Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 16

almaa2004 Level 210 Stories100 Login
September 18, 2018 6 Mins Read
15 Comments

“ފަރީދާ އައިސް ކީ މިއަދު ހެނދުނު އެ ސަމީރާމެން ގޭގަ އަޑެއް ހުއްޓޯ…. އެގޭގަ މެދަށް ހުރޭނުން ދޯ ގޮޔެއް….. އާލާ ދޯ އެ މަންޖެއަށް ކިޔަނީ….. އެ ސަމީރާ އެ އުޅެނީ އެ މަންޖެ އެއްކަލަ މުއްސަނދި ނަސީރާއި ދެވަންށޯ… މީހަކު އަޅެ އަޖައިބެއް ނުވާނެ…. އުމުރުގެ ގޮތުންވެސް ވިއްސަކަށް އަހަރު ބޮޑުވާނެ ތޯއްޗެ އެ ނަސީރު….” އެމީހާ ދައްކަމުންދިޔަ ވާހަކަ އަޑު އަހަން ހުރި ވިޝާލްގެ ދުނިޔެ އެނބުރިގަތް ފަދައެވެ. އާލާ އުޅޭނެ ހާލު ހިތައް އެރުމުން ވިޝާލްއަށް އޭނާގެ އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ. އޭނަ އާލާ ދޫކޮށްނުލިނަމަ އާލާއަށް ރަށަށް އަންނާކަށްވެސް ނުޖެހޭނެއެވެ. އެ ނަސީރުއަކާއި އިންނާކަށްވެސް ނުޖެހޭނެއެވެ. “އަދި އިނގޭތަ… އެ މަންޖެ ވަރަށް ރުޔޯ ސަމީރާ ކައިރި އެހެން ނުހަދާށޭ ކިޔައިގެން….. އޭނަ ހިތައް ނޭރިޔޯ އެކައްޗެއްވެސް….. އަދި ބުނި އެ ސަމީރާ ޖެހިޔޯ އެ ފަކީރު ކޯތާފަތް މަތީގަވެސް….. މަ ހިތައް އަރާ މައިވަންތަ ކަމުގެ ލޯބިވެސް ސަމީރާ ހިތުގަ ނެތީބާއޭ…..” އެމީހާގެ ކޮންމެ ބަހެއްވެސް ދިޔައީ ވިޝާލްގެ ހިތް ރޮއްވަމުންނެެވެ. އާލާ އޭނައަށް އުމުރަށް ގެއްލެން އުޅޭ ކަމުގެ އިހުސާސް ވިޝާލްއަށް ކުރުވި ހިނދު އޭނައަށް ލޯ މަރައިލެވުނެވެ. “އެ ސަމީރާގެ ހިތެކޭ ކިޔާފަ އޮންނާނީ ހިލަ ގަނޑެއް…. ލާރިއަށް ވެއްޖެއްޔާ ކޮންމެ ފަދަ ކަމެއް ކުރާކަށްވެސް އޭނަ ފަހަކަށް ނުދާނެ….. ސަހާދެއް މި ބުނި… ބޯ ހަލާކު…. އެއޮއް އަޞުރު ވަނީ…. ހިނގާ މިސްކިތް ދޮށަށް ދާން….” އެތަނުން އެކަކު އެހެން ބުނުމުން އެންމެވެސް އެކަމާ އެއްބަސްވެ އެ ތަނުން ހިނގައިގަތެވެ. އެމީހުން ގޮސް ލޮލުކޮޅަށް އޮބާލަންދެން ވިޝާލްއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އާާލާ ކުރިމަތިލަމުން އެދަނީ ކޮންފަދަ ނާއިންސާފަކާއި ހެއްޔެވެ؟ ލޮލަށް ޖަމާވެފައިހުރި ކަރުނަތައް ހިންދާލަމުން ވިޝާލް ހިނގައިގަތްއިރު އޭނާގެ ހިތުގައިވީ އާލާ އެކަމުން ސަލާމަތް ކޮށްދިނުމުގެ ވަރުގަދަ އަޒުމެވެ. ނަމަވެސް ސުވާލާކީ އޭނާއަށް އެކަން ކާމިޔާބު ވާނެ ހެއްޔެވެ؟

