Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުންނަމޭ ލޯބިން 41

ifoo Level 910 Stories100 Comments100 Login500 Login500 Comments100 Stories1K Comments
September 16, 2018 5 Mins Read
28 Comments

” އައި ނިއު އިޓް ޑޭޑް… އަޅުގަނޑަށް އޭރުވެސް އެނގޭ ޑޭޑް އަޅުގަނޑު ބުނާ ކަމެއް ކޮށްދޭނެކަން… އަޅުގަނޑުގެ އުފަލަށްޓަކައި ކޮންމެ ކަމެއް ކުރަންވެސް ޑޭޑް ފަސްނުޖެހޭނެކަން… ” ނައުރީން އޭނަގެ ބައްޕަގެ ގައިން ދޫކޮށްލުމަށްފަހު ހިނިތުންވެފައިހުރެ ނަސީރުގެ މޫނަށް ބަލައިލަމުން ބުނެލިއެވެ. އޭއާއެކު ނަސީރުވެސް ހިނިތުންވެލަމުން ނައުރީންގެ ކޮލުގައި ފިރުމާލިއެވެ. އަދި ނައުރީންގެ އުފަލަށްޓަކައި ކޮންމެ ކަމެއް ކުރަންވެސް ތައްޔާރަށް ހުރި ކަމުގައި ބުނެލިއެވެ. ނަސީރު އެހެން ބުނުމާއެކު ނައުރީންގެ ތުންފަތުގައިވި ހިނިތުންވުން ފުންވެގެން ދިޔައެެވެ. ” ޔުއާ ވޯލްޑްސް ބެސްޓް ޑޭޑް… ” ފުޅާ ހިނިތުންވުމަކާއެކު ނައުރީން އަނެއްކާވެސް ނަސީރުގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. އެއާއެކު ނަސީރު ލުއި ހުނުމަކާއެކު ނައުރީންގެ ބޮލުގައި ފިރުމާލިއެވެ.

” ޑޭޑް… ޑޭޑް ޔާސިރުބެ އަދި އެހެން އެއްވެސް މީހެއްގާތުވެސް ނުބުނާތި މިކައިވެނި ހަމަޖައްސަނީ އަޅުގަނޑު ބުނެގެންކަން… މިކައިވެންޏަކީ އަޅުގަނޑުގެ އެދުމުގެ މަތިން ހަމަޖައްސާ ކައިވެންޏެއްކަން އެއްވެސް މީހަކަށް އެނގިގެން ނުވާނެ ޑޭޑް… އަޅުގަނޑު ނުބުނަން ޔޫހާން ގާތު އަޅުގަނޑު އޭނަދެކެ ލޯބިވާ ވާހަކަ… ޔޫހާން ވަނީ އަޅުގަނޑު އެކަން ހާމަކުރުމުގެ ކުރިން އޭނަ އައިލީންދެކެ ލޯބިވާކަމާއި ރައްޓެހިވެގެން އުޅޭ ކަން ހާމަކޮށްފަ… އެހެންވީމަ އަދި ޔޫހާން ގާތު އަޅުގަނޑު އޭނަދެކެ ލޯބިވާކަން ހާމަކުރެވޭކަށް ނެތް… ޑޭޑް ޖެހޭނީ މިކައިވެންޏަކީ ޑޭޑް ބޭނުންވެގެން ކުރުވާ ކައިވެންޏެއްކަން އެހެން މީހުނަށް އެންގަން… އަޅުގަނޑާއި ޔޫހާންގެ ކައިވެންޏަކީ ޑޭޑް ވަރަަށް ކުރަން ބޭނުން ކަމެއްކަން ޔާސިރުބެ ގާތު ބުނަންވާނީ… އޯކޭތަ ޑޭޑް… ” ނައުރީން އޭނަގެ ބައްޕަގެ ގައިން ދޫކޮށްލުމަށްފަހު ވާހަކަ ދެއްކިއެވެ. ” އޯކޭ… ހުރިހާ ކަމެއްވެސް ވާނީ ދަރިފުޅު ބޭނުންވާ ގޮތަށް… ” ނައުރީންގެ ކޮނޑުގައި ހިފަހައްޓާލަމުން ނަސީރު ބުނެލިއެވެ. ” ޑޭޑް… ވީ ހޭވް ޓު މޭކް އިޓް ފާސްޓް… ޔޫހާން އައިލީންދެކެ ލޯބިވާ ވާހަކަ ޔާސިރުބެ ގާތު ބުނުމުގެ ކުރިން ޑޭޑް ޖެހޭނެ ޔާސިރުބެ ގާތު އަޅުގަނޑާ ޔޫހާާންގެ ގުޅުމުގެ ކައިވެނީގެ ވާހަކަ ދައްކަން… އޭރުން ޔާސިރުބެ ޔޫހާން ގާތު ކައިވެނީގެ ވާހަކަ ދެއްކީމަ ނުކެރޭނެ އިންކާރު ކުރާކަށް… ޑޭޑްއަށް ވިސްނޭދޯ އަޅުގަނޑު މިބުނި އެއްޗެއް… ” ނަސީރުގެ މޫނަށް ބަލަހައްޓާއިގެން ހުރެ ނައުރީން ބުނެލިއެވެ. ނައުރީން އެހެން ބުނުމުން ނަސީރު ބޯ ޖަހާލުމަށްފަހު ފަޓުލޫނު ޖީބުގައި އޮތް އޭނަގެ ފޯނު ނަގައި ޔާސިރަށް ގުޅާލިއެވެ. މާގިނައިރުތަކެއް ނުވަނީސް ޔާސިރު ފޯނު ނަގައި ހަލޯ އޭ ބުނެލިއެވެ. ” ޔާސިރު… ވަރަށް މުހިއްމު ކަމަކާާ ބެހޭގޮތުން ވާހަކަ ދައްކާލަން ބޭނުންވެގެން މިގުޅާލީ… ފޯނުން ދެއްކުމަށްވުރެ ބައްދަލުކުރުމަށްފަހު ދެއްކުން ރަނގަޅީ… ގެއަށް އައިސްލަ ދިނިއްޔާ ވަރަށް ރަނގަޅު… ” ނަސީރު މަޑުމައިތިރިކަމާއެކު ވާހަކަ ދެއްކިއެވެ. ” އެންމެ ރަނގަޅު… މަޣްރިބް ނަމާދުކޮށްލައިގެން ތިގެއަށް ދާނަން… ” ޔާސިރު ޖަވާބުގައި ބުނެލިއެވެ. އެއާއެކު ނަސީރު އެންމެ ރަނގަޅު ކަމުގައި ބުނެ ފޯނު ކަނޑާލިއެވެ.

