Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަކީ 15

Dhonthiii Level 210 Stories100 Comments
September 16, 2018 3 Mins Read
55 Comments

ގަޑިން 8:30 ވީއިރު ޝައިރާގެ ހިތްހީވަނީ ނެގިނެގިފާ ޖެހޭހެންނެވެ. އެހެންނުވާވަރެއްވެސް ނޫނެވެ. ޝައިރާ އެ ރީތިވަނީ ރާއިލްއަށްފަހު ފުރަތަމަ ފަހަރަށް ޝައިރާގެ ހިތުން ޖާގަހޯދި ކުއްޖާއާއި ބައްދަލުކޮށްލަން ދިޔުމަށެވެ. ކަޅުކުލައިގެ އަބާޔާއަކާއިއެކު މެރޫންކުލައިގެ ޝޯލްއެއް އޮޅާލައިގެން މަޑު މަޑު ފިޔާތޮށިކުލައިގެ ލިޕްސްޓިކްކޮޅެއް އުނގުޅާލުމުން ޝައިރާ ހިތްހަމަޖެހޭވަރުވިއެވެ. ކިތަންމެ ކުޑަގޮތަކަށް ތައްޔާރުވެލިނަމަވެސް ޝައިރާއަކީ ރީތިކުދިންތަކުގެ ތެރެއިން ހޮވާލެވޭވަރުގެ ކުއްޖެކެވެ.

“މަންމާ…. ވަރަށް އަވަހަށް ރައްޓެހިކުއްޖަކު ކައިރިޔަށް ގޮސްލާފަ އެބައަންނަން އިނގޭ. މާލަހެއްނުވާނެ.” ޝައިރާއަކީ އެއްއިރަކުވެސް މަންމަކައިރި ބުނެފަނޫނީ އެއްވެސް ތަނަކަށް ގޮސްފައިނުވާ ކުއްޖެއްކަމުން މިރޭވެސް ޝައިރާދިޔައީ މަންމަކައިރި ބުނެލާފައެވެ. ސީދާ ތެދަށްނުބުނިނަމަވެސް މުޅިއަކުން ދޮގެއްނޫނެވެ.

މަޑު ހިނގުމެއްގާ ގޭގެ ފުރަގަހުން އަތިރިއަށް މިސްރާބުޖެހީ ފުން ވިސްނުމެއްގާ ހުރެއެވެ. “އަޅެ އަހަރެން ކިހިނެއް އަޔާން ފާހަގަކުރާނީ؟ އެހެން މީހަކު ހުއްޓަސް ނޭނގޭނެ. މިރަށު ގިނަ މީހުން ނުވެސް އެނގޭ. ގައިމު އަޔާން ލައިގެން ހުރިއެއްޗެހީގެ ކުލަ ބުނިނަމަވެސް ފަސޭހައިން އެނގުނިސް އަޔާން ފާހަގަކުރަން. ދެން ކިހިނެއް ހަދާނީ. މިސާލަކަށް އަޔާން ފާހަގަ ކުރަން އެނގުނަސް ކީކޭތަ ކިޔާނީ ގޮސް. ނޭނގެ މަށަކަށް. އަޅެ މިކަހަލަ ވާހަކަ ހިއްސާ ކަަށްލާނެ މީހެއް ހުރިނަމަ ކިހާ ރަނގަޅުވިސް.” އަމިއްލަ ދުނިޔޭގާ ހުރި ޝައިރާއަށް ހޭވެރިކަންވީ ގޮސް މީހެއްގެ ގައިގަ ލައިގަތުމުންނެވެ. ޝައިރާ އަންނަން ބޭނުންވި މަންޒިލްއަށް އާދެވުންކަންވެސް އެނގުނީ ދެނެވެ. ޝައިރާގެ ގެޔާ މާދުރުނޫންކަމުން އެހާ އަވަހަށް އާދެވޭނެކަންވެސް ޝައިރާއަށް ނޭނގުނީ އެހެން ވިސްނުމަކު ހުރުމުންނެވެ.

