Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ވީމޭ މަ ކައިރީގާ (5)

Ninnu Level 210 Stories
September 16, 2018 4 Mins Read
5 Comments

ހިޔާލަށް ގެއްލިފައި އިން ރުހާނީ ސިހުނީ ފޯނަށް މެސެޖެއް އައުމުންނެވެ. އެއީ އޭނާއާއި އައްރާދު ވަކިވާން ދިމާވި ހާދިސާއެވެ. ނަމަވެސް އޭގެ ކުރީގެ ކިތަންމެ ކަމެއް އެހިތުގައި ބިންވަޅު ނެގިފައި ވެއެވެ. އެންމެ ފުރަތަމަ އޭނާ އައްރާދުގެ އެނދުގައި ނިދިރެއެވެ. އެންމެ ފުރަތަމަ އައްރާދު ރޫހީ ކީ ދުވަހެވެ. ފޯނު ހުޅުވާލަމުން އޭގެއަށް ބަލާލިއިރު ދޮންބެ ދައްތައެވެ. ބޭރަށް އައުމަށް ބުނެފައި އޮތުމުން ރުހާނީ ނިކުމެލީ އާރާވެސް ގޮވައިގެންނެވެ. މަޑު ހިނގުމެއްގައި ގޮސް އެމީހުންގެ ކޮޓަރިއަށް ވަން ރުހާނީ ބަލާލީ އެނދު ކައިރީގައި ކޮޅަށް ހުރި ރައްޔާނާއި އޭނާގެ އަންހެނުންނަށެވެ.

“ރޫހީ…” ރައްޔާން ގޮދަޑީގައި އަތުން ޖަހާލަމުން އިށީންނަން ބުނެލިއެވެ.

“ޔެސް..” ރުހާނީ ކުރު ގޮތަކަށް ބުނެލިއެވެ. ރައްޔާން އަބަދުވެސް އެހެން ހަދަނީ ބޮޑު ވާހަކައެއް ދައްކަން ވުމުންނެވެ. އެމީހުން ވާހަކަ ފެށުމުން ރުހާނީގެ ދެލޯ ބޮޑު ކޮއްލިއެވެ.

އައްރާދު ހުއްޓި ލައިގެން ހުރީ އޭނާގެ ކޮޓަރީގައި ހުރި ކުޑަދޮރު ކައިރީގައެވެ. ބޭރަށް ބަލަހައްޓައިގެން ހުރިއިރު އޭނާ ދޭތެރެއަކުން އޭނާ ކަރުކެހިލައެވެ. ހީވަނީ ކަރުގައި ރިހުމެއް އުފެދިގެން އުޅޭ ހެންނެވެ. ދެކެން ބޭނުން ނުވި އެތަށް ކަމެއް އޭނާއަށްވަނީ ފެނިފައެވެ. ކުރަން ބޭނުންނުވި އެތަށް ކަމެއް އޭނާއަށް ވަނީ ކުރެވިފައެވެ. ރުހާނީ ބުނިހެން ވަރިވާން ވީ ހެއްޔެވެ؟ ނަމަވެސް އޭގެ ކުރިން އޭނާ އެނގެން ބޭނުންވި އެތަށް ކަމެއްވިއެވެ.

