މިހިތް ކޮށްލީ ދީވާނާ 1
އާދުވަހަކަށް އިރު އެރި އިރު ފަޒާގައި ހިފާފައިވަނީ ތެތް ފިނިކަމެކެވެ. ގުދުރަތީކަމުގެ ދެވަަނައެއް ނުވާ ފުރިހަމަ މަންޒަރު އިރު އެރުމުގެ ނިޝާންތަކެއް ގޮތުގައި އުޑުމަތިން ދައްކުވައިދިނެވެ. ފަތިސް ނަމާދުގެ ބަންދި ގޮވިތާ ހަތަރު ގަޑިއިރުވެސް ނުވަނީސް މުޅި ރަށުތެރޭގައި ގުގުމާލީ ތަކުބީރުގެ އަޑެވެ. އާދޭހެވެ. މިއަދަކީ ބަރަކާތްތެރި އަޟުހާ ޢީދު ދުވަހެވެ. މިސްކިތްތަށް ފުރިބާރުވެފައިވާއިރު މަގުމަތީގައިވެސް މުސައްލަ އަޅައިގެން ތިބި މީހުން މަދެއް ނޫނެވެ. ދިވެހިންގެ އެއްބައިވަންތަކާމާއި އަޙްވަންތަކަން ކޮންމެ ހަރަކާތަކުންވެސް ރަމްޒުކޮށްދެއެވެ.
ނަމާދު ނިންމާލަމުން މިސްކިތުން ނިކުތީ ހަތަރު ފިރިހެނުންނެވެ. އަންހެން ކުދިންގެ ހިތްތަށް ކަތިލާފަދަ ސިފަތަކެއްގެ ވެރި ބަޔެކެވެ. ހިނިތުންވަމުން ޢީދުގެ ތަހުނިޔާ އެހެން އެންމެންނެކޭވެސް އެއްފަދައިން ކިޔައި ސަލާން ގަލާން ކުރަމުން އެ ހަތަރު ޒުވާނުން ހިނގައިގަތީ އެމީހުންގެ ތެރެއިން ޝާމިންގެ ގެއަށެވެ. ހެނދުނުގެ ސައި ހަމަޖެހިފައިވަނީ އެގޭގައި ކަމަށް ވާތީއެވެ. ތަފާތު ވާހަކަތަކުގައްޔާއި ދަތުރުތަށް ރޭވުމުގައި އެމީހުންގެ ފިޔަވަޅުތަށް ދިޔައީ ކުރިއަށެވެ. ނާއިންގެ ފޯނު ރިންގުވާން ފެށީ އެވަގުތެވެ. ލައިގެން ހުރި ނޫކުލައިގެ ޖިންސުގެ ޖީބަށް އަތްކޮށްޕާލަމުން ފޯނު ނެގިއެވެ. ނުދަންނަ ނަންބަރެއް ސްކްރީނަސް އަރާފައި އިންކަމުގައިވިޔސް ފޯނަށް ޖަވާބުދޭން އޭނާ އަވަސްވެގަތެވެ. “ހަލޯ” ނާއިން ފޯނަށް ޖަވާބުދިނެވެ. އޭނާގެ މޫނުމަތިން ފެނިގެން ދާ ކުލަވަރުގެ ސަބަބުން އެކުވެރިޔާ ޝަނީފަށް ސުވާލުނުކޮށެއް ނުހުރެވުނެވެ.
