Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ދުޢާ 14

hygge Level 510 Stories100 Comments100 Login500 Comments
September 16, 2018 9 Mins Read
31 Comments

ދާނިޔަލްގެ ލޮލުން ކަރުނަ ނީރާލީ އިޚްތިޔާރުން ބޭރުގައެވެ. އެތަން ފެނި އަރީފް ދާނިޔަލް ގައިގައި ބައްދާލިއެވެ. ދާނިޔަލްވެސް އުފަލާއެކު އަރީފްއަށް ޝުކުރު އަދާކުރީ އޭނާގެ ޙަޔާތަށް އެފަދަ ރަނގަޅު މީހަކު އައުމުން ﷲއަށް ޙަމްދުކުރާ ހާލުއެވެ.

“ދެން ދޭ އަވަހަށް.. މިހާރު ޗެކިން ވާ ގަޑި އެ ޖެހެނީ..” އަރީފް ދާނިޔަލް އާއި ދުރުވެލަމުން ބުނެލިއެވެ. އެހިނދު ވަދާޢީ ސަލާމް ކޮށްލުމަށްފަހު ދާނިޔަލްވެސް އެތެރެއަށް ވަދެގެން ދިޔައެވެ. ފުރަތަމަ ފަހަރަށްވުމުން ދާނިޔަލްއަށް ކޮންމެވެސް ވަރެއްގެ ދަތިތަކާއި ކުރިމަތިލާން ޖެހުނެވެ. އެހެން ނަމަވެސް ކެތްތެރިކަމާއެކު އޭނާ ކުރިޔަށްދިޔައީ ދުނިޔޭގައި އުޅޭއިރު ދަތިތަކާއިވެސް ކުރިމަތިލާންޖެހޭނެކަން ހަދާނުގައި ބަހައްޓައިގެންނެވެ.

***

ކޮޓަރީގައި އާދައިގެ މަތިން ވާހަކަ ފޮތެއް ކިޔާލަން އާލާ އޮތެވެ. އޭނާ ވާހަކަ ކިޔަމުން ދިޔަ ވަރަކަށް އެ ފޮތުގައި އުޅޭ ފިރިހެން ކުއްޖާ ސިފަ ކުރެވެމުން ދިޔައީ ކުރިން ދުވަހެއްގައި ރަސްފަންނުން އޭނައަށް ފުރަގަހުން ފެނުނު ޒުވާނާ ފަދައިންނެވެ. ނަމަވެސް އޭނާއަށް ނުކުޅެދުނު ކަމަކީ އެކުއްޖާގެ މޫނު ސިފަކޮށްލާށެވެ. އެ ދުވަހު އޭނާއަށް އެކުއްޖާގެ މޫނު ނުފެނުމުން އާލާ ދެރަވީ އިންތިހާއަށެވެ. ދުވަހަކުވެސް ފިރިހެން ކުއްޖެއް ފެނުމުން ނުވާ އެތަށް ގޮތެއް އާލާއަށް އެދުވަހުގެ ފަހުން ވެއެވެ.

އެދުވަހަށްފަހު އޭނާއަށް އެކުއްޖާ ނުވެސް ފެނުނެވެ. ރަސްފަންނަށް ދާ ދުވަހެއްގައިވެސް އެކުއްޖާއާއި ދިމަލެއް ނުވެއެވެ. ދިމާ ވިޔަސް އޭނާއަށް އިނގޭނީ ކިހިނެތް ހެއްޔެވެ؟ އެންމެ ކުޑަމިނުން އެކުއްޖާގެ މޫނުވެސް އޭނާއަށް ފެނުނީކީ ނޫން ވިއްޔާއެވެ. ފުން ޚިޔާލަށް ގެއްލިފައި އޮތް އާލާ ބޭއިޚްތިޔާރުގައި ހިނިތުންވަމުން ދިޔައެވެ. އެހެން އޮތުމަށްފަހު ކިޔަން ގެންގުޅުނު ފޮތް ބާއްވާލައިފައި ކޮޓަރީގެ ބެލްކަންޏަށް ނިކުތެވެ. ޖެހެމުންދިޔަ ފިނިފިނި ވައިރޯޅިތައް އާލާ އަޅައިގެންހުރި ކުޑަ ބުރުގަލަށް ގޯނާކުރަމުން ދިޔައެވެ. އެހެން ކަމުން އޭނާ ބުރުގަލުގައި ހިފަހައްޓާލީ ބުރުގާ ހިއްލެން އުޅޭތިއެވެ. އާލާގެ ކޮޓަރި ހުންނަނި ގޭގެ ފުރަގަހާއިވީ ފަރާތަށްކަމުން އޭނާއަކަށް މަގުމައްޗެއް ނުފެނެއެވެ. ނަމަވެސް ގޭގެ ބޮޑު ބަގީޗާ ފެންނަން ހުރުމުން އެ ހިތަށް ހަމަޖެހުން ގެނުވަމުން ދިޔައެވެ.

***

ދާނިޔަލް ފްލައިޓަށް އަރާ ގަޑިޖެހުމުން އަވަސްވެފައި ވާ ހިތަކާއެކު އެހެން މީހުންނާއެކު ގޮސް ފްލައިޓަށް އެރިއެވެ. އެޔަށްފަހު އޭނާއަށް ޚާއްސަކުރެވިފައވި ސީޓުގައި އިށީނދެ ހަމަޖެހިލިއެވެ. ދާނިޔަލްއަށް ލިބިފަ އޮތީ ކުޑަދޮރާއި ކައިރި ސީޓެއް ކަމުން އޭނާ އިނީ ވަރަށް ހިތްހަމަޖެހިލައިގެންނެވެ. ދަތުރުމައްޗަށް އަރަމުން ކިޔާ ދުޢާ ކިޔާލުމަށްފަހު ގޮނޑީގައި ހަމަޖެހިލިއެވެ. އެހިނދު ބޯޓުގެ ކެބިން ކްރޫއިން ކަންތައްކުރަންވީ ގޮތް ކިޔައިދެމުން ދިޔައެވެ. އެމީހުން ދެމުންދިޔަ އިރުޝާދާއި އެއްގޮތަށް ދާނިޔަލްވެސް އަމަލުކުރަމުން ދިޔައެވެ. ބޯޓު ނައްޓާލަން ތައްޔާރުވުމުން ދާނިޔަލް އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ.

އޭގެ ކުޑަ އިރުކޮޅެއް ފަހުން މަޑުމަޑުން ދަމުން ދިޔަ ބޯޓުގެ ސްޕީޑް ބާރުވަމުންގޮސް ވައިގެތެރެއަށް އަރައިގެން ދިޔައެވެ. ފިއްތާ ބާރުކޮށްގެން އިން ދެލޯ ދާނިޔަލް ހުޅުވާލި ވަގުތު ދިއްލާ އަޅައިފައި އޮތް ހުޅުލެ ފެނުމުން ތަޢުރީފުގެ ބަސްތަށް ދުލުން ބޭރުވީ ބޭއިޚްތިޔާރުގައެވެ. ރޭގަނޑުގެ ވަގުތު މުތީތަކެއް ފަދައިން ދިއްލިފައިވާ ބޮކިތަށް ފެންނަލެއް ވަރަށްވެސް ޗާލެވެ. ހީވަނީ ރޭގަނޑުގެ ކަޅު އަނދިރިކަމުގެ ތެރެއިން ފެންނަ ކުދި ކުދި ތަރިތަކެއް ހެންނެވެ. ބޭރުބަލަން އިން ދާނިޔަލް އެހެން އިންދާ ވަރުބަލިވެގެން ގޮސް ނިދީގެ ފުންކަނޑަށް ޣަރަޤުވެގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