ކުރިމަތީ ހުރީ ޝައިރާއަށްވުރެ އިސްކޮޅުން ދިގު ޒުވާނެކެވެ. އަނދިރިކަމުން މޫނެއްވެސް ނުފެނެއެވެ. ކަޅު ހިޔަންޔެއް ފަދައިން ފެންނަ އެޒުވާނާއަކީ ފިރެހެނެއްކަން ބުނެވޭވަރުވެއެވެ. އެއީ އަޔާންއަށްވެސް ވެދާނެކަމަށް ހިތަށްއެރުމާއެކު ޝައިރާގެ ހަތަރެސްފާ ފިނިވެ ދެފައިގާ މަޑު ތުރުތުރެއްއެޅިއެވެ. ހިތްތެޅޭލެއް ބާރުކަމުން ކައިރި ހުރި ޒުވާނާއަށް އަޑުއިވޭނެކަން ޔަގީނެވެ. އެ ޒުވާނާގެ ގައިން ދުވާ ފިރެހެންވަންތަ ވަހުން ޝައިރާއަށް ބޭއިޚްތިޔާރުގާ ނޭފަތް އެތެރަށް ދަމާލެވުނެވެ.

“ސޮރީ. އެހެން ވިސްނުމަކު ހުރީމަ ނޭނގުން މީހަކު ހުރިކަމެއްވެސް.” ޝައިރާ އަވަސް އަވަހަށް މަފަށް އެދުނެވެ. “އިޓްސް އޯކޭ. ހައި. އައިމް މާޒް. އަންހެންކުއްޖަކު އެކަނި ކީއްކުރަނީ މިހާ އަނދިރީގަ؟ އަނެއްކާ އިންސިއެއްތަ ނޫނީ ޖިންނިއެއްތަ؟ ހެހެހެހެ” ޝައިރާ މާޔޫސްވީ އެއީ އަޔާންއަށް ނުވުމުންނެވެ. މާޒް ސުވާލެއްކޮށްލިކަންވެސް ޝައިރާއަށް ނޭގުނެވެ. އެހެންކަމުން ދެންވެސް ވާހަކަދެއްކީ މާޒްއެވެ. “ކޮންމެހެން ޖަވާބުދޭން ބޭނުންނުވަންޔާ އޯކޭ ޖަވާބު ނުދިނަސް ހެހެހެހެހެ. އަހަރެން ހީކުރީ އަންހެންކުދިންނަށް އެކަނި އަނދިރިގަނޑަކަށް ވަންނަން ނުކެރޭނެކަމަށް. މްމްމްމްމް އިންޓްރެސްޓިންގް ކުއްޖެކޭމީ ދޯ.” ދެންވެސް ޝައިރާ އެއްޗެއް ބުނާކަށް ބޭނުމެއް ނުވިއެވެ. މާޒް ކިޔާ އެއްޗަކާ އަޅާވެސްނުލާ ޝައިރާ އެ ހިސާބަށް ނަޒަރު ހިންގާލީ އިތުރު މީހަކުފެނޭތޯއެވެ.

