Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާނަން އެކީ 5

Ayyrie Level 110 Stories
September 15, 2018 4 Mins Read
21 Comments

ހުކުރު ދުވަހެވެ. އަރޫނާ ފަތިހު ތެދުވެލައިގެން ފެންވަރާ ނަމާދުކޮށް ތައްޔާރުވެލީ އެހެންދުވަސްތަކަށްވުރެ ކުރިންނެވެ. ކުރިޔަށް އޮތް އާދިއްތަ ދުވަހަކީ ކޮލެޖްގެ ކިޔެވުން އަނެއްކާ ހުޅުވޭ ދުވަސްކަމުން ފޮތްތަކުން ކުޑަކޮށް ކިޔާލާ ހަދާލަން އަރޫނާ ބޭނުމެވެ. ބައެއް ފޮތްތަށް ހުރީ ޔަނާލް އަތުގައިކަމުން މަސައްކަތްތަށް ނަގާ ނިމިގެން ޔަނާލް ގެނެސްދީފައިހުރި ފޮތްތަކުން ފޮތެއްހިފައިގެން އަރޫނާ ގޮސް އެނދުގައި ހަމަޖެހިލިއެވެ. ފޮތް ހުޅުވާލިވަގުތު ވެއްޓުނު ކަރުދާސްކޮޅަކުން އަރޫނާގެ ސަމާލުކަން ކިޔެވުމުން ކައްސާލިއެވެ. އޭނާ ވިސްނާލިއެވެ. ޔަގީނުންވެސް އޭނާ ފޮތްތަކުގެ ތެރެއަށް ކަރުދާސްކޮޅު ލައެއް ނަހަދައެވެ. ޔަނާލް ލާފައިވާ އެއްޗެއްކަމަށް ހީކޮށް އަރޫނާ އެ ހުޅުވައި ކިޔާލިއެވެ. އެއާއިއެކު އޭނާގެ ދެލޯ ބޮޑުވިއެވެ.

އެ ކަރުދާސްކޮޅުގައި ވިއެވެ.

“ޓު އަރޫ
އަރޫ އެޕާޓްމެންޓްއިން ދިޔަ ސަބަބު ޝީމެން ސިއްރު ކުރިޔަސް އަހަރެންނަށް އެނގޭ. އައިމް ސޮރީ ފޯރ ދަޓް އަރޫ. އައި ނޯ އައި ހޭވް ހާރޓެޑް ޔޫ އަ ލޮޓް. އަސްލު އަހަރެންނަށް އެހެން ގޮތެއް ނެތީ. އަހަރެންނާ ޝީ ގުޅުމަކީ އަހަރެމެން ބޭނުންވެގެން ކުރި ކަމެއް ނޫން. ފެމިލީ މަޖްބޫރު ކޮށްގެން. އަހަރެން ލޯބިވަނީ އެހެން ކުއްޖަކު ދެކެ. އަރޫ އައިމް ސޮރީ މިހާދުވަހު ސިއްރު ކުރެވުނީތީ. އައި ލަވް ޔޫ. އަހަރެން އަރޫ އިގްނޯރ ކުރީކީ އަރޫ ދެކެ ރުޅި އަންނާތީއެއް ނޫން. އަހަރެންނަށް ކިޔެވުން މުހިންމުވީތީ. އިރާދަކުރެއްވީތީ އަރޫއަށް އަހަރެންނަށްވުރެ މާ ރަނގަޅު ކުއްޖަކު ލިބޭނެ. އައި ވިޝްޔޫ އޯލް ދި ބެސްޓް. އަރޫ އަހަރެންނަށް މައާފް ކޮށްދޭނެކަމަށް އުންމީދުކުރަން.
-ޖީޒާން”

އަރޫނާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަތައް ފައިބައިގަތެވެ. އޭނާއަށް ދެރަވާންވީތޯ ނުވަތަ ރުޅިއިސްކުރަންވީތޯ ވިސްނައެއް ނުގަނެވުނެވެ. ނުވަތަ އޭނާއާއެކު ވާން ނެތަސް ޖީޒާން އޭނާދެކެ ލޯބިވާތީ އެކަމާ އުފާކުރަންވީތޯވެސް ނުވިސްނުނެވެ. އޭނާގެ ސިކުނޑިވަނީ ގަނޑުވެފައި ވާކަހަލަ ގޮތެއް ވެފައެވެ. އޭނާއަށް ތެދުވެވުނެވެ. ކޮޓަރިން ނިކުމެގެން ގޮސް ބެލްކަނީކައިރީ ހުއްޓި ކުރިން އުޅުނު އެޕާޓްމެންޓަށް ނަޒަރު ހުއްޓާލެވުނެވެ. އާނއެކެވެ. ޖީޒާން އެތާނގައި އެބަހުއްޓެވެ. ހަށިގަނޑުގައިވާ ތުރުތުރުއެޅުމުން އޭނާ ރޮނީކަން ހާމަވެއެވެ. އަރޫނާގެ ދެލޯވެސް ފެންކަޅިވިއެވެ. ޖީޒާންގެ ހިމޭންކަމުގެ ފަހަތުގައިވީ އޭނާ ހީވެސް ނުކުރާފަދަ ޖަވާބެކެވެ.

ފޯނު ރިންގުވާން ފެެށިއަޑަށް އަރޫނާގޮސް ކޮޓަރިއަށް ވަނދެއްޖެއެވެ. ހޭލައިގެން ބޭރަށް ދާންކަމަށް ނިކުތް ކައިލްއަށް ފެނުނީ އަރޫނާގެ ކޮޓަރީގެ ދޮރު ލެއްޕުނުތަނެވެ. އޭނާއަށް ބުމައަރުވާލެވުނެވެ. އެވަގުތު ކައިލްއަށް ފެނުނީ އެކޮޓަރީގެ ދޮރުމައްޗަށް ވެއްޓިފައި އޮތް ކަރުދާސްކޮޅެކެވެ. ބޭއިޚްތިޔާރުގައި ކައިލްއަށް އެދިމާލަށް ހިނގައިގަނެވުނެވެ. އެކަރުދާސްކޮޅު ނަގާ ކިޔާލެވުނެވެ. އެއާއެކު ކައިލްގެ ދެލޯ ބޮޑުވިއެވެ. ލޮލުން ކަރުނަތަށް އޮހިގަތީ ހަގީގަތް ގަބޫލުކުރަން ދަތިވީނަމަވެސް މަޖުބޫރުވުމުންނެވެ. ޖީޒާން އައިދުވަހުއްސުރެ އޭނާއަށް އެދެކުދިންގެ ގުޅުމެއް އޮންނާނޭ ހީކުރެވުނެވެ. މިއަދު އެ ޝައްކު ޔަގީނަށް ބަދަލުވެއްޖެއެވެ. އޭނާ ދެކެމުން އައި ހުވަފެންތަކަކީ އެއްވެސް ކުލައެއް ނެތް ހުވަފެންތަކެކެވެ.

ކޮޓަރިން ވާހަކަދައްކާ އަޑުއިވުމުން ކައިލްގެ ސަމާލުކަން އެއަޑަށް ހުއްޓުނެވެ.

“ޒީކް.އަހަރެން ބޭނުން ބައްދަލުކޮށްލަން. ޒޫދައްތައާ ނުލާ.” އަރޫނާގެ ވާހަކަ ހުރިގޮތުން ވާހަކަދައްކަނީ ފޯނުންކަން އެނގުނެވެ. އަރޫނާ މިގަޑީގައި ބައްދަލުކުރާހިތުން އެއުޅެނީ ކާކާބާއޭ ކައިލްގެ ހިތަށްއެރިއެވެ.