އެތަކެއް ގަޑިއިރުތަކަކަށްފަހު ދާނިޔަލްއަށް އޭނާގެ މަންޒިލަށް އާދެވުނެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހިތްހަމަޖެހުމެވެ. ޙަޤީގަތުގައި އޭނާ ހިތްހަމަ ޖެހިފައި އެހުރީ ވަކި ރަޝިޔާއށް އާދެވުމަކުން ނޫނެވެ. ފުރަތަމަ ފަހަރަށް ކުރި ދަތުރުގައި އެ ދަތުރުމަތީގައި ނަމާދު ކުރެވުމުންނެވެ. ނަމާދުކުރުމުން އެ ލިބޭ ހިތްހަމަޖެހުމަކީ ބަޔާންކުރެވޭ ވަރަށްވުރެ މާ ބޮޑު އުފަލެކެވެ. ބައެއް މީހުން ޤަބޫލު ކުރާ ގޮތުގައި ދަތުރުމަތީގައި އުނދަގޫ ކަމުން ނަމާދެއް ނުކުރެވެއެވެ. ނަމަވެސް ދާނިޔަލްގެ ޚިޔާލު އެޔާއި މުޅިން ތަފާތެވެ.

ދާނިޔަލްއަށް ބޯޓުން ފޭބުމަށްފަހު ރަޝިޔާގެ ފަސްގަނޑުގައި ފުރަތަމަފަހަރަށް ފައި ޖައްސާލި ހިނދު ކުރެވިގެން ދިޔައީ މުޅިން ތަފާތު އިޙުސާސެކެވެ. މިހުރެވުނީ އަމިއްލަ ޤައުމާއި އެތަށް ހާސް މޭލެއް ދުރުގައޭ އެތަށް ފަހަރަކު ހިތަށް އެރިއެވެ. ނަމަވެސް އޭނާ ﷲގެ އިރާދަފުޅުން ހިތްވަރު އެލުވައެއް ނުލާނެވެ. އެ ހުރި ގަދަ ޢަޒުމާއި އެކު ހަރުފަތަކަށްފަހު ހަރުފަތެއް މިހާރުވެސް އެދަނީ ގިރާކުރަމުންނެވެ.

ދާނިޔަލްއަށް އިނގިރޭސި ބަސް ދަންނަ ކަމީ އޭނާގެ ނަސީބު ކަންނޭނގެއެވެ. އެހެން ނޫންނަމަ އެޔޮށް ބޮޑު އެއާޕޯޓުތެރޭ އޭނާ އުޅޭނެ ގޮތް މީހަކަށް ތަސައްވުރުވެސް ނުކޮށްލެވޭނެއެވެ. ދާނިޔަލް މާތް ﷲގެ ޙަޟްރަތުގައި ހިތާހިތުން ދުޢާ ކުރަމުން ދިޔައީ އަވަހަށް އެތަނުން ނިކުމެވޭނެ ގޮތް އޭނާއަށް މިންވަރު ކޮށްދެއްވުން އެދިއެވެ. އޭނާއަށް އެތަނުން ނިކުމެވިއްޖެއްޔާ އެވީ ވަރަށް ބޮޑު ލުތްވެކެވެ. އަރީފް ބުނި ގޮތުން ވިއްޔާ އޭނާ ދާނިޔަލްއަށް ހަމަޖެއްސި އެޕާޓްމެންޓްގައި އެހެން މީހަކު އުޅޭނެއެވެ. އަދި އޭނާ ދާނިޔަލް ބަލައި އަންނާނެ ކަމުގައި ބުންޏެވެ.

ވަރަށް ހާލުން ދާނިޔަލްއަށް އެއާޕޯޓު ތެރެއިން ނިކުމެވުނެވެ. އެއީވެސް އެމީހާ ހޯދައިގެންނެވެ. ހިތާހިތުން ﷲއަށް ޙަމްދުކުރަމުން އޭނާ ދިޔައީ އެހާ ބޮޑު އެއާޕޯޓެއް ތެރެއިން އެޙާލުންވެސް ސަލާމަތްވެވުމުންނެވެ. އެ ފިރިހެން މީހާ އާއެކު ދާނިޔަލް ގޮސް ކާރަށް އެރިއެވެ. އެޔަށްފަހު އެމީހާ ކާރު ދުއްވާލުމުން ދާނިޔަލްގެ ނަޒަރު ބިއްލޫރިގަނޑުން ބޭރަށް ހުއްޓުނެވެ.

***

“ދުވަހަކުވެސް ކަމެއް ރަނގަޅަށް ކުރާކަށް ނޭނގޭނެ މީނާއަކަށް.. ކޮންމެވެސް އެއްޗެއް ހަލާކުކޮށްލާނެ.. އެހެން ނުނީ ކޮންމެވެސް ތަނެއް ހަޑިކޮށްލާނެ..” އާލާ އެއްޗެހިކިޔަމުން ދިޔައީ އެގެއަށް އަލަށް އައި ނޯކަރާއި ދިމާލަށެވެ. ބަލާބެލުމަށް އޭނާއަށް އަދި ވާނީ އުމުރުން ސަތާރަ ވަރަކަށް އަހަރެވެ. ނަމަވެސް ދިގު އިސްކޮޅުގެ ސަބަބުން އޭނާ އެޔަށްވުރެ އުމުރުން ދޮށީކަމަށްވެސް ދައްކައެވެ. އެ ފިރިހެން ކުއްޖާ އިސްދަށަށް ޖަހާލައިގެން ހުރި އިރު އޭނާ ހުރީ ބިރުން ވިރިވިރިއެވެ.

އޭނާ އަތުން އާލާއަށް ގެނެސްދިން ޖޫސްތަށި އާލާގެ އުނގަށް އެޅުނީއެވެ. އެހިނދު ހީވީ އާލާގެ ރުޅިގަނޑު ބޮމެއްގެ ސިފައިގައި ގޮށްވާލިހެންނެވެ. “ހަމަ މިހާރު މިތަން ސާފުކުރޭ.. މީގެފަހުން މަށަށް ތިވައްތަރަށް ޖެއްސުން ނުކުރާތި..” ޝަހާދަތް އިނގިލިދިއްކޮށްލައިފައި އަނެއްކާވެސް އާލާ ހަޅޭތް ލަވައިގަތެވެ. އެޔަށްފަހު ބާރުބާރަށް ހިނގާލައިފައި ގޮސް އެކޮޓަރީގައި ހުރި ފާޚާނާއަށް ވަނެވެ.

