Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި ވީމޭ ސިއްރު ސިއްރުން (20

hattey Level 410 Stories100 Login100 Comments500 Login
September 15, 2018 5 Mins Read
19 Comments

ގިނަ އިރުތަކެއް ވަންދެން އިނާޔާއާއި ވާހަކަ ދައްކަން ހުރުމަށްފަހު ހަނާޝްއާއި ރައީޝް ގޮވައިގެން ރީޝާއަށް ގެއަށް އާދެވުނުއިރު އިރުއޮއްސިިގެން ހިގައްޖެއެވެ. ކޮންމެެސް ވަރަކަށް ވަރުބަލިކަން އިޙްސާސްް ކުރެވިފައިވާތީ ގެއަށް ވަންގޮތަށް ފުރަތަމަވެސް ރީޝާ ހިނގައިގަތީ ސޯފާއާއި ދިމާއަށެވެ. އެއިރު އޭނާގެ މަންމަ ސޯފާގައި އިށީންދެލައިގެން އިނެވެ. ރީޝާ ފަދައިން ރައީޝް ވެސް ޒުލޭޚާގެ ކައިރީގައި އިށީނެވެ. އެވަގުތު ހޭދަކުރި ގޮތުގެ ވާހަކަ ރައީޝް ގާތު ޒުލޭޚާ އަހާލިއެވެ. ރައީޝްގެ މޫނުމަތިން ޒުލޭޚާއަށް ހާމަވީީ ކޮންމެެސް ކަމަކާއިމެދު ހިތްހަަމަ ނުޖެހިފައި ހުރިކަމެވެެ. އެހެންކަމުން, އޭގެ ސަބަބު ހޯދާލަން ޒުލޭޚާ މަސައްކަތް ކޮށްލިއެވެ. “ދަރިފުޅު ކޮންކަމަކާ ހިތްހަމަ ނުޖެހިފަ ތިހުރީ…؟” ރައީޝް ގެނެސް އުނގުތެރޭގައި ބައިންދާލަަމުން ޒުލޭޚާ މިހެން އަހާލުމާއިއެކު ގެއަށް އައިލެއް މާއަވަހޭ ބުނެ ރައީޝް ޝަކުވާ ކުރަންފެށިއެވެ. އިރުއޮއްސިފައި ވީނަމަވެސް, ގެއަށް އާދެވުނީީ މާއަވަހަށް ކަމަށް ރައީޝް ވިސްނިއެވެ. “ދަރިފުޅާ…! މަންމަ އަބަދުވެސް ބުނަމެއްނު އިރުއޮއްސުނީީމަ ބޭރުގަ އުޅޭޭކަށް ނުވާނޭ… އިރުއޮއްސުނީީމަ ޖެހޭނެ ގެއަށް ވަންނަން…” ރައީޝްއަށް ވިސްނައިދޭން ޒުލޭޚާ މަސައްކަތް ކޮށްލިއެވެ. “ބަލާބަލަ ހަނާޝް ކޮއްކޮ…! މިހާރުވެސް ކޮއްކޮ އެހުރީ ނިދިއައިސްފަ… ނަސީބެއްނު ކޮއްކޮ އެތާނގަ ހުރެ ނިދިގެން ނުވެއްޓުނުުކަން…” ލޮލުގައި އަތް ކާއްތަަން ފެށި ހަނާޝްއަށް އިޝާރާތް ކޮށްލަމުން ޒުލޭޚާ ބުނެލިއެވެ. ތެދެކެވެ. ހަނާޝް ހުރީ ނިކަން ނިދިއައިސްފައެވެ. އެކަން ހަނާޝްގެ ރަތްކުލަ އަރައިފައި ހުރި ކުޑަކުޑަ ދެލޮލުުން ހާމަވާން ހުރިއިރު އާފުރެެން ފެށީ ޒުލޭޚާ ބަލަން ހުއްޓަައެވެ. ރައީޝްއަށް ވެސް އެ މަންޒަރު ފެނުނެވެ. އެވަގުތު މަންމަ އެބުނީ ތެދެކޭ ރައީޝްގެ ހިތަށް އެރިއެވެ. އެހެންކަމުން, އިތުރަށް ޝަކުވާ ކުރާކަށް ރައީޝް ޚިޔާލެއް ނުުކުރިއެވެ.