*****

2 އަހަރު ކުރި

ސިބަތް އެގެއަށް ބަދަލުވިފަހުން އަބަދުހެން އުޅެނީ ރުހާނީ ފަހަތުންނެވެ. ނޫނީ އުޅޭނީ އައްޜާދު މެންގެ އެޕާޓްމެންޓަށް ނުވަދެވިގެންނެވެ. ރީތި ފިރިހެނެއް ނަމަވެސް އޭނާގެ އުޅުމުގައި އެރީތި ކަމެއް ނުވެއެވެ. މިއަދަކީ އައްރާދުގެ އޮފް ދުވަސް ކަމުން އޭނާ މަޑު ކޮއްލައިގެން ހުރީ ގޭގައެވެ. ސިބަތް އެހެން ރުހާނީގެ ފަހަތުން އުޅޭތީ އޭނާ އެކަމާއި ކަންބޮޑުވެއެވެ. ޓީވީގެ ރިމޯޓް އެއްއަތުން ހިފައިގެން އިން ރުހާނީގެ މޫނަށް ބަލައިލި އައްރާދު އެއްކޮލުން ހީލަމުން އައިސް ރުހާނީއާއި ޖެހިގެން އިށީނެވެ. މިވީ ދެތިން މަސް ދުވަސް ތެރޭގައު އެދެމުގައިވި ދުރުކަންވެސް ވަނީ ކުޑަވެފައެވެ. ނަމަވެސް އަދިވެސް ރުހާނީ އިސްވެ އޭނާއާއި ވާހަކައެއް ނުދައްކައެވެ. ރައްޓެހި ކަމުގެ ގުޅުމަށް ބަދަލުވި ނަމަވެސް ރުހާނީ އަދިވެސް ނެގިމަޑުވެފައި ވާވަރު އޭނާއަށް ވިސްނެއެވެ.

އައްރާދު ރުހާނީގެ މޫނަށް ބަލަން ފެށުމުން އެންމެ ފަހުން ރުހާނީ ޓީވީ ނިއްވާލުމަށްފަހު އައްޜާދުގެ މޫނަށް ބަލާލިއެވެ. އޭރުވެސް އައްރާދު އިނީ އެއިން ގޮތަށް ހީގަނެގެން ބަލަހައްޓައިގެންނެވެ. ރުހާނީ ލޯ ހަނި ކޮއްލުމުން އައްރާދު އޭނާ ޝަހާދަ އިނގިލި ގެނެސް ރުހާނީގެ ކޮލުގައި ޖައްސައިލިއެވެ. ރުހާނީއާއި އައްރާދުގެ މެދުގައި ވަނީ ގާތް ރަހުމަތްތެރިންގެ ގުޅުމެވެ.

“ވަޓް..” ރުހާނީ އައްރާދުގެ އިނގިލި އޭނާގެ ކޮލުން ވަކި ކޮއްލަމުން ބުނެލިއެވެ.

” ޔޫ ހޭވް ޑިންޕަލްސް..” އައްރާދު އޭނާގެ މޫނު ކައިރި ކޮއްލަމުން ބުނެލިއެވެ. އެކަހަލަ ކޮންމެ ވަގުތެއްގައި ރުހާނީގެ ހިތުގެ ވިންދު އަވަސްވެއެވެ.

“މައި ޑޭޑްގެ ފެމިލީގެ ހުންނާނެ..” ބައްޕަ މަތިން ހަނދާން ވުމުން މޫޑު އޮފްވި ރުހާނީ ބުނެލިއެވެ. މައުލޫ ބަދަލު ކޮއްލަން ބޭނުންވި އައްރާދު ވަގުތުން ފެށީ އެހެން ވާހަކަ އެކެވެ.

“ސޯ ކީއްވެ އޯ ރޫހީ ކިޔަނީ..” އައްރާދު އެހެން އަހާލަމުން ޓީވީއަށް ނަޒަރު ހުއްޓާލިއެވެ. އޭނާ ރުހާނީގެ މޫނަށް ބަލަން ބޭނުންނުވީ ދެރަވީމައެވެ. ރުހާނީއާއި މެދުގައި އިތުރު ނަޒަރަކުން އޭނާ ދެކެން ބޭނުން ނުވާތީއެވެ.

“މަންމަ ބުނީ ހަމައެކަނި ލޯބިވާ މީހުން ކިޔާ އެއްޗެކޭ..” ރުހާނީގެ ޖަވާބު ވަރަށް ކުރެވެ. ނަމަވެސް މާނަ ވަރަށް ފުނެވެ.