“އޯކޭ. މިއަދު ހަވީރު މިގެއަށް އާދޭ. އަހަރެން ކޮންމެވެސްގޮތަކުން ފޮނުވާނަން ޒީކް ބަލާ.” އަރޫނާ އަނެއްކާވެސް ވާހަކަދެއްކި އަޑުއިވުނެވެ.

ކައިލްއަށް އަދި ހިނގައިނުގަނެވެނީސް އަރޫނާ ދޮރުހުޅުވާލައިފިއެވެ. ކައިލް ފެނިފައި އަރޫނާ ދިޔައީ ސިހިގެންނެވެ. އެއާއެކު ކައިލްގެ އަތުގައިއޮތް ގަނޑު ފެނިފައި އަރޫނާ ދެލޯ ބޮޑުކޮށްލިއެވެ. އޭނާގެ މޫނުމައްޗަށް ވެރިވީ ކައިލް ކުރިން ނުދެކޭ ކުލަވަރެކެވެ.

“ވަޓް؟” އޭނާ އަހާލިއެވެ. ކައިލް ބޯހޫރާލަމުން ކަރުދާސްކޮޅު ދިއްކޮށްލައިފިއެވެ. އަރޫނާ ކައިލްއަތުން އެ ޖަހައިގެންފައި ވީދާލީއެވެ.

“އައި ތޯޓް ދަޓް އިޒް އަ ޓްރެޝަރ.؟” ކައިލް އޭނާގެ ހިތްދަތިކަން ފޮރުވުމަށްޓަކައި ސަމާސާ ރާގަކަށް ބުނެލައިފިއެވެ.

“ނޮޓް އެނީ މޯރ.” އަރޫނާ ލޯއަޅާލައިގެންހުރެ ބުންޏެވެ. އެވަގުތުވެސް އަރޫނާ ލޯބިކަމުން ކައިލްގެ ހިތް ތައުރީފުން ފުރެމުން ދިޔައެވެ.

“ވަޓް؟” ކައިލް އަށް އަހާލެވުނެވެ.

“އަހަރެން ފިޔަވާ އިތުރުމީހަކު އެ ކިޔުމުން ‘ޓްްރެޝަރ’ އަކަށް ވާނީ ކިހިނެތް؟” އަރޫނާ މަލާމާތުގެ ރާގަކަށް ބުނެލުމުން ކައިލްގެ ހިތުގައި ޖެހުނެވެ.

“އައިމް ސޮރީ.” ކައިލް ބޭރަށް ދާހިތް ކެނޑުމުން ގޮސް ކޮޓަރިއަށް ވަނދެއްޖެއެވެ.

އެދުވަސް އެއްކޮށްހެން ކައިލްއަށް ހޭދަކުރެވުނީ ރުއިމުގައެވެ. އަރޫނާގެ ނުރުހުމުގެ ބަސްތައް އޭނާގެ ހިތަށްދިން އަނިޔާ އެއީ އޭނާއަށް ބަރުދާސްތުކުރަން ދަތިވީ އެއްޗަކަށްވިއެވެ. އުމުރުން އޭނާގެ ހަޔާތުގައި މިވީ ނަވާރައަހަރުތެރޭވެސް މިފަދަ ކަމެއް އޭނާއާ ކުރިމަތިމިވީ އަލަށެވެ. އަންހެންކުއްޖަކާހެދި މިފަދަގޮތެއް މީގެކުރިއަކުން އޭނާއަކަށް ނުވެއެވެ. އޭނާގެ އުންމީދުތައް ވިއްސިވިހާލިވުމުން އޭނާއަށް ކެތްކުރަން އުނދަގޫވިއެވެ. ސާމިޔާ އެމަންޒަރު ދެކުނީ ހިތްދަތިކަމާއެކުގައެވެ. އޭނާގެ ހުރި ހަމައެކަނި ފިރިހެންދަރި އަލަށް ދިމާވީ ކުއްޖަކާހެދި އެހާލުގައި އުޅޭތަން ދެކެން އޭނާއަށްވެސް އުނދަގޫވިއެވެ. ނަމަވެސް އަރޫނާއަކީ ކޮންކަހަލަ ކުއްޖެއްކަމާއި އޭނާގެ ގޮތް ނޭނގޭތީ ސާމިޔާއަކަށްވެސް އަރޫނާގާތު ކައިލްގެ ވާހަކަ ދައްކާކަށް ނުކެރުނެވެ.