“ރީޝާ…! އެސޮރު އެހުރީ ވަރަށް ނިދިއައިސްފަ… ކާއެއްޗެއް ދީފަ އެސޮރު ނިންދަވަން އުޅޭ…! ރައީޝް ވެސް ވީ ކައިގެން ފިލާވަޅުތައް ހަދަން… މިއަދު ވަރަށް ގިނަ މަސައްކަތްތައް ހަދަން ދިން ވާހަކަ ބުނީމެއްނު…ހިނގާ އަވަހަށް އެކަން ނިންމާލެވޭތޯ ބަލަން…” ރައީޝް ގާތު މިހެން ބުނެ ސޯފާއިން ޒުލޭޚާ ތެދުވިއެވެ. އެހެންކަމުން ރީޝާ ވެސް ހަނާޝް ގޮވައިގެން ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެެ.

އެރޭ އިރާކޮޅުގެ ވަގުތެކެވެ. ފާޚާނާއަށް ވަދެ މޫނުދޮވެލައިގެން ރީޝާ ނިކުތް ވަގުތު އޭނާގެ ފޯނަށް ކޮންމެވެސް މީހަކު ގުޅަމުންދާކަމުގެ ސިގުނަލް ދޭންފެށި އަޑު ކޮޓަރި ތެރެެއިން އިވެންފެށިއެވެ. މަޑުމަޑު މިއުޒިކީީ އެ އަޑަށް ރީޝާ ސަމާލުކަންދިނެވެ. މޫނުގައި ހުރި ފެންތައް އަތުގައި އޮތް ތުވާލިން ފޮހެލުމަށްފަހު ކައިރީގައި ހުރި ގޮނޑިމަތީގައި ބާއްވައިލައިފައި އާދައިގެ ހިނގުމެއްގައި ގޮސް އެނދުުމަތީގައި އޮތް އޭނާގެ ފޯނު ނަގައި ގުޅަމުން އެ ދަނީ ކާކުތޯ ބަލާލިިއެވެ. ފޯނުގެ ސްކްރީން އިން ފެންނަން ހުރި ނަމާާއި ނަމްބަރުުގެ ސަބަބުން ހައިރާންވެފައި ރީޝާ އިރުކޮޅަކު ފޯނަށް ބަލަހައްޓައިގެން އިނެވެ. ޚިޔާލުތަކެއް ސިކުނޑީީގައި އެބުރެން ފެށުމުން ފޯނަށް ޖަވާބުދޭން ރީޝާއަށް އުނދަގޫވިއެވެ. އެހެނަސް…އެއީ މުޅިން ރަނގަޅުގޮތް ނޫންކަމަށް ހިތަށް އަރުވާލާފައި ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ފޯނަށް ރީޝާ ޖަވާބުދިނީ ހަނާޝްއަށް އިރުކޮޅަކު ނަޒަރު ހުއްޓައިލައިގެން ހުރުމަށްފަހުގައެވެ.

ރީޝާގެ އަޑު ކަންފަތުގައި ޖެހުމާއިއެކު މެރިފައިވާ ދާނިޝްގެ ލޯ ހުޅުވިގެންދިއެވެ. އޮފީހުގެެ ގޮނޑީގައި ލެގިލައިގެން ހުރެ ރީޝާއަށް ދާނިޝް ގުޅީ އޭނާގެ ދަރިފުޅުގެ ހާލުއަހުވާލު އަހާލުުމުގެ ނިޔަތުގައެވެ. އެހެނަސް…ރީޝާގެ އަޑު ކަންފަތުގައި ޖެހުމާއިއެކު ހިތަށް ކުރުވި ފުން އިހްސާސުުން އެކަން ދާނިޝްގެ ހަދާނުން ކައްސާލިއެވެ. ބުނާނެ އެއްޗެއް ނޭގިފައިި ދާނިޝްއަށް ހުރެވުނީ ކިހާއިރަަކު ކަމެއް އޭނާއަކަށް ނޭނގުނެވެ. ރީޝާގެ އަޑު ދެވަނަ ފަހަރަށް ޖެހުމުން ދާނިޝްއަށް ގެނުވި ސިހުމާއިއެކު ފުން ޚިޔާލު ތަކުން ރުޖޫޢަ ވުމަށް ދާނިޝްއަށް މަޖުބޫރުވިއެވެ. “ހަނާޝް…! ކޮބާ ހަނާޝް…؟” ތެޅިގަންނަމުން ކަހަލަ ގޮތަކަށް ދާނިޝް އަހާލިއެވެ. އަރާމް ނިންޖެއްގައި އޮތް މައުޞޫމް ކުޑަކުޑަަ ހަނާޝްއަށް ބަލާލައިފައި އޭގެ ޖަވާބުގައި ހަނާޝް ނިދާފައި ވާކަމަށް ރީޝާ ބުނެލިއެވެ. ގޮނޑީގައި ރަނގަޅަށް ހަމަޖެހިލަމުން އިތުރު ސުވާލެއް ރީޝާއާއި ދާނިޝް ކޮށްލިއެވެ. ސުވާލަކަށްފަހު ސުވާލެއް ކުރަން ފެށިއެވެ. ދާނިޝްގެ ކޮންމެ ސުވާލެއް ވެސް ގުޅިފައި ވަނީ ހަނާޝްއާއި ކަމަށްވީތީ ދާނިޝްގެ ސުވާލުތަކަށް ބީރުކަންފަތެއް ދޭކަށް ރީޝާއަކަށް ފަސޭހައެއް ނުވިއެވެ. ހިތް ނުރުހިފައި ވިޔަސް އެެވަގުތު ދާނިޝްއާއި ވާހަކަ ދައްކަން އޭނާއަށް ލާޒިމު ވެފައިވިއެވެ.