“އޯކޭ ރޫޙީ..” އައްރާދު އެހެން ބުނުމުން ރުހާނީ ސިހިފައި ބަލާލިއެވެ. އެއީ އައްރާދު އޭނާއަށް ރޫޙީއޭނ ކިޔާފައި ގޮވާލި ފުރަތަމަ ފަހަރެވެ.

“ޔޫ ޑޯންޓް ލަވް ވީ..” ހީލަމުން ރޫހާނީ އެހެން ބުނެލީ އައްރާދުއަށް ޖެއްސުން ކުރާށެވެ.

“އައި ޑޯންޓް ހޭޓް ޔޫ…” ރުހާނީއާއި ދިމާލަށް ގުދުވަމުން އައްރާދު ބުނެލިއެވެ. ސޯފާ ތެރެއަށް ވެއްޓުނު ރުހާނީ  މޫނުގެ އެއްފަރާތުގައި އަތް ބާއްވާލަމުން އޭނާގެ މޫނަށް ނޭވާ އެޅޭހައި ހިސާބަށް އައްރާދު ތިރިވެލިއެވެ.

“އެހެމް…” ދުރުން އިވިގެން ދިޔަ ފިރިހެން އަޑުން ދެމީހުން އަވަހާއި ދެމީހުން އެއްފަހާރައި ހެން އެދިމާލަށް ބަލާލިއެވެ. ދޮރުމަތީގައި ހުރި ސިބަތް ފެނުމުން އައްރާދުގެ މޫޑު ސަކަރާތް ވިއެވެ.

“ސިބަތް ޓަކި ނުޖަހާ އަންނަނީ ކީއްވެ؟” މޫނަށް ރޫތައް ގިނަވި އައްރާދުގެ ރާގުން އެކަނިވެސް އޭނާ ހިތްހަމަ ނުޖެހުނު ވަރު ރުހާނީއަށް އިހުސާސް ވިއެވެ.

“އަހަރެންގެވެސް ގެއޭ މީ..” ސިބަތް އެހެން ބުނުމުން އައްރާދު އިތުރަށް ރުޅިއައެވެ.

” މީ އަހަރެންގެ ކޮއްކޮއާއި އަހަންނާއި އަހަރެންގެ ބައްޕަގެ ގެއެއް..” ރުޅިވެރިކަން އެހެން ސިފައެއް ހިޔާރު ކޮއްފާނެތީ އައްރާދު އެތަނުން ތެދުވަމުން ރުހާނީވެސް އެތަނުން ނެގިއެވެ. ސިބަތް އައިސް ރުހާނީ އިށީންދެގެން އިން ތަނުގައި އިށީނެވެ. އައްރާދު ރުހާނީ ކައިރީގައި ކޮޓަރީގައި މަޑު ކޮއްލައިގެން ހުރުމަށް ބުނުމަށްފަހު ބޭރަށް ނިކުތެވެ. އޭރު ސިބަތް ސޯފާގެ ވަސް ބަލަނީއެވެ. އޭނާގެ އެއަމަލަން ބޮލަށް އުދަނގޫވި ނަމަވެސް އައިސް މަޑުމަޑުން ސިބަތުގެ އަތުގައި ޖަހާލިއެވެ.

“ސިބަތް ކިހިނެއް ވެގެން ތިއުޅެނީ..” އައްރާދު އެހެން ބުނުމުން ސިބަތްގެ މޫނަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ.

“ރާދުއަށް ނޭގުނިއްޔާ އައި އޭމް ސޮރީ.. އައި ލައިކް ޔުއަރ ވައިފް..” އެއްވެސް ދޮގެއް ނެތި ސިބަތް ބުނެލިއެވެ. ރުޅިއައުމަށްވުރެ ބޮޑަށް އައްރާދު ފަކުރު ގަތީއެވެ.