” މިހާރު ހިތްހަމަޖެހިއްޖެތަ ދަރިފުޅު… ބައްޕަ މިރޭ ޔާސިރުބެ އައިމަ ދަރިފުޅާ ޔޫހާންގެ ކައިވެނީގެ ވާހަކަ ދައްކާނަން… ” ނައުރީންގެ މޫނުގައި ހިފަހައްޓާލަމުން ނަސީރު ބުނެލިއެވެ. ނަސީރު އެހެން ބުނުމުން ނައުރީން އުފަލާއެކު ބޯ ޖަހާލިއެވެ. ” ތެންކްޔޫ ޑޭޑް… އައި ލަވް ޔޫ…” ނައުރީން މިފަހަރުވެސް އޭނަގެ ބައްޕަގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. ” ލަވް ޔޫ ޓޫ ބައްޕަގެ ޕްރިންސެސް… ” ނައުރީންގެ ބޮލުގައި ފިރުމާލަމުން ނަސީރުވެސް ބުނެލިއެވެ. ނައުރީން އޭނަގެ ޕްލޭން އާއި އެއްގޮތަށް ކަންތައްތައްވަމުން ދާތީ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. އެ ހިތްހަމަ ޖެހުމުގައި ހުރެ ނައުރީން ނަސީރުގެ ކޮޓަރިން ނިކުމެ އޭނަގެ ކޮޓަރިއަށް މިސްރާބު ޖެހިއެވެ.

