޮޑުވިއެވެ.”ވަޓް!!!ޒިން..އޭނަ ކީއްކުރީ..ކި..ކީކޭބުނީ”މައިރީން އެހާ ދަށުދަރަޖަ އަަކަށް ވެއްޓި އީން ކައިރިއަށް އޭނާގެ ބޭބެ ފޮނުވަފާނެކަމަކަށް އަލްޔާން ހީވެސް ނުކުރެއެވެ.”އީން ޕްލީޒް..ރުއިން ހުއްޓަލަބަލަ..ޓްރަސްޓް މީ ޓެލްމީ އެވްރީތިން” ދެންވެސް އެވާހަކަ އެއްކޮށް ކިޔައިދޭން އީން ޖެހިލުންވިއެވެ. ޒިން ގެ ސީސީ ކެމެރާ މިތާ ހުރެދާނެޔޭ ވެސް އީން ގެ ހިތަށް އެރިއެވެ. ލައިވް ކޮށް މަންޒަރު ބަލާފަ އީން ގެ ބައްޕަ އަށް ވެސް ކަމެއް ކޮށްފާނެޔޭ ހިތަށް އެރުމާއެކު އަނެއްކާ ރޮވެން ފެށިއެވެ.”އީން..ސޮޓްޕް ކްރްއިން ޕްލީޒް..ބަލާބަލަ އަހަރެންގެ މޫނަށް ..އީން ތިހިރީ އޮފިޝަލީ މިހާރު އަހަރެންގެ ހިމާޔަތުގަ..ލާހިކައެއް ނޫން ޒިން އަށް އެއްކަމެއް ކުރަންވެސް..ބިރުނުގަނެބަ..ކީކޭތަ އޭނަ ކީ؟ ކޮން އިރަކު އޭނަ އީން އާ ބައްދަލުކުރީ” އީން ހުރީ ބިރުގެންފައިކަން އިނގޭތީ އަލްޔާން އަނެއްކާވެސް އީން އާ ތަންކޮޅެއް ކައިރިއަށް ޖެހިލިއެވެ. އަލްޔާން ގެ އެބަސްތަކުން އީން އަށް ހިތްވަރު ލިބި ހިމާޔަތުގެ އިހްސާސެއް ކުރެވުނެވެ. ލަސްލަހުން މަޑުމަޑުން ހުރިހާ ތަފްސީލެއް އީން ކިޔާދިނެވެ. ޒިން ފުރަތަމަ ބައްދަލްވީ ހިސާބުން މިއަދާ ހަމަ އަށް ލިބުނު އޭނާގެ ހުރިހާ އިންޒާރުތަކުގެ ވާހަކަ އެވެ. “ޑޭމްއިޓް!!” އަލްޔާން އައި ރުޅިގަނޑު ބޭލުނީ ކުރިމަތީގައި ހުރި ފާރަށެވެ. މުއްކަވާލަމުން ބާރަށް ފާރުގައި ޖެހުމުން އަތަށް ތަދުވެސް ވިއެވެ.އައި ރުޅިއާ އެއް ވަރަށް އަލްޔާން ގެ ހިތުތެރޭގައި ބިރުވެރިކަމުގެ އިހްސާސެއްވެސް ވިއެވެ.