އަނދިރިގަނޑު ގެ ކޮޅު ކޮޅުގައި އައްޔަށް ވާގޮތަށް ހުރި ފިރެހެނެއް ޝައިރާގެ ލޮލުގާ އަޅާގަތުމާއިއެކު ޝައިރާ އަވަސް އަވަހަށް އެދިމާލަށް ހިނގައިގަތީ އެއީ އަޔާންއަށް ވެދާނޭ ހިތަށްއެރުމުންނެވެ. އެމީހަކު ހުރީ ފުރަގަސްދީގެން ކަމުން ކާކުކަށް ނޭނގުނަސް ދަންނަގޮތެއް ހުރިހެން ޝައިރާއަށް ހީވިއެވެ. އިސްކޮޅުން ގާތްގަޑަކަށް ހަފޫޓުހަމަވާވަރުގެ އެޒުވާނާއަކީ ހަމުގެ ކުލަ ދޮން ފަށުވިކޮޅެއްފަދަ ފަންއިސްތަށިކޮޅެއްގެވެރިއެކެވެ. ކަޅު ޖިންސަކާއި ނެވީބްލޫކުލައިގެ އަތްދިގު ގަމީހެއްލައިގެން އުޅަބޮއްޓާ ހަމައަށް އަތުކުރި އޮޅާލައިގެން ދެޖީބަށް އަތްޖަހާލައިގެން އެއްފައިމައްޗަށް ހުރިގޮތް ވަރަށްވެސް ސްމާރޓްކަމަށްދައްކައެވެ. އެޒުވާނާއި ކައިރިވަމުންދާވަރަކަށް ޝައިރާގެ ހިތުގެތެޅުންވެސް ދަނީ އަވަސްވަމުންނެވެ.

އަޔާންގެ ފުރަގަހުގާ މީހަކުހުރިހެން ހީވުމުން ފަސްއެނބުރި ބަލައިލިއިރު ޝައިރާހުރީ އިސްދަށަށް ޖަހައިގެން ދެއަތްދިއަތަށް މޮޑެލަމޮޑެލައެވެ. “ޝައި” ޝައިރާއަށް އަޑުމިއިވުނީ ރަނގަޅަށްތޯ ޔަގީންކޮށްލަން އަވަސް އަވަހަށް އިސްއިފުލާލިއިރު ކުރިމަތީގާ ހުރި އަޔާންފެނި ޝައިރާ ދެބުމަ ގޮއްޖަހާލިއެވެ. “މުޅި މިރަށުގަވެސް ޔާންގެ ދެފައި ދޯ. މިގަޑީ މިތާ ކީއްތިކުރަނީ؟” ޝައިރާއަށް ފެނުމުންވެސް އަދިވެސް އެއީ އަޔާންކަން ނޭނގުނެވެ. “އަޅެފަހެ މީ ވަކިބަޔަކަށް ހާއްސަ ތަނެއްތަ. ޝައި މިތާ ކީއްކުރަނީ؟” އަޔާންވެސް ބޭނުންވީ ޝައިރާގެ އަނގަގޮއްވާލުމަށްފަހު ނޫނީ އެއީ އަޔާންކަން ނުބުނާށެވެ. އޭރަށް ޝައިރާ އަދި ވަކިން ބޮޑަށް ލަދުގަންނަވާލެވޭނެތީއެވެ. “މަ ދޯ ފުރަތަމަ ސުވާލުކުރީ. ނުބުނަންޏާ ހުރެ. ބޮޑު ފޮނިގަނޑު. ވަރަށްފޫހިވޭ” ޝައިރާ ދެންވެސް އެ ހިސާބު ބަލަމުން ދިޔައީ އަދިވެސް އިތުރު މީހަކު ފެނޭތޯއެވެ. އޭރުވެސް އެ އަނދިރިގަނޑުތެރޭ ހުރި ޒުވާނާ ހަމައެތާ ހުއްޓެވެ.