ގަޑިން މެންދުރު ފަހު 2 ޖެހިއިރުވެސް އައިފާ އޮތީ ނިދާފައެވެ. ކައިރީގައި ލެޕްޓޮޕާއި ހެޑްސެޓަކާއި ހާޑެއް އޮތުމުން ރޭ ހަތަރު ދަމު ފިލްމު ބެލީކަން ބަލާލި ކޮންމެ މީހަކަށްވެސް އިނގޭނެއެވެ. ރޭގައި ކޮށްފައިހުރި މޭކަޕްގެ އަސަރު އަދިވެސް މޫނުމަތީގައި ހުއްޓެވެ. އޭނަ ލޯ ހުޅުވައިލީ ކެނޑިނޭޅި ހައެއްކަ ފަހަރު އޭނާގެ ފޯނު ރިންގް ވުމުންނެވެ. “ހަލޯ…. ކާކު؟” ކަންނެތް ކަމާއެކު އޭނަ އެހެން ބުނީ ގުޅާފައި އިނީ ނުދަންނަ ނަންބަރަކުން ކަމަށް ވާތީއެވެ. “ޕިސް ޕިސް…. މިހާ އަވަހަށް މަ މަތިން ހަނދާން ނެތުނީ..؟ މަށޭ މި…. ނޫރާ..” އެކޮޅުން ވާހަކަ ދެއްކި ކުއްޖާ ބުންޏެވެ. “ވަޓްޓް…؟ ނުންނު ކޮންއިރަކު މާލެ އައީ….. ބުނީމެއްނު އެކޮޅުގަ މަޑު ކުރަނީއޭ…..” އައިފާގެ ނިދި އެއްކޮށް ފިލައިފިއެވެ. ބައްތިރީސް ދަތް އަތަށް ނަގައިގެން އިނދެ ވާހަކަ ދައްކަމުން ދިޔައިރު ހީވީ ކުޑަވަރެއްގެ ޢީދެއް އައިސްގެން އުޅޭ ހެންނެވެ. “މިއަދު ހެނދުނު އައީ…. ނަސީބު ރަނގަޅުކަމުން ގެއަށް އައި މަގުމަތީގަ އައި މެޓް ޔޯ ދޮންބެ…. އެހެންވެ ނަންބަރު ލިބުނީ….. ސިމެއް ނެގިގޮތަށް ތި ބޭފުޅާއަށް މި ގުޅީ…. މަ ބުނީ މިއަދު ބިޒީ ނޫނިއްޔާ ބޭރަށް ދާން ހިނގާށޭ….” ނޫރާ ބުންޏެވެ. ގަޑި ކިޔުމަށްފަހު އައިފާ އަވަސްވެގަތީ ފާހާނައަށް ދިޔުމަށެވެ. ފާހާނައިން ނިކުމެ އޭނާ އަވަސް އަވަހަށް ތިރިޔަށް ފޭބީ ބަނޑުހައިވެފައި ހުރުމުން ކާއެއްޗެއް އަތުޖެހޭތޯއެވެ. ކައިގެން އައިސް އޭނަ ދެން މަސައްކަތް ފެށީ ލާނެ އެއްޗެއް ހޯދާށެވެެ. ހަތަރު ދޮރުފަތްލީ ބޮޑު އަލާމާރި ހުޅުވާލުމަށްފަހު ފަހަރަކު ހެދުމެއް ނަގައި ގައިގައި ޖައްސަމުން ދިޔައެވެ. އެންމެ ފަހުން އޭނާއަށް ކަމުދިޔަ އެއްޗިހި ނެގުމަށްފަހު އެ އިސްތިރި ކުރުމަށް އަވަސްވެގަތެވެ. އެ އެއްޗެހި ލައިގެން ލޯގަނޑު ކުރިމަތީގައި ހުއްޓެމުން އައިފާ ހިނިތުންވެލިއެވެ. ހިވާނީ އޭނާގެ އަމިއްލަ ރީތިކަމަށް ބޮޑާވާ ހެންނެވެ. ލައިގެންހުރި އައިސް ބްލޫ ކުލައިގެ ޖިންސް ފަލަމަސްގަނޑާއި ދިމާލުން ދެތިން ތަނެއް އިރާލާފައި އިނެވެ. ކަޅުކުލައިގެ އަތްކެނޑި ޓީޝާޓެއް ލުމަށްފަހު އެ އިނީ ޖިންސްގެ ދަށަށްލައި ބެގީކޮށްފައެވެ. އޭގެ މަތިން ލޭސް ކަޅު ޖެކެޓެއް ލައިފައި ހުއްޓަސް އޭގެން އެއްވެސް ނިވާކަމެއް ނެތެވެ. ތަންކޮޅެއް ލުއި މޭކަޕެއް ކޮށްގެން އަތް ދަބަސް ހިފައިގެން އަވަސް އަވަހަށް ގެއިން ނުކުތެވެ. ކާރެއް ހުއްޓުވުމަށްފަހު އެއަށް އަރައި ދާންވީ މަންޒިލް ބުނެދިނެވެ.