ބޭރުން މާ އަޑުގަދަވާންފެށުމުން ކައިލް ތެދުވެގެންގޮސް ކުޑަދޮރުން ބޭރުބަލާލިއެވެ. އޭރު ޔަނާލްއާއި އަރޫނާއާއި އަދި ކައިލް ނުދެކޭ އަންހެންކުއްޖެއް ކޮރިޑޯގައި ސަކަރާތްޖަހަން ތިއްބެވެ. އެއާއެކު ކައިލް އަރޫނާއާއެކު ކޮލެޖްތެރެއިން ފެންނަ ފިރިހެންކުއްޖާ ހުރުމުން ފޫހިވިއެވެ. އަރޫނާ އެފިރިހެންކުއްޖާޔާ ވާހަކަދައްކާ މަޖާކޮށް އުޅުނުލެއް ގާތްކަމުން ހިތުގައި ހަސަދަވެރިކަމުގެ ހުޅުކޮޅެއް ރޯވިއެވެ. އޭނާ އެކުއްޖާގެ މަގާމުގައި ހުރިނަމަވެސް މިއަށްވުރެ ހިތަށް ފަސޭހަވީހޭ ހިތަށްއަރާ އެދެލޯ ފެންކަޅިވިއެވެ. އޭނާގެ ހުރީ ކޮން އުނިސިފައެއްހޭ ހިތަށްއަރާ އަމިއްލަ ނަފްސުދެކެ ރުޅިއާދެވުނެވެ.

އާދިއްތަދުވަހު ކިލާސްނިމިގެން ކައިލްއާއި އަރޫނާ ދާންޖެހުނީ އެކަންޏެވެ. ޔަނާލް އެކްސްޓްރާ ކިލާހަށް ދާން ޖެހުމުންނެވެ. ހަމަހިމޭންކަން އެދެމެދަށް ވެރިކުރުވައިގެން ނިކުންނަންދިޔަ އަރޫނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ފަހަތުން އަރޫނާއަށް މީހަކު ގޮވާލުމުންނެވެ.

“އަހަރެން މީ މިހާރު ނެތް މީހެއްދޯ؟” ކައިލްއަށް ބަލާލާފައި ޢަލްޔާ އެއްބުމައަރުވާލިއެވެ. އަރޫނާ ހޭންފެށިއެވެ.

“އާނ. ތިއީ ކާކުކަމެއްވެސް ނޭނގުނު.؟” އަރޫނާ ބުނެލިވަގުތު ނަޒަރު ހުއްޓުނީ އެދިމާލަށް އަންނަމުންދިޔަ ޖީޒާންއެވެ. އޭނާ އަވަސްއަވަހަށް އެހެންދިމާލަކަށް ނަޒަރު ހުއްޓާލައިފިއެވެ.

“ކޮބާ ޔަން؟” ޢަލްޔާ ސުވާލުކޮށްލިއެވެ.

“އެކްސްޓްރާ ކްލާހުގައި. މިވީކްގައި ތިގެއަށް ޖައްސާލާނަމޭ އަލް. ސީޔާ ދެން.” ޖީޒާން އެހިސާބަށް އަރާ ހަމަވުމާއެކު އަރޫނާ ނިކުންނަން ހިނގައިގަތެވެ. ކައިލްއަށްވެސް އަރޫނާގެ އެއަމަލު ފާހަނގަ ކުރެވުނެވެ. ހިތުގައި ސުވާލުއުފެދުނު ނަމަވެސް އަރޫނާ ރުޅިއިސްކޮށްފާނެތީ އެކަމާ އެއްޗެވޭ ކިޔާކަށް ކައިލް އަކަށް ނުކެރުނެވެ.