ޒިން ކޮންމެ ފަދަ ކަމެއް ކުރިއަސް ގާނޫނީ އިމުގެ ތެރެއިން އޭނަ ހުއްޓުވުން ނުވަތަ ކޮންޓްރޯލް ކުރުން އެއީ ވާނެ ކަމެއް ނޫންކަން އަލްޔާން އަށް ރަނަގަޅަށް އިނގެއެވެ. އެއަށް ވުރެ އެމީހުންގެ ސިޔާސީ ބާރު ވަރުގަދަ އެވެ. ކޮންމެ ގޮތެއް ވިޔަސް އީން އާ އޭނަގެ އާއިލާ ރައްކާތެރި ކުރަން އަލްޔާން ޖެހޭނެއެވެ.ވާގޮތެއް އެނގިދާނެތާއެވެ. އެކަމަކު މިވަގުތަށް ޒިން އާ ބެހޭ އެއްވެސް ވާހަކައެއް އީން އާ ދައްކާކަށް އަލްޔާން ބޭނުމެއް ނުވިއެވެ. އެހެންކަމުން އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން މާ ބޮޑަށް އެކަމާ ނުވިސްނުމަށް އީން ކައިރީ ބުނެލިއެވެ. އަދި ޒިން ގެ ފަރާތުން އީން އަށްވެސް ނުވަތަ އާއިލާ މީހަކަށްވެސް އެއްވެސް ގެއްލުމެއް ވިޔަކަ ނުދޭނެކަމުގެ ފުރިހަމަ ޔަގީން ކަން އަލްޔާން ދިނެވެ. އަދިވެސް ގިސްލެވެމުން ދިޔަ އީން ގެ ހިތަށް ވެސް ބުނެދޭން ނޭނގޭ ފަދަ ހިތްހަމަޖެހުމެއް ލިބުނެވެ. އަލްޔާން އޭނާ ރައްކާތެރި ކުރާނެ ކަން އީން އަށް ވެސް ހިތުގެ އަޑީން ގަބޫލް ކުރެވެއެވެ. އަލްޔާން އީން އާއި ކައިރި ވެލަމުން މަޑުމަޑުން އީން ގެ ކޯތާފަތުގައި ހުރި ކަރުނަ ފޮހެލަދިނެވެ. އެ ރީތި މޫނު އެހާ ކައިރިން ފެނުމުން އަލްޔާން އަށް އޭނާގެ އިހްސާސްތައް ކޮންޓްރޯލް ކުރަންވެސް އުނދަގޫވިއެވެ. ކަރުނަޔާ އެކު ތެމިފައިވި އީން ގެ މަޑު ރަތް ކުލައިގެ އެ ތުންފަތާ ދިމާލަށް މަޑުމަޑުން އިނގިލި ގެންގޮސް އަތް ބީހިލެވުމުން އަލްޔާން ގެ ޖަޒްބާތުތައް އުތުރިއަރައިގަތެވެ. އަންހެން ކުއްޖަކާ ގާތްވާން އަލްޔާން ގެ ހިތް މިހާބޮޑަށް އެދުނު ފަހަރެއް ހަޔާތުގައިވެސް މި ނޫނީ ދުވަހަކުވެސް ނާދެއެވެ. އިޚްތިޔާރުން ބޭރުވެވުނު އެ ހިނދުކޮޅުގައި އަލްޔާން މަޑުމަޑުން އީންގެ މޫނާ ދިމާލަށް ބޯ ތިރިކޮށްލަމުން އެ ތުންފަތުގައި ބޮސް ދޭންފެށިއެވެ. އަލްޔާން ގެ އެ ހަރަކާތުން ލިބުނު ހައިރާންކަމާއެކު އީން އަށް ފުރަތަމަ ހުރެވުނީ ގުޑިލަންވެސް ނޭގި ދެލޯ ބޮޑުވެފައެވެ.” އޯހް މައިގޯޑް.. ހީ އިޒް ލިޓަރަލީ ކިސިން މީ” އީން ދެއަތުން އަލްޔާންގެ އުނަގަނޑާ ދިމާލުން ގަމީހުގައި ހިފާ ބާރުކުރަމުން ދުރު ކުރުވާން އުޅުނެވެ. އެހެނަސް އަލްޔާން މަޑުމަޑުން އަތް ގެންގޮސް އީންގެ އަތުގައި ހިފާ އަލްޔާން ގެ އުނަގަނޑުގައި ވާށާލިއެވެ. އެއަށްފަހު އީން ގެ ހަށިގަނޑާ ކުރިނަށް ވުރެވެސް ކައިރިވެލިއެވެ. އަލްޔާން ގެންނަމުން ދިޔަ ހަރަކާތްތަކުން އީން ގެ ހަށިގަނޑުގައި ފުރަތަމަ ފަހަރަށް ހިނގާލި ބާރުގަދަ ޖަޒްބާތުން ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެއް ލިބި ލޯ މަރާލެވުނެވެ.ތުންފަތަށް އިތުރު ހަރަކާތެއް ގެންނަން ނޭގުމުން އީން ލަދުގަންނަ ގޮތްވިއެވެ. އަލްޔާން ހިތަށް އަރާނީވެސް ކީކޭބާވައެވެ. އައި ޑޯންޓް އިވެން ނޯ ހައު ޓު….އެހެން ހިތަށް އެރުމާއެކު އަލްޔާން ގެންނަމުން ދިޔަ ފަދަ ހަރާކާތެއް ގެންނާނަމޭ ހިތާ އީން ވެސް އުޅެގަތެވެ.” އައުޗް…އާއު…” ލިބުނު ސިހުމާ އެކު އަލްޔާން ކުއްލިއަކަށް ދުރަށް ޖެހިލެވުނީ އީން އަށް އަލްޔާންގެ ތުންފަތުގައި ދަތް އެޅުމުންނެވެ. “އޯހް..ނޯ..އައިމް ސޮރީ…އާޔޫ ހާރޓް” އީން ތެޅިގަންނަމުން އެހެން ބުނެވުނު އިރު އަގައިން ކޮންމެވެސް ވަރަކަށް ލޭ ރަހަވެސް ލިއެވެ. އޭރު އަލްޔާން ގެ މަތީ ތުންފަތުގެ ތަންކޮޅަކުން ހަން ގޮސް ކުޑަކޮށް ލޭ އައެވެ.”ހެހެހ..ފަސްޓް ކިސް.” އަލްޔާން ހެމުން އެހެން ބުނި ގޮތުން އީން ލަދުން ގޮސް މޫނު އެއްކޮށް ރަތްވިއެވެ.ތުންފަތުގައި ދަތް އަޅާލަމުން އިސްދަށަށް ޖަހާލިއެވެ.”އައިމް ސޮރީ..އައި ޑިންޓް މީން ޓު ހާރޓް ޔޫ” އީން މަޑުމަޑުން ބުނެލީ ރަކިވެފައި ހުރެއެވެ.”ނޯ..ސޮރީ އޭ ނުބުނޭ..ވަރަށް އުފާވެއްޖެ..އަސްލުވެސް ވަރަށް ވަރަށް ހެޕީ ވެއްޖެ..” އީން މި އުޅުނީ އަލްޔާން އިމްޕްރެސް ކުރުވާން ކަން ހިތަށް އެރުމުން ހަމަ ހެވެނީ އެވެ. އަލްޔާން ހޭން ފެށުމުން މަލާމާތް ކުރަނީއޭ ހިތާ ހިތްހަމަ ނުޖެހިގެން އީން ހިގައިގަތެވެ. އެވަގުތު އަލްޔާން އީން ގެ އަތުގައި ހިފާ މަޑުކުރުވިއެވެ.”ވަރަށް ހެޕީ ވެއްޖެ މި ޝަރަފް ލިބުނީމަ..އައި ލަވް ޔޫ.މިރެއިން ފެށިގެން އީން ތީ މުޅި އުމުރަށް ވެސް ހަމަ އެކަނި އަހަރެންގެ މީހެއް..އަބަދުވެސް ހަނދާން ކުރައްޗޭ!”  ކަންފަތް ކައިރީގައި އަލްޔާން ބުނެލި ބަސްތަކުން އީން ގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.

ދަރިފުޅާ..އަދޭ އަލްޔާން ގޮވައިގެން ކާން” ކުއްލިއަކަށް އިވުނު މަންމަ ގެ އަޑާއެކު ސިއްސައިގެން ދިޔަ އީން އަލްޔާން އާ ދުރަށްޖެހިލިއެވެެ.”ޕްލީޒް ގޯ..” އަލްޔާން އެތެއަށްވައްދާކަށް އީން އެއްގޮތަކަށްވެސް ބޭނުމެއް ނުވިއެވެ.” ވަޓް..މަގޭ މަމް އިން ލޯ އެބުނީ އަންނާށޯ ކާން..ހައު ކޭން އައި ސޭ ނޯ..ހިނގާބަލަ އެއްވެސް ކަމެއް ނުވާނެ” އަލްޔާން އީން އަތުގައި ހިފައިގެން ގޮސް އެތެރެއަށް ވަނެވެ.

ބަދިގޭ މޭޒުމަތީގައި ކާން ތައްޔާރު ކޮށްފައި ހުރި އިރު ގަރުދިޔަ އާއި ބަތާއެކު ފިހުނު ތަތްމަސް، ތެލުލި ފަތް، ހުނިރޮށި، ރިހާކުރު، ކޮޕީފަތު ސަޓަނި، ލޮނުމިރުސް އަދި ހަނާކުރި މަސް ވެސް ހުއްޓެވެ. ކާ މޭޒުމަތި ފެނުމުން ބަނޑުހައި ވެފައި ހުރި އަލްޔާން ގެ ކުޅުދިޔާވިއެވެ. ހައިރާންވެފައި ހުރި އީން ދެލޯބޮޑުކޮށްލަމުން ހެވިފައިހުރި މަންމަ އާއި ދިމާލަށް ބަލާލިއެވެ.މަންމަގެ ވެސް ކަންތަކޭ އީން ގެ ހިތަށް އެރިއެވެ. އެހާ ކުޑަވަގުތު ކޮޅެއްގެ ތެރޭ ދެން އެހާބައިވަރު އެއްޗެހި ތައްޔާރު ކުރީ ކީއްކުރަންބާއޭ ހިތަށް އެރިއެވެ. “އިށީނދޭ އަވަހަށް…ގިނައިން ކާންވާނެ އިނގޭ” އަމީނާ އަލްޔާން އަށް އިށީންނަން ތަން ދައްކާލިއެވެ. އީން ގެ މަންމަ ގެ ހިތްހެޔޮކަމާއި އެކުވެރިކަމުން އަލްޔާން ހުރީ ވަރަށް އުފާވެއެވެ. ކޮޓަރިން ނިކުމެގެން އައިސް ކާމޭޒުދޮށުގައި އިށީން އާދީ އަށް އަލްޔާން ފެނުމުން ހައިރާންވިއެވެ. “އޭން..އެޑްވާރޑް މިގޭ ބަދިގޭގަ..ކާން” އާދީ އަނގަޔަށް ހަދާލި ގޮތުން އީން ގެ ހިނިގަނޑު ފަޅާއިގެން ދިޔައެވެ. އަތުގެ އިޝާރާތުން އެއްޗެކޭ ނުބުނުމަށް އެދުނެވެ. “ހައި އާދީ..ބޭބެ ނަމަކީ އަލްޔާން” އަލްޔާން ހިނިތުންވެލިއެވެ. އާދީވެސް ހިނިތުންވެލާފައި ރަކި ގޮތަކަށް ބޯޖަހާލިއެވެ. ކާން ތިބިއިރު އަމީނާ އަލްޔާންއާ ބެހޭ އެކި މައުލޫމާތު އޮޅުންފިލުވާ ވާހަކަ ދެއްކިއެވެ. އަލްޔާން ވެސް ޝައުގުވެރިކަމާ އެކީ މަންމަ އާއި ވާހަކަ ދައްކަމުން ދިޔައިރު އީން އަށް ހަމަ ބެލެނީ އަލްޔާން ގެ ތުންފަތަށެވެ. އެންމެ ފުރަަތަމަ އެކްސްޕީރިއެންސް މިހެން ވެދާނެޔެކޭ ހިތަކަށް ވެސް ނާރައެވެ. އީން އިނީ އަސްލުވެސް ވަރަށް ލަދުގެންފައެވެ. އީން ގެ ނަޒަރު ހުއްޓިފައިވައި ވީ ތަން ދެކި އަލްޔާންވެސް ލާނެތް ގޮތަކަށް ބަލާލަމުން އެއްލޯ މަރާލިއެވެ.އެތަން ފެނި އަނގައަށް ލީ ކާއެތިކޮޅާއެކު އީން ކޮށި އަރައިގަތެވެ.