“އަޅެ އެއީ ކަންނޭގެ އަޔާން. އެކަމަކު މާޒްއޭ ބުނީ ކީއްވެ. މަށަށް ލަނޑެއް ދޭން ކަންނޭނގެ ނަން އޮޅުވާލީއެ. އަމިއްލަޔަށް އަންނަންދެން މިތާންގަ މަވެސް ހުންނާނީ. އެނގިދާނެތާ ލަނޑުލިބެނީ ކާކަށްކަން.” އަމިއްލަ ވިސްނުމެއްގާހުރި ޝައިރާއަށް ހަމަހޭވެރިކަންވީ ޝައިރާގެ ކަންފަތްބުޑުގާ އަޔާން ހަޅޭއްލަވާގަތުމުންނެވެ. ބިރުންގޮސް ޝައިރާވެސް އަޑުގެނެތްތަނަށް ހަޅޭއްލަވާގަތެވެ. “ދެން ޔާންގަނޑާ މޮޔަވީތަ؟ ކިރިޔާއެއްނު ބިރުންގޮސް ހިތްނުހުއްޓުނީ” ޝައިރާހުރީ ބިރުން ހަލާކުވާވަރުވެފައެވެ. “އެހެނޭ ވާނީ މަ ދައްކާ ވާހަކަ އަޑެއް ނާހާ ވިއްޔާ.. ކޮންޗެއް ތިހޯދަނީ މުޅި ހިސާބުބަލާ ފާސްކުރެޔޭއެބަ.. ބައިދަވޭ ޝައިގެ ހިތް ހުއްޓެއްޖިއްޔާ މިހިތް ނަގާފަދޭނަން. އޯކޭ އެއްނު.” އަޔާން މޭމަތީގަ ފިރުމާލާފަ އެހެންބުނުމުން ޝައިރާހުރީ ލަދުން ގޮސް މީހާ ހަލާކުވާވަރުވެފައެވެ “ދެން ޔާން ގަނޑާ ވަރަށް ފޫހިވޭ.”

“ޝައި ކީއްވެ އަބަދު ވަރަށްފޫހިވެއޭ ތިކިޔަނީ. ހަމަ އަސްލުވެސް ފުހިވޭތަ؟ އެކަމް ބުނީމު ލައިކްވެޔޭ.” އަޔާން ދެރަވާކަމަށް ހަދާލާފަ އެހެންބުނީ ފުދޭވަރަކަށް ބާރަށެވެ. “ސާބަހޭ ތިހާ ބާރަށް ނުބުންޔަސް މަށަށް އިވޭ އެބަ. އަދި ބީރެއްނުވެޔޭ.” ޝައިރާ ޖެހިލުންވީ އަނދިރިގަނޑުތެރޭ އެހުރި ޒުވާނާއަށް އަޑުއިވިދާނެތީއެވެ. އެއީ ޝައިރާއަށް ހީވާގޮތުން އަޔާންކަމަށްވީތީ އަޔާންއަށް އެކަހަލައެއްޗެއް އަޑުއިވޭން ނޭދެެތީއާވެސް އެކު އެހެންބުނީއެވެ..

މާޒްހުރީ ދުރުން އެފެންނަ އަންހެންކުއްޖާއި ފިރެހެންކުއްޖާގެ ހަރަކާތްތަކަށް ވަރަށް ޝައުގުވެރިކަމާއިއެކު ބަލާންށެވެ. އެއީ މިއަދު ހެނދުނު ސުމާ އާއިއެކު މިރަށަށް އައިތަނުން ދިމާވެ ސުމާއައި އެމީހަކާއި ދެމެދު ވާހަކަ ދެކެވުންތަން މާޒްއަށް ފެނިފައިވާތީއެވެ. ދެކެވުނީ ކޮންވާހަކައެއްކަން ނޭނގުނަސް އެޒުވާނާ އެހެން އަންހެންކުއްޖެއް ކައިރި ހުރިވާހަކަ ސުމާގެ ގާތު ބުނަންބޭނުންވާތީ އެޒުވާނާ ކައިރި ހުރި އަންހެންކުއްޖާއާއި ތަންކޮޅެއް ކައިރިން ދެކިލަން މާޒް ނުދެނަހުރިކަމަށް ހަދާފާ އެދީމާލަށް ހިނގައިގަތެވެ.

“އަޔާންއަށް އަޑުއިވިގެން ކަންނޭނގެ އެއަންނަނީ. އެކަމަކު މި ޔާން މިތާހުރިއްޔާ އަނެއްކާ އަޔާން ކީކޭ ހިތަށް އަރާނީ.” މާޒް އެދިމާލަށް އަންނަތަންފެނި ޝައިރާވެސް އަވަސްވެގަތީ ޔާންކައިރިން ދުރަށްޖެހި މާޒްއާއި ދިމާލަށް ހިނގައިގަތުމަށެވެ. ހުޝިޔާރުކަމާއިއެކު އަޔާން ޝައިރާގެ އަތުގާހިފާ ކައިރިއަށް ދަމާލާ އެދެއަތުގެ ތެރޭ ހައްޔަރްކޮށްލީ ޝައިރާއަށް ގުޑިވެސް ނުލެވޭވަރަށެވެ.