“އަހަރެން މިއަދު އަރޫއާ ވާހަކަދެއްކުމުން ބައެއްކުދިން ހާދަ ޖޭވިއޭ.” ހިމޭންކަން މުގުރާލަން ކައިލް ވާހަކަދައްކަން ފެށިއެވެ. އަރޫނާ ހިނިތުންވެލުމުން ކައިލްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.

“އެހެންވެސް ވާނެ ބައެއްފަހަރު. އެއަކީ އަޅާލާއެއްޗެއް ނޫން.” އަރޫނާ ބުންޏެވެ.

“އޭ.. ފޮނިވީދޯ. އެހެންވިއްޔާ ވާހަކަ ނުދައްކާނަން.” ކައިލް ލާނެތްގޮތަކަށް ބުނެލުމުން އަރޫނާ ނޫނެކޭ ބުނިގޮތުން ކައިލްއަށް ޚާއްސަވިއެވެ. އަރޫނާ އޭނާއާ ވާހަކަދައްކަން ބޭނުންވާކަން އެނގުމުންނެވެ. އޭނާގެ ހިތް އުފަލުން ނަށާލިއެވެ.

“ސޯ.. އާރ ވީ ފްރެންޑްސް؟” ކައިލް އަހާލިއެވެ.

“އޭނ؟” އަރޫނާއަކަށް ނުވިސްނުނެވެ.

“އެއްކަލަދުވަހު ވީކަމާހެދި އަދިވެސް ރުޅިހަދާލައިގެނެއްނު ތިހުރީ؟” ކައިލް އަރޫނާގެ މޫނަށް ބަލާލިއެވެ. އެދޮން މޫނުމައްޗަށް ވެރިވީ ލާނެތްހިނިތުންވުމުން ކައިލްއަށް އެއީ ހީވި ހީވުމެއްކަން ޔަގީންވިއެވެ.

“ކައިލްވެސް ދޯ؟ އެއީ ރުޅިއަންނަވަރު އެއްޗެއް ނޫނޭ. އެގަޑީގަ ހިތްހަމަނުޖެހުނަސް އެއީ ރުޅިއެއް ނޫން. އަހަރެން ރުޅިއަންނާނީ ރަނގަޅަށްވެސް އަހަރެންގެ އިމޯޝަންސް ތަކާ ކުޅެލީމަ.” އަރޫނާ ކިޔައިދިނެވެ.

“މިސާލަކަށް… ޖީޒާންް..” ކައިލްއަށް އޭނާއަށް ނުވިސްނުނު ސުވާލުގެ ޖަވާބު ލިބުނީއެވެ.

“ޔެސް. ކިހިނެތް އެނގުނީ؟” އަރޫނާއަށް އަހާލެވުނެވެ.

“ޖީޒާން އަރޫ ހުރި ހިސާބަށް ދިޔައީމަ އަރޫ ދުރަށް އައިގޮތުން.” ސިއްރު ހިނިތުންވުމަކާއެކު ކައިލް ޖަވާބުދިނެވެ. އެވަގުތު އޭނާއަށް ސިފަވީ އަރޫނާ ކައިލްއާއެކު ހިނގައިގަތުމުން ޖީޒާން ބަލަހައްޓައިގެން ހުރިގޮތެވެ.