“އަހަރެން ކިޔާ އަޑު އަހަނި ހަޔާތްކުޑަ މީހުންވެސް އުޅެއޭ.. ތިވަރެއް ނުން ކަންނޭނގެ އެކަމް.. ރޫހީ އެއީ އަހަރެންގެ އަންހެނުން.. އިފް ޔޫ އީވެން…”

“އޯހް ޕްލީޒް.. ވީ ބޯތް ނޯ ދެޓް ޔޫ ހެވެންޓް ސްލެޕްޓް ވިތް ހަރ….” ސިބަތްގެ އެޖުމްލައިން އައްރާދު ރުޅި ކޮންޓްރޯލުން ނެއްޓުނެވެ.

“ކަލޭ މީގޭގައި އުޅެން ބޭނުމިއްޔާ މި އެޕާޓްމެންޓަށް ވަދެގެން ނުވާނެ.. އެންޑް އަހަރެންގެ އަންހެނުން ހުންނަ ތަނަކައީ ދިހަ ފޫޓް ކައިރި ވެގެންވެސް ނުވާނެ..” އައްރާދު ދޮރު ހުޅުވާލަމުން ވަގުތުން ނިކުންނަން ސިބަތު ކައިރީގައި ބުނެލިއެވެ. އަބަދުވެސް ސިބަތުއަކީ އެފާޑަށް އުޅޭ ފިރިހެނެކެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އޭނާ ސިބަތު ދެކެ ފޫހިވީ އެކަމާއި ހެދިއެވެ. މިއަދު ދިމާކޮށްފައި އެހެރީ އޭނާގެ އަންހެނުންނާއެވެ.

އައްރާދުގެ ފޯނަށް މެސެޖެއް އައުމުން އޭނާ އެޕާޓްމަންޓް ތަޅުލާފައި ދިޔައީ ރުހާނީ ކައިރީގައި އެތެރެއިން ނުނިކުތުމަށް އަމުރު ކޮއްފައެވެ. އޭނާ އެހެން ކަންތައް ކުރަން ޖެހެނީ ސިބަތުގެ ސަބަބުންނެވެ. ނަމަވެސް ރުހާނީ ދެކޭ ގޮތުގައި އޭނާ ގެއިން ނިކުތަ ނުދޭށެވެ. އޮފީހުގެ ދިހަ ވަނަ ނުރިއަށް ލިފްޓް ހުއްޓުމާއެކު އޭނާ އެތެރެއަށް ވަދެގެން ހިނގައި ގަނެފިއެވެ. އެތަނުގައި ވަނީ ހަތަރު ކެބިންއެވެ. އާދައިގެ ކުޑަ އެޕާޓްމެންޓެއް ވަރު ކޮންމެ ކެބިންއެއްވެސް ވެއެވެ. ދޮރުން ވަންނަ އިރުގައި ކުޑަ ހަތަރު ސޯފާ ގޮނޑިއާއި އަދި ވަށް މޭޒެއްވެސް ހުއްޓެވެ.

“ރާދު…” ދުރުން ރިޔާޒުގެ އަޑު އިވުމުން އައްރާދު އެދިމާލަށް ހިނގައި ގަނެއްޖެއެވެ. ބޯ ޖަހާލަމުން އައްރާދުވެސް ހިނިތުންވެލިއެވެ.

“ކޮބާ؟ ކިހިނެއް ވަނީ… ކޮބާ ރޫހީ؟” އަހަން ނާހަން ހުރެފައި ރިޔާޒު އެންމެ ފަހުން އަހާލިއެވެ. ކިތަންމެ ރުޅިއައި ނަމަވެސް އެދުވަހު ކަންތައް ވީ ގޮތުން އޭނާ ކުޑަކޮށް ދެރަވިއެވެ. ރުހާނީދެކެ ފޫހިވާ ސަބަބު ކިތަންމެ ފަހަރަކު އޭނާ ބުނަން ބޭނުން ވެއެވެ. ނަމަވެސް ޝާރޫނާއާއި ހެދި ބުނެވޭ ތަނެއް ނާދެއެވެ.