ހަނާޝްގެ ވާހަކަތައް ހިއްސާ ކުރަމުން ދިއަ ފޯނުކޯލު ރީޝާ ނިންމާލީ އޭނާއަށް އެހެން ކޯލެެއް އަންނަން ފެށުމުންނެވެ. މާބޮޑު ޝަކުވާއަކާއި ނުލައި އެ ފުރުސަތު ދާނިޝް ރީޝާއަށް ފަހިކޮށްދިނެވެ. ފޯނު ކަންފަތާާއި ދުރުކޮށްލުމަށްފަހު ކުޑަ ވަގުތުކޮޅެއް އެ ފޯނުކޯލާާއި މެދު ވިސްނާލަން ހުރުމަށްފަހު މަޑުޖައްސައިލިި މަސައްކަތާއި ވެގެން ކުރިއަށްދާން ދާނިޝް ފެށީީ ހިތްހަމަ ޖެހިލަމުންނެވެ. ދާނިޝް ވިސްނައިފައި ވާގޮތަށް ދާނިޝްގެ ހިތުގެ ބަޔާން ރީޝާއަށް އިއްވާލުމަަށް ކޮންމެެސް ވަރެއްގެ ހިތްވަރެއް އެކަމުގެ ސަބަބުން އޭނާއަށް ލިބިގެންދިއަަކަން ހިނިތުން ވެފައިވާ އެ މޫނުމަތިން ހާމަވާން ހުއްޓެވެ.

އާދައިގެ މަތިން އިރުހަނދު އޭގެ މިސްރާބު ބަދަލުކުރުމަަކާއި ނުލައި ޤުދުރަތީޤާނޫނާާއި ޚިލާފު ވުމެއް ނެތި އޭގެ ވާޖިބު އަދާކުރަަމުންދިއެވެ. އާހެނދުނަކަށް އިރު ގަދަވެގަތުމަށްފަހު އޭގެ ވަގުތު ހަމަވުމުން ރަތްވިލާ ތަކުން ފުރިފައިވާ އުދަރެސް މަތިން ގެއްލިގެން ދަނީ ކާއިނާތު އަލިކޮށްް ވިދާ ބެބުޅުމަށް ރީތި ނަލަނަލަ ހަނދާއި ތަރިތަކަށް ފުރުސަތު ދެމުންނެވެ. އާދައިގެ މަތިން ތަރިހަނދު ވެސް އެެ ފުރުސަތުގެ ބޭނުން ނިކަން ފުރިހަމައަށް ހިފައެވެ. ނަމަވެސް ބައެއް ވަގުތު ތަކާއި ދުވަސްތަކުގައި ފަޒާގައި އެނބުރެމުންދާ ވިލާތައް އެއްތަނަކަށް ޖަމާވުމުގެ ސަބަބުން ތަރިރުހަނދު އޭގެ އަލިކަމާއި އޭގެ ބެބުޅުން ފައުޅުކުރުމަށް ނުކުޅެދެއެވެ. އެއްދުވަހު ވިލާތައް ވުޖޫދުގައި ނުވާ ކަހަލަ މަންޒަރެއް އުޑުމަތިން ފެންނަން ހުރިއްޔާ އަނެއްދުވަހު ވިލާތަކުން ދުނިޔެ ބަނަކޮށް އަނދިރި ކޮށްފައިވާ މަންޒަރު ފެނިގެންދެއެވެ. މިކަހަލަ ގޮތަކަށް ރޭދުވާ ހޭދަވެގެން ދަނީ ދުނިޔެއަަށް ހޭހުރި އެންމެން އަވަދިނެތި އެމީހެއްގެ މަސްއޫލިއްޔަތު އަދާކުރަަމުން ދިއަ ހާލުގައެވެ.