“ވަރަށް ބޮޑަށް ތެންކިޔު އީން ގެ މަންމަ އަށް..ވަރަށް މީރު ހުރިހާ އެއްޗެއްވެސް” ދާން ނިކުންނަމުން އަމީނާ އަލްޔާން އާ ސަލާމް ކުރިއެވެ. އަދި ފުރުމުގެ ކުރީން އައުމަށްވެސް އެދުނެވެ.އަލްކާ ފިޔަވައި އީން ގެ އެހެން ރައްޓިއްސަކު އަލަށް އެގެއަށް އައުމުން އަމީނާ ވެސް ހުރީ އުފާވެފައެވެ. އެންމެ ކުޑަ އިރުއްސުރެން އީން އަކީ ވަރަށް އެކަނި އުޅޭ ކުއްޖެއްކަމުން އެއީ ނަފްސާނީ މައްސަލައެއް ކަމަށް ހީކޮށް އަމީނާ ހުންނަނީވެސް ވަރަށް ކަންބޮޑުވެފައެވެ.

މާނަވީ ނަޒަރަކުން އަލްޔާން އަށް ބަލާލަމުން އީން ވެސް އެތެރެއަށް ދިޔައީ މަންމަ ކައިރީގައި ހުރުމުން އިތުރު އެއަޗެއް ނުބުނެއެވެ. ސައިކަލު ދުއްވާފައި ދިޔައިރުވެސް އަލްޔާން ސިކުނޑިގެ ސްކްރީން ގައި ވަނީ ދެންމެ ހިގާދިޔަ ކަންތަކެވެ. އީން ގެ ލޯބި މޫނެވެ. އެ ރަކި ހިނިތުންވުމެވެ. އެއް އަތުން މަޑުމަޑުން ތުންފަތުގައި ޒަހަމް ވެފައި ހުރިތަނުގައި އަލްޔާން އަތް ޖައްސާލިއެވެ. އެއާ އެކު ހިތް އުފަލުން ނަށައިގަތެވެ. މުޅި ހަޔާތުގައިވެސް މިހާ އުފަލެއް ލިބުނު ކަމެއް ނޭގެއެވެ. ހަގީގަތުއިވެސް މިރޭ އަލްޔާން ގެ ހިތުގައި އީން އަށްޓަކައި ވީ ލޯތްބާއި ގަދަރު އެތަށް ގުނައަކަށް އިތުރުވެއްޖެއެވެ.

މަޑު ދުވެއްޔެއްގައި އައިސް  ގެސްޓް ހައުސް ކައިރިއަށް މަޑުކުރި އިރު އިންތިޒާރުގައި ހުރި އީތަން ފެނުމުން އަލްޔާން ހައިރާންވިއެވެ. “ހޭއި ބްރޯ..އައީތަ؟ ކޮންއިރަކު؟” އީތަން ފެނުމުން އަލްޔާން ވަރަށް އުފާވިއެވެ.”ކޮން އިރަކު ހޯ..ފޯން ބަލާބަލަ..ކިހާ ވަރަކަށް ގުޅާއިފިން..އީން ފެނިއްޖެތަ؟” އަލްޔާން ގެ މޫނު މައްޗަށް ވެރިވެފައި ހުރި ހިނިތުންވުމުން އީން އާ ދިމާކޮށްފިކަން ޔަގީންވާހާލު އީތަން އަހާލިއެވެ.” ސައިކަލުން ފައިބައިގެން އައިސް އަލްޔާން އީތަން ކައިރިއަށް ހުއްޓި މަޑުމަޑުން ބޯ ކަހާލިއެވެ. “ހްމްމް…މިއައީ އެގެއިން” އީތަން ބަނޑުހައި ވާ ވާހަކަ ބުނުމުން ގޮވައިގެން އަލްޔާން ދިޔައީ ކެފޭ އަށެވެ. އެތަނަށްގޮސް ހުރިހާކަމެއް އޮޅުންފިލުވައިދިނެވެ.”ބޯ ހަލާކު…ބްރޯ އިނގޭތަ ތި ދެއްކެނީ ކާކު ވާހަކަ ކަން…ޒިން ..މަޝްހޫރު ޒިން ގެ ވާހަކަ.ވަރަށް ނުރައްކާތެރި ހިސާބަކަށް އިނގޭ މިހާރު ތި ދިޔައީ” އީން އަށް ދިމާވިކަންތަކުގެ ވާހަކަ ކިޔާ ދިނުމުން އީތަން ހަގީގަތުގައިވެސް ކަން ބޮޑުވިއެވެ. ޒިން ޕާރސަނަލީ އެކަމުގައި އުޅޭ ކަމުގަ ވާނަމަ ފަސޭހަ ގޮތަކަށް ސަލާމަތް ނުވާނެކަން އީތަން އަށް ރަނގަޅަށް އިނގެއެވެ.

ފެންވަރާލައިގެން ގޮސް ޖައްސާލި އަލްޔާން ގެ ފޯނަށް ނުދަންނަ ނަންބަރަކުން މެސެޖެއް އައުމުން ބަލާލިއެވެ. އެމެސްޖް ގައިވަނީ ހަމައެކަނި “މީ” އެވެ. އެއީ އީން ގެ އާ ނަންބަރު ކަން ވަގުތުން އަލްޔާން އަށް ޔަގީންވިއެވެ. އެހެންކަމުން އަވަހަށް ގުޅާލިއެވެ.