“ކޮންކަހަލަ އަންހެން ކުއްޖެއްތަ މީ.. ތިމާގެ ޚިދުމަތުގައި ސައުވީސް ގަޑިއިރު ހޭދަ ކުރާ މީހުންނަށް އެއްވެސް ވަރަކަށް އިޙްތިރާމެއް ނުކުރޭ.. އޭނާއަށްވެސް މިހެން ވީމަ އިނގޭނެ ހިތަށް ކުރާ އަސަރު.. މީހުން އެއްޗެހި ކީމަ ތިމާގެ ހިތުގައި އަޅާ ވޭން.. ސާހިބު މީހުންނަށް އެކަން ނޭނގެނީ ކީއްވެތަ؟ އަހަރެމެން މީ ނޯކަރުންނަށް ވީމަ ހަމަ އެހާ ދަށު ދަރަޖައަކަށް ވެއްޓެނީތަ؟” އެ ފިރިހެން ކުއްޖާ ހުރި ތަނަށް ތިރިވެލައިފައި ބިންމައްޗަށް ވެރިފައި ހުރި ޖޫސްތަށް ސާފުކުރަމުން އާލާގެ މިޒާޖަށް ކުދި ކިޔާލިއެވެ. އޭނާއަށްވެސް ކެތްކުރެވޭނީ ވަކި ވަރަކަށް ނޫންހެއްޔެވެ؟ އެއީވެސް އިންސާނެކެވެ. އޭނާ މަޑުން އެހެން އެއްޗެހި ބުނެލިޔަށް އާލާ ނުވަތަ ޝަޒިއްޔާ އެގޮތަށް ހަޅޭތް ލަވައި ގަންނައިރު ހުންނަނީ ބިރުންގޮސް ހަލާކުވާ ހިސާބުގައެވެ. އޭނާއަކީ ރާއްޖެތެރެއިން ހަމަ ދާނިޔަލްގޮތަށް އަރީފް ގެނެސްފައި ހުރި ކުއްޖެކެވެ. އޭނާ ބުނި ގޮތުގައި އޭނާ ވަނީ އޯލެވެލް ހަދައި ނިންމައިފައެވެ.

އައިސްފައި ހުރި ރުޅިގަނޑު ފިނިކުރުމަށްޓަކައި ފާޚާނާއިން ނިކުތް ގޮތަށް އާލާ ބެލްކަންޏަށް ނިކުތެވެ. އެޔަށްފަހު ރެއިލިންގައި ބާރު ބާރަށް ޖަހާލިއެވެ. “އައުޗް..” ޖެހުނުލެއް ބާރުކަން އިޙުސާސްވި އާލާގެ އަތަށް ތަދުވުމުންނެވެ. އެޔަށްފަހު އަތް ތިލައަށް ނުރުހުމުގެ ނަޒަރަކުން އާލާ ބަލައިލިއެވެ. އެ ނަޒަރުންވެސް ހީވަނީ އަތާއި ދިމާލަށްވެސް އެތަކެއް އެއްޗިއްސެއް ގޮވާހެންނެވެ. އާލަ އެހާ ރުޅިގަދަވެފަ އެހުރީ އޭނާ މިއަދު އަލަށް ލީ ހެދުމަށް އެކުއްޖާ ޖޫސްތަށި ވަރާލުމުންނެވެ. އޭނާއަށް އެންމެ ރީތި ހެދުން ލައިގެން ބޭރަށް ހިނގާލަންވެސް ނުދެވުނެވެ. މިވީގޮތުން އެކަކަށްވެސް އެހެދުމުގައި އާލާގެ ރިތިކަން ނުފެނުނީއެވެ. ހިތަށް އަރާ ފައިބަމުންދިޔަ ކަންތައްތަކުން އާލާގެ ރުޅި ދިޔައީ އިންތިހާއަށް ގަދަވަމުންނެވެ.

އެ ރުޅިގަނޑުގައި ހުއްޓާ ކުރިން އޭނާގެ މަންމަ ދާނިޔަލް އާއި ގުޅުވައިގެން ބުނި ވާހަކަ ހަނދާން ވުމުން އައިސް ހުރި ރުޅި ހައްތަހާ ވީ ގަދައެވެ. “ހުރެބަލަ.. މަވެސް ކިޔަވާނީ ދެން މެޑިސިން.. ކަލެއަކަށްވެސް ބައްޕަގެ ހިތަކުން މަގޭ ޖާގައެއް އަތެއް ނުލެވޭނެ..” އާލާ އެހެން ބުނެލި އިރުން ލޮލުން ފެން އައިސްފައި ހުއްޓެވެ.

***

ގެއަށް އައުމަށްފަހު ދާނޔަލް މުޅި އެޕާޓްމެންޓް ތެރެއަށް ނަޒަރު ހުއްޓާލިއެވެ. ބޮޑު އެޕާޓްމެންޓެކެވެ. ވައަތް ފަރާތުގައި ސިޓިންގް ރޫމު އިން އިރު ސިޓިންގް ރޫމާއި ބަދިގޭގެ އިތުރުން ކާބައި އިނީ ފާރެއްގެ އެހީގައި ދެބައި ކޮށްލައިފައެވެ. ނަމަވެސް ސިޓިންގް ރޫމާއި ބަދިގެ ވަކި ކޮށްފައި އިން ފާރުގެ މެދާކަށް ހަމައިން ބަދިގޭގަ ހުއްޓަސް ސިޓިންގް ރޫމް ފެންނަ ގޮތަށް ވަނީ ހަތަރެސްކަން ބައްޓަމަށް ބޮޑުކޮށް ކަނޑައިފައެވެ. ބަދިގެ އިން ފަޅީގައި ކާމޭޒު ބަހައްޓައިފައި ހުއްޓެވެ.

ފިލާގައި ހުންނަ ކުރެހުން އިން މޭޒު ވަރަށްވެސް ބަލައިލަން ރިއްޗެވެ. ހަތަރު ގޮނޑި އެ މޭޒު ވަށައިގެން ބަހައްޓައިފައި ހުރި އިރު މޭޒު ބަހައްޓައިފައި އިން ހިސާބުގައި ހަމަ ފިލާގޮތަށް އެ ކުރެހުން ހުރި ކާޕެޓެއް އަޅައިފައި އޮތެވެ. ފާރުގައިވެސް ދިގަށް ވާގޮތަށް އެތަންކޮޅުގައި ހަމަ އެ ކުރެހުމުގެ ވޯލްޕޭޕަރ ތަތްކޮށްފައި ހުރުމުން ހިތްގައިމު ގޮތެއް ހުއްޓެވެ.

ސިޓިންގް ރޫމުގައި އަޅި ކުލައިގެ އެންމެ މިހާރުގެ ސޯފާސެޓެއް ބަހައްޓައިފައި ހުރި އިރު މެދުގައި ބިސް ބުރަށް އިން ބޮޑު ބިއްލޫރި މޭޒެއް ހުއްޓެވެ. ސޯފާސެޓާއި ހިސާބުން ވަށް މޭޒު އެކުލެވޭގޮތަށް އަޅިކުލައިގެ ބޮޑޫ ކާޕެޓެއް ބާއްވައިފައި އޮތުމުން އެތަނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ކުރިމަތިން ފެންނަން އޮތީ ފާރުގެ ދިގަށް ހުރި ބޮޑު ބެލްކަންޏެވެ. ހަމަ އެފަދައިން ބެލްކަންޏަށް ނިކުމެވޭގޮތަށް އިނީ ބިއްލޫރި ދޮރެކެވެ. އެތަނުގައި ފާރުގެ ބަދަލުގައި އެއްކޮށް އިނީ ބިއްލޫރި ދޮރެކެވެ. އެހެން ކަމުން ސިޓިންގް ރޫމުގައި ތިބޭ އިރުވެސް ބޭރު ވަރަށް ރީއްޗަށް ފެނެއެވެ. އުސް އިމާރާތްތަކާއި ބޮޑެތި މަގުތަކެވެ. ގުދުރަތީ ރީތި މަންޒަރުތަކެވެ.