ހިނިތުންވެެގެން ހުރެ ހަނާޝް ގޮވައިގެން ރީޝާ ކޮޓަރިން ނިކުމެގެން އައީ އޭނާގެ ބައްޕަ އައި ޚަބަރުު ރައީޝް އައިސް ދިނުމުންނެވެ. ގިނަ ދުވަސްތަކެއް ވަންދެއް ރާއްޖޭން ބޭރުގައި ހުރުމަށްފަހު ޙާމިދު މާލެ އައުުމުން އެ ޢާއިލާއަށް އުފާވެރިކަން ގެނުވިއެވެ. އުފަލާއި ހިނިތުން ވުމާއިއެކު ރީޝާ އޭނާގެ ބައްޕައަށްް މަރުޙަބާކިއެވެ. ރައީޝްގެ އިތުރުން ޒުލޭޚާ ވެސް ހުރީ ހެވިދިލިފައެވެ. ރީޝާގެ އުރުގައި އިން ހަނާޝްގެ ކޮލުގައި ހިފާލުުމަށްފަހު ރީޝާގެ އަތުން ހަނާޝް އަތުލުުމާއިއެކު ހާމިދުއަށް ކުޑައިރުކޮޅަކު ބަލަން ހަނާޝް ހުރީ ދުވަހަކުވެސް ދެކިފައި ނުވާ މީހަކު އުރާލުމުން ބަލަން ހުންނަ ކަހަލަ ގޮތަކަށެވެ. ނަމަވެސް ޙާމިދުގެ ސަމާސާއިން ހަނާޝްގެ ހަރާކަތް ތަކާއި މޫނުމަތިން ފާޅުވި ޖެހިލުންވުން އިސާހިތަކު ނެތިގެންދިއެވެ.

ޙާމިދުއަކީ ވެސް ރަނގަޅުު އާމްދަނީއެއް ހޯދުމަށް ހިތްވަރާއި އެކު މަސައްކަތް ކުރަމުންދާ ހީވާގި ވިޔަފާރި ވެރިއެކެވެ. ޙާމިދުގެ މަސައްކަތުގެ މަންފާ އެ ތަނަވަސް ގޭތެރެއިން ވެސް ފެންނަން ހުރީީ މަދެއްކޮށެއް ނޫނެވެ. މާގިނައިން ނޫނަސް ވިޔަފާރި ދަތުރު ތަކުގައި ޙާމިދު ވެސް އެހެން ވިޔަފާރިވެރިން ފަދައިން ރާއްޖޭން ބޭރަށް ހެޔޮއަގުގައި މުދާ ގަންނަން ގޮސް އުޅެއެވެ. ފާއިތުވެގެން ދިއަ މަހުގެ ގިނަ ދުވަސްތައް ޙާމިދު ހޭދަކުރީ ރާއްޖޭން ބޭރުގައެވެ. އޭގެ އެއް ސަބަބެއް ކަމުގައި އެއްދުވަހެއްގައި ހިނގި ހާދިސާ އެއްގައި އޭނާގެ ފަޔަށް ލިބުނު އަނިޔާވެސް ހިމެނެއެވެ. ޙާމިދުގެ ފައި ރަނގަޅުވީީ އެެ އަނިޔާ އޭނާއަށް ލިބުނުތާ ދެހަފްތާ ފަހުންނެވެ. ވިއްސަކަށް މިނެޓް ވަންދެއް ސިޓިންރޫމްގައި ތިބެ ދަތުރުގެ ވާހަކަ ރީޝާމެންނާއި ޙިއްޞާ ކުރުމަށްފަހު ޙާމިދު ކޮޓަރިއަށް ވަނީ ވަރުބަލި ވެފައި ހުރީތީ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އަރާމުކޮށްލަން ބޭނުންވާކަމަށް ބުނެއެވެ.