އިރު އޮއްސުން ގަޑީގައި ތެދުވެގެން އުޅެފައިވެސް އަނެއްކާވެސް އާލާ އޮށޯތީ ބޮލަށް އެނބުރުން އަރާވަރުން ކޮޅަށް ނުހުރެވޭތީއެވެ. ކޮންމެވެސް ވަރަކަށް ހުމުގެ އަސަރު ހުރުމުން ބޭސް ގުޅައެއް ކައިގެން އޮތް އިރުވެސް އޭނާގެ ބޮލަށް އެއްވެސް ކަހަލަ ލުޔެއް ނުލިބެއެވެ. އޭނާގެ އެއްވެސް މިސްރާބެއް ނެތް ދިރިއުޅުމާއި ދޭތެރޭ ވިސްނާލިޔަސް އޭނާގެ ބޯ ފަޅައިގެން ދާވަރުވެއެވެ. އެއްކޮޅުން އޭނަގެ އަމިއްލަ ނަފްސަށްވުރެ ބޮޑަށް ލޯބިވާ ވިޝާލްއެވެ. އަނެއްކޮޅުން އޭނާގެ ދިރިއުޅުން ހަލާކުކުރުމަށް މަސައްކަތް ކުރަމުންދާ އޭޭނަގެ މަންމައާއި މުސްކުޅި ނަސީރެވެ. އެނބުރެމުންދިޔަ ފަންކާއަށް ނަޒަރު ހުއްޓާލައިގެން އޮތް އާލާގެ ލޮލުން ކަރުނަ އަންނަން ފެށީ އޭނާގެ އެއްވެސް އިހުތިޔާރެއް ނެތިއެވެ. ކޮޓަރިއަށް ވެރިވެފައި އޮތް ހަމަހިމޭންކަން ފޫ އަޅުވައިލީ ސަމީރާގެ ރުޅިވެރި އަޑެވެ. “މަ ކަލެ ކައިރި ބުނީ ރީއްޗަށް ދެފައި ދަމައިގެން އޮންނާށޭތަ؟ ދާވެފަ ހުރި އަންނައުނުތައް ދޮންނާށޭ ކިޔާފައެއް ނޫންތަ މަ މި ގޭން ނިކުތީ….. މަ އަތުން ބޮނޑިއެއް ބޯލާނެ ގޮތެއް ނޭނގިގެންތަ ތި އުޅެނީ…. ހަމަ މިހާރު ތެދުވޭ…” ރުޅިއައިސް ރަތްވެފައި ހުރެ އޭތިމީތި ކިޔަމުންއައިސް އާލާގެ އަތުގައި ހިފައި ކޮޅަށް ނެގިއެވެ. “އެއްޗިހި ދޮންނަން އުޅެފަވެސް ބޯ އަނބުރާވަރުން އެތާ ނުހުރެވިގެންނޭ މި އައީ….. އަހަންނަށް ވާވަރަކުން ކަންކަން ކުރަމެއްނު…” ހިތާމައިން ފުރިގެންވި އަޑަކުން އާލާ އެހެން ބުންޏެވެ. “އައްދެ އައްދެ…. މިހާރަކަށް އައިސް ހާދަ މޮޅެތި އެއްޗިއްސޭ ދޯ ތި ބުނެލަނީ….. ކަލެ ބައްޔަސް ބަލި ނޫނަސް މަށަށް ކީއް….. ހަމަ މިހާރު ދާށޭ…… ދެން މަ ކުރިމަތީ އެންމެ އެއްޗެއް ބުންޏަސް ތާހިރު ބޮނޑިއެއް ދޭނަން… އަދި ބުނަން ، ނަސީރު އަންނާނެ މިރޭ ކާން… ކައްކާތި… އެންމެ ރަހައެއް މަޑުވިޔަސް މަ މި ނުބައި މީހެއްކަން ދައްކާލާނަން…. ދެން އޭނަ ހުންނަ އިރުވެސް ތި ލޮލުން ފެން ބާލާނީކީ ނޫން….. މީހަކު ނޫޅެ ކަލެއަށް ހަމްދަރުދީ ވާ ހިތުންނެއް… އަޑުއިވިއްޖެ…؟” އިންޒާރެއް ދެމުން ސަމީރާ އެތަނުން ނުކުމެގެން ދިޔައެވެ. ސަމީރާގެ ބަސްތައް އިވިފައި އާލާ އިތުރަށް ހިތުގައި ޖެހުނެވެ. އެއީ އޭނާގެ މަންމަ ކަމާމެދުވެސް އާލާއަށް ޝައްކެވެ. މިކަހަލަ ވަގުތުތަކުގައި އާލާ އެންމެ ހަނދާންވަނީ ވިޝާލްގެ މަތިންނެވެ. މި އިންސާފެއް ނެތް ދުނިޔޭގައި އުޅެން އާލާ މިހާރު ވަރަށް ފޫހިވެއެވެ. އަމިއްލައަށް މަރުވާން ހިތައް އަރާ ފަހަރުވެސް މަދެއް ނޫނެވެ. ނަމަވެސް އެ ހިޔާލު ކޮންމެ ފަހަރު އޭނާ ދޫކޮށްލަނީ މިއަށްވުރެ ރަނގަޅު ގޮތެއް ކޮންމެވެސް ދުވަހަކުން އޭނައަށް ދައްކަވާނެކަމުގެ އުންމީދުގަައެވެ. ނެތް ހިތްވަރު ދައްކައިގެންވިޔަސް އޮތްތަނުން އާލާ ތެދުވީ ދެން އިތުރަށް ސަމީރާ ދީފާނެ އަނިޔާއަކަށް ކެތްކުރާނެހާ ހިތްވަރު އޭނަގެ ގައިގައި ނެތީމައެވެ.