“ހައި ދޫނި…ނުނިދަންތަ އަދި” އަލްޔާންގެ އަޑު ކަންފަތުގައި ޖެހުމުން ވެސް އީން ގެ ހިތް ތެޅިލިއެވެ. “އުހުނ..ނިދަން މި އުޅެނީ” އީން ރަކި ގޮތަކަށް ބުނެލިއެވެ.” މާދަން ބައްދަލް ވާނެތަ” އަލްޔާން ނިކަން ލޯބިން އަހާލިއެވެ..މާދަން ހޮލިޑޭ އެއްވީމަ އާދީ ގޮވައިގެން މޫދަށް ދާންއުޅޭ ވާހަކަ ބުނުމުން އަލްޔާން ވެސް ދާން ބޭނުންވާ ވާހަކަ ބުނެލިއެވެ. އިރު ކޮޅެއް ވާންދެން ވާހަކަ ދައްކަން ތިބުމަށްފަހު އަލްޔާން ފޯނުބޭއްވީ ވަރަށް އުފަލުން ހުރެއެވެ. އޭރު ކައިރީގައި އޮތް އީތަން އޮދީ ނިދިފައިކަމަށް ހިތާ މަޑުމަޑުން އަނެއް ފަރާތަށް އެނބުރި ހަމަޖެހިލިއެވެ. ލޯ ހަމަ މެރުނު ތަނާހެން “އޯހް..މަގޭ ދޮންދީނި..ނިދީތަ މިހާރު…ހޭލަބަ އަދި ޕްލީޒް” އަލްޔާން ގެ ކޮލުގައި ފިރުމާލަމުން ނިކަން ތުއި އަންހެން އަޑަކުން އީތަން ބުނުމާއެކު އަލްޔާން ފުއްމައިގެން ތެދުވުނެވެ.”އޭތް..ކަލޭ މޮޔަވީތަ..ހުވަފެނެއް ފެނުނީތަ؟” އީތަން ގެ އަތް ފޮޅުވާލަމުން އަލްޔާން ބުންޏެވެ. “ހެހެ..މަ މޮޔަވާނެއެއްނު މަގޭ ބަޑީ އަންހެންކުއްޖަކަށް ގުޅައިގެން ދޫނި އޭ ކިޔާ ވާހަކަ ދެއްކި އަޑު ފުރަތަމަ ފަހަރަށް ވިއްޔަ މި އިވުނީ..ސީ ކޮށް ބުނެބަލަ ކަލޭ ކީއްވެ އެހާ ލޯބިވަނީ އެމަންޖެ ދެކެ” އީތަން ގެ ސުވާލަށް ދޭނެ ސީދާ ޖަވާބެއް އަލްޔާން އަކަށް ވެސް ނޭގެއެވެ. އެނދުމަތީ ހަމަޖެހިލަމުން އަލްޔާން ބާލީހުގައި ބާރަށް ބައްދާލިއެވެ.” އަސްލު ތި ސުވާލުގެ ޖަވާބު ނޭނގޭ..އިނގޭހާ ވެސް އެއްޗަކީ ލޯތްބަކީ ވިސްނާފަ އާން މިވެނި މީހެއް ދެކެ ވާނީ އޭ ކިޔާފަ ވާ އެއްޗެއް ނޫން ކަން.. ހަގީގީ ލޯތްބަކީ ހަމަ ވެވޭ އެއްޗެއް..އަހަންނަށް އިނގޭހާވެސް އެއްޗަކީ އެ އަންހެން ކުއްޖާ ފުރަތަމަ ފެނުނު ހިސާބުން ފެށިގެން އަހަރެންގެ ހިތް އަމިއްލަ އިޚްތިޔާރުން ބޭރު ވެވިއްޖެކަން..މި ހިތުގަ އޭނަގެ ސޫރަ ބިންވަޅު ނެގި ކުރެހުނު ކަން..އަދި އާ ވިންދެއް ހިތުގަ ޖަހަން ފެށި ކަން”އަލްޔާން އޭނާގެ އެކުވެރިޔާ އާ ލޯބީގައި ކުރެވުނު ތަޖްރިބާ ހިއްސާ ކުރިއެވެ. ޝައުގު ވެރި ކަމާއެކު އަޑު އަހަން ހުރި އީތަން ދުވެފައި ގޮސް އޭނާގެ ގިޓާ ނަގައި އަލްޔާން އަތަށް ދިއްކޮށްލިއެވެ. “ހުވާ..ވަރަށް އިމޯ ވެފަ ތިހިރީ..މީ ހަމަ ބަރާބަރު ގަޑިއެއް…ޖައްސަބަލަ ސަޅި ލިރިކްސް އެއް” އީތަން ނޯޓްޕެޑް އާ ގަލަމަކާ ވެސް އަވަހަށް ނެގިއެވެ.

ހެނދުނު 6 ޖެހި އިރު އާދީ ގޮވައިގެން ސައިކަލުގައި އީން ނައްޓާލީ ލިންކް ރޯޑުން ހަންކެޑެ ސަރަހައްދަށް ދިއުމަށެވެ.އެ ހިސާބުގައި ހުންނަ ބްރިޖް މަތީން މޫދަށް ފުއްމާ އުޅުމަކީ އާދީ ވަރަށް ކުރާ ހިތްވާ ކަމެއް ކަމުން  ކުރީން ވެސް އީން އަދީ ގޮވައިގެން ޗުއްޓީ ދުވަސް ތަކުގައި އެތަނަށް ދެއެވެ. އީން ގެ އިންތިޒާރުގައި އަލްޔާން އާއި އީތަން ވެސް ތިބީ ޕެބްލްސް ކުރިމަތީ އަތިރި ފަރާތުގައި ހުރި ޖޯލިފަތީގައި އެވެ. “އޭތް..ޑޫޑް ކަލޭ ތުންފަތަށް ކިހިނެތް ވެފަ..އެއްޗެއް ހެފީތަ..ގައިމު ރޭގަ މަ ނުދެކެން” އަލްޔާން ގެ ތުންފަތުގައި ޒަހަމް ވެފައި އިން ތަން ފާހަގަ ކުރެވި އީތަން ސީރިއަސް ކަމާއެކީ އަހާލިއެވެ. ހެނދުނު ވީ އިރު އެތަން ހުރީ ތަންކޮޅެއް ރަތް ވެ ދުޅަވެފައި ކަހަލަ ގޮތަކަށެވެ.”އޭން..މަ..މަގޭ ތުންފަތޭ..އާ.މި..ރޭގަ ކުރަތްޕެތް ކަހަލަ އެއްޗެއް ހެފީ ކަންނޭގެ” ސިއްސައިގެން ގޮސް ތުންފަތުގައި އަތް އަޅާލަމުން އަލްޔާން އަށް އެހެން ބުނެވުނީ ވެސް އަޅައަޅާއިގެންފައެވެ.