ޖެހެމުންއައި ވަޔާއިއެކު އޮޮހިގަތް ވާރޭގެ ތިކިތައް މަޑުމަޑުން އައިސް ހުއްޓުމަކަށް އައެވެ. ވާރޭގެ އަސަރު ކެނޑިގެންދާނެ ދަނޑިވަޅަކަށް ބަލަބަލާ ހުރި ދާނިޝް ގެއިން ނިކުމެ މިސްރާބު ޖެހީ އަޒީލްގެ އާދޭހާއިއެކު, އދ.މަހިބަދޫއަށް ދިއުމަށްް ހަމަޖެހިފައިވާ ދަތުރުގައި އަޒީލްއާއިއެކު ބައިވެރިވުމަށެވެ. މަހިބަދޫ އަކީ އަޒީލްގެ ބައްޕައާއި ދެބެންދެދަރި މީހަކު ދިރިއުޅޭ ރަށަކަށް ވީތީ އެރަށަށް ދާން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އަޒީލް ހިފައެވެ. އެހެން ފުރުސަތުތަކެކޭ އެއްގޮތަށް މިފަހަރު ލިބުނު ފުރުސަތުގައި ވެސް އަޒީލްއާއިއެކު ދިއުމަށް ދާނިޝްގާތު އާދޭސްކުރިއެވެ. ކުރިން ދާނިޝްގެ ފަރާތުން ލިބުނީ އަޒީލް ހިތްހަމަޖެހޭ ކަހަލަ ޖަވާބެއް ނޫނެވެ. ނަމަވެސް މިފަހަރު އެއާއި ޚިލާފެެވެ. މަގުތަކުގައި ކޯރު ހެދިފައި ވުމުގެ ސަބަބުން ކުރިމަތިވި ދަތިތަކާއި އެކުގައިވެސް ދާނިޝް ސައިކަލް ދުއްވަމުން ދިޔައީ ކިތަންމެ ވިއްސާރަ ވިއަސް އަޒީލްއާއި ދެކޮޅު ހެދުމަށްވުރެ ރަނގަޅުވާނީ ދިއުން ކަމަށް ނިންމަައިގެންނެވެ. އެހެންނޫނީ އަޒީލްގެ ޝަކުވާއަކުން ސަލާމަތެއް ނުވާނެކަން ދާނިޝްއަށް ވިސްނުނެވެ.

އިރުއޮއްސެން ކުޑަތަންވެފައި ހުއްޓައި ވަސީމާގެ އެދުމުގެ މަތިން ހަނާޝް ގޮވައިގެން ޓެކްސީއެއްގައި ވަސީމާގެ ކައިރިއަށް ރީޝާއައެވެ. ކޮންމެ ދުވަހަކު އެއްފަހަރު ނަމަވެސް ހަނާޝް ދެކިނުލައި ވަސީމާގެ ލޮލަކަށް ނިންޖެއް ނާދެއެވެ. ބައެއްް ދުވަސް ދުވަހު ދާނިޝް ކޮންމެެސް އެއްގަޑިއަކު ހަނާޝް ބަލައިދެއެވެ. ބައެއްފަހަރު ޚުދު ވަސީމާ ހަނާޝްގެ ގާތަށް ގޮސް އުޅެއެވެ. “މާމަގެ ރަންކޮޅު…އަވަހަށް އާދޭ މާމަގެ ކައިރިއަށް…” ހަނާޝް ފެނުމުން ވަސީމާގެ ހިތް ފުރުނެވެ. އެކަން, އުފަލާއިއެކު ހަނާޝް އުރާލައިފަައި ކޮލުގައި ބޮސްދޭން ފެށިގޮތުން ރަނގަޅަށް ހާމަވެގެންދިއެވެ. “ދަރިފުޅުު މިރޭ ނިދާނީ މިގޭގަ ދޯ…އެހެންނޫނީ މިރޭ މާމަ އެކަނި މިގޭގަ އޮންނަަން ޖެހޭނީ…” ހަނާޝް ގޮވައިގެން ސޯފާގައި އިށީންނަމުން ވަސީމާ ބުނެލިއެވެ. “ދަރިފުޅުގެ ބައްޕަވެސް ދިޔައީ ކޮންމެެސް ރަށަކަށް ދާން…މިރޭ މާލެ ނާދެވޭނެ ކަމަށް ބުނިި…” ވަސީމާ އިތުރަށް ބުނެލިއެވެ. “ރީޝާ…މިރޭ މިގޭގަ ނިދަންވީނުު…” ރީޝާއަށް ބަލާލަމުން އާދޭހުގެ ރާގަކަށް ޒުލޭޚާ ބުނެލިއެވެ. ވަސީމާގެ އެދުމާއި ދެކޮޅު ހަދާކަށް ރީޝާއަކަށް ނުކެރުނެވެ. އިރުކޮޅަކު ވިސްނާލަން ހުރުމަށްފަހު ވަސީމާ ބުނިގޮތުގަަށް އެގޭގައި މަޑުކުރަން ހިނިތުންވެެލަމުން ރީޝާ އެއްބަސްވިއެވެ.