“ރޫހީ ގޭގަ..” އައްރާދު ރޫހީއޭ ބުނުމުން ރިޔާޒު ބަލާލިއެވެ. ރުހާނީ އެއްވެސް މީހަކު އޭނާއަށް ދިމާލަށް ރޫހީ ކިޔަން އެއްބަސް ވަނީ ވަރަށް ވަރުންކަން އެންމެ ރަނގަޅަށް އެނގޭ އެކަކީ ރިޔާޒެވެ.

“ދޮންބެ ކީއްވެ ރޫހީ ދެކެ އެހައި ރުޅި އަރަނީ…” އައްރާދު ގަސްތުގައި ދޮންބެއޭ ބުނީ ރިޔާޒުއަށް އެއްޗެއް ވިސްނައި ދޭށެވެ. އޭނާ އެނަޒަރުން ރުހާނީއާއި މެދުގައި ނުދެކޭކަން އެންގުމަށެވެ.

“ރުހާނީއެއީ އެއްއިރެއްގައިވެސް އަހަރެންގެ ދަރިއެއް ނޫން..” ރިޔާޒް ދުރަށް ބަލާލަމުން ބުނެލިއެވެ. އޭނާގެ މޫނުން ރުޅިވެރިކަން ފާޅުވަމުން ދިޔައިރު އެކަމެއް ވާހަކައަކުން ނުދައްކައެވެ.

“ރުހާނީއަކީ ޝާރޫނާގެ ދަރިއެއް ނޫން.. ޝަރޫނާ އަމިއްލަ ދަރިއަށް ވުރެ ބޮޑަށް ލޯބިވިނަމަވެސް…” ރިޔާޒު އަދިވެސް ބަލަންހުރީ ބޭރަށެވެ. ރުހާނީ ރިޔާޒުގެ އަތަށް ގެނެސް ދިންއިރު އޭނާގެ އުމުރުން އެންމެ ދެއަހަރެވެ. ހިކި ކަމުން އެކުއްޖާ ހީވަނީ އިންސާނާގެ ކަށިގަނޑު ހެންނެވެ.

ރިޔާޒް އަތޮޅު ތެރެއަށް ކުރި ދަތުރެއްގައި ރަހުމާއާއި ދިމާވީ އައްޑޫއިންނެވެ. ރައްޔާންއާއި ޝަރޫނާ މާލޭގައި މަޑުކުރީ ރިޔާޒްގެ އެދުމުގެ މަތިންނެވެ. އަހަރަކަށް ދެމިގެންދިޔަ އެދަތުރުގައި ރިޔާޒަށްވަނީ ވަރަށް ބޮޑެތި ގޯސްތައް ހެދިފައެވެ. އޭގެތެރެއިން އެއް ގޯހަކީ ރުހާނީއެވެ. ރިޔާޒު ދަތުރު ނިންމާލާފައި އައިއިރު އެއްވެސް  ވަރަކަށް ރަހުމާ އިނީ ބަލިވެ ކަމެއް ނޭނގެއެވެ. ނަމަވެސް ކަންތައް ގޯސްވީ ރަހުމާ ދެއަހަރުގެ ރުހާނީ ގޮވައިގެން އައިސް އެމީހުންގެ ގެއަށް ވަނުމުންނެވެ. އޭނާއާއި ނުއިންނަނިސް އެގެއިން ނުނިކުންނާނެ ކަމަށްބުނެ ބިރު ދައްކަމުން ދިޔައީ ރުހާނީ ދައްކައިގެންނެވެ. ޝަރޫނާ ރައްޔާން ގޮވައިގެން އެގެއިން ނިކުތުމުގެ ކުރިން އެއްދުވަހު ރުހާނީ އުރާލިއެވެ. ކަންތައް ބަދަލުވީ އެހާ ހިސާބުންނެވެ. ރިޔާޒުއާއި ރައްޔާނަށް ވުރެ ބޮޑަށް ވައްތަރީ ރުހާނީއެވެ. ޝާރޫނާވެސް ރުހާނީ ބޭނުންވީއެވެ. ރަހުމާގެ ކަންތައް އެހިސާބުން ގޯސްވިއެވެ. 8 އަހަރުގެ ރައްޔާންގެ ކަރުގައި ވަޅި ޖައްސައި މަރަން ތައްޔާރު ވެފައި ހުރި މަންޒަރު އަދިވެސް ރިޔާޒުގެ ލޮލަށް ސިފަވާ ކަހަލައެވެ. ހުރިހާ ކަމެއް ދިމާވީ ރުހާނީގެ ސަބަބުންނެވެ.