“ކާކު” ވައިއަޑުން ޝަނީފުއެއްސެެވެ. ނޭނގެޔޭ ބުނަމުން ޝާމިނަށް ކުރެވުނުހާވެސް ކަމަކީ ދެކޮނޑު އަރުވާލުމެވެ. އަނެއް ދެއެކުވެރިން ކަމަށްވާ ނީޝަމްއާއި ޝާމިންގެ ނަޒަރުވެސް ހުއްޓިފައިވަނީ އޭނާއަށެވެ. “މީ ސަންފައްތައޭ..ނާނު މަންމާޔާ ވީ ބަަންބުކެޔޮ ދަޅެއް މިގޭގަ ހުރީމަ އެ ބަލައި އައިސްދޭށޭ ބުނަންވެގެން..” ސަންފާފުޅުގެ އަޑު ކަންފަތުގައި ޖެހުމުން ނާއިންއަށް ހިނިތުންވެެލެވުނެވެ. މިދަނީ ކަމަށް ބުނެ ނާއިން ފޯނު ކަނޑާލިއެވެ. އޭނާޔާ ޖެހިގެން ހުރި ޝަނީފް އެއްބުމަ އަރުވާލިއެވެ. ޖަވާބެއް ބޭނުންވާ ފަދަ ގޮތަކަށެވެ. “އެއީ އެއްކަލަ ސަންފައްތަ..ބަންބުކެޔޮ ދަޅު ބަލައި އައިސްދޭށީ ބުނީ..މަ މިދަނީ އެގެޔަށް ވަދެލާފަ އަންނަން ކައެ މެން ގޮސްލާ ޝާމްމެން ގެއަށް” ޝަނީފުގެ ކޮނޑުގައި ޖަހާލަމުން ނާއިން އޭނާގެ މިސްރާބު ބަދަލުކޮށްލިއެވެ.
*************************************
ކުދި ކުދި ރާޅު ބިނދާލާ ކަނޑުގެ އޮއިވަރުގެ މަތީގައި ލޯންޗު ދިޔައީ ކުރިއަށެވެ. ހުދުކުލައިގެ ފޮނު އަރުވަމުން ކަނޑުގެ ލޮނުގަނޑު ކަފަމުންނެވެ. އުޑުމަތި ސާފު ދުވަހެއްކަމުން ވިލާރޮއްޖެއްވެސް އުޑުގައި ނެތެވެ. މިނިވަންކަމާއެކު ދުވާލުގެ ރަސްގެފާނު އިރު އޭގެ ތަޙްތުގައި އިންނެވިއެެވެ. އޭގެ ވާޖިބު ފުރިހަމައަށް އަދާކުރަމުން ދާކަން ހާމަކޮށްދެނީ މުޅި ފަޒާ ރަން ދޯދިތަކަކުން އަލިވެފައިވާތީއެވެ.
ރަށުގެ ބަނދަރާ ލޯންޗު ގާތް ކުރުމުން އޭގެއިން ފޭބީ ނަދުވާއެވެ. ފަޅުވެރިއެއްގެ އެހީތެރިކަމާއެކު ފޮށިތަށް ބޭލިއިރު އޭނާގެ އެކުވެރިޔާ ފެނޭތޯ މުޅި މާހައުލު ވަށައިގެން ހޯދާލިއެވެ. ޖެހެމުން ދިޔަ ފިނި ރޯޅިތަކާއެކު އޭނާގެ ކަޅުކަންގަދަ ބުޅި އިސްތަށިގަނޑު ވިހުރެނީއެވެ. އޮޅާލި ކުލައިގެ ހަނގަޑެއް ލިބިފައިވާ ނަދުވާގެ މޫނަށް އަވީގެ އަލި އެޅުމުން އެމޫނު ވިދާ ބަބުޅަން ފެށިއެވެ. އުޑުމައްޗަށް ބަލާލަމުން ހިނިތުންވެލަމުން ނަދުވާ ލޯމަރާލިއެވެ. ކުޑަކޮށް އެނބުރިލީ އުފަލުންނެވެ. އޭނާ ސިއްސައިގެން ދިޔައީ މީހަކު ކޮނޑުގައި ޖަހާލުމުންނެވެ. “ޕޮއް” ލޯހުޅުވާލިއިރު އޭނާގެ ކުރިމަތީގައި ހުރީ މަލްހާއެވެ. ދޮން ހަނގަނޑަކާއި ކަނދުރާއާއި ހިސާބަށް އަރާ އިސްތަށިގަނޑެއްގެ ވެރި އޭނާގެ އެކުވެރިޔާ ގައިގައި ނަދުވާ ބައްދާލިއެވެ. ދުވަސްތަކަކަށްފަހު އެ އެކުވެރިޔާ ފެނުމުން އުފާފާޅުކުރާ ހާލުގައެވެ.