އެކަން ރީޝާ އޭނާގެ މަންމައާއި ޙިއްޞާ ކޮށްލިއެވެ. އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ޒުލޭޚާ ބުންޏެވެ. ޒުލޭޚާ އެކަން ޙާމިދުއާއި ޙިއްޞާ ކޮށްލިއެވެ. ޙާމިދު ވެސް އެކަމާއި ދެކޮޅަށް އެއްޗެކޭ ނުބުނެއެވެ. ރީޝާއާއި ދާނިޝްގެ ގުޅުން ނިމުމަކަށް އައިސްފައި ވިޔަސް ވަސީމާއައި ރީޝާގެ ގުޅުމަކަށް ބަދަލެއް ނާދެއެވެ. އަދިވެސް ވަސީމާގެ ހިތުގައި ރީޝާއަށްޓަކައި ލޯތްބާާއި ކުލުނު ނުފިލައި ހުއްޓެވެ. ހަމައެހެންމެ ރީޝާގެ ހިތުގައިވެސް ވަސީމާއަށްޓަކައި އަދަބު އިޙްތިރާމާާއި ހިތްހެޔޮކަން ދެމިހުއްޓެވެ. މިކަން އޮޅިފައި ނުވާހާލުގައި ޙާމިދުއާއި ޒުލޭޚާ ރީޝާގެ ނިންމުމަަށް އިތުރު ޝަކުވާއަކާއި ނުލައި އެއްބަސްވިއެވެ.

ހަނާޝްގެ މަގަތުގައި ނިދައިފައި އޮތް ރީޝާއަށް ކުއްލިއަކަށް ހޭލެވުނީ ގޭތެރޭއިން ކޮންމެެސް އެއްޗެއް ވެއްޓުނު އަޑުުއިވިގެންނެވެ. އެއީ ކޮން އަޑެއްބާއޭ ހިތާހިތުން ކިޔާލަމުން ކަންފަތުގައި ގުގުމައިލިި އެއަޑަށް ރީޝާ ވިސްނަންފެށިއެވެ. އެ ވިސްނުމުގައި ހުއްޓައި އަނެއްކާވެސް ހަމަ އެކަހަލަ ޒާތެއްގެ އަޑެއް އިވުނެވެ. އެއާއިއެކު ރީޝާގެ ހިތުގެ ތެޅުން އަވަސްވެގަތެެވެ. ޖެހިލުންވެފައި ހުރެ ނަމަވެސް އެނދުން ތެދުވުމަށްފަހު ކޮޓަރިިން ނިކުމެ ސިޓިންރޫމަށް ނަޒަރު ހިންގަންފެށިއެވެ. ދިއްލާފައިވާ ކުލަ ބޮކީގެ ފަނޑު އަލީީގެ ތެރެއިން ސިޓިން ރޫމުުން މާބޮޑު ތަފާތެއް ރީޝާއަކަށް ނުފެނުނެވެ. ކުއްލިއަކަށް ރީޝާގެ ނަޒަރު ގޮސް ބަދިގެއާާއި ދިމާއަށް ހުއްޓުނެވެ. ރީޝާގެ ހިތް ސުވާލުތަކުން ފުރުނެވެ. ދިއްލައި އަޅަައިފައިވާ ބަދިގޭގައި އެވަގުތު ވަސީމާ ނޫޅޭޭނެކަން އޭނާއަށް ޔަޤީންކުރެވޭޭ ހާލުގައި ބަދިގެއާއި ދިމާއަށް ރީޝާ މިސްރާބު ޖަހާލިއެވެ. އެވަގުތު ބަދިގެ ތެރެއިން ފެނުނު މަންޒަރުން ރީޝާއަށް ސިހުމެއް ގެނުވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hattey

