Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބުނާށެ ލޯބި ނުވަނީހޭ (16)

Nau Level 810 Stories100 Comments500 Comments100 Stories100 Login1K Comments
September 16, 2018 7 Mins Read
38 Comments

“ހަލޯ.” މަޑުމަޑުން ޔަނާލް ބުނެލިއެވެ. “ޔަނާ. އަހަރެން ފޮނުވި އެއްޗެއް ލިބުނުތަ؟” އަރްޒަންގެ އަޑުން އޭނާ ހިތްހަމަޖެހިފައިހުރިކަން އިނގެއެވެ. “ހޫމް. އެކަމަކު.. މީ.. މީ ކީކުރަން؟” ޔަނާލް ފާޑަކަށް އިނދެ އަހައިލިއެވެ. “ކިހިނެއްވީ؟ ޔަނާއަަށް ކަމުނުދަނީތަ؟” ފާޑަކަށް ހެވިފައިހުރެ އަރްޒަން އަހައިލިއެވެ. “ނޫން. ވަރަށް ރީތި.” ލަދުގަނެފައި ޔަނާލް ބުނެލިއެވެ. އެއާއެކު އަރްޒަންގެ ލުއި ހުނުމުގެ އަޑު ފޯނުގެ އަނެއްކޮޅުން އިވިގެންދިޔައެވެ.

“ޔަނާ. މިރޭ 8.30 އަށް ރެޑީވޭ އިނގޭ. ތިހެދުން މިރޭ ޔަނާ ލާން އަހަރެން ބޭނުމީ. ބަރާބަރު 8.30 ގަ އަހަރެންގެ ޑްރައިވަރ ދާނެ ޔަނާ ބަލާ.” އަރްޒަން ބުނެލިއެވެ. އަރްޒަންގެ ވާހަކަތަކުން ޔަނާލްގެ ހައިރާންކަންވީ އިތުރެވެ. އަރްޒަން މިއުޅެނީ ކީކުރަންބާވައެވެ؟ ޔަނާލް އަރްޒަންގެ އެދުމަށް އެއްބަސްވުމާއެކު އަރްޒަން ފޯނު ބޭވިއެވެ. ބުނާނެ އެއްޗެއް ނޭނގިފައިއިން ޔަނާލް އޭނާގެ އަތުގައިއޮތް ހެދުމަށް ބަލައިލިއެވެ. ކަޅުކުލައިގެ އެއަބާޔާވަނީ ރަތްކުލައިގެ ކުދިކުދި މާތަކަކުން ޖަރީކޮށްފައެވެ. އެހެދުމާއި ގުޅޭނޭހެން އޮތް ރަތާއި ކަޅުގެ ޝޯލް ނަގަމުން ޔަނާލް އޭގައި ފިރުމައިލިއެވެ.

އިރުކޮޅަކު އެހެން އިނދެފައި ޔަނާލް އެއެއްޗެހި ހިފައިގެން ތެދުވިއެވެ. އަދި ގެންގޮސް ކޮޓަރީގެ އެނދުމަތީގައި ބާވައިލަމުން އޭނާ ކުރަންހުރި މަސައްކަތަށް އެނބުރި ރުޖޫޢަވިއެވެ.

އިޝާނަމާދަށްފަހު އަރްޒަންވެސް އަވަސްވެގަތީ ތައްޔާރުވެލާށެވެ. ހެދުން އަލަމާރިން އޭނާ އެރެއަށްލާން ނިންމައިފައިހުރި ގަމީސް ނަގަމުން އޭގެއަށް ހިތްހަމަޖެހިފައިހުރެ ބަލައިލިއެވެ. ގަޑިއަށް އަވަސް ނަޒަރެއް ދެމުން އޭނާ ތައްޔާރުވާން ފެށިއެވެ.

ގަދަ ރަތްކުލައިގެ ގަމީހާއި އެކު ކަޅު ކުލައިގެ ފަޓުލޫނެއް ލުމަށްފަހު ގަމީހުގެ އަތުކުރި އުޅަނބޮށްޓާއި ހަމައަށް އޭނާ އޮޅައިލިއެވެ. ބޮލުގައި ޖެލްކޮޅެއްލަމުން ރީތި ގޮތަކަށް އިސްތަށިގަނޑު ސްޓްއިލް ކޮށްލަމުން ގަޔަށް ސެންޓްކޮޅެއް ބުރުވައިލިއެވެ. ހިތްހަމަޖެހޭވަރުވުމުން ފަހަތަށް އެނބުރި ހެވިފައިއިން އައިކް ގާތުގައި ބައްޕި ކިހިނެއްތޯ އަހައިލިއެވެ. އައިކް މަޖާވެފައި ބޮޑުވައި އިނގިލި ދިއްކޮށްލަމުން ބަރާބަރުކަމަށް ބުނެލިއެވެ. ހިނިގަނޑެއްޖަހައިލަމުން އަރްޒަން އައިސް އައިކް އުރައިލިއެވެ.

ރަތާއި ކަޅުގެ އެއަބާޔާ ޔަނާލްއާއި ނުހަނު ގުޅެއެވެ. ހެދުން ލުމަށްފަހު ފަރާތް ފަރާތަށް އެނބުރިލަމުން ޔަނާލް ބަލައިލިއެވެ. ހެވިފައި އޭގެއާއެކުގައި އަޅަންއޮތް ޝޯލް ރީތިގޮތަކަށް އަޅައިލަމުން ލުއި މޭކަޕެއް އޭނާ ކޮށްލިއެވެ. އެންމެފަހު ކަމަކަށް ގަޔަށް ސެންޓްކޮޅެއް ޖަހައިލަމުން ޔަނާލް އެހެދުމާއި ގުޅޭނޭހެން ކަޅުކުލައިގެ ބޫޓަކަށް އަރައިލިއެވެ. ތައްޔާރުވެ ނިމުމުން ރަތް ކުލައިގެ ކްލަޗް އަތުން ހިފަހައްޓައިލަމުން ޔަނާލް ގެއިން ނުކުމެ މަގުމަތީގައި އަރްޒަންގެ ކާރުގެ އިންތިޒާރުގައި މަޑުކޮށްލިއެވެ.