ނައުރީން އޭނަގެ ކޮޓަރިއަށް ވަދެ އެންމެ ފުރަތަމަވެސް އަވަސްވެގަތީ ދިނާޖުއަށް ގުޅުމަށެވެ. ” ދިނާޖު ލިސެން… ޕްލޭންގެ ސްޓެޕް ވަން ސަކްސަސްފުލް… އަހަރެން ޑޭޑް ކޮންވިންސް ކޮށްފިން… އަދި މިރޭ ޑޭޑް ޔޫހާންގެ ބައްޕައާ އެ ވާހަކަ ދައްކާނެ…” ދިނާޖު ފޯނު ނެގުމާއެކު ވަރަށް ފޯރީގައި ނައުރީން ބުނެލިއެވެ. ” އޯހް… ގުޑް ޖޮބް… މިފަހަރު އަހަރެމެންގެ ފުލް ޕްލޭން ކާމިޔާބުކުރަންވާނެ… ” ނައުރީން އެހެން ބުނެލުމުން ދިނާޖުވެސް ވަރަށް އުފާވެފައި ހުރެ ވާހަކަ ދެއްކިއެވެ. ” ޔެއާ… މިފަހަރު ޕްލޭން ކާމިޔާބުވާނެ… ޕްލޭންގެ ކުރިއަށް ހުރި ކަންތައްތައް ޑޭޑް އެން ޔޫހާންގެ ބައްޕަކުރާނެ… ” ނުލަފާ ފާޑަކަށް ހިނިތުންވަމުން ނައުރީން ބުނެލިއެވެ. އެއާއެކު ދިނާޖުވެސް ހިނިގަނޑެއް ޖަހާލި އަޑު އިވުނެވެ. އެގޮތުގައި ދެމީހުން އިރުކޮޅަކު ވާހަކަ ދައްކަން ތިބުމަށްފަހު ފޯނު ބޭއްވިއެވެ. ނައުރީން ފޯނު ބޭއްވުމަށްފަހު ތުވާލި ހަރުގައި އަޅުވާފައި އިން އޭނަގެ ރަތްކުލައިގެ ތުވާލި ހިފައިގެން ފެންވަރާލުމަށްޓަކައި ފާޚާނާއަށް ވަނެވެ.

ޔައިޝްގެ ގޭގެ ކާމޭޒު ކައިރީގައި ކާން ތިބި އެންމެންގެ މޫނު މަތިންވެސް ފެންނަމުން ދަނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. ކާން ތިބިއިރު އެމީހުން ދިޔައީ ތަފާތު ވާހަކަތައް ދައްކަމުންނެވެ. ” ޔޫން… ކޮން ދުވަހަކުންތަ ޔާސިރުބެ ގާތު އައިލީގެ ވާހަކަ ބުނަނީ… މިހާރު ދެން ބުނަންވެެއްޖެ އެއްނު… މަށާ ރިފޫގެ ރިލޭޝަން އަހަރެމެން ދެމީހުންގެ ފެމިލީއަށްވެސް އެނގޭ… ޔައި އެން ޝައުގެ ރިލޭޝަންވެސް އެދެމީހުންގެ ފެމެލީއަށް އެނގޭ… ބާކީ ތިބީ ޔޫން އެން އައިލީ… އައިލީގެ ފެމިލީ އެންމެނަށް އެނގޭ… ޔޫންގެ ފެމެލީގަ ޔާސިރުބެއަށް އެކަނި ނޭނގެނީ… ދެން ޔާސިރުބެ ގާތު ބުނީމަ ހުރިހާ އެންމެނަށްވެސް އިނގުނީ… އޭރުން ނުޖެހޭނެ ހާސްވާކަށް… ” ޕިއްޒާ ފޮތިން އެތިކޮޅެއް ކާލުމަށްފަހު ޔޫހާންއަށާއި އައިލީންއަށް ބަލާލަމުން އިފާން ބުނެލިއެވެ. ” ހޫމް… ބައްްޕަ ގާތު ވަރަށް އަވަހަށް އެވާހަކަ ދައްކާނަން… އިންޝާ ﷲ މާދަމާ ބައްޕަ ގާތު އަހަރެމެން ދެމީހުންގެ ގުޅުމުގެ ވާހަކަ ހިއްސާކުރާނަން… ” މޭޒު މަތީގައި އޮތް އައިލީންގެ އަތް މަތީގައި  އޭނަގެ އަތް ބާއްވާލަމުން ޔޫހާން ބުނެލިއެވެ. ޔޫހާން އެހެން ބުނުމާއެކު އައިލީންގެ ތުންފަތުގައިވި ހިނިތުންވުން ފުންވެގެން ދިޔައެވެ.