މުޅި ޖުމުލަ ތިން ކޮޓަރި އެ އެޕާޓްމެންޓްގައި ހުއްޓެވެ. ކަނާތް ފަރާތުގައި ދެ ކޮޓަރި އިން އިރު ގޭގެ ވައަތް ފަރާތުގައި އަނެއް ކޮޓަރި ހުއްޓެވެ. ތަނުގެ ރީތިކަމުން ދާނިޔަލްއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ދުވަހަކުވެސް އެހާ ރީތި އެޕާޓްމެންޓެއް ދާނިޔަލްގެ ލޮލުން ދެކެފައި ނުވެއެވެ. “ރޫމް..” އޭނާ ދާނިޔަލްއަށް ދައްކާލީ އެތަނުން ކަނާތް ވަރާތުގައި ދެވަނައަށް އިން ކޮޓަރިއެވެ. އެހެން ކަމުން ރީތި ހިނިތުންވުމެއް ހަދިޔާ ކޮށްލުމަށްފަހު ދާނިޔަލް ފޮށި ދަމަމުން އޭނާގެ ކޮޓަރިއަށް މިސްރާބު ޖެހިއެވެ.

ކޮޓަރީގެ ދޮރު ހުޅުވާލިތަނުން ބޭއިޚްރިތާޔުރުގައި ދާނިޔަލްގެ އަނގަ ހުޅުވިގެން ދިޔައެވެ. އެހާ ބޮޑު ކޮޓަރިއެއް އޭނާ ދުށް މިއީ ފުރަތަމަ ފަހަރެވެ. އޭނާގެ އަމިއްލަ ގޭގެ ސިޓިންގް ރޫމުވެސް އެތަނަށްވުރެ ކުޑަވާނެކަން ގައިމެވެ. މުޅި ކޮޓަރީގެ ތިން ފާރުގައި އަޅި ކުލައިގެ ފިލާގައި ހުންނަ ފާޑުގެ ޑިޒައިނަކަށް ރީތިކޮށްފައި ހުރި އިރު އެއް ބިތް އެކޮށް އިނީ ބިއްލުރިންނެވެ. އެހެން ކަމުން މުޅި އެސަރަހައްދު އެ ބިއްލޫރިގަނޑުގެ ބޭރުން ފެނެއެވެ. ދިގު ދިގު ދޮރުފޮތި އެއްފަރާތަކަށް އިނީ ކަހާލައިފައެވެ.

ކިންގް ސައިޒްގެ ބޮޑު އެނދު ވައަތް ފަރާތު ބިތުގެ މެދާކަށް ހަމައިން ބައިންދައިފައި ހުރި އިރު ގޮދަޑި ފާރާއި ޖައްސައިފަ އިން ހިސާބުން ހެޑްބޯޑުގެ މަތިން އެނދު އިން ފުޅާމިނަށް ބޮޑު ކުރެހުމެއް ބަހައްޓައިފައި ހުއްޓެވެ. އަޅި ކުލައިގެ އެ ކުރެހުމުގައި ވަނި ކަޅު ކުލައިން ކުރަހައިފައި އިން ހުސް އޮފި ހުރި ގަހެކެވެ. އެ ބޮޑު ގޮދަޑި އަޅިކުލައިގެ ބެޑުކަވަރަކުން ފޮރުވާލައިފައި ވާއިރު މަތީގައި އެނދު ހުރަހަށް ވާގޮތަށް އަޅިކުލައިގެ ބޯ ބެޑުޝީޓު ބާއްވާލައިފައި އޮތެވެ. ހަމަ އެޔާއެކު އަޅި ކުލައާއި ގަދަ ނޫކުލައިގެ ކަވަރު ތަކުން ފޮރުވާލައިފައިވި ބާލީސްތަށް އެނދުގެ ހެޑްބޯޑު ކައިރީގައި އަތުރާފައި ހުއްޓެވެ.

ބިންމަތީގައި މުޅި ކޮޓަރީގައި އެއްކޮށް އަޅިކުލައިގެ ކާޕެޓެއް އަޅައިފައި ވާއިރު އެނދާއި ދިމާލުން ކުރިމަތީގައި މަޑު މަހުމަލުގެ މެޓެއް ބާއްވައިފައި އޮތެވެ. އެނދުގެ ކަނާތް ފަރާތުގައި ސައިޑް ޓޭބަލް އެއް ބަހައްޓައިފައި ހުރި އިރު އެނދުގެ ވައަތް ފަރާތާއި ބިއްލޫރި ފުޅާ ބިތާއި ދޭތެރޭ ދާނިޔަލްގެ އަތުގެ އުޅަންބޮއްޓާއި ހަމައަށް އަރާ ވަރުގެ ބެޑް ލައިޓެއް ސްޓޭންޑެއްގެ އެހީގައި ބައިންދައިފައި ހުއްޓެވެ. ބެލް އެއް އިންނަ ކަހަލަ ޑިޒައިނަކަށް އިން ކަރުދާސް ކަހަލަ ބޯ އެއްޗަކުން ހަދާފައި އިން ކަވަރެއް ބޮކީގެ ބޭރުން އަޅުވައިފައި އިނުމުން އެ ލޭމްޕް ވަރަށްވެސް ފުރިހަމައެވެ. އެ ބޮކިން ކުރަމުން ދިޔައީ ރަތް އައްޔެކެވެ.

ހަމަ އެކަހަލަ އެޔަށްވުރެ ކުޑަ ބެޑްލައިޓެއް ސައިޑް ޓޭބަލް މަތީގައި ބައިންދައިފައި އިނެވެ. ކޮޓަރިއަށް ވަންނަ ދޮރު ކައިރީ ވައަތް ފަރާތުގައި ދިގު ސޯފާއެއް ބައިންދައިފައި އިނެވެ. އޭގައި މަހުމާ ފާޑުގެ އަޅިކުލައާއި ހުދު ކުލައިގެ މަޑުމަޑު ކަވަރު ތަކަކުން ފޮރުވައިފާއި ކުޝަން ތަކެއް ބަހައްޓައިފައި ހުއްޓެވެ. ހަމަ އެއާއެކު ކޮޓަރީގެ ދޮރުގެ ކަނާތް ފަރާތުގައި ދެން އިން ބިތުގައި އިނީ ދޮރެއް ކަނޑައިފައެވެ. ނަމަވެސް ދޮރުފަތެއް ނެތެވެ.

ދާނިޔަލް ގޮސް އެތާ އެތެރެއަށް ވަނެވެ. އެހިނދު އެތަނުގެ ތެރެއަށް ނަޒަރު ހިންގާލިވަގުތު ދާނިޔަލްގެ ލޮލުގައި އަޅައިގަތީ ސްވިޗެކެވެ. އެ ސްވިޗަށް ފިއްތާލިތަނުން މުޅި އެތަން އަލިވެގެން ދިޔައެވެ. ހެދުން އަޅުވާ އަލަމާރީގެ ބަދަލުގައި ހެދުން އެޅުވޭގޮތަށް އެތަން ހުރީ ފަރުމާކޮށްފައެވެ. ހަމަ އެޔާއެކު އެތާ އެތެރެއިން ހުރީ ފާޚާނާއަށްވެސް ވަދެވޭގޮތް ހަދައިފައެވެ. “މާޝާ ﷲ..” އެހާ ފުރިހަމަ ތަނެއް ދާނިޔަލްގެ ޙަޔާތުގައި ދެކުނު މިއީ ފުރަތަމަ ފަހަރު ކަމުން އޭނާ ވެފައި ހުރި ހައިރާންކަމާއި އެއްވަރަށް އެތަނަށް ދިޔައީ ތަޢުރީފްގެ ބަސްތައް ވެސް އޮއްސަމުންނެވެ.