ބަރާބަރު 8.30 ވިތަނާ އަރްޒަންގެ ކާރުގައި އޭނާގެ ޑްރައިވަރު އައިސް އެގޭގެ ކުރިމައްޗަށް މަޑުކޮށްލިއެވެ. ޔަނާލް ކާރުގެ ފަހަތު ދޮރު ހުޅުވައިލަމުން ކާރަށް އެރުމާއެކު އޭނާ ކާރު ދުއްވައިލިއެވެ. “ކޮންތަނަކަށް މިދަނީ؟” ޝީޓްގައި ހަމަޖެހިލަމުން ފައިމަތީގައި ކްލަޗް ބާވައިލުމަށްފަހު ޔަނާލް އާދައިގެ ގޮތަކަށް އަހައިލިއެވެ.

“ސޮރީ މޭމް. އަރްޒަން ސަރ ބުނުއްވީ ސީކްރެޓްއެކޭ.” ކުޑަކޮށް ހިނިތުންވެލަމުން އެމީހާ ޖަވާބުދިނެވެ. “އޯހް.” ޔަނާލް އަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އަރްޒަން އެކުރަންއުޅޭ ކަމަކާއިމެދުގައި ވިސްނަން ޔަނާލް ހުއްޓައި ކާރުގެ ދުވެލި މަޑުކޮށްލަމުން ޑްރައިވަރު ކާރު ޕާރކް ކޮށްލިއެވެ. ވިސްނުމަކަށް ގެއްލިފައިއިން ޔަނާލް ކާރު މަޑުކޮށްލުމާއެކު އޭގެއިން ފެއިބިއެވެ. ކުރިމަތީގައިހުރި އުސް އިމާރާތެއްގެ ކުރިމަތީގައި މަޑުކޮށްލައިގެން އަރްޒަން ހުއްޓެވެ. ބަލާ ބެލުމަށް އެތަން ވައްތަރީ ހޮޓެލްއަކާއެވެ. އަރްޒަން ލައިފައި ހުރި އެއްޗެހިން އެރެއަކީ އާދައިގެ ރެއެއްނޫންކަން ޔަނާލްއަށް ވިސްނުނެވެ. ފާޑަކަށް އަރްޒަންއަށް ބަލައިލަމުން ފަރިހިނގުމެއްގައި ޔަނާލް އައިސް އޭނާގެ ކުރިމައްޗަށް މަޑުކޮށްލިއެވެ.

“މޭ އައި؟” ޔަނާލާއި ދިމާއަށް އަތް ދިށްކޮށްލަމުން އަރްޒަން އަހައިލިއެވެ. ލަދުގަނެފައި ޔަނާލް އޭނާގެ އަތްތިލަ އަރްޒަންގެ އަތުގެތެރެއަށް ލިއެވެ. އެއަތަށް ލޯތްބާއެކު ފިތައިލަމުން އަރްޒަން ޔަނާލް ގޮވައިގެން އެތެރެއަށް ވަނެވެ. އެކިދިމަދިމާއަށް އަޖައިބުވެފައިހުރެ ނަޒަރު ހިންގަމުން ޔަނާލް އަރްޒަންއާ އެއްވަރަށް ހިނގަމުންދިޔައެވެ. އެތަނުގެ ޕްރައިވެޓް އެލެވޭޓަރ އަށް ވަންނަމުން އަރްޒަން ޔަނާލް އޭނާއާއި އިތުރަށް ގާތްކޮށްލިއެވެ.

“އަރްޒަން. މީ..” ޔަނާލްއަށް އޭނާގެ ޖުމުލަ ފުރިހަމަ ކުރެވޭވަރެއް ނުވިއެވެ. އަރްޒަން އެކަން މަނާކުރަމުން ޔަނާލްގެ ކޯތާފަތުގައި މަޑުމަޑުން ފިރުމައިލިއެެވެ. “ޔަނާ ވަރަށް ލޯބި. އަބަދުވެސް. އެކަަމަކު މިރޭ ހީވޭ ވަކިން ފުރިހަމަހެން.” ޔަނާލްގެ ކަންފަތްދޮށަށް ގުދުވެލަމުން އަރްޒަން ތައުރީފުގެ ދެތިން ބަހެއް އިއްވައިލުމާއެކު ޔަނާލް ލަދުގަނެ އިސްޖެހުނެވެ. އަރްޒަންގެ އަމަލުތައް ހުރިގޮތުން ހަގީގަތުގައިވެސް ޔަނާލް ލަދުގަތީއެވެ. އެތަންފެނި އަރްޒަންއަށް ހީލެވުނެވެ. ޔަނާލް ލަދުގަތުމުން އޭނާއަށް އަބަދުވެސް ވަރަށް ކަމުދެއެވެ. ޔަނާލްގެ މޫނުމައްޗަށް އަރަމުންދިޔަ ކުލަވަރުތަކަށް ގެއްލިފައި އަރްޒަން ހުއްޓެވެ.

ލިފްޓް މަޑުކޮށްލުމާއެކު އަރްޒަން ޔަނާލްގެ އަތުގައި ހިފައިގެން އޭގެއިން ނުކުތެވެ. ހިމަކޮށް ހަދައިފައިއޮތް ކޮރިޑޯރއެއްގެ ތެރެއިން ލައިފައި އަރްޒަން ގޮސް ހުއްޓުނީ އެތަނުގެ ޓެރަހަށެވެ. މިތިބެވުނީ އެއިމާރާތުގެ އެންމެ މަތީގައިކަންވެސް ޔަނާލްއަށް އިހުސާސުވީ އެހިސާބުންނެވެ.