އެވަގުތު އީން ސައިކަލުގައި އައިސް އެ ހިސާބުގައި މަޑު ކުރިއެވެ. ގަދަ ރަތް ކުލައިގެ ޓީޝާރޓަކާ ސޯޓެއް ލައިފައި ހުރި އަލްޔާން ފެނުމުން އީން ހީލިއެވެ. އެހާ ކެޝުއަލް ކޮށް ހުއްޓާ އީން އަށް އަލްޔާން ފެނުނު މީ ފުރަތަމަ ފަހަރެވެ. އީން އަށް ދެން ބަލާލެވުނީ އަލްޔާން ގެ ތުންފަތަށެވެ. އެއާ އެކު ލަދުން ދުރަށް ބަލާލިއެވެ. އީން އަށް ވީ ގޮތް ފެނި އަލްޔާން ވެސް ހީލިއެވެ. މަންޒަރު ބަލަން ހުރި އީތަން އަށް މިވީ ގޮތް ރަނގަޅަށް ރޭކާލީ އެހާ ހިސާބުންނެވެ. ވަގުތުން ކުޑަކޮށް ކަރުކެހިލާފައި ވަރަށް ބޮޑު ކުރަތްޕެއް ދޯ އޭ ބުނެލިއެވެ. އަލްޔާން  ވެސް ރަކި ހިނިތުންވުމަކާއެކު ބޯ ކަހާލިއެވެ.

“އަހަނ.ދޮންތީ..އެޑްވާރޑް ވެސް ދޭތަ ؟” އާދީ މަޖާވެފައި އަހާލިއެވެ. “ހުނ.. އެހެން ނުކިޔަައްޗޭ ދެން.. އަލްޔާން ބޭބެ ކިޔާނީ” “ތިހެންތަ ކިޔަންވީ ނޫނީ ދޮންތަބެ ތަ؟” އާދީ އެހެން ބުނުމުން އަލްޔާން އާ އީތަން އެއްފަހަރާ ހެން ހޭން ފެށިއެވެ. އުމުރުން ހަނގަކަސް މަގޭ ކޮއްކޮ ވެސް މި އުޅެނީ ވަރަށް ކުރީގައޭ އީން ގެ ހިތަށް އެރިއެވެ.އީން ލޯ އަޅާލުމުން އާދީ ސޮރީ އޭ ބުނެލިއެވެ. އަލްޔާން ވެސް އާދީ ގެ ބޮލުގައި ފިރުމާލަމުން ދޮންތަބޭ ކިޔަންޏާ ވަރަށް އުފާވާނެޔޭ ބުނެލިއެވެ.

ފަތިހުގެ ވަގުތު ކަމުން މަގުމަތީގައ އެއްވެސް ދުއްވާ އެއްޗެއް ނެތެވެ. ބާރު ސްޕީޑް ގައި އެހާ ފަސޭހަ ކަމާއެކު ދުއްވާލަން ލިބުމުން އަލްޔާން ވަރަށް ހިތްހަމަޖެހުނެވެ. މިރަށުގެ ހަގީގީ ރީތިކަން ފެންނަނީ އަދި ސައިކަލުގަ މިހެން ދުއްވާލެވުމުންނޭ ހިތަށް އެރިއެވެ. ބްރިޖް އާ ހިސާބުގައި ސައިކަލު މަޑު ކުރުމާއެކު އާދީ މޫދާ ދިމާލަށް ދުއްވައިގަތެވެ.އެތަނުގެ ރީތި ކަން ފެނި އާޝޯހުވި އީތަން ވެސް އާދީ އާ އެކު ދުވެފައި ދިޔައީ ހަމަ ކުޑަކުއްޖެއް ހެންނެވެ. އަލްޔާން އީން އާ އެކު ގޮސް މަޑު ކުރީ ތަންކޮޅެއް ދުރުގައި ދޮންވެލިގަނޑު މަތީގައެވެ. އިރުގެ އަލިކަން ދުނިޔެއަށް ވެރިވަމުން ދިޔަ އެ ރީތި މަންޒަރު ބަލަން  އީން ހުރި އިރު ދާދި ގާތުގައި އިށީދެގެން އިން އަލްޔާން އަށް ބެލެނީމަޑު ޗޮކްލެތް ކުލައިގެ ޝޯލް އަޅައިގެން އިން އީން ގެ މޫނަށެވެ.އިރުގެ ރަން ދޯދިތައް އެ ދޮން މޫނަށް އެޅިފައިވީ އިރު ހީވަނީ ހަމަ މޮޅު ކުރެހުން ތެރިއެއްގެ ތަސްވީރެއް ހެންނެވެ.އެއްވެސް މޭކަމެއް ނެތި ފެންނަ އިރުވެސް ހާދަ ފުރިހަމަ އޭ އަލްޔާން ހިތަށް އެރިއެވެ. އަލްޔާން ވަގުތުން ފޯނުން ފޮޓޯ ނަގާ އެ މަންޒަރު ކެމެރާ ގައި ގައިދު ކުރިއެވެ. “އިޓްސް ބިއުޓިފުލް”މޫދާ ދިމާލަށް ބަލަން ގެއްލިފައި ހުރި އީން އަށް ބުނެވުނެވެ. “އިޓް އިޒް.. ބަޓް ނޮޓް މޯ ދޭން ޔޫ” އަލްޔާން މާނަވީ ގޮތަކަށް އެހެން ބުނުމުން އީން ހީލިއެވެ.

“ހަމަ ތެދެއް މި ބުނީ..އަހަންނަށް ވަރަށް ވަރަށް ރީތި އީން..ބަލާލާ ގޮތްވެސް، ހީލާ ގޮތް ވެސް..އިސް ޖަހަލާ ގޮތްވެސް..އީން ގެ ހުރިހާ ކަމެއް އަހަންނަށް ކަމުދޭ..ވަރަށް ލޯބިވޭ” އަލްޔާން މަޑުމަޑުން ދޮންވެލިގަނޑު ތެރެއަށް ލައިގެން އިން އީން ގެ އަތުގައި ހިފާލިއެވެ.އަލްޔާން ގެ ކޮންމެ ބީހިލުމަކުން އީން ގެ ހިތަށް ތަފާތު އިހްސާސްތަކެއް ކުރުވައެވެ.މިހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ފިރިހެން ކުއްޖަކު ދެކެ މިހާ ބޮޑަށް ގަޔާވެވިދާނެއެކޭ އީން ގެ ހިތަކަށް ދުވަހަކުވެސް ނާރައެވެ.ރީތި ފިރިހެންކުދީން ވެސް އީން ދެކެއެވެ. އެކަމަކު އަލްޔާން އަށްޓަކައި ހިތުގައި އެހާ ހާއްސަ މަގާމެއް ދެވުނީ ކީއްވެކަމެއް ހުދް އީން އަކަށް ވެސް ނޭގެއެވެ. އަލްޔާން ބަލާލާ ގޮތުންވެސް ހީވަނީ ވައިރޯޅި އެއްވެސް އީން ގައިގައި ބީހިލަން ނޭދޭހެންނެވެ. އެހާ ވެސް ދީވާނާ ކަން އެނަޒަރުން އީން އަށް ފެނެއެވެ. “އީން..ކޮންމެ ފަދަ ކަމެއް ދިމާވިޔަސް އަހަރެންނާ ދުރަށް ނުދައްޗޭ..ވަކިނުވައްޗޭ..ނޫނީ މޮޔަވެދާނެ. އެއްވެސް މީހެއްގެ ފަރާތުން އުނދަގުލެއް ވަންޏާ ޕްލީޒް ލެޓް މީ ނޯ..އައި ވިލް ޕްރޮޓެކްޓް ޔޫ ޓިލް މައި ލާސްޓް ބްރެތް އައި ޕްރޮމިސް”ސީދާ އީން ގެ ލޮލަށް ބަލަން ހުރެ އަލްޔާން ބުނެލި އެ ޖުމްލަ އިން އީން ގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.