ކައި ނިންމާލުމަށްފަހު އައިލީން އާއި ޔޫހާން ބަގީޗާގެ ތެރެއަށް ނިކުތެވެ. ދެމީހުންވެސް ގޮސް ބަގީޗާގައި ބަހައްޓާފައިވި ބެންޗެއްގައި އިށީނެވެ. އެގޮތުގައި ތިބެ ދެމީހުން އެކިއެކި ވާހަކަތައް ދައްކަމުން ދިޔައެވެ. ” އައިލީ… އަހަރެން މާދަމާާ އިންޝާ ﷲ ބައްޕަ ގާތު އަހަރެމެން ދެމީހުންގެ ގުޅުމުގެ ވާހަކަ ދައްކާނަން… ބައްޕަ ގާތު އެވާހަކަ ދައްކާފަ އިންޝާ ﷲ ލަސްނުކޮށް އައިލީ އަހަރެންގެ މިލްކަކަށް ހަދާނަން… އަބަދުވެސް ބޭނުންވަނީ އައިލީ އަހަރެން ކައިރީ ހުންނަން… އަހަރެންގެ މިލްކެއްގެ ގޮތުގަ… އަހަރެމެންގެ މިގުޅުމުގަ ދެން އިރާދަކުރެއްވިއްޔާ އެއްވެސް މައްސަލައެއް ނުޖެހޭނެ… އިންޝާ ﷲ އެއްވެސް މީހަކަށް އަހަރެމެން ދެމީހުން ދުރެއްނުކުރެވޭނެ… ނޯ ވަން ކޭން ސެޕަރޭޓް އަސް އައިލީ… އައިލީ.. ޕްރޮމިސް މީ ދުވަހަކުވެސް އެއްވެސް ކަމެއް އަހަންނަށް ސިއްރުނުކުރާނެކަމަށް… ކޮންމެ ކަމެއް ދިމާވިޔަސް އައިލީ އަހަންނާއެކު ވާނެކަމަށް… ޕްރޮމިސް މީ އައިލީ… ” ޔޫހާން އައިލީންގެ މޫނުގައި ދެއަތުން ހިފަހައްޓާލައިގެން އިނދެ ބުނެލިއެވެ. ” އައި ޕްރޮމިސް… އެއްވެސް ކަމެއް ޔޫހާންއަށް ސިއްރެއް ނުކުރާނަން… އެން ދުވަހަކުވެސް އިންޝާ ﷲ ޔޫހާން އާ ދުރަކަށް ނުދާނަން… އައި ލަވް ޔޫ ސޯ މަޗް… ” ޔޫހާންގެ އަޅި ކުލައިގެ އަސަރުގަދަ ދެލޮލަށް ބަލަހައްޓާއިގެން އިނދެ އައިލީންވެސް ބުނެލިއެވެ. އެއާއެކު ޔޫހާން އައިލީން އޭނަގެ މެޔާއިލާ ބޮނޑިކޮށްލިއެވެ. އެވަގުތު އައިލީންގެ ތުންފަތުގައި ކުޅެލީ ލަދުރަކި ހިނިތުންވުމެކެވެ. ދެމީހުންވެސް އެމީހުންގެ ލޯބީގެ ދުނިޔޭގައި އުފާވެރި ލޯބިވެތި ވަގުތުކޮޅެއް ހޭދަކުރަމުން ދިޔައީ އަންނަން އޮތް ބޮޑު ތޫފާނުގެ ކުޑަވެސް ހިލަމެއްނުވާ ހާލުއެވެ.

” އެހެމް އެހެމް… ގެއަށް ދާންވެއްޖެތަ…” ލާނެތް ހިނިތުންވުމެއް ވެރިކުރުވައިގެން ހުރެ އިފާން އެހެން ބުނެލި އަޑަށް ޔޫހާން އާއި އައިލީން އެކަކު އަނެކަކާ ދުރުވެލިއެވެ. ދާން ހިނގާށޭ ބުނެ ޔޫހާން އާއި އައިލީންވެސް ބެންޗުން ތެދުވެ އިފާންގެ ފަހަތުން ހިނގައިގަތެވެ. އޭރު ޔައިޝް އާއި ޝައުނާގެ އިތުރުން ރިފްޝާވެސް ގެއިން ނިކުންނަނީއެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ލޯބިވެރިޔާގެ ސައިކަލު ފަހަތަށް އަރާ ގެއަށް ދިއުމަށް މިސްރާބު ޖެހިއެވެ.