ދެލޯބޮޑުކޮށްލަމުން ޔަނާލް ވަށައިގެން އޭނާގެ ނަޒަރު ހިންގައިލިއެވެ. އެތަން ޒީނަތްތެރިކޮށްފައިވާލެއް ފުރިހަމަކަމުން ފެންނަކޮންމެ މީހަކުވެސް އަޖައިބުވެ އަންތަރީސްވާހައިވެއެވެ. މުޅިތަންވަނީ ރަތާއި ހުދުކުލައިގެ ފޮތިން ރީތި ޑިޒައިނަކަށް އެއްކުލަކޮށްލައިފައެވެ. ޓައިލްސްތައްވަނީ ރަތާއި ހުދުކުލައިގެ ފުއްޕާ ހަންތަކުން ފޮރުވައިލައިފައެވެ. އެތަނުގެ އެެއްފަރާތުގައި ހުދުފޮތިގަނޑަކުން ނިވާކޮަށްފައިހުރި ވަށް މޭޒެއް ހުއްޓެވެ.

އާޝޯޚުވެފައިހުރެ ވަށައިގެން ބަލަމުންދިޔަ ޔަނާލްގެ ލޮލުގައި ރަތްކުލައިގެ ފުއްޕާ ހަންތަކުގައި އިނގިރޭސި އަކުރުން ލިޔެފައިވާ ލިޔުންކޮޅެއް ހުއްޓައި އަޅައިގަތެވެ. ގުދުވެލަމުން އޭނާގެ ފައިކައިރީގައި އޮތް ފުއްޕާ ހަން ނަަގައިފައި ޔަނާލް އެއަށް ރީއްޗަށް ބަލައިލިއެވެ. “އައި ލަވް ޔޫ ޔަނާ.” އެތަންކޮޅު ކިޔައިލި ޔަނާލް ހުއްޓުން އެރިއެވެ. ގަބޫލުނުކުރެވިފައި އޭނާ އެނބުރިލަމުން ފަހަތުގައި ހިނިތުންވެފައި ފަޓުލޫނުގެ ދެޖީބަށް އަތްޖަހައިލައިގެން ހުއްޓިހުރި އަރްޒަންއަށް ބަލައިލިއެވެ. ޔަނާލް ބަލައިލުމާއެކު އަރްޒަން ނިތް އަރުވައިލީ ކިހިނެެއްވީތޯ އަހައިލާފަދަ ގޮތަކަށެވެ. ބުނާނެ އެއްޗެއް ނޭނގި ޔަނާލްއަށް އިސްޖަހައިލެވުނެވެ. ހިތަންލިބުނު ހަމަޖެހުމާއެކު ޔަނާލްގެ ދެލޯ ފުރިގެންއައީ އުފާވެރިކަމުގެ ކަރުނުންނެވެ.

ޔަނާލްއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު އަރްޒަން އައިސް އޭނާގެ ކުރިމަތީގައި މަޑުކޮށްލިއެވެ. “ޔަނާ.” ޔަނާލްއަށް ގޮވައިލަމުން އަރްޒަން އޭނާގެ އަތް ޔަނާލްގެ ދަތްދޮޅިދަށަށް ލައްވައިލަމުން އޭނާގެ އިސްއުފުލައިލިއެވެ.

ތެމެމުންދިޔަ އެސްފިޔަތައް ހިއްލައިލަމުން ޔަނާލް އަރްޒަންގެ ދެލޮލަށް ބަލައިލިއެވެ. ޔަނާލްގެ ދެލޮލަށް ބަލަހައްޓައިގެން އަރްޒަންއަށްވެސް ހުރެވުނީއެވެ. އޭރުވެސް ޔަނާލްގެ އަތުގައި އޭނާ ނެގި ފުއްޕާހަން އޮތެވެ.

“ޝޫޝް.” އިރުކޮޅެއްގެ ހިމޭންކަމަށްފަހު ޔަނާލްގެ ކަރުނަތައް ފުހެލަމުން އަރްޒަން ލޯތްބާއެކު ބުނެލިއެވެ. އަދި އެއަތުގައިހިފައި އަނެއްފަރާތަށް އަނބުރައިލިއެވެ. ވާނުވާ ނޭނގިފައި ޔަނާލްއަށް ހުރެވުނީއެވެ.

“ޔަނާ.. ޔޫ އަރ ސޯ ސްޕެޝަލް. ވަރަށް ގިނަ ދުވަސްވެއްޖެ އަހަރެންގެ ހިތުގެ ހާލު ޔަނާއަށް އަންގަން ބޭނުންވެފަ ހުންނަތާ. ޔޫލީގެ މަރަށްފަހު އަހަރެން ހީކުރީ އަހަރެންނަށް ދެން އެހެން އަންހެނެއްދެކެ ލޯބިނުވެވޭނެކަމަށް. އެކަމަކު ޔަނާ.. ޔަނާއާ ދިމާވިފަހުން އިނގިއްޖެ އެއީ އަހަރެންނަށް ކުރެވުނު ކުށްހީއެއްކަން. ޔަނާ އަހަރެންގެ މުޅި ދިރިއުޅުން ބަދަލުކޮށްލައިފި. އަހަރެންގެ ނިވެމުންދިތަ ހަޔާތުގެ ހުޅުކޮޅު ނިވުނަނުދީ އަލުން އެހުޅުކޮޅުގެ ބެބުޅުން ގަދަކޮށްދީފި. އަހަރެންނަށް އާ އުއްމީދެއް ދައްކައިދީފި. ޔަނާ އާ ނުލާ އަހަރެންގެ ދިރިއުޅުން މިހާރު ފުރިހަމައެއްނުވާނެކަން ޔަގީން. ތީ ހުރިހައި ގޮތަކުންވެސް އަހަރެންނަށް ލެއްވި ރަހުމަތެއް. ޔަނާ. އަހަރެން ބޭނުމީ ފުރިހަމަ ގޮތުގައި ޔަނާ އަހަރެންގެ މިލްކަކަށް ހަދަން. އެފުރުސަތު އަހަރެންނަށް ދޭނަންތަ؟” ޔަނާލްގެ ފުރަގަހުގައިހުރެ ވާހަކަ ދައްކަމުން އައިސް އަރްޒަން ސީދާ ޔަނާލްގެ ކުރިމައްޗަށް މަޑުކޮށްލިއެވެ. ބުނާނެ އެއްވެސް އެއްޗެއް ނުވިސްނިފައި ޔަނާލްއަށް ހުރެވުނީ އިވިގެންދިޔަ ވާހަކަތަކުން ހިތަށް އަސަރުކުރިވަރުންނެވެ. އަރްޒަންއަށް ބަލަހައްޓައިގެން ގަނޑުވެފައި ކަހަލަ ގޮތަކަށް ޔަނާލްއަށް ހުރެވުނީއެވެ.