“ލެޓްސް ގޯ..މަންމަ ހުރީ ސައިވެސް ހަދާފަ ޔޯ ފޭވަރިޓް މަސްހުނި..” މާލޭގައި ކިޔެވުމުގެ ދުވަސްތަށް ގުނަމުން ދާ އެކުވެރިޔާ މާލެ އައުމުން އޭނާޔަށްޓަކައި ހަދާފައި ހުރި އެއްޗެހީގެ ވާހަކަ މަލްހާ ކިޔަމުން ދިޔައެވެ. “އޭ..ޔޫގެ ޕްރިންސް ޗާމިން އަދި މަށަކަށް ނުދައްކަމެންނު..” ނަދުވާ ދިމާކޮށްލިއެވެ. “ހާސްނުވޭ މިރަށުން ދެން މާލެ ދިޔުމުގެ ކުރިން އަދި ދައްކާނަމޭ.” މަލްހާ ލަދުން އިސްޖަހާލިއެވެ. “ކޮންއިރަކުން ކުލަ މަޖާ ކުޅި ފައްޓަނީ..” ނަދުވާއެއްސެވެ. އޭނާ މިރަށަށް އައި މައިގަނޑު ބޭނުމަކީ ޢީދު ކުޅިވަރުގައި ބައިވެރިވުމެވެ. “ކެތްތެރިވެބަލަ ދޯ..ސައިބޮއެ ނިންމާފަ މެންދުރު ނަމާދުގެ ފަހުުންނޭ މިރަށުގަ އެކުޅި ކުޅެނީ..” މަލްހާ އޮޅުންފިލުވައިދިނެވެ. މަގުގެ ކަނާތްފަރާތުން އެ ދެއަންހެން ކުދިން ހިނގާފައި ދިޔައިރު މަގުގެ ވާތް ފަރާތަށް ނަދުވާ ބަލާލިއެވެ.
ހިނގާފައި ދިޔަ ފިރިހެން ކުއްޖާ ނަދުވާގެ ލޮލުގައި އަޅައިގަތެވެ. ދީވާނާ ވެފައިވާ މީހެއް ފަދައިން ނަދުވާއަށް ހުރެވުނީއެވެ. ހުއްޓާނުލާ ވާހަކަ ދައްކަމުން ދިޔައިރުވެސް އޭނާގެ ސަމާލުކަން ހުއްޓިފައިވަނީ ފޯނާ ކުޅެމުން އެއް އަތުން ބަނބުކެޔޮ ޑަނބިޔަލެއް ކިހިލި ޖަހައިގެން ހުރި އެފިރިހެން ކުއްޖާއަށެވެ. އެންމެ ފުރަތަމަ ނަޒަރުންވެސް އެ ސޫރަ ނަދުވާގެ ހިތުގައި ބިންވަޅުނެގިގެން ދިޔައެވެ. ނަމަވެސް އެ ފިރިހެން ދޮރު ގޯޅިއަކުން ލަނބާލުމުން ނަދުވާގެ ލޯމައްޗަށް ގެއްލުނެވެ. މާޔޫސްވެފައި އޭނާ ޗޮކެއް ކަނޑާލިއެވެ.
“ކީއްވީ..” އެއަޑުން އިވުނު މަލްހާ އަހާލިއެވެ. ދެފަތާރަށް ބޯ ހުރާލިއިރު ނަދުވާމެންނަށް ތިބެވުނީ މަލްހާގެ ގޭ ދޮރުމަތީގައެވެ. އެގެއަށް ނަދުވާ އަޅާލި ފުރަތަމަ ފިޔަވަޅާއެކުގަވެސް އޭނާއަށް އެގޭ މީހުން ކީ ހޫނު މަރުހަބާއެެކެވެ.