ދާނިޔަލް ހައިރާން ކަމާއެކު ތަންތަން ބަލަމުން އައިސް ފުޅާ ބިއްލޫރި ބިތް ކައިރީ ހުއްޓިލިއެވެ. އެ ކޮޓަރީގައި ބެލްކަންޏެއް ނެތް ނަމަވެސް ނުހަނު ފުރިހަމައެވެ. ބިއްލޫރި ބިތް ހުޅުވޭ ގޮތަށް ނެތީވެސް އެކޮޓަރީގައި ބެލްކަންޏެއް ނެތުމުންނެވެ. ދާނިޔަލް އެތާ ހުއްޓިލުމަށްފަހު ދެޖީބަށް އަތް ޖަހާލިއެވެ. އެޔަށްފަހު ދިއްލާ އަޅައިފައި އޮތް ރަޝިޔާގެ އެ މާހައުލަށް ބިމާއި އެތަށް ފޫޓެއް މަތީގައި ހުރި އެ އިމާރާތުގެ ފަނަރަ ވަނަ ބުރީގައި ހުރެ ބަލައިލިއެވެ.

ބޮކި ތަކުން އެކި އިމާރާތްތަށް ދިއްލާލައިފައި ހުރި އިރު އިރު ދިޔައީ އޭގެ ވާޖިބު އަދާކުރުމަށްފަހު ހަނދަށް އޭގެ ވަޒީފާ އަދާކުރުމަށް ފުރުސަތު ދެމުންނެވެ. މުޅި އުޑުމަށްޗަށް ރަތްކުލަ ވެރިވެފައި ވާއިރު މަގުތަކުގައި ދުއްވާއެޗެހި ހަރަކާތްތެރިވަމުން ދިޔައިރު ހީވަނީ ކުދި އަލި ކޮޅުކޮޅު ދަތުރުކުރާހެންނެވެ. ބަލާފޫހިނުވާނެއެވެ. ކުއްލިޔަކަށް ކަމެއް ހަނދާން ވީ ފަދައަކުން ދާނޔަލް ފޯނު ނެގިއެވެ.

އެޔަށްފަހު ފޯނުގެ ގަޑި ރަޝިޔާގެ ގަޑިއާއި ހަމަކޮށްލިއެވެ. އަދި ނަމާދު ގަޑިތައް އަންގައިދެ އެޕު ވެސް ސެޓިންގް ހެދުމަށްފަހު ރަޝިޔާގެ މޮސްކޯއަށް ބަދަލު ކުރީ އޭނާ ހުރީ އެ ސިޓީގައި ކަމުގައިވާތީއެވެ. ދާނިޔަލް ބަލައިލި ނަމާދު ވަގުތު ޖެހެން އޮތީ ކޮން އިރަކުތޯއެވެ. އެހިނދު އޭނާ އަވަސް އަވަހަށް ފާޚާނާއަށް ދިޔައީ މީގެ ފަނަރަ ވަރަކަށް މިނެޓު ކުރިން އިޝާ ނަމާދު ވަގުތު ޖެހިފައި ވާތީއެވެ.

އަވަހަށް އައިސް ދާނިޔަލް ލަސްލަހުން ނަމާދު ކުރަމުން ދިޔައެވެ. އެޔަށްފަހު ދެއަތް އުފުލާލުމަށްފަހު އޭނާއަށް މިންވްރު ކޮށްދެއްވި ހުރިހާ ނިޢުމަތަކަށް ޝުކުރުވެރިވިއެވެ. އެތަށް ފަހަރެއްގެ މަތިންނެވެ. “އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖެއް ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް رحمة ލައްވައިފާންދޭވެ!” އެ ދުޢާ ދާނިޔަލް ކީ ހިނދު އޭގެ މާނަ ވިސްނި އޭނާގެ ލޮލުން ކަރުނަ އޮހޮރުނި ބޭއިޚްތިޔާރުގައެވެ. މަންމައާއި ބައްޕަ އޭނާއަށްޓަކައި ވީ ޤުރުބާނީތަށް ލޯމައްޗަށް ސިފަވަމުން ދިޔައެވެ. އެދެމީހުން އޭނާއަށް ދިން ނަސޭޙާތްތަށް ދެކަންފަތަށް އަޑުއިވެމުން ދިޔައެވެ. އެގޮތުގައި ކަރުނަ އޮހޮރަށް އިނުމަށްފަހު ނަފްސު ހަމަޔަކަށް އަޅުވާލަމުން ދާނިޔަލް އިން ތަނުން ތެދުވެލިއެވެ.

ދާނިޔަލް ދެން މިސްރާބު ޖެހީ ކޮޓަރީގަ ހުރި ސޯފާ ކައިރީ ބަހައްޓައިފައި ހުރި އޭނާގެ ފޮށްޓާއި ދިމާލަށެވެ. އެޔަށްފަހު ފޮށި ބިންމަތީގައި ބާއްވާލުމަށްފަހު އޭގެ އެތެރެ ހުޅުވާލިއެވެ. އަދި އެތެރޭގައި ހުރި އެއްޗެހި ނެގުމަށްފަހު ތަރުތީބު ކުރަމުން ދިޔައެވެ. ހެދުންތައް އެޅުވުމަށްފަހު ދާނިޔަލް ދެން ހުރި ސާމާނުތައްވެސް އެކި ކަބަޑުތަކަށް އަޅަމުން ދިޔައެވެ. އޭނާ ގެންގުޅޭ ކުޑަ ފޮށިވެސް ކޮޓަރީގެ ކަނާތް ފަރާތުގައި ހުރި ބޮޑު ފޮތް ހަރުގަނޑާއި ޖެހިގެން ހުރި ކަބަޑު ބަރިން ކަބަޑެއް ހުޅުވާލުމަށްފަހު އެތާ ތެރެއަށް ލިއެވެ. އެޔަށްފަހު ދާނިޔަލް އޭނާގެ ފޮށި ހެދުން އަޅުވައިފަ ހުންނަ ކުޑަ ކޮތަރިތެރެއަށް ލައިފައި ކޮޓަރިން ނިކުމެގެން ދިޔައެވެ.

ދާނިޔަލް ކޮޓަރިން ނިކުތް އިރު ގޭގައި އުޅޭ ޒުވާނާ ބަދިގެތެރޭގައި އުޅެއެވެ. ދާނިޔަލް އަދި އޭނާއާއި ރަނގަޅަށް ވާހަކަވެސް ދައްކާނުލެވޭތީ އޭނާ ގާތަށް ދިޔައެވެ. “ކޮން ނަމެއްތަ ކިޔަނީ؟” ދާނިޔަލް އެ ފިރިހެން މީހާ ކައިރިއަށް ގޮސްފައި އިނގިރޭސިބަހުން އަހާލިއެވެ. އެހިނދު އޭނާ ހިނިތުންވެލިއެވެ. “ސައިފް..” އޭނާ ޖަވާބު ދިނީ މަޑޫމައިތިރި ކަމާއެކުއެވެ. އެހިނދު ދާނިޔަލްއަށް ލިބުނީ ހައިރާން ކަމެވެ.