“ޔަނާ.” ވަރަށް ލޯތްބާއެކު އަރްޒަން ޔަނާލްއަށް ގޮވައިލިއެވެ. މަޑުމަޑުން ޔަނާލް ތުންފަތް ހަރަކާތްކޮށްލީ އެއްޗެއް ބުނެވޭތޯއެވެ. އެހެނަސް އޭނާގެ އަނގައިން އެއްވެސް އަޑެއް ނުކުންނަގޮތެއް ނުވިއެވެ. ޔަނާލްގެ ޖަވާބަކަށް ކެތްމަދުވެފައިހުރި އަރްޒަންގެ ހިތުގެ ހިގުން އިރެއް އިރަކަށް އަވަސްވަމުން ދިޔައެވެ.

“އަރް.. އަރްޒަން.. އަހަރެން..” ޔަނާލް މެދުކަނޑައިލީ އޭނާގެ ހިތުގައިއޮތް އެއްޗެއް ބުނަން އުނދަގޫވެގެން ކަހަލައެވެ. “ޔަނާ ބުނެބަލަ. ތިހިތުގަ އޮތް އެއްޗެއް އަހަރެން ގާތުގަ ބުނެބަލަ. އަހަރެން އަޑުއަހާނަމޭ.” ޔަނާލްއަށް ވިސްނައިދޭފަތަ ގޮތަކަށް ކެތްމަދުވެފައި އަރްޒަން ބުނެލިއެވެ.

“އަރްޒަންއަށް އިނގެއެއްނު އަހަރެންމީ.. ދަރިން ނުލިބޭ މީހެއްކަން. އަހަރެންނާ އިނދެގެން އަރްޒަންއަށް ކޮން.. ކޮން އުފަލެއް ލިބޭނީ؟” ހިތުޖެހިފައި ޔަނާލް ތުންފަތުގައި ދަތްއަޅައިލިއެވެ. އޭރު ހުއްޓުމެއްނެތި އެލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ.

“ޔަނާ.. އަހަރެން ޔަނާ އަހަރެންގެ މީހަކަށް ހަދަން މިނިންމީ ހުރިހައި ހަގީގަތެއް އެނގި ހުރެ. ޔަނާ އަށް ދަރިން ނުލިބުމަކީ ޔަނާގެ ކުށެއްނޫނޭ. އަދި އެއީ ދެވަނަ ކައިވެންޏަކަށް އެޅޭނެ ހުރަހެއް ކަމަކަށްވެސް އަހަރެން ނުދެކެން. އަހަރެން ޔަނާދެކެ ލޯބިވަނީ އެހުރިހާ ހަގީގަތަކާއެކު. ޔަނާ.. އައިކް.. އައިކް އަހަރުމެންގެ ދަރިއަކަަށް ނުފުދޭތަ؟” ލޯތްބާއެކު ޔަނާލް ކަރުނަތައް ފުހެލައި އެނިތުގައި ބޮސްދެމުން އަރްޒަން އަހައިލިއެވެ. ޔަނާލްއަށް ދެފަރާތަށް ބޯހޫރުވައިލެވުނެވެ. އެއާއެކު އަރްޒަންއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ.

ޖީބުގައި އޮތް ރަތްކުލައިގެ މަހުމާފޮށި ނަގައި އޭތި ހުޅުވައިލަމުން އަރްޒަން ޔަނާލްގެ ކުރިމަތީގައި އެއްފައި މައްޗަށް ތިރިވެލިއެވެ. “ޔަނާ. ވިލް ޔޫ މެރީ މީ؟” އޭނާގެ ވިދުންގަދަ ދެލޮލުން ޔަނާލްގެ ހިތްގައިމު މޫނަށް ބަލަމުން އަރްޒަން އިޝްގީ ގޮތަކަށް އަހައިލިއެވެ. ވީއުފަލަމުން ޔަނާލްއަށް އަނގަމަތީގައި އަތްއަޅައިލެވުނެވެ. އޭނާގެ ޖަވާބެއްގެ އިންތިޒާރުގައި އަރްޒަން އެއިންގޮތަށް އިނެވެ.

“ޔެސް.. ޔެސް އައި ވިލް.” ވައިއަޑުން ރޮވިފައި ޔަނާލް ބުނެލިއެވެ. އެއާއެކު އަރްޒަންގެ ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އަވަަސް އަވަހަށް އެފޮށީގައި އިން އަނގޮއްޓި ނަގަމުން ޔަނާލްގެ ވައަތުގެ ކަށި އިނގިލީގައި އަޅުވައިލަމުން އެމަޑު އަތްތިލައަށް ބޮސްދިނެވެ. އަރްޒަންގެ އެއަމަލުން ޔަނާލްގެ ލުއި ހުނުމުގެ އަޑުއިވިގެން ދިޔައެވެ. އިންތަނުން ތެދުވެ ހަމަޖެހިލަމުން އަރްޒަން ފަހަތަށް ބަލައިލަމުން ކުޑަކޮށް ތުމުން ފުހެލިއެވެ. ނިތަށް ރޫއަރުވައިލަމުން ޔަނާލް އަރްޒަންއަށް ބަލައިލިއެވެ. އެއަޑަށް ދުރުގައިހުރި މޭޒުގެ ފުރަގަހުން ނުކުމެ ދުވެފައި އެދިމާއަށް އައި އައިކް ފެނުމުން ޔަނާލްއަށް ހެވުނެވެ. “އަރްޒަން” ހެވިފައި ދެފަރާތަށް ބޯހޫރުވައިލަމުން ޔަނާލް އަރްޒަންގެ ނަން ދަމައިލަމުން ކިޔައިލިއެވެ.