ގެއަށް ގޮސް ވެފައިހުރި ވަރުބަލިން އައިލީންމެން ސިޓިން ރޫމު ސޯފާގައި ޖައްސާލިއެވެ. އެހެން ތިއްބާ ރިފްޝާއަށް ފޯނެއް އައުމުން އޭނަ އެބަ އަންނަންކަމަށް ބުނެ ބެލްކަންޏަށް މިސްރާބު ޖެހިއެވެ. ވިއްސަކަށް މިނިޓަށް ފަހު ރިފްޝާ އެނބުރި ސިޓިންރޫމަށް އައެވެ. އޭރު އޭނަގެ މޫނު މަތިން ކުރިން ފެންނަން ހުރި އުފާވެރިކަން ވަނީ ގެއްލިފައެވެ. އެ މޫނު މަތިން މިހާރު ފެންނަމުން ދަނީ ހިތާމަ އާއި ކަންބޮޑުވެފައިވި އަސަރުތަކެވެ. ރިފްޝާ ފެނުމާއެކު އައިލީން ކިހިނެއްވީތޯ ސުވާލުކުރިއެވެ. ރިފްޝާ އައިސް ސޯފާގައި އިށީނުމަށްފަހު ފުން ނޭވައެެއް ދޫކޮށްލަމުން ވާހަކަ ދެއްކިއެވެ. ” ދޮންތަ ގުޅީ… މަންމަ ފައިގަ ރިހޭތީ މިއަދު ނުވެސް ހިނގެޔޯ އެކަނިއެއް ބުނީ… ކަކޫ ވަރަށް ބޮޑަށް ދުޅަވެސް ވެފައޯ އޮތީ މިފަހަރު… މާދަމާާ ލާންޗުން މާލެ އަންނަމޯ… ނަސީބަކުން މިފަހަރު މަންމަ މާލެ އަންނަން އެއްބަސްވި… ކުރިންވެސް އަހަރެމެން އެތައް ފަހަރަކު ބުނީމެއްނު މާލެ ދާން ހިނގާށޭ… އެކަމަކު އޭރު އެއްގޮތަކަށްވެސް ގަބޫލެއްނުވިއެއްނު… މިގޭގަ ހުންނަ ގޮތަށޯ އަންނަނީ… އާޝި ދައްތަ އާ ވާހަކަ ދައްކައިފީމޯ ދޮންތަ ބުނީ… ސުކޫލް ދުވަސްވަރު ވީމަ މާނީ އައިލީ މެންގޭގަ ފަޒޫދައްތަ ކައިރީ ބަހައްޓާފައޯ އަންނަނީ… ނަސީބެއް މަންމަ މާލެ އަންނަން އެއްބަސްވިކަން… މަންމައަށް އެއްވެސް ގޮތެއް ވާކަށް އަހަންނެއް ބޭނުމެއްނޫން… އަހަރެންގެ ހުރި މީހަކީވެސް މަންމަ… ބައްޕަ މިދުނިޔޭގައި ނެތްއިރު ބައްޕަގެ އާއިލާގެ އިތުރު މީހަކުވެސް ނެތް… މަންމަގެ އާއިލާގެ ވާހަކައެއް މަންމަ ދުވަހަކުވެސް ނުދައްކާ… އާއިލާގެ ބަޔަކު ތިބިކަމެއްވެސް އަދި ނެތްކަމެއްވެސް ނޭނގެ… މަންމަ އެފަދަ ވާހަކައެއް ނުދައްކާތީ މަށާ ދޮންތައަށް އެކަހަލަ ވާހަކައެއް ދައްކާކަށްވެސް ނުކެރޭ… ދެން ކިހިނެއްތަ ހަދާނީ… މަންމަ ރަނގަޅު ވާނެ ދޯ އަދި… މަންމައަށް ހިނގޭނެ ދޯ އަދި ރަނގަޅަށް… ” އައިލީން އާއި ޝައުނާގެ މޫނަށް ފެންކަޅިވެފައިވި ދެލޮލުން ބަލާލަމުން ރިފްޝާ އަހާލިއެވެ. ” ރިފޫ… އިންޝާ ﷲ ރިފޫގެ މަންމަ ވަރަށް އަވަހަށް ރަނގަޅު ވާނެ… އަހަރެމެންވެސް މިތިބީއެއްނު… ހުރިހާ ކަމެއްވެސް ރަނގަޅުވާނެ އަދި އިންޝާ ﷲ… ” ރިފްޝާގެ ކޮނޑުގައި ހިފަހައްޓާލަމުން އައިލީން ބުނެލިއެވެ. ޝައުނާވެސް ރިފްޝާގެ އަތުގައި ހިފާލަމުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމުގައި ބުނެލިއެވެ. އެހިނދު އާޝިޔާވެސް ކޮޓަރިން ނިކުމެ އެމީހުންގެ ގާތަށް އައެވެ. އާޝިޔާވެސް އައިސް ރިފްޝާގެ ބޮލުގައި ފިރުމާލުމަށްފަހު ނަސޭހަތްތެރިވިއެވެ. އެއެންމެންގެ ވާހަކަތަކުން ރިފްޝާގެ ހިތަށް ކުޑަވަރެއްގެ ހަމަޖެހުމެއް ލިބިގެން ދިޔައެވެ.