އެތައް  އިރަކު މޫދަށް އެރި ސަކަރާތް ޖަހަން ތިބުމަށްފަހު އީން މެންނަށް ގެއަށް އާދެވުނު އިރު ހެނދުނު 9 އެއް ޖަހާ ބޮޑުވެއްޖެއެވެ. ފެންވަރައިގެން ނިކުތް އިރު ކޮޓަރި ތެރޭ ހުރި އަލްކާ ފެނި އީން އަށް ފުރަތަމަ ހަޅޭއްލަަވައި ގަނެވުނެވެ. ދެލޯ އަޅައިގެން މޫނ ހަދައިގެން ހުރި އިރު އަސްލުވެސް ބިރުވެރި ވައްތަރު ޖަހައެވެ. “އަދި ހަޅެއްލަވައެއްނު އެބަ އީން ގަނޑާ…މަށަށް ވެސް އޮޅުވާލާފަ ރަށަށް އައިސް އަދި ނަންބަރުވެސް ބަދަލު ކޮށްގެން ތި އުޅެނީ ކީކޭ ހިތަށް އަރައިގެންތަ؟” އަލްކާ ރުޅި އައިސް ހުރެ އެނދުމަތީ ހުރި ބާލީސް ތައް ނަގާ އީން އާ ދިމާލަށް އުކަން ފެށުމުން ސަލާމަތްވާން އީން ވެސް ދުއްވައިގަތެވެ. އެއަޑަށް އަމީނާވެސް އައިސް ކިހިނެތްވީހޭ އަހާލިއެވެ. މަންމަ ކައިރީ ކަމެއް ނުވާ ކަމަށް ބުނަމުން އީން އަލްކާ އަތުގަ ހިފައިގެން ގެންގޮސް އެނދުގައި ބޭންދިއެވެ. އަދި ނިކަން ތަފްސީލުކޮށް ވެގެން އުޅޭ ހުރިހާ ގޮތެއް ކިޔާދިނެވެ. ” ކޮން ގޭންގްސްޓާ ޒިން އެއް..އޭރުވެސް މަގޭ ކައިރީ ބުނިނަމަ..ހޭ އަރުވާލީމްސް..ކީއްވެ އީން މަށާ ޝެއާ ނުކުރީ” އަލްކާ ނުރުހުންވެފައި ބުނެލިއެވެ. “ތިހެން މާ ގައްޑާ ވާން އުޅޭނެ ކަން އިނގޭތީ ނުބުނީ…އަލްކް ހީ އިޒް ރިއަލީ ޑޭންޖަރަސް ..އޭނަ ހޭ އަރުވާލަން އުޅެން ހަދައިގެން ގޮސް އަލްކާ ހޭނެތިއްޖެއްޔާ އަހަރެން ކިހާ ދެރަވާނެ..ބަޓް އަލްޔާން ސެއިޑް ހީ ވިލް ޓެކް ކެއާ އޮފް އިޓް…އެންޑް އައި ޓްރަސްޓް ހިމް” އީން ފުންނޭވާ އެއް ލަމުން ބުނެލިއެވެ.

**

ފުރަތަމަ ފަަހަރަށް އައްޑޫ އަށް އާދެވުމުން ހުރިހާ ތަނެއް ބަލާލަން އީތަން ކިޔާ ވަރުން އަލްޔާން އީން އަށް ގުޅާފައި ދާންވީ ކޮންތަނަކަށްތޯ އެހިއެވެ. އީން ކޯއްޓޭ ބަލަން ދާވާހަކަ ބުނުމުން އަލްޔާން ވަގުތުން އެއްބަސްވެ ޕްލޭން ހަދާލިއެވެ. އަލްކާ ވެސް ހުރި ވާހަކަ ބުނުމުން ހަތަރު މީހުން ވެގެން އެތަނުގަ ބާރބެކިއު ޖައްސަން އީން ހިޔާލް ދިނެވެ. ޕްލޭން ހެދީ ހަވީރަށް ކަމުން އެވަގުތު ޖެހެން ދެން އަލްޔާން މެން އުޅުނީ ކާރެއް ގައި ހުރިހާ ރަށް ތަން ބަލަން ދުއްވުމުގައެވެ.

ހަވީރު 4 ޖެހިއިރު އަލްކާ އާއި އީން ތިބީ އީދިގަލި ކުޅި ހިސާބުގައި އަލްޔާން މެންގެ އިންތިޒާރުގައެވެ. ކާރުގައި އެތަނަށް ނުދެވޭ ވާހަކަ ބުނުމުން އަލްޔާން މެން އައީ ސައިކަލުގައެވެ. ތަންކޮޅެއް ދުރުން އެމީހުން ފެނުމާއެކު އީން އަށް އޭނަޔާއެކީ ދެވޭނެ ގޮތެއް ހެދުމަށް އަލްޔާން އީތަން ގެ ފަރާތުން އެދުނެވެ. “ޑޯންޓް ޔޫ ވޮރީ ބްރޯ..ހުރޭ މިއަދު އެ ބިލަމަގު ހުތް ކޮށްލާންނަން” އީތަން އަލްޔާން ގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. އަލްޔާން މެން ގޮސް މަޑުކުރުމާއެކު އީތަން ފެނި އަލްކާ ތުން އަނބުރާލިއެވެ. އީން ރަކި ހިނިތުންވުމަކާއެކު ބަލާލުމުން އަލްޔާން ވެސް ހީލިއެވެ. ހިމާޔަތް ކޮށްފައިވާ ގުދުރަތީ ރީތިކަމުން ފުރިގެންވީ އީދިގަލި ކިޅި ބަލާލަން ކުޑައިރުކޮޅަކު އަލްޔާން މެން މަޑުކުރިއެވެ. ލޮލުގެ ކޮޅަށް ފެންނަ ހިސާބާ ހަމައަށް ހެދިފައިވާ ގަސްތަކުގެ ތެރޭގައި ސާލެއް ހެން ފެތުރިފައިވީ އެކުޅީގެ އެކި ހިސާބުތަކުގައި މާކަނާތައް ޖައްސާލައިގެން ތިބި އިރު އެ މަންޒަރު ފެނުނު ކޮންމެ ހިތަކަށް ވެސް ހަމަޖެހުން ލިބޭނެއެވެ. މަޑުމައިތިރި އެހިތްގައިމު މާހައުލު ފެނުމުން މީހުން ގިނަ ކަމުން ތޮއްޖެހިފައިވާ މާލޭގެ އެ ހަަލަބޮލި މާހައުލު ދޫކޮށް އީން އާ އެކު މިރަށުގަ އުޅެން އަންނަންވީއޭ އަލްޔާން ހިތަށް އެރިއެވެ. އެހިޔާލް އައުމާއެކު އަލްޔާން ހީލަމުން އަލްކާ އާއި އެކު ހުރި އީން އަށް ބަލާލިއެވެ. ” އީން ..ކޭން އައި ރައިޑް ޔޫއާރ ސައިކް ޕްލީޒް” އީތަން އެހެން ބުނުމާއެކު އީން އަށް ބަލާލެވުނީ އަލްޔާން ގެ މޫނަށެވެ. އެވަގުތު ލޮލުގެ އިޝާރާާތުން އަލްޔާން އާއެކު އައުމަށް  އެދުމުން އީން އޯކޭ އޭ ބުނެ އީތަން އަށް ތަޅުދަނޑި ދިއްކޮއްލިއެވެ.” ނޯ ވޭ…މަ ދާންވީ މީނަޔާއެކު..ނުދާނަން” އަލްކާ ވަގުތުން އީތަން އާއެކު އެއްސައިކަލެއްގަ ދާން ދެކޮޅު ހެދިއެވެ.”ކިހިނެތްވީ..ބިރުގަތީތަ؟” އަލްކާ ދެރަ ކޮށްލުމަށް ކަމަށް އީތަން ބުނެލިއެވެ.   “ހުނ.މަށެއް ނުގަނޭ ބިރެއް. ބަލާނަމޭ ކާކުތޯ ބިރު ގަންނަނީ” އަލްކާ ދެރަ ނުވާންވެގެން ގޮސް އީތަން ފަހަތަށް އެރިއެވެ. އަލްޔާން ވެސް އަތުގެ އިޝާރާތުން ބަރާބަރޭ ބުނެ ނައްޓާލިއެވެ.