އޭނާގެ ކުރިމައްޗަށް އައިސް ހުއްޓުނު އައިކްއަށް ޔަނާލް ބަލައިލިއެވެ. އައިކްވެސް ހުރީ އަރްޒަން ލައިގެންހުރި ކަހަލަ ކުޑަ ރަތްގަމީހަކާއި ކަޅު ފަޓުލޫނެއްގައެވެ. “ބައްޕިގެ ބައި ނިމުނީ. ދެން ކޮއްކޮ އަށް.” ވަރަށް ހެވިފައި އައިކް ބުނެލިއެވެ. އައިކް އެބުނި އެއްޗެއްގެ މާނަ ނޭނގިގެން ޔަނާލް އަރްޒައަށް ބަލައިލުމުން އޭނާ ނިތްއަރުވައިލީ ބަލަން ހުންނާށޭ ބުނާކަހަލަ ގޮތަކަށެވެ. އެއާއެކު ޔަނާލް އަނެއްކާވެސް އައިކްއަށް ބަލައިލިއެވެ.

އޭނާގެ ކުޑަކުޑަ ފައިމައްޗަށް ތިރިވެލަމުން ޔަނާލްއާ ދިމާއަށް އޭނާގެ ދެއަތްތިލަ ދިއްކޮށްލި އައިކް ފެނުމުން ޔަނާލްއަށް ހައިރާންވެފައި އަނގަ ތަންމިނަށް ހުޅުވައިލެވުނެވެ. “ޔަނާ އާންޓީ ކޮއްކޮގެ މަންމިއަށް ވާނަންތަ؟” ލޯބިގޮތަކަށް ޔަނާލްއަށް ބަލަންއިން އައިކް އެހެން އަހައިލުމާއެކު ޔަނާލްގެ ހިތް ލޯބިން ފުރިގެން އައެެވެ.

“އޮފްކޯޒް އައި ވިލް. ޔަނާ އާންޓީ ކޮއްކޮގެ މަންމިއަށްވާނަން. އިންޝާ ﷲ.” އައިކްގެ ތުއްތު ދެއަތްތިލައިގެ ތެރެއަށް އޭނާގެ ދެއަތްތިލަލައި މަހައިލަމުން ޔަނާލް ބުނެލިއެވެ. އެއާއެކު ހަޅޭލަވައި ގަންނަމުން އައިކް ޔަނާލްގެ ގައިގައި ބައްދައިލިއެވެ. ހިތަށް ލިބުނު ހަމަޖެހުމެއްވެސް ބަޔާންކުރާކަށް ޔަނާލްއަކަށް ނޭނގުނެވެ. އައިކް އުރައިލަމުން އެދެކޮލުގައި ޔަނާލް ބޮސްދިނެވެ.

އަރްޒަންއަށް ބަލައިލިއިރު އޭނާގެ ތުންފަތްމަތީގައިވި ލާނެތް ހިނިތުންވުންފެނި އެހުރިހައިކަމެއް އައިކްއަށް ދަސްކޮށްދިނީ އަރްޒަންކަން ޔަނާލްއަށް ވިސްނުނެވެ. ލޯ ހަނިކޮށްލަމުން ޔަނާލް އަރްޒަންގެ ކޮނޑުގައި ޖަހަން އުޅުމުން ދެކޮނޑު އަރުވައިލައިފައި އަރްޒަން ފަހަތަށް ޖެހިލިއެވެ. މޫނަށް ވައްތަރެއް ޖައްސައިލަމުން ޔަނާލް އައިކްގެ ގައިގައި ބާރަށް ބައްދައިލިއެވެ. ހެވިފައި އެމަންޒަރުބަލަންއިން އަރްޒަން އެދެމީހުންނާ ގާތްވެލަމުން ދެމީހުންގެ ގައިގައި ބައްދައިލިއެވެ. ދުރުން ބަލައިލި މީހަކަށް އެވަގުތުކޮޅު ސިފަވާނީ އުފާވެރި އާއިލީ ވަގުތުކޮޅެއްގެ ގޮތުގައެވެެ.

** ** **

ކޮޓަރި ތެރޭގައި އެނބުރިލަމުން ޔަނާލް އެނދުމައްޗަށް ވެއްޓިގަތެވެ. އުފަލުން އެހިތް ނަށަނީއެވެ. އަތުގެ އިނގިލީގައިއޮތް އަނގޮއްޓީގައި އޭނާއަށް ބޮސްދެވުނީ ކިތަށް ފަހަރުކަމެއްވެސް ނޭނގެއެވެ. އަރްޒަން ގާތުގައި ސީދާ ސީދާ ލޯބިވާ ވާހަކަ ބުނަން އަދިވެސް ޔަނާލް ލަދުގަނެއެވެ. އެހެން ނުބުނިއެއްކަމަކު އަރްޒަންއާ ކައިވެނިކުރަން ޔަނާލް ނިންމީ އޭނާދެކެ ހަގީގަތުގައިވެސް ލޯބިވާތީއެވެ.

އެރޭ އޭނާ ގެއަށްއައީ އެހޮޓަލުން ތިންމީހުން އެކުގައި ކައިގެން އަރްޒަންއާ އެކުގައި ކާރުގައެވެ. ޔަނާލް ގެއަށް ލައިފައި ދިއުމުގެ ކުރިން އަރްޒަން އޭނާގެ ނިތުގައި ބޮސްދިންގޮތް ހަނދާންވެފައި ޔަނާލްގެ މޫނަށް ޖަންބުކުލަ އަރައިގެން ދިޔައެވެ. އަރްޒަންގެ އެކި ޚިޔާލުތަކުގައިއޮތް ޔަނާލް ސިހުނީ ފޯނުގެ ރިންގްގެ އަޑަށެވެ. ގުޅަނީ އަރްޒަންކަމުން އޭނާ އަވަހަށް ފޯނުނަގައި ކަންފަތުގައި ޖައްސައިލިއެވެ. އެރޭ ދެމީހުން ފޯނު ބޭވީ އެތައްއިރަކު ވާހަކަ ދެއްކުމަށްފަހުއެވެ. އެވަރުންވެސް އޭނާގެ ހިތުގެ ހާލު ބަޔާންކުރަން ޔަނާލް ނުކުޅެދުނެވެ. ބޭނުންނުވަނީކީ ނޫނެވެ. އޭނާގެ ލަދުވެތިކަން އެކަމަށް ހުރަސްއަޅަނީއެވެ.