“މުސްލިމް ތަ؟” ދާނިޔަލް އަނެއްކާވެސް ސުވާލު ކޮށްލިއެވެ. އެހިނދު އޭނާ އުފަލާއެކު ބޯ ޖަހާލިއެވެ. “އަހަރެން ކުރީގަ މިއީ މުސްލިމެއް ނޫން.. އެކަމަކު ﷲގެ އިރާދަފުޅުން އަހަންނަށް ހިދާޔަތް ލިބިއްޖެ.. އަލްޙަމްދުލިއްލާހް.. އަހަންނަށް އިސްލާމް ދީން ފުރަތަމަ އަޑު އިވުނީވެސް ބޮސްގެ ފަރާތުން.. އެއީ އަރީފް.. އަހަންނާއި ބޮސް އާއި ފުރަތަމަ ދިމާވީ ބޮސް މިކޮޅަށް ވިޔަފާރި ދަތުރެއްގަ އައިސް އުޅެނިކޮށް.. އަހަންނަކީ ވަރަށް ފަޤީރު ޢާއިލާއަކަށް ނިސްބަތް ވާ މީހެއް..

އަހަރެންގެ އެއްވެސް މީހެއް މިދުނިޔޭގަ ނެތް.. އުޅޭނެ ތަނެއްވެސް ބޯ ހިޔާކޮށްލާނެ ތަނެއްހާ ހިސާބުވެސް ނެތް.. އެކަމަކު އަހަރެންގެ ނަސީބު ކަންނޭނގެ އެއީ ކުޑައިރު ސްކޫލަށް ދެވުމުގެ ސަބަބުން އިނގިރޭސި ދަސްވެފަ ހުރިކަން.. އަހަންނަށް މާ މައްޗަކަށް ނުވެސް ކިޔެވޭ.. އިނގިރޭސި ދަސްވެފަ ހުއްޓަސް މާ ބޮޑަކަށް ނޭނގޭ..

އަހަންނަށް ވަޒީފާއެއްވެސް ނުލިބުނު އަހަރެންގެ ޙާލަތުގެ ގޮތުން.. އެތަށް ފަހަރަކު އެތަކެއް މަސައްކަތް ކުރެވުނު.. އެކަމަކު ނުލިބުނު.. ދެން ނިދަނީވެސް އެކިފަހަރު އެކިތާ.. ބައެއްފަހަރު މަގުމަތީގަ.. އަނެއްބައި ފަހަރު ބައެއް ޕާކުތަކުގަ ވެސް އޮންނަށް.. އެކަމަކު އެތަން ތަނުންވެސް ބައެއްފަހަރަށް ނެރޭ..

ދެން އެގޮތުން އެއްދުވަހަކު އަހަރެން ރެސްޓޯރަންޓެ އެއް ކައިރީ މަގުމަތިގަ އިނީ.. އިންދާ އަހަރެން ކުރިމަތީ ހުއްޓުނީ މީހަކު.. އެމީހާ ހުއްޓުނީމަ އަހަރެން މަތި ބަލައިލީ.. ހުރީ ބަލާބެލުމަށް ޤަދަރުވެރި މީހެއް.. ކޯޓު ފަޓުލޫނުގަ ހުރީ.. އެކަމަކު މޫނުމަތިން ވަރަށް ހިތްހެޔޮ ވައްތަރު ޖަހާ.. އެމީހާ އަހަންނަށް ހިނިތުން ވެލި.. އެޔަށްފަހު އަހަންނާއި ވާހަކަ ދައްކަން ފެށި.. ފުރަތަމަ އަހަރެންގެ ނަން އެހި.. ދެން އަހަރެން ނަން ބުނިން..

އެގޮތަށް އެކި ވާހަކަ ދައްކަމުން ދިޔަ.. ދެން ބުނީ ތިމަންނަގެ އެޕާޓްމެންޓްގަ ހުރެވޭގޮތް ހަދައިދޭނަމޭ.. އެއީ ބޮސް.. އަރީފް.. މިއަދާ ޖެހެންދެންވެސް ބޮސް އަހަންނަށް ވަރަށް ރަނގަޅު.. ދެން އަހަރެން ބޮސް އާއެކީ މިތަނަށް އައީ.. ބޮސް އާއެކީ އުޅުނު ވަރަކަށް އަހަންނަށް ބޮސްގެ ފަރާތުން ތަފާތު ކަންކަން ފެނުނު.. މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ކަންކަން.. ވަރަށް ގިނައިން ބޮސް އިންނާނެ މިތާ ސިޓިންގް ރޫމުގަ ބޯބޯ ފޮތެއް ހިފައިގެން.. އަހަރެން ވަރަށް ބަލަން އެޔަށް.. ދުވަހަކުވެސް އެކަހަލަ ފޮތެއް އަހަންނަށް ފެނިފަ ނުވޭ..

ދެން އެއްދުވަހަކު އަހަރެން ބޮސް ކައިރީ އެހީ އެއީ ކޮން ފޮތެއްތޯ.. އެހީމަ ބުނީ އެއީ ކިރިތި ޤުރުއާން އޭ.. މުސްޙަފް އޭ.. އެއީ ތިމަންނަމެން މުސްލިމުން ކިޔަވާ ފޮތޭ.. މާތް ﷲގެ ވަހީ ބަސްފުޅޭ އެއީ.. އަދި އިސްލާމް ދީން ޤަބޫލު ކުރުމަށްފަހު އީމާންވާން ޖެހޭ ފޮތެކޭ.. ދެން އަހަރެން ސުވާލު ކުރީ އިސްލާމް ދީނާއި މާތްﷲ އާއި ގުޅޭ ގޮތުން..

އެއީ އަހަންނަށް އަދި އަލަށް އިވުނު ދެ ލަފްޒަށް ވާތީ.. ދެން ބޮސް ކިޔައިދިނީ މާތް ﷲއަކީ އަހަރެމެންގެ ޚާލިޤު ކަމާއި މުޅި ދުނިޔޭގައި ވާހާއެއްޗެއް ހެއްދެވި ކަލާނގެއަކީ އެއި ކަމާއި އަހަރެމެން އީމާން ވާންޖެހޭ ފަރާތަކީ އެއީކަން.. ދެން އިސްލާމްދީނަކި އަހަރެމެން ތަބާވާން ވީ ދީންކަންވެސް.. އަހަރެން ބޭނުންވެގެން ދެން ބޮސް ދިނީ ޤުރުއާނުގެ ރަޝިއަން ކޮޕީއެއް.. މިބުނީ އަހަރެމެންގެ ބަހަށް ތަރުޖަމާކޮށްފަ އޮތް ޤުރުއާނުގެ ކޮޕީއެއް..

އަހަރެން އެ ކިޔަމުން ދިޔަ ވަރަކަށް މާތް ﷲއާއި ޤުރުއާނަށާއި އިސްލާމް ދީނަށް ލޯބިޖެހުނު.. ދެން ބޮސް ގާތު ބުނެގެން އެގޮތަށް އުޅެމުންގޮސް ޝެއިޚަކާއި ބައްދަލުކޮށްގެން އެކަހަލަ ގޮތަކަށް އިސްލާމް ވީ.. އެޔަށްފަހު އަހަރެންގެ ނަން ވެސް ބަދަލު ކުރީ.. އަހަރެން މުސްލިމް ވީދުވަހު ނޭނގެ ކުރެވުނު އިޙުސާސް ބުނެދޭންވެސް.. އެހާވެސް އުފާވި އެދުވަހު.. ހުރިހާ ޝުކުރެއް އަހަންނަށް ހިދާޔަތް ދެއްކެވި މާތް ﷲ ސުބްޙާނަހޫ ވަތަޢާލާއަށް.. އަލްޙަމްދުލިއްލާހް.. އެޔަށްވުރެ އުފާވި ދުވަހެއް ނާދޭ އަހަރެންގެ ޙަޔާތުގައި ވެސް..”