“ޔާންގަނޑާ، ދޫކުރޭ. އަޅެ އަޔާންއަށް ފެނިދާނެ އޭރަށް އެނަ ހީކުރާނީ ކީކޭ. ދޫކުރޭ. އަޅެ ޕްލީޒް.” އަޔާންގެ މޭމަތީ ދެއަދުން ތަޅަމުން ޝައިރާ ހަޅޭއްލަވަންހުއްޓާ މާޒް އެދިޔައީ ސުމާކައިރި ކުޓުވަން އެދެމީހުނަށް ވަރަށް ރަނގަޅަށް ބަލާލައިފައެވެ. ޝައިރާ ކައިރިއަށް އައި ރުޅީގާ އަޔާންގެ މޭމަތީއަޅާ ދުރަށް ކޮއްޕާލިއެވެ. “ދެރަކަމެއްނު ޔާން. މަމިތަނަށް މިއައީ ކުއްޖަކާ ބައްދަލުކުރަންށޭ. އޭނަ އެދިޔައީ ޔާންއާއިހެދެ” ޝައިރާހުރީ ޔާންގެ އެއަމަލުން ރަނގަޅަށްވެސް ހިތްހަމަނުޖެހިފައެވެ. ޝައިރާ ދެބުމަ ގޮއްޖަހާލައިގެން، ހަށަމްބަނދެލާ، ތުންދަމާލައިގެން ހުރިގޮތް ވަރަށް ވެސް ލޯތްބެވެ.

“އަޅޭ މިހިރަ މޮޔަކުއްޖާޔާ އަޔާން މިހުރީ ކުރިމަތީގަޔޭ.” އަޔާންގެ އެ ޖުމްލައިން ޝައިރާ ޕަކަޕަކަލާފާ ހޭންފެށިއެވެ. “ވަރަށްވޭދޯ އަޔާންއަށްވާހިތް. މަށަށް އަޔާންގެ ނަންބުނެވުނީތީ ދެން ތިބަދަލުވީ އަޔާންއަށް ދޯ.” އަޔާން ހަގީގަތްހާމަކުރިއިރުވެސް ޝައިރާ އަދިވެސް ގަބޫލުކުރާކަށްބޭނުމެއުނުވިއެވެ. ޝައިރާގެ ނަންބަރ ފޯނުން ހޯދާލުމަށްފަހު އަޔާން އެނަންބަރަށް ގުޅާލިއެވެ. އެއީ އަޔާން ވައިބާރ ބޭނުންކުރާ ނަންބަރުކަމުން ދެން ޝައިރާ ޖެހެނީ ގަބޫލުކުރަންތާއެވެ.

“އަޔާންގެ ކޯލްއެއް” ޝައިރާގެ ފޯނު ރިންގް ވާންފެށުމާއިއެކު އަޔާންއަށް ފޯނުގެ ސްކްރީންދައްކާ ހެވިދިލިފަ އެހެން ބުނެލިގޮތުން އަޔާންކައިރިއަށް އައީ އަމަށަކު ހިންޔެއްނޫނެވެ. އެކަމަކު ޝައިރާ ރުޅިއަތުވެދާނެތީ ބަނޑުތެރެއަށް ހިންދާލައިގެން ހުރީއެވެ.