ޔޫހާން ގޭތެރެއަށް އައިސް ވަންއިރު ބައްޕަ ފިޔަވައި އެހެން އެންމެން ސިޓިން ރޫމުގައި ތިއްބެވެ. ޔުމާހު އާއި ޔޫމިން ސޯފާތައް ކައިރީ ކުޅެން ތިބިއިރު އެހެން އެންމެން ސޯފާތަކުގައި ކޮންމެވެސް ވާހަކައެއް ދައްކަން ތިއްބެވެ. ޔޫހާންވެސް ގޮސް އެމީހުނާ ބައިވެރިވިއެވެ. ”މަންމާ… ދޮންބެ އެން ދޮންބެދައްތާ… އަޅުގަނޑު އެބަ ގަސްތުކުރަން ބައްޕަ ގާތު އައިލީގެ ވާހަކަ ދައްކަން… ބައްޕަ ގާތު އެވާހަކަ ދައްކާފަ އިތުރަށް ލަސްކުރާކަށް އަޅުގަނޑު ބޭނުމެއްނޫން… ވީހާވެސް އަވަހަކަށް ކައިވެނިކުރަން ބޭނުމީ…” ކޮންމެ މީހެއްގެ މޫނަށް ބަލާލުމަށްފަހު ގޮވާލަމުން ޔޫހާން ބުނެލިއެވެ. އެއާއެކު އެތިން މީހުންގެ ތުންފަތަށްވެސް ހިނިތުންވުމެއްވެރިވިއެވެ. ”އެހެންތަ ދަރިފުޅާ… ތީ ވަރަށް ރަނގަޅު ކަމެއް… ވަރަށް އުފާވެރި ޚަބަރެއް ތިއީ… މަންމަމެން އެންމެންވެސް ތިކަމާ ވަރަށް ތާޢީދު… ވީހާވެސް އަވަހަކަށް ބައްޕަ ގާތު ތިވާހަކަ ދައްކަންވީ ދަރިފުޅު… ” ފުޅާ ހިނިތުންވުމެއް ވެރިކުރުވަމުން އަފީފާވެސް ބުނެލިއެވެ. ޔުމާންގެ އިތުރުން މީޝާވެސް އިނީ ވަރަށް އުފާވެފައެވެ. ޔޫހާން މާދަމާ ހެނދުނު ސައިބޯ ގަޑީގައި އެވާހަކަ ދައްކާނެ ކަމަށް ބުނެ ފެންވަރާ ތާޒާ ވެލުމަށް ކޮޓަރިއަށް ދާން ހިނގައިގަތެވެ.

އިޝާ ނަމާާދުން އައިސް ކައިގެން އޮފީހުގެ މަސައްކަތެއް ކޮށްލުމަށްފަހު ޔޫހާން ނިދަން އޮށޯތެވެ. އޭރު ގަޑިން އެގާރަ ޖަހަނީއެވެ. ނިދަން އޮށޯތުމަށްފަހު ކައިރީގައި އޮތް ފޯނު ބަލާލިއިރު އައިލީންގެ ލޯބިވެތި ބަސްތަކުން ފޮނުވާފައިވި ގުޑް ނައިޓް މެސެޖު ފެނުމާއެކު ޔޫހާންގެ ތުންފަތަށް ރީތި ހިނިތުންވުމެއް ވެރިވިއެވެ. މެސެޖަށް ރިޕްލައި ކޮށްލުމަށްފަހު މާދަމާ ބައްޕަ އާއި ވާހަކަ ދައްކަން ހިތުލަމުން ދެލޯ މަރާލިއެވެ.