ސައިފް އޭނާގެ ވާހަކަ ކިޔައިދިން އިރު ދާނިޔަލްއަށް ހުރެވުނީ ހިނިތުންވެފައެވެ. ﷲގެ ކުލަދުންވަންތަކަން ނިކަން ދެކިބަލާށެވެ. އެކަލާނގެ ހިދާޔަތް ދައްކަވަން އިރާދަކުރައްވައިފި އަޅަކު ކޮންމެ ގޮތެއް ވިޔަސް ހިދާޔަތް ލިބެއެވެ. އެތަކެއް ހުރަސްތަކެއް ގިރާކުރަން ޖެހުނު ނަމަވެސް ވެހެވެ. ދާނިޔަލް އާއި ސައިފް އެކުވެރިންނަށް ވީ ކުޑަ ހނދު ކޮޅެއްގެ ތެރޭގައެވެ. ދެމީހުންގެ އުމުރުގައިވެސް މާބޮޑު ފަރަގެއް ނެތުމުން ކަމަށް ވެދާނެއެވެ. ދާނިޔަލް އަށް މިއަހަރު އެވީ އަށާރައެވެ. ސައިފް އަށް ވީ ސައުވީސް އަހަރެވެ.

ދާނިޔަލް ސައިފް އާއެކީ ބަދިގޭގައި ކާއެއްޗެއް ތައްޔާރުކުރަން އުޅުނީ ރޭގަނޑުގެ ކެއުމަށް އިންސާފުކުރުމަށްޓަކައެވެ. ސައިފް ހުރިކަމުން ދާނިޔަލްއަށް ވަރަށް ބޮޑުތަން ފަސޭހަވިއެވެ. އޭނާ އެކަނިވެރި ނުވާނެ ގޮތްވެސް ވީއެވެ. “އަހަރެން މިއީ ހަމައެކަނި ބޮސްގެ މުވައްޒިފެއްވެސް ނޫން.. މިހާރު ދަން ކޮލެޖަށް.. ބޮސް ބޭނުން ނުވީ އަހަރެން މިގޮތަށް ހުންނަން.. އެހެންވެ މިހާރު ކޯހެއްވެސް ހަދަނީ މީ..” ސައިފް ދާނިޔަލް އަށް ބުނެލިއެވެ. އެހިނދު ދާނިޔަލް ހިނިތުންވެލިއެވެ. އަދި ހިތާހިތުން އަރީފްގެ ހެޔޮކަމަށް ތަޢުރީފް ކޮށްލިއެވެ.

ސައިފް ވާހަކަ ދައްކަމުން ގޮސް ދާނިޔަލް ގާތު އޭނާގެ ކޯސް ފެށެނީ ކޮން ދުވަހަކު ތޯ އަހާލިއެވެ. “މި ފެށޭ ހަފްތާ، އިން ޝާ ﷲ..” ދާނިޔަލް ހިނިތުންވަމުން ބުނެލިއެވެ. ދެމީހުން ފަސޭހަ އެއްޗެއް ތައްޔާރު ކޮށްލުމަށްފަހު ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަމުން ދިޔައީ ހިތްހަމަ ޖެހުމާއެކުއެވެ. ދާނިޔަލްގެ މޫނުމަތިންވެސް އިހުގައި ހުރި ނުތަނަވަސްކަން ފިލާފައިވެއެވެ.

ރޭގަނޑުގެ ކެއުމަށް އިންސާފު ކުރުމަށްފަހު ދާނިޔަލް އާއި ސައިފް ވެސް ދެމީހުންގެ ކޮޓަރިއަށް ދިޔައެވެ. ދާނިޔަލް ކޮޓަރިއަށް ވަތް ގޮތަށް މިސްރާބު ޖެހީ ފާޚާނާއަށެވެ. އެއީ ފެންވަރާލައި ތާޒާވެލުމަށެވެ. ކުރިން އައި ގޮތަށް އޭނާ ފެން ނުވެރީ މަޣްރިބް ނަމާދު ވަގުތު ޖެހުމުންނެވެ. އިޝާ ނަމާދަށް ބަންގި ގޮވަން ވާއިރަށް ފެން ވަރާ ތައްޔާރު ވެވޭތޯ ދާނިޔަލް ބެލިއެވެ.

“ރުކާ.. އާދެބަލަ ފިޒިކްސް ނޯޓްސްތައް ހިފައިގެން.. އެބަ ހީވޭ އެއް ނޯޓް މަދުވާހެން..” އާލާ އޭނާގެ ކޮޓަރީގެ ބެލްކަނީގައި ހުރެ ރުކާއަށް ގުޅައިގެން ވާހަކަ ދައްކަމުން ދިޔައެވެ. އޭނާ އެދަނީ މާދަމާ އޮތް ޓެސްޓަށް ދަސްކުރަމުންނެވެ. ރުކާ އެބަ އަންނަމޭ ބުނުމުން އާލާ ފޯނު ކަނޑާލުމަށްފަހު ކޮޓަރިތެރެއަށް ވަނެވެ. އޭގެ އިރުގަނޑެއް ފަހުން ކުއީން ސައިޒްގެ އެނދުގައި ބަނޑުވަތަށް ފޯނާއި ކުލެން އޮތް އާލާ ފުންމައިގެން ތެދުވި ކޮޓަރީގައި ނިކަން ބާރަށް ތަޅައިގަތް އަޑަށެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

އިންތިޒާރުގައި ހުންނަމޭ ލޯބިން 41

Next

ވީމޭ މަ ކައިރީގާ (6)

Next
September 17, 2018

ވީމޭ މަ ކައިރީގާ (6)

Previews
September 16, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 41

31 Comments!

  1. Lotus says:
    September 16, 2018 at 3:56 pm

    Waiting for the next part.. keep it up dear ???

    1. aish noor says:
      September 17, 2018 at 8:48 pm

      15 vana bai mihaaru up vefa ingey innaanee lotus dear.. 🙂 jazakillah khairan dear.. 🙂

  2. Rihooo says:
    September 16, 2018 at 4:10 pm

    kithah part innaane……..waiting

    1. aish noor says:
      September 17, 2018 at 8:49 pm

      hehe.. thihen neynge adhi noor ah bunaakah hama ehgothakah ves.. dear, noor nuves gunamey baakee huri part thakeh.. haha.. 🙂 up vefa innaane ingey mihaaru 15 vana bai.. 🙂 jazakillah khairan Rihooo dear.. 🙂

  3. Rihooo says:
    September 16, 2018 at 4:11 pm

    for the nxt part

  4. Eenash says:
    September 16, 2018 at 5:25 pm

    Ma sha Allah… Varah varah reethi… Keep it up..and jazak Allah khairan for the gud work.. ??????Its entertaining and benifitial at the same time. ????❣️?

  5. Hudher says:
    September 16, 2018 at 5:42 pm

    Maasha allah……v v v v v rythi mi part vx……whn next???