ދެފަރާތުގައި ގަސްތަށް ހެދިފައިވާ ހަނި މަގުން އަލްޔާން ދުއްވީ ވަރަށް ބަލައިގެންނެވެ.އެހެނަސް އަލްކާ ބިރު ގަންނަވާނަމޭ ހިތާ ދެއަތަށް ކިރެމުން މާބާރަށް ދުއްވާލި އީތަން އަށް ސައިކަލް  ކޮންޓްރޯލް ނުކުރެވި އަރި އަޅާއިލިއެވެ. އެވަގުތު ނުވިސްނާހުރި އަލްކާ ވެއްޓެން ދިޔައިރު ހަޅޭއްލަވަމުން އީތަން ގެ ގައިގައި ބާރަށް ހިފާލެވުނެވެ. އީތަން ވަގުތުން ސައިކަލުން އެއް އަތް ދޫ ކުރަމުން އަލްކާ ވެއްޓިޔަ ނުދީ ހިމާޔަތް ކުރިއެވެ. އެހެނަސް އެތާ ހުރި ކަށިކެޔޮ ގަހެއްގައި ޖެހި އަތް ޒަހަމް ވިއެވެ. ތަދުވި ވަރުން އަލްކާ ލޮލުން ކަރުނަ ހިލުނު ތަން ފެނި އީތަން ހިތަށް ތަފާތު އަސަރެއް ކުރިއެވެ. “ސޮރީ..ޕްލީޒް..ގަސްތުގަ ވައްޓާލާކަށް ނޫން..ކުޑަކޮށް ބިރުގަންނަވަން ކަމަށް އުޅުނީ.. ވަރަށް ބޮޑަށް ސޮރީ” އީތަން އަސްލުވެސް ވަރަށް ދެރަވިއެވެ. އޭނާގެ އަސްލު މަގްސަދަކީ އެއްވެސް ހާލެއްގައި އަލްކާ އަށް ގެއްލުން ދިނުމެއް ނޫނެވެ.އީތަން އާއި ކައިރިވެ ހަތަރުކަޅީ ހަމަވީ އެވަގުތު ކުރެވުނު އާދަޔާ ޚިލާފް  އަސަރެއްގެ ސަބަބުން އަލްކާ ހުރީ ވާނުވާ ނޭގިފައެވެ. ގެއްލިފައި ކަހަލަ ގޮތަކަށް ހުރެ އަތް  ފޮހެމުން އޯކޭ އޭ ބުނެލިއެވެ. ތަންކޮޅެއް ފަހަތުން އައިސް އަރާ ހަމަކުރި އަލްޔާން މެން ހީކުރީ އެމީހުން މަޑުކުރީ އެތާ އޮތް ތާރީޚީ މަޝްހޫރު ރަނިން ގެ ފެންގަނޑު ބެލުމަށް ކަމަށެވެ. މަޑު ފެހިކުލައިގެ އެ ފެންގަނޑު ފެނި އަލްޔާން އާ އިތަން ވެސް ހައިރާންވިއެވެ.” ކުރީ ޒަމާނު މީހުން ކިޔާ ޕަރީން ގެ ރާނީ ފެންވަރަން އަންނަނީ މި ފެންގަނޑަށޭ.. ” އީން މަޖާވެލާފައި ކިޔާދިނެވެ. އެތަނުގައި ފޮޓޯ ނަގާ ހެދުމަށްފަހު އަނެއްކާވެސް މިސްރާބު ޖަހާލީ ކޯއްޓޭ ގެ އެންމެ ކޮޅަށް ދިއުމަށެވެ. އީތަން އާއި އަލްކާވެސް ދެންމެ ހިނގި ހާދިސާ އާއި ބެހޭ ގޮތުން އެއްވެސް އެއްޗެއް ނުބުނާތީ އީން މެންނަކަށް ނޭގެއެވެ. ސައިކަލުގައި ދިޔައިރު އަލްޔާން އިނީ އެއްއަތުން އީން ގެ އަތުގައި ހިފާލައިގެންނެވެ. އަދި ލޯގަނޑުން އިރު އިރުކޮޅާ އީން ގެ މޫނަށް ބަލާލައެވެ.