“ހައި އިޓްސް މީ އަޔާން. އަހްމަދު އަޔާން ބްލެކް ރޯޒް. ފްރެންޑްސް ކިޔަނީ ޔާން. އަހަރެން މިހުރީ ޝައިގެ ކުރިމަތީ. ދެންވެސް ހަމަ ގަބޫލެއްނުކުރާނަންތަ.” ޝައިރާ ފޯނު ނަގާ ކަންފަތުގަ ޖެހުމާއިއެކު އަޔާން ވާހަކަދައްކަންފެށީ ކުޑަމިނުން ޝައިރާއަށް ހަލޯ އޭ ބުނުމުގެ ފުރުސަތުވެސް ނުދީއެވެ.

=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhonthiii

Level 210 Stories100 Comments

Love to read and write. Need everyone's help to improve. Sarangheyoa ???

Other Articles

Previous

ހާސިލް ވުމަށް އެދި ހިތް ރޮނީ 10

Next

އިންތިޒާރުގައި ހުންނަމޭ ލޯބިން 41

Next
September 16, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 41

Previews
September 16, 2018

ހާސިލް ވުމަށް އެދި ހިތް ރޮނީ 10

55 Comments!

  1. Anonymous says:
    September 16, 2018 at 2:53 pm

    me first dhw

    1. Dhonthiii says:
      September 16, 2018 at 3:13 pm

      Yap ur first ???

  2. Hudher says:
    September 16, 2018 at 2:56 pm

    Heyyyyyy dhonthiiii…….me second dhw……maasha allah stry v v v v v v v v rythi…saranghae???????

    1. Dhonthiii says:
      September 16, 2018 at 3:14 pm

      Yap ur second. ??? thankyou hudher ??? saranghae ???

  3. Anonymous says:
    September 16, 2018 at 3:01 pm

    v reethi. when next

    1. Dhonthiii says:
      September 16, 2018 at 3:15 pm

      Thankyou ??? next part liyevunhaa avahah up kohladheynen. Adi liyan nuves feshey…

  4. ? Unknown ? says:
    September 16, 2018 at 3:26 pm

    V reethi mi part vx. Whn next part?

    1. Dhonthiii says:
      October 1, 2018 at 5:50 am

      Thanxs.. today iraadha kurehvihyaa..

  5. Mixuhan says:
    September 16, 2018 at 4:11 pm

    Haaadha laheyy..kiyaahithun keii nuvey…mi part is toooo short ..alhe dhn annabai dhigukhlahchey ..story is nice❤

    1. Dhonthiii says:
      September 16, 2018 at 4:30 pm

      Thankyou.. new kujjeh comment kohleema varah happy vehje. Wait kohlaane kameh unmeedhu kuran. Den in part dhigu kohleveythoa try kraanan ???

  6. Unknown ?? says:
    September 16, 2018 at 8:53 pm

    Whn next part???

    1. Dhonthiii says:
      October 1, 2018 at 5:52 am

      Today iraadhakurehvihyya

  7. Mona says:
    September 17, 2018 at 8:30 am

    Plx update today…waitng for the story…v salhi vaahaka❤️❤️❤️

    1. Dhonthiii says:
      September 17, 2018 at 12:18 pm

      Thankyou. Ekam sorry dear miadhu story nuleveyne adi liyan ves nufeshey. Sooo sorry ?

  8. vaanuvaa says:
    September 17, 2018 at 10:52 am

    Mi story varah reethi. ekam maa avas aruvaalaafa huhnathan faahaga kurevey. Dhen hama visnaa visnaaves geteh nuvi ayaan aa hedhi livya evarah ulhunu iru tryves koh nulaa resortah gos Shairage photo eh fenigen evarah loabi vi sababu. kaakukan neyngi nufeni photo eh fenigen ayaan ah shaira aa vakin dhiri noolhevey varu veytha? hiyeh nuvey photo eh fenigen ehaa loabi veveyne hen. ethan ehaa hamaeh nujehey

    1. Dhonthiii says:
      September 17, 2018 at 12:16 pm

      Well u never know what happens. Thankyou for the comment. Btw my sister fenuny hama photo akun boy akah. And photo akun fenigen eyna loabi vegen number hoadhaagen rahtehi vee ves. She is nw married to him. N nw they have a kid n insha allah they are a happy family. So nw does it make sense. Cox i happens in real life gah ves. Hope u understand….