 

Share Article

Follow Me Written By

ifoo

Level 910 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ލޯތްބަކީ 15

Next

ދުޢާ 14

Next
September 16, 2018

ދުޢާ 14

Previews
September 16, 2018

ލޯތްބަކީ 15

28 Comments!

  1. Ifoo ifoo says:
    September 16, 2018 at 3:22 pm

    Salaam dear readers ❤️❤️❤️???… Here is the next part… Hope all will like this part too… Sorry dear readers mi part ehaa lahun genesdhevunyma… Ifoo balikoh ulheythy lasvy… Check vx nukoh mi up kury ginairu phone ah balan undhagoo vaathy… Thankyou so much dear readers ifoo ah thidhey support ah ❤️❤️❤️??????… I’m still sick bt Thikudhinge comments thah fenifa v kurukoh namavx story mi up kohly…

  2. ? Unknown ? says:
    September 16, 2018 at 3:27 pm

    Me first dhw

    1. Ifoo ifoo says:
      September 17, 2018 at 1:06 pm

      Yahh… Congrats Unknown ❤️❤️❤️??????…

  3. Xuam says:
    September 16, 2018 at 4:12 pm

    Wow varah reethi…

    1. Ifoo ifoo says:
      September 17, 2018 at 1:07 pm

      Xuam ❤️❤️❤️… Thankyou so much ❤️❤️❤️????????????…

  4. Faimu says:
    September 16, 2018 at 4:35 pm

    Masha Allah vrh salhi.. ?? hope vrh avahah next part kiyan libayne kamah

    1. Ifoo ifoo says:
      September 17, 2018 at 1:08 pm

      Thankyou so much dear ❤️❤️❤️????????????… V v v ufaavehje story reethi v ma ???… Next part In Sha Allah Wednesday ga ???… Keep waiting ???…

  5. Kiuntheriyaa says:
    September 16, 2018 at 4:41 pm

    Avas shifaa akah edhen ifoo

    1. Ifoo ifoo says:
      September 17, 2018 at 1:09 pm

      Thankyou so much kiyuntheriyaa ❤️❤️❤️????????????…

  6. Sam says:
    September 16, 2018 at 5:17 pm

    Avas shifaa akah edhen ifoo
    Koniraku next part.

    1. Ifoo ifoo says:
      September 17, 2018 at 1:10 pm

      Thankyou so much Sam ❤️❤️❤️????????????… Next part In Sha Allah Wednesday ga ???… Keep waiting ???…

  7. United says:
    September 16, 2018 at 5:17 pm

    9710184 mi number ah v haaves avahakah kommes beyfulhaku gulhuvvaa lahva

  8. Hudher says:
    September 16, 2018 at 5:45 pm

    Its ok dear…shafakillah…anwy stry v v vv v v v v v v nyc…maasha allah…. luv u ???????????

    1. Ifoo ifoo says:
      September 17, 2018 at 1:12 pm

      Hudher ❤️❤️❤️???… Thankyou so much dear ❤️❤️❤️????????????… V v v ufaavehje story reethi v ma hudher ah ???… In Sha Allah next part Wednesday ga ???… Keep waiting dear ???… Luv u too dear ❤️❤️❤️????????????…

  9. Naju says:
    September 16, 2018 at 9:13 pm

    Hi my sweeet ifoo ❤❤❤❤❤❤❤… How’s u now dear?? Hope ur fine n gws dear ??????? … vvvvvvvvvvv bodah thankx ingey dear balikoh ulheymunvx story up kohdhinyma ??????? … N v happy vehje readers dheke ehaa loabivaa writer eh libunymavx once again thank you so much dear ??????? … As usual story is nice n awesome hama ??????? … Keep up the good work dear ??????? … Ur the best hama ??????? … I just love it ??????? … N plxxxxxxxxx always gud tc of yourself ❤❤❤❤❤?????????? … Curiously waiting for the next ?????? … Lots n lots of love from naju ❤❤❤❤???????????????????????????????????????????????????????? …

    1. Ifoo ifoo says:
      September 17, 2018 at 1:16 pm

      Naju ❤️❤️❤️???… Thankyou so much dear ifoo ah thidhey support ah ❤️❤️❤️????????????… I’m so happy to have a reader like you ???❤️❤️❤️… Now I’m feeling better ???… Next part In Sha Allah Wednesday ga… Keep waiting dear ???… Btw comment v v loabi ❤️❤️❤️???…

  10. Naseera says:
    September 16, 2018 at 9:21 pm

    Anehkka aneh fani kanthah? Yoohan and aileen akah hamajehumeh nulibyy dho…
    Yasir beynunvaanee maureen aai yoohan innankan neygey.. foohi ehen viyya