ހުރިހާ ވާހަކައެއް ކިޔައި ދިނުމަށްފަހު ރިޔާޒު އައްރާދާއި ދިމާލީ އޭނާ ރުޅި އަންނަ ސަބަބު މިހާރު އައްރާދަށް އެނގޭނެތީއެވެ. ނަމަވެސް އައްރާދުގެ މޫނުން އެކަހަލަ އެއްވެސް ކަމެއް ނުފެނުނެވެ.

“ތިބުނީ އެހެންވެއޭ މިހުރިހާ ދުވަހު ރުހާނީއާއި މެދު އެހެން ކަންތައް ކުރީ…” އައްެރާދު މަލާމާތުގެ ރާގަކަށް ހީނގަންނަމުން ބުނެލިއެވެ.

“ރާދުއަށް އެއްވެސް އެއްޗެއް ނުވިސްނުނުތަ؟ އޭނާގެ މަންމަ ހެންނޭ އޭނާ އުޅޭނީ…” ރާމިޒުގެ އެންމެފަހު ޖުމުލައިން އައްރާދުގެ އަތް މުއްކަވާލެވުނެވެ.

“އެކްޒެކްޓްލީ.. އޭނާގެ މަންމައޭ އެހެން ކަންތައް ކުރީ… ރުހާނީއެއް ނޫން.. ރޫހީއަށް އެންމެ ފުރަތަމަ ނޭނގެ އޭނާގެ އަސްލު މަންމައަކީ ޝަރޫނާ ދައްތަ ނޫންކަމެއް.. ރުހާނީ އުޅެނީ ދޮންބެ އުޅޭ ގޮތަށް..އެހެން ބޯހަރުކޮށް.. އޭނަގެ މަންމައުޅޭ ގޮތަކަށް ނޫން…” އައްރާދު އެހެން ބުނެފައި އިންތަނުން ތެދުވެގެން ހިނގައި ގެނފިއެވެ. ރިޔާޒަށް ކިޔާނެ އެއްޗެއްވެސް ނޭނގުނެވެ. ތެދެކެެވެ. އޭނާއަށް ހަޤީޤަތަކީ ކޮބައި ކަމެއްވެސް ނޭނގެއެވެ.

ނުނިމޭ

Share Article

Follow Me Written By

Ninnu

Level 210 Stories

Other Articles

Previous

ބުނާށެ ލޯބި ނުވަނީހޭ (16)

Next

ހާސިލް ވުމަށް އެދި ހިތް ރޮނީ 10

Next
September 16, 2018

ހާސިލް ވުމަށް އެދި ހިތް ރޮނީ 10

Previews
September 16, 2018

ބުނާށެ ލޯބި ނުވަނީހޭ (16)

5 Comments!

  1. zaa says:
    September 16, 2018 at 3:03 pm

    love this stry

  2. Hudher says:
    September 16, 2018 at 3:04 pm

    Wooow dear mi part vx v v v nyc…maasha allah whn next?me second dhw

  3. Ahana says:
    September 16, 2018 at 5:12 pm

    Mi story ge concept v reethi..i luv this story..kiyaa hithun vaahaka up vi tho va beley…best of luck

  4. Hawwor; says:
    September 16, 2018 at 9:34 pm

    Hmmm….I agree with u….Ahana….salhi concept eh……luv this story….

  5. Aish maaya says:
    September 17, 2018 at 10:47 am

    Waiting for next part

Comments are closed.


All Right Reserved!