******************************************
ޝާމިންމެންގެޔާ އަރާ ހަމަ ކޮށްލި ތިންފިރިހެނުންގެވެސް ނަޒަރު ހުއްޓުނީ މަގުމެދުން ދުވެފައި އައި ނާއިންއަށެވެ. ޝާމިން މޫނަށް ޖައްސާލީ މޮޔަ ވައްތަރެކެވެ. ނާއިން އެމީހުން ގާތު ހުއްޓި މާނޭވާ ލާން ފެށިއެވެ. އޭނާ ލައިގެން ހުރި ހުދު ގަމީސް ގައިގައި ތަތްވެފައިވަނީ ދަލުގެ ސަބަބުންނެވެ. އަވަސް ނޭވާތަކާއެކުގަވެސް އޭނާ ވާހަކަ ދައްކަން އުޅެގަތެވެ. “އޭ ކަލޯގަޔާ އެހަށް ނޭވާލާބަލަ..ފޫޅު ދިގު ހަނޑި ފެނުނީތަ..ސަފުރު ކަތްދަ ދިމާކޮށްލީތަ ގައިމު މީ ސަފަރު މަހެއްވެސް ނޫންނެއްނު..” ކެއްސަން ފެށި ނާއިންގެ ބުރަކަށީގައި ތަޅަމުން ޝާމިން ފަޅާލީ ޖޯކެކެވެ. އެންމެންގެ ހުނުމުގެ އަޑުވެސް ގުގުމަލީ އެވަގުތެވެ.
“އޭ ނޫން..މަ މިއައީ ސަންފައްތަގެއިން ބަންބުކެޔޮ ދަޅު ހިފައިގެން މަންމަމެންގެޔަށްލާފަ ދުވެފަ ކަލޭމަންނާ އެއްވަރުކުރަން މިތަނަށް” އެކުވެރިންނާ އެއްހަމަކުރަން ނާއިން އޭނާ ކުރި ބުރަ މަސަތްކަތް ކިޔަދިނެވެ. “އާޗާ ހާދަ މޮޅޭ..ކަލޭ ދާންވީ އެތްލެޓިކްސް މުބާރާތުގަ ވާދަކުރާކަށްނު އަކަށްނު..ބްރޯވޯ ނާނޫ ބްރޯވޯ..” އަތްޖަހަމުން ޖެއްސުމަށް ނަމަވެސް ޝާމިން ތަޢުރީފްކޮށްލިއެވެ. މޭގައި ޖަހާލަމުން ނާއިން ފޮނިވެލިއެވެ. ނާއިންއަށް ތަޢުރީފުގެ ބަސްތަށް އެހެން އެކުވެރިންގެ ފަރާތުންވެސް ލިބެމުން ދިޔަވަރަކަށް ނާއިންގެ ފޮނިކަން ވީ އިތުރެވެ.
“މިއޮއް އައީނު މި ސޮރުމެން އަވަހަށް ވަދޭ ބަދިގެއަށް ހުންނާނެ ރޮއްޓާ ޖައްސައިގެން ކާން ފިހުނު މަސްވެސް..” ޝާމިންގެ މަންމަގެ ވާހަކަ ނުނިމެނީސް ދުވެލާފައި ޝާމިން ދުއްވައިގަތީ ބަދިގެ ތެރެއަށެވެ. “މަށަށް ލިބިފަ މިހިރީ ހަަލަނި ދަރިއެއް ސަހާދެއް..” ދުވެފައި ތިބި ޝާމިންއަށް ބަލަން ހުރި އާރިފާ ޕިސްޕިސް ޖަހާލިއެވެ.
ޝާމިންއާއި އޭނާގެ މަންމަ އާރިފާގެ އިތުރުން ދައްތަ ޝިޔާ ދިރިއުޅެމުން ދާ ގެއަކީ ޝާމިންއަށް ދިހައަހަރުގައި ނިޔާވި އޭނާގެ ބައްޕަ އާޒިމްގެ ގޯއްޗެކެވެ. އާަދައިގެ ފެންވަރެއްގައި ހަދާފައިވާ މިގޭގައި ހަތަރު މީހުންނަށް ދައްޗަކާ ނުލާ އުޅެވެއެވެ. ރަށު ކައުންސިލުގެ އެޑްމިންގައި މަންމަ އަރީފާ މަސަތްކަތް ކުރަމުން ދާއިރު ސްކޫލުގެ ޓީޗަރެއްގެ މަގާމް އަދާކުރަމުން ދާ އުމުރުން ފަންސަވީސް އަހަރުގެ ދައްތަ ޝިޔާއަށްވެސް ލިބޭ އެތިކޮޅުން ހަމަޖެހިލައިގެން ދިރިއުޅެވެއެވެ. ގްރޭޑް ދިހައަކާއި ހަމައަށް ކިޔަވައި ނިންމުމަށްފަހު މާލޭގައި ކިޔަވައި ނިންމައިގެން އައި ޝާމިން މިހާރު ވަޒީފާ އަދާކުރަނީ ރަށާ އިންވެގެން އޮންނަ ރިސޯޓެއްގައެވެ. ޝިޔާގެ ފިރިމީހާ ނިބާލްވެސް ވަަޒީފާ އަދާކުރާ ތަނެވެ. ވަޒީފާ ނިންމާލަމުން ކޮންމެ ދުވަހެއްގެވެސް ރޭގަނޑު އެ ދެމީހުންނަށް ނިދަން ރަށަށް އާދެވޭވަރުވެއެެވެ.