    1. Ifoo ifoo says:
      September 17, 2018 at 1:17 pm

      Let’s see dhw vaagotheh ???… Thankyou ❤️❤️❤️?????????…

  11. Maaya says:
    September 16, 2018 at 10:31 pm

    V fahun mi vaahaka kiyan feshy mi and i love it… Waiting for the next ones.. V interesting ingey…V kiyaa hiyyvejje mi vaahakaige baakybaithah vx…

    1. Ifoo ifoo says:
      September 17, 2018 at 1:19 pm

      Maaya ❤️❤️❤️???…Ifoo V v v ufaavehje new reader eh libunyma ❤️❤️❤️????????????… Thankyou so much dear ❤️❤️❤️?????????… I’m glad that u like it ???… Next part In Sha Allah Wednesday ga ???… Keep waiting dear ???…

  12. Awesom says:
    September 17, 2018 at 8:19 am

    Wow v nice story waiting for the next part .❤️❤️keep up the good work

    1. Ifoo ifoo says:
      September 17, 2018 at 1:21 pm

      Thankyou so much dear ❤️❤️❤️????????????… V v v ufaavehje story reethi v ma ❤️❤️❤️??????… Next part In Sha Allah Wednesday ???… Keep waiting dear ???…

  13. Mal says:
    September 17, 2018 at 3:32 pm

    Salaam ifoo dear????????how’s u feeling now????????anyways mi part v rythi….????specially ailee and yoon ge parts thah…??????i luv both of them….ni stry kiyaairu hyvany fennahen v rythi…??????☺☺☺?this is one of the best stries and ur the one of the best writer…??????☺❤❤❤❤❤❤dhn naureen gandu ves dhw….dhn yoon ge bappa akah neyngeynehnu yoon ailee dheke loabi vaakameh…?????i think adhemyhunge marriage fix kuraane kanneynge…?????????i feel sad for ailee and yoon…ehn kudhin kihaa happi koh e ulheny…??????????dear lots and lots of love ❤ ? ? ? ? ? ? ? ? ? ? ? ? ? when next part???❤❤❤❤❤❤❤❤❤❤❤❤❤

    1. Ifoo ifoo says:
      September 19, 2018 at 4:47 pm

      Salaam Mal ❤️❤️❤️❤️????????… Thankyou so much dear ❤️❤️❤️????????????… Alhamdhulillah I’m feeling much better now ???… Mal ❤️❤️❤️❤️… Ifoo mi iny hama bunaane ehchehvx neyngifa ufalun goss ??????…mi Story One of the best story n ifoo one of the best writer ah v ma v v v v v v v v ufaavehje ?????????… It means a lot for me ???❤️❤️❤️???… I’m showing all my teeths ????… V v v v ufaavehje Mal ah mi story kamudhiyaima ???❤️❤️❤️???… Let’s see dhw vaagotheh ???… Thankyou soooooo much Mal ifoo ah thidhey support ah ❤️❤️❤️????????????… Mal akee ifoo ge vx hama one of the best reader ey buneveynee ❤️❤️❤️????????????… Much more loves from me my dear Mal ❤️❤️❤️????????????…

  14. Maya says:
    September 17, 2018 at 10:16 pm

    Waaaaaau MashaAllah vv reethi???????how’s u feeling now ifoo sis??alhe yoon ge dad ah aili and yoon ge vaahaka nengenyaa i yhink hr will fix the marriage kanenge bt eyrun hadi vaane??????????next part avahah up kohdhehchey Darling.. Love you much ?????????

    1. Ifoo ifoo says:
      September 19, 2018 at 4:51 pm

      Maya ❤️❤️❤️❤️????… Thankyou so much dear ❤️❤️❤️????????????… V v v v ufaavehje story reethi v ma Maya ah ???… Alhamdhulillah I’m feeling much better now ???… Let’s see dhw vaagotheh ???… Now next part up kohlaifinn ???… Love you too dear ❤️❤️❤️????????????…

  15. Shaa says:
    September 18, 2018 at 8:53 pm

    Hii ifoo??story vrh reethi maashaa Allah❤???????how you r now ifoo dear??? Gws❤❤with lots of love from me?????❤❤

    1. Ifoo ifoo says:
      September 19, 2018 at 4:55 pm

      Shaa ❤️❤️❤️???… Thankyou so much dear ❤️❤️❤️????????????… V v v ufaavehje dear ah story reethi v ma ❤️❤️❤️???… Alhamdhulillah ifoo mihaaru v ragalhu ???… Much more loves from me Shaa ❤️❤️❤️????????????…

Comments are closed.


All Right Reserved!