Level 410 Stories100 Login100 Comments500 Login

Other Articles

Previous

ޓެކްސީ ޑުރައިވަރު

Next

ބުނާށެ ލޯބި ނުވަނީހޭ 04

Next
September 15, 2018

ބުނާށެ ލޯބި ނުވަނީހޭ 04

Previews
September 15, 2018

ޓެކްސީ ޑުރައިވަރު

19 Comments!

  1. Naana says:
    September 15, 2018 at 11:59 am

    Yeyyyy me first dhw…
    Kiyaalaafa comment kohlaan eba

    1. hattey says:
      September 18, 2018 at 5:48 pm

      Yess,..ok..

  2. Fathuma says:
    September 15, 2018 at 12:26 pm

    Mee ves dhen vaahaka genes dhey goiy dhw…. mahaku ehfaharu up koh mi dheveni.. mi varun vejje ehnu vaahaka nuliye huttalah nuvaakah kah nukuryma rangalhu vaane… aslu mihen bunah mi jehuni mee varah reethi vaahaka akah vefa ehaa lahun kiyan libeythyve

    1. Fathimath says:
      September 15, 2018 at 2:54 pm

      Kehtherin dheke allah loabive vodigen vaane. Thihen liyuntherinnaa dhimaalah ehchihi kyma liyun theriyaa vaahaka liyaahih nuvumakyves ekashygen vaakameh

    2. hattey says:
      September 24, 2018 at 11:51 am

      Sorry fathuma…❤❤❤

  3. Xuam says:
    September 15, 2018 at 12:37 pm

    Wow…. varah varah varah reethi…

    1. hattey says:
      September 24, 2018 at 11:58 am

      Thankss

  4. Hudher says:
    September 15, 2018 at 1:54 pm

    V v v v v nyc…..maasha allah..whn next????luv yahh??

    1. hattey says:
      September 24, 2018 at 12:00 pm

      Thank you..❤❤

  5. Nish says:
    September 15, 2018 at 1:56 pm

    Aslu mi vaahakaige dhen genesdhey episode eh annavaairah meege kurin genessa hunna baiy handhaan nethey adhi vaanuvaa nuves engey I hope that Yuh upload it fastly ??
    And yeah varah reethi vaahakaeh actually mi ee so pls upload this as fast as Yuh can .. ??

    1. hattey says:
      September 24, 2018 at 12:01 pm

      K..

  6. Maya says:
    September 15, 2018 at 2:15 pm

    Waaaaaau.. Hattey alhe haadha lahun ney thi up kurani.. Vv Miss mi story mathin.. ????alhey vvv reeethi ingey.. MashaAllah… Kihineh baa dhdn vaany… ????vv curious vey eba mihaaru nxt part kiyaahithun ????avahah up kohdhehchey plyxx ?????vv reethi ingey ???????

    1. hattey says:
      September 24, 2018 at 12:02 pm

      Thankss…❤❤???

  7. Anonymous says:
    September 15, 2018 at 2:20 pm

    U r a avneil fan right?????

  8. Maii? says:
    September 15, 2018 at 2:56 pm

    Hlww hattey…. vaahaka vrh vrh salhi… vrh curiouse dhen vaane gotha kaamedhu…. bt plzz thankolheh avahah up kohla dhii bala❤❤❤

    1. hattey says:
      September 24, 2018 at 12:04 pm

      Thanks…????

  9. # hashtag says:
    September 15, 2018 at 5:38 pm

    hattey……kithah part innaane???vrh intresting vaahaka eh

  10. Reader... says:
    September 15, 2018 at 8:55 pm

    Plxx…next episode thankolhen avahah up kolla dh’echey….plx plxx

  11. Zel says:
    September 16, 2018 at 8:06 am

    Alhe haadha lahunney mi vaahaka up kuranee…inthizaaru kohkoh moyàvehje.

Comments are closed.

Next Episodeލޯބި ވީމޭ ސިއްރު ސިއްރުން (21←


All Right Reserved!