ހަތަރު ފިރިހެނުންގޮސް ތަށިފުރާ އެއްޗެހި އަޅައިގެން ކާންފެށިއެވެ. އަނގަޔަށް ގަންނަވައިގެން ސަކަރާތްޖަހަމުން ކެއި އިރު ހީވަނީ ވާދައަށް އުޅޭ ބަޔެއް ހެންނެވެ. “ސާބަހޭ ތިހާ ބައިވަރު އަވަސް އަރުވާލައިގެން ނުކެޔަސް މީހަކު ނޫޅޭ ތީއްޗިހި ވަގަށް ނަގާކަށް..” ކާކޮޓަރިތެރެއަށް ވަތް ޝިޔާ ކުދިކިޔަން ފެށިއެވެ. “ޝިޔާއްތާ އާދޭ ޖޮއިން ކުރަން..” ނީޝަމް އޭނާ ކައިރީގައި އިން ގޮނޑީގައި ޖަހާލަމުން ޝިޔާއަށް ބުނެލިއެވެ. އެއަށްފަހު އޭނާ އަނގައިގައި އޮތް ފިހުނު މަހުގެ ކަށި ނައްޓާލިއެވެ. “ދޮންތަބެ ނާދޭތަ..” ޝަމީން އެހީ ނިބާލްގެ ވާހަކައެވެ. “ރިސޯޓުގަ ޝޯވްއެއް ބާއްވާތީ އެކަމުގެ ތައްޔާރީތަށް ވަނީއްޔޯ..” ޝިޔާ ޖަވާބުދާރީވިއެވެ.
ރޮއްޓާ މަހާއެކު ފުރަތަމަ އެތިކޮޅު ލާފަވެސް ޝިޔާ ކޮށިއަރައިގަތެވެ. އޭނާޔާ ޖެހިގެން އިން ނީޝަމް ޝިޔާގެ ކޮނޑުގައި ޖަހާލިއެވެ. “އޭ ދޮންތާ..ޕޮއް..” ޝާމިން އޭނާގެ އަތުގައި އޮތް ފެންތަށި ޝިޔާއަށް ދެމުން ކުޑަކުއްޖެއް ފަދައިން އޭނާ ސިއްސުވާލިއެވެ. ނީޝަމްއާއި ޝާމިންގެ މަސަތްކަތްވީ ބޭކާރެވެ. ޝަނީފާއި ނާއިން ފަދައިން ބަލަހައްޓައިގެން ތިބެވުނު ނަމަވެސް ރަނގަޅުވީސް ކަންނޭނގެއެވެ. އިންތަނުން ތެދުވެގެން ދުވެފައިި ގޮސް ބަދިގެ ތެރޭގައި ހުރި ސިންކު ތެރެއަށް ޝިޔާ ހޮޑު ދުއްވާލިއެވެ.
މޭޒު ކައިރީ ތިބި ހަތަރު ފިރިހެނުން ދެލޯ ބޮޑު ވެފައި ބުދުތަކެއްހެން ތިބީއެވެ. “ގޯޝް އިޒް ޝީ ސިކް..” ނާއިންގެ ތުންފަތް ކުޑަކޮށް ހަރަކާތްކޮށްލިއެވެ. “އާން ދެތިން ދުވަސް ވެއްޖެ ބޯއަބުރާފަ ހޮޑުލާތާ..” ފެންފުޅިން ތައްޓަށް ފެންއަޅަމުން ޝާމިން ބުނެލިއެވެ. “އިޒް ޝީ ޕްރެގް..” ނީޝަމްއަށް ޝައްކުވިއެވެ. އޭނާ ބުނެލި އެތީގެ ސަބަބުން މޭޒު ކައިރީ ތިބި އެންމެންގެ ހައިރާންކަން ދެގުނަ ވިއެވެ. ކޯ ދޮވެލަމުން ޝިޔާވެސް އެދިމާލަށް ބަލާލިއެވެ.