ދުވަހަކަށް ވުރެ ދުވަހެއް ޒާއިފްއާއި ޒިވާގެ ގުޅުން ދިޔައީ ހީނަރުވަމުންނެވެ. ޒާއިފް މިހާރު ޒިވާއާއި ވާހަކަދައްކަނީ ކޮންމެހެން ބުނަންޖެހޭ އެއްޗެއް އޮތިއްޔާއެވެ. މިކަމުންވެސް ތަދުވަމުން ދިޔައީ ޒިވާގެ ހިތަށެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ޒާއިފްގެ ދުރުކަން ދިޔައީ ޒިވާގެ ހިތް ނުތަނަވަސް ކުރުވަމުންނެވެ. އޭގެން އެއްރެއެވެ. ރައްޓެހި ބަޔަކާއިއެކު ކޮފީއެއްގައި އިނދެފައި ގެއަށް އައިސް ވަތް ޒާއިފްގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ޒިވާ މާ  ބާރަށް ވާހަކަ ދައްކާ އަޑުއިވުމުންނެވެ. ޒިވާގެ ފޯނަށް ކުޑަ މައްސަލައެއް ދިމާވެފައިވާތީ މީހަކަށް ގުޅިޔަސް އޭނަ ހުންނަން ޖެހެނީ ފޯނު ލައުޑް ސްޕީކަރަށް ލައިގެންނެވެ. އެހެންކަމުން އެކޮޅުން ވާހަކަ ދައްކަމުންދިޔަ މީހާގެ އަޑުވެސް ވަރަށް ފަނޑުކޮށް ޒާއިފްއަށް އިވެމުން ދިޔައެވެ. ކޮޓަރިއާއި ކައިރިވަމުން ދިޔަ ވަރަކަށް އެއީ ފިރިހެނެއްގެ އަޑުކަން ޒާއިފްއަށް ޔަޤީންވަމުން ދިޔައެވެ. ޒިވާ ހުރީ ދޮރާއި ފުރަގަސްދީގެން ކަމުން ދޮރު ކުރިމަތީގައި ހުރި ޒާއިފްއެއް އޭނައަކަށް ނުފެނެއެވެ. ފޯނު ކަނޑާލުމަށްފަހު ފަހަތަށް އެނބުރު ޒިވާ ސިހުނީ ކުރިމަތީގައި ހުރި ޒާއިފް ފެނިފައެވެ. “ކާކު ގުޅީ..؟” ވަރަށް މަޑުމައިތިރި ކަމާއެކު ޒާއިފް އެހެން އެހީ ޒިވާ އެ ވާހަކަ ކިޔައިދޭނެ ކަމަށެވެ. “މި..މި..މީހެއް ނޫން..” ތުރުތުރު އަޅަމުން ޒިވާ ބުނެލިއެވެ. އަނެއްކާ އޭނަ ދެއްކި ހުރިހާ ވާހަކައެއް ޒާއިފްއަށް އަޑުއިވުނު ބާއެވެ. “ދެން އެހެންވިއްޔާ މިއޮށް ހުރިހާ އިރު އެކަނި ހުރެގެންތަ ތި ވާހަކަ ދެއްކީ؟ އަދިވެސް ތި ވެގެން އުޅޭ ކިޔައިދޭކަށް ނުވޭތަ؟ ފިރިމީހާގެ ހައިސިއްޔަތުން އިނގެންޖެހޭ ބައެއް އެއްޗިހި ހުންނާނެހެން އަހަންނަށް ހީވަނީ…..” ޒާއިފް އެހާ އަސަރާއިއެކު އެހެން ބުނުމުން ޒިވާއަށް އިތުރު އެއްޗެއް ބުނާކަށް ނުކެރުނެވެ. ޒާއިފް ތަކުރާރުކޮށް އެ ސުވާލު ކުރާނީ ޒިވާއާއި ދޭތެރޭ ވިސްނާތީކަން ޒިވާއަށް ގަބޫލުކުރެވުނެވެ. ފުން ނޭވާއެއް ވައިގެ ތެރެއަށް ދޫކޮށްލަމުން ޒިވާ އޭނާގެ މާޒީގެ ސޮފްހާތައް އުކަންފެށިއެވެ. އަދި ޒާއިފްއާއި ދިމާލަށް ބަލާލުމަށްފަހު ވާހަކަ ފެށިއެވެ. ޝާމްއާއި ދިމާވި ދުވަހުންސުރެ ފެށިގެން މިހާތަނަށްވި ހުރިހާ ކަމެއްގެ ވާހަކަ ޒިވާ ޒާއިފްއަށް ކިޔައިދިނެވެ. ޝާމް ލޯބިވީ އޭނާގެ މުއްސަނދިކަން ދެކެ ކަމާއި ޒިވާއަށް ކުރި އަނިޔާތަކުގެ ވާހަކަ ޒިވާ ޒާއިފްއަށް ކިޔައިދިނީ ވަރަށް ހާލުންނެވެ. ހުރިހާ ވާހަކައެއް ކިޔައި ނިންމައިލިއިރު ޒިވާއަށް ހަމަ ރަނގަޅަށްވެސް ރޮއްވިއްޖެއެވެ. އެހުރިހާ ވާހަކައެއް އަޑުއަހަން އިން ޒާއިފްއަށް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޒިވާގެ ކެތްތެރިކަން ފެނިފައިވެސް ޒާއިފް އިނީ އަޖައިބުވެފައެވެ. ހިތައް ކުރުވި ފުން އަސަރާއިއެކު ޒާއިފް ގޮސް ޒިވާގެ ގައިގައި ބައްދައިލީ މީހެއްގެ އަޅާލުން ޒިވާ ބޭނުންވާނެ މިންވަރު އަންދާޒާ ކޮށްލެވުުމުންނެވެ. އެއްވެސް ދެކޮޅު ހެދުމެއްނެތި ޒިވާވެސް ޒާއިފްގެ ގައިގައި އަތްވަށާލީ ދުވަހަކުވެސް އޭނާ ދޫކޮށްނުލާށޭ ބުނާފަދަ ގޮތަކަށެވެ. ޒިވާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ޒާއިފްގެ ޓީޝާޓު ތެންމަމުން ދިޔައިރު އެކަމަކަށް އޭނާގެ އެއްވެސް ފަރުވާލެއްނެތެވެ. އިތުރަށް ޒިވާ ގަޔާލައި ބޮނޑިކޮށްލީ ދުވަހަކުވެސް ދޫނުކޮށްލާނަމޭ ބުނާފަދައަކުންނެވެ. މި މަންޒަރު ބަލަން ހުރި ކޮންމެ މީހެއްގެވެސް ތުންފަތައް ހިނިތުންވުން ވެރިވާނެކަމާމެދު އެއްވެސް ޝައްކެތް ނެތެވެ.