“ކައިލް. މިރޭ ބައްޕަ އެބަ ދުރުވޭ.” މެންދުރު ކެއުމުގެތެރެއިން ސާމިޔާ ދިން ހަބަރުން ކައިލްއަށް ލިބުނު އުފާވެރިކަން އިންތިހާއެވެ. އޭނާގެ ބައްޕަ އާރިޒްއަކީ އަބަދުވެސް ވިޔަފާރިދަތުރުތަކުގައި ރަށުން ބޭރުން ރާއްޖޭން ބޭރުން އުޅޭ މީހެކެވެ. އެހެންކަމުން ކައިލްމެންނަށް އާރިޒް ފެންނަނީ މަހަކު އެއްހަފްތާ ނޫނީ ދެހަފްތާއަށެވެ.

“އަސްލުވެސް؟ ގްރޭޓް ނިއުސް..” ޔަނާލްގެ ދެލޯ ވިދައިގަތެވެ. ކައިލްއަށް ޖެއްސުންކޮށް އުނދަގޫކުރަން ފުރުސަތެއް ލިބުނީއެވެ. އެދެކުދިންގެ ދެމެދުގައި އޮންނަނީ އެފަދަ ގުޅުމެކެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ayyrie

Level 110 Stories

Other Articles

Previous

ހިނިތުން ވެލާށޭ ކަލާ 1

Next

ބުނާށެ ލޯބި ނުވަނީހޭ (15)

Next
September 15, 2018

ބުނާށެ ލޯބި ނުވަނީހޭ (15)

Previews
September 15, 2018

ހިނިތުން ވެލާށޭ ކަލާ 1

21 Comments!

  1. riyer says:
    September 15, 2018 at 12:56 pm

    masha allah varah reethi mi part ves

    1. Aruu says:
      September 15, 2018 at 1:02 pm

      Thank you?❤

  2. Thuhtha says:
    September 15, 2018 at 12:57 pm

    Nice mi part ves….. Also me first dho…ye ye
    Ekam dhen anna part thankolheh avhah &dhigu kohlahchey……

    1. Aruu says:
      September 15, 2018 at 1:03 pm

      Thanks? midhuvaskolhu busy v ma Las vee. Sorry for that?

  3. lishaa says:
    September 15, 2018 at 1:03 pm

    Me first dhw!!!!!
    Nice waiting for next part!!!!!!!

    1. Aruu says:
      September 15, 2018 at 1:04 pm

      Thanks?❤

  4. Kujje says:
    September 15, 2018 at 1:10 pm

    ?

    1. Aruu says:
      September 15, 2018 at 1:19 pm

      ?❤

  5. Hudher says:
    September 15, 2018 at 1:28 pm

    Woow dear v v v rythi mi part vx…..maasha allah….whn next

    1. Aruu says:
      September 15, 2018 at 1:41 pm

      Thanks Hudher . Next varah avahah up kureveytho mi balanee ?

  6. Naju says:
    September 15, 2018 at 2:48 pm

    V nice bt up kuraaleh maalahy aru… ????????????

    1. Aruu says:
      September 16, 2018 at 1:37 pm

      Thanks?

  7. Maya says:
    September 15, 2018 at 4:23 pm

    Vvv reethi ingey hama awesome ?????????next part avahah up kohdhehchey plyxx ?????????MashaAllah ?????

    1. Aruu says:
      September 16, 2018 at 1:37 pm

      Thanks?❤

  8. Someone?? says:
    September 15, 2018 at 7:07 pm

    Whn next part???

  9. Ibsha says:
    September 16, 2018 at 6:27 pm

    Asl vareh reethi ?

    1. Aruu says:
      September 17, 2018 at 1:22 pm

      Thanks?

  10. Shaba? says:
    September 18, 2018 at 6:08 am

    Vrh reethi part eii…maashallah…?????????

    1. Aruu says:
      September 18, 2018 at 3:41 pm

      Thanks?❤

  11. Sham says:
    September 21, 2018 at 3:48 pm

    Kyh ve ehaa lasvany next part

    1. Aruu says:
      September 21, 2018 at 5:58 pm

      Maadhan insha allah?

Comments are closed.

Next Episodeވާނަން އެކީ 6←


All Right Reserved!