    1. aish noor says:
      September 17, 2018 at 8:51 pm

      jazakillah khairan Hudher dear.. 🙂 al’hamdhulillaah, up vefa innaane mihaaru 15 vana bai.. 🙂

  6. Reen says:
    September 16, 2018 at 5:42 pm

    Masha allah mi part ves vvv salhi..when next???..curiously waiting for the next part…

    1. aish noor says:
      September 17, 2018 at 8:52 pm

      jazakillah khairan Reen.. 🙂 dear mihaaru innaane ingey dhn oiyy bai pyblish kohfa.. 🙂

    2. aish noor says:
      September 17, 2018 at 8:52 pm

      publish*

  7. riya says:
    September 16, 2018 at 6:03 pm

    masha allah sis mi bai ves varah furihama . may allah give you more ideas and help you to make stories like this 🙂

    1. aish noor says:
      September 17, 2018 at 8:53 pm

      🙂 alhey.. jazakillah khairan sis.. 🙂 🙂 🙂 vrh vrh vrh ufaavehje.. 🙂 maaiyy allah thibaa ah heyo rahmaiyy lavvaa thibaage faafa fussavaashi.. aameen.. 🙂

  8. Ibsha says:
    September 16, 2018 at 6:13 pm

    Varah reethi…ishaa namaadhu vaguthu 15minits kurin..fahun bunefa iny maquri kohlee
    Ishaa vaguthu vaan ulheythy

    1. Anonymous says:
      September 17, 2018 at 5:44 am

      i think that is a slight mistake. flight ah ehri iru aee iruossemun dhaa vaguthu kamah vaahakaiga bunehfa in so that means fight ga magrib namaadhu kuraany. and since Maldives is two hours ahead of Moscow Russia. and flight duration is 8 to 9 hours approximately, so geah gossa isha namaadhu kuraany. ehenvyma fahun dhevana faharah namaadhu kuraa vaahaka in thankolhu aeee mistake. ehbai cut kohlyma hamajeheyne

    2. aish noor says:
      September 17, 2018 at 8:56 pm

      jazakillah khairan ibsha dear.. 🙂 yeah, aee mistake eh.. hehe.. noor eiru publish kurumuge kurin proof read kohli iruves ethankolhu alhaeh nugaiyy.. dear mne bunelyma aslu bodah faahaga vee. jazakillah khairan ekanthah bunedhinyma ingey.. vrh ufaavehje.. 🙂 yess anonymous dear.. 🙂 anonymous bunefa eyothee hama ehkoh ves rangalhah.. hehe.. 🙂 ekam mihaaru publish kohfa maa gina iru vefa inyma noor ah edit nukurevey.. ehnve ebai rangalhu koh nulevuny.. 🙁

  9. Sabaa says:
    September 16, 2018 at 7:20 pm

    Masha Allah varah reethi mi part ves ??
    Waiting for next part

    1. aish noor says:
      September 17, 2018 at 8:57 pm

      jazakillah khairan saba dear.. 🙂 mihaaru up vefa innaanee ingey kuriyah oiyy bai.. 🙂

  10. Waiting says:
    September 16, 2018 at 7:24 pm

    You r a talented writer.. story liyumuge hunaru ebahuri but fahaka ais gina episodes thakugai kiyaadhinumai bai thankolhe bodee.. dhiguvaahaka v ma sifakurun gina vaane but I feel that now its a bit too much.. kiyaa dhinumuge bai maa boduvanyya readers foohivaane.. hope u will take my opinion positively ?

    1. Someone? says:
      September 16, 2018 at 8:38 pm

      Not being rude ingey. Thihen bunelaafa ineema hama bunelaa hiyhvee. Someone gaboolu kuraa gothugai sifa kurun thakakee vaahaka kiyuntheriyaage sikundi ah picture kuran adhi naga gannan emme faseyha goiy. Meehun bune ehnu dhw e vaahaka kiyaafa heevee thimanna lolu kurimathee ekameh vee henney. Egothah. Dhen okay. Baeh readers ah heevedhaane maa bodah gina vefa ey ehuree sifa kurunthah. I respect their and your opinion too. Hope you’ll respect mine too. Anyway, ma sha allah vrh reethi story eh mee. Kiyaa foohi nuwey. Waiting for the next part❤?

    2. Waiting says:
      September 17, 2018 at 10:21 am

      @ someone
      I respect all opinions. Different people have different tastes.
      Thibunee ragalhu vaahaka eh boda sifakohdhinumun manzarutha lola sifavey and I also like those writings but everything has a limit n I felt that mihaaru maa bodee ey kiyaadhinumuge bai ehenve bunelee.. ehgothaka vx story adhi writings hadeekee noon. ?

    3. Someone? says:
      September 17, 2018 at 1:03 pm

      Yeah I also didn’t mean it like story hadee ey. I was just saying my opinion ehen bunelaafa ineema. So we on good terms, right?❤

    4. Waiting says:
      September 17, 2018 at 3:50 pm

      Yaa. Ofcourse???

    5. Someone? says:
      September 17, 2018 at 5:33 pm

      ❤☺

    6. aish noor says:
      September 17, 2018 at 9:03 pm

      jazakillah khairan waiting dear.. 🙂 yeah, dear thihen bunelyma noor ves anehkaa alun ebai kiyaalaifin.. noor ah ves eba heevey sifa kurun mihaaru maa bodu vefa in hen.. hehe.. kuriyah oiyythaa ebai rangalhu kureveytho masahakaiyy kuraanan, in sha allah.. 🙂 hehe.. positive koh hama mi negy dear ge opinion ehkoh ves.. noor hageegathuga ufaavefa mihury dear ekan point out kohlyma.. eirah noor ah kuriyah oiyythaa ebai rangalhu kohleveynethaa dhw? 🙂 and jazakillah khairan someone dear.. 🙂 hehe.. yeah.. noor ves aslu ehaa bodah sifakurun genessa ehury ehnve kanneynge.. ekam mifaharu noor ah ves bodah bura veveynee heevaagothun waiting ge kolhah.. sorry ingey dear.. noor mihen bunelyma dhera nuvaathi.. dhekudhinge khiyaal ves noor ufalaaeku balai ganefin.. dhekudhinge khiyaal ves goaheh noon.. hama baraabaru.. varah ufaavehje aslu dhekudhin noor ah ekanthah bunedhinyma.. 🙂 khiyaal faalhukohlyma.. 🙂 jazakillah khairan dear.. vrh ufaavehje dear ah story kamudhaakan ingunyma.. 🙂 and yeah, vrh ufaavefa mihury dhekudhinves ekaku anekakaa ehaa reethikoh ekuverikamaaeku adhi madumaithiri koh vaahaka dhakkaalyma.. 🙂 jazakumullah khairan.. 🙂 <3

    7. Someone? says:
      September 17, 2018 at 11:09 pm

      Someone ge hithuga neiy Noor aa dheytherey bura kameh. Dhera eh nuwey don’t worry. Haha. Someone ah story ga shauguverikan ithuru vanee sifakuruntha gina veema bcs i read stories to get lost in it ey eh gothakah buneveyynee. and someone ves gabool kuran different opinions hunnaane kan. So gina meehun ge opinion inna kolhah buraveema hen someone ah heevanee rangalhu vaanee❤

  11. Blue? says:
    September 16, 2018 at 8:40 pm

    Sifa kurun maa gina! Thankolheh mafhu kollaifinama v reethi vaane! Anyway story hama habeys…..????????

    1. aish noor says:
      September 17, 2018 at 9:04 pm

      yeah, noor ah ves ekan faahaga v dear mn ekan point out kohlyma.. hehe.. jazakillah khairan dear.. 🙂 vrh ufaavehje.. 🙂

  12. Kokee says:
    September 17, 2018 at 9:28 am

    maasha allah..vrh vrh furihama..keep it up..ly siss

    1. aish noor says:
      September 17, 2018 at 9:05 pm

      jazakillah khairan Kokee.. 🙂 vrh ufaavehje dear thihen bunelyma.. 🙂 aww.. <3<3<3<3<3

  13. ? says:
    September 19, 2018 at 5:46 pm

    Masha Allah vvvv reethi mi part ????
    Waiting for next part?????

Comments are closed.

Next Episodeދުޢާ 15←


All Right Reserved!