ޕިކްނިކް ސްޕޮޓް އެއް ގޮތަށް ތަރައްގީ ކޮށްފައިވީ އެ ހިސާބު ގެ ރީތި ކަން ފެނި އަލްކާވެސް ހައިރާންވިއެވެ. ގްރޭޑް ހަތެއް ނިންމާފައި ދިޔަ ގޮތަށް ރަށަށް އާދެވުނު އިރު ހާދަ ތަފާތޭ ހިތަށް އެރިއެވެ. ބާރބެކިއު ސްޓޭންޑް ގެ އިތުރުން ގޮނޑި އަދި މޭޒުތަކާއެކު  ކުޑަ ގެއެއް ވެސް ހުއްޓެވެ.  އިރު އޮއްސެން ގާތްވެފައި ވުމާއެކު އަލްޔާން އާއި އީތަން ވެގެން އަލިފާން ރޯކުރި އިރު އަލްކާ އާއި އީން މިރުސް ލާފައި ހުރި ކުކުޅާ،ފަރުމަހާ އަދި ސޮސެޖް ތައްޔާރު ކުރިއެވެ. އެކި ސަކަރާތުގައި އުޅުމަށްފަހު ކައި ނިންމާލެވުނު އިރު 7 ޖަހަން އުޅެނީއެވެ. ތެންކިޔު އީން.. ފޯ މޭކިން ދިސް ޓްރިޕް ސޯ ސްޕެޝަލް.. އަސްލުވެސް ވަރަށް އުފާވޭ. ދެރަވޭ މާދަން ފުރަން ޖެހޭތީ.. އީން ވެސް ހިނަގާބަލަ ދާން..އީން ބަހައްޓާފަ ދަ ހިތެއް ނުވެ އެއްގޮތަކަށްވެސް” މޫދާ ދިމާލަށް ބަލަހައްޓައިގެން އިށީދެގެން އިން އީން ގެ ކައިރީގައި އިށީދެލަމުން އަލްޔާން ދެރަވެލާފައި ބުނެލިއެވެ.އީން ކުޑަކޮށް ހީލާފައި ދެވޭނީ މިހަފްތާ ނިމުމުން ކަމުގައި ބުންޏެވެ.އެގަޑީގައި އީތަން ގިޓާ ހިފައިގެން އުޅޭތަން ފެނުމުން ލަވައެއް ކިޔާލަދޭން ވީ ނުންހޭ އީން ބުނެލީ ފުރަން ވުމުން އަލްޔާން ދެރަވެފައި ކަން އެނގުމުން މޫޑް ބަދަލް ކޮށްލުމުގެ ނިޔަތުގައެވެ.

“އެނީ ތިން ފޯ ޔޫ ސްވީޓް ހާރޓް” އޭ ބުނެ އަލްޔާން ގޮސް އީތަން އަތުން ގިޓާ ައތިލައިގެން އައިސް އިށީނެވެ. މަސްތީ ގޮތަކަށް އީން އަށް ބަލަން ހުރެ ހިތްގައިމު ރާގެއް ކުޅެމުން އަލްޔާން ކިޔަން ފެށީ އަލީރަމީޒް ގެ ކުރީގެ ލަވައެކެވެ.

ފާޅުގާ ބުނާނަމޭ..ވާހާ އުފާ މިރޭ

ރޯނޭތި ހިތް ނުދާށެ ދުރަށް ގާތުގާ ހުރޭ..

ހީވޭ ހަނދޭ ކަލާ ފެނި، ޗާލޭ އެހާ މިރޭ

ލޯބީގެ ރީތި މާނަ، ކިޔައިދޭނަމޭ މިރޭ

ވިސްނޭހެ މިހިރަ ހާމަވަނީ ހިތް އެދޭ ވަރޭ..

****

ކުލަ ޕްރިންޓް ކޮށްފައިވީ އަލްޔާން އާއި އީން އައްޑޫ ގެ ހަންކެޑެ ސަރަހައްދު، ކުޅި ކައިރި،   އަދި މަގުމަތީގައި ތިއްބާ ނަގާފައިވާ އެތަށް ފޮޓޯ އެއް ރިޝްވާން ގޮސް ޒިން އަތަށް ދިއްކޮށްލިއެވެ. ބޯން އިން ސިނގަރެޓް ނިއްވާލުމަށް ފަހު ފަހަރަކު ގަނޑެއް ބަލާލާފައި އުކަމުން ދިޔައިރު ޒިން ގެ ދެލޮލުން ރުޅިވެރިކަމުގެ އަސަރު ފާޅުވާން ހުއްޓެވެ. “މިވަގުތު ތިބީ އެރަށު ކޯއްޓޭ ސަރަހައްދުގަ  މީހުން ނޫޅޭ ހިސާބެކޯ..ކިހިނެތް ހަދަންވީ؟” ރިޝްވާން ހުރީ ޒިން ގެ އިޝާރާތަކަށް މަޑުކޮށްލައިގެންނެވެ. “އަލްޔާން ވަލީދު.. ހީލާ ބޭނުން ވަރަކަށް ހީފަ މަޖާ ކޮއްލާ..މާލެ އަރާ ހިސާބުން ފެށިގެން ދެން ކަލެއަށް އޮތީ ހުސް ރުއިން..މަގޭ ކޮއްކޮ ރުއި ވަރަށް ކަލޭ ވެސް ރޮއްވާނަން” ރުޅިވެރި ނަޒަރަކުން ހިފައިގެން ހުރި ފޮޓޯ އަށް ބަލަން ހުރެ ޒިން ވާހަކަ ދެއްކިއެވެ. އަލްޔާން މާދަމާ މާލެ އަންނަ ވާހަކަ ބުނުމުން އަދި ވަކި ކަމެއް ނުކޮށް މަޑުކުރުމަށް ބުނަމުން ޒިން ދިޔައީ މައިރީން ގެ ކޮޓަރިއަށެވެ. ތަޅު ނުލާ ހުރި ދޮރު މަޑުމަޑުން ހުޅުވާލުމާއެކު ޒިން ދިޔައީ ސިއްސައިގެންނެވެ. ދެލޯ ބޮޑުވެ އަނގަ ހުޅުވުނީ ކުރިމަތީން ފެންނަމުން ދިޔަ މަންޒަރު ގަބޫލު ކުރަން ދަތިވީމައެވެ.

38

You may also like...

17 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
 1. Alhey haadha interesting hisaabakun thi nimmaalee ..alhee alyaan aa een aa salaamaiy khdhehchey ..plx..alyaan ah dhera gotheh nuhadhahchey ..xin ge hiyaalu badhalu vaane nama dhnme fenun manxaru ..btw story hama habeys..curiously waiting for the next part …

  ⚠Report!
  1. Thanx mixuhan.. I think its ur first comment dhw.. ☺️ insha allah v avahah Thursday ga upkohla deynan

   ⚠Report!
 2. Alheyy thankxxx angal vvvv bodah 😊😊😊😊… mi vaahaka kiyaahithun hurevey vareh noon… 😘😘😘😘😘vvvv habeys stryy eh …. luv u & ur stryy😉😉😉😉😉💙💙💙💙💛💛💛

  ⚠Report!
 3. What???
  Thursday haadha lahey alhey..sunday ga up kohfa dhen thursday🤦🤦🤦plx avahacup kohba…foohi vey thihaa lahun up vaathy

  ⚠Report!
  1. Oops mona dear 😮😮 sorry varah bodah inthixaar kuran jehunyma.. Next insha allah avas vaane. Foohi nuvacchey plx.. Mch love😘😘😘

   ⚠Report!
 4. Alhey haadha reehcheyy mi part.. Enme interesting hisaabun thi ninmaalyy. 😘😘😘😁😁😁😂😉😉😉alhe een and alyaan ah dhera gotheh nuhadhahchey 😘😘😘😘😊😐😑😕🙁alhe zin ge hiyaal badhaluvaane nama dhw… Waiting for Next part thankolheh avahah up kohdhehchey plyxx darling… 😘😘😘😘👍👍😍😍🌸👌🌼🌼🌼🌼love u

  ⚠Report!

Leave a Reply

Your email address will not be published.