(ނުނިމޭ)
23 Comments!
Comments are closed.

saabaheyyyy black dear… stry hama superb… bt kudhi kudhi mstakes ebahuri.. maasha allah so talented u r…. may allah protect ur talent from evil eyes..??????????????
Thank you so much Naash dear ❤️❤️❤️❤️Oki yah tryping mistakes huredhaane but I’ll improve them next part Akah insha allah????? May alllah accpect ur prayers ??????
nd me first dhw yayyyyyyyyyyyy
Yay congratulations ❤️❤️next part ehga ves hoadhahceyy first???
saabahey….hehe…vrh reethi frst part….wen next…n me sec..yeyyy
Shukru so much hamdhaanu meeet u soon Male Annan ulhey Dhen??? yh u second dho dhenfaharakun first hoadhaiffiyya I’ll give u kfc chicken????next part tommorow insha allah???
haha..aslu ves tha?..thi dhaan vii male..n ma mi month ga male dhan but date fnle eh nuvey adhi…see yuh
Hey guys 15 sep ah vure late dho im so sorry ❤️❤️❤️ But next part maadhamaa insha allah ?? if u haven’t read the trailer make sure to read it ??? thank u all for the love ?? and comment down what u think bout the story ??? it means a lot ☺️☺️☺️ Love y’all ?? have a nice holiday emmenneyy??????
Nyc part dear….maasha allah….whn next…luv this part….???????
Thank you so much hudher loabii❤️❤️❤️Luv u more dear??? I just submitted the 2nd prt??? Cux maadhan vrh busy vaane???
Your wlcm loabi loabi black dear…..??
???lovekolhu
vrh reethi ingey when next part
Thank youuuuu bodu koh aakko ???❤❤ can’t wait for ur new stry ingey ??? next prt juss published maadhan ican’t cux u know vrh bzy vaane ?????
Masha allah vvvv reethi mi part..curiously waiting for the next part☺❤
Thanks big big much reen luv ❤❤❤ aww sweet of u to wait ????????? lots of love from meeee to youuuuu ????????
V nice. Next part up kohlahchey avahah.??
Thank youuuuu very much deahhh ???? yes insha allah ❤❤❤❤❤???
Saabahey…. Oh my lovekolhu… ????vv reethi ingey hama awesome.. Vv maja. ?????emyhun ulhey gothun hyvany 3 years ge babies thakeh hen.. Vvv habeys ????????????????Sifakurun v reethi bt kudhi kudhi mistakes ebahuri.. Bt u can improve cox u r talented.. May Allah protect ur talent from the evil eyes ?????????v curious mihaaru nxt part kiyan.??????????????????. Avahah up kohdhehchey lovekolhu??????????????
Oh my God I’m outta words ingey ❤❤❤❤ Thank you so much for the lovely plus kulagadha comment loabikolhaa ???? hahaha dho glad dear hevva lavunukan ??? thanks thanks yeah insha allah I’ll improve ????? ameen. May Allah protect u from evil too sistha?????????. Next prt I juss published cux yu are waiting ??? awww love kolhu thanks for the support that means a lot ingey ?????????
Faadu kiyumakee libey kuri erumehnu ehnve bunelan varah kuh gina imlaa kuh hama nujehey baeh thankolhu dream succesful vaane mikahala kan kan rangalhu koh lanikoh INSHA ALLAH
Yah..thank you very much that’s a big help ingey ❤❤❤ n mi part in fenunu baeh mistakes thah vakin point out kohdhii fiyya it would be a big help ??. Thanks a lot ???
It’s really amazing ekam series eb nerenyyaaa avahah ninmmaalaa dhinun edhen 2 parts kiyai nimunu iru dhen vaane goi balan vv beynu