    2. Dhonthiii says:
      September 17, 2018 at 12:17 pm

      It*

    3. Someone?? says:
      September 17, 2018 at 1:52 pm

      It hpns ey. I guess u don’t understand. ✌️✌️

    4. Dhonthiii says:
      September 30, 2018 at 8:01 pm

      Who knws. Hama ayaan ehen ulhey reason eh ves ovedhaanu.

  9. naash says:
    September 17, 2018 at 1:18 pm

    WOOOOooHOOOOOOOOOO dhonthii vvvv nice mi part vx… ehnve ey bunany naash ge lwbi lwbi dhonthii aky hama bst ey…

    1. Dhonthiii says:
      September 17, 2018 at 1:48 pm

      Thankyou sooooo much naash. ?????????? Loabi loabi naash enme fahathuney thi first hoady.

  10. naash says:
    September 17, 2018 at 1:52 pm

    ahahahahah.. e k vane fahathun vias first libijje ennu dhw dhonthii

    1. Dhonthiii says:
      September 17, 2018 at 5:00 pm

      Hehehe aaaaan dhw

  11. naash says:
    September 17, 2018 at 5:05 pm

    alheyhhh dhonthii can’t wait ey… hama kiyaa hithn

    1. Dhonthiii says:
      September 30, 2018 at 4:52 pm

      Sooo sorry dear las veema ?

  12. Hudher says:
    September 17, 2018 at 9:56 pm

    Heyyyyy naaaaaash……..?? nd dhonthiiiii ???

    1. Dhonthiii says:
      September 30, 2018 at 4:53 pm

      Hey hudher dear. Sooo sorry dear las veema ?

  13. Maya says:
    September 17, 2018 at 10:07 pm

    alhey dhonthiii haadha lahun ney.. Maya mihaaru inthixaaruge hitaa jahan fashaifin mi story up nuvegen.. ?????????vv reethi heehee halaaku… ?????vv curious nxt part kiyaahithun….. Avahah up kohdhehchey dhonthiii… ?????????????BTW vv reethi MashaAllah ????????love u dhonthiiiiii>3 >3 >3

    1. Maya says:
      September 17, 2018 at 10:07 pm

      Guitar *

    2. Dhonthiii says:
      September 30, 2018 at 4:55 pm

      Thanxs maayaa. Sooo sorry dear las veema ? guiter geh naru ves kendihje dhw intizaaru kuran jehunleh dhigu kamun hehehe. Luvs ?

  14. mizu says:
    September 25, 2018 at 9:34 am

    dhonthi kobaatha storyge next part? 10 days v.. Still no news from you.. Dhonthi are you okey? balive kameh v tha anehkaa? I am really really worried mihaaru.

    1. Dhonthiii says:
      September 30, 2018 at 4:57 pm

      Yeah dear dhonthi bali v. Dnt worry dear nw im fine. Kudakoh adhives tired vefa huhnany. Sorry ehaa las va ?

  15. mizu says:
    September 25, 2018 at 9:40 am

    Alhe dhonthi dhanna kuhjaku huriyya dhonthige haalu balaala dheeba.. plx.. Bxy vegenves up koh nudhevenya evaahaka bunlyma dhw ingeyni..

    1. Dhonthiii says:
      September 30, 2018 at 4:58 pm

      I see u were verry worried. Buxy vegen ves dhonthi bunan abadhuves ?

  16. Mimmi ❤️ says:
    September 25, 2018 at 9:52 am

    Wow Varah reethi story eh.. Mimmi ah mi site in mihaaru kiyey hama ekani story mi.. Bxy kamun commenteh nukurevunas baraabarah mi story kiyaa levey.. Dhonthi koniraku next part upkohla dheveyni. haadha dhuvaheh vejjey inthizaaru kuraathaa..

    1. Dhonthiii says:
      September 30, 2018 at 4:59 pm

      Thanxs mimmi.. sorry ehaa dhigu intixaareh kuran jehunyma ?