މަޖީދީ މަގުގައިހުރި ފިހާރަތަކަށް ވަންނަމުންދިޔަ އައިފާއާއި ނޫރާގެ އަތްވަނީ ކޮތަޅުތަކުން ފުރިފައެވެ. “ވަރުބަލި ވެއްޖެ މިހާރު….. ބަނޑަށް އެއްޗެއްނުލައި ދެން ނުދެވޭނެ އެއްވެސް ތާކަށް…” މާނޭވާ ލަމުން އައިފާ ބުނެލިއެވެ. ނޫރާވެސް އެކަމަށް އެއްބަސްވަމުން ހިނގައިގަތީ ކައިރި ހިސާބަކުން ރެސްޓޯރެންޓެއް އަތުޖެހޭތޯއެވެ. މާ ދުރަށް ހިނގަން ނުޖެހި އެމީހުނަށް ރެސްޓޯރެންޓެއް ފެނުނެވެ. އެތަނަށްވަދެ ތަންކޮޅެއް ބިއްދޮށުގައި އިން މޭޒެއްގައި ދެމީހުން އިށީނެވެ. އިރުކޮޅެއްނުވެ ވެއިޓަރަކު އައިސް އޯޑަރު ނަގައިގެން އެހެން ބައެއްގެ ގާތަށް ހިނގައިގަތެވެ. “އޭ މަ ބުނީ ކޮބާތަ އެއްކަލަ މީހަ….” އަނގައަށް ވައްތަރެއް ޖައްސަމުން ނޫރާ އެހެން ބުނުމުން އެ ދައްކަނީ ކާކުގެ ވާހަކައެއްކަން ނަގައިގަންނާކަށް އައިފާއަކަށް މާ ގިނައިރެއް ނުނެގިއެވެ. “ހުއް…. އޭނަވެސް މަރު ނުވަންޏާ އުޅޭނެ އެއްނު…. ހާދަ ފޫއްސެއްވާ މީހެކޭ އެ….. މަ ރީއްޗަ ވާހަކަ ދެއްކީމަ އޭނަ ހުރީ ފެންވަރު އޮޅިފަ…. ޕިސް ތިއެއް ނޫނޭ….. އިނގޭތަ ކުރިން ދުވަހު ފެނުން ވަރަށް ރީތި ކުއްޖެއް…. މަ ހަމަ ހުރީ އަންތަރީސްވެފަ…. މަ ހިތައް އަރާ ރާއްޖޭގައިވެސް އެހާ ރީތި މީހުން އުޅޭބާއޭ….. އެހުރީ ވާ ކަމެއް…. މަށަށް ހަމަ ނިދި ނުލިބޭ އޭނަ ފެނުންފަހުން… ހުވާ މަގޭ ހިތް އޭންއަށް ދެއްވިއްޖެ….”އިޝްޤުގައި ޖެހިފައި އިން މީހެއްފަދައިން އައިފާ ވާހަކަ ދައްކަމުން ދިޔައެވެ. އެވަގުތު ވޭޓަރަކު އައިސް އެމީހުން އޯޑަރުކުރި އެއްޗިހި ގެނެސް މޭޒުމަތީގައި އަތުރާލިއެވެ. ދެމީހުންވެސް އަވަހަށް ކާންފެށީ ބަނޑުހައިވެފައި ހުރިލެއް ބޮޑުކަމުންނެވެ. “ހަހަހަަހަހަ….. އަސްލުތަ؟ ދެން އޭނައަކީ ކާކުކަން ބަލައިފިންތަ…. ރަނގަޅަށް ބަލާއިރު ވެދާނެ މީހެއްގެ ފިރިޔަކަށް…” ބަތް ސަމްސަލެއް އަނގައަށް ލަމުން ނޫރާ ބުންޏެވެ. “ޕިސް… ހިޔެއް ނުވޭ މީހަކާއި އިނދެގެން އުޅޭ މީހެއް ހެނެއް….. އޭނައަކީ ކާކު ކަމެއް ސީދާ…..”އައިފާ ދައްކަމުންދިޔަ ވާހަކަ ހުއްޓުމަކަށް އައީ ރެސްޓޯރެންޓްގެ ތެރެއަށް ވަދެގެންއައި އާރާ ފެނިފައެވެ. ހަމަ އެ ސިކުންތުގައި އާރާގެ އަތުގައި ހިފައިގެން ހުރި ޒުވާނާ ފެނި އައިފާގެ އަތުން ސަމްސާ ދޫވެގެން ތަށި ތެރެއަށް ވެއްޓުނެވެ.