ފޯނު ކަންފަތާއި ވަކިކޮށްލަމުން ހިތްހަމަޖެހިފައިހުރި އަރްޒަން އޭގެއަށް ބަލައިލިއެވެ. އެރޭގެ އެކިއެކި ހަނދާންތައް އޭނާގެ ހިތާއި ސިކުނޑި ވަށައިލިއެވެ. އެއްއަރިއަކަށް ހިނިތުންވެލަމުން އަރްޒަންގޮސް އެނދުގައި އޮށޯވެ ނިދިފައިއޮތް އައިކް އޭނާއާއި ގާތްކޮށްލިއެވެ. އަދި ލޯބިން ދަރިފުޅުގެ މަޑު ކޮލުގައި ބޮސްދެމުން އުރައިލުމަށްފަހު ގެންގޮސް އޭނާގެ ކުޑަ އެނދުގައި ބާވައިލިއެވެ. އައިކްއަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު އެފަންއިސްތަށިކޮޅުގައި ފިރުމައިލަމުން އަރްޒަންވެސް އޭނާ ލައިގެންހުރި އެއްޗެހި ބަދަލުކޮށްލުމަށްފަހު ނިދަން އޮށޯތެވެ.

** ** **

“އަހަރެންނަަށް ޔަގީން ރޭގަ އަރްޒަން ކޮންމެވެސް ގަނޑެއްގަތްކަން. އެހެންޏަ. އައިކްއާ އޭނަ އާ ދެމީހުން އެއްކަހަލަ އެއްޗެއް ލައިގެން ބޭރަށް ދިޔައީ. އައީވެސް ތަންކޮޅެއްލަހުން. އެހެންވީމަ.. ޔަގީން އެއަންހެނާ ގާތަށްކަން ދިޔައީ. ޒާވް ވެސް ތިހެން ނުހުރެ ކަމެއް ކޮށްބަލަ. މިވަގުތު އަރްޒަންއަށް ކިތަންމެ ވަރަކަށް ވިސްނައިދެން އުޅުނަަސް ނުވިސްނޭނެ. އޭނަގެ ލޮލުގަ ކަނު ބަނދެފަ ހުރިކަހަލަ. ހަގީގަތް އިނގުނީމަވެސް އެފުރޭތަ ކިބައިން ސަލާމަތްވާކަށް ނޫޅުނުވިއްޔަ.” ކޮޓަރީގައި ހުރި ބެލްކަނިން ބޭރަށް ނަޒަރު ހުއްޓައިލައިގެންހުރެ ނިޝްޔާ ފޯނުން ވާހަކަ ދެއްކިއެވެ.

“އަހަރެން ކީއްތަ ކުރަންވީ؟ އެރެއަށްފަހު އަދި އަހަރެންނާ އަރްޒަން ދިމާވެސް ނުވޭ.” އެކޮޅުން ވާހަކަދައްކަމުން ދިޔަ ޒާވިލް ބުނެލިއެވެ. “އަހަރެންގެ އެބައޮތް ޕްލޭން އެއް. އެކަމަކު.. ޒާވް ހުރިހައި ކަމެއް ކުރަން ޖެހޭނީ.” މީހަކަށް އަޑުއިވިދާނެތީ ފަރާތް ފަރާތް ހޯދައިލަމުން ނިޝްޔާ ބުނެލިއެވެ.

“އަހަރެން؟ ކިޔައިދީބަލަ.” ކުޑަކޮށް ވިސްނައިލުމަށްފަހު ޒާވިލް ބުނެލިއެވެ. އެއާއެކު ނިޝްޔާ އޭނާގެ ޕްލޭން ޒާވިލްއަށް ކިޔައިދިނެވެ. “ނިޝްޔާ މޮޔަތަ؟ ތިކަންކުރަން ހަދައިގެން އަހަރެން ބެދިއްޖެއްޔާއޯ” ހިސާބެއްގެ ނުތަނަވަސްކަމެއް ޒާވިލްގެ އަޑުގައި އެކުލެވިގެން ދިޔައެވެ.

“ނުބެދޭނޭ. އަހަރެންނަށް އިތުބާރު ކޮށްބަލަ ޒާވް. ޕްލީޒް އަހަރެންނަށްޓަކާ މިކަންކޮށްދީ.” ޒާވިލްެގެ ގާތުގައި ނިޝްޔާ އާދޭސްކޮށްލިއެވެ. “މައްސަލައެއްނެތް. އަހަރެން ތިކަން ކޮށްފާނަން. އަހަރެންނަށް ދެރަ ދީފަ އޭނަ ވަކި އުފަލުގަ އުޅޭކަަށް އަހަރެންވެސް ބޭނުމެއްނޫން. އެކަމަކު ބުނަން. އަހަރެން ބެދިއްޖެއްޔާ ނިޝްޔާއަކަށްވެސް ސަލާމަތެއް ނުވެވޭނެ.” ނުރައްކާތެރި ގޮތަކަށް ޒާވިލް ނިޝްޔާއަށް އިންޒާރެއް ދިނެވެ. “ޑޯންޓް ވޮރީ. ބެދުނަކަ ނުދޭނަން.” ނުލަފާ ހިނިތުންވުމެއް އޭނާގެ މޫނުމައްޗަށް ވެރިވިއެވެ. ދެމީހުން އެއްބަސްވުމަށްފަހު ފޯނު ބޭވިއެވެ.

** ** **

ފިހާރައިން ނުކުތް ޔަނާލްއަށް ފާރަލަމުން މީހަކު ދިޔަކަމެއް އޭނާ ނުދެނަހުއްޓެވެ. އަތުގައިއޮތް ކޮތަޅާއި ކުޅެމުން އޭނާ ލަސްފިޔަވަޅުތަކެއްގައި ގޮސް އޭނާ އުޅޭ ގެއަށް ވަނެވެ. ރޭގަނޑުގެ އިރާކޮޅު ވަގުތުކަމުން އެހިސާބުގައިވެސް ވަރަށް މީހުން ގިނައެވެ.