  17. Some one? says:
    September 25, 2018 at 2:36 pm

    Dhonthiii. Kobaatha next part????????? U stopped story??????

    1. Dhonthiii says:
      September 30, 2018 at 5:00 pm

      Nuney story ninmaafa stop kuraany iraadhakurehvihyaa

  18. No one says:
    September 27, 2018 at 10:48 am

    Alhe kobaatha next part? Dhigu nukuriyas up kohla dheeba plx. Kiyaahithun miyoh maruvany

    1. Dhonthiii says:
      September 30, 2018 at 5:02 pm

      Ehen nubuney. Up koladheynan maadhan iraadhakurehvihyya

  19. No name says:
    September 28, 2018 at 12:56 pm

    Next part up kohladheebala avahah..varah kiyaa hithun mihury..

    1. Dhonthiii says:
      September 30, 2018 at 5:03 pm

      Up koladheynan maadhan iraadhakurehvihyya

    2. Dhonthiii says:
      September 30, 2018 at 5:03 pm

      Thanxs alot hurihaa kudhin thidhey support ah. Luv u all ?

  20. Dhonthiii says:
    September 30, 2018 at 4:51 pm

    Soooo sorry guys. dhonthi Balivegen admit kohfa but geyah fonuvaaleema ves hamajehilan kuda dhuvas kolheh negy. Im soooo sorry ?? maadhan iraadha kurehvihyaa next part up kohladheynan ingey. Once again sooo sorry thikudhinah angaa nulevunyma. Dhonthi abadhuves thikudhinge comments thakah ves reply kuramehnun. Midhuvas kolhu kantah vee gothun evaru ves koh nulevuny. Sorrt ??

  21. Dhonthiii says:
    October 1, 2018 at 8:46 pm

    Vaahaka submit kohladheefa vee ingey. ??

  22. Maahy says:
    October 2, 2018 at 7:29 pm

    Still not updated…curiously waitinggg…

    1. Dhonthiii says:
      October 2, 2018 at 9:30 pm

      Submit kohfa vee. Hama buni dhuvahah. Den ekolhun eh up nukurany..

  23. Maahy says:
    October 3, 2018 at 12:28 am

    Update kohfimey bunefithaa two days vejje ekm ahives update eh nuvey..eyge fahun vx ehn vaahaka eh update vejje..alhe Dhonthiii ahaaba admin kairin vaagotheh…hama kiyaa hithun hureveny eh nun

    1. Dhonthiii says:
      October 4, 2018 at 1:50 pm

      Hey adi kiriyaa ingey comment eh fenuny. Dhonthi akah neyge admin aah contact kuraane goteh ekam now story up vefa iny..

  24. Lover says:
    October 3, 2018 at 6:01 pm

    Alhey.. Dhonthi gothah enmenves thedhuhadhaane nama konfadha!!!Avahah esfiya in up kohba!??

    1. Dhonthiii says:
      October 3, 2018 at 8:03 pm

      Hehehe… esfiya in hurihaa vaahaka eh ehfaharaa up kuran kahneyge lasvanee….

  25. Haapy?? says:
    October 3, 2018 at 6:48 pm

    Alheyyy. Still up nuvey eyyyy

    1. Dhonthiii says:
      October 4, 2018 at 1:52 pm

      nw story up vefa iny ?

  26. Sleeping Beauty says:
    October 4, 2018 at 12:02 am

    Dhonthiii Vaahaka Submit Kohfi Ey Buni Fahun Vx 2 Story Up Vejje…Alhe Dhonthiii Admin Kairin Ahaaba Vagotheh

    1. Dhonthiii says:
      October 4, 2018 at 1:52 pm

      Denmega ingey comment eh fenuny. Dhonthi akah neyge admin aah contact kuraanegoteh ves ekam nw story up vefa iny

Comments are closed.

Next Episodeލޯތްބަކީ 16←


All Right Reserved!