ފިހާރައަކަށް ގޮސްފައި ގެއަށް އައި މަގުމަތީގައި އާލާގެ އަތުގެ މުލައްދަނޑީގައި ހިފައި މީހަކު ދަމައިގަތެވެ. ކުރިމަތީގައި ހުރި ވިޝާލްފެނި އާލާގެ މެޔަށް ހީވީ ހޫނު ފެންއެއްޗެއް އޮއްސައިލި ހެންނެވެ. އެތަނުގައި ހުރި ގެއެއްގެ ފާރުގައި އާލާގެ ބުރަކަށި ޖެހިފައިވާއިރު ވިޝާލްގެ ދެ އަތް އިނީ އާލާގެ ދެ އަތްކައިރިން ފާރުގައި ޖައްސާފައެވެ. އެހެންކަމުން ވިޝާލްގެ އަތްދަށުން ސަލާމަތްވާނެ އެއްވެސް ގޮތެއް ނެތެވެ. ވިޝާލްގެ މޫނަށް ބަލައިލި ވަގުތު އާލާގެ ލޮލަށް ކަރުނަ ޖަމާވާންފެށިއެވެ. އޭނާއަށް ކުރިމަތިވެފައި މުސީބާތުން ސަލާމަތްކޮށްދިނުމަށް އެދި  ވިޝާލް ކައިރި އާދޭސް ކުރަންވެސް އާލާ ހިތައް އެރިއެވެ. ނަމަވެސް ނޭނގޭ ސަބަބަކާއި ހުރެ އާލާގެ ދުލުގައިވަނީ ތަޅެއް ލެވިފައެވެ. ވިޝާލްގެ ފިރިހެންވަންތަ އަޑު އިވުމާއިއެކު އާލާގެ ހަށިގަނޑުގައިވި ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. “ވަޓް ހެޕެންޑް ޓު ޔޫ..؟ ބަލީތަ…؟” ވިޝާލްގެ އަޑުގައިވި ކަންބޮޑުވުން ފެނި އާލާއަށް އިތުރަށް ރޮވޭގޮތް ވިއެވެ. “އެ ތެދެއްތަ އާލާ ތި އުޅެނީ މުސްކުޅިއަކާއި އިންނަންތަ…؟ ކަމެއް ގޯސްވަންޏާ ވެސް ބުނީމައެއްނު އިނގޭނީ….؟ އިޒް އެވްރިތިން އޯލް ރައިޓް..؟” ވިޝާލްގެ ކިބައިން ފެންނަމުން ދިޔަ އޯގާތެރިކަމާއި އަޅާލުންފެށި އާލާގެ ހިތައް ބުނެދޭން ނޭނގޭފަދަ އުފާވަރިކަމެއް ވެރިވިއެވެ. އެއްޗެއް ބުނެވޭތޯ މަސައްކަތް ކުރަމުންދިޔަ އާލާގެ ދެލޯ ބޮޑުވީ ދުރުގައި ބަަލަން ހުރި ސަމީރާ ފެނިފައެވެ. އޭރު އޭނާގެ ލޮލުން އަލިފާން ކަނި ބުރަމުންދާހެންވެސް އާލާއަށް ހީވިއެވެ. އާލާއަށް ވަމުންދިޔަ ގޮތްފެނި ވިޝާލްވެސް އެ ދިމާލަށް ބަލައިލިއެވެ. މިއީ އޭނާގެ ފަހު ވަގުތުކޮޅޭވެސް އާލާގެ ހިތައް އެރިއެވެ. ވިޝާލްގެ ގައިގައި އޮޅުލައިގަންނަން ވީއޭވެސް އާލާގެ ހިތައްއެރި އަދަދުވެސް ނޭނގެއެވެ. އެވަގުތު އެމީހުންނާއި ދިމާއަށް ސަމީރާ އަންނަން ފެށުމުން އާލާ ބިރުން ރޫރޫ އަޅައިގަތެވެ.