އެއްވެސް ޚިޔާލެއް ފިކުރެއްނެތް މީހަކު ފަދައިން ޔަނާލް އެޕާރޓްމަންޓްގެ ތަޅުވަޅަށް ތަޅުދަނޑި ކޮށްޕައިލަމުން ތަޅު ހުޅުވައިފައި އެތެރެއަށް ވަނެވެ. ގަނެގެން ގެނައި ތަކެތި ކާކޮޓަރީގެ މޭޒުމަތީ ބަހައްޓަމުން ލަވައެއްގެ ތަންކޮޅެއް ކިޔަމުން ޔަނާލް އޭނާގެ ކޮޓަރިއާ ދިމާއަށް މިސްރާބުޖެހިއެވެ.

ކޮންމެވެސް މީހަކު ގޭގެ ބެލް އަވަސް އަވަހަށް ޖަހާއަޑު އިވިފައި ޔަނާލް ނިތަށް ރޫއަރުވައިލިއެވެ. ކާކުބާއޭ ހިތަށް އަރުވަމުން ޔަނާލްގޮސް ދެޚިޔާލެއްގައިހުރެ ދޮރު ހުޅުވައިލިއެވެ.

ދޮރު ކުރިމަތީގައި ހެވިފައިހުރި ޒާވިލް ފެނުމާއެކު ދެލޯބޮޑުކޮށްލަމުން ޔަނާލްއަށް ފަހަތަށް ފިޔަވަަޅެއް އަޅައިލެވުނެވެ. ހިނދުކޮޅަކަށް އެސިކުނޑީގެ މަސައްކަތްކުރުން ހުއްޓުނު ކަހަލައެވެ. ހުއްޓުން އަރައިފައިހުރި ޔަނާލްއަށް ހޭވެރިކަންވީ ޒާވިލް އޭނާއާއި ދިމާއަށް ފިޔަވަޅެއް އަޅައިލުމުންނެވެ. ތެޅިގަންނަމުން ޔަނާލް އަވަސް އަވަހަށް ގޭގެ ދޮރު ޖަހަންއުޅުނެވެ. އެހެނަސް ޒާވިލް އެއަަށްވުރެ މާ ހުޝިޔާރެވެ. ދޮރުދޭތެރެއަށް އަތް ލައްވައިލަމުން އޭނާ އެކަން މަނާކުރިއެވެ. ޒާވިލްގެ އެއަމަލުން ޔަނާލްގެ މޫނުމައްޗަށް ބިރުވެރިކަން ވެރިވިއެވެ. މާޒީގެ އެކި ހާދިސާތަށް ކުލަ މަންޒަރުތަކެއްފަދައިން އޭނާގެ ދެލޯ ކުރިމަތީގައި އެނބުރިގަތް ކަހަލައެވެ.

ކަންބޮޑުވެފައި އަރްޒަން ފޯނަށް ބަލައިލިއެވެ. އޭނާއަށް ޔަނާލަށް ގުޅުނު އަދަދެއްވެސް މިހާރު ނޭނގެއެވެ. މިވީ ދުވަސްކޮޅު ތެރޭގައި އޭނާ ގުޅުމުން އެއްފަހަރުވެސް ޔަނާލް ފޯނު ނުނަގާފައެއް ނެތެވެ. ޔަނާލްއަށް ކޮންމެވެސް ކަމެއްވީކަމުގެ އިންޒާރު އޭނާގެ ސިކުނޑިން ދޭން ފެށުމުން އަރްޒަންއަށް އަތުގައިއޮތް ފޯނަށް ބާރުކޮށްލެވުނެވެ.

Share Article

Follow Me Written By

Nau

Level 810 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

އުންމުލް މުއުމިނީން ޢާއިޝާ ރަޟިޔަ ﷲ ޢަންހާ

Next

ވީމޭ މަ ކައިރީގާ (5)

Next
September 16, 2018

ވީމޭ މަ ކައިރީގާ (5)

Previews
September 16, 2018

އުންމުލް މުއުމިނީން ޢާއިޝާ ރަޟިޔަ ﷲ ޢަންހާ

38 Comments!

  1. Nau says:
    September 16, 2018 at 1:07 pm

    Salaaam all.. Here is the next part. Hope u guys like this part too.. Wat will hppn nxt???? Hehe.. Enjoy reading.. Let me knw the mistakes.. Have a nice day.. Love u all my dears❤?

  2. pengiun says:
    September 16, 2018 at 1:07 pm

    yayyy me first dhww

    1. Nau says:
      September 16, 2018 at 1:10 pm

      Yayy u first?

    2. pengiun says:
      September 16, 2018 at 1:25 pm

      story is hama best…bunevaynee hama nau vare nethayyy…ly

  3. ? Unknown ? says:
    September 16, 2018 at 1:14 pm

    Anehka zaavil yanaal kyhkurybaa? ?
    Waiting for next part.?

  4. zeek says:
    September 16, 2018 at 1:35 pm

    wowowooowww…. ??????vrh reethi masha allah mi partuves….????????????
    kihinehba vaanyy dhen …. cant wait for next part …. vrh interesting stry eh myy nauu luv u & ur stry sosososo much ???????

  5. Nahu says:
    September 16, 2018 at 1:40 pm

    Nice story…curiously waiting…

  6. samm says:
    September 16, 2018 at 1:41 pm

    wooooww!!! vrh salhi mi part vx .. nau haadha molhe stry liyan, samm ge favourrite writer thiii mi site ge………btw nau, nishya aa zaavil yanaal ah dheraeh dhey kahala kameh nukurehche……i hate that two! love u n ur stry

  7. Anonymous says:
    September 16, 2018 at 1:50 pm

    V reethi aneh partah v inthizaaru kurevey❤

  8. Pinky shifoo says:
    September 16, 2018 at 1:59 pm

    Wowwww ???❤️❤️❤️… Maa Sha Allah mi part vx v v v reethi ❤️❤️❤️????????????… Mi Story ge hurihaa parteh vx gavaidhun kiyan comment nukurevunas ???… Nau ge ehen story thakekey ehfadhain mi story vx hama v v v reethi ❤️❤️❤️????????????… Sifakurumaa story kuriah gendhaa goi hama superb ??????… Nau akee one of my favourite story writer ???❤️❤️❤️??????????… Keep up the good work Nau ❤️❤️❤️????????????… Curiously waiting for the next part ???… Lots of love ❤️❤️❤️????????????…

  9. Hudher says:
    September 16, 2018 at 2:19 pm

    Woooow dear v v v rythi mi part vx…..maasha allah…..whn next..????