****ނުނިމޭ****

Share Article

Follow Me Written By

almaa2004

Level 210 Stories100 Login

Other Articles

Previous

އުންމުލް މުއުމިނީން ޢާއިޝަތު ރަޟިޔަ ﷲ ޢަންހާ 02

Next

މިހިތް ކޮށްލީ ދީވާނާ 1

Next
September 18, 2018

މިހިތް ކޮށްލީ ދީވާނާ 1

Previews
September 18, 2018

އުންމުލް މުއުމިނީން ޢާއިޝަތު ރަޟިޔަ ﷲ ޢަންހާ 02

15 Comments!

  1. R says:
    September 18, 2018 at 10:47 am

    Vishal pls save her……

  2. Hudher says:
    September 18, 2018 at 11:16 am

    Maasha allah…..mi part vx v v v v v v rythi…..whn next????

  3. Hudher says:
    September 18, 2018 at 11:17 am

    Me second dhww

  4. almaa2004 says:
    September 18, 2018 at 11:20 am

    Thankiu dear… yes yu r second❤

  5. Reader says:
    September 18, 2018 at 11:26 am

    Holy shi… Dhen vaaanee kihinehbaa?

  6. Huvey says:
    September 18, 2018 at 11:39 am

    Alheyyy…
    Story hama habeys. Masha allah

  7. almaa2004 says:
    September 18, 2018 at 11:39 am

    Hehehe…
    Lets see dhn vaa gotheh

  8. Mixuhan says:
    September 18, 2018 at 12:44 pm

    Alhe next part avahah upkhchey

  9. almaa2004 says:
    September 18, 2018 at 1:36 pm

    Insha allah miadhu up kohdheveythw mi ulheny…..

  10. Maya says:
    September 18, 2018 at 3:25 pm

    Holy shit…. Ey almaa2004 dhooni aalaa salamaih kurey.. Vishaal please do some thing… ?????????????kba nxt part.. Vvv Curious ?????

  11. Unknown girlll.. says:
    September 18, 2018 at 5:18 pm

    V. Nice…kep up the good work ???luvya❤❤❤ keep smiling???

    1. almaa2004 says:
      September 18, 2018 at 6:06 pm

      Thankiu ….. luv yuh too❤❤

  12. Unknown girlll..P says:
    September 18, 2018 at 5:18 pm

    V. Nice…kep up the good work ???luvya❤❤❤ keep smiling???

  13. almaa2004 says:
    September 18, 2018 at 6:05 pm

    Thankiu maya❤

  14. Ige Ehnnu ? says:
    September 22, 2018 at 10:51 am

    Assues kamu dhe ey?

Comments are closed.


All Right Reserved!