  10. Lotus says:
    September 16, 2018 at 2:28 pm

    Just wow.. ???v nice but nishya n zavil miulhey keekuranba.. curiously waiting for the next part

  11. Schim says:
    September 16, 2018 at 2:31 pm

    V V Reethi Mi part vess

  12. Shaashaa says:
    September 16, 2018 at 2:41 pm

    V.reethi mi part vex .zaavil ge kibain salaamaii vaanebaa alhey avahah next part beynun kiyan

  13. ?neen? says:
    September 16, 2018 at 3:16 pm

    Mashaa Allah v reethi v rom mi part vex? ehaa avahah story nunimmahchey ingey nau? u r tha best waritar? bless u?nau

  14. Xuam says:
    September 16, 2018 at 3:49 pm

    Wow….. varah varah varah reethi….

  15. Fathun says:
    September 16, 2018 at 4:07 pm

    Waiting for next part….. V sali story…..

  16. shannu says:
    September 16, 2018 at 10:19 pm

    Kihineh vaanbaa dhw miulheny.. alhe arxan avahah yaanl mengeah dhaanama dhw.. plx nau yanaal ah dheragotheh nuhadhahchey.. eyruves heeviey e nishyaa gandu himeynun nuhunnaanekan.. ekam shannu ah heevany (yaanl eygeah reechah balaili inumah vure rythi vaanehen eah balaili vaahaka inihyaa)..mee shannu ah heevaagoeh igey.. nau ehchehkey heenukurahchey.. mibaives hama ehvana

  17. Shain shanko says:
    September 17, 2018 at 10:31 am

    heevany kidnap kureeehenn. guest room akah gendhaanee hen heevani, vaahaka v lobi, n nau ❤❤❤❤❤❤❤❤❤ lot

  18. kaishal says:
    September 17, 2018 at 10:50 am

    wow hadha reethi ey…. varah kiyaa hithun inndha nimuny…. anehkaa yanaal ah dhera eh nudheh chey she had sufered a lot in her past dhw….

  19. އ says:
    September 17, 2018 at 11:16 am

    ޔަނާ ސަލާމަތް ކޮށްދީބަލަ އަރުޒަން

  20. Nau says:
    September 17, 2018 at 12:05 pm

    Salaam all.. M sick today ingey.. Sry to say this.. Btw nxt part up vaany in sha allah tmrw.. If i fyl btr i will try to up as soon as i cn.. Sry guys.. ?

    1. Airah says:
      September 17, 2018 at 12:27 pm

      ? its ok dear.Gws Nau

    2. kaishal says:
      September 17, 2018 at 1:43 pm

      GWS dear …… ok komme hen maadhan up nukuriyas bali iru u have to rest dhw …i trust you bali ragalhu v ma up kurane nau… i hope ehen readers vex mikamaa ehbas kamah….

    3. Xuam says:
      September 17, 2018 at 8:04 pm

      Get well soon Nau….

  21. samm says:
    September 17, 2018 at 2:24 pm

    i agree………….nau gws

  22. ?Neen? says:
    September 17, 2018 at 7:43 pm

    Shiafaakahllah ? hoap u fine nau love u❤❤

  23. Maya says:
    September 17, 2018 at 9:58 pm

    GWS nau sis. ????lahe nau sis balu vyma maya vv dhera vehje ???again GWS…. BTW vvvvvvvvv reethii MashaAllah ???????alhe noon arzan avahah dhey yanaa salamaih kuran… Sifakurun buneveynyy hama thivareih nethey?????????????????????????vv curious mihaaru nxt part kiyaahithun……… Waiting for Next part ????????????sis rangalhu vyhaa avahakah genesdhy ingey.. Vvvv lwbi vey.. ?????shafaaikahlah…… ???????

    1. Maya says:
      September 17, 2018 at 9:58 pm

      Alhe*
      Bali *

  24. Anonymous says:
    September 17, 2018 at 10:33 pm

    Waiting for nxt part..when will it be up??

  25. Nahu says:
    September 18, 2018 at 8:22 am

    Gws dear …story hama habeys. ..Curiously waiting for the next part ..varah sad nau bali v ma …shafaakallah

  26. Nau says:
    September 18, 2018 at 10:50 am

    Thank u soo much everyone for understadning.. In sha allah mireyge vaguthehga next part up kuran try kuran eba.. Kyp waiting.. Love u all❤

  27. Shaai says:
    September 18, 2018 at 11:21 am

    Shafaakallah nau baby girl…
    Haadha inthizaareh ebakuramey upload vaane irakah.

  28. malu says:
    September 18, 2018 at 11:33 am

    koba aneh part haadha lahey
    vai vaane ingey thihen hadhanyaa

    1. Lam says:
      September 18, 2018 at 3:31 pm

      I knw u love this story but as everyone is patiently waiting for the next part , pls try to be bit understandable as most of commentators above as she is sick and she has even informed abt it.nau is one the few decipline writer among all as far as i knw. keep going . U the best.btw get well soon.we all love u <3

  29. samm says:
    September 18, 2018 at 11:34 am

    THNX nau….. GWS dear….. Tc

  30. shashaa says:
    September 18, 2018 at 1:35 pm

    mipart vex v.reethi next part haadha lasvany kondhuvahakunthr next part genesdheny…..

  31. Anonymous says:
    September 18, 2018 at 3:51 pm

    Thanks nau… Get well sooon nau❤❤❤
    Mi part vess varah reethi❤❤

Comments are closed.